ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2016/SC-JC/06 ޤަޟިއްޔާ
ސަފްޙާ 22 ގެ 1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
- ދިވެހިރާއްގެ ސްޕްރީލް
9==rގ
ދިވެހިރާއްޖެ
0
0
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 06/SC-JC/2016
ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދަޢުވާ ލިބޭ ފަރާތް: ޙުސައިން ހުމާމް އަޙްމަދު، ހ. ލޮބީ | މާލެ
މައްސަލައިގެ ބާވަތް: ހ. ލޮބީ ޙުސައިން ހުމާމް މެރުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ނިހާއީ
ޙުކުމެއްކަން ކަށަވަރުކުރުމަށް ހުށަހަޅާ ހުށަހެޅުން
• މައްސަލަ އައިގޮތް: ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް
އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
• ހުށަހެޅުނު ތާރީޚް: 21 ފެބްރުވަރީ 2016
• ރަޖިސްޓްރީކުރެވުނު ތާރީޚް: 03 މާރިޗް 2016
• ނިމުނު ތާރީޚް: 24 ޖޫން 2016
• މައްސަލަ ނިންމި ގަޑި: 2:20
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު
ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ،
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދު
އިސްތިއުނާފުކުރެވުނު ޤައްޔާ
ނަންބަރު: 180/HC
-
A/2014
• ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 03 ސެޕްޓެންބަރު 2014
• ނިމުނު ތާރީޚް: 07 ސެޕްޓެންބަރު 2015
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
ދިވެހިރާއްޖޭ،
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 2
1- 3އި،
oxoc
OXO
ފުންވިލުޑީޖޭގެ ބ
2 ފާހަގަކުރެވުނު ނުކުތާތައް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2015
/
14 ސަރކިއުލަރ ގައިވާ
ގޮތުގެމަތިން ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރަންޖެހޭ މައްސަލައެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހަށް ފެންނާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158 ޤަޟިއްޔާއިން ލޮބީ
ޙުސައިން ހުމާމް އަޙްމަދު، މެރުމަށް ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ
ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2014
ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ނިހާއީ ޙުކުމެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2014 ޤަޟިއްޔާ
އިލްތިމާސްކޮށްދިނުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ހ. ލޮބީ ޙުސައިން ހުމާމް އަޙްމަދު އަށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2014 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158
ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުން އެދި ހ. ލޮބީ ! ކ. މާލެ، ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2014 ޤަޟިއްޔާގެ ދަށުން،
އިސްތިއުނާފު ކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެ ޤަޟިއް
މާލެ، ޙުސައިން ހުމާމް އަޙްމަދު އިތުރު ބަޔަކާއެކު
އުނގޫފާރު، ގުލްފާމުގެ، އަފްރާޝީމް ޢަލީ (ދ.ރ ކާޑު ނަންބަރު A059949) އަށް
ޙަމަލާދިނުމަށް ރާވައި، އެގޮތުން 01 އޮކްޓޯބަރު 2012 ދުވަހު 23:30 އާއި 02 އޮކްޓޯބަރު 2012
ދުވަހުގެ 12:00 އާ ދެމެދުގެ ވަގުތެއްގައި ޙުސައިން ހުމާމް އަޙްމަދު އިތުރުބަޔަކާއެކު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
<< O
ސޮއްޔާއަކީ
#
:/
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 3
ގެއަށްގޮސް އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވާތީ،
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން
ކުރުމުން އެ ކޯޓުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،
ގެއަށްގޮސް ޑރ.
ކްރިމިނަލް ކޯޓުން އެ ޤަޟިއްޔާ ނިންމާފައިވަނީ ލޮބީ | ޙުސައިން ހުމާމް އަޙްމަދުގެ
މައްޗަށް ދައުލަތުން ކުރި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، ދަޢުވާ ލިބޭ
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ދަޢުވާ ހުށަހެޅުމާއެކު ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމުގައި
ޙުސައިން ހުމާމް އަޙްމަދު ދަޢުވާއަށް އިންކާރު ކުރިއިރު، 01 އޮކްޓޯބަރު 2012 ދުވަހުގެ 23:30 އާއި
02 އޮކްޓޯބަރު 2012 ދުވަހު 02:00 އާ ދެމެދުގެ ވަގުތެއްގައި، މީނާ އިތުރު ބަޔަކާއެކު ހ. ފުންވިލު
އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް ޢަލީ މަރާލާފައިވާ
ކަމަށް ބުނެ 22 މެއި 2013 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފު ވެފައިވާތީ އާއި،
އަދި 07 ޑިސެންބަރު 2012 ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައިވެސް ދަޢުވާއަށް އިޢުތިރާފުވެ
ޑރ. އަފްރާޝީމް ޢަލީ މަރާލިކަމަށް ޙުސައިން ހުމާމް އަޙްމަދު އެއްބަސްވެފައިވާތީ އާއި، އަދި
މެއި 2013
ވަނަ ދުވަހުގެ ފަހުން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން ތަކުގައި،
07 ޑިސެންބަރު 2012 ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި އަފްރާޝީމް ޢަލީ
މަރާލުމުގައި ބައިވެރިވި ކަމަށް ބުނެފައިވަނީ މި މައްސަލަ ތަޙްޤީޤްކުރި ފުލުހުން ބިރު ދެއްކުމުގެ
ސަބަބުންކަމަށް ޙުސައިން ހުމާމް އަޙްމަދު ބުނާއިރު އެފަދަ އެއްވެސް ކަމެއް ޙުސައިން ހުމާމް އަޙްމަދަށް
ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެ އިޢުތިރާފަކީ އެއިން ރުޖޫޢަވެވޭ ފަދަ ސަބަބެއް ދެއްކިފައި ނެތް
އިޢުތިރާފެއް ކަމަށާއި، 22 މެއި 2013 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި
ޑރ. އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ހަމަލާދީ އަފްރާޝީމް ޢަލީ މަރާލާފައިވާކަމަށް ބުނެ
ޙުސައިން ހުމާމް އަޙްމަދު ވެފައިވާ އިޢުތިރާފަކީ، އެ އިޢުތިރާފުންވެސް ރުޖޫޢަވެވޭފަދަ ސަބަބެއްވެސް
ޙުސައިން
ހުމާމް
ސާބިތުކޮށްދެވިފައި ނުވާ ޞައްޙަ އިޢުތިރާފެއް ކަމަށާއި،
22
ލބ މ ގތ
އަޙުމަދިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 4
ބިނާކޮށް،
އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުގައި ޙުސައިން ހުމާމް އަޙްމަދު
ބައިވެރިވެފައިވާ ކަމަށް ޙުސައިން ހުމާމް އަޙްމަދު ޝަރީޢަތުގައި ވެފައިވާ އިޢުތިރާފުގެ އިތުރުން ދައުލަތުން
ހުށަހެޅި ހެކިންގެ ހެކިބަހުން ޙުސައިން ހުމާމް އަޙްމަދު އެ ނުރައްކާތެރި ޢަމަލު ހިންގުމުގައި ބައިވެރި
ވެފައިވާކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހެކިބަސް ލިބިފައިވާތީ، ބުނެވިދިޔަ ކަންތައްތަކުގެ މައްޗަށް ބިނާ
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި،
އިންސާނެއްގެ ލޭ ޙައްޤަކާ ނުލައި އޮހޮރުވުމަކީ މަނާކަމެއްކަން ޤުރުއާނުގެ ނައްޞުންނާއި،
ރަސޫލާ (ސ) ގެ ސުންނަތުން އެނގޭއިރު ޑރ. އަފްރާޝީމް ޢަލީގެ ލޭ އޮހޮރުވާލަންޖެހޭ ފަދަ އެއްވެސް
ސަބަބެއް ނެތުމުންނާއި،
އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރެއިން ދުނިޔޭގައި ތިބި ބާލިޣުވެފައިވާ
ބުއްދި ސަލާމަތުން ތިބި އެންމެން ބޭނުންވަނީ މަރަށް މަރު ހިފުންކަމަށްވާތީ އާއި ބާލިޣުނުވާ ކުޑަ ދަރިން
ޑރ. އަފްރާޝީމް ޢަލީގެ ތިބިކަމުގައި ވީނަމަވެސް އެ ކުދިންގެ ޙައްޤުގައި ޤިޞާޞްއާމެދު ގޮތެއް
ކަނޑައެޅުމަކީ ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރެއިން ބާލިވެ ބުއްދި ސަލާމަތުން ހުރި މީހުންނަށް
ކުރެވިދާނެ ކަމެއްކަމަށް މާލިކީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވާތީ، އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް
ބަލާއިރު ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވި މި ކުށުގެ ޢުޤޫބާތަކީ މަރަށް މަރުކަމަށް
ކަނޑައަޅައި، ޙުސައިން ހުމާމް އަޙްމަދު މެރުމަށް ޙުކުމްކޮށްފައި ކަމާއި
#
މިކަންކަން އިސްވެ އިޝާރާތްކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
<< O
4- ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ ނަންބަރު 180/HC
-
A/2014 ޤަޟިއްޔާ
ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ލޮބީ ޙުސައިން ހުމާމް އަޙްމަދު (ދ.ރ ކާޑު ނަންބަރު A369533) ހުށަހެޅުމުން ދިވެހިރާއްޖޭގެ
ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގައި
އެފަދައިން ހުރުމާއެކު، އެކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް،
ތ 0
3
4
3
2
19ކރ
އެންމެހައި ކަންތައްތައް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 5
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158 ޤަޟިއްޔާގައި، އަފްރާޝީމް ޢަލީ ޤަޞްދުގައި
މަރާލުމުގެ ކުށް ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ
ގޮތުން ޙުސައިން ހުމާމް އަޙްމަދު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ޙުކުމް ކޮށްގެންކަން ހައިކޯޓުގެ ނަންބަރު 180/HC
-
A/2014 ޤަޟިއްޔާ ނިމުނުގޮތުގެ
ރިޕޯޓަށް ބެލުމުން އެނގެއެވެ
.އެވެ"
ދި
e
5- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާއިން
ޙުސައިން ހުމާމް އަޙްމަދު، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
ޙުސައިން ހުމާމް އަޙްމަދު މެރުމަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
180/HC
-
A/2014 ޤަޟިއްޔާއިން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާއިން
ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އަދި ޝަރުއީ ގޮތުން ޞައްޙަ ޙުކުމެއްކަމަށް ކަނޑައަޅައި ނިންމާފައިވާ
ނިންމުމަކީ، ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ކޮށްފައިވާ އިލްތިމާސް ބިނާކުރާ ނުކުތާތަކުގެ ގޮތުގައި މައިގަނޑު 05 ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ މި ޤަޟިއްޔާގައި ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފައި ވެއެވެ. އޭގެތެރެއިން:
ފުރަތަމަ ނުކުތާއަ
ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ
ނަންބަރު
1158/Cr-C/2012
ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ދަޢުވާ ލިބޭ ފަރާތްކަމުގައިވާ ޙުސައިން ހުމާމް އަޙްމަދުގެ އިޢުތިރާފުގެ
މައްޗަށާއި މައްސަލައިގައި ލިބިފައިވާ ހެކިންގެ ބަހާއި އެހެނިހެން ޤާރީނާތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް
ވީހިނދު، ޙުސައިން ހުމާމް އަޙްމަދު މި މައްސަލައިގައި ވެފައިވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްކަމާއި
މައްސަލައިގައި ލިބިފައިވާ އެހެނިހެން ހެކި ރީނާ ސާބިތުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް
ގޮތަށް ކަމާއި އެ ހެކިތަކުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް އެއްވެސް ސުބުހާއެއް ނެތް މިންވަރަށް ސާބިތުވާކަން ކަށަވަރުކުރުން.
04
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 6
1158/Cr-C/2012
ދެވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް އެ ކޯޓުގައި ހިންގުނުއިރު، މައްސަލައިގައި ދަޢުވާ ލިބޭ ޙުސައިން ހުމާމް އަޙްމަދަށް
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ރ) އާއި (ށ) އިން ކަނޑައަޅާފައިވާ ކުށުން ބަރީއަވުމަށް
މަސައްކަތް ކުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލަކު އިޚްތިޔާރުކުރުމުގެ ޙައްޤާއި ޝަރީޢަތަށް ޙާޟިރުކުރާ
ހެކިންނާ ސުވާލުކުރުމުގެ ޙައްޤާއި ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމުގެ ޙައްޤު
ޙުސައިން ހުމާމް އަޙްމަދަށް ލިބިދީފައިވާކަން ކަށަވަރުކުރުން.
ތިންވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158
ޤަޟިއްޔާއިން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން މެރުމަށް ޙުކުމް ކޮށްފައިވާއިރު، އިސްލާމީ ޝަރީޢަތުގައި
ޤިޞާޞްހިފުން މަނާކުރާ ސަބަބެއް ޙުސައިން ހުމާމް އަޙްމަދުގެ ކިބައިގައި ފުރިހަމަވެފައި ނެތްކަން
92
22
2
ހަތަރުވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158
ޤަޟިއްޔާގައި ޙުސައިން ހުމާމް އަޙްމަދު އަފްރާޝީމް ޢަލީއަށް ހަމަލާ ދީފައިވަނީ
ޑރ. އަފްރާޝީމް ޢަލީ މަރާލުމުގެ ޤަޞްދުގައިކަމަށް ކަނޑައަޅައިފައިވަނީ ޝަރުޢީ ހަމަތަކުގެ މަތިންކަން
ޑީޑ.
ޝަ/:03
ކަނވަ/ނ.
ފަސްވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158
ޤަޟިއްޔާއިން ޙުސައިން ހުމާމް އަޙްމަދުގެ ކިބައިން ޤިޞާޞްހިފުމަށް ކަނޑައެޅުއްވުމުގައި
މ. އަފްރާޝީމް ޢަލީގެ ވާރުތަވެރިންގެ ބަސް ނަންގަވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާ
ގޮތުގެމަތިންކަން ކަށަވަރުކުރުން.
OXO
ދިވެހިރާއް،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 1
6- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާއިން
ޙުސައިން ހުމާމް އަޙްމަދު މެރުމަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
180/HC
-
A/2014 ޤަޟިއްޔާއިން، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާއިން
ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ ގޮތުން ޞައްޙަ ޙުކުމެއްކަމަށް ކަނޑައަޅައި ނިންމަވާފައިވާ
ނިންމުމަކީ، ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ކޮށްފައިވާ އިލްތިމާސް ބިނާކުރާ ނުކުތާތަކުގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ
ޝަރީޢަތަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ
މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ބަޔާންތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގެ މައްޗަށާއި،
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
42c 0 /
2014/HC-A/180
ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158 ޤަ
ޤަޟިއްޔާގައި
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ އިސްވެ ބަޔާންކުރެވިދިޔަ ދަޢުވާއާ ގުޅިގެން
ކްރިމިނަލް ކޯޓުން 20 ޖަނަވަރީ 2013 ދުވަހު ބޭއްވުނު މި ދަޢުވާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ކޮށްފައިވާ ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ރަނގަޅަށް
ސާފުވެއްޖެކަމަށް ބުނެ ޙުސައިން ހުމާމް އަޙްމަދު ބަޔާންދީފައިވާކަން އެނގެން އޮތުމުން ފުރަތަމަވެސް
މި ދަޢުވާ ބަލަން ފަށާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކުރެވިފައިވާ ގޮތުގެމަތިން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ބުނެވުނު ޤަޟިއްޔާގެ ދަށުން
ކްރިމިނަލް ކޯޓުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 8
އުފުލިފައިވާ ދަޢުވާގައި ބުނާ ކުށަކީ ކޮބައިކަން ޙުސައިން ހުމާމް އަޙްމަދަށް ރަނގަޅަށް ސާފުވާގޮތަށް
އަންގައި ބަޔާންކުރުމަށްފަހު ކަން އެނގެން އޮންނައޮތުމެވެ.
ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާގައި
ދައުލަތުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ރަނގަޅަށް
ސާފުވެއްޖެކަމަށް ބުނެ އެ ދަޢުވާއަށް އެ ދުވަހު އާއި އަދި 22 މެއި 2013 ވަނަ ދުވަހުގެ ކުރިން ބޭއްވުނު
އެ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުން ތަކުގައި ޙުސައިން ހުމާމް އަޙްމަދު ދަޢުވާއަށް އިންކާރު ކޮށްފައިވާކަން
އެނގެން އޮތްނަމަވެސް އެ ދަޢުވާ ބެލުމަށްޓަކައި ކްރިމިނަލް ކޯޓުން 22 މެއި 2013 ވަނަ ދުވަހު ބޭއްވުނު
ޝަރީޢަތުގެ މަޖިލީހަށް ޙުސައިން ހުމާމް އަޙްމަދު ދީފައިވާ ބަޔާނުގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް
އުފުލިފައިވާ މި ދަޢުވާގައި ބުނާ ޙާދިޘާ، ކުރިންވެސް ކިޔައިދީފައި ވާނެކަމަށާއި، އެކަން ހިނގާދިޔަގޮތް
ތަޙްޤީޤު މަރުޙަލާ ހިނގަމުން ދިޔައިރު، 07 ޑިސެންބަރު 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު
މަޖިލީހަށް ޤާޟީގެ ކުރިމަތީގައި ތެދަށް ކިޔައިދީ ފުލުހުންނަށް ތެދުބަޔާނެއް ދީފައިވާނެ ކަމަށާ، އަދި
ދައުލަތުން އޭނާގެ މައްޗަށް ކުރި ދަޢުވާއަށް އިޢުތިރާފުވެ ޑރ. އަފްރާޝީމް ޢަލީ މަރާލިކަމަށް
އެއްބަސްވާ ކަމަށާއި، ތަޙްޤީގު މަރުޙަލާގައި ކޯޓުގައި މުއްދަތު މަޖިލީހަށް ދީފައިވާ ބަޔާނުގައި
ޑރ. އަފްރާޝީމް ޢަލީ މަރާލުމުގައި ބައިވެރިވިކަމަށް ބުނެފައިވާ ބުނުމަކީ ތެދެއްކަމަށާއި، އަދި އެ
ބަޔާނުގައިވާ ހުރިހާ ވާހަކަތަކަކީ މި ޙާދިޘާ ހިނގާ ދިޔަގޮތަށް ކިޔައިދީފައިވާ ވާހަކަތަކެއް ކަމަށާއި،
ވޭތުވެދިޔަ އަޑުއެހުންތަކުގައި މި މައްސަލައަށް އިންކާރުކުރީ އޭގެ ސަބަބުން ޢާއިލާއަށް އިތުރު އުނދަގުލެއް
ކުރިމަތިވެދާނެތީ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158 ޤަޟިއްޔާގެ ދަށުން
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ބެލުމަށް
22 މެއި 2013 ވަނަ ދުވަހު ބޭއްވުނު އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ޞަރީޙަބަހުން ޙުސައިން
ހުމާމް އަޙްމަދު އިޤުރާރުވެފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 9
2x
ތިންވަނަ ކަމަކީ، 07 ޑިސެންބަރު 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ
ބަންދުގެ މުއްދަތުގެ މަޖިލީހަށް ޤާޟީ ކުރިމަތީގައި ޙުސައިން ހުމާމް އަޙްމަދުގެ އަމިއްލަ ރުހުމާއި
އިޚްތިޔާރުގައި ދީފައިވާކަމަށް ޙުސައިން ހުމާމް އަޙްމަދު ބުނާ ބަޔާނުގައި ޑރ. އަފްރާޝިމް ޢަލީ މަރާލުމަކީ
ޙުސައިން ހުމާމް އަޙްމަދަށް ބަޔަކު މީހުން ރުފިޔާ ދޭނަމޭ ކިޔައިގެން ޙުސައިން ހުމާމް އަޙްމަދު ލައްވާ
ކުރުވި ކަމެއް ކަމަށާއި، އަފްރާޝީމް ޢަލީއަށް ހަމަލާދިން ކަމަށާއި ހަމަލާދިނީ މަރާލަން ނޫން
ކަމަށާއި، ހަމަލާ ދިންފަހުން އަފްރާޝީމް ޢަލީ މަރުވިކަން އެނގުނު ކަމަށާއި، އަދި މިކަން
އަފްރާޝީމް ޢަލީއަށް ޙަމަލާދީފައިވާ ގޮތް ވަރަށް ތަފްޞީލުކޮށް އުސައިން ހުމާމް
އަޙްމަދުގެ ފަރާތުން ކިޔައިދީފައިވާ ކަމާއި، މިގޮތުން ޤި ޙާދިޘާ ހިނގުމުގެ ކުރިން ކަން ހިނގާދިޔަ
ގޮތްތަކާއި، އަދި ޙާދިޘާ ހިނގުމުގެ ކުރިން ރާއްޖެތެރެއަށް ދިޔަ ވާހަކަ އާއި، މި ޢަމަލު ހިންގުމަށްޓަކައި
25 ސެޕްޓެންބަރު 2012 ހާތާ މާލެ އައި ވާހަކަ އާއި، މި ޢަމަލު ހިންގުމުން ފައިސާ ލިބޭނެކަމަށް ބުނެ
ބަޔަކު މީހުން ދެއްކި ވާހަކަ ތަކާއި، މި ޢަމަލު ހިންގިކަމަށް ބުނާރޭ ހ. ފުންވިލު ގެއަށް ދިޔަގޮތާއި، ޑރ.
އަފްރާޝީމް ޢަލީ އަށް ޙަމަލާދިން ގޮތާއި، ޙަމަލާ ދިނުމަށްފަހު ޙުސައިން ހުމާމް އަޙްމަދު ޢަމަލުކުރި
ގޮތްވެސް ވަރަށް ތަފްޞީލުކޮށް ޙުސައިން ހުމާމް އަޙްމަދު ކިޔައިދީފައި ވާކަމާއި، މިގޮތުން މި ބަޔާނުގައި
ޑރ. އަފްރާޝީމް ޢަލީ ދިރިއުޅޭ ގެއަށް 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިތުރު ދެ
މީހަކާއެކު ދެ ސައިކަލެއްގައި ދިޔަކަމަށާއި، ޙުސައިން ހުމާމް އަޙްމަދު ގޮސްވަނީ
އަފްރާޝީމް ޢަލީ
ދިރިއުޅޭ ފުންވިލު ގެއަށް ކަމަށާއި، އެގޭތެރެއަށް ވަދެ އެގޭތެރޭގައި ހުރި ސިޑިކައިރީގައި
މަޑުކޮށްލައިގެން ހުރިކަމަށާއި، އޭގެ ފަސްވަރަކަށް މިނިޓް ފަހުން ޑރ. އަފްރާޝީމް ޢަލީ އެ ގެއަށް
ވަންކަމަށާއި އެ ވަގުތު ޑރ. އަފްރާޝީމް ޢަލީއާ ދިމާލަށް 08 އިންޗި ހުންނަވަރު ކަތިވަޅިއެއް ހޫރާލުމުން
އަފްރާޝީމް ޢަލީއަށް ސިހުން ލިބި ސަލާމަތްވުމަށް އަތްނެގި ކަމަށާއި، އަތުގައި ކަތިވަޅިން
ޖެހުނުކަމަށާއި، އޭގެފަހުން ޑރ. އަފްރާޝީމް ޢަލީގެ ކަރުގައި ކަތިވަޅިން ޖެހިކަމަށާއި، ޖެހީ ކަރާއި
ކަނދުރާއާ ދެމެދު ހިސާބުން ކަރުގެ ކަނާތް ފަރާތުގައި ކަމަށާއި، އޭގެފަހުން ކަތިވަޅިން ޖެހީ ބޮލުގައި
ކަމަށާއި، ބޮލުގެ ބައެއް ފަޅައިގެން ގޮސް ވެއްޓުނު ކަމަށާއި، ކަތިވަޅިން ދެ ބުރަށް ޖަހާފައިވާނެ ކަމަށާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 10"
ޑރ.
ގދ ހދ
މިހެން ޙަމަލާ ދިނުމުގެ ސަބަބުން އަފްރާޝީމް ޢަލީ ގޭތެރެއަށް
ވެއްޓިފައި އޮއްވާ
ޙުސައިން ހުމާމް އަޙްމަދު ޑރ. އަފްރާޝީމް ޢަލީ އަތުގައި ހިފާ ދަމާހަލާފައި ސިޑިދަށަށް ގެންދަން
އުޅުނުކަމަށާއި، އޭރު ޑރ. އަފްރާޝީމް ޢަލީ ގައިން ލޭފައިބަމުން ދިޔަކަމަށާއި، އެއްވެސް ޙަރަކާތެއް
ނެތްކަމަށް ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދީފައިވާ މި ބަޔާނުގައި ބުނެފައިވާއިރު، މި ބަޔާން
22 މެއި 2013 މި ތާރީޚުގައި ބޭއްވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލީހުގައި އިއްވުމުން އެއީ ތެދު ބަޔާނެއް ކަމަށާއި، އެ ބަޔާނުގައި ވަނީ ކަންހިނގާ ދިޔަ
ގޮތްކަމަށް ބުނެ އެ ބަޔާން ދިންކަމަށާއި އެ ބަޔާނުގައިވާ އެންމެހައި ވާހަކަތަކަށް ޙުސައިން ހުމާމް އަޙްމަދު
22 މެއި 2013 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އިޤުރާރު ވެފައިވާއިރު އެ ބަޔާނުގައި
ޙުސައިން ހުމާމް އަޙްމަދު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނަކަމެވެ.
0
ހަތަރުވަނަ ކަމަކީ، މި
މައްސަލައާ ގުޅިގެން ފެންނަންހުރި ލިޔެކިޔުންތަކުގެ
މައްޗަށް ބަލާއިރު، ޙުސައިން ހުމާމް އަޙްމަދު ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި
ޑރ. އަފްރާޝީމް ޢަލީއަށް ޙަމަލާދިންކަމަށް އެއްފަހަރަށްވުރެ ގިނަ ފަހަރު އިޤުރާރުވެފައި ކަމާއި، މިގޮތުން
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށާ ގުޅިގެން އޭނާގެ ތަޙުޤީޤު ކުރިއަށް ދިޔައިރު،
07 ޑިސެންބަރު 2012 ވަނަ ދުވަހު، އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްޓަކައި ކޯޓަށް
ޙާޟިރުކުރުމުން އެ މަޖިލީހުގައި ޙުސައިން ހުމާމް އަޙްމަދު ވަނީ ޑރ. އަފްރާޝީމް ޢަލީއަށް ޙަވާލާދިނުމަށް
ރޭވިގޮތާ، އަދި އެކަން ޢަމަލީގޮތުން ހިނގާދިޔަގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށް ކުށަށް އިޢުތިރާފްވެފައި
ކަމާއި، އަދި ހަމަ އެގޮތަށް ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހަށް 22 މެއި 2013 ވަނަ ދުވަހު
ޙުސައިން ހުމާމް އަޙްމަދު ދީފައިވާ ބަޔާނުގައިވެސް އެ ޤަޟިއްޔާގައި އޭނާގެ މައްޗަށް އުފުލިފައިވާ
ދަޢުވާއަށް ސާފުބަހުން އިޤްރާރުވެފައި ވުމުގެ އިތުރަށް 07 ޑިސެންބަރު 2012 ވަނަ ދުވަހު ކްރިމިނަލް
ކޯޓުގެ މުއްދަތު މަޖިލީހަށް ޙުސައިން ހުމާމް އަޙްމަދު ދީފައިވާ ބަޔާނަކީ ތެދު ބަޔާނެއްކަމަށް ސާފުބަހުން
1158/Cr-C/2012
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 11
04 04
22 މެއި 2013 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޙުސައިން ހުމާމް އަޙްމަދު ބުނެ،
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއަށް
ޙުސައިން ހުމާމް އަޙްމަދު ސާފުބަހުން އިޤްރާރުވެފައިވާކަން ބަޔާންވެދިޔަ ގޮތުގެމަތިން އެނގެން އޮތްއިރު،
22 މެއި 2013 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބެލި ޤާޟީ
ތަކުރާރުކޮށް ޙުސައިން ހުމާމް އަޙްމަދު ކުށަށް ވެފައިވާ އިޤުރާރުއާ ގުޅިގެން ސުވާލުކޮށްފައި ވާއިރު، އެއިން
ފަހަރަކު ޙުސައިން ހުމާމް އަޙްމަދު އެފަދައިން އިޤުރާރުވަނީ އޭނާއަށް ކުރިމަތިވި މަޖުބޫރެއްގެ
ސަބަބުން ނުވަތަ އެނޫން ސަބަބެއް އޮވެގެންކަމަށް ބުނެ އެކަން ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސްފައި
ނުވާކަމާއި، އެއާ ޚިލާފަށް އެ ދުވަހު ޙުސައިން ހުމާމް އަޙްމަދު ބުނެފައިވަނީ ޙުސައިން ހުމާމް އަޙްމަދު،
ޑރ. އަފްރާޝީމް ޢަލީއަށް ޙަމަލާދިންކަމަށް އިޢުތިރާފުވެ މައްސަލައާ ގުޅިގެން އިތުރަށް ދައްކާނެ ވާހަކައެއް
ނެތްކަމަށް ކަމުގައިކަން އެނގެން އޮންނައިރު، ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ، ޝަރީޢަތުގެ
މަޖިލީހުގައިވާ އިޢުތިރާފަކީ ޝަރީޢަތުން އެއަށް ޢަމަލު ކުރަންޖެހޭ ޞައްޙަ އިޢުތިރާފެއް ކަމާ، އަދި
ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެ އިޢުތިރާފަކީ މަޖުބޫރު ކޮށްގެންނާއި ޤާނޫނާ ޚިލާފަށް ހޯދާ އިޢުތިރާފުކަން
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr
-
C/1158 ޤަޟިއްޔާގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު
މެރުމުގެ ކުށަށް 07 ޑިސެންބަރު 2012 ވަނަ ދުވަހާއި އަދި 22 މެއި 2013 ވަނަ ދުވަހު ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޤާޟީގެ ކުރިމަތީގައި ޙުސައިން ހުމާމް އަޙްމަދުގެ އަމިއްލަ ރުހުމާއި
އިޚްތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއްނެތި އޭނާގެ ނަފްސުގެ މައްޗަށް ވެފައިވާ އިޢުތިރާފުތަކަކީ
ޝަރީޢަތަށް ޤަބޫލުކުރެވޭ ޞައްޙަ އިޢުތިރާފުތަކެއްކަން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކޮށް
ބެލުމުން އެނގެން އޮންނާތީ އާއި އަދި މީގެއިތުރުން ޝަރުޢީ ނަޒަރަކުން ބަލާއިރު، ޝަރީޢަތުގެ
މަޖިލީހުގައި ޤާޟީގެ ކުރިމަތީގައި މީހަކުވާ އިޢުތިރާފުން ރުޖޫޢުވުމާ ގުޅޭގޮތުން އިސްލާމީ ފިޤުހުގައި
ބަޔާންކުރެވިފައިވާ ކަންކަމަށް ބަލާއިރު އެފަދަ އިޢުތިރާފު ޤަބޫލުކުރުމާއި ނުކުރުމުގައި ދެ ޙާލަތެއްވާކަމާއި
މިގޮތުން ފުރަތަމަ ޙާލަތަކީ ހަމައެކަނި މާތްﷲގެ ޙައްޤު އެކުލެވޭ ކަމެއްގައިވެވޭ އިޢުތިރާފު ކަމާއި، މީގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 12
މިސާލަކީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ޒިނޭފަދަ ކުށްތައް ކަމާއި ދެވަނަ ޙާލަތަކީ
އާދަމުގެ
.ގެ ދަރިއެއްގެ ޙައްޤެއް އެކުލެވޭ ކަމެއްގައި ވެވޭ އިޢުތިރާފުކަމާއި މީގެތެރެއިން ފުރަތަމަ ބަޔާންކުރެވުނު
ޙާލަތުގައި ވެވޭ އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ އެކަމުގެ މައްޗަށް ބުރަދަނެއް ދެވިދާނެކަމަށް އިސްލާމީ ފިޤުހު
ޢިލްމުވެރިން ވިދާޅުވާ ކަމާއި، ނަމަވެސް ޤިޞާޞްގެ މައްސަލަތައް ފަދަ އާދަމުގެ ދަރިއާގެ ޙައްޤު
އެކުލެވިގެންވާ ކަމެއްގައި މީހަކުވާ އިޢުތިރާފުން ރުޖޫޢުނުވެވޭނެކަން އިސްލާމީ ޝަރީޢަތުގެ ފިޤުހު
ޢިލްމުވެރިން ލިޔުއްވާފައިވާ އިސްލާމީ ފިޤުހު ފޮތްތަކުން އޮޅުމެއްނެތި ސާފުކޮށް އެނގެން އޮތުމުން
މައްސަލައިގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ކުށަށް ކްރިމިނަލް ކޯޓުގެ ޤާޟީގެ
ކުރިމަތީގައި 07 ޑިސެންބަރު 2012 ވަނަ ދުވަހު އާއި އަދި 22 މެއި 2013 ވަނަ ދުވަހު
ޙުސައިން ހުމާމް އަޙްމަދު ވެފައިވާ އިޢުތިރާފުތަކަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަލާއިރު ޞައްޙަ
ރަނގަޅު އިޢުތިރާފުތަކެއް ނޫންކަމަށްބެލެވޭނެ ތަނެއް ނެތުމާއި އަދި ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް
ރިޢާޔަތްކޮށް ބެލުމުން މި މައްސަލައިގައި ހިމެނޭ ކުށަށް ޙުސައިން ހުމާމް އަޙްމަދު ވެފައިވާ އިޢުތިރާފުތަކުން
ރުޖޫޢަވުމަށް ދައްކާފައިވާ ވާހަކަތަކަކީ ހަރުދަނާ ރަނގަޅު އަސާސްތަކެއްގެ
މައްޗަށް ބިނާކޮށް
ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ބެލެވޭނެ ހަރުދަނާ ސަބަބުތަކެއް
ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދެއްކިފައިނުވާކަން އެނގެން އޮތުމެ
އިތުމެވެ.
2 2x 22
ފަސްވަނަ ކަމަކީ، މި މައްސަލައިގައި ޙަވާލާދެވޭ ޙާދިޘާ ހިނގިރޭ
ޙުސައިން ހުމާމް އަޙްމަދު ހުރިތަން ސާބިތުކޮށް ދިނުމަށްޓަކައި އޭރު ޙުސައިން ހުމާމް އަޙްމަދާއެކީ
އުޅުނުކަމަށް ބުނާ ބައެއްގެ ނަންތަކެއް ހެކިންގެ ގޮތުގައި ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ހުށަހެޅިކަން
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން
އޮތްނަމަވެސް، ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ހުށަހެޅި ހެކިން ޝަރީޢަތަށް ޙާޟިރުކުރާނެ ހަރުދަނާ
އަސާސެއް ނެތްކަމަށް ބަލައި، އެ ހެކިން ޙާޟިރު ނުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ސަބަބަކީ
ދިފާޢީ ހެކި ހުށަހެޅުމަށް ޙުސައިން ހުމާމް އަޙްމަދަށް ދިން ފުރުޞަތު އޭނާ އަމިއްލައަށް ދޫކޮށްލުމަށްފަހު،
04 0 0
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 13
އ ހ22 ތ 8
4&2
ޢަމަލުކުރަންޖެހޭ
94 ވހ
މެއި 2013
22 މެއި 2013 ވަނަ ދުވަހު، މި މައްސަލަ އެ ކޯޓުން ބެލި ޤާޟީގެ ކުރިމަތީގައި،
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ މި ދަޢުވާއަށް ޞަރީޙަ ބަހުން އެއްވެސް ޝައްކެތް
ނުވަތަ ޝުބުހާއެއް ނެތް މިންވަރަށް އިޢުތިރާފުވެފައި ވާތީ އެ ސަބަބަށްޓަކައިކަން ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަ އޮތުމުގެ
އިތުރުން، ކުރިންވެސް ބަޔާންވެދިޔަ ފަދައިން ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ
މަޖިލީހުގައިވާ އިޢުތިރާފަކީ ޝަރީޢަތުން އެއަށް
ޞައްޙަ އިޢުތިރާފެއް ކަމާއި، އަދި
ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެ އިޢުތިރާފަކީ މަޖުބޫރުކޮށްގެންނާއި ޤާނޫނާ ޚިލާފަށް ހޯދާ އިޢުތިރާފުކަން
ޅުނުއަސާސީގެ 52 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/1158 ޤަޟިއްޔާގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު
މެރުމުގެ ކުށަށް 07 ޑިސެންބަރު 2012 ވަނަ ދުވަހު ޤާޟީގެ ކުރިމަތީގަ އާއި، އަދި 22 މެއި
ވަނަ ދުވަހު ޝަރީޢަތުގެ މަޖިލީހުގައި ޤާޟީގެ ކުރިމަތީގައި ޙުސައިން ހުމާމް އަޙްމަދުގެ އަމިއްލަ ރުހުމާއި
އިޚްތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއްނެތި އޭނާގެ ނަފްސުގެ މައްޗަށް ވެފައިވާ އިޢުތިރާފުތަކަކީ
ޝަރީޢަތަށް ޤަބޫލުކުރެވޭ ޞައްޙަ އިޢުތިރާފު ތަކެއްކަން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކޮށް
ބެލުމުން އެނގެން އޮންނާތީ އާއި އަދި މީގެއިތުރުން ޤިޞާޞްގެ މައްސަލަތައް ފަދަ އާދަމުގެ ދަރިއެއްގެ
ޙައްޤު އެކުލެވޭ ކަމެއްގައި އިޢުތިރާފުގެ ޝަރުޠުތައް ފުރިހަމަވާ ގޮތުގައި ޝަރީޢަތުގެ މަޖިލީހުގައި ޤާޟީގެ
ކުރިމަތީގައި މީހަކު އަމިއްލަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި އިޢުތިރާފުން ރުޖޫޢު
ނުވެވޭނެކަން އިސްލާމީ ޝަރީޢަތުގެ ފިޤުހު ޢިލްމުވެރިން މިކަމާ ގުޅިގެން ހާމަކުރައްވާފައިވާ ފިޤުހުގެ
އަޙްކާމްތަކުން އެނގެން އޮންނާތީ އާއި އަދި ހެކިން ކޯޓަށް ޙާޟިރުކުރުމަކީ ވަކި ހަމަތަކެއްގެ މަތިން
ޝަރީޢަތަށް ހުށަހެޅޭ، އަދި ވަކި ހަމަތަކެއްގެ
މަތިން ކޯޓުން ބަލައިގަނެވޭ ކަމެއްކަމަށްވެފައި
މި އުޞޫލުތަކަށް ބެލުމެއްނެތި މައްސަލައެއްގެ ޚަޞްމަކު ކޯޓަށް ޙާޟިރުކުރަން ބޭނުންވާ ކޮންމެ މީހަކު
ކޯޓަށް ޙާޟިރުކޮށް އެ މީހެއްގެ ބަޔާން ނެގުން ކޯޓުގެ މައްޗަށް ލާޒިމުކޮށްފައި ނުވާކަން ޤާނޫނުއަސާސީގެ
ވަނަ މާއްދާގެ (ށ) އިން ރަނގަޅަށް އެނގެން އޮތުމުން، މައްސަލައާ ގުޅިގެން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
51
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 14"
ޙުސައިން ހުމާމު އަޙްމަދުގެ ވަކީލުގެ ފަރާތުން ކޯޓަށް ޙާޟިރުކޮށްދިނުމަށް އެދިފައިވާ ހެކިން ދަށުކޯޓަށް
ޙާޟިރުކުރާނެ އަސާސެއް ނެތްކަމަށް ބަލައި އެ ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށްފައި ނުވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.
ހަވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާގައި
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި ބުނާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު އެ
ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާ
އިސްތިއުނާފުކޮށް ބެލި ހައިކޯޓުގެ ނަންބަރު 180/HC
-
A/2014 ޤަޟިއްޔާގެ ޝަރީޢަތުން ބަލާފައިވަނީ
ހަމައެކަނި، ބަޔާންކުރެވިދިޔަ ދެ ތާރީޚުގައި ޙުސައިން ހުމާމް އަޙްމަދު ކްރިމިނަލް ކޯޓުގެ ޤާޟީގެ
ކުރިމަތީގައި ވެފައިވާ އިޢުތިރާފުތަކުގެ މައްޗަށް އެކަނި ނޫންކަމާއި، އަދި ކިއެއްތަ! ކްރިމިނަލް ކޯޓުގެ
ބުނެވުނު ޤަޟިއްޔާގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށް
ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން
ކަނޑައަޅާފައިވަނީ ޙުސައިން ހުމާމް އަޙްމަދު، ބަޔާންކުރެވި ދިޔަ ދެ ތާރީޚުގައި ޤާޟީގެ ކުރިމަތީގައި
ވެފައިވާ އިޢުތިރާފު ތަކުގެ އިތުރުން މި މައްސަލައާއެކު ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކާއި ޤަރީނާތަކުގެ
މައްޗަށް ރިޢާޔަތްކޮށްގެ ކަމާއި މިގޮތުން މި މައްސަލައިގައި ދައުލަތުގެ ފަރާތުން ސާބިތުކޮށް ދިނުމަށް
ބޭނުންވީ، ޙުސައިން ހުމާމް
އަފްރާޝީމް ޢަލީއަށް ޙަމަލާދިނުމަށް ރޭވިކަމާއި،
01 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ 23:30 އާއި 02 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ 2:00 އާ
ދެމެދުގެ ވަގުތެއްގައި ޙުސައިން ހުމާމް އަޙްމަދު އިތުރު ބަޔަކާއެކު ފުންވިލު ގެއަށް ގޮސްފައިވާ ކަމާއި،
އަފްރާޝީމް ޢަލީއަށް، ޙުސައިން ހުމާމް އަޙްމަދު ތޫނު އެއްޗަކުން ޙަމަލާދީފައިވާ ކަމާއި، އަދި މި
ޙަމަލާގެ ސަބަބުން ޑރ. އަފްރާޝީމް ޢަލީ މަރުވެފައިވާ ކަމާއި މިކަންތައްތައްކަން އެނގެން އޮންނައިރު، މި
ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަވީ ހެކިންގެ ގޮތުގައި ހުށަހެޅި 06 މީހެއްގެ ހެކިބަސް
ނެގިފައިވާ ކަމާއި އެއީ ހެކި ނަންބަރު 01 އާއި، ހެކި ނަންބަރު 03 އާއި، ހެކިނަންބަރު 04 އާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
ހ2 2x
2
2
اسی کرسی
އަޙްމަދު، ޑރ.
ސުޕްރީމް ކޯޓް
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 15
2 ހ2
/ޅ42
ހެކި ނަންބަރު 05 އާއި، ހެކި ނަންބަރު 06 އާއި، އަދި ހެކި ނަންބަރު 07 ކަމާއި މި ހެކިވެރިން މި
މައްސަލައިގެ ޝަރީޢަތަށް ދީފައިވާ ހެކިބަސްތައް ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158
ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2014 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ
ކަމާއި މިފަރާތްތަކުން ދީފައިވާ ހެކިބަސްތަކަށް ޖުމްލަގޮތެއްގައި ބެލުމުން މި ހެކިބަސްތަކަކީ، ޙުސައިން
ހުމާމް އަޙްމަދު ޑރ. އަފްރާޝީމް ޢަލީއަށް ޙަމަލާދިންކަމަށް ބުނެ، ޙުސައިން ހުމާމް އަޙްމަދު ވެފައިވާ
އިޢުތިރާފުތަކަށް އިތުރު ކަށަވަރު ގެނެސްދެނިވި ހެކިތަކެއްކަން އެނގެން އޮންނަކަމެވެ.
ހަތްވަނަ ކަމަކީ، މި ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން
ހެކި ނަންބަރު
1 އަކީ، ފާސިދުވެފައިވާ، އަދި ހެކިބަސް ޤަބޫލުނުކުރެވޭނެ ފަރާތެއްކަމަށް
ކްރިމިނަލް ކޯޓުގައި މި މައްސަލަ ހިނގިއިރު ޙުސައިން ހުމާމުގެ ފަރާތުން ފާހަގަކޮށްފައިވާތީ އޭނާގެ ކުށުގެ
ރިކޯޑް ކްރިމިނަލް ކޯޓުން ސާފުކޮށްފައިވާ ކަމާއި މިގޮތުން އެ ކޯޓުން ބެލިބެލުމުން އޭނާއަކީ ހެކިބަސް
ޤަބޫލުނުކުރެވޭ ފަދަ ކުށެއް ޝަރީޢަތަށް ސާބިތުވެ ރެކޯޑެއް އޮތް ފަރާތެއްކަން އެނގިފައި ނުވާކަމަށް އެ
ކޯޓުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ
އަށްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ހެކިންގެ ހެކިބަހުގެ އިތުރަށް، މި މައްސަލައާ
ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި އެހެނިހެން ކަންކަމުން ލިބޭ ޤަރީނާތަކުގެ މައްޗަށް މި
މައްސަލަ ބެލި ދަށުކޯޓުންނާއި ހައިކޯޓުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލައި ވަޒަންކޮށްފައިވާ
ކަމާއި އަދި މީގެއިތުރުން އަފްރާޝީމް ޢަލީއާ މެދު އަނިޔާވެރި ގޮތުގައި ހިންގި ކުށުގެ ޢަމަލާއި އޭނާގެ
މަރުވުމާ ޢިލާޤާ ސަބަބެއްޔާގެ ގުޅުމުން ޝަރުޢީ ހަމަތަކުގެމަތިން އެއްވެސް އޮޅުމެއްނެތި ގުޅިފައިވާކަން
އިތުރަށް ކަށަވަރުކުރެވިފައިވާ ކަމާއި، އެގޮތުން، ޑރ. އަފްރާޝީމް ޢަލީއަށް ޙަމަލާދިން ރޭ އޭ.ޑީ.ކޭ
ހޮސްޕިޓަލުން ބެލި ޑޮކްޓަރގެ ފަރާތުން ތައްޔާރުކޮށްފައިވާ މެޑިކޯ ލީގަލް ރިކޯޑް ޝަރީޢަތަށް
ހުށަހެޅިފައިވާއިރު، އެ ރިކޯޑު ތައްޔާރުކުރި ޑޮކްޓަރގެ ބަސް ޝަރީޢަތުން ހޯދާފައިވާ ކަމާއި، މިގޮތުން
އަފްރާޝީމް ޢަލީގެ ހަށިގަނޑު ބެލި ޑޮކްޓަރ، އަފްރާޝީމް ޢަލީ ހޮސްޕިޓަލަށް ގެންދިޔައިރު،
ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި، ބޮޑެތި ގިނަ ޒަޚަމުތަކެއް ލިބިފައިވާ ކަމަށާއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
ޑރ.
./
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 16"
އެއީ މީހަކު މަރުވެދާފަދަ ޒަޚަމުތަކެއް ކަމަށާއި އަފްރާޝީމް ޢަލީ މަރުވެފައިވަނީ މި
ޒަޚަމުތަކުގެ
ސަބަބުންކަމަށް ބުނެ އެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ބަޔާންދީފައި ވުމުން، މެޑިކޯ ލީގަލް ރިކޯޑުގައިވާ
ކަންކަން އިތުރަށް ކަށަވަރުކޮށްދީފައިވާ ކަން ރަނގަޅަށް އެނގެން އޮންނަކަމެވެ.
ނުވަވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާގެ
ޝަރީޢަތް އެ ކޯޓުގައި ހިންގުނުއިރު، މައްސަލައިގައި ދަޢުވާ ލިބޭ ޙުސައިން ހުމާމް އަޙްމަދަށް
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ރ) އާއި (ށ) އިން ކަނޑައަޅާފައިވާ ކުށުން ބަރީއަވުމަށް
މަސައްކަތް ކުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލަކު އިޚްތިޔާރު ކުރުމުގެ ޙައްޤާއި، ޝަރީޢަތަށް ޙާޟިރުކުރާ
ހެކިންނާ ސުވާލުކުރުމުގެ ޙައްޤާއި، ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމުގެ ޙައްޤު
ޙުސައިން ހުމާމް އަޙްމަދަށް ލިބިދީފައިވާކަން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުން ސާފުކޮށް އެނގެން އޮތުމުން
ދަށު މަރުޙަލާގެ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ށ)
އާއި (ށ) އިން ކަނޑައަޅާފައިވާ އެންމެހައި ޙައްޤުތައް ޙުސައިން ހުމާމް އަޙްމަދަށް ލިބިދީގެންކަން
ކަށަވަރުވާކަން އެނގެން އޮންނަކަމެވެ.
02 20
ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ
ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158 ޤަޟިއްޔާގެ ދަޢުވާގައި،
ޙުސައިން ހުމާމް އަޙްމަދު، ޑރ. އަފްރާޝީމް ޢަލީ މަރާލާފައިވާކަމަށް ބަޔާންކޮށްފައިވާ ތާރީޚްގައި
ޢަމަލުކުރެވެމުންދިޔަ ޤާނޫނު ނަންބަރު 1166 (ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު) އަށް ބަލާއިރު، މަރުގެ
ކުށަށް ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށަށް ކަނޑައެޅިފައިވާ އަދަބުކަން އެނގެން
އޮތްއިރު، ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން އުފުލާފައިވާ
ދަޢުވާއަކީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާކަމަށް ވީހިނދު، އިސްލާމީ ޝަރީޢަތުގައި
ކަނޑައެޅިފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކުރާއިރު "ޖާل هللا އަކީ "ޢާންމުކޮށް މީހަކު މަރުވެދާފަދަ
ވަސީލަތެއް ބޭނުންކޮށްގެން އަނިޔާވެރިވުމުގެ ޤަޞްދުގައި ހިންގި ޢަމަލެއްގެ ސަބަބުން އެ މީހާ މަރުވުން"
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 17
44މން،
ކަން އެނގެން އޮންނައިރު، އެކަން ފުރިހަމަވުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ރުކުންތަކާއި
ޝަރުޠުތައް ޙުސައިން ހުމާމް އަޙްމަދުގެ
މި ކުށުގެ ޢަމަލުގައި ފުރިހަމަވެފައިވާކަން ސާފުކޮށް އެނގެން
ތުމުން، ކްރިމިނަލް ކޯޓުގެ ބަޔާންވެ ދިޔަ ޤަޟިއްޔާގެ ދަށުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް
އުފުލިފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން މި
މައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވިދިޔަ ހެކިތަކާއި ޤަރީނާތަކުން ކުށް
ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމާއި،
އަދި ދައުލަތުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ކޮށްފައިވާ މި ދަޢުވާއަށް ޙުސައިން ހުމާމް އަޙްމަދު
ވެފައިވާ އިޢުތިރާފުތަކުންނާއި ޤި އިޢުތިރާފުތައް ކަށަވަރުކޮށްދޭ ދަލީލުތަކެއްގެ ގޮތުގައި މި މައްސަލައިގެ
ޝަރީޢަތަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުންނާއި ޤަރީނާތަކުން ޙުސައިން ހުމާމް އަޙްމަދު
ކުރިއާލައި ރާވައިގެން هل|هلللاهللا (premeditation) އާއެކު ޑރ. އަފްރާޝީމް ޢަލީ
އަނިޔާވެރި ގޮތުގައި މަރާލާފައިވާކަން އެއްވެސް ޝައްކެއް ނުވަތަ
ޞުބުހާއެއް ނެތްމިންވަރަށް
ސާބިތުކުރެވިފައިވާ ކަމާއި އެހެންކަމުން ދައުލަތުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ކޮށްފައިވާ
ޤަސްދުގައި މީހަކު މަރާލުމުގެ ކުށް އެއްވެސް ޝުބުހާއެއް ނުވަތަ ޝައްކެއް ނެތް މިންވަރަށް ޙުސައިން
ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވެފައިވާކަން އެނގެން އޮންނަކަމެވެ.
އެގާރަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 21 ވަނަ މާއްދާ އާއި 142 ވަނަ މާއްދާ
އާއި ޤާނޫނު ނަންބަރު 1166 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަދި ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގައި ބަޔާންވެފައިވާ ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު މީހަކު މެރުމުގެ ކުށަކީ ޖިނާޔަތުގެ އެންމެ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ކަމާއި އަދި މި ކުށަކީ
ޤާނޫނުލްޢުޤޫބާތުގެ ދަށުން އެންމެ ބޮޑެތި އަދަބުތައް ކަނޑައަޅަންޖެހޭ ކުށްތަކުގެ ތެރެއިން ކުށެއް ކަމާއި،
އަދި ޙުރުމަތްތެރި ކުރެވިފައިވާ ނަފްސެއް ޙައްޤަކާ ނުލައި މެރުމަކީ މާތްﷲ އަރާމްކުރައްވައިފައިވާ އެންމެ
ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް އަދި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަން
ރަސޫލާ (ސ) ގެ ސުންނަތާއި އިޖްމާޢުން ސާބިތުވެފައިވާ ކަމާއި އެގޮތުން އަންނަނިވި އާޔަތްތަކުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
2 22 22
ޤުރުއާނާއި ކީރިތި
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 18"
i
ދަލީލު ހިމެނޭކަމެވެ. 1. "ފަޤު މުފީޑް ވޯلهللل ނަތަ ޤާ2 |j(3 ވައަ މުދަޣާޝިދާ! ޤަޕުޅު
މަލަ ވީޑި للޤާ) ޘަ ޙޤ ޤާ ޤަޤަ(ޤާޤު, ﷲ އލިފާމް" (އަލް އިސްރާއު ސޫރަތުގެ 33 ވަނަ
އާޔަތް) "(އަދި ތިޔަބައިމީހުން، ﷲ هދه& ތެރިކުރައްވާފައިވާ ޤަޘުއެއް هޖާއަކާ ލައިގެންމެނުވީ ނުމަރާށެވެ!
އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހާގެ هللވެރިޔާއަށް،
ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، هلކުރުމުގައި އޭނާ للދ ﷲ ނުކުރާހުށިކަމެވެ! ހަމަކަށަވަރުން،
އެ هلވެރިޔާއަކީ، للاލިބިގެންވާ މީހެއް ކަމުގައިވިއެވެ.)" 2. "ލައި ޖަޖުލޮ އުޅުޕސޯޑް ރޯޤުވަޑިޑޯ؛ ޤަޤުގ
މަޖަޤަތު ލޮل ފަޚައި ޘަޤާޑު هللއި لލަޤަޑުފ ދޯهلا &ގ هلا ނަޝީއީޖާ!" (އައްނިސާއު ސޫރަތުގެ 93
ވަނަ އާޔަތް) "އަދި، ޤާهلގައި هޤهلއަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ.
އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، . އެމީހާގެ މައްޗަށް ކޯފާލައްވައި للﷲ ލެއްވިއެވެ. އަދި،
ބޮޑުވެގެންވާ لاޞ އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.
'
ބާރަވަނަ ކަމަކީ،
ޤާނޫނުލްޢުޤޫބާތުގައި މީހަކު މެރުމުގެ ކުށަށް އަދަބު
ކަނޑައަޅަންޖެހެނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިންކަމަށް ބަޔާންވެފައިވާ ކަމާއި، އެގޮތުން، މީހަކު
ޤަޞްދުގައި މަރާލުމުގެ ކުށަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުގޫބާތަކީ ޝަރީޢަތުގައި
ކަނޑައެޅި ބަޔާންވެފައިވާ ޝަރުޢީ ހަމަތަކުގެ މަތިން ޤިޞާޞްހިފުންކަން ކީރިތި ޤުރުއާނުގެ ޞަރީޙަ
ނައްޞުތަކުންނާއި އަދި ކީރިތި ރަސޫލާ (ސ) ގެ ސުންނަތާއި ދަންނަބޭކަލުންގެ އިޖްމާޢުން ސާބިތުވާކަން
އެނގެން އޮންނަކަމެވެ. އެގޮތުން އަންނަނިވި އާޔަތުން ލިބޭ ދަލީލު ހިމެނެއެވެ. " ، ޤާޝީi
كتب عليه القصاص في أقل أخبار والعبد بالعبير والأنقى باني قمن في قهر مین
أخيه شنه باغ بالمعروف واه إليه بحسني يا خفي بن ربكم ورحمه في أغدی
بعد ذلك لهم عذاب أليا (އަލް ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތް) لهللވެއްޖެ
މީސްތަކުންނޭވެ! ޛަކުރެވޭ މީހުންނާމެދު هللاހިފުން ތިޔަބައިމީހުންގެ މައްޗަށް ޣަﷲ ކުރައްވައިފިއެވެ.2ގެ ފައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
2&fi
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 19
މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އާގެ
ފަރާތުން هلللގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ
ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުއްޓެވެ. އަދި !هلللތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ)
އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ هلފޝާން (ތިޔަބައިމީހުންނަށް) ދެއްވި
ލުޔެކެވެ. އަދި (هلއެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ لاވ؟ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް
ވޭންދެނިވި هللل ހުއްޓެވެ."
22 22 22
1158/Cr-C/2012
ތޭރަވަނަ ކަމަކީ، އަނިޔާވެރި ގޮތުގައި ޤަޞްދުގައި މީހަކު މަރާލި ޤާޒިލްގެ ކިބައިން
ޤިޞާޞްހިފުމާއި ނުވަތަ ޤާޠިލްގެ ކިބައިން ދިޔަ އަތުލުމަށްފަހު ޞުލްޙަވެރިވުމާއި، ނުވަތަ ޤާޠިލަށް
ޢަފޫކުރުމުގެ ބާރު، މަރާލެވުނު މީހާގެ ވަލީވެރިޔާއަށް ލިބިދީފައިވާކަން ކީރިތި ޤުރުއާނުގެ ޞަރީޙަ
ނައްޞުން (އަލް އިސްރާ ސޫރަތުގެ 33 ވަނަ އާޔަތުން) ދަލީލު ލިބެން އޮންނައިރު، މި މައްސަލައިގެ
ޝަރީޢަތުގައި ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުން އޭނާ، މަރާލި ޤާތިލުންނާމެދު ޢަމަލުކުރަން ބޭނުންވާ ގޮތް
ސާފުކުރުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ޑރ. އަފްރާޝީމް ޢަލީގެ ވާރިޖުންނަކީ ކޮބައިތޯ ބަލައި އެ މީހުންގެ ބަސް ހޯދާފައިވާ ކަމާއި، މިގޮތުން
ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރެއިން ބާލިޣުވެ، ބުއްދި ސަލާމަތުން ހުރި އެންމެހައި ވާރިޘުން
ބޭނުންވަނީ އަފްރާޝީމް ޢަލީ މަރާލި މީހެއްގެ ނުވަތަ ބައެއްގެ ކިބައިން ޤިޞާޞްކަން އެނގެން
އޮންނައިރު އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރޭގައި ހިމެނޭ ބާލިޣުނުވާ ކުޑަކުދިން ތިބިކަމުގައި
ވީނަމަވެސް އެ ކުދިންގެ ޙައްޤުގައި ޤިޞާޞްއާމެދު ގޮތެއް ކަނޑައެޅުމަކީ ޑރ. އަފްރާޝީމް ޢަލީގެ
ވާރިޘުންގެ ތެރެއިން ބާލިޣުވެ ބުއްދި ސަލާމަތުންހުރި މީހުންނަށް ކުރެވިދާނެ ކަމެއްތޯ ޤާނޫނުއަސާސީގެ
274 ވަނަ މާއްދާގެ (ހ) ގައި އިސްލާމީ ޝަރީޢަތްކަމަށް އެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މައްޗަށް
ރިޢާޔަތްކޮށް މިކަމުގައި އަހްލުއް ސުންނަތި ވަލްޖަމާޢަތުގެ އިސްލާމީ ފިޤުހުގެ ހަތަރު މަޛުހަބު ކަމުގައިވާ
ޙަނަފީ މަޛްހަބާއި، މާލިކީ މަޛްހަބާއި، ޝާފިޢީ މަޛުހަބާއި، ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިން ބުރަވާގޮތުގެ
މައްޗަށް ބަލާއިރު، މީގެ ތެރެއިން ޝާފިޢީ މަޛުހަބާއި ޙަންބަލީ މަޛުހަބު ބުރަވެފައިވަނީ، މަރާލެވުނު މީހާގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 20
ވާރިޘުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރިނަމަ، އެ ކުއްޖާ ބާލިޣުވެ ތަސައްރުފު ފުދެންދެން،
ޤާތިލުގެ ކިބައިން ޤިޞާޞްހިފުން ފަސްކުރުމަށް ކަމުގައިވިޔަސް، މަރާލެވުނު މީހާގެ ވާރިޘުންގެ ތެރޭގައި
ބާލިޣުނުވާ ކުއްޖަކު ހުރިނަމަވެސް އެ މީހުންގެ ތެރޭގައި ތިބި ބާލިޣުވެ ތަޞައްރަފު ފުދިފައިވާ މީހުން
ޤިޞާޞްހިފުމަށް އެދޭ އެދުމާ ގުޅިގެން ޤިޞާޞްހިފުމަށް ޤާޟީ ޙުކުމް ކޮށްފިނަމަ އެ ސަބަބަށްޓަކައި އެ
ޙުކުމް ބާޠިލެއް ނުކުރެވޭނެކަމަށް ޝާފިޢީ މަޛުހަބާއި ޙަންބަލީ މަޛުހަބުގެ ފިޤްހުވެރިން ބުރަވެފައިވާކަމާއި،
އަދި އަލްއިމާމު އަބޫ ޙަނީފާއާއި، އަލްއިމާމު މާލިކުގެ ރައުޔަކީ، ޤިޞާޞްއަކީ، އަނިޔާވެރި ގޮތުގައި
ޤަޞްދުގައި މަރާލެވުނު މީހާގެ ވާރިޘުންގެ ތެރެއިން ކޮންމެ ވާރިޘަކަށްވެ، މުސްތަޤިއްލު ގޮތުގައި ލިބިގެންވާ
ޙައްޤެއްކަމަށް ވުމާއި، މަރާލެވުނު މީހާގެ ވާރިޘުންގެ ތެރޭގައި ހިމެނޭ ބާލިޣުވެފައިވާ މީހުން، ޤާޠިލުގެ
ކިބައިން ޤިޞާޞްހިފަން ބޭނުންނަމަ، އެ މީހުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރިކަމުގައި ވިއަސް
އޭނާ ބާލިޣުވެ ތަޞައްރަފު ފުދެންދެން ޤާޠިލްގެ ކިބައިން ޤިޞާޞްހިފުން ފަސްކުރަން ނުޖެހުން
ކަމަށްވީހިނދު، މިގޮތުގެމަތިން ޙަނަފީ މަޛްހަބާއި މާލިކީ މަޛްހަބުގެ ފިޤްހުގައި އިސްތިޤުރާރުވެފައިވާ މި
އުޞޫލާ އެއްގޮތްވާ
ގޮތުގެމަތިން ޢަމަލުކުރުން، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) އާ
އެއްގޮތްވާކަން އެނގެއެވެ.
Ooxo
OXO
ސާދަވަނަ ކަމަކީ، ހައިކޯޓުގެ ނަންބަރު 180/HC
-
A/2014 ޤަޟިއްޔާ މި
ކޯޓުގައި އިލްތިމާސްކުރުމަށް ޤާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް،
ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން އެ ޤަޟިއްޔާ މި ކޯޓުގައި އިލްތިމާސްކޮށްފައި ނުވުމަކީ،
ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން އެ ޤަޟިއްޔާގެ ޙުކުމް ޤަބޫލުކޮށްފައިވާކަމުގެ މައްޗަށް ދަލީލުކުރާ
ހަރުދަނާ ޤަރީނާއެއްކަން ފާހަގަކުރެވިފައިވާކަމެވެ.
ފަނަރަވަނަ ކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާއިން
16 ޖަނަވަރީ 2014 ގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
180/HC
-
A/2014 ޤަޟިއްޔާއިން، އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، ނިންމާފައި އޮތުމާއެކުވެސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
0 0
<< O
ދިވެހިރާއްޖޭގެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 21
OX7
އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިއުމަށްފަހު، އެ މައްސަލައަކީ ނިހާއީ
ޙުކުމެއްކަން
ކަށަވަރުކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާ
ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ
ހައިކޯޓުން ކޮށްފައިވާފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި ބެލެވިފައިވާ
މައްސަލައަކަށްވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި
މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނާ ބެލިއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/11
:
58 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ
ނަންބަރު 180/HC
-
A/2014 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވުނު ހިނދު، މި މައްސަލައަކީ، ޤަޞްދުގައި މީހަކު މެރުމުގެ ކުށް ތަޙުޤީޤުކުރުމުގަ އާއި އެ ކުށުގެ އަދަބު
ތަންފީޛުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ޤަވާޢިދު ނަންބަރު 33-R/2014 (27 އެޕްރީލް 2014) ގައި
ކަނޑައެޅި ބަޔާންވެފައިވާ އެއްގޮތްވާ ގޮތުގެމަތިން ތަންފީޛުކުރަންޖެހޭ މައްސަލައެއްކަން
ފާހަގަކުރެވިފައިވުމެވެ.
އަޙުކުމުތަކު
8
އިސްވެ ދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާގައި ޑރ. އަފްރާޝީމް ޢަލީ،
ޤަޞްދުގައި މަރާލުމުގެ ކުށް ހ. ލޮބީ | މާލެ ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް
ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޙުސައިން ހުމާމް އަޙްމަދު މެރުމަށް ޙުކުމް ކޮށްފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2014
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 22 ގެ 22
ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ
ޙުކުމެއްކަން އެނގެން އޮންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2014 ޤަޟިއްޔާގައި
ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތީން ކޮށްފައިވާ ޙުކުމެއްކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo