ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/236 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
« et,
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
ޤަޟިއްޔާ ނަންބަރު: 236/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ވިޝާލް
ކާޑު ނަންބަރު: A081709
2
ދާއިމީ އެޑްރެސް: މ. މޫންބީމް
މިހާރުގެ އަލިކުރާގެ
*
• އިސްތިއުނާފް ރައްދުވި ފަރާތް:
1- * ނަން: ޢަޒުލީނާ ޙުސައިން
އައިޑީ
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 318 | މާލެ
މިހާރުގެ އެޑްރެސް: ހ.ރިހިހަނދުވަރުގެ
ކުޑަނަންބަރު: A057175
ރަޖިސްޓްރީ ތާރީޚް: 28 ޝައްވާލް 1435
24 އޯގަސްޓް 2014
ނިމުނު ތާރީޚް: 19 މުޙައްރަމް 1436
12 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/494
• ނިންމެވި ކޯޓު: ފެމިލީ ކޯޓު
މައްސަލައިގެ ބާވަތް: ދަރިފުޅަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދުމަށް
ވިހިރާއްޖޭގެ އިސް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢައްބާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/494 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މާލެ / މ. މޫންބީމް މުޙައްމަދު ވިޝާލްގެ ފަރާތުން
އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެކެވެ. މި
މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ. މާލެ | ދަފްތަރު ނަންބަރު 318 ޢަޒުލީނާ ޙުސައިންއެވެ.
ފާހަގަކުރެވުނު ނުކުތާ
29
1) އިސްތިއުނާފުކުރެވޭ ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/494 ޤަޟިއްޔާއަކީ،
ކ. މާލެ | ދަފްތަރު ނަންބަރު 318 ޢަޒުލީނާ ޙުސައިން އާއި ކ. މާލެ / މ. މޫންބީމް މުޙައްމަދު ވިޝާލްގެ
ދަރިފުޅު މަރްޔަމް ނަޢުން ވިޝާލް (އުފަން ތާރީޚް: 24 ޖޫން 2003) އަށް ބޭނުންވާ އަސާސީ ޚިދުމަތް
ހޯދުމަށް އެދި މުޙައްމަދު ވިޝާލްގެ މައްޗަށް ޢަޒުލީނާ ޙުސައިން ހުށަހެޅުމުން އެ ކޯޓުން ބެއްލެވި
މައްސަލައެއްކަމާއި،
9
އެ މައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް،
ދަފްތަރު ނަންބަރު 318 ޢަޒުލީނާ ޙުސައިން (އައިޑީކާޑު ނަންބަރު: A057175) އާއި މޫންބީމް މުޙައްމަދު
ވިޝާލް (އައިޑީކާޑު ނަންބަރު: A081709) ގެ ދަރި މަރްޔަމް ނަޢުޝީން ވިޝާލް (އުފަން ތާރީޚް: 24 ޖޫން
2003) ދިރިއުޅޭ ތަނަށް ޚަރަދު ކުރުމަށްޓަކައި، ދަޢުވާކުރާ ޢަޒުލީނާ ޙުސައިންއަށް ލިބިދިނުމަށްޓަކައި، 2014
މެއި 19 ވަނަ ދުވަހުން ފެށިގެން މަރްޔަމް ނަޢުޝީން ވިޝާލްގެ ޢުމުރުން މީލާދީ ސަނަތުން 18 (އަށާރަ)
އަހަރު ފުރެންދެން ކޮންމެ މަހަކު 3000ރ (ތިން ހާސް) ރުފިޔާ ފެމިލީ ކޯޓަށް ދައްކަމުން ދިއުމަށް މަރްޔަމް
ނަޢުޟީން ވިޝާލްގެ ބައްޕަ ދަޢުވާލިބުނު މުޙައްމަދު ވިޝާލްއަށް އަންގައި މިގޮތުގެ މަތިންގްޞަކޮ)
މައްސަލަ ނިންމަވާފައިވާކަން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/236
2) ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/494 ޤަޟިއްޔާ އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުން، ކ. މާލެ / މ. މޫންބީމް،
މުޙައްމަދު ވިޝާލްގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
<
ނުވަތަ ޤާނޫނީ މާއްދާއެއް ނުވަތަ ގަވާއިދަކާއި ޙަވާލާދެއްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކު.
227
• ދެވަނަ ނުކުތާއަކީ، މި މައްސަލާގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތްކުރައްވާ
އިއްވަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު މުޙިއްމު
ނުކުތާތަކުގެ 7 ވަނަ ނަންބަރުގައި، ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 65 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާކަމަށް ފާހަގަކުރައްވާފައިވާ ކަމަކީ މި ޤާނޫނުގެ 65 ވަނަ މާއްދާގައި ނެތް ކަމަކަށްވުން
ކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/494 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހައިކޯޓް
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާދިޔަ
އާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/1928 ޤަޟިއްޔާއިން ކ.މާލެ1މ.މޫންބީމް، މުޙަސްދުދިއެފި
އަނބި ދަފްތަރު ނަންބަރު 31 ޢަޒުލީނާ ޙުސައިން ވަރިކުރިއިރު، މުޙައްމަދު ވިޝާލްއާއި ޢަޒުލީނާ ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2014/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0x
02c
ކައިވެނިކޮށްގެން ލިބުނު ދަރިފުޅު، މަރްޔަމް ނައުޝީން ވިޝާލްގެ ޙަޟާނަތު ކޯޓު މެދުވެރިކޮށް ވަކި ފަރާތަކާ
ޙަވާލުކުރެވިފައިނުވާ ކަމާއި، އަދި ދަރިފުޅުގެ ޚަރަދު ކޯޓު މެދުވެރިކޮށް ބޭނުންނުވާ ކަމަށް ޢަޒުލީނާ ޙުސައިން
ބުނެފައިވާތީ، އެ ޚަރަދުވެސް ބުނެވުނު ޤަޟިއްޔާއިން ނަގައިދެވިފައިނުވާކަމާއި، އަދި މަރްޔަމް ނައުޝީން ވިޝާލް
މަންމަގެ ބެލުމުގެ ދަށުގައި ހުރުމާ މެދު އޭނާގެ މަންމައާއި ބައްޕައާ ދެމެދު ދެބަސްވުމެ
ބެވުމެއް އޮތްކަން
އެނގެން ނެތްކަމާއި،
މިހާރު އިސްތިއުނާފު ކުރެވިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/494
ޤަޟިއްޔާގައި މަރްޔަމް ނައުޝީން ވިޝާލްއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދުމަށް އެދި ކުއްޖާގެ މަންމަ،
ޢަޒުލީނާ ޙުސައިން، ކުއްޖާގެ ބައްޕަ، މުޙައްމަދު ވިޝާލްގެ މައްޗަށް ދަޢުވާކޮށްފައިވާކަމާއި، ބުނެވުނު
ޤަޟިއްޔާގައި ޢަޒުލީނާ ޙުސައިން އާއި މަރްޔަމް ނައުޝީން ވިޝާލް ދިރިއުޅޭނެ ތަނުގެ ޚަރަދު މުޙައްމަދު
ވިޝާލްގެ އަތުން ހޯދުމަށް އެދިފައިވާކަމާއި، ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
ދަރިންނަށް ޚަރަދު ދިނުމުގެ ވާހަކަތައް ބަޔާންކޮށްފައިވީނަމަވެސް، ދަރިން ދިރިއުޅޭނެ ތަނެއް ހޯދައިދިނުމާބެހޭ
ގޮތުން ވަކިއެއްޗެއް ބަޔާންކޮށްފައިނުވާކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ
މާއްދާއަށް ރިޢާޔަތްކުރައްވައި، ދަރިފުޅުގެ ޙަޟާނަތު މަންމައަށް ލިބިފައި އޮންނަ މުއްދަތުގައި ދިރިއުޅޭނެ ތަނެއް
ހޯދައިދިނުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތާބެހޭ ތަފްޞީލީ ޙުކުމްތައް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި
ބަޔާންކޮށްފައިނުވާ ކަމަށް ވިދާޅުވެ، އިސްލާމީ ޝަރީޢަތުގައި އެކަން އޮތްގޮތަށް ރިޢާޔަތްކުރައްވައި، ދަރިފުޅުގެ
މުދަލުގައި ތަނަވަސްކަން ނެތްނަމަ، ދަރިފުޅު ދިރިއުޅޭނެ ތަނެއް ހޯދައިދިނުމަކީ އެ ދަރިފުޅަކަށް ޚަރަދުދޭންޖެހޭ
ފަރާތެއްގެ ޒިންމާއެއްކަމަށާއި، އެހެންކަމުން، މަރްޔަމް ނައުޝީން ވިޝާލްއަށް ޚަރަދުކުރަންޖެހޭ ފަރާތަކީ
މުޙައްމަދު ވިޝާލްކަމަށާއި، މަރްޔަމް ނައުޝީން ވިޝާލްއާ އެކު ޢަޒުލީނާ ޙުސައިން ދިރިއުޅެމުންދާ ތަނުގެ
ކުއްޔަކީ -/6000 (ހަ ހާސް) ރުފިޔާ ކަމުގައިވީނަމަވެސް، މުޙައްމަދު ވިޝާލްގެ އަތުން އެތަނުގެ ކުލީގެ ގޮތުގައި
ބޭނުންވަނީ -(3000 (ތިންހާސް) ރުފިޔާކަމުގައި ޢަޒުލީނާ ޙުސައިން ބުނެފައިވާތީ، އިސްތިދާފުހައިޑަށް
ޤަޟިއްޔާގައި މަރްޔަމް ނައުޝީން ވިޝާލް ދިރިއުޅޭ ތަނަށް ޚަރަދުކުރުމަށްޓަކައި،
04
2 ހއ
44
ލިބިދިނުމަށްޓަކައި، 2013 މެއި 19 ވަނަ ދުވަހުން ފެށިގެން މަރްޔަމް ނައުޝީން
މަލްވާވީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2014/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސަނަތުން 18 (އަށާރަ) އަހަރު ފުރެންދެން، ކޮންމެ މަހަކު -/3000 ރ. (ތިންހާސް) ރުފިޔާ ފެމިލީ ކޯޓަށް
ދައްކަމުން ދިއުމަށް މަރްޔަމް ނައުޝީން ވިޝާލްގެ ބައްޕަ، މުޙައްމަދު ވިޝާލްއަށް އަންގަވާ ޙުކުމް
ކުރައްވާފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
ނަންބަ
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/494
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރުގައި، ޤާނޫނު
ދެބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމަށް
ފާހަގަކުރައްވާފައިވާ ކަމަކީ އެ ޤާނޫނުގެ 65 ވަނަ މާއްދާގައި ނެތްކަމެ
ތްކަމެއްކަމަށް ބުނެ މުޙައްމަދު ވިޝާލްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅި ނުކުތާއަށް ބެލިއިރު،
ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 65 ވަނަ މާއްދާއަށް ބަލާއިރު، އެ
މާއްދާގައިވަނީ ބުނެވުނު ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކޯޓުގެ ހުއްދައެއް ނެތި އެއް އަންބަށް ވުރެ
ގިނަ މީހުންނާ ކައިވެނިކުރުމުގެ ކުށުގެ އަދަބުކަމާއި، ބުނެވުނު މާއްދާގެ ފަހަތަށް އެ ޤާނޫނުގައި އެއްވެސް
އަކުރެއް އައިސްފައިނުވާކަމާއި، އެހެންނަމަވެސް، އާއިލާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 24-R/2014 އިން
އާއިލާއާބެހޭ ގަވާއިދަށް ގެނެވުނު 1 ވަނަ އިޞްލާޙު ހިމެނޭގޮތަށް) ގެ 65 ވަނަ މާއްދާގެ (ހ) ގައި ކުއްޖާގެ
އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ކުއްޖާގެ ޚަރަދަށާއި ކުއްޖާ ބެލުމުގެ ޚަރަދަށް، އެއް ކުއްޖަކު
ހުރިނަމަ، މަހަކު -/2000 (ދެހާސް ރުފިޔާ)، އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ
ކުއްޖަކަށް މަހަކު -/1000 (އެއްހާސް) ރުފިޔާއަށް ވުރެ މަދުނޫން ޢަދަދެއް ދޭންވާނެކަމަށް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/494 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރުގައި ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 65
ވަނަ މާއްދާގެ (ހ) ގައި ކުއްޖާގެ ބެލުމުގެ ޚަރަދަށް އިޝާރާތްކުރައްވާފައި
ތެމުން، ޓްރޭޑިހައި 16 ވަނަ
މާއްދާގެ (ހ) ގައި އޮތް ކަމަށް ބުނާ ވާހަކަ ބަޔާންކުރެވިފައިވަނީ އާއިލާއާބެހޭ ގަވާއިދުގެ
(ހ) ގެ ދަށުން ކަމުން، އެ ނުކުތާގައި ޤާނޫނާއި ޙަވާލާ ދެއްވާފައިވަނީ ލިޔުމުގެ ކުށަކުންކަން އެނިމޭގަ އޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
މާއްދާގެ
;
6
2014/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރަނގަޅު ގޮތަކީ އާއިލާއާބެހޭ ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ) ކަމާއި، އަދި އެފަދައިން ލިޔުމުގައި ކުށެއް
އޮތުމަކީ، ހަމަ އެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް އެ މައްސަލަ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ
އުޞޫލަކާ ޚިލާފަށްކަމަށް ކަނޑައަޅަންޖެހޭ ސަބަބެއް ނޫންކަމެވެ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލާގައި ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ރިޢާޔަތްކުރައްވާ
ޙުކުމް އިއްވަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މުޙައްމަދު ވިޝާލްގެ ފަރާތުން
ހުށަހެޅި ނުކުތާގެ ތަފްޞީލުގައި، އިސްތިއުނާފުކުރެވޭ މައްސަލާގެ ޙުކުމް އިއްވަވާފައިވަނީ ފާހަގަކުރެވުނު
ނުކުތާތަކަށް ރިޢާޔަތް ކުރައްވާފައި ނަމަވެސް، ފާހަގަކުރެއްވުނު ނުކުތާތަކުގެ ތެރޭގައި 11 ކަމެއް ވާއިރު، ޙުކުމް
ބިނާ ކުރައްވާފައިވަނީ އެތަނުން ކޮން ކަމެއް ނުވަތަ ކަންތައްތަކެއްގެ މައްޗަށްކަމަށް އެނގެން ނެތްކަމަށް
މުޙައްމަދު ވިޝާލް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު،
އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގެ ފާހަގަކުރެއްވުނު 11 ނުކުތާގައި، މި މައްސަލައާ ގުޅިގެން
ޢަޒުލީނާ ޙުސައިންއާއި މުޙައްމަދު ވިޝާލް އަދި މުޙައްމަދު ވިޝާލްގެ މަންމަ ދަށުކޯޓުގައި ދައްކާފައިވާ
ވާހަކަތަކަށާއި ދީފައިވާ ބަޔާންތައް ފާހަގަކުރައްވާފައިވާކަމާއި، ބުނެވުނު މައްސަލާގައި ފަނޑިޔާރަށް
ފާހަގަކުރެއްވުނު ނުކުތާތަކަށް ބަލާއިރު، ޢަޒުލީނާ ޙުސައިންއާއި މަރްޔަމް ނައުޝީން ވިޝާލް ދިރިއުޅެމުންދާ ގޭގެ
ކުލީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ -;3000ރ (ތިންހާސް ރުފިޔާ) މުޙައްމަދު ވިޝާލްގެ އަތުން
ނަގައިދިނުމަށް ޢަޒުލީނާ ޙުސައިން އެދިފައިވާކަމަށާއި، މުޙައްމަދު ވިޝާލްގެ ފަރާތުން ދިރިއުޅޭނެ ތަނަކަށް އިތުރު
ޚަރަދެއް ނުދީ ދިރިއުޅެވެން އޮއްވައި ކުއްޔަށް ހިފައިގެން އުޅެންޖެހުނީ ޢަޒުލީނާ ޙުސައިންގެ ޢަމަލުތައް ހުރި
ގޮތުގެ ސަބަބުންކަމަށްވާތީ ޢަޒުލީނާ ޙުސައިން ދިރިއުޅެމުންދާ ތަނަށް ކުލި ދެއްކުމުގެ ގޮތުން އެއްވެސް
ފައިސާއެއް ދިނުމަށް މުޙައްމަދު ވިޝާލް ބޭނުންނުވާކަމަށާއި، އެހެންނަމަވެސް ޤާނޫނުގައި ދަރިފުޅުގެ ޚަރަދަށް
ކަނޑައަޅާފައިވާ މިންވަރު ދިނުމަށް އިންކާރުނުކުރާކަމަށާއި، ދަރިފުޅު ބެލެން ނެތްނަމަ ދަރިފުޅު މުޙައްމަދު
ވިޝާލްއާ ޙަވާލުކުރުމަކީ ޢަޒުލީނާ ޙުސައިން ބޭނުންނަމަ ކުރެވިދާނެކަމެއްކަމަށް މުޙައްމަދު
ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގައި ދަރިންނަށް
ވާހަކަތައް
ބަޔާންކޮށްފައިވީނަމަވެސް، ދަރިން ދިރިއުޅޭނެ ތަނެއް ހޯދައިދިނުމާ ބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ހާއި
*
22
lމ
odoc
;
2014/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާންކޮށްފައިނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއަށާއި 274 ވަނަ
މާއްދާއަށް ރިޢާޔަތްކުރައްވައި، އިސްލާމީ ޝަރީޢަތުގައި ދަރިފުޅުގެ ޙަޟާނަތު ދަރިފުޅުގެ މަންމައަށް ލިބިފައި
އޮންނަ މުއްދަތުގައި ދިރިއުޅޭނެ ތަނެއް ހޯދައިދިނުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކާބެހޭ ގޮތުން އިސްލާމީ ފިޤުހު
އިލްމުވެރިންގެ ބަސްފުޅުތަކަށް ރިޢާޔަތްކުރައްވައި، އެ ދަރިފުޅަށް ޚަރަދުކުރަންޖެހޭ ފަރާތަކީ ދަރިފުޅުގެ ބައްޕަ،
މުޙައްމަދު ވިޝާލްކަމަށް އިސްތިއުނާފުކުރެވޭ ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-
C/494 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގައި ފާހަގަކުރެއްވުމަށްފަހު، މައްސަލަ ނިންމަވާފައިވަނީ
ބުނެވުނު ރިޕޯޓުގައި ފާހަގަކުރެވުނު އެންމެހާ ނުކުތާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހުކަމަށް އެ ޤަޟިއްޔާގެ
ޙުކުމުގައި ބަޔާންކުރައްވާފައިވާކަމާއި،
އެހެންކަމުން، މި މައްސަލާގައި ޙުކުމް ބިނާވެފައިވާ ސަބަބުތައް އެނގެން ނެތްކަމަށް މުޙައްމަދު
ވިޝާލް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނިނަމަވެސް، މި މައްސަލާގެ އުކުމަށް
ވާޞިލުވެވުނު ގޮތާއި އެ ޙުކުމަށް ވާޞިލުވެވުނު ސަބަބުތަކަކީ ކޮބައިކަން ފާހަގަކުރެވުނު ނުކުތާތަކުގައި
އިއްވާފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގެ ޙުކުމް އިއްވެވުމުގައި، އެއްވެސް
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލެއް ނުވަތަ ޤާނޫނީ މާއްދާއެއް ނުވަތަ ގަވާއިދަކާއި ޙަވާލާދެއްވާފައި ނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާގެ ތަފްޞީލުގައި، މަރްޔަމް ނައުޝީން ވިޝާލްއާއި ޢަޒުލީނާ ޙުސައިން ދިރިއުޅޭ ތަނުގެ
ކުލީގެ އެއްބައި ކަމުގައިވާ -!3000ރ. (ތިންހާސް ރުފިޔާ) މަރްޔަމް ނައުޝީން ވިޝާމްގެ ޢުމުރުން މީލާދީ
ސަނަތުން 18 (އަށާރަ) އަހަރު ފުރެންދެން މުޙައްމަދު ވިޝާލް ދެއްކުމަށް ޙުކުމް ކުރައްވާފައިވަނީ ކޮން
އަސާސެއްގެ މައްޗަށް ބިނާކުރައްވައިގެންކަން އެނގެން ނެތްކަމަށާއި، ކުއްޖާގެ މަންމަ، ޢަޒުލީނާ ޙުސައިންއަށް
ދަރިފުޅު، މަރްޔަމް ނައުޝީން ވިޝާލްގެ ޙަޟާނަތުގެ ޙައްޤު ލިބިދީފައިނުވާކަމަށް މުޙައްމަދު ވިޝާލު
ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާކަމާއި،
އާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/1928 ޤަޟިއްޔާއިން މުހައްމަދާ
ޢަޒުލީނާ ޙުސައިން ވަރިވިއިރު، އެ ދެމީހުންނަށް ލިބިފައިވާ ދަރިފުޅު، މަރްޔަމް ނައުޝީން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2014/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދ
ކޯޓު މެދުވެރިކޮށް ވަކި ފަރާތަކާއި ޙަވާލުކުރެވިފައި ނުވާކަމާއި، އަދި އެ ޤަޟިއްޔާގައި ދަރިފުޅުގެ ޚަރަދު ކޯޓު
މެދުވެރިކޮށް ބޭނުންނުވާ ކަމުގައި އަޒުލީނާ ޙުސައިން ބުނެފައިވާތީ، އެ ޚަރަދު އެ ޤަޟިއްޔާއިން
ނަގައިދެވިފައިނުވާކަން އެނގޭކަމާއި،
އެހެންކަމުން، މަރްޔަމް ނައުޝީން ވިޝާލް، އޭނާގެ މަންމަ، ޢަޒުލީނާ ޙުސައިންގެ ބެލުމުގެ
ދަށުގައި ހުރީ ކުއްޖާގެ މަންމައާއި ބައްޕައާ ދެމެދު އެކަމާގުޅޭ ގޮތުން ދެބަސްވުމެއް ނެތިކަން ފާހަގަކުރެވޭކަމާއި،
މުޙައްމަދު ވިޝާލްއާއި ޢަޒުލީނާ ޙުސައިން ވަރިވިފަހުންވެސް، ޢަޒުލީނާ ޙުސައިންއާއި ދަރިފުޅު، މަރްޔަމް
ނައުޝީން ވިޝާލް، ދިރިއުޅެމުން ދިޔައީ މުޙައްމަދު ވިޝާލް އެދެމައިން ދިރިއުޅުމަށް ހަމަޖެއްސި ތަނުގައިކަން
މުޙައްމަދު ވިޝާލްއާއި ޖަޒުލީނާ ޙުސައިން ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
އެގޮތުން، މުޙައްމަދު ވިޝާލްއާއި ޢަޒުލީނާ ޙުސައިން ވަރިވީ ދުވަސް، 14 ޑިސެމްބަރު 2009 އިން ފެށިގެން
ޖެނުއަރީ 2014 އާ ހަމައަށްވެސް ޢަޒުލީނާ ޙުސައިންއާއި މަރްޔަމް ނައުޝީން ވިޝާލް ދިރިއުޅެމުން ގެންދިޔައީ
މުޙައްމަދު ވިޝާމްގެ ދޮންބައްޕަގެ ގެ ކަމުގައިވާ އުލިގަމުގޭގައި ކަމާއި، ނަމަވެސް އާއިލާ ތެރޭގައި ޖެހުނު
މައްސަލައަކާއި ގުޅިގެން ޢަޒުލީނާ ޙުސައިން އެ ގެއިން ނެރެފައިވާކަން އެނގޭކަމާއި، މި މައްސަލައާ ގުޅިގެން
މުޙައްމަދު ވިޝާލް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޢަޒުލީނާ ޙުސައިން ދިރިއުޅެމުންދާ ތަނަށް ކުލި ދެއްކުމުގެ
ގޮތުން އެއްވެސް ފައިސާއެއް ދައްކަން ބޭނުންނުވާކަމަށާއި، ދިރިއުޅޭނެތަނަކަށް އެއްވެސް ޚަރަދެއް ނުދީ އުޅެވެން
އޮއްވައި ކުއްޔަށް ހިފައިގެން އުޅެން ޖެހުނީ ޢަޒުލީނާ ޙުސައިންގެ ޢަމަލުތަކުގެ ސަބަބުންކަމަށާއި،
އެހެންނަމަވެސް، ދަރިފުޅަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޚަރަދު ދިނުމަށް އިންކާރު ނުކުރާކަމަށާއި، ދަރިފުޅު
ބެލެން ނެތްނަމަ ދަރިފުޅު މުޙައްމަދު ވިޝާލްއާ ކޯޓު މެދުވެރިކޮށް ޙަވާލުކުރަން އެދޭކަމަށް މުޙައްމަދު ވިޝާލް
ފެމިލީ ކޯޓުގައި ބުނެފައިވާއިރު، ދަރިފުޅަށް ކުރަންޖެހޭ ޚަރަދުތަކުގެ ދެބައި ކުޅަ އެއްބައި މުޙައްމަދު ވިޝާލް
ދޭންވާނެކަމަށާއި ނޫންނަމަ މުޙައްމަދު ވިޝާލްއާ ދަރިފުޅު ޙަވާލުކުރަން ހުރިކަމަށް ޢަޒުލީނާ ޙުސައިން
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ
ދަރިންނަށް ޚަރަދު ދިނުމުގެ ވާހަކަތައް ބަޔާންކޮށްފައިވީނަމަވެސް، ދަރިން ދިރިއުޅޭނެ ތަނެއްގާ
ދިވެހިރާއްޖޭ
ހައިކޯ
& 6
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2014/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
LOX
ގޮތުން ވަކި އެއްޗެއް ބަޔާންކޮށްފައިނުވާކަމަށް އެ ޤަޟިއްޔާގައި ފާހަގަކުރައްވާފައި ވީނަމަވެސް، ޤާނޫނު ނަންބަރު
4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 38 ވަނަ މާއްދާގައި، ކާވެނިކޮށްގެން އުޅުނުއިރު އަނބިމީހާ އުޅުނީ
ފިރިމީހާގެ ގޭގައި ކަމަށްވާނަމަ، ޢިއްދާގެ މުއްދަތުގެ ތެރޭގައި، ނުވަތަ ކުދިންގެ ޙަޟާނަތު ޙަވާލުކޮށްފައިވަނީ
އަންހެނާއަށް ކަމަށްވާނަމަ، އެ އަންހެނާއަށް ޙަޟާނަތު އޮތްހައި ހިނދަކު، ކާވެނިކޮށްގެން އުޅުނުއިރު ދެމަފިރިން
އުޅުނު ގެއިން އެ އަންހެނާގެ ނުރުހުމުގައި، ނެރެންވާނީ އެ އަންހެނާ އުޅޭނެ އެހެން ތަނެއް ފިރިހެނާ
ދެއްކުމަށްފަހު ކަމުގައި ބަޔާންކޮށްފައި އޮތުމުން، ދެފަރާތު ދެމެދު އެއްބަސްވެގެން ދަރިފުޅުގެ މަންމައަށް
ހަޟާނަތު ޙަވާލުކުރެވޭ ޙާލަތުގައި، ނުވަތަ ކޯޓު މެދުވެރިކޮށް ކުއްޖާގެ މަންމައަށް ޙަޟާނަތު ޙަވާލުކުރެވޭ
ޙާލަތުގައި، ދެމަފިރިން ކައިވެނިކޮށްގެން ދިރިއުޅުނު ގެއިން ކުއްޖާގެ މަންމަގެ ނުރުހުމުގައި ދެމައިން ގެއިން
ނެރެވޭނީ، އެ ދެމައިންނަށް ދިރިއުޅުމުގެ އެހެން ގޮތްތަކެއް ކުއްޖާގެ ބައްޕަ ހަމަޖައްސައިދިނުމަށްފަހުކަން
އެނގޭކަމާއި،
އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާގައި، އިސްލާމީ
ޝަރީޢަތުގައި ދަރިފުޅުގެ ޙަޟާނަތު ދަރިފުޅުގެ މަންމައަށް ލިބިފައި އޮންނަ މުއްދަތުގައި ދިރިއުޅޭނެ ތަނެއް
ހޯދައިދިނުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކާބެހޭ ގޮތުން އިސްލާމީ ފިޤުހު އިލްމުވެރިންގެ ބަސްފުޅުތަކަށް
ރިޢާޔަތްކުރައްވާފައިވާއިރު، ޤާނޫނު ނަންބަރު 4/2000 ޢާއިލާއާބެހޭ ޤާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުންވެސް
އެ ޒިންމާ އުފުލާނެ ފަރާތަކީ ދަރިފުޅުގެ ބައްޕަކަން އެނގޭކަމާއި،
ހުށަހެޅިފައިމިވާ މައްސަލައަށް ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 38 ވަނަ
މާއްދާ ތަޠުބީޤު ކުރުމަށް ބަލާއިރު، މުޙައްމަދު ވިޝާލްއާއި އަޒުލީނާ ޙުސައިން ވަރިވިއިރު، އެ ދެ މީހުންނަށް
ލިބުނު ދަރިފުޅު، މަރްޔަމް ނައުޝީން ވިޝާލް، ގެ ޙަޟާނަތު ކޯޓު މެދުވެރިކޮށް ވަކި ފަރާތަކާއި
ޙަވާލުކޮށްފައިނުވާކަން އެނގޭކަމާއި، އެ ދެމީހުން ވަރިވިއިރު، ޢަޒުލީނާ ޙުސައިންގެ ބެލުމުގެ ދަށަށް
ދެމީހުންގެ ދަރިފުޅު ގެނެވުނީ އެކަމާމެދު މުޙައްމަދު ވިޝާލްއާއި ޢަޒުލީނާ ޙުސައިންގެ އެބަބެއް ން
ކަމުގައިވާއިރު، އަދި ވަރިވި ތާރީޚުން ފެށިގެން ޖެނުއަރީ 2014 އާ ހަމައަށް އެދެމައިން ދިރިއުޅެމުން
މުޙައްމަދު ވިޝާލް އެ ދެމީހުން ދިރިއުޅުމަށް ހަމަޖެއްސި ތަނުގައި ކަމުގައިވާއިރު، ޢަޒުލީނާ ކައުންދި8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/236
4 22
ނެރުނީ އަޒުލީނާ ޙުސައިންގެ ޢަމަލުތައް ހުރިގޮތުންކަމުގައި މުޙައްމަދު ވިޝާލް ފެމިލީ ކޯޓުގައިވެސް
ފާހަގަކޮށްފައިވާކަމާއި، އަދި މިކަމަށް ޢަޒުލީނާ ޙުސައިންގެ ފަރާތުންވެސް އިންކާރުކޮށްފައިނުވާ ހިނދު، އަދި އެ
ދަރިފުޅު ނުބެލޭނެނަމަ، މުޙައްމަދު ވިޝާލް އެ ކުއްޖާ ބަލަން ތައްޔާރަށް ހުރި ކަމުގައި މުޙައްމަދު ވިޝާލް
ބުނެފައިވާއިރު، ދަރިފުޅަށް ކުރަންޖެހޭ ޚަރަދުތަކުގެ ދެބައި ކުޅަ އެއްބައި މުޙައްމަދު ވިޝާލްއަށް ދެވެން
ނެތްނަމަ، މުޙައްމަދު ވިޝާލްއާ ދަރިފުޅު ޙަވާލުކުރަން ހުރި ކަމަށް ޢަޒުލީނާ ޙުސައިންވެސް ފެމިލީ ކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައި އޮތުމުން، ކުއްޖާ ބަލާނެ ފަރާތަކާމެދު ދެފަރާތުންވެސް ސުވާލު
އުފައްދާފައިވާކަން ފާހަގަކުރެވޭ ކަމާއި،
ކުއްޖާގެ
ޙަޟާނަތު ވަކި
ފަރާތަކާއި ކޯޓު މެދުވެރިކޮށް
ޙަވާލުކޮށްފައިނުވާއިރު، އަދި ކުއްޖާ ބަލާނެ ފަރާތަކާމެދު ކުއްޖާގެ މަންމައާއި ބައްޕައާ ދެމެދު އެއްބަސްވެވިފައިނުވާ
ހިނދު، އެ ޙާލަތުގައި، ހަމައެކަނި ކުއްޖާއާއި ކުއްޖާގެ މަންމަ ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމުގެ ކަންކަމުގެ
ޒިންމާ އުފުލަންޖެހޭނީ ކުއްޖާގެ ޚަރަދުދޭންޖެހޭ ފަރާތް، ނުވަތަ ހުށަހެޅިފައިމިވާ މައްސަލާގައިވާ ފަދައިން،
ކުއްޖާގެ ބައްޕަކަން، ޤާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައެޅިގެން ބަޔާންކުރެވިފައި ނުވާ ހިނދަކު، އެފަދަ
ޚަރަދެއް ޝަރީޢަތުން ނަގައިދެވޭނެކަމަކަށް މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް
ނުފެނުނުކަމާއި،
މިހެންކަމުން، އިސްތިއުނާފު މިކުރެވޭ ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/494
ޤަޟިއްޔާގައި، އަޒުލީނާ ޙުސައިންއަށް ނަންގަވާ ދެއްވާފައިވަނީ ހަމައެކަނި، ދަރިފުޅު، މަރްޔަމް ނަޢު ޝީން
ވިޝާލް، ދިރިއުޅޭ ތަނަށް ޚަރަދު ކުރުމަށްޓަކައި، ކުއްޖާގެ އުމުރުން މީލާދީ ސަނަތުން 18 (އަށާރަ) އަހަރު
ފުރެންދެން، ކޮންމެ މަހަކު 3000 ރ. (ތިން ހާސް ރުފިޔާ) ކަމުން، އެ ނިންމެވުން ބިނާ ކުރައްވާފައިވަނީ
ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާއި އެއްގޮތަށް ނޫންކަމުން، އެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނާކަމެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
2014/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
4 22
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ފެމިލީ ކޯޓުގެ ނަންބަރު
2014/Fm
-
C/494 ޤަޟިއްޔާ އެ ކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ
ކ. މާލެ / މ. މޫންބީމް މުޙައްމަދު ވިޝާލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ފެމިލީ
ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
:
ގިޞާއްޖޭގެ ހައި
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv