ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/174 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/174
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 174/HC
-
A/2010
. އިސްތިއުނާފުކުރި ފަރާތް:
ނަން: އަޙްމަދު ސަޢީދު
އައިޑީ ކާޑު ނަންބަރ: A048057
ދާއިމީ އެޑްރެސް: ނަޔާގެ| ސ.
ސ.ހިތަދޫ
މިހާރުގެ އެޑްރެސް:
ގާތުފަޅު، 5 ވަނަ ބުރި
0
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 03 އޯގަސްޓް 2010
* ނިމުނު ތާރީޚް: 23 އޭޕްރީލް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/JC/839
ނިންމެވިކޯޓް: ޖިނާއީ ކޯޓް
ޤަޟިއްޔާގެ ބާވަތް: މާރާމާރީ ހިންގުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢައްބާސް ޝަރީފު
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/174
ދަޢުވާގެ ޚުލާޞާ:
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/839 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އަޙްމަދު ސަޢީދު ނަޔާގެ/ ސ.ހިތަދޫ އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް) އެވެ.
CCCro
0
434
10
ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/839 ޤަޟިއްޔާގައި އަޙްމަދު ސަޢީދުއާއި ޢަބްދު
ސައީދު ނަޔާގެ/ ސ.ހިތަދޫގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، ޤާނޫނުލް ޢުޤޫބާތުގެ 126 ވަނަ
މާއްދާގެ ދަށުން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއާއި އެމާރާމާރީގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު
ހޯދުމުގެ ދަޢުވާ ކަމާއި؛
އެޤަޟިއްޔާ ނިންމަވާފައިވަނީ، ދައުލަތުންކުރި މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކަށް ބަލާއިރު، ޢަބްދުﷲ ސަޢީދު އާއި އަޙްމަދު
ސަޢީދު އާއި ދެމީހުން އޭދަފުށި ލީބިޔާ މުޙައްމަދު ޝިމްހާދުގެ ގައިގާ ތަޅަނިކޮށް ދުށްކަމަށް މާލޭ
މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 7186 އިބްރާހީމް ރަމީޒް ބުނާތީ އާއި، މިމާރާމާރީގެ ސަބަބުން
މުޙައްމަދުޝިމްހާދަށް އަނިޔާވެފައިވާކަން މުޙައްމަދު ޝިމްހާދުގެ މެޑިކޯ ލީގަލް ރެކޯޑުން އެނގެން އޮންނާތީ
އާއި، ޢަބްދުﷲ ސަޢީދު އާއި އަޙްމަދު ސަޢީދު، މުޙައްމަދު ޝިމްހާދުއާއިމެދު މާރާމާރީ ހިނގާފައިވާކަމަށް
މުޙައްމަދު ޝިމްހާދު ބުނާތީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއަށް
ރިޢާޔަތްކުރާއިރު، ޢަބްދުﷲ ސަޢީދު އާއި އަޙްމަދު ސަޢީދު، މުޙައްމަދު ޝިމްހާދުއާމެދު މާރާމާރީ
ހިންގާފައިވާކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ،
ހިތަދޫ ނަޔާގެ ޢަބްދު
ސަޢީދު އާއި ހިތަދޫ ނަޔާގެ އަޙްމަދު ސަޢީދު މާރާމާރީ ހިންގުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް
ކަނޑައަޅުއްވާ، އެއީ އެފަދަ ކުށެއް އެދެ މީހުންގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، ޤާނޫނުލް
ޢުޤޫބާތުގެ 126 ވަނަ މާއްދާގެ ދަށުން ހިތަދޫ/ ނަޔާގެ ޢަބްދުﷲ ސަޢީދު އާއި
ހިތަދޫ ނަޔާގެ
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2{010/HC-A/174
އަޙްމަދު ސަޢީދު 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، އެދެމީހުންގެ ސަބަބުން މުޙައްމަދު
ޝިމްހާދަށް ލިބުނު ގެއްލުމުގެ ބަދަލު އެދެމީހުންގެ އަތުން ހޯދުމަށް މުޙައްމަދު ޝިމްހާދު އެދޭ މައްސަލަ
އެޤަޟިއްޔާގައި ބަލައިދެވިފައިނުވާ ކަމަށް އަންގަވާކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން
އެގެން އޮވެއެވެ.
CCCX
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ޖިނާއީ ކޯޓްގެ ނަންބަރު 2010/JC/839 ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް
ކަމަށް ބުނެ އަޙްމަދު ސަޢީދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހަތް ނުކުތާއެއް ފާހަގަކޮށް އެނުކުތާ ތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
¢ ¢ ¢
03- ޖިނާއީ ކޯޓްގެ ނަންބަރު 2010/JC/839 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާއި
ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/839 ޤަޟިއްޔާގައި އަޙްމަދު ސަޢީދުގެ މައްޗަށް
ދައުލަތުގެ ފަރާތުން ޤާނޫނުލް ޢުޤޫބާތުގެ 126 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ މާރާމާރީ ހިންގުމުގެ ކުށުގެ
ދަޢުވާއަށް އަޙްމަދު ސަޢީދު އިންކާރުކޮށްފައިވާކަން އެނގެން އޮވެއެވެ.
CCCX
(ނ) މިމައްސަލައިގާ އަނިޔާ ލިބިފައިވާ އޭދަފުށި ލީބިޔާ މުޙައްމަދު ޝިމްހާދުގެ ބަހަށް
ބަލާއިރު، 2009 އޯގަސްޓް 13 ވަނަ ދުވަހުގެ 13:30 އެހާކަންހާއިރު، އަޙްމަދު ސަޢީދު އާއި ޢަބްދު
ސަޢީދު އާއި އިތުރު މީހަކު ވެގެން މުޙައްމަދު ޝިމްހާދުގެ ގައިގާ ތަޅާ މާރާމާރީ ހިންގާފައިވާކަމާއި، ނަފްސާނީ
ގޮތުންނާއި ޖިސްމާނީ ގޮތުން މުޙައްމަދު ޝިމްހާއަށް އެތައް ބައިވަރު ގެއްލުން ލިބިފައިވާ ކަމާއި،
eކއި
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2{010/HC-A/174
ބޮލަށާއި އަތަށާއި، ފައިގެ އެތައް މިތަނަށް އަނިޔާވެފައިވާ ކަމަށާއި، އެކަމަށް ފަރުވާކުރުމަށްޓަކައި ޑޮކްޓަރަށް
ދައްކާފައިވާނެ ކަމަށާއި، ޑޮކްޓަރުގެ ރިޕޯޓްތައް ހުންނާނެ ކަމަށް ބުނެފައިވާކަން އެނގެން އޮވެފައި؟
މުޙައްމަދު ޝިމްހާދުގެ މެޑިކޯ ލީގަލް ރެކޯރޑަށް ބަލައިރު، 13 އޯގަސްޓް 2009 ދުވަހުގެ
06:15 ގައި އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ރަމޭޝް ރަމޭޝް
އަށް މުޙައްމަދު ޝިމްހާރު ދައްކާފައިވާކަމާއި، މާރާމާރީއަކުން މުޙައްމަދު ޝިމްހާދުގެ ބޮލަށާއި ކޮނޑަށާއި
ދެއަތުގެ މަސްގަނޑަށް އަނިޔާވެފައިވާކަން އެނގެން އޮވެއެވެ.
އޭދަފުށި ލީބިޔާ މުޙައްމަދު ޝިމްހާދުގެ ގައިގާ އަޙްމަދު ސަޢީދު ތަޅަނިކޮށް ދުށްކަމަށް
މިމައްސަލައާއި ގުޅިގެން މާލެ މުނިސިޕަލްޓީގެ ޙާއްޞަ ދަފްތަރު ނަންބަރު 7186 އިބްރާހީމް ރަމީޒު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށާއި ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުގައި
ބުނެފައިވާކަން އެނގެން އޮވެއެވެ.
CCCX
etoc
(ހ) އަޙްމަދު ސަޢީދުގެ ފަރާތުން ދިފާޢީ ހެކިންގެ ގޮތުގައި ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް
އެދިފައިވާ މއ. ދަތުރުނާގެ މުޙައްމަދު ވަޙީދު އާއި މާބިން އަނަސް ޢަލީ ހާޒިރު ކުރުމަށް ބަލާއިރު،
މިމައްސަލައާއި ގުޅިގެން އަޙްމަދު ސަޢީދު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 30 އޯގަސްޓް 2009 ގައި
ދީފައިވާ ބަޔާނުގައި، ޝިމްހާދު ހަޅޭއްލެވި އަޑަށް މއ. ދަތުރުނާގެ ޢިމާރާތުގައި އުޅޭ މީހުން އެއްވަނަ ބުރިއަށް
އެއްވި ކަމަށާއި، އެއްވި މީހުންގެ ތެރޭގައި މުޙައްމަދު އެތަނުގައި ހުރެފައި އަޙްމަދު ސަޢީދު ކައިރީ ކިހިނެއްހޭ
ވީ އެހުމުން މުޙައްމަދަށް ވީގޮތް ކިޔައިދިން ކަމަށް ބުނެފައި އޮތުމުން، މިމައްސަލައިގާ ދަޢުވާކުރެވޭ ހާދިސާ
ހަނދި
ވަގުތު އެކަންކަން މުޙައްމަދު ވަޙީދަށް ފެނިފައި ނުވާކަމާއި، ހިނގާދިޔަ ކަންތަކުގައި މުޙައްމަދު ވަޙީދަށް
މަޢުލޫމާތު ދީފައިވަނީ އަޙްމަދު ސަޢީދުކަން އެނގެން އޮތުމުން، އަޙްމަދު ސަޢީދުގެ މައްޗަށް ހުށަހެޅިފައިމިވާ
ދަޢުވާގައި މުޙައްމަދު ވަޙީދަކީ އަޙްމަދު ސަޢީދުގެ ދިފާޢީ ހެއްކެއްގެ ގޮތުގައި ބަލައި އޭނަގެ ހެކިބަހުގެ މައްޗަށް
ޝަރީޢަތުން އިޢުތިބާރެއް ދެވެން ނެތުމާއެކު، މުޙައްމަދު ވަޙީދު ދަށުކޯޓަށް ހާޒިރުނުކުރުމަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާއި ޚިލާފު ކަމެއް ކަމަށް ބެލެވެން ނެތްކަމާއި؛
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2{010/HC-A/174
މިމައްސަލައިގާ ހެކިބަސް ދީފައިވާ އިބްރާހީމް ރަމީޒުގެ ބަޔާނުގައި މާރާމާރީ ހިންގާފައިވަނީ އަޙްމަދު
ސަޢީދު އާއި ޢަބްދުﷲ ސަޢީދު އާއި އިތުރު މީހަކު ކަމަށް ބުނެފައިވާއިރު، ޢަބްދުﷲ ސަޢީދު މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް 16 އޯގަސްޓް 2009 ގައި ދީފައިވާ ބަޔާނުގައި، އެއްވަނަ ފަންގިލާގެ (A
އެޕާރޓްމަންޓްގެ) ބަޔަށް ޝިމްހާދު ވަދެހުރިތަން ފެނުނުކަމަށާއި، އޭރު ބޭބެ (އަޙްމަދު ސަޢީދު) މެންވެސް
އެތަނުގައި ތިބި ކަމަށާއި، ބޭބެ އާއި އަނަސް އެބަޔަށް ވަންނަން އުޅޭ ތަން ފެނުމުން އެމީހުން ހުއްޓުވާ
އެތަނަށް ނުވަންނާށޭ ބުނިކަމަށް ބުނެފައި އޮތުމުންނާއި؛
އަޙްމަދު ސަޢީދު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 30
ސްޓް 2009 ގައި ދީފައިވާ
ބަޔާނުގައި، މުޙައްމަދު ޝިމްހާދު އާއި އަޙްމަދު ސަޢީދު ވާހަކަދައްކަން ތިއްބާ ޝިމްހާދު ކުއްލިއަކަށް އަޙްމަދު
ސަޢީދުގެ މޭމަތީ އަތްއަޅާ ކޮއްޕާލާފައި އެޕާރޓްމަންޓުން ބޭރަށް ދުށްވައިގަތްކަމަށާއި، ޝިމްހާދު ދުއްވައިގަތީ
ކީއްވެގެންތޯ ބަލަންވެގެން އަޙްމަދު ސަޢީދު އާއި އަނަސް ތިރިއަށް ދިޔަކަމަށް ބުނެފައިވާތީ، މިމައްސަލާގައި
އަޙްމަދު ސަޢީދުގެ މައްޗަށް ދަޢުވާކުރެވޭ މާރާމާރީގައި އަނަސް ޢަލީގެ ބައިވެރިވުމެއް އޮތްކަމަށް ބެލެވޭތީ،
އަޙްމަދު ސަޢީދުގެ ދިފާޢުގައި އަނަސް ޢަލީ ދޭ ހެކިބަހުގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދޭތީ އޭނަގެ
ހެކިބަހުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތް ނުކުރެވޭނެ ކަމަށްޓަކައި، އަނަސް ޢަލީގެ ބަހެއް ޝަރީޢަތުން
ނުހޯދުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކުރެއްވި ކަމެއް ކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
ecc
(ނ) ޤާނޫނުލް ޢުޤޫބާތުގެ 126 ވަނަމާއްދާއަށް ބަލާއިރު، މާރާމާރީ ހިންގުމުގެ އަދަބެއްގެ ގޮތުގައި
ކަނޑައެޅިފައިވަނީ ގިނަވެގެން -/200ރ އިން ޖޫރިމަނާކުރުން، ނުވަތަ ގިނަވެގެން 6 މަސް ދުވަހުގެ
މުއްދަތަށް އަރުވާލުން، ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން ކަމާއި؛
ހާދިސާ ހިނގި ވަގުތާއި ތަނާއި ޙާލަތާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް
ޝަރީޢަތުން ރިޢާޔަތް ކުރުމަށްފަހު އިޝާރާތްކުރެވުނު އަދަބުތަކުން ކުރެ އަދަބެއް ކަނޑައެޅުމަކީ އެމައްސަލައެއް
ބައްލަވާ ފަނޑިޔާރެއްގެ ތަޤްދީރު (discretion) އަށް ދޫކޮށްލެވިފައިވާ ކަމެއްކަމާއި،
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2{010/HC-A/174
މިމައްސަލައިގާ ދަޢުވާކުރެވޭ މާރާމާރީ ހިންގާފައިވަނި، މީހުން ދިރިއުޅޭ ތަނެއްގެ ތެރޭގައި
ރޭގަނޑުގެ ދަށްވަރުގެ ވަގުތެއްގައި އެކަކަށްވުރެ ގިނަ ބަޔަކުކަން އެނގެން އޮތުމުން، މިމައްސަލައިގާ އަޙްމަދު
ސަޢީދުގެ މައްޗަށް އަދަބު ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކުން ބޭރުން ކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
ވީމާ، ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/839 ޤަޟިއްޔާގައި އަޙްމަދު ސަޢީދުގެ މައްޗަށް
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން ފާހަގަކުރެވުނު ގޮތަށް ހުރުމުން، ޖިނާއީ ކޯޓުގެ
ނަންބަރު 2010/JC/839 ޤަޟިއްޔާގައި ޤާނޫނުލް ޢުޤޫބާތުގެ 126 ވަނަ މާއްދާގެ ދަށުން ސ. ހިތަދޫ
ނަޔާގެ އަޙްމަދު ސަޢީދު 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރައްވާފައިވާ
ޙުކުމަށް ބަދަލު
ގެންނަށްޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
*
*
މިމުހިއްމެވެ.
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv