ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/336 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/336
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 336/HC
-
A/2014
އިސްތިއުނާފުކުރި ފަރާތްތައް:
، ދާއިމީ އެޑްރެސް: މ.މ.ދަފްތަރު ނަންބަ
ރ 6758
އެޑްރެސް: ގ.ސިނަމާލެ 2-01-11/ މާލެ
* ނަން: 1- އަޙްމަދު މަޢުރޫފު
ކާޑް ނަންބަރު: A041870
*ނަން: 2 - މުޙައްމަދު ޢަތީފް
ކާޑް ނަންބަރު: A060400
މުޙައްމަދު އަޙްމަދު
ކާޑް ނަންބަރު: A053794
3
ދާއިމީ އެޑްރެސް: ފ.މަދީހާމަންޒިލް މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ބޭންކް އޮފް ސިލޯން
ދާއިމީ އެޑްރެސް: ހ.އާގެ
"1436
، ރަޖިސްޓްރީ ތާރީޚް: 29 ޞަފަރު
21 ޑިސެމްބަރ 2014
ނިމުނު ތާރީޚް: 01 ރަޖަބް 1436
20 އޭޕްރީލް 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/573
• ނިންމެވި ކޯޓް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު އގ.ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނޔާ، 3 ދިވެބިޑް 8ޖެ، 3325029، ފެކްސް 331471
އީމެއިލް [email protected]ސެއިޓް: www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/336
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/573 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ
ހަމަތަކާއެއްގޮތް
އެގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި ދަފްތަރު ނަންބަރު
6758 އަޙްމަދު މަޢުރޫފް (އައި.ޑީ ކާޑު ނަންބަރު A041870) އާއި ގ.ސިނަމާލެ 2-01-11 މުޙައްމަދު
އަޠީފް (އައި.ޑީ.ކާޑު ނަންބަރު A060400) އަދި މ.މަދީހާމަންޒިލް މުޙައްމަދު އަޙްމަދު (އައި.ޑީ.ކާޑު
ނަންބަރު A053794) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
މިމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ
2
6 ه
ބޭޏވެ
އޮފް ސިލޯނެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/573 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ބޭންކް އޮފް ސިލޯނާއި ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރު 267
/
95-C) އާއި، މި މުޢާމަލާތުގައި ޔަޤީންކަން ދީފައިވާ ފަރާތްތައްކަމުގައިވާ
މ.ޒީނާ/ މާލެ، މުޙައްމަދު ސަމީރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A011124) އާއި،
ދަފްތަރު ނަންބަރު 6758/ މާލެ، އަޙްމަދު މަޢުރޫފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A041870) އާއި، ގ.ސިނަމާލެ 2-01-11/ މާލެ، މުޙައްމަދު އަޠީފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު: A060400) އާއި، މ.މަދީހާމަންޒިލް/ ކ.މާލެ މުޙައްމަދު އަޙްމަދު (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A053794) އާ ދެމެދު 02 މެއި 2001 ވަނަ ދުވަހު ވެފައިވާ ނަންބަރު:
180
/
2001-MC
/
C އެއްބަސްވުމުގައިވާ އެންމެހައި ޝަރުތުތަކަށް އެއްބަސްވެވި، މުޙައްމަދު ސަމީރުގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު: T-04-4046-10 ޒީނާވޭވްސް ނަމަކަށް ކިޔުނު
ބައްތެލިއާއި، ރަޖިސްޓްރީ ނަންބަރު: 01
/
6190-T މޮޓޯ ސައިކަލާއި، ރަޖިސްޓްރީ ނަންބަރު: -T
03/2263 ޕިކަޕާއި، ރަޖިސްޓްރީ ނަންބަރު: T-03-5859-10 މަސް ދޯންޏާއި، ރަޖިސްޓްރީ ނަންބަރު:
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ ވެ . ދިވެހި3323
egg p، ފެކްސް: 331471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2014/HC-A/336
T-3-1911-10 މަސް ދޯންޏާއި، ރަޖިސްޓްރީ ނަންބަރު: 03
/
1913-T ލޮރީއާއި، ރަޖިސްޓްރީ
ނަންބަރު: T-06-5885-10 ސަތަރި ދޯންޏާއި، އަދި ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު: 2937-03-T ލޮރީ ރަހުނުގެ ގޮތުގައި ބޭންކް އޮފް
ސިލޯނުގައި ބެހެއްޓުމަށްފަހު، -/750,00ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) ގެ ދާއިމީ އޯވަރ
ޑްރާފްޓް ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެމަތީން ދެއްކިފައިނުވާތީ، 14 މާރޗް
2011 ވަނަ ދުވަހާއިހަމައަށް 1,173,129
/
65ރ. (އެއްމިލިއަން އެއްލައްކަ ހަތްދިހަ ތިންހާސް
އެއްސަތޭކަ ނަވާވީސް ރުފިޔާ ފަސްދޮޅަސްފަސް ލާރި) ދައްކަންޖެހި ނުދެއްކިވާކަމަށާއި، ޒީނާ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ދާއިމީ އޯވަރޑްރާފްޓް ފެސިލިޓީއަށް އަރަމުންދާ
އިންޓްރެސްޓާއެކު، ޙުކުމްކުރާ ދުވަހާއިހަމައަށް ދައްކަންޖެހޭ ފައިސާ އެކީ އެއްފަހަރާ ލިބިދިނުމަށާއި، އަދި
އެފައިސާ ދިނުމަށް އިންކާރުކުރާނަމަ، ބޭންކް އޮފް ސިލޯންގައި ރަހުނު ކުރެވިފައިވާ ރަހުނުތައް
ވިއްކާލައިގެން މިފައިސާ ލިބޭނެގޮތެއް ހަމަޖައްސައިދިނުމަށް އެދި، ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑާއި، މުޙައްމަދު ސަމީރާއި، އަޙްމަދު މަޢުރޫފްއާއި، މުޙައްމަދު އަޠީފްއާއި، މުޙައްމަދު އަޙްމަދުގެ
މައްޗަށް ބޭންކް އޮފް ސިލޯނުން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ
މައްޗަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބޭންކް އޮފް
ސިލޯނާއި، ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 267
/
95-C) އާއި، މި
މުޢާމަލާތުގައި ޔަޤީންކަން ދީފައިވާ ފަރާތްތައްކަމުގައިވާ މ.ޒީނާ/މާލެ، މުޙައްމަދު ސަމީރު (ދިވެހި
މިއްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A011124) އާއި، ދަފްތަރު ނަންބަރު 6758/ މާލެ، އަޙްމަދު
މަޢުރޫފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A041870) އާއި، ގ.ސިނަމާލެ 2-01-11/
މާލެ، މުޙައްމަދު އަޠީފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A060400) އާއި،
މ.މަދީހާމަންޒިލް ކ.މާލެ މުޙައްމަދު އަޙްމަދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A053794) އާ ދެމެދު 02 މެއި 2001 ވަނަ ދުވަހު ވެފައިވާ ނަންބަރު: 180
/
2001-MC
/
C
އެއްބަސްވުމުގައިވާ އެންމެހައި ޝަރުތުތަކަށް އެއްބަސްވެވި، މުޙައްމަދު ސަމީރުގެ ނަމުގައި ރަޖިސްޓްރީ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޙާނީގުވާ(މުލީބީޗެރާއްޖެ ފޯން: 3325029، ފެކްސް: 3316471
އީމެއިލް ghcourt.gov.mv& އިޓް: www.highcourt.gov.mv
www.highcourt.gov.net
4
2014/HC-A/336
2011
ކުރެވިފައިވާ ނަންބަރު: T-04-4046-10 ޒީވޭވްސް ނަމަކަށް ކިޔުނު ބައްތެލިއާއި، ރަޖިސްޓްރީ
ނަންބަރު: 01
/
6190-T މޮޓޯ ސައިކަލާއި، ރަޖިސްޓްރީ ނަންބަރު: 03
/
2263-T ޕިކަޕާއި، ރަޖިސްޓްރީ
ނަންބަރު: T-03-5859-10 މަސް ދޯންޏާއި، ރަޖިސްޓްރީ ނަންބަރު: T-3-1911-10 މަސް ދޯންޏާއި،
ރަޖިސްޓްރީ ނަންބަރު: 03
/
1913-T ލޮރީއާއި، ރަޖިސްޓްރީ ނަންބަރު: T-06-5885-10 ސަތަރި
ދޯންޏާއި، އަދި ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
ނަންބަރު: 2937-03-T ލޮރީ ރަހުނުގެ ގޮތުގައި ބޭންކް އޮފް ސިލޯނުގައި ބެހެއްޓުމަށްފަހު، -/750,00
ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) ގެ ދާއިމީ އޯވަރ ޑްރާފްޓް ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާ
އެއްބަސްވެފައިވާ ގޮތުގެމަތީން ދެއްކިފައިނުވާތީ، 14
ވަނަ ދުވަހާހަމައަށް
1,173,129
/
65ރ. (އެއްމިލިއަން އެއްލައްކަ ހަތްދިހަ ތިންހާސް އެއްސަތޭކަ ނަވާވީސް ރުފިޔާ(
ފަސްދޮޅަސް ފަސް ލާރި) ދައްކަންޖެހި ނުދެއްކިވާކަމަށާއި، ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން
ނަގާފައިވާ ދާއިމީ އޯވަރޑްރާފްޓް ފެސިލިޓީއަށް އަރަމުންދާ އިންޓްރެސްޓާއެކު، ޙުކުމްކުރާ ދުވަހާއިހަމައަށް
ދައްކަންޖެހޭ ފައިސާ އެކީ އެއްފަހަރާ ލިބިދިނުމަށާއި، އަދި އެފައިސާ ދިނުމަށް އިންކާރުކުރާނަމަ، ބޭންކް
އޮފް ސިލޯންގައި ރަހުނު ކުރެވިފައިވާ ރަހުނުތައް ވިއްކާލައިގެން މިފައިސާ ލިބޭނެގޮ
ހަމަޖައްސައިދިނުމަށް އެދި ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު ސަމީރާއި،
އަޙްމަދު މަޢުރޫފްއާއި، މުޙައްމަދު އަޠީފްއާއި، މުޙައްމަދު އަޙްމަދުގެ މައްޗަށް ބޭންކް އޮފް ސިލޯނުން
ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު: 180
/
2001-MC
/
C އެއްބަސްވުމުގެ
ދަށުން، މުޙައްމަދު ސަމީރާއި، އަޙްމަދު މަޢުރޫފާއި، މުޙައްމަދު އަޠީފާއި، މުޙައްމަދު އަޙްމަދު
ޔަޤީންކަންދީގެން، އޯވަރޑްރާފްޓް ފެސިލިޓީއެއްގެ ދަށުން ބޭންކް އޮފް ސިލޯނުން ޒީނާ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑަށް -/
750,000ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) ދޫކޮށްފައިވާކަމާއި، އަދި މި
މުޢާމަލާތުގައި މުޙައްމަދު ސަމީރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު T-04-4046-10 ޒީނާ
ވޭލްސް ނަމަކަށް ކިޔުނު ބައްތެލިއާއި، ރަޖިސްޓްރީ ނަންބަރު:01
/
6190-T
މޮޓޯ ސައިކަލާއި،
ރަޖިސްޓްރީ ނަންބަރު: 03
/
2263-T ޕިކަޕާއި، ރަޖިސްޓްރީ ނަންބަރު: T-03-5859-10 މަސް
ދޯންޏާއި، ރަޖިސްޓްރީ ނަންބަރު: T-3-1911-10 މަސް ދޯންޏާއި، ރަޖިސްޓްރީ
2 * *ޑ ه
میری می
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިގުން، މާލެwޖެ، ފޯން* 3325ol، ފެކްސް:3316471
އީމެއިލް: [email protected]
5
2014/HC-A/336
ނަންބަރު: 03
/
1913-T ލޮރީއާއި، ރަޖިސްޓްރީ ނަންބަރު: T-06-5885-10 ސަތަރި ދޯންޏާއި،
އަދި ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު: -T
03-237 ލޮރީ ރަހުނު ކުރެވިފައިވާކަމާއި، އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތީން ބޭންކް އޮފް ސިލޯނަށް
ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން 25
ނޮވެމްބަރ 2012 ވަނަ ދުވަހުގެ ނިޔަލަށް، ފައިސާ ނެގި ފަރާތުގެ ޙައިޘިއްޔަތުން ޒީނާ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި، ފައިސާއަށް ޔަޤީންކަން ދީފައިވާ ފަރާތްތަކުގެ ޙައިޘިއްޔަތުން
މުޙައްމަދު ސަމީރާއި، އަޙްމަދު މަޢުރޫފާއި، މުޙައްމަދު އަތީފާއި، މުޙައްމަދު އަޙްމަދު 1,329,064
/
45ރ.
(އެއްމިލިއަން ތިންލައްކަ ނަވާވީސްހާސް ފަސްދޮޅަސް ހަތަރު ރުފިޔާ ސާޅީސްފަސް ލާރި) ބޭންކް އޮފް
ސިލޯނަށް ދައްކަންޖެހި ނުދެއްކިވާކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅައި،
މިމައްސަލައިގައި ބޭންކް އޮފް ސިލޯނުން އެދިފައިވަނީ، ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ
ފައިސާ އެއްފަހަރާ ނުދެއްކިއްޖެނަމަ، އެއްބަސްވުމުގެ
މުގެ ދަށުން ރަހުނު ކުރެވިފައިވާ މުދާ ވިއްކާލުމުގެ
ހުއްދައަކަށް ނޫންކަމާއި، މިމައްސަލައިގައި، ބޭންކް އޮފް ސިލޯނުން އެދިފައިވަނީ ރަހުނު ކުރެވިފައިވާ މުދާ
ވިއްކާލައިގެން ފައިސާ ލިބޭނެގޮތް ހަމަޖައްސައި ދިނުމަށްކަމަށްވާތީ، ދަޢުވާގައި އެދިފައިވާ ފަދައިން
ވިއްކާލެވޭނީ، އެރަހުނުގެ މައްޗަށް އޮތް ދަރަނި އަދާކުރުމަށް ދެވޭ މުއްދަތުގައި އެދަރަނި
އަދާނުކުރެވުމުން ކަމުގައިވާތީ، މިމައްސަލައިގައި އަދި އެޙާލަތު މެދުވެރިވެފައި ނުވާތީ، ދަޢުވާގައި
އެދިފައިވާ ގޮތަށް އަދި ރަހުނާމެދު ޢަމަލުކުރެވެން
ދު ޢަމަލުކުރެވެން ނެތްކަމާއި،
7ނ އެ
މިމައްސަލައިގައި ބޭންކް އޮފް ސިލޯނަށް ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި،
މުޙައްމަދު ސަމީރާއި، އަޙްމަދު މަޢުރޫފާއި، މުޙައްމަދު އަޠީފާއި، މުޙައްމަދު އަޙްމަދު ދައްކަންޖެހޭކަމަށް
ކަނޑައަޅާފައިވާ ޢަދަދުގެ އިތުރުން، ދަޢުވާގައި ބޭންކް އޮފް ސިލޯނުން އެދިފައިވާ ގޮތަށް، މިއަދު 26
ދިވެހިރާއްޖޭގެހައިކޯޓް، އާބު ރުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބުސައިޓް WWW.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ"
6
2014/HC-A/336
ފެބްރުއަރީ 2013 ވަނަ ދުވަހާއި ހަމައަށް އިތުރަށް އަރާފައިވާ އިންޓްރެސްޓާއެކު، މިއެންމެހައި ފައިސާ
މިއަދުން ފެށިގެން 07 (ހަތެއް) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށް
ޖެހޭވަރު ބޭންކް އޮފް ސިލޯނަށް ދައްކަމުންގޮސް، މިފައިސާ މިމުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި
ޚަލާޞްކުރުމަށް ޒީނާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު ސަމީރާއި، އަޙްމަދު
މަޢުރޫފާއި، މުޙައްމަދު ޢަޠީފާއި، މުޙައްމަދު އަޙްމަދަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/573 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ދަފްތަރު ނަންބަރު
6758 އަޙްމަދު މަޢުރޫފް އާއި ގ.ސިނަމާލެ 2-01-11 މުޙައްމަދު އަޠީފް އަދި މ.މަދީހާމަންޒިލް
މުޙައްމަދު އަޙްމަދު ގެ ފަރާތުން 05 (ފަހެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، މަދަނީ ޚުޞޫމަތަކާ ގުޅިގެން ދަޢުވާ ސާބިތުވެއްޖެ ހިނދެއްގައި ދަޢުވާގައި
އެދިފައިވާ ގޮތަށް ނޫންގޮތަކަށް ޙުކުމްކުރުމަކީ މައްސަލަތައް ހިނގައި ނިޔާކަނޑައެޅުމުގެ އުޞޫލުތަކާ
ޚިލާފްކަމެއްކަމުގައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/573 ޤަޟިއްޔާއިން މައްސަލަ
ނިންމާފައިވަނީ މިއުޞޫލާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ބޭންކް އޮފް ސިލޯންގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަށް
އިސްތިއުނާފްކުރާ ފަރާތްތައް ޛިންމާވާންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވަނީ، ޝަރުޢީ އުޞޫލެއްކަމަށްވާ
"هل لاތ؟ هلޤާهلاއ އުޞޫލާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ވެފައިވާ އެއްބަސްވުޅެޢީ
ހ) ތިންވަނަ ނުކުތާއަކީ، ބޭންކް އޮފް ސިލޯންގެ ފަރާތުން، 02 މެއި 2001 ވަނަ ވަނަ ދުވަހު
ދަށުން ހޯދުމަށް އެދިފައިވާ ފައިސާ އިސްތިއުނާފްކުރާ ފަރާތުން ދައްކަންޖެހޭކަމަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުގުން، މަލަ ދިގޯއް
ނާޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ބޯސަ
www.highcourt.gov.mv
2014/HC-A/336
ކަނޑައަޅުއްވާފައިވަނީ އެ އެއްބަސްވުމާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި ޚިލާފަށް އެ
ފައިސާ ދައްކަންޖެހޭކަމަށް ކަނޑައަޅުއްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ
(ނ) ހަތަރުވަނަ ނުކުތާއަކީ، ބޭންކް އޮފް ސިލޯންގެ ފަރާތުން، 02 މެއި 2001 ވަނަ ދުވަހުގެ
ވެފައިވާ ލޯނު އެއްބަސްވުމުގެ ދަށުން ހޯދުމަށް އެދިފައިވާ ފައިސާއަކީ އެ އެއްބަސްވުމުގެ ދަށުން
ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުނުވާއިރު، ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއާ ޚިލާފަށް އެ ފައިސާ
ދައްކަންޖެހޭކަމަށް ކަނޑައަޅުއްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ފަސްވަނަ ނުކުތާއަކީ، ބޭންކް އޮފް ސިލޯންގެ ފަރާތުން 02 މެއި 2001 ދުވަހު ވެފައިވާ
އެއްބަސްވުމެއްގެ ދަށުން ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާ ދައްކަންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވަނީ
ޤާނޫނީ އުޞޫލެއްކަމަށްވާ [Doctrine of_Mitigation of Damages] (ޑޮކްޓްރިން އޮފް
މިޓިގޭޝަން އޮފް ޑެމޭޖަސް) ގެ އުޞޫލަށް ރިޢާޔަތްކުރެއްވުމެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާ.
03. މިމައްސަލައާއި ގުޅިގެން ސިވިލް
ނަންބަރު 2011/Cv
-
C/573
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ދަފްތަރު ނަންބަރު 6758 އަޙްމަދު
މަޢުރޫފް އާއި ގ.ސިނަމާލެ 2-01-11 މުޙައްމަދު އަޠީފް އަދި މ.މަދީހާމަންޒިލް މުޙައްމަދު އަޙްމަދުގެ
ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި
ވެއެވެ.
/
ކަންތައްތައް ފާހަގަބރަވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިވާ ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/573
ޤަޟިއްޔާގައި ބޭންކް އޮފް ސިލޯންގެ ފަރާތުން ޒީނާ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި،
މ.ޒީނާ މުޙައްމަދު ސަމީރު އާއި، މމމޯ ނަންބަރު 6758 އަޙުމަދު މަޢުރޫފު އާއި، ގ. ސިނަމާލެ 2-
11-01 މުޙައްމަދު ޢަތީފުއާއި، މ.މަދީޙާމަންޒިލް މުޙައްމަދު އަޙުމަދުގެ މައްޗަށް އުފުލި ދަޢުވާއަކީ،
ދިވެހިރާއްa؟
ރާއްޖެ، ފޯން 3325029، ފެކްސް:3316471
www.high court.gov.my best to his fourt.gov.mv sasa
8
ވޮޝިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/336
02 މެއި 2001 މިތާރީޚުގައި ބޭންކް އޮފް ސިލޯނާއި، ޒީނާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި
ދެމެދުވެފައިވާ ނަންބަރު 180
/
2001-MC
/
C އެއްބަސްވުމުގައިވާ އެންމެހައި ޝަރުތުތަކަށް ބޭންކް އޮފް
ސިލޯނާއި ޒީނާ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި މިމުޢާމަލާތަށް ޔަޤީންކަން ދިން ފަރާތްތަކުން
އެއްބަސްވެވި ބޭންކް އޮފް ސިލޯނުން -/750,00ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) ގެ ދާއިމީ އޯވަރ
ޑްރާފްޓް ފެސިލިޓީއެއް ދޫކުރެވިފައިވާއިރު، އެފަރާތްތަކުން ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ
ގޮތުގެމަތީން ދެއްކިފައިނުވާތީ، 14 މާރޗް 2011 ވަނަ ދުވަހާއިހަމައަށް 1,173,129165ރ.
(އެއްމިލިއަން އެއްލައްކަ ހަތްދިހަ ތިންހާސް އެއްސަތޭކަ ނަވާވީސް ރުފިޔާ ފަސްދޮޅަސްފަސް ލާރި)
ދައްކަންޖެހި ނުދެއްކިވާތީ، މިފައިސާއާއި، އޯވަރ ޑްރާފްޓް ފެސިލިޓީއަށް އަރަމުންދާ އިންޓްރެސްޓާއި އެކު
ފައިސާ ލިބިދިނުމަށާއި، އެފައިސާ ދިނުމަށް އިންކާރުކުރާނަމަ، ބޭންކް އޮފް ސިލޯނުގައި ރަހުނުކުރެވިފައިވާ
ރަހުނުތައް ވިއްކާލައިގެން މިފައިސާ ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ހުށަހެޅި ދަޢުވާއެއްކަން އެނގެން
އޮންނަކަމާއި،
OOO
/ / / 22 2 6
.ގދތރކމއ
ec
މިދަޢުވާއަށް ޒީނާއަށް އެންޓަރ ޕްރައިސަސްޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރު
އެފަރާތުން މިމައްސަލައިގައި ބުނެފައިވަނީ ފައިސާ ދެއްކިފައިނުވަނީ ކުންފުނީގެ ޙާލަތު ދަށްވުމުންކަމަށާއި،
ކުންފުނީގެ ޙާލަތު ދަށްވުމުން 04 ފެބުރުއަރީ 2007 ގައި ބޭންކް އޮފް ސިލޯނުގައި ރަހުނުކުރެވިފައިވާ
ތަކެތީގެ ތެރެއިން އެވަގުތު ބޭނުންކުރެވޭ ޙާލަތުގައި ހުރި ތަކެތި ވިއްކާލައިގެން ލިބުނު އެއްޗެއް ބޭންކް
އޮފް ސިލޯނަށް ދެއްކުމަށް ހުށަހެޅުމުން ބޭންކުން އެއްބާރުލުން ދީފައިނުވާކަމުގައެވެ." މިފަދައިން ކަމާއި،
މިދަޢުވާއާއި ގުޅިގެން އަޙުމަދު މަޢުރޫފާއި، މުޙައްމަދު އަތީފުއާއި، މުޙައްމަދު އަޙުމަދު އާއި، މުޙައްމަދު
ސަމީރުގެ ފަރާތުން ބުނެފައިވަނީ، މިމައްސަލައިގައި ޙަވާލާދެވޭ 02 މެއި 2011 ގެ އެއްބަސްވުމުގައި
ޔަޤީންކަންދޭ ފަރާތުގެ ޙައިސިއްޔަތުން ސޮއިކޮށްފައިވަނީ، ޒީނާ އެންޓަރ ޕްރައިސަސްޕްރައިވެޓް ލިމިޓެޑުން
ފައިސާ ނުދައްކައިފިނަމަ އެފައިސާ އަނބުރާ ދިނުމަށް ނޫންކަމަށާއި، އެ އެއްބަސްވުމުގައި
ސޮއިކުރެވިފައިވަނީ ޒީނާ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެފައިސާ ބޭންކް އޮފް
ސިލޯނަށް ދައްކާނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ކަމަށާއި، އެހެންކަމުން މި މައްސަލައިގައި ދަޢުވާ
ލިބެންޖެހޭނީ ހަމައެކަނި ޒީނާ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެކަނިކަމަށްބުނެ
މިދަޢުވާގެ އަސްލަށް އިންކާރުކުރާކަމަށް މިފަރާތްތަކުން ބުނާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން މާލެ، އަނެއް ތިން،3385029، ފެކްސް:3316471
އީމެއިލް
[email protected]$ނަޓްސް.www.highcourt.gov
!ގޮތަށް
9
2014/HC-A/336
(ނ) ދެވަނަކަމަކީ، މިދަޢުވާގެ އަސްލަށް ސިވިލްކޯޓުގައި މައްސަލަރައްދުވި ފަރާތްތަކުގެ ތެރެއިން
އަޙުމަދު މަޢުރޫފާއި، މުޙައްމަދު އަތީފުއާއި، މުޙައްމަދު އަޙުމަދު އާއި، މުޙައްމަދު ސަމީރުގެ ފަރާތުން
އިންކާރުކޮށްފައިވީނަމަވެސް، ބޭންކް އޮފް ސިލޯނާއި، ޒީނާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި
ދެމެދުވެފައިވާ ނަންބަރު 180
/
2001-MC
/
C އެއްބަސްވުމުގައިވާ ޝަރުތުތަކާއި ޒީނާ
އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި އެއްފަދައަކުން ފައިސާ ދެއްކުމުގައި އެފަރާތްތަކުން
ޒިންމާވާންޖެހޭކަމަށް ސިވިލްކޯޓުން ކަނޑައަޅުއްވާފައިވަނީ، ޒީނާ އެންޓަރ ޕްރައިސަސް ޕްރައިވެޓް
ލިމިޓެޑަށް ދޫކުރެވިފައިވާ ފައިސާއަކީ، މިފަރާތްތަކުން ޝަޚްސީގޮތުން ދީފައިވާ ޔަޤީންކަމުގެ މައްޗަށް
ބިނާކޮށް، އެރައްކާތެރިކަމުގެ ދަށުން ދޫކުރެވިފައިވާ ފައިސާއެއްކަން އެއްބަސްވުމުން އެނގެން އޮންނަކަމަށް
ބަޔާންކޮށް، މިމުޢާމަލާތުގައި ފައިސާ ލިބިފައިވާ ޒީނާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާ
އެއްފަދައަކުން އެފަރާތްތައްވެސް ޒިންމާނަގަންޖެހޭތީކަމުގައި ބުނެ އެސަބަބުގެ މައްޗަށްކަން އެނގެން
އޮންނައިރު، ސިވިލްކޯޓުން މިމައްސަލަ ނިންމީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމަށް ބުނެ
މިމައްސަލަ އިސްތިއުނާފުކޮށްފައިވަނީ އަޙުމަދު މަޢުރޫފާއި، މުޙައްމަދު އަތީފުއާއި، މުޙައްމަދު އަޙުމަދާއި
މިތިން ފަރާތުން އެކަނިކަމާއި، އެފަރާތްތަކުން މިމައްސަލައިގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށް ބެލުމުން، އެފަރާތްތަކުން އިސްތިއުނާފުގައި ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާއަކީވެސް 02
މެއި 2001 މިތާރީޚުގައި ބޭންކް އޮފް ސިލޯނާއި، ޒީނާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި
ދެމެދުވެފައިވާ ނަންބަރު 180
/
2001-MC
/
C އެއްބަސްވުމުގެ
ވުމުގެ ދަށުން ޔަޤީންކަންދިން ފަރާތްތަކުގެ
ޙައިސިއްޔަތުން އޯވަރ ޑްރާފްޓް ފެސިލިޓީގައި ބަޔާންކުރާ ފައިސާ ދެއްކުން އެފަރާތްތަކުގެ މައްޗަށް ލާޒިމް
ނުވާނޭކަމަށް ބުނާބުނުންކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، މިމައްސަލައާއިއެކު ސިވިލްކޯޓަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން ހުށަހެޅި
ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ޒީނާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދުވެފައިވާ ނަންބަރު
180
/
2001-MC
/
C އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގެ ފެށުމުގައި ދަރަނި ނަގާފަރާތެއްގެ
ގޮތުން ޒީނާ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި މިމުޢާމަލާތަށް ޔަޤީންކަންދޭ ފަރާތެއްގެ ގޮތުން
މުޙައްމަދު ސަމީރުއާއި، އަޙުމަދު މަޢުރޫފާއި، މުޙައްމަދު އަތީފުއާއި، މުޙައްމަދު އަޙުމަދުގެ އެދުމުގެ މަތީން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާމިދިވޭތީއެއެވެ. 3323829، ފެކްސް 3316471
އީމެއިލް [email protected]
www.highcourt.gov.in
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/336
ބޭންކް އޮފް ސިލޯނުން ދާއިމީ އޯވަރ ޑްރާފްޓެއްގެ ގޮތުގައި ދޫކުރުމަށް އެއްބަސްވެފައިވާ -/750,000
(ހަތްލައްކަފަންސާސްހާސް ރުފިޔާ) އާއި ގުޅޭ ގޮތުން ދަރަނި ނަގާފަރާތާއި ޔަޤީންކަންދޭ ފަރާތުގެ
އެދުމުގެ މަތީން ފޮނުވާފައިވާ ޑިމާންޓް ޕްރޮމިސަރީ ނޯޓުގައިވާ ގޮތުގެ މަތީންނާއި، ބޭންކުން
އެދިފައިވާގޮތުގެ މަތީން ޢަމަލުކުރުމަށާއި އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތީން ޢަމަލުކުރަން
އެއްބަސްވާކަމުގައި ބަޔާންކޮށްފައިވާއިރު، މިއެއްބަސްވުމުގައި ޔަޤީންކަންދޭ ފަރާތްތަކުގެ ޙައިސިއްޔަތުން
މިމައްސަލަ އިސްތިއުނާފުކުރާ އެންމެހައި ފަރާތްތަކުން ސޮއިކޮށްފައިވާކަން އެނގެންއޮންނަކަމާއި، އަދި
މިއެއްބަސްވުމުގެ އެއްވެސްމާއްދާއަކަށް މިދަރަނި ނެގިފަރާތުންވެސް އަދި މިމައްސަލަ އިސްތިއުނާފުކުރާ
އެއްވެސް ފަރާތަކުންވެސް އިންކާރުނުކުރާކަން އެނގެން އޮންނައިރު، އިޝާރާތްކުރެވުނު އެއްބަސްވުން
ފެށުގައި ޙަވާލާދީފައިވާ ޑިމާންޑް ޕްރޮމިސަރީ ނޯޓަށް ބެލުމުން އެލިޔުމުގައިވެސް ގެރެންޓަރުންގެ
ޙައިސިއްޔަތުން އިސްތިއުނާފުކުރާ ފަރާތްތަކުން ސޮއިކޮށްފައިވާކަން އެނގޭކަމާއި، މީގެ އިތުރުން މިމައްސަލަ
އާއި ގުޅިގެން ބޭންކް އޮފް ސިލޯނުގެ ފަރާތުގެ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ލިޔުންތަކުގެ ތެރޭގައި
ހިމެނޭ ގެރެންޓީ ބޮންޑާއި، އޯވަރ ޑްރާފްޓް ލިޔުމުގައިވެސް އިސްތިއުނާފުކުރި ފަރާތްތަކުން
ސޮއިކޮށްފައިވާކަން އެނގޭއިރު، މިލިޔުންތަކުގައި ކުރެވިފައިވާސޮޔަކީ އެފަރާތްތަކުގެ ސޮއިނޫންކަމަށްބުނެ
އެކަމުގެމައްޗަށް އެއްވެސް އިންކާރެއްހޭ
އިންކާރެއްކޮށްފައިނުވާކަން އެނގޭކަމެވެ.
OXOCO
(ރ) ހަތަރުވަނަކަމަކީ، އިޝާރާތްކުރެވުނު ލިޔުންތަކުގައި ސޮއިކުރިކަމާއިމެދު އިސްތިއުނާފުކުރާ
ފަރާތްތަކުން އިންކާރުކޮށްފައިނުވިނަމަވެސް، މިލިޔުންތަކުގައި ސޮއިކޮށްފައިވަނީ ބޭންކުން އިސްތިޢުނާފުކުރި
ފަރާތްތަކަށް އޮޅުވާލި އޮޅުވާލުމެއްގެ ނަތީޖާއެއްގެ ގޮތުންކަމަށާއި، މިގޮތުން މިލިޔުންތަކުގައި ސޮއިކުރިއިރު
ބޭންކުގެ ފަރާތުން ބުނެފައިވަނީ އެލިޔުންތަކުގައި ސޮއިކުރަންޖެހެނީ ކުންފުނީގެ ޝެއަރ ހޯލްޑަރުންގެ
ޙައިސިއްޔަތުންކަމަށާއި، އަދި އެފަރާތްތަކުގެ އަމިއްލަ ޙައިސިއްޔަތުން ޒިންމާނަގަން ނުޖެހޭނެކަމަށްކަމަށާއި،
މިހެންކަމުން މިލިޔުންތަކުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ސޮއިކުރިއިރު، އަމިއްލަ ޙައިސިއްޔަތުން އެ
ލޯނަށް ގެރެންޓީ ދިނުމުގެ ނިޔަތެއް އެއްވެސް އިރެއްގައި ނެތްކަމަށްވާތީ ލޯނަށް ގެރެންޓީ ދީފައިވަނީ
އަމިއްލަ ޙައިސިއްޔަތުން
ތުން ނޫންކަމުން، މިލިޔުންތަކާއި ގުޅޭ އެއްވެސް ޒިންމާއެއް މިމައްސަލަ އިސްތިއުނާފު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، ދާޚިދިމާވިން 332502، ފެކްސް: 331471
އީމެއިލް [email protected]ވެބްސައިޓް: WWW.highcourt gov.mv
11
2014/HC-A/336
ޙަޤީޤަތާ
18 * *
ކުރިފަރާތްތަކުން އުފުލަންނުޖެހޭނެކަމަށް ބުނެ އެކަން އިސްތިއުނާފުކޮށްފައިވާ ފަރާތްތަކުން ދަށުކޯޓުގައި
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ޤާނޫނު ނަންބަރު ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާއިބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގައި"
ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ޤަބޫލުކުރާގޮތުން،
ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން،
އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރިވެއްޖެނަމަ،
އެއީ ޙަޤީޤަތް އޮޅުވާލުމުގެ މަލު ހިންގާކަމަށް ބެލޭނެކަމަށެވެ." މިފަދައިންކަމާއި، ޢާއްމު އުސޫލެއްގެ
ގޮތުން އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އެއެއްބަސްވުމުގައި ސޮއިކުރީ ޙަޤީޤަތް އޮޅުވާލައިގެންކަމަށް
އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެއްވެސް ފަރާތަކުން ބުނާނަމަ އެކަން ސާބިތުކުރުމުގެ ބުރަ އުފުލަން
ޖެހޭނީ އެފަދައިން ބުނާ ފަރާތަކުން ކަމާއި، މިމައްސަލައިގައި ޙަވާލާދެވޭ ލިޔުންތަކާއި އެއްބަސްވުމުގައި
އިސްތިއުނާފުކުރާ ފަރާތްތަކުން ސޮއިކޮށްފައިވަނީ ޙަޤީޤަތް އޮޅިގެންވާ ޙާލުގައިކަމަށާއި، މި ގޮތުން
އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ އޮޅުވާލެވިގެންކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން މިހާރު
ބުނާއިރު، އެކަމަކީ މިފައިސާ ހޯދުމަށް ބޭންކް އޮފް ސިލޯނުން އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ދަޢުވާ
އުފުލުމުގެ ކުރިން މިފަރާތްތަކުން އެކަން ބޭންކް އޮފް ސިލޯނުގެ ސަމާލުކަމަށް ގެނެސްފައިވާ
ކަމެއްނޫންކަމާއި އަދި އެސަބަބަށްޓަކައި މިފަރާތްތަކުން ސޮއިކޮށްފައިވާ ލިޔުންތައް ބާތިލުކުރުމުގެ އެއްވެސް
މައްސަލައެއް މިފަރާތްތަކުން ޝަރުޢީކޯޓަކަށް ހުށަހަޅާފައިނުވާކަން އެނގެން އޮންނައިރު، ބޭންކުން ދޫކުރެވޭ
މިފަދަ ދަރަނީގެ މުޢާމަލާތްތަކުގެ މައްޗަށް ބަލާއިރު، އެފަދަ މުޢާމަލާތްތަކަށް ޔަޤީންކަންދޭ ފަރާތްތަކަކީ
ދަރަނި ދައްކަންޖެހޭ ފަރާތުން ފައިސާ ނުދެއްކިއްޖެނަމަ އަދި އެކަން އެނޫންމަގަކުން ހިނގިކަން މަދަނީ
މިންގަނޑުން ސާބިތުކުރެވިދާނެފަދަ ޙުއްޖަތްތަކެއް ފެންނަންނެތްނަމަ، ޔަޤީންކަން ދިން ފަރާތްތަކުން
ޝަޚުސީ ގޮތުން އެފަދަ ދަރަންޏަށް ޒިންމާ އުފުލަންޖެހޭގޮތަށް އޮންނަކަމެ
ކަމެއްކަމާއި،
OCOX
މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ބޭންކް އޮފް ސިލޯނާ، މިމައްސަލަ
އިސްތިއުނާފުކުރާ ފަރާތްތަކާއި ދެމެދު އެއްލިޔުމެއްވުރެ ގިނަ ލިޔުންތަކުގައި އެއްބަސްވެ ސޮއިކޮށްފައިވާއިރު،
މިއިން ހުރިހާ ލިޔުމެއްގައިވެސް މިފަރާތްތަކަކީ ލޯނަށް ޔަޤީންކަން ދޭފަރާތުގެ ގޮތުގައި ބަޔާންވެގެން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްވާ ޕްރައި
33251 ފެކްސް: 331647
އީމެއިލް [email protected]ވެބްސައިللwww.highcourt.g
12
2014/HC-A/336
coco
އޮތުމުންނާއި، މިއިން އެއްވެސް ލިޔުމެއްގައި އެފަރާތްތަކުން މިލިޔުންތަކުގައި ސޮއިކުރަނީ އެފަރާތްތަކުގެ
ފަރުދީ ޙައިސިއްޔަތުނެތްގޮތެއްގައި ކުންފުނީގެ ފަރާތުން ކުންފުނި ތަމްސީލުކުރާ ފަރާތެއްގެ
ޙައިސިއްޔަތުންކަން ބަޔާންވެގެން ނެތުމުގެ އިތުރުން އިސްތިއުނާފުކުރާ ފަރާތްތަކުން މިހާރު އެބުނާމަގުން
އެކަން ހިނގާ ގޮސްފައިވާކަން ސާބިތުކުރުމަށް ފުދޭ ކާފީ އެއްވެސް ހެއްކެއް ވިޔަސް އަދި ޤަރީނާއެއް
ވިޔަސް މިމައްސަލައިގައި ދަށުކޯޓުގައި ދަޢުވާ ލިބުނު އެހެން ފަރާތަކުން ވިޔަސް ދަށު ކޯޓަށް
ހުށަހަޅާފައިނުވާކަން އެނގެން އޮތުމުން އިސްތިއުނާފުކުރާ ފަރާތްތަކުން މިމައްސަލައިގައި ޙަވާލާދެވޭ
އެއްބަސްވުމުގައި ސޮއިކުރީ ޙަޤީޤަތް އޮޅިގެންވާ ޙާލުގައި ހުރެ ކަމަށް ޝަރުޢީ މިންގަނޑުން
ސާބިތުވާންނެތުމުން މިއެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުން އަދާކުރަން އެއްބަސްވި ޒިންމާ
އަދާނުކުރުމުގެ ޙައްޤު އެފަރާތްތަކަށް ލިބިއޮތްކަމުގައި ބެލެވެން ނެތްކަމެވެ.
ec
(ބ) ފަސްވަނަކަމަކީ، ބޭންކް އޮފް ސިލޯނުގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ދަޢުވާގެ ސީޕޯއަށް
ބަލާއިރު، އެފަރާތުން ދަޢުވާގައި އެދިފައިވަނީ އިޝާރާތްކުރެވުނު ފަދައިން ބޭންކް އޮފް ސިލޯންއާއި ޒީނާ
އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި، ދެމެދު 02 މެއި 2001 މިތާރީޚުގައި ވެފައިވާ ނަންބަރު
180
/
2001-MC
/
C އެއްބަސްވުމުގައިވާ އެންމެހައި ޝަރުތުތަކަށް ބޭންކް އޮފް ސިލޯނާއި ޒީނާ އެންޓަރ
ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި މިމުޢާމަލާތަށް ޔަޤީންކަން ދިން ފަރާތްތައް ކަމަށްވާ މ.ޒީނާ މުޙައްމަދު
ސަމީރު އާއި، މމޚިދ ނަންބަރު 6758 އަޙުމަދު މަޢުރޫފު އާއި، 5. ސިނަމާލެ 2-01-11 މުޙައްމަދު
ޢަތީފުއާއި، މ.މަދީޙާމަންޒިލް މުޙައްމަދު އަޙުމަދު އާއި އެއްބަސްވެވި ބޭންކް އޮފް ސިލޯނުން -/
750,00ރ.
(ހަތްލައްކަ ފަންސާސްހާސް ރުފިޔާ) ގެ ދާއިމީ އޯވަރޑްރާފްޓް ފެސިލިޓީއެއް ދޫކުރެވިފައިވާއިރު، އެފަރާތުން
ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެމަތީން ނުދެއްކުމުގެ ސަބަބުން އަރަމުންދާ އިންޓަރެސްޓާއިއެކު،
ޙުކުމްކުރާ ދުވަހާއި ހަމައަށް ދައްކަންޖެހޭ ފައިސާ އެކީ އެއްފަހަރާ ލިބިދިނުމަށާއި، އަދި ފައިސާ ދިނުމަށް
ބޭންކް އޮފް ސިލޯނުގައި ރަހުނުކުރެވިފައިވާ ރަހުނުތައް ވިއްކާލައިގެން މިފައިސާ
ލިބޭނެގޮތެއް ހަމަޖައްސައިދިނުމަށްކަން އެނގޭއިރު، މިފައިސާއަކީ ދައްކަންޖެހި ނުދެއްކި ފައިސާއެއްކަމަށް
އނެކެ"
ކުރެކުރާނަމަ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
13
2014/HC-A/336
ޒީނާ އެންޓަރ ޕްރައިސަސްޕްރައިވެޓް ލިމިޓެޑުން އިންކާރުނުކުރާކަމާއި، އަދި މިފައިސާއަކީ ދައްކަންނުޖެހޭ
ފައިސާއެއްކަމަށް މިމުޢާމަލާތަށް ޔަޤީންކަންދިން ފަރާތްތަކުންވެސް އިޢުތިރާޟުނުކުރާކަމާއި، އެފަރާތްތަކުގެ
ހަމައެކަނި އިޢުތިރާޝަކީ އެފަރާތްތަކުން ޔަޤީންކަންދިނީ ކުންފުނީގެ ޙިއްސާދާރުންގެ
ޙައިސިއްޔަތުންކަމުގައިވާތީ، ޝަޚު ޝީގޮތުން މިދަރަންޏަށް ޒިންމާވާން ނުޖެހޭނެކަމަށް ބުނާ ބުނުންކަމާއި،
މިމައްސަލައިގައި ސިވިލްކޯޓުން ކުރައްވާފައިވާ ޙުކުމަށްބަލާއިރު، ޙުކުމްކުރައްވާފައިވަނީ ބޭންކް އޮފް
ސިލޯނުން އެދިފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވާ އެފައިސާދެއްކުމަށް
އެމައްސަލައިގައި ދަޢުވާ ލިބުނު އެންމެހައި ފަރާތްތަކުގެ މައްޗަށް ޙުކުމްކުރައްވާކަމާއި، މިހެންކަމުން
ސިވިލްކޯޓުން މިމައްސަލައިގައި ޙުކުމްކުރައްވާފައިވަނީ ބޭންކް އޮފް ސިލޯނުން އެދިފައިނުވާކަމެއްގެ މައްޗަށް
ނޫންކަން އެނގޭކަމާއި، ސިވިލްކޯޓުން މިމައްސަލަ ނިންމެވުމުގައި ބޭންކް އޮފް ސިލޯނުން އެދުނު ފަދައިން
ރަހުނުކުރެވިފައިވާ ރަހުނުތައް ވިއްކާލައިގެން މިފައިސާ ލިބޭނެގޮތެއްހަމަޖައްސައިދިނުމަށް އެދުނު އެދުމާއި
އެއްގޮތަށް ޙުކުމް ކުރައްވާފައިނުވާ ސަބަބު މިމައްސަލަ ނިންމިގޮތުގެ ރިޕޯޓުގެ ހަވަނަ ކަމެއްގެ ގޮތުގައި
މިޤަޟިއްޔާގައި ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަމާއި، މިގޮތުން މިމައްސަލައިގައި ބޭންކް އޮފް
ސިލޯނުން އެދިފައިވަނީ، ދަޢުވާލިބޭފަރާތްތަކު
ބޯފަރާތްތަކުން ދައްކަންޖެހޭ ފައިސާ އެއްފަހަރާ ނުދެއްކިއްޖެނަމަ،
އެއްބަސްވުމުގެ ދަށުން ރަހުނުކުރެވިފައިވާ މުދާ ވިއްކާލުމުގެ ހުއްދައަކަށްނޫންކަމަށާއި، މިމައްސަލައިގައި
ބޭންކް އޮފް ސިލޯނުން އެދިފައިވަނީ ރަހުނު ކުރެވިފައިވާ މުދާ ވިއްކާލައިގެން ފައިސާ ލިބޭނެގޮތް
ހަމަޖައްސައި ދިނުންކަމަށްވާތީ، ދަޢުވާގައި އެދިފައިވާ ފަދައިން ރަހުނެއް ވިއްކާލެވޭނީ، އެރަހުނުގެ މައްޗަށް
އޮތް ދަރަނި އަދާކުރުމަށް ދެވޭ މުއްދަތުގައި އެދަރަނި އަދާ ނުކުރެވުމުންކަމުގައިވާތީ، މިމައްސަލައިގައި އަދި
އެޙާލަތު މެދުވެރިވެފައިނުވާކަން އެނގެން އޮތުމުން، ދަޢުވާގައި އެދިފައިވާ ގޮތަށް ރަހުނާމެދު ޢަމަލުކުރެވެން
ނެތްކަމަށް ބަޔާންކޮށްފައި އޮންނައިރު، އެފަދައިން ރަނާއި މެދު އެކޯޓުން ނިންމި ނިންމުން ޝަރުޢީ އަދި
ޤާނޫނީ އަސްލަކާއި ފުށުއަރާކަމުގައި ބެލެވެންނެތްކަމެވެ.
$$$3) 3e38
(ޅ) ހަވަނަކަމަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކަށްބަލާ
ބަލާއިރު،
އުސޫލަކީ
ހަމައެކަނި ދަރަންޏަށް ލޯނު ދޫކުރާ ފަރާތަކުން އެކަނި އެމައްޗަށް ޢަމަލުކުރުމަށް އިސްކަންދޭންޖެހޭނެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގެވިމާ ދިވެހީން، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެސް
www.highcourt.gov.my
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/336
އުސޫލެއްނޫންކަމާއި، މިމައްސަލައިގައި ކަން ހިނގާފައިވާގޮތަށްބަލާއިރު، ވަކި މުއްދަތެއްގެ ތެރޭގައި
އަނބުރާ ފައިސާދެއްކުމަށް ބޭންކް އޮފް ސިލޯނުން ދަރަންޏަށް ފައިސާ ނެގިކަމަށް މިމައްސަލައިގެ ދަޢުވާ
ރައްދުވި ޒީނާ އިންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުންނާއި، މިދަރަންޏަށް ޔަޤީންކަން ދީފައިވާ
ފަރާތްތަކުން އިޢުތިރާޝްކޮށްފައިނުވާއިރު، އެފައިސާ ދައްކަންއޮތް މުއްދަތުގައި ދެއްކިފައިނުވާކަން
މިއެންމެހައި ފަރާތްތަކުގެ ބަހުން އެނގެން އޮންނައިރު، މިފައިސާ ނުދެއްކި ދިޔައީ ބޭންކް އޮފް ސިލޯނުގެ
ފަރާތުން ކުޑަ ކަމެއްގެ ސަބަބުން އެފަރާތުގެ އިހުމާލަކުން ކަމުގައި އެނގެން ނެތްއިރު، މިލޯނު ނެގި
ފަރާތްތަކުން އަދި ލޯނަށް ޔަޤީންކަންދިން ފަރާތްތަކުން ލޯނު ދެއްކުމަށް ނުކުޅެދޭ ޙާލަތެއް
މެދުވެރިވެއްޖެނަމަ އެކަން ބޭންކްގެ ސަމާލުކަމަށް ގެނެސް ބޭންކުގެ ފަރާތުން މިކަމުގައި އެއްބާރުލުން
ނުދޭނަމަ އެކަން ޝަރީޢަތަށް ހުށަހެޅުމުގެ ފުރުސަތަކީ ލޯނު ނެގިފަރާތުން އަދި ޔަޤީންކަން ދިން
ފަރާތަށްވެސް ލިބިއޮތް ފުރުސަތެއްކަމާއި، އަދި މިމައްސަލަ ނިންމެވުމުގައި ސިވިލްކޯޓުން
ފާހަގަކުރައްވާފައިވާ ފަދައިން ރަހުނު ވިއްކާލުމުގެ ހުއްދައަށް އަރަނިވެރިޔާއަށް އެދެވޭ ފަދައިން،
ދަރަނިވެރިޔާއަށްވެސް އެޙާލަތުގައި އެފަދައިން ޙައްޤު ލިބިގެންވާކަން އެނގޭކަމާއި، ނަމަވެސް މިއިން
އެވެސް މައްސަލައެއް އިސްތިއުނާފުކުރާފަރާތްތަކުން ޝަރުޢީ އެއްވެސް ކޯޓަކަށް ހުށަހެޅިކަން އެނގެން
ނެތްއިރު، ރަހުނު ވިއްކާލުމަށް ބޭންކުގެ ފަރާތުން އެއްބާރުން ނުދިންކަމަށް މިހާރު ބުނި ނަމަވެސް އެކަމަށް
މަސައްކަތްކޮށްފައިވާކަން ސާބިތުކޮށްދެވޭފަދަ އެކަށީގެންވާ ޙުއްޖަތްތަކެއް ހުށަހަޅާފައިނެތުމުން، ދަރަނި
ހޯދުމުގެ މައްސަލައާއި ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދި ބޭންކް އޮފް ސިލޯނުން އެކަށީގެންވާ އަވަސް
މިނެއްގައި ދަޢުވާކޮށްފައި ނެތް ކަމަށް ބުނެ ގެއްލުން ކުޑަކުރުމުގެ މަފްހޫމްގެ ދަށުން އިސްތިއުނާފުކުރާ
ފަރާތްތަކަށް ލުޔެއް ލިބެންޖެހޭކަމަށް ބުނި ނަމަވެސް އެފަދަ ލުޔެއް އެފަރާތްތަކަށް ލިބެންޖެހޭ ޙުއްޖަތެއް
އޮތްކަމަށް ނުބެލެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/573 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އެދި ދަފްތަރު ނަންބަރު 6758 އަޙްމަދު މަޢުރޫފް އާއި ގ.ސިނަމާލެ 2-01-11/ މާލެ،
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
15
2014/HC-A/336
މުޙައްމަދު އަޠީފް އާއި މ.މަދީހާމަންޒިލް/ ކ.މާލެ މުޙައްމަދު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ
ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން ނެތްކަމުގައެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ސިވިލް ކޯޓުގެ
ނަންބަރު 2011/Cv-C/573 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
ދަފްތަރު ނަންބަރު 6758 އަޙްމަދު މަޢުރޫފް އާއި ގ.ސިނަމާލެ 2-01-11/ މާލެ، މުޙައްމަދު އަޠީފް އާއި
މ.މަދީހާމަންޒިލް/ ކ.މާލެ މުޙައްމަދު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި،
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ފެންނަންނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/573 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނާނެތަނެއް ނެތްކަމަށްކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
އެޤަ.
އ
ލޯ،
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv