ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/11 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/11
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 11/HC-A/2011
• އިސްތިއުނާފުކުރި ފަރާތް:
ނަން: އާދަމް އިބްރާހީމް
އައިޑީ ކާޑު ނަންބަރ: A032910
، ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ސެންޓުގެ
ގ. ސެންޓުގެ
**
އިސްތިއުނާފް ރައްދުވާ ފަރާތް:
* ނަން: ޢަލީ މޫސާ (މޯލްޑިވްސް ދޯނި ސަރވިސް)
އައިޑީ ކާޑު ނަންބަރ: A065018
ދާއިމީ އެޑްރެސް: ހ. އާސިޔާނާ
މިހާރުގެ އެޑްރެސް: މ. ވެލިގާ
ހުށަހެޅުނު ތާރީޚް: 10 ޖެނުއަރީ 2011
ނިމުނު ތާރީޚް: 06 ޖޫން 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1963
ނިންމެވިކޯޓް: މަދަނީކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 24-08-2009
ނިމުނު ތާރީޚް: 23-09-2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/11
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީކޯޓުގެ ނަންބަރު 2009/MC/1963 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ސެންޓުގެ އާދަމް އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކޮށްފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި އިސްތިއުނާފު ކުރި ފަރާތުން
ބަޔާންކޮށްފައިވަނީ މޯލްޑިވްސް ދޯނި ސަރވިސް (ޢަލީ މޫސާ) ހ. އާޝިޔާނާ އެވެ.
3 4
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީކޯޓުގެ ނަންބަރު 2009/MC/1963 ޤަޟިއްޔާއަކީ، ޢަލީމޫސާ، މެނޭޖިންގ
ޑިރެކްޓަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނި، މޯލްޑިވްސް ދޯނި ސަރވިސް ޕވޓ ލޓޑ. ގެ
ވިޔަފާރި ފުޅާކުރުމަށް އެކުންފުނިން އާދަމް އިބްރާހީމްގެ އަތުން ނަގާފައިވާ 12,49,833.33ރ. (ބާރަލައްކަ
ސާޅީސްނުވަހާސް އަށްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިންލާރި) ގެ ތެރެއިން އެންމެ ރުފިޔާއެއްވެސް
މިއަދާ ހަމައަށް އަނބުރާ ދައްކާފައިނުވާއިރު އެފަރާތުން އާދަމް އިބްރާހީމަށް ދީފައިވާ ޗެކް ނަންބަރު 002084
ބައުންސްވެގެން އެޗެކަށް ފައިސާ ލިބިފައިނުވާ ކަމަށްބުނެ އެފަރާތުން އާދަމް އިބްރާހީމްގެ އަތުން ނަގާފައިވާ
12,49,833.33ރ. (ބާރަލައްކަ ސާޅީސްނުވަހާސް އަށްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިންލާރި)
ޝަރީޢަތުން އެއްފަހަރާ ނަގައިދިނުމަށް އެދި ގ. ސެންޓުގެ އާދަމް އިބްރާހީމް ދަޢުވާކުރުމުން ބައްލަވާފައިވާ
ސިއްޔާއެއްކަން އެޤަޟިއްޔާގެ ދަޢުވާ ފޯމުން އެނގޭ ކަމާއި؛
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާން ކޮށްފައިވަނީ: [ދެންފަހެ، ސެންޓުގެ އާދަމް އިބްރާހީމް (ދރ.
ކާޑު: A032910) މޯލްޑިވްސް ދޯނި ސަރވިސްގެ މަސްއޫލުވެރިފަރާތް ކަމުގައިވާ . އާޝިޔާނާ ޢަލީ މޫސާ
(ދރ. ކާޑު: A065018} ދީފައިވާ ޗެކް، އެކައުންޓުގައި ފައިސާ ނެތިގެން ބައުންސްވެފައިވާތީ، ޗެކުގައިވާ
ފައިސާ ދިނުމަށް އެކި ފަހަރު މަތިން އެދުމުންވެސް އެފައިސާ ލިބިފައިނުވާކަމަށްބުނެ، ޗެކްގައިވާ ފައިސާ
އާޝިޔާނާ ޢަލީ މޫސާ (ދރ. ކާޑު: A065018) ގެ މައްޗަށް ގ. ސެންޓުގެ އާދަމް
އިބްރާހީމް (ދރ. ކާޑު: A032910) ކުޅަ ދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
3
އ.
ހޯދުން އެދި
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/11
މޯލްޑިވްސް ދޯނި ސަރވިސްގެ ނަމުގައި 12,49,833.33ރ. (ބާރަލައްކަ ސާޅީސްނުވަހާސް
އަށްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިންލާރި) ގެ ޗެކެއް އާދަމް އިބްރާހީމަށް ޢަލީ މޫސާ ދޫކޮށް،
މިޗެކްގައިވާ ޢަދަދަށް އެކައުންޓުގައި ފައިސާ ނެތިގެން ޗެކް ބައުންސްވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުން
ތަކުން އެނގޭކަމާއި،
އެކައުންޓުގައި ފައިސާ ނެތި ޗެކް ދޫކުރުމުގެ ސަބަބުން އެޗެކް ބައުންސްވުމަކީ އެކަމުގެ ސަބަބުން
ޤާނޫނީ ކުށެއް އުފެދޭ ކަމެއްކަމާއި، އެހެންނަމަވެސް ޗެކަކީ އޭގެ ޒާތުގައި ޙާދިޘާ ޘާބިތުކޮށްދޭ
ކަކަށްނުވާކަމުން، ޙާދިޘާ ޘާބިތުނުކޮށްދޭ ހެއްކަކުން މައްސަލަ ޘާބިތުކުރެވޭނީ އެޙާދިޘާއެއް ޘާބިތުވުމުން
އެއްކަކަށްން
ކަމާއި،
etc et
ޙާދިޘާ ޘާބިތުވާން ނެތި ބައުންސްވެފައިވާ ޗެކެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް އުފެދޭނެ
ކަމެއް ކަމުގައި ނުވާތީ އާއި، ދަޢުވާ ޘާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށްވެފައި،
ދަޢުވާގައި ޢަލީ މޫސާގެ ކިބައިން ހޯދުން އެދިފައިވާ 12,49,833.33ރ. (ބާރަލައްކަ ސާޅީސްނުވަހާސް
އަށްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިންލާރި) ޢަލީ މޫސާގެ ފަރާތުން އާދަމް އިބްރާހީމަށް ދޭންޖެހޭ ސަބަބު
ނުވަތަ މިކަމުގެ ޙާދިޘާ އާދަމް އިބްރާހީމަށް ޝަރީޢަތަށް ޘާބިތުކޮށްދެވިފައިނުވާތީ، ދަޢުވާގައި އެދިފައިވާ ފައިސާ
ޢަލީ މޫސާގެ ކިބައިން ނަގައިދެވޭނެ
ތަނެއް ނެތްކަމަށް ކަނޑައަޅައި،
މްކޮށްފީމެވެ.“ މިފަދައިން ކަން އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ހުކު858
ccc
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީކޯޓުގެ ނަންބަރު 2009/MC/1963 ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން އާދަމް އިބްރާހީމްގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ތިން ނުކުތާއެއް ފާހަގަކޮށް ހުށަހަޅާފައިވެއެވެ. އެނުކުތާތަކަކީ:
ފުރަތަމަ ނުކުތާއަކީ: އާދަމް އިބްރާހީމްގެ ދަޢުވާއަށް ދަޢުވާ ލިބޭ ޢަލީ މޫސާ އިންކާރު ކުރާ ކަމަށާއި،
އަދި އަނބުރާ ދައްކާ ގޮތަށް ފައިސާ ނެގުމަށްފަހު އެފައިސާ އަދާކުރުމުގެ ގޮތުން އާދަމް އިބްރާހީމަށް
ޗެކް ދީފައިނުވާނެ ކަމަށާއި، ނަމަވެސް ޢަލީ މޫސާއަށް އުޅަނދެއް ބަނުމަށްޓަކައި، އާދަމް އިބްރާހީމްގެ
އަތަށް ގިނަ ޢަދަދަކަށް ފައިސާ ދީފައި ހުންނާނެ ކަމަށާއި، މިގޮތުން މިޗެކަކީވެސް ޢަލީ މޫސާގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/11
އަމިއްލަ ފައިސާގެ ގޮތުގައި އާދަމް އިބްރާހީމްގެ އަތުގައި ބެހެއްޓުމަށް ދިން ޗޮކެއްކަމަށް
ބުނެފައިވާކަމަށް ފާހަގަކުރެވުނު ނުކުތާތަކުގެ 3 ނަންބަރުގައި ފާހަގަކުރައްވައި، ޢަލީ މޫސާ ފަރާތުން
އެބުނާ ބުނުން ސާބިތު ކުރެވޭވަރުގެ އެއްވެސް ހެއްކެއް ދައްކާފައިނުވާއިރު، އެބުނާ ބުނުމުގެ މައްޗަށް
ބުރަވެވަޑައިގެން ފާހަގަ ކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި އަދި 7 ވަނަ
ނަންބަރުގައި ޗެކަށް ޤާނޫނީ ގޮތުން ލިބިދޭ ބާރު ކަނޑުއްވާލައްވައި، ބައުންސް ޗެކާމެދު ޝަރުޢީ
އަދި ޤާނޫނީ ގޮތުން ޢަމަލުކުރަމުން އައިސްފައިވާ އުޞޫލާވެސް ޚިލާފަށް ޢަލީ މޫސާގެ ކިބައިން
ހޯދުމަށް އާދަމް އިބްރާހީމް އެދިފައިވާ އެ ޗެކުގައިވާ 12,49,833.33ރ. (ބާރަލައްކަ
ސާޅީސްނުވަހާސް އަށްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިންލާރި) ލިބިދިނުމުން އާދަމް އިބްރާހީމް
މަޙްރޫމްކުރައްވާ މައްސަލަ ނިންމެވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރުމުގެ ސަބަބުން އެޗެކް ބައުންސްވުމަކީ
އެކަމުގެ ސަބަބުން ޤާނޫނީ ކުށެއް އުފެދޭ ކަމެއް ކަމަށް ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ
ނަންބަރުގައި ފާހަގަކުރައްވާފައިވާއިރު، ފާހަގަކުރެވުނު ނުކުތާތަކުގެ
ވަނަ ނަންބަރުގައި
ބައުންސުވެފައިވާ ޗެކެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް އުފެދޭނެ ކަމެއްކަމުގައި ނުވާކަމަށް
ފާހަގަކުރައްވައި، އެޗެކްގެ އަތުގެ ވެރިޔާކަމަށްވާ އާދަމް އިބްރާހީމްގެ ކިބައިން އެޗެކުން ލިބިދޭ މަދަނީ
ޙައްޤުން މަޙްރޫމްކުރައްވައި ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް
ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޗެކަކީ ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމަކަށްވާއިރު،
ފާހަގަކުރެވުނު ނުކުތާތަކުގައި ޗެކަކީ އޭގެ ޒާތުގައި ޙާދިސާ ސާބިތުކޮށްދޭ ހެއްކަކަށް ނުވާކަމަށް
ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގައި ފާހަގަކުރައްވައި، އަދި ޙުކުމުގައި އެގޮތަށް
ކަނޑައަޅުއްވައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ އެކައުންޓް ނަންބަރު 001-261132-7704
އިން ޢަލީ މޫސާ އާދަމް އިބްރާހީމަށް ދީފައިވާ 002084 ޗެކްގައިވާ 12,49,833.33ރ. (ބާރަލައްކަ
ސާޅީސްނުވަހާސް އަށްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިން ލާރި) ޢަލީ މޫސާގެ ފަރާތުން އާދަމް
އިބްރާހީމަށް ލިބެންޖެހޭ ސަބަބު ނުވަތަ މިކަމުގެ ހާދިސާ އާދަމް އިބްރާހީމަށް ސާބިތުކޮށްދެވިފައި
6
CC
0
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/11
43
ނުވާތީ އެވެ ވިދާޅުވެ ދަޢުވާގައި އެދިފައިވާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި،
ކުރައްވާފައިވާ ޙުކުމަކީ ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ ޗެޕްޓަރ 3- ޗެކް މި ސުރުޚީގެ ދަށުގައިވާ 21، 22 ދެ މާއްދާއާ ޚިލާފަށް
ކުރައްވާފައިވާ ޙުކުމަކަށް ވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހު
04- މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2009/MC/1963 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އާދަމް
އިބްރާހީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މޯލްޑިވްސް ދޯނި ސަރވިސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ހުޅުވާފައިވާ
ނަންބަރު 7704101514001 އެކައުންޓުގެ 002084 ނަންބަރު ޗެކުން 2009-07-30 ގެ ތާރީޚުގައި
12,49,833.33ރ. (ބާރަލައްކަ ސާޅީސްނުވަހާސް އަށްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިންލާރި) އާދަމް
އިބްރާހީމަށް ދޫކޮށްފައިވާ ޗެކްގައިވާ ޢަދަދަށް އެކައުންޓުގައި ފައިސާ ނެތިގެން އެ ޗެކް ބައުންސްވެފައިވާކަން
ހުށަހެޅިފައިވާ ލިޔެކިޔުން ތަކުން އެނގެން އޮންނަކަމާއި، އިޝާރާތްކުރެވުނު ޗެކުގައިވާ ފައިސާއަކީ ޢަލީ
މޫސާގެ ދޯނި ސަރވިސްގެ ވިޔަފާރި ފުޅާކުރުމަށް ދީފައިވާ ފައިސާ އަނބުރާ ދައްކާނެ ކަމުގެ ގެރެންޓީއެއްގެ
ގޮތުން ދޫކޮށްފައި ޗެކެއްކަމަށް
އިސްތިއުނާފު ކުރާ އާދަމް އިބްރާހީމްގެ ފަރާތުން ބުނެފައިވާކަން އެނގެން
އޮންނަކަމާއި،
އާދަމް އިބްރާހީމްގެ ދަޢުވާއަށް ޢަލީ މޫސާ އިންކާރު ކޮށްފައިވާކަމާއި، އާދަމް އިބްރާހީމްގެ އަތުން
އަނބުރާ ދައްކާގޮތަށް ފައިސާ ނެގުމަށްފަހު އެފައިސާ އަދާކުރުމުގެ ގޮތުން ޗެކްތަކެއް ދީފައިނުވާނެ ކަމަށާއި
ޢަލީ މޫސާގެ އަމިއްލަ ޚަރަދުގައި ޢަލީ މޫސާގެ އަމިއްލަ ފައިސާއިން އުޅަނދެއް އާދަމް އިބްރާހީމް ލައްވާ
ބަނުމަށްޓަކައި، ފައިސާ ޚަރަދުކުރުމަށްޓަކައި އާދަމް އިބްރާހީމަށް އިތުބާރުކޮށްފައި ޢަލީ މޫސާގެ އަމިއްލަ ފައިސާ
އާދަމް އިބްރާހީމާއި ޙަވާލުކޮށްފައި ބެހެއްޓުމުގެ ގޮތުން ޗެކްތަކެއް ދީފައިވާނެކަމަށާއި، އެއީ އާދަމް އިބްރާހީމަށް
ޢަލީ މޫސާ ދޭންޖެހިގެން ދިފައިވާ ފައިސާއެއް ނޫންކަމަށާއި،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/11
ޝަރީޢަތަށް ހުށަހަޅާފައިވާ ޗެކަކީ ޢަލީ މޫސާގެ އަމިއްލަ ފައިސާއިން ބަންނަ އުޅަނދު ބަނުމަށް ޢަލީ
މޫސާގެ އަމިއްލަ ފައިސާއިން ޚަރަދުކުރުމަށް، ފައިސާ އާދަމް އިބްރާހީމްގެ އަތުގައި ބެހެއްޓުމަށް ދެވުނު ޗެކެއް
ކަމަށް ޢަލީ މޫސާގެ ފަރާތުން ބުނެފައިވާކަން އެނގެން އޮވެއެވެ.
(ނ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ...ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ
ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، މި މާނައިގާ ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި،
އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ
މަސްއޫ
ސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ ”ދަފްޢު“
(plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ”ދަފްއެއް“ ކުރާ ފަރާތް..“ ކަމަށް
ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ ފާހަގުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލު
މިއިސްތިއުނާފުކުރެވޭ މައްސަލައިގެ ވާޤިޢަށް ތަޠްބީޤްކުރާއިރު، އާދަމް އިބްރާހީމް ހޯދުމަށް ދަޢުވާކޮށްފައިވާ
ފައިސާއަކީ އަނބުރާ ދައްކާ ގޮތަށް ޢަލީ މޫސާ ނަގާފައިވާ ފައިސާއެއް ކަމަށް އާދަމް އިބްރާހީމްގެ ފަރާތުން
ބުނެފައިވާއިރު، އަދި އާދަމް އިބްރާހީމްގެ އަތުން އަނބުރާ ދައްކާގޮތަށް ފައިސާ ނަގާފައިނުވާނެ ކަމަށް ޢަލީ
މޫސާގެ ފަރާތުން ބުނެފައިވުމުން، އާދަމް އިބްރާހީމްގެ އަތުން އަނބުރާ ދައްކާ ގޮތަށް ޢަލީ މޫސާ ފައިސާ
ނަގާފައިވާކަން ސާބިތުކޮށްދިނުމަކީ އާދަމް އިބްރާހީމްގެ މައްޗަށް އޮތް ކަމެއްކަމާއި؛
އެގޮތުން އާދަމް އިބްރާހީމްގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން މަދަނީކޯޓުގެ ނަންބަރު 2009/MC/1963
ޤަޟިއްޔާގެ ޝަރީޢަތަށް އާދަމް އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވަނީ އެ ދަޢުވާގައި ހޯދުމަށް އެދިފައިވާ
ފައިސާގެ ޢަދަދު ހިމެނޭ ޗެކެއްގެ ކޮޕީއާއި އެ ޗެކް ބައުންސްވެފައިވާކަން އެނގޭނެ ލިޔުމާއި، އެކައުންޓުގައި
ފައިސާ ނެތިގެން އެޗެކް ރިޓާންވެފައިވާތީ، އެފައިސާ ދެއްކުމަށް އަންގާ މޯލްޑިވްސް ދޯނި ސަރވިސްގެ
މެނޭޖަރަށް ފޮނުވާފައިވާ ސިޓީއަކާއި، ޗެކް ބައުންސް މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް ގައި
ރަޖިސްޓްރީކުރިކަން އެނގޭނެ
ލިޔުންކަން
އެނގެން އޮވެއެވެ.
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/11
4 22
(ނ) އާދަމް އިބްރާހީމްގެ ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ޢަލީ
އިބްރާހީމަށް ފޮނުވާފައިވާ ސިޓީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މައްސަލަ ރަޖިސްޓްރީކުރި ކަމުގެ
ލިޔުމަކީ، އާދަމް އިބްރާހީމްގެ އަތުން ޢަލީ މޫސާ އަނބުރާ ދައްކާގޮތަށް ފައިސާ ނަގާފައިކަން ސާބިތުވާނެ
ލިޔުންތަކެއް ނޫންކަމާއި؛
އިޝާރާތްކުރެވުނު ދެ ލިޔުމުގެ އިތުރުން ހުށަހަޅާފައިވާ ބައުންސް ވެފައިވާ ޗެކަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުން ބަލާއިރު، ޗެކަކީ އެ ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާންކުރެވިފައިވާ
މީހަކަށް ނުވަތަ އޭނާގެ އަމުރަށް ނުވަތަ އެ ހިފައިގެންދާ މީހާއަށް، އެ ހިފައިގެން ދިއުމުން، ޝަރުތަކާނުލައި
އޭގައި ކަނޑައެޅިގެންވާ ޢަދަދެއްގެ ފައިސާ ދިނުމަށް ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ
އަމުރެއްކަމާއި، އެކައުންޓުގައި ފައިސާ ނެތި ޗެކް ދޫކުރުމުގެ ސަބަބުން ޗެކް ބައުންސްވުމަކީ ޤާނޫނީގޮތުން
ޖިނާއީ ކުށެއް ކަމަށް ބެލުނު ކަމުގައިވީނަމަވެސް، ދޫކޮށްފައިވާ ނުވަތަ ބައުންސްވެފައިވާ ޗެކަކީ އޭގެ ޒާތުން
އަނބުރާ ދައްކާ ގޮތަށް ފައިސާ ނަގާފައިކަން ނުވަތަ ދަރަނި ސާބިތުވާނެ ދަލީލެއްގެ ގޮތުގައި ބެލޭނެ
މުސްތަނަދެއް ނޫންކަމާއި، ދަރަންޏެއްގެ ގޮތުގައި ފައިސާ ނަގާފައިވާކަން ސާބިތުނުވާ ދަލީލެއްގެ މައްޗަށް
ބިނާކޮށް ދަރާފައިވާކަން ސާބިތުނުކުރެވޭނެކަ ދަރާފައިކަން ސާބިތުނުވާ ޙާލަތެއްގައި ދަރަނި ދެއް
އަމުރުކުރެވޭނެ ޝަރުޢީ ޤާނޫނީ ހަމައެއް އޮތްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ
ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނީ މަދަނީކޯޓުގެ ނަންބަރު 2009/MC/1963 ޤަޟިއްޔާގެ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
COC
09އ
ދެއްކުމަށް
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، މަދަނީކޯޓުގެ
ނަންބަރު 2009/MC/1963 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ
އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ޖޭގެ
4
i!
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv