ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/301 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/301
ޤަޟިއްޔާ ނިމުނު ގޮތުގެ
މި ހުލާސާ
بم اقبال سراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
0
ޤަޟިއްޔާ ނަންބަރު:301/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
ކާޑުނަ
:ނަންބަރު:
* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
އައިޑީ
• އިސްތިއުނާފު ރައްދުވީ ފަރާތް:
* ނަން: އިބްރާހީމް ޝަޒްލީލް
ކާޑު ނަންބަރ: A294038
* ދާއިމީ އެޑްރެސް: ރީތިގަސްދޮށުގެ ސ.ފޭދޫ
މިހާރުގެ އެޑްރެސް: ރީތިގަސްދޮށުގެ ސ.ފޭދޫ
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޒުލްޤައިދާ 1435
01 އޮކްޓޯބަރ 2013
، ނިމުނު ތާރީޚް: 11 ރަމްޟާން 1435
09 ޖުލައި 2014
0
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
ނަންބަރު: 2012/Cr
-
C/664
• ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
• މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
ހުށަހެޅި ތާރީޚް:29 ސެޕްޓެމްބަރ 2012
0
* ނިމުނު ތާރީޚް: 09 މެއި 2013
0
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޖާހިލް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2013/HC-A/301
ޑިމީގެ މުސާ
ޤަޟިއްޔާ ނިމުނު ގޮތުގެ
•ދަޢުވާގެ ޚުލާޞާގެ
322c
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/664 ޤަޟިއްޔާގައި
ރީތިގަސްދޮށުގޭ އިބްރާހީމް ޝަޒްލީލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އޫޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާގައި ބެލެވުނު އިބްރާހީމް ޝަޒްލީލުގެ ބައި އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޚި
ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ
ފޭދޫ، ރީތިގަސްދޮށުގޭ އިބްރާހީމް
ޝަޒްލީލްއެވެ.
•ފާހަގަ ކުރެވުނު ނުކުތާތައް:
-01
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/664 ޤަޟިއްޔާގައި އިބްރާހީމް
ޝަޒްލީލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާގައި ބެލެވުނު އިބްރާހީމް ޝަޒްލީލުގެ ބައި އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
294
02- ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/664 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ސ. ފޭދޫ ރީތިގަސްދޮށުގެ، އިބްރާހީމް ޝަޒްލީލާއި،
ރައިހާންގޭ ޢަބްދުﷲ އުނައިސްގެ މައްޗަށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް info
@
hig hcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
3
ޚުލާސާ
2{13/HC-A/301
02 20
"ޖުވޭސް ކެފޭ" ކުރިން ހިންގި ތަނުގެ ކައިރީގައި ދެމީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ
ޤަޟިއްޔާ ނިމުނު ގެ
103 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޢަބްދުﷲ އުނައިސްއާއި އިބްރާހީމް
ޝަޒްލީލްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި، އެ
ދަޢުވާ ކުރައްވާފައިވަނީ، ޢަބްދުﷲ އުނައިސްއާއި އިބްރާހިމް ޝަޒްލީލް، 07 މެއި 2012 ދުވަހު 23:00
އެހާކަންހާއިރު ސ. މަރަދޫ "ޖުވޭސް ކެފޭ" ކުރިން ހިންގި ތަނުގެ ކައިރީގައި ދެމީހަކު މަސްތުވާތަކެތީގެ
ވިޔަފާރި ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންގެ ބޭކަލުންނަށް ލިބުމާއި ގުޅިގެން އެ ސަރަހައްދުގައި
މިދެމީހުންގެ ހަރަކާތްތަކަށް ފުލުހުން ފާރަލަމުން ދަނިކޮށް، އިބްރާހީމް ޝަޒްލީލް ދުއްވަންއިން ސައިކަލުގެ
ފަހަތަށް ޢަބްދުﷲ އުނައިސް އެރި ވަގުތު، މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަވައި މިދެމީހުން ތިބި
ސައިކަލު ކައިރީގައި އޮތް ހުދުކުލައިގެ ސިޓީއުރަ ނަގައި ފުލުހުން ޗެކްކުރިއިރު އޭގެ ތެރެއިން ފެނުނު ބްލެޓް
ސައިޒުގެ 20 ރަބަރު ޕެކެޓާއި އޭގެ ތެރެއިން ފެނުނު 01 ރަބަރު ޕެކެޓް ތެރެއިން ފެނުނު ބްލެޓް ސައިޒްގެ
10 ރަބަރު ޕެކެޓްގެ ޖުމްލަ ބަރުދަނުގައި 14.9058 ގްރާމް ޑައިއެސިޓައިލްމޯފިން ހުރިކަމަށް އެތަކެތީގެ
ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، ސިޓީ އުރައިގެ ބޭރުން ނެގުނު ފިންގަރޕްރިންޓާއި އިބްރާހީމް ޝަޒްލީލް ވައަތު
މެދުއިނގިލީގެ ނިޝާނާއި ކަނާއަތު މެދު އިނގިލީގެ ނިޝާނާއި ދިމާވާކަން ފިންގަރޕްރިންޓް ކޮމްޕްރިސަން
ރިޕޯޓުން ދައްކާތީއާއި، މިދެމީހުންގެ ހަށިގަނޑުބަލާ ފާސްކުރެއްވި އިރު ޢަބްދުﷲ އުނައިސް ލައިގެންހުރި
ސޯޓުބުރީގެ ވާތްފަރާތު ފަހަތު ޖީބުގައި އޮތް ހުދުކުލައިގެ ސިޓީއުރައިން ފެނުނު ބްލެޓް ސައިޒްގެ 20 ރަބަރު
ޕެކެޓާއި ހަމަ އެސިޓީ އުރައިގެތެރޭގައި އޮތް ހުދުކުލައިގެ ޓިޝޫ ގަނޑެއްގެ ތެރެއިން ފެނުނު ބްލެޓް ސައިޒްގެ
01 ރަބަރު ޕެކެޓްގެ ޖުމްލަ ބަރުދަނުގައި 46.084 ގްރާމް ޑައިއެސިޓައިލް މޯފިން ހެރޮއިން ހުރިކަމަށް
އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެން ފަހެ، ސ.ފޭދޫ ރީތިގަސްދޮށުގެ، އިބްރާހީމް
ޝަޒްލީލް އާއި، ސ.ފޭދޫ ރައިހާނުގެ، ޢަބްދުﷲ އުނައިސްގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިން ޓްރެފިކް
ކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން 07 މެއި 2012 ދުވަހު 23:30 ހާއިރު، ސ.މަރަދޫ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް info
@
hig hcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
4
2{13/HC-A/301
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ﷲ 2222
މައުލޫމާތު ފުލުހުންގެ ބޭކަލުންނަށް ލިބުމާއި ގުޅިގެން އެ ސަރަހައްދުގައި މިދެމީހުންގެ ހަރަކާތްތަކަށް ފުލުހުން
ފާރަލަމުން ދަނިކޮށް، އިބްރާހީމް ޝަޒްލީލް ދުއްވަންއިން ސައިކަލުގެ ފަހަތަށް ޢަބްދުﷲ އުނައިސް އެރިވަގުތު،
މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިދެމީހުންނާއި މިދެމީހުން ތިބިތަން ބަލާ ފާސްކުރިއިރު
މިދެމީހުން ތިބި ސައިކަލު ކައިރީ ބިންމަތިން ހުދުކުލައިގެ ސިޓީއުރައެއް ފެނިފައިވާކަމާއި، ޢަބްދުﷲ އުނައިސް
ލައިގެން ހުރި ސޯޓު ގެ ޖީބުން ހުދުކުލައިގެ ސިޓީއުރައެއް ފެނިފައިވާކަން ހެކިންގެ ހެކިބަހުން އެނގެން
އޮންނާތީއާއި، ޢަބްދުﷲ އުނައިސްގެ ޖީބުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 21.537 ގްރާމް ޑައިމޯފިން
ހުރިކަން އެތަކެތީގެ ތަޙުލީލު ރިޕޯޓުން އެނގެން އޮންނާތީ، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ
މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ
(ހ) އާއި ޙަވާލާދީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން ޢަބްދުﷲ އުނައިސް ކުށްވެރި ވެއްޖެކަމަށް
ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 103 ވަނަ މާއްދާގެ (ނ) ގެ ދަށުން
ޢަބްދުﷲ އުނައިސް އުމުރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، މިފައިސާ
މިއަދުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓަށް (ކްރިމިނަލް ކޯޓަށް) ދެއްކުމަށް ޢަބްދު
އުނައިސް އަށް އަންގައި، މި މައްސަލާގައި ދަޢުވާލިބޭ އިބްރާހީމް ޝަޒްލީލްގެ މައްޗަށް މިދަޢުވާ ސާބިތުވާވަރުގެ
ކާފީހެކި ޤާރިބާ ލިބިފައިނުވާތީ، އިބްރާހީމް ޝަޒްލީލްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި މިގޮތުގެ މަތިން ޙުކުމްކޮށް ޝިޤާޟިއްޔާ ނިންމީއެވެ."
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
324&
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/664 ޤާޟިއްޔާގައި
ރީތިގަސްދޮށުގޭ އިބްރާހީމް ޝަޒްލީލުގެ ބައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް
ބުނެ އޭނާގެ ބައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން 03 (ތިނެއް) ނާކާތް ނައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{13/HC-A/301
މި ޚުލާސާ
ޤަޟިއްޔާ ނިމުނު ގޮތުގެ
2 22 22 22
ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ، ދަޢުލަތުން އިބްރާހީމް ޝަޒްލީލްގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން
ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހާދިސާގެ ސީނަށް ދުރުވި ފުލުހުންނާއި، އިބްރާހީމް
ޝަޒްލީލްއާއި ޢަބްދުﷲ އުނައިސް ތިބި ސައިކަލުގެ ކައިރީގައި އޮތް ހުދުކުލައިގެ ސިޓީ އުރައިގެ ތެރެއިން
ފެނުނު މަސްތުވާތަކެއްޗާއި، ޢަބްދުﷲ އުނައިސްގެ އަތުން ފެނުނު މަސްތުވާތަކެތީގެ ތަހްލީލް ރިޕޯޓާއި އެރިޕޯޓް
ތައްޔާރު ކުރެއްވި ފަރާތާއި، އިބްރާހީމް ޝަޒްލީލްއާއި ޢަބްދުﷲ އުނައިސް ތިބި ސައިކަލުގެ ކައިރީގައި އޮތް
ހުދުކުލައިގެ ސިޓީ އުރައިގެ ބޭރުން ނެގުނު ފިންގަރޕްރިންޓާއި އިބްރާހީމް ޝަޒްލީލްގެ ކަނާއަތުގެ މެދު
އިނގިއްޔާ ވައަތުގެ މެދު އިނގިއްޔާއި ދިމާވާކަމަށް ނިންމާފައިވާ ފިންގަރޕްރިންޓް ކޮމްޕްރިސަން ރިޕޯޓާއި
އެރިޕޯޓް ތައްޔާރު ކުރެއްވިފަރާތް ހުށަހަޅާފައިވަނިކޮށް އިބްރާހީމް ޝަޒްލީލްގެ މައްޗަށް މިދަޢުވާ
ސާބިތުކުރެވޭވަރުގެ ކާފީހެކި ޤަރީނާ ލިބިފައިނުވާކަމަށް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި
ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ދަޢުލަތުން އިބްރާހީމް ޝަޒްލީލްގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން
ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ފިންގަރޕްރިންޓް ކޮމްޕްރިސަން ރިޕޯޓާއި
އެރިޕޯޓުގައި އިބްރާހީމް ޝަޒްލީލްއާއި ޢަބްދުﷲ އުނައިސް ތިބި ސައިކަލުގެ ކައިރީގައި އޮތް ހުދުކުލައިގެ ސިޓީ
އުރައިގެ ބޭރުން ނެގުނު ފިންގަރޕްރިންޓާއި އިބްރާހީމް ޝަޒްލީލުގެ ކަނާއަތުގެ މެދު އިނގިއްޔާއި ވައަތުގެ މެދު
އިނގިއްޔާއި ދިމާވާކަމަށް ނިންމާފައިވާ ނިންމުން ޝަރީޢަތުން ވަޒަންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2{13/HC-A/301
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0202
17/2011
(ނ) ތިންވަނަ ނުކުތާއަކީ: ދަޢުލަތުން އިބްރާހީމް ޝަޒްލީލްގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން
ޓްރެފިކް ކުރުމުގެ
ކުށުގެ ދައުވާ ސާބިތުނުވާކަމަށް ނިންމުމުގައި ޤާނޫނު ނަންބަރު
(މަސް .އިބެހޭ ޤާނޫނު) ގެ ވަނަ މާއްދާއަށް ރިޢާޔަތް ނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
0
2 / ހ2ބރު
.هވާޗކެއެ&އވެ
144
292
04- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/664 ޤަޟިއްޔާގައި ހިމެނޭ
ރީތިގަސްދޮށުގޭ އިބްރާހީމް ޝަޒްލީލުގެ ބައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުންނާއި މި އިސްތިއުނާފު
ދަޢުވާރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ފޭދޫ ރީތިގަސްދޮށުގެ، އިބްރާހީމް ޝަޒްލީލުގެ މައްޗަށް ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ
(ނ) ގެ ދަށުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ، 07 މެއި 2012 ދުވަހު 23:00
އެހާކަންހާއިރު ސ. މަރަދޫ "ޖުވޭސް ކެފޭ" ކުރިން ހިންގި ތަނުގެ ކައިރީގައި ދެމީހަކު މަސްތުވާތަކެތީގެ
ވިޔަފާރި ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އެ ސަރަހައްދުގައި އެދެމީހުންގެ
ހަރަކާތްތަކަށް ފުލުހުން ފާރަލަމުން ދަނިކޮށް، އެދެމީހުންގެ ތެރެއިން އިބްރާހީމް ޝަޒްލީލް،
ރައިހާންގޭ ޢަބްދުﷲ އުނައިސް ދުއްވަންއިން ސައިކަލުގެ ފަހަތަށް އެރިވަގުތު، އެ ދެމީހުން ފުލުހުންގެ ބެލުމުގެ
ދަށަށް ގެންގޮސް އެ ދެމީހުން ތިބި ސައިކަލު ކައިރީގައި އޮތް ހުދުކުލައިގެ ސިޓީއުރަ ނަގައި
ފޮދޫ
ހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް info
@
hig hcourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv
7
2{13/HC-A/301
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޗެކްކުރިއިރު އޭގެ ތެރެއިން ފެނުނު ބްލެޓް ސައިޒުގެ 20 ރަބަރު ޕެކެޓާއި އޭގެ ތެރެއިން ފެނުނު 01 ރަބަރު
ޕެކެޓް ތެރެއިން ފެނުނު ބްލެޓް ސައިޒުގެ 10 ރަބަރު ޕެކެޓުގެ ޖުމްލަ ބަރުދަނުގައި 14.9058 ގްރާމް
ޑައިއެސިޓައިލްމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، ސިޓީ އުރައިގެ ބޭރުން ނެގުނު
ފިންގަރޕްރިންޓާއި އިބްރާހީމް ޝަޒްލީލް ވައަތު މެދުއިނގިލީގެ ނިޝާނާއި ކަނާއަތު މެދު އިނގިލީގެ ނިޝާނާއި
ދިމާވާކަން ފިންގަރޕްރިންޓް ކޮމްޕްރިސަން ރިޕޯޓުން ދައްކާތީކަން އެނގޭކަމާއި، އެ ދަޢުވާ ސ. ފޭދޫ،
ރީތިގަސްދޮށުގޭ އިބްރާހީމް ޝަޒްލީލުގެ މައްޗަށް ހުށަހެޅުމުން އެދަޢުވާއަށް އިންކާރުކޮށްފައިވާކަން އެނގޭކަމާއި،
އެހެންކަމުން އެދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހެކި ހުށަހަޅާފައިވާކަމާއި، މިގޮތުން ހުށަހެޅި
ހެކިންގެ ތެރެއިން:-
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް އަޙްމަދު ނަޒުމީނު (ސ.ނ.3488) ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނެފައިވަނީ 07 މެއި 2012 ދުވަހު 23:00
އެހައިކަންހާއިރު، ސ. މަރަދޫ "ޖުވޭސް ކެފޭ" ކުރިން ހިންގި ތަނުގެ ކައިރީގައި ދެމީހަކު މަސްތުވާތަކެތީގެ
ވިޔަފާރި ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އެތަނަށް ދިޔަ ފުލުހުންގެ ތެރޭގައި އޭނާ
ހުރިކަމަށާއި، ފުލުހުން އެތަނުގައި ފާރައަށް ތިއްބައި އިބްރާހީމް ޝަޒްލީލް އެތަނަށް އައިކަމަށާއި، އޭގެ ފަނަރަ
މިނެޓްފަހުން ޢަބްދުﷲ އުނައިސް ސައިކަލެއްގެ އެތަނަށް އައިކަމަށާއި، ޢަބްދުﷲ އުނައިސްގެ ސައިކަލް ފަހަތަށް
އިބްރާހީމް ޝަޒްލީލް އެރުމުން ފުލުހުން އެދެމީހުން ހިފެހެއްޓިކަމަށާއި، ދެމީހުން ހިފެހެއްޓި ސަރަހައްދުން
ފެނުނު ހުދުކުލައިގެ ސިޓީއުރަ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނިފައިވާކަމަށާއި،
އެތަކެއްޗަކީ އެދެމީހުންގެ ތަކެތި ނޫންކަމަށްބުނެ އިންކާރުކޮށްފައިވާ ކަމާއި، އެދެމީހުންގެ ހަށިގަނޑު ބަލައި
ފާސްކުރިއިރު ޢަބްދުﷲ އުނައިސް ލައިގެން ހުރި ސޯޓުބުރީގެ ޖީބުންވެސް ސިޓީއުރައެއް ފެނިފައިވާކަމަށާއި،
މިސިޓީއުރަތެރޭގައި ބްލެޓް ސައިޒްގެ 20 ރަބަރު ޕެކެޓާއި ބޮޑު 01 ރަބަރު ޕެކެޓް ފެނިފައިވާކަމަށްކަން
އެނގޭކަމާއި،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2{13/HC-A/301
ޚުލާސާ
ޤަޟިއްޔާ ނިމުނުގެ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ޢަލީ ޢާމިރު (ސ.ނ.2825)
މިމައްސަލައިގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނެފައިވަނީ 07 މެއި 2012
ދުވަހު 23:00 އެހައިކަންހާއިރު، މަރަދޫ "ޖުވޭސް ކެފޭ" ކުރިން ހިންގި ތަނުގެ ކައިރީގައި ދެމީހަކު
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އެތަނަށް ދިޔަ ފުލުހުންގެ
ތެރޭގައި އޭނާ ހުރިކަމަށާއި، ފުލުހުން އެތަނުގައި ފާރައަށް ތިއްބައި އިބްރާހީމް ޝަޒްލީލް އެތަނަށް
އައިކަމަށާއި، އެތަނުން ފެނުނު މަސްތުވާތަކެތީގެ މައްސަލައެއްގައި ޢަބްދުﷲ އުނައިސްއާއި އިބްރާހީމް ޝަޒްލީލް
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނެކަމަށާއި، ޢަބްދުﷲ އުނައިސް ދުއްވަން އިން ސައިކަލް ކައިރިން
ހުދުކުލައިގެ ސިޓީ އުރައެއް ފެނުނުކަމަށާއި، އެ ސިޓީއުރަ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ 30
ރަބަރު ޕެކެޓް ފެނިފައިވާކަމަށާއި، މިތަކެއްޗާއިމެދު ސުވާލު ކުރުމުން އެތަކެއްޗަކީ އެދެމީހުންގެ ތަކެތި
ނޫންކަމަށްބުނެ އިންކާރުކޮށްފައިވާ ކަމާއި، އެދެމީހުންގެ ހަށިގަނޑު ބަލައި ފާސްކުރިއިރު ޢަބްދުﷲ އުނައިސް
ލައިގެން ހުރި ސޯޓުބުރީގެ ވާތްފަރާތު ޖީބުންވެސް ސިޓީއުރައެއް ފެނިފައިވާކަމަށާއި، މިސިޓީއުރަތެރޭގައި ބްލެޓް
ސައިޒްގެ 20 ރަބަރު ޕެކެޓާއި ބޮޑު 01 ރަބަރު ޕެކެޓް ފެނިފައިވާކަމަށްކަން އެނގޭކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް މުޙައްމަދު ޝަޙްނީޒް ޞަބްރީ
(ސ.ނ.2435) މިމައްސަލައިގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނެފައިވަނީ
މެއި 2012 ދުވަހު 23:00 އެހައިކަންހާއިރު، ސ. މަރަދޫ "ޖުވޭސް ކެފޭ" ކުރިން ހިންގި ތަނުގެ
ކައިރީގައި ދެމީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން
އެތަނަށް ދިޔަ ފުލުހުންގެ ތެރޭގައި އޭނާ ހުރިކަމަށާއި، ފުލުހުން އެތަނުގައި ފާރައަށް ތިއްބައި އިބްރާހީމް
ޝަޒްލީލް ކާރެއްގައި އެތަނަށް އައިކަމަށާއި، ދެމީހުން ހިފެހެއްޓި ސަރަހައްދުން ހުދުކުލައިގެ ސިޓީއުރައެއް
ފެނިފައިވާކަމާއި، އެސިޓީއުރަ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 30 ޕެކެޓް ފެނިފައިވާކަމަށާއި،
އެއިން މީހަކު އެއްޗެއް ވައްޓާލިތަނެއް އޭނާއަށް ފެނިފައިވާ ނުވާކަމަށާއި، އެދެމީހުންގެ ހަށިގަނޑު ބަލައި
04 0
f1c4
07
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
02
9
2{13/HC-A/301
ޚުސް
ޤަޟިއްޔާ ނިމުނު ގެ
ފާސްކުރިއިރު ޢަބްދުﷲ އުނައިސް ލައިގެން ހުރި ސޯޓުބުރީ ޖީބުން ފެނުނު ހުދުކުލައިގެ ސިޓީއުރަތެރެއިން
ތުވާތަ ޝައްކުކުރެވޭ ޕެކްޓްތަކެއް
ފެނިފައިވާކަމަށްކަން
ވާކަމަށްކަން އެނގެން އޮންނަކަމެވެ.
ހ) ދެވަނަ ކަމަކީ: ފޭދޫ، ރީތިގަސްދޮށުގެ އިބްރާހީމް ޝަޒްލީލްގެ މައްޗަށް
ތުހުމަތުކުރެވުނު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަ ސާބިތުކުރުމަށްޓަކައި ހާދިސާ ހިނގި ދުވަހު
ޢަބްދުﷲ އުނައިސް ދުއްވަން ސައިކަލްގެ ފަހަތުން ބިންމައްޗަށް ވެއްޓިފައި އޮތް ހުދުކުލައިގެ ސިޓީއުރައިގެ
ބޭރުން ނެގުނު ފިންގަރޕްރިންޓާއި އިބްރާހީމް ޝަޒްލީލް ވައަތު މެދުއިނގިލީގެ ނިޝާނާއި ކަނާއަތު މެދު
އިނގިލީގެ ނިޝާނާއި ދިމާވާކަން 07 އޯގަސްޓް 2012 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސް އިން
ތަޙްލީލްކޮށްފައިވާ ފިންގަރޕްރިންޓް ކޮމްޕްރިސަން ރިޕޯޓް ނަންބަރ 2012
/
0076/k
(
d
)
/
FCR ރިޕޯޓަށް
ބެލުމުން އެނގެން އޮންނަކަމާއި، މިރިޕޯޓް ތައްޔާރުކުރީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް އަޙްމަދު
އިރުޝާދު (ސ.ނ 2549) ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދެމުން، އެ ރިޕޯޓް
ތައްޔާރުކޮށް ސޮއިކޮށްފައިވަނީ އޭނާ ކަމަށާއި، މިމައްސަލައިގައި ފިންގަރޕްރިންޓް ނެގިފައިމިވަނީ
ސިޓީއުރައަކުން ކަމާއި، އެހެންކަމުން އެ ސިޓީއުރައިގެ އެހެންމީހުންގެ ފިންގަރޕްރިންޓް ހުރިކަމަށާއި،
ނަމަވެސް ފިންގަރޕްރިންޓް ދިމާވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑޭޓާ ބޭހުގައި ހުރި މީހެއްގެ
ފިންގަރޕްރިންޓްކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ
103 ވަނަ މާއްދާގެ (ހ) ގައި، ޑައިމޯފިން ޓްރެފިކް ކުރުމަކީ ކުށެއްކަމަށް ބަޔާންކޮށް، އެކުށުގެ އަދަބަކީ،
ޢުމުރަށް ޖަލަށްލުމާއެކު -/
100000ރ (އެއްލައްކަ) ރުފިޔާއިން ފެށިގެން -/000'000'10ރ (ދިހަމިލިއަން)
ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުންކަން އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަން ފާހަގަ
އައިކް
ކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޚުލާސާ
2{13/HC-A/301
OXO
ގައި، "ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރު ކަމަށް އެޤާނޫނުގައި ކަނޑައަޅާފައިވާ މިންހަ172 އައި
ޤަޟިއްޔާ ނިމުނު
އަދި "ޓްރެފިކްކުރުން" ކަމަށް ބުނެފައިވަނީ، ޕެޑްލަރަކަށް ނުވާމީހަކު، އެޤާނޫނުގެ 142
ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތް ކުރުމަށް،
ނުވަތަ ޕެޑްލަރަކަށް ހުރެ، އެ ޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް
ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތު ކުރުމަށްކަން އެޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށް
ފައިވާކަމާއި،
"ޓްރެފިކްކުރާ މީހާ" ކަމަށް ބުނެފައިވަނީ، ޓްރެފިކްކުރުންކަމަށް ބެލެވޭނެ ޢަމަލެއް ކަމުގައި
އެޤާނޫނުގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރުމާއެކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ
މީހާއަށް، ނުވަތަ ޕެޑްލަރަކަށްހުރެ، ޓްރެފިކްކުރުން ކަމަށް ބެލެވޭނެ ޢަމަލެއްކަމުގައި އެ ޤާނޫނުގައި
ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން ދެ ކަމެއް ކުރާ މީހާއަށްކަން، އެޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާން
ކޮށްފައިވާކަމާއި،
"ޕެޑްލްކުރުން" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، އޭނާ
ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި، މަސްތުވާތަކެތިން މުޢާމަލާތު ކުރުމަށްކަން،
އެޤާނޫނުގެ 19 ވަނަ މާއްދާއިން އެނގެން އޮންނައިރު،
'ޕެޑްލަރު" ކަމަށް ބުނެފައިވަނީ، މަސްތުވާތަކެތިން މުޢާމަލާތްކުރާ، މަސްތުވާތަކެއްޗަށް
ދެވިހިފާފައިވާ މީހާއަށްކަން އެޤާނޫނުގެ 20 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި،
މީގެ އިތުރުން އެޤާނޫނުގެ 142 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި، "މި ޤާނޫނުގައި
އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަސްތުވާތަކެތިން މުޢާމަލާތުކުރާ މީހަކު، އެމާއްދާގެ (ހ) އިން
ފެށިގެން (ފ) އަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ
މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާއިރު އެއަކުރު ތަކުގެ ތެރެއިން (ފ)
މަސްތުވާތަކެތި އަތުގައި ހުރުން"; މިފަދައިން ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 135 ވަނަ މާއްދާގެ
0
4 ކ، އށ ބ
މަސްތުވާތަކެއްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް info
@
hig hcourt.gov.mv ވެބް ސައިޓް: WWW.highcourt.gov.mv
11
2{13/HC-A/301
ޤަޟިއްޔާ ނިމުނު ގެ
ގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 4 (ހަތަރެއް) ގްރާމަށްވުރެ ގިނަ ޢަދަދަކަށް
ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް
އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި
ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގޭއިރު، މި މައްސަލައިގައި އިބްރާހީމް ޝަޒްލީލަށް ނިސްބަތްވާކަމަށް
ދައުލަތުގެ ފަރާތުން ބުނާ އިބްރާޙީމް ޝަޒްލީލްގެ ފިންގަރޕްރިންޓް ހުރިކަމަށް ޕޮރެންސިކް ތަޙުލީލުން ދައްކާ
ހުދުކުލައިގެ ސިޓީއުރައިގެ ތެރެއިން ފެނިފައިވާ ބްލެޓް ސައިޒުގެ 20 ރަބަރު ޕެކެޓާއި ރަބަރު ޕެކެޓުގައި ހުރި
މަސްތުވާތަކެތީގެ ބަރުދަނުގައި
ގްރާމް ޑައިއެސިޓައިލްމޯފިން ހުރިކަން ތަޙްލީލު
ނަންބަރު 2012
/
0468/Ke
)
/
DR ރިޕޯޓުން އެނގެން އޮންނަކަމެވެ.
14.9058
(ރ) ހަތަރުވަނަ ކަމަކީ މި މައްސަލައިގެ ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުން ދީފައިވާ
ދެކިބަހަށް ބަލާއިރު، 07 މެއި 2012 ދުވަހު 23:00 ސ. މަރަދޫ ގައި ކުރިން ހިންގި ޖުވޭސް ކެފޭ ކައިރީގައި
ދެމީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އެތަނަށް
ފުލުހުން ދިޔައިރު، ދެ މީހަކު އެސަރަހައްދުގައި އުޅުނު ކަމަށާއި، އެ މީހުންގެ ހަރަކާތްތަކަށް ފާރަލަމުން
ދަނިކޮށް ޢަބްދުﷲ އުނައިސްގެ ސައިކަލުގެ ފަހަތަށް އިބްރާހީމް ޝަޒްލީލް އެރިފަހުން އޭނާ
ހައްޔަރުކުރިކަމަށާއި، އެ ދެމީހުން ތިބި ސައިކަލް ކައިރީ ބިން މަތިން ހުދުކުލައިގެ ސިޓީ އުރައެއް
ފެނިފައިވާކަމަށާއި އެސިޓީ އުރައިގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ބާވަތުގެ އެއްޗެހި ހުރި
ކަމަށް ބުނެފައިވީނަމަވެސް އެތަނުން އެއްވެސް ފުލުހަކަށް އިބްރާހީމް ޝަޒްލީލް އެއްޗެއް ވައްޓާލި ތަނެއް،
ނުވަތަ އެއްލާލިތަނެއް އަދި އެއްޗެށް ގެންގުޅުނު ތަނެއް ފެނިފައިނުވާކަމާއި އަދި އޭނާގެ ހަށިގަނޑު
ވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިނުވާކަމާއި، ބިންމަތިން ފެނުނު ސިޓީ
އުރައާގުޅޭ ގޮތުން ސުވާލުކުރުމުން އެސިޓީ އުރައަކީ އިބްރާހީމް ޝަޒްލީލުގެ އެއްޗެއް ނޫންކަމަށް ބުނެ
އިންކާރުކޮށްފައިވާކަމާއި، ފުލުހުން، އިބްރާހީމް ޝަޒްލީލް ހައްޔަރު ކޮށްފައިވަނީ ޢަބްދުﷲ އުނައިސްގެ
ސައިކަލަށް އެރިފަހުން ނޫންކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ލިންކް ރޯޑު މަގުން ހިނގާފައިދަނީ
ޗެކުކުރުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2{13/HC-A/301
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަމަށާއި، އޭނާ
ހައްޔަރުކުރެވުނު ތަނާ، ޢަބްދުﷲ އުނައިސް، އެ ސަރަހައްދުގައި މަޑުކޮށްގެން
އިންތަނާ ދެމެދު
10 (ދިހައެއް) ވަރަކަށް ފޫޓު
ހުންނާނެކަމަށް އިބްރާހީމް ޝަޒްލީލު ބުނެފައިވާކަން އެނގޭއިރު، މި
މައްސަލައިގައި ޢަބްދުﷲ އުނައިސްގެ އަތުން މަސްތުވާތަކެތި ހުރި ފެކެޓްތަކެއް އަޅާފައިހުރި ހުދުކުލައިގެ ސިޓީ
އުރައެއް ފެނިފައިވާއިރު، ޢަބްދުﷲ އުނައިސްގެ އަތުގައި މަސްތުވާތަކެތި ހުރިކަން ނުވަތަ އެތަކެތި އޭނާގެ
އަތުގައިހުރީ އިބްރާހީމް ޝަޒްލީލަށް އެނގިގެން އިބްރާހީމް ޝަޒްލީލުގެ ރުހުމާއެކުގައިކަން އެނގޭނޭ އެއްވެސް
ހުށަހެޅިފައިނުވާތީ ޢަބްދުﷲ އުނައިސްގެ އަތުން ފެނުނު މަސްތުވާ ތަކެއްޗަކީ އިބްރާހީމް ޝަޒްލީލުގެ
އަތުގައި ހުރި ގެ ވިއްކަމުގައި ބަލާނެ ހަމައެއް އޮތްކަމަށް ނުފެންނަކަމެވެ.
ހެއްކެއް
އެއްޗެއް
(ބ) ފަސްވަނަ ކަމަކީ: އިބްރާހީމް ޝަޒްލީލުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ތަޙްޤީޤު ގައާއި
ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް ޝަޒްލީލް އިންކާރުކޮށްފައިވާކަމާއި، އެ ދަޢުވާގައި ބަޔާންކޮށްފައިވާ
މަސްތުވާތަކެތީގެ މުޢާމަލާތާ ގުޅޭ އޮޕަރޭޝަނުގައި ބައިވެރިވި އަދި ދައުލަތުން އިބްރާހީމް ޝަޒްލީލާ ދެކޮޅަށް
ހުށަހަޅާފައިވާ ހެކީން ކްރިމިނަލް ކޯޓަށް ހާޒިރުވެ ދީފައިވާ ހެކިބަހަށް ބަލައި، އެ މުޢާމަލާތުގައި އިބްރާހީމް
ޝަޒްލީލުގެ އަތުން މަސްތުވާއެއްޗެއް ފެނިފައިނުވާކަމާއި، ނަމަވެސް އެހާދިސާ ހިނގިތަނުގައި އުޅެނިކޮށް އޭނާ
ހައްޔަރުކުރެވިފައިވުމާއި، މަގުމަތީގައި އޮތް ސިޓީ އުރައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް
ހުރި ބްލެޓް ސައިޒުގެ 20 ރަބަރު ޕެކެޓާއި ރަބަރު ޕެކެޓެއް ފެނިފައިވާކަމާއި، އެތަކެތި ތަޙްލީލު ކުރެވުނު އިރު
އެތަކެތި ޑައިމޯފިން އަށް ޕޮސިޓިވް ވެފައިވާކަމާއި، އަދި އެތަކެތީގެ ބަރުދަނުގައި 14.9058 ގްރާމް
ޑައިއެސިޓައިލްމޯފިން ހުރިކަން ތަޙްލީލު ނަންބަރު 0468;2012/Ke
)
;
DR ރިޕޯޓުން އެނގެން
އޮތްނަމަވެސް، އިބްރާހީމް ޝަޒްލީލުގެ ދެ އަތުގެ މެދު ދެއިގިނލީގެ ފިންގަރޕްރިންޓް ހުރީ، ހާދިސާ
ހިނގިތަނުން ފެނުނު ހުދުކުލައިގެ ސިޓީ އުރައިގައިކަން އެނގެން އޮތުމުން އެސިޓީ އުރަ އިބްރާހީމް ޝަޒްލީލު
ގެންގުޅުނުކަމަށް ބެލި ނަމަވެސް، އެސިޓީ އުރަ އެހެން ބަޔަކުވެސް ގެންގުޅެފައިވާކަން އެތަކެތި ތަޙްލީލު
ފަރާތުން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގޭކަމާއި، އަދި އެ ސިޓީ އުރައިގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް info
@
hig hcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
13
2{13/HC-A/301
744
ﷲއ9
"ދިވެހިން&18 އިން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފެނުނު މަސްތުވާތަކެތި އަޅާފައިހުރި ރަބަރު ބްލެޓްތަކާއި ރަބަރު ޕެކެޓުގައި އިބްރާހީމް ޝަޒްލީލުގެ
ފިންގަރޕްރިންޓް ނުވަތަ އެތަކެއްޗަކީ އިބްރާހީމް ޝަޒްލީލުގެ ތަކެތިކަން ޝަރީޢަތަށް ސާބިތު ކުރެވޭވަރުގެ ކާފީ
ހެކި ހުށަހެޅިފައިނުވާތީ، ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި އިބްރާހީމް ޝަޒްލީލުގެ މައްޗަށް ކުށް ސާބިތު
ނުވާކަމަށް ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަލާނެތަނެއް އޮތްކަމަކަށް
މިޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
ވީމާ، ކްރިމިނަލްކޯޓުގެ ނަންބަރު 2012/Cr
-
C/664 ޤަޟިއްޔާގައި އިބްރާހީމް ޝަޒްލީލުގެ
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށް ނުފެންނާތީ، އެޤަޟިއްޔާގައި އިބްރާހީމް ޝަޒްލީލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް
ކަނޑައަޅުއްވައި، ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ އެއްވެސް ސަބަބެއް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr-C/664 ޤަޟިއްޔާގައި ފޭދޫ، ރީތިގަސްދޮށުގޭ އިބްރާހީމް ޝަޒްލީލުގެ
މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ބައްލަވައި، އެކުށް
އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް
ބަލާނެތަނެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެންނާތީ،
އެޤަޟިއްޔާގައި އިބްރާހީމް ޝަޒްލީލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމަވާފައިވާ ނިންމުމަށް މިޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
944ކނ
ceco <
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv