ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/218 ޤަޟިއްޔާގެ ޙުކުމް
l
2008/HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޯސް
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 218/HC
-
A/2008
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަލީ ލަޠީފު
ކާޑު ނަންބަރ:A037971
ދާއިމީ އެޑްރެސް: ސ. ހިތަދޫ ! ޑިލައިޓް
މިހާރުގެ އެޑްރެސް: ސ. ހިތަދޫ ! ޑިލައިޓް
• އިސްތިއުނާފު ރައްދުވި ފަރާތް:
- * ނަން: ޢަބްދުﷲ ޢަޒީޒް
އައިޑީ
ކާޑު ނަންބަރ.A036231
* ދާއިމީ އެޑްރެސް: ސ. ހިތަދޫ ގެ ޑޭޒީފެހި
* މިހާރުގެ އެޑްރެސް: ސ. ހިތަދޫ 1 ޑޭޒީފެހި
2- * ނަން: އިބްރާހިމް ޞާލިޙް
އައިޑީ ކާޑު ނަންބަރ: A052065
* ދާއިމީ އެޑްރެސް: ސ. ހިތަދޫ / ޑޭޒީފެހި
* މިހާރުގެ އެޑްރެސް: ސ. ހިތަދޫ ޑޭޒީފެހި
• ހުށަހެޅުނު ތާރީޚް: 25 ރަޖަބު 1429
28 ޖުލައި 2008
ނިމުނު ތާރީޚް: 21 ޛުލްޙިއްޖާ 1432
17 ނޮވެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2006/MC/474
ނިންމެވި ފަރާތް: މަދަނީކޯޓު ސިވިލްކޯޓު)
ބާވަތް: ފައިސާ ހޯދުމުގެ މައްސަލަ
ހުށަހެޅި ތާރީޚް: 09 މާރޗް 2006
ނިމުނުތާރީޚް: 08 ޖޫން 2008
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސް ފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ޓަ324
އައިކޯޓް
k
.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ވާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ދީވެހިރާއްޖެ
2
c &
2008/HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2006/MC/474 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމެވުމެއް ނޫންކަމަށްބުނެ ސ. ހިތަދޫ / ޑިލައިޓް ޢަލީ ލަޠީފުގެ ފަރާތުން
އިސްތިޢުނާފު ކުރުމަށް ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިޢުނާފު ރައްދުވާ ފަރާތަކީ ސ. ހިތަދޫ { ޑޭޒީފެހި ޢަބްދު
ޢަޒީޒު އާއި ސ. ހިތަދޫ 1 ޑޭޒީފެހި އިބްރާހިމް ޞާލިޙުއެވެ.
ރެވުނު ނުކުތާތައް
ފާހަގަކުރެވުނު
1. މަދަނީކޯޓުގެ ނަންބަރު 2006/MC/474 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
ސ. ހިތަދޫ ޑިވައިޓް ޢަލީ ލަތީފުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. މަދަނީކޯޓުގެ ނަންބަރު 2006/MC/474 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ
ހިތަދޫ / ޑޭޒީފެހި ޢަލީ ލަޠީފު ކުއްޔަށް ހިފާފައިވާ މއ. ޖަންކްޝަން ސްޓޯރގެ 3 ވަނަ
ފަންގިފިލާގައި ކުއްޔަށް ދިރިއުޅެމުންދާ ސ.ހިތަދޫ /ޑޭޒީފެހި ޢަބްދުﷲ ޢަޒީޒް އާއި 02 ވަނަ
ފަންގިފިލައިގައި ކުއްޔަށް ދިރިއުޅޭމުންދާ ސ. ހިތަދޫ ! ޑޭޒީފެހި އިބްރާހިމް ޞާލިޙު އާއި ދެމީހުންކުރެ
ކޮންމެ މީހަކު 2006 ގެ ފެބުރުއަރީ މަހަށް ދައްކަންޖެހޭ ކުލި ދައްކާފައި ނުވުމާއި އަދި ކުލި ދެއްކުމަށް
މިދެމީހުން އިންކާރު ކުރަމުންދާތީ މިދެމީހުންނާއި މިދެމީހުންގެ ފަރާތުން ތިބޭ ބަޔަކާއި ތަކެއްޗާއި
އެކުގައި ނެރެ ދިނުމަށާއި 2006 ގެ ފެބުރުއަރީ މަހަށް މިދެމީހުންކުރެ ކޮންމެ މީހަކު ދޭންޖެހޭ
-/
10,000ރ. (ދިހަހާސް ރުފިޔާ)ގެ ކުލީގެ ފައިސާއާއި ތަނުން ނުކުންނަ ދުވަހާއި ހަމަޔަށް
މިދެމީހުންކުރެ ކޮންމެ މީހަކު އަތުން ކޮންމެ މަހަކު -/
10,000ރ. (ދިހަހާސް ރުފިޔާ)ގެ މަގުން
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީލެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
މިވެހިރާއްޖެ
3ل"
3
2008/HC-A/218
ممر مغري
ޤަޟިއްޔާ ނިމުނު ގޮތުގެ
ލިބެންވާ ކުލީގެ ފައިސާ ހޯދުމަށް އެދި ޢަބްދުﷲ އަޒީޒު އާއި އިބްރާހިމް ޞާލިޙުގެ މައްޗަށް ޢަލީ ލަޠީފު
ދައުވާކުރުމުން ބެލިފައިވާ މައްސަލައެއްކަމާއި އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ
ސ. ހިތަދޫ ގެ ޑޭޒީފެހި، އަލީ ލަތީފު ކުއްޔަށް ހިފާފައިވާ މއ.ޖަންކްޝަން ސްޓޯރ އިމާރާތުގެ
02 ވަނަ އަދި 03 ވަނަ ފަންގިފިލާގައި ކުއްޔަށް ދިރިއުޅެމުންދާ ސ. ހިތަދޫ ގެ ޑޭޒީފެހި ޢަބްދު
ޢަޒީޒުއާއި އިބްރާހިމް ޞާލިޙުއާއި، މި 02 (ދޭއް) މީހުން ކުލި ދައްކަންޖެހޭ ފަރާތާއި މެދުގައި
އުފެދުނު ޚިލާފެއްގެ ތެރެއިން 2006 ފެބްރުއަރީ މަހުގެ ކުލި ޢަލީ ލަތީފަށް ނޫން ފަރާތަކަށް
ދައްކާފައިވާވުމަކީ އެތަން ކުއްޔަށް ދިނުމުގައިވެފައިވާ ކުރީގެ އެއްބަސްވުމާއި ޚިލާފުވުމުގެ ޤަސްތުގައި
އެނިޔަތުގައިކޮށްފައިވާ ޢަމަލެއްކަމުގައި ބެލެވެންނެތްކަން އޭގެ ފަހުން ޢަލީ ލަތީފަށް ކުލި ދައްކަމުން
އަންނަ އައުމުން އެނގެން އޮންނަކަމަށާއި، އަދި 2006 ފެބްރުއަރީ މަހުގެ ކުއްޔަކީ ޢަބްދު ޢަޒީޒު
އާއި އިބްރާހިމް ޞާލިޙުގެ އަތުން ޢަލީ ލަތީފަށް ލިބެންޖެހޭ ކުލީގެ ފައިސާއެއްކަން ހުށަހެޅިފައިވާ
ލިޔުންތަކުންނާއި، ޢަމަލުކޮށްފައިވާ ގޮތުން ޝަރީޢަތަށް ސާބިތުވާކަމަށާއި،
މިގޮތުން 2006 ފެބުރުއަރީ މަހަކު ކުލީގެ ގޮތުގައި ޢަލީ ލަތީފަށް ލިބެންވާ -/
20,000ރ.
(ވިހިހާސް ރުފިޔާ) އަކީ އަބްދުﷲ ޢަޒީޒު އާއި އިބްރާހިމް ޞާލިޙުގެ އަތުން މއ. ޖަންކްޝަން ސްޓޯރ
އިމާރާތުގެ 02 ވަނަ އަދި 03 ވަނަ ފަންގިފިލާގެ ކުލީގެ ގޮތުގައި ޢަލީ ލަތީފަށް ލިބެންވާ
ފައިސާއެއްކަމަށާއި، އަދި ކުލި ދައްކަމުންދާ ހިނދަކުގައި ޢަލީ ވަޠީފު އެދޭފަދައަކުން މއ. ޖަންކްޝަން
ސްޓޯރ އިމާރާތުގެ 02 ވަނަ އަދި 03 ވަނަ ފަންގިފިލާގައި ކުއްޔަށް ދިރިއުޅެމުންދާ ޢަބްދުﷲ ޢަޒީޒު
އާއި އިބްރާހިމް ޞާލިޙު އެތަނުން ނުކުތުމަށް ޝަރީޢަތުން އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި،
ޢަބްދުﷲ ޢަޒީޒު އާއި އިބްރާހިމް ޞާލިޙުގެ އަތުން ޢަލީ ލަތީފަށް ދޭންވާ 2006 ފެބުރުއަރީ
މަހުގެ ކުލީގެ ފައިސާއަށްވާ -/20,000ނ، (ވިހިހާސް ރުފިޔާ) ޢަލީ ލަޠީފަށް ދިނުމަށްޓަކައި 2008
ޖޫން 18 މިދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި -/20,000ރ. (ވިހިހާސް ރުފިޔާ)
މަދަނީ ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ދަޢުވާލިބުނު ޢަބްދުﷲ ޢަޒީޒު އާއި އިބްރާހިމް ޞާލިޙަށް
އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލުމުން އެނގެއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
.de
.
4
2008/HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
3. އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތިން މަދަނީކޯޓުން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
ނިންމަވާފައިވަނީ ރަނގަޅަށްނޫންކަމަށް ބުނެ އަލީ ލަޠީފުގެ ފަރާތުން ތިން ނުކުތާއެއް ހުށަހަޅާ އެއާއި
ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ ޢަލީ ލަޠީފު ކުއްޔަށް ހިފާފައިވާ ގއ. ޖަންކްޝަން ސްޓޯރުގެ 02
އަދި 03 ވަނަ ފްލޯރ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ހިފާފައިވާ ޢަބްދުﷲ ޢަޒީޒު އާއި އިބްރާހިމް
ޞާލިޙު ކުއްޔަށް ހިފި ތާރީޚް ކަމުގައިވާ 17 ނޮވެމްބަރ 2005 ން ފެށިގެން 2006 ޖެނުއަރީގެ
ނިޔަލަށް ކުލި ދެއްކީ ކޮން ގޮތެއްގެ މަތިން ކޮން ފަރާތަކަށްތޯ ޝަރީޢަތުން ޢަބްދުﷲ ޢަޒީޒު އާއި
އިބްރާހިމް ޞާލިޙު އާއި ސުވާލު ނުކުރައްވާ، އެޤަޟިއްޔާގެ ޙުކުމުގައި ފެބުރުއަރީ މަހު ކުލި ޢަލީ
ލަޠީފު ނޫން ފަރާތަކަށް ދައްކާފައި އޮތް އޮތުމަކީ އެއްބަސްވުމާއި ޚިލާފްވުމުގެ ޤަޞްދުޤައި
އެނިޔަތުގައިކޮށްފައިވާ ޢަމަލެއްކަމަށް ބެލެވެން ނެތްކަމަށް ޙުކުމްކުރައްވާފައި އޮތް އޮތުންކަމަށް ބުނެ
ހުށަހެޅި ނުކުތާ،
(ށ) ދެވަނަ ނުކުތާއަކީ 2006 ފެބުރުއަރީ މަހުގެ ކުލި ޢަލީ ލަތީފަށް ދައްކާފައިނުވާކަން
ޝަރީޢަތަށް ސާބިތުވުމުން އެއީ ޚިލާފެއްކަމަށް ނުބައްލަވައި އެމަހުގެ ކުލި -/
20,000ރ. (ވިހިހާސް
ރުފިޔާ) ޢަލީ ލަތީފަށް ދެއްކުމަށްޓަކައި މަދަނީ ކޯޓަށް ދެއްކުމަށް ޙުކުމް ކުރައްވައި އެއްބަސްވުން
ދެމެހެއްޓިކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ މައްސަލަ ބަލަންވާވަރަށް ނުބައްލަވާ އޮތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
4. މަދަނީކޯޓުގެ ނަންބަރު: 2006/NIC/474 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް އެދި ޢަލީ ލަޠީފުގެ ފަރާތުން ހުށަހެޅި ނުކުތްތަކަށާއި އެނުކުތްތަކާއި ގުޅިގެން
ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާއި ގުޅޭ އެންމެހައި
ލިޔުންތަކަށް ބަލައި ނަޒަރު ކުރުމުން އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(4.1) ޢަލީ ލަޠީފު އާއި ޢަބްދުﷲ އަޒީޒު އާއި އިބްރާހިމް ޞާލިޙުއަކީ އެއްބަނޑު އެއްބަފާ
ތިންބެއިންކަމާއި މިތިންބެއިންގެ މެދުގައި މައްސަލަތައް ދިމާވެ ޚިޔާލު ތަފާތުވެ ހިތްހަމަނުޖެހުންތަކެއް
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2008/HC-A{218
2 ތ 48
44
4
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިމާވެގެން އެކަންކަން ވާހަކަ ދައްކައިގެން ޞުލްޙަވެރިކަމާއިއެކު ޙައްލު ކުރުމަށް މިތިން މީހުންގެ
މެދުގައި ވާހަކަ ދެކެވި 13.11.2005 ގައި އެއްބަސްވުމެއް ލިޔެ މިތިން މީހުން އެއްބަސްވާ ކަންތަކާއި
ގޮތްތައް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމާއި އެއްބަސްވުމުގެ 5 ވަނަ މާއްދާގައި، "މާލޭގެ
ޖަންކްޝަންސް ސްޓޯރ އިމާރާތުގައި ޢަބްދުﷲ އަޒީޒުއާއި އިބްރާހިމް ޞާލިޙު މިހާރު އުޅެމުންދާ
ބައިގައި މިދެމީހުންގެ އަމިއްލަ އިޚްތިޔާރުން ދޫކޮށްލަންދެން މިދެމީހުންނަށް ދިރިއުޅުމުގެ ފުރުޞަތު ޢަލީ
ލަޠީފު ދޭންވާނެއެވެ. އަދި މިއިމާރާތަކީ ތިން ބެއިންވެސް ދިރިއުޅެމުންދާ ތަންކަމަށް ވުމާއިއެކު
އެކަކުގެ ފަރާތުން އަނެކަކަށް ދަތިވެ އުނދަގޫވާފަދަ ކަމެއް ނުކުރުމަށް ކޮންމެ މީހަކުވެސް
އެއްބަސްވެއެވެ. ނަމަވެސް ޢަބްދުﷲ އަޒީޒު އާއި އިބްރާހިމް ޞާލިޙު އާއި ދެމީހުން މިހާރުވެސް
މިދެމީހުން އުޅެމުންދާ ބައިތަކަށް ކުލި ދައްކަމުންދާ ގޮތަށް އެކުލި ދައްކަމުން ގެން
މިފަދައިން ލިޔެ ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން.
(4.2) ތިންފަރާތުގެ މެދުގައި އެއްބަސްވެފައިވާ ކަންތަކާއި ގޮތްތަކަށް ބަލާއިރު ސުލްޙަވެރި
ގޮތްތަކެއްގެ މައްޗަށްވެފައިވާ އެއްބަސްވުމެއްކަމުން އެއް
ކަމުން އެއްބަސްވުމުގެ ރޫޙާއި މަޤުޞަދު ނުގެއްލޭ ގޮތުގެ
މަތިން އެއްބަސްވުމުގެ މާއްދާތައް މާނަކުރެވެންޖެހޭނެކަމާއި
އެއްބަސްވުމުގެ 5 ވަނަ
މާއްދާއަކީ ޢަބްދުﷲ ޢަޒީޒު އާއި އިބްރާހިމް ޞާލިޙް އުޅެމުންދާ 2 ވަނަ ފްލޯރއާއި 3 ވަނަ ފްލޯރގައި
އެމީހުނަށް ތިބެވޭނެކަން ކަށަވަރުކޮށްދިނުމަށް ބާރު އަޅާފައިވާ މާއްދާއެއްކަމާއި، ކުލި ދައްކަމުން އައި
ގޮތަށް ކުލި ދައްކަންޖެހޭނެކަން އެމާއްދާ ނިންމާލަމުން ޛިކުރުކޮށްފައިވަނީ އެދެމީހުން ތިބޭ ތިބުމަކީ
ކުލިދީގެން ތިބޭގޮތަށް އޮތްކަމެއްކަމަށް އިޝާރާތްކުރުމުގެ ގޮތުންކަން އެމާއްދާ އެއްކޮށް ކިޔާލުމުން
އެނގެން އޮންނަކަން.
(4.3) އަލީ ލަޠީފާ އަށް ޢަބްދުﷲ އަޒީޒު އާއި އިބްރާހިމް ޞާލިޙުގެ ފަރާތުން ޖުމްލަ ކުލީގެ
ގޮތުގައި ދެފްލޯއަށް -/20,000ރ. (ވިހިހާސް ރުފިޔާ) ދައްކަމުން އައިސްފައިވާކަމާއި ކުލީގެ މިފައިސާ
ޢަލީ ލަޠީފުގެ އެކައުންޓަށް ޖަމާކުރަމުން ގޮސްފައިވާކަމާއި، 2006 ގެ ފެބުރުއަރީ މަހުގެ ފަހުންވެސް
ޢަލީ ލަތީފުގެ އެކައުންޓަށް ޢަބްދުﷲ އަޒީޒު އާއި އިބްރާހިމް ޞާލިޙު ގެ ފަރާތުން ކުލީގެ ފައިސާ
ޖަމަޢު ކުރަމުން އައިސްފައިވާކަމާއި، ފެބުރުއަރީ 2006 ގެ ކުލި ޢިމާރާތުގެ ވެރިފަރާތަށް ޢަބްދު
މިގޮތުން މި
6 0
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބްދުޒު ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ޕެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
959, 6
6
2008/HC-A/218
44 44
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އަޒީޒުއާއި އިބްރާހިމް ޞާލިޙުގެ ފަރާތުން ދެއްކިކަމަށް ބުނާ ގޮތަކީ މިދެފަރާތުން އަމަލުކުރަމުން އައި
ގޮތާއި ޚިލާފު ގޮތެއްކަމާއި، 2006 ފެބުރުއަރީގެ ކުއްޔަށްވާ -/
20,000ރ. (ވިހިހާސް ރުފިޔާ) އަކީ
ޢަބްދުﷲ އަޒީޒު އާއި އިބްރާހިމް ޞާލިޙުގެ ފަރާތުން ޢަލީ ލަތީފާއަށް ދޭންޖެހޭ ފައިސާއެއްކަމާއި
މިފައިސާ ޢަލީ ލަޠީފު ފިޔަވައި އިމާރާތުގެ ވެރިފަރާތާއި ޙަވާލުކުރުމަށް އަބްދުﷲ އަޒީޒުއާއި އިބްރާހިމް
ޞާލިޙުގެ ފަރާތުން ނިންމި ނިންމުމަކީ މިތިންފަރާތުގެ މެދުގައި ހިތްހަމަނުޖެހުމާއި ޚިޔާލު ތަފާތުވުމުގެ
ތެރެއިން ހިނގާފައިވާ ކަމެއްކަމަށް ބެލެވޭކަމާއި މިއީ ކުލި ނުދެއްކުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫން
ކަމާއި، އޭގެ ފަހުންވެސް 2006 ވަނަ އަހަރުގެ އެހެނިހެން މަސްތަކުގެ ކުލި ދައްކަމުން އައިސްފައިވާ
ގޮތުން އެކަން ސާފުކޮށް އެނގެން އޮންނަކަން.
(44) އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތިން ކަންހިނގާފައިވުމުން މަދަނީކޯޓުގެ ނަންބަރު
2006/MC/474 ޤަޟިއްޔާގައި 2006 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ކުލީގެ ގޮތުގައި ޢަލީ
ލަތީފަށް ލިބެންވާ -/20,000ރ. (ވިހިހާސް ރުފިޔާ) އަކީ ޢަބްދުﷲ ޢަޒީޒު އާއި އިބްރާހިމް ޞާލިޙުގެ
އަތުން މއ. ޖަންކްޝަން ސްޓޯރ އިމާރާތުގެ 2 ވަނަ އަދި 3 ވަނަ ފަންގިފިލާގެ ކުލީގެ ގޮތުގައި ޢަލީ
ލަތީފަށް ލިބެންޖެހޭ ފައިސާއެއްކަމަށާއި ކުލި ދައްކަމުން ދާހައި ހިނދަކު ޢަލީ ލަތީފު އެދޭ ފަދައިން
ޢަބްދުﷲ އަޒީޒު އާއި އިބްރާހިމް ޞާލިޙު އެއިމާރާތުން ނުކުތުމަށް ޝަރީޢަތުގެ ފަރާތުން އެންގޭނެ
ތަނެއް ނެތްކަމަށް މަދަނީކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ
ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ވީމާ، މަދަނީކޯޓުގެ ނަންބަރު 2006/MC/474 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ތާއީދުކޮށްފީމެވެ.
ވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ހިރާއްޖޭ.