ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/141 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/141
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 141/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
l* ނަން: އަޙްމަދު ރިފާޢު
އައިޑީ ކާޑު ނަންބަރު: A009907
2* ނަން: ޙުސައިން ރިފާޢު
* އައިޑީ ކާޑު ނަންބަރު: A061571
3* ނަން: ޢަބްދުﷲ ރިފާޢު
* އައިޑީ ކާޑު ނަންބަރު: A055419
24 ނަން: އާމިނަތު ނީމާ
އައިޑީ ކާޑު ނަންބަރު: A061676
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ވަލީދު އިބްރާހީމް
ފާންބަރު: 17&A0533
* ދާއިމީ އެޑްރެސް: މއ.މާލެފަރު ކ.މާލެ
މިހާރުގެ އެޑްރެސް: މ.ފިޔޯރީ
ދާއިމީ އެޑްރެސް: މއ.މާލެފަރު ކ.މާލެ
މިހާރުގެ އެޑްރެސް: މ. ފިޔޯރީ
ދާއިމީ އެޑްރެސް: މއ.މާލެފަރު/ ކ.މާލެ
މިހާރުގެ އެޑްރެސް: މ.ފިޔޯރީ
ދާއިމީ އެޑްރެސް: މއ.މާލެފަރު ކ.މާލެ
މިހާރުގެ އެޑްރެސް: މ.ފިޔޯރީ
*
: އައިޑީ ކާޑުނަންބަ
ދާއިމީ އެޑްރެސް: މއ.މާލެފަރު
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީ ތާރީޚް: 16 ރަޖަބް 1432
08 ޖޫން 2011
ނިމުނު ތާރީޚް: 15 ޝަޢުބާން 1433
05 ޖުލައި
2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2010
)
964
/
Cv
-
C/1943)
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: މއ.މާލެފަރު ގޯތިން ބައެއްވިއްކުން
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު: ޢައްބާސް
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2
2011/HC-A/141
ދަޢުވާގެ ޚުލާޞާ
etc
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
964
/
Cv
-
C/1943) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން
އެދި މއ.މާލެފަރު އަޙްމަދު ރިފާޢު އާއި ހަމައެގޭ ޙުސައިން ރިފާއު އާއި ޢަބްދުﷲ ރިފާޢު އަދި އާމިނަތު
ރީމާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި
ޤަޟިއްޔާގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ މއ.މާލެފަރު ވަލީދު އިބްރާހީމެވެ.
:40
(."
6445
ގޅަނދެކެތެއް
1- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
964
/
Cv
-
C/1943) ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "މއ.މާލެފަރު ވަލީދު އިބްރާހީމް، މީނާގެ ނަމުގައި
ރަޖިސްޓްރީކުރެވިފައިވާ މއ.މާލެފަރު އެވެކިޔާ 1505 އަކަފޫޓުގެ އަމިއްލަބަންޑާރަ ގޯތީގެ ދެކުނުކޮޅުގައި އޮތް
905 އަކަފޫޓުގެ އަމިއްލަ ބިން، އަކަފޫޓެއް -/1056ރ. (އެއްހާސް ފަންސާސް ހަރުފިޔާ) ގެ މަގުން
-/955,680ރ. (ނުވަލައްކަ ފަންސަވަންނަހާސް ހަސަތޭކަ އާހި ރުފިޔާ) އަށާއި، އެބިމުގައިވާ އެންމެހައި
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން -/100,000ރ. (އެއްލައްކަ ރުފިޔާ) އާއި އެކުޖުމްލަ -/
1,055,680ރ.
(ދިހަލައްކަ ފަންވަންނަހާސް ހަސަތޭކަ އާހި ރުފިޔާ) ގެ އަގަށް، ވަލީދު އިބްރާހީމްގެ ތިބި 09 ކުދީންގެ
ތެރެއިން 03 ކުދީންކަމުގައިވާ އިޝާނާ ވަލީދުއާއި، ރިފްއަތު ވަލީދުއާއި، ޔާމީން ވަލީދުއާއި، ވަލީދު
އިބްރާހީމްގެ އަނބިމީހާ، ޙަސީނާ އިބްރާހީމްއަށް ވިއްކުމަށް އެދި، ވަލީދު އިބްރާހީމް ބަލައިދެވުނު
މައްސަލައެއްކަން" އެނގެން އޮންނަކަމާއި،
9ދޑ 99ތ
ހނހޅ2
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މއ.މާފަރު ވަލީދު އިބްރާހީމްގެ ނަމުގައި
ރަޖިސްޓްރީ ކޮށްދެއްވާފައިވާ، މއ.މާލެފަރު އެވެކިޔާ 1505 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ދެކުނު
ކޮޅުގައި އޮތް 905 އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ސްތާންތަން
-/
1,055,680ރ. (ދިހަލައްކަ ފަންސަވަންނަހާސް ހަސަތޭކަ އާހި ރުފިޔާ) ގެ އަގަށް،
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/141
ތިބި
09 (ނުވައެއް) ކުދީންގެ ތެރެއިން، 03 (ތިނެއް) ކުދީންކަމުގައިވާ މއ.މާލެފަރު އިޝާނާ ވަލީދު އާއި،
ރިފްއަތު ވަލީދު އާއި، ޔާމީން ވަލީދު އާއި، ވަލީދު އިބްރާހީމްގެ އަނބިމީހާ ޙަސީނާ އިބްރާހީމް އަށް ވިއްކާ
މިއަގަށް މިޢިމާރާތްތަކާއި، ފަޅުފަދަ ތަންތަނާއި އަމިއްލަ ބިން ގަނެ އަގު ޚަލާޞްކޮށްފައިވާތީ، މިވިޔަފާރި
ޞައްޙަކަމަށާއި، މިވިޔަފާރީގެ ސަބަބުން، މއ.މާލެފަރު އެވެކިޔާ އަމިއްލަ ބަންޑާރަ ގޯތީގެ ދެކުނުކޮޅުގައި
އޮތް 905 އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިހާރުގެ
މިލްކުވެރި ފަރާތްތަކަކީ، މއ.މާލެފަރު ޔާމީން ވަލީދު، ރިފްއަތު ވަލީދު، އިޝާނާ ވަލީދު އާއި، ވަލީދު
އިބްރާހީމްގެ އަނބިމީހާ، ޙަސީނާ އިބްރާހީމް ކަމަށް ކަނޑައަޅައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ."
މިފަދައިންނެވެ.
(1943/MC/2010)
02- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/964
އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މއ.މާލެފަރު އަޙްމަދު ރިފާޢު
އާއި ހަމައެގޭ ޙުސައިން ރިފާއު އާއި ޢަބްދުﷲ ރިފާޢު އަދި އާމިނަތު ނީމާގެ ފަރާތުން ފަރާތުން 03 (ތިނެއް)
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ
ކަށަވަރުކޮށްދޭ ޙައްޤު ނިގުޅައިގަނެފައިވާގޮ
ބުނެ ހުށަހެޅި ނުކުތާ.
4=ހ2
އިވާގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް
(ށ) ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތައް ނިގުޅައިގަނެވޭގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ބުނެ
ހުށަހެޅި ނުކުތާ.
3,
(ނ) ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ
43 ވަނަ މާއްދާގެ (ށ) ގެ (1) އަދި (4) އާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމުގައި ބުނެ ހުށަހެޅި ނުކު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2011/HC-A/141
46
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު
-MC
/
2010
)
964
/
Cv/1943)
2010/Cޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އިސްތިއުނާފުކުރާ ފަރާތްތަކުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތްތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ކުރެވެއެ
ހދ9 4
2
2
4
.ޤީކރވއ.
(ހ) ފުރަތަމަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
964
/
Cv
-
C/1943)
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ، މއ.މާލެފަރު ވަލީދު އިބްރާހީމްގެ
ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މއ.މާލެފަރު އެވެކިޔާ 1505 އަކަފޫޓުގެ ގޯތީގެ ދެކުނުކޮޅުގައި އޮތް 905
އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވަލީދު އިބްރާހީމްގެ ތިބި
09 (ނުވައެއް) ކުދީންގެ ތެރެއިން، 03 (ތިނެއް) ކުދީންކަމަށްވާ މއ.މާލެފަރު ޔާމީން ވަލީދު، ރިފްއަތު
ވަލީދު، އިޝާނާ ވަލީދު އަދި ވަލީދު އިބްރާހީމްގެ އަނބިމީހާ ޙަސީނާ އިބްރާހީމްއަށް ވިއްކުމަށްޓަކައި
ހުށައެޅުމުން ސިވިލްކޯޓުން ބަލާ ނިންމާފައިވާ މައްސަލައެއްކަންއެނގޭކަމާއި،
ހޗ ޏ ސ ޑ ވ
ބނ
ދިވެހިރާއްޖޭގެބިމާއި ގޯތިދޫކޮށްލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް،
ގެންގުޅެ، ބިމާއިގޯއްޗާ ބެހޭ އެންމެހައި މުޢާމަލާތުކުރަންވާނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެއްގޮތްވާގޮތުގެ
މަތިންކަމަށް ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ންވެގެން
އޮންނަކަމާއި، ބިމާއިބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އަމިއްލަކުރާ ބިންބިމާއި ގޯތި ގޯތި ވިއްކަންވާނީ
ހުނުގެ (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) 18 ވަނަ މާއްދާގައި ބުނެފައިވާގޮތާއި އަދި އެމާއްދާގައިބުނާ
ޝަރުތުތަކުގެ މަތިންކަމަށް ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން
އެނގެން އޮތުމެވެ.
ހައިކޯޓް
ވެ،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2011/HC-A/141
(ނ) ދެވަނަކަމަކީ، ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބިމެއް ނުވަތަ ގޯއްޗެއް، އެގޯއްޗެއް
ދޫކޮށްފައިވާ ފަރާތުން ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބިންގަތުމަށްފަހު އެހެންފަރާތަކަށް
ވިއްކުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތަކަކީ އަދި ލާޒިމްކުރާ ޝަރުތުތަކަކީ ކޮބައިކަން ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގައި ( ޤާނޫނު ނަންބަރު 1/2002 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 2
ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު 2008/4 ގައި) ބަޔާންވެފައިއޮންނަކަމާއި، މިގޮތުން އެމާއްދާގެ (ހ) ގައި
ގޯތި ވިއްކަންއެދޭމީހާ އާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭމީހުންނަށް ދިރިއުޅޭނެ
އެހެންތަނެއް
ހަމަޖެހިފައިވުން ޝަރުތުކޮށް ފައިވާކަމާއި، އަދިއެމާއްދާގެ (ށ) ގައި ގޯތި
ގަންނަފަރާތަކީ
ދިވެހިރައްޔިތެއްކަމުގައިވުން ޝަރުތުކޮށްފައިވާކަމާއި، އަދި ގޯތި ގަންނަ ފަރާތަކީ ކުންފުންޏެއްކަމުގައިވާނަމަ،
ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެކުންފުންޏެއްގެ ސަތޭކަ އިންސައްތަ ޙިއްސާދާރުންނަކީ ދިވެހިން
ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށްވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ
ކޮށްފައިވާ
ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމްޢިއްޔާއެއް ނުވަތަ
ޖަމާޢަތެއް ކަމުގައިވުން
ޝަރުތުކޮށްފައިވާކަމާއި އަދި އެމާއްދާގެ (ރ) ގައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެގޯތި ނުވަތަ
ބިންވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް
ދައްކަންޖެހުން ޝަރުތުކޮށްފައިވާކަމާއި، އަދި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ
ދަށުން ހެދިފައިވާ " ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގައި އަމިއްލަ ގޯއްޗެއް
ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބިން އަމިއްލަ ކުރުމަށްފަހުވިޔަސް ވިއްކާނަމަ އެވިއްކުމުގެ
މުޢާމަލާތް ހިންގަންވާނީ ޝަރީޢަތް މެދުވެރިކޮށް ކަމަށް ކަނޑައަޅާ ބަޔާންކޮށްފައި އޮންނަކަމާއި، މިކަންކަން
އެނގެން އޮންނަކަމެވެ.
4318
(ނ) ތިންވަނަކަމަކީ، މާލޭ މުނިސިޕަލްޓީން މއ.މާލެފަރު އަށް ހައްދަވާދެއްވާފައިވާ ނަންބަރު އ
ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް ބެލުމުން އެއީ އަމިއްލަ(ބަންޑާރަ ގޯއްޗެއްކަމާއި، އެގޯތީގައިވާ
ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި، އަމިއްލަ ބިމުގެ ވެރިފަރާތަކީވެސް ވަލީދު އިބްރާހިމްކަން
އޮންނަކަމާއި، މއ.މާލެފަރުއެވެ ކިޔާ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އަމިއް
މިލްކުވެރިކަމާއި މެދު ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށް ސިވިލްކޯޓުންކުރި ނަންބަރު 2010/155 (Widi
ނީމަ.
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2011/HC-A/141
އިޢުލާނާއި ގުޅިގެން މިލްކުވެރިކަމާއި މެދު އެއްވެސް ފަރާތަކުން ދަޢުވާކޮށްފައިނުވާކަމާއި، އަދި ޤާނޫނު
ނަންބަރު 28/76 ގައިވާފަދަ ދަރަންޏެއް ވަލީދު އިބްރާހިމްގެ މައްޗަށް ސާބިތުވެފައި ނެތްކަމާއި މިކަންކަން
ސިވިލްކޯޓުގެ ނަންބަރު 2010/MC
/
2010
)
964
/
Cv
-
C/1943) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮންނަކަމެވެ.
.
(ރ) ހަތަރުވަނަކަމަކީ، މއ.މާލެފަރުއެވެ ކިޔާގޯތި ވިއްކާލުމަށް ވަލީދު އިބްރާހިމްގެ ފަރާތުން
ހުށައަޅާފައިވާ އަގަކީ 1,055,680 ( ދިހަލައްކަ ފަންސާސް ފަސްހާސް ހަސަތޭކަ އައްޑިހަ ރުފިޔާ)
ކަމާއި، ބިމުގެ އަގުގެ %15 ޓެކްސްގެ ގޮތުގައި ކަނޑައަޅާފައިވަނީ 143,3521 ރ. ( އެއްލައްކަ ސާޅީސް
ތިންހާސް ތިންސަތޭކަފަންސާސް ދޭއްރުފިޔާ) ކަން މާލޭ މުނިސިޕަލްޓީގެ ނަންބަރ 144
/
2010
/
1131-C-99
(06 ސެޕްޓެމްބަރ 2010) ގެ ސިޓީއަށް ބެލުމުން އެނގެން އޮތްއިރު، ޓެކްސްގެ ގޮތުގައި ދައުލަތަށް
މިއަދަދަށްވާ ފައިސާ ދައްކާފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 32404/11 (13
އެޕްރީލް 2011) ގެ ފައިސާގެ ރަސީދުން އެނގެން އޮންނަކަމާއި، މއ.މާލެފަރު އެވެކިޔާ 1505 އަކަފޫޓުގެ
އަމިއްލަ ބަންޑާރަ ގޯތީގެ ދެކުނުކޮޅުގައި އޮތް 905 އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ އަގަށް، ވިއްކި ފަރާތާއި ގަންނަ ފަރާތުން އެއްބަސްވެފައިވާ -/1,055,680
(ދިހަލައްކަ ފަންސާސްފަސްހާސް ހަސަތޭކަ އައްޑިހަރުފިޔާ) އަދާކުރުމުގެ ގޮތުން، ބިން ގަންނަ ފަރާތްތަކުން
ނަންބަރު 101
218906
7703 ގެ ނަންބަރު 6000082 ޗެކެއް ވިއްކާ ފަރާތްކަމަށްވާ ވަލީދު
އިބްރާހިމް އާއި ޙަވާލުކޮށްފައިވާކަމާއި، ޗެކަކީ ފައިސާގެ ގޮތުގައި ގެންގުޅެވޭ ލިޔުމެއްކަމަށްވާއިރު، މިޗެކް
ލިބުމުން ގޯތީގެ އަގަށްވާ ފައިސާ ލިބުނީކަމަށް ވަލީދު އިބްރާހިމްގެ ފަރާތުން އެއްބަސްވެފައިވާކަމާއި،
މއ.މާލެފަރު ކިޔާގޯތީގެ ދެކުނު ކޮޅުގައި އޮތް 905 އަކަފޫޓުގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި
ބިން -/1,055,680ރ. (ދިހަލައްކަ ފަންސާސްފަސްހާސް ހަސަތޭކަ އައްޑިހަރުފިޔާ) ގެ އަގަށް މއ.މާލެފަރު
ޔާމީން ވަލީދު، ރިފްޢަތު ވަލީދު، އިޝާނާ ވަލީދު އާއި، ވަލީދު އިބްރާހީމްގެ އަނބިމީހާ، ޙަސީނާ އިބްރާހީމްއަށް
ވިއްކުމުގެ މުޢާމަލާތް ހިންގާފައިވަނީ ޝަރީއަތް މެދުވެރިކޮށްކަމާއި، މިގޮތުން މއ.މާލެފަރު ކިޔާތީގެ ދެކުނު
ކޮޅުގައި އޮތް 905 އަކަފޫޓުގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ބިން -/680,rtaރެ
(ދިހަލައްކަ ފަންސާސްފަސްހާސް ހަސަތޭކަ އައްޑިހަރުފިޔާ) ގެ އަގަށް މއ.މާލެފަރު ޔާމީން
.
& ހ29 8
etc.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ވޮޝިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/141
ވަލީދު، އިޝާނާ ވަލީދު އާއި، ވަލީދު އިބްރާހީމްގެ އަނބިމީހާ، ޙަސީނާ އިބްރާހީމްއަށް ވިއްކި ފަދައިން
އެއަގަށް އެޢިމާރާތާއި ވަޅުފަދަ ތަންތަނާއި ބިން މިފަރާތްތަކުން ގަނެ އެވިޔަފާރީގެ ޢަޤުދުގެ އީޖާބާއި ޤަބޫލު،
ޝަރީޢަތުގެ ސައްޙަ މަގުން ހިނގައި، އެ ޢަޤުދު ޝަރީޢަތުގެ މަޖިލީހުގައިކުރެވިފައިވާކަމާއި މިކަންކަން
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަކަމަކީ، ގޯއްޗެއް ވިއްކާލުމުގެކުރިން ގޯތި ވިއްކަންއެދޭމީހާ އާއި އެމީހަކު
ޝަރުޢީގޮތުން ބަލަންޖެހޭމީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި
އެ ޤާނޫނުން ބާރުލިބިގެން ހެދިފައިވާ ގޯތި ގަނެވިއްކުމާއިބެހޭ ޤަވާއިދުން ލާޒިމުކުރާކަމާއި، މއ.މާލެފަރު އެވެ
ކިޔާ ގޯއްޗަކީ 1505 އަކަފޫޓުގެ ގޯއްޗެއްކަމަށްވެފައި، މި ގޯތި ވިއްކާ ވަލީދުއިބްރާހިމްގެ ފަރާތުން،
ވިއްކުމަށްހުށައަޅާފައިވަނީ މިގޯތީގެ ދެކުނު ކޮޅުގައި އޮތް 905 އަކަފޫޓުގައިވާ އެންމެހާ ޢިމާރާތްތަކާއި
ވަޅުފަދަތަންތަނާއި ބިންކަން އެނގެން އޮތުމުން އެގޯތީގެ ބިމުން ވަލީދު އިބްރާހިމް އާއި ވަލީދު އިބްރާހިމް
ޝަރުޢީ އަދި ޤާނޫނީ ގޮތުން ބޯހިޔާވަހިކަން ހޯދައިދޭންޖެހޭ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި
ބޭނުންކުރެވިދާނެ 600 އަކަފޫޓުގެ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވަލީދު އިބްރާހިމްގެ
މިލްކުގައި ބާކީ އޮތްކަމާއި، އަދި ބާކީ އޮތް މިމިންވަރަކީ ވަކިގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނުމަށް
ޤާނޫނީ ގޮތުން ހުރަސް އަޅާ މިންވަރެއް ނޫންކަމުން މއ. މާލެފަރުއެވެ ކިޔާ ގޯތީގެ ދެކުނު ކޮޅުގައި އޮތް
905 އަކަފޫޓުގެ ބިމާއި ޢިމާރާތްތައް ވިއްކާލިކަމުގައިވީނަމަވެސް ވަލީދުއިބްރާހިމް އާއި ވަލީދު އިބްރާހިމް
ޝަރުޢީގޮތުން ބަލަންޖެހޭމީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވާކަން އެނގެން އޮންނަކަމެވެ.
ucou
(ޅ) ހަވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން
ކަށަވަރުކޮށްދޭ އަސާސީ ޙައްޤަކީ ޢަދުލުވެރިކަމާއި އެކު ޝަރީޢަތްކުރުމުގެ ޙައްޤުކަމާއި، މި ގޮތުން އެ މާއްދާގެ
(ހ) ގައި ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީކުށެއްގެ ދަޢުވާ
މީހެއްގެ މައްޗަށް އުފުލުމުގައި ، ޤާނޫނަކުން ޤާއިމު ކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ
ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢާއްމުކޮށް ހުޅުވައިލައިގެން ބާއްވާ އަޑުއެހުމެއްގައި
އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކައްމެ ލިބިގެންވާކަމަށާއި،
ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއި އެކު، ވަކިފަރާތަކަށްނުޖެހި، ހާމަކަމާއެކުގައި ކަމަށާއި
ން
އެމައެދު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2011/HC-A/141
އެމާއްދާގެ (ރ) ގައި ކޯޓުތަކުން ނެރޭ ހުރިހާ އަމުރުތަކާއި ޙުކުމްތައް އިއްވަންވާނީ ޢާއްމުކޮށް ހުޅުވާލެވިފައިވާ
މަޖިލީހެއްގައި ކަމަށް އޮންނަކަމާއި،
ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާއިން ކަށަވަރުކޮށްދޭ އިސްވެދިޔަ ޙައްޤުތައް ނިގުޅައިގަނެފައިވާގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ،
އިސްތިއުނާފުކުރާ ފަރާތްތަކުން ހުށައެޅި އިސްތިއުނާފް ނުކުތާގެ ތަފްސީލުގައި މައިގަނޑުގޮތެއްގައި
ފާހަގަކޮށްފައިވަނީ، ވަލީދު އިބްރާހިމްގެ ދަރިންގެ ތެރެއިން މައްސަލަ ހިނގިވަގުތު ރާއްޖެއިން ބޭރުގައި ތިބި
ކުދިންގެ ތެރެއިން 12 ކުއްޖެއްގެ ބަހެއް ޝަރީޢަތުގެ ފަރާތުން ހޯދުމެއްނެތި އަދި ވަލީދު އިބްރާހިމްގެ ދަރިންގެ
ތެރެއިން 04 ކުއްޖަކު ގޯތި ވިއްކުމަށް އިޢުތިރާޟުކުރަމުން ދަނިކޮށް މި މައްސަލަ ޝަރީޢަތުން ނިންމި
ނިންމުންކަމާއި، އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރި މިނުކުތާގެ މައްޗަށްބެލިއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި، ފަނޑިޔާރުން
ޢަމަލުކުރާނީ ޤާނޫނު އަސާސީއާއި ޤާނޫނަށްކަމަށާއި، އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް
ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު އަސާސީއާއި ޤާނޫނުގައި ވަކިގޮތެއް ކަނޑައެޅިފައި ނުވާކަންކަން
ނިންމުމުގައިކަން އެނގެންއޮންނަކަމާއި، ދިވެހިރާއްޖޭގައި ހުންނަ ބިމާއި ގޯތި ގޯތިދޫކޮށްލިބިގަނެ،
މިލްކުކޮށް، ވިއްކައި،ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތްތަކެއް ކުރާނެ
ގޮތްތައް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު
(ޤާނޫނު ނަންބަރު 1/2002) ގެ ނަމުގައި އޮންނަކަމާއި، އަދި ދިވެހިރާއްޖޭގެ ބިމާބެހޭ އެންމެހާ
މުޢާމަލާތުކުރަންވާނީ، މިޤާނޫނާއި އެއްގޮތްވާގޮތުގެ މަތިންކަމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ 2 ވަނަ
އޮންނަކަމާއި، އަދި ހަމަ މިޤާނޫނުގައި އަދި މިޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގައި
ގޯއްޗެއް ވިއްކާލުމުގެ ކުރިން ޢަމަލުކުރަންޖެހޭ އިޖުރާއާތުތަކަކީ އަދި ލާޒިމުކުރާ ޝަރުތުތަކަކީ ކޮބައިކަން
ކަނޑައެޅި ބަޔާންވެގެން އޮންނަކަމާއި، މި ގޮތުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބިމެއް ނުވަތަ ގޯއްޗެއް
އެގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން، ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބިންގަތުމަށް
އެހެންފަރާތަކަށް ވިއްކުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ
ޝަރުތުތަކަށް
|
މާއްދާގައި ބަޔާން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2011/HC-A/141
44
ޝަރުޢީގޮތުން ބަލަންޖެހޭމީހުން ނުވަތަ އެމީހެއްގެ ދަރިންގެ ތެރެއިން ބަޔަކު ގޯތި ވިއްކުމާއި މެދު
އިއުތިރާޟުކުރެވޭނީ ހަމައެކަނި ގޯތި ވިއްކަންއެދޭމީހާ އާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭމީހުންނަށް
ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިނެތް ޙާލަތެއްގައި އެކަނި ކަމާއި، ވަލީދު އިބްރާހިމް ގެ ފަރާތުން
މއ.މާލެފަރު ގޯތި ވިއްކާލުމަށް ހުށައަޅާފައިވަނީ އެގޯތިން ވަލީދު އިބްރާހިމް އަށް 600 އަކަފޫޓު
ބޭއްވުމަށްފަހުގައި ކަން އެނގެން އޮތުމުން، މި ޙާލަތުގައި ގޯތި ވިއްކުމަށް ވަލީދު އިބްރާހިމް ނިންމި ނިންމުމާއި
މެދު އިޢުތިރާޟުކުރުމުގެ އެއްވެސް ޙައްޤެއް ވަލީދު އިބްރާހިމްގެ އެއްވެސް ދަރިއަކަށް ޤާނޫނީ ގޮތުން
ލިބިގެންވާކަން އެނގޭނޭ އެއްވެސް ޤާނޫނީ ނައްސެއްނުވާކަން އެނގޭކަމާއި، މިހެންކަމުން ވަލީދު އިބްރާހިމްގެ
މިލްކުގައިވާ މއ.މާލެފަރު ގޯތި ވިއްކުމުގައި ވަލީދު އިބްރާހިމްގެ ދަރިން އިޢުތިރާޟުކުރޭތޯ ނުވަތަ ނޫންތޯ
ޝަރީޢަތުގެ ފަރާތުން ބަލާ އެކަން ޔަޤީންކުރުމަކީ ޝަރީޢަތުގެ މައްޗަށް ލާޒިމުކުރާކަމެއް ނޫންކަން އެނގެން
އިނނށ12.
(ކ) ހަތްވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއިން
ކަށަވަރުކޮށްދޭ އަސާސީ ޙައްޤަކީ ހަމަހަމަކަމުގެ ޙައްޤުކަމާއި، މިގޮތުން ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ
މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއްކަމަށާއި، އަދި ޤާނޫނުގެ
ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއިއެކު ލިބުމަކީ ހަމަކޮންމެ މީހެއްގެ ވެސް
ޙައްޤެއްކަމަށް އޮންނަކަމާއި،
ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤުތައް ނިގުޅައިގަނެފައިވާގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ އިސްތިއުނާފުކުރާ
ފަރާތްތަކުން ހުށައެޅި އިސްތިއުނާފް ނުކުތާގެ ތަފްސީލުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ، ވަލީދު
އިބްރާހިމްގެ 9 ކުދިން ތިއްބާ، އޭގެ ތެރެއިން 3 ކުއްޖަކަށް، ގޯތި ވިއްކާލުމަށް މަސައްކަތްކުރުމަކީ، ޤާނޫނުގައި
ވަކިގޮތަކަށް ކަނޑައަޅާފައިވާ އޮޅުވާލުމެއްގެ ތެރޭގައި، ވަކި ޤާނޫނެއް
މަސައްކަތްކުރުން ކަމަށާއި، މައިންބަފައިންގެ ގޯތިން ބައެއް ދަރިން މަޙްރޫމްކޮށްފައި އަނެއްބައި
މަންފާ ލިބުމަކީ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު މަނާކުރާކަމެއްކަމަކާ
މުކަމެއްކަމަށާއި، މިހެންކަމުން
9
ކަންބައެeއ
ه8ޒި8 ޑީ 8
ބނުންކށް3ނ
64 0 2
4E4
އެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
2011/HC-A/141
މަންފާކުރާނެ ގޮތަށް އަދި އަނެއްބައި ދަރިންނަށް މަންފާނުކުރާނެ ގޮތަށް މިކަން ނުކުރެވޭނެކަމަށްބުނެ
އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރި މިނުކުތާގެ މައްޗަށްބެލިއިރު،
ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި މުދާ ހޯދުމާއި،
މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ
ލިބިގެންވާކަމަށް އޮންނަކަމާއި، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ
ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް އަދި ޤާނޫނަކުން ހުއްދަ ލިބިގެން
މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމަށް
ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 19 ވަނަ މާއްދާގައި އޮންނަކަމާއި،
ޙައްޤަކީ
މއ.މާލެފަރުގެއިން ވަލީދު އިބްރާހިމް ވިއްކުމަށް ހުށައަޅައިފައިވާ ބިމުގައިވާ އެންމެހާ
ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ބިމަކީ ވަލީދު އިބްރާހިމްގެ މިލްކުގައިވާ ތަންތަންކަން އެނގެން އޮތް
ހިނދު، ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތައް ވަލީދު
އިބްރާހިމް އަށްވެސް ލިބިގެންވާނެކަމާއި، އެހެންނަމަވެސް ވަލީދު އިބްރާހިމް އަށް ލިބިގެންވާ މި
އެއްވެސް އިމެއްނެތި މުތުލަޤު ގޮތެއްގައި ލިބިގެންވާ ޙައްޤެއް ނޫންކަމާއި، ޤާނޫނު އަސާސީގެ 40 ވަނަ
މާއްދާގެ (ހ) އިން ލިބިދޭ މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ޤާނޫނު އަސާސީގެ 19 ވަނަ މާއްދާއިން ޤައިދު
ކުރެވިގެންވާކަމާއި، މި ގޮތުން ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން ލިބިދޭ މުދަލުން
ޢާމަލާތުކުރުމުގެ ޙައްޤުގެ ދަށުން ކުރެވޭ މުޢާމަލާތްތަކަކީ އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި
ކަނޑައެޅިގެން މަނާކޮށްފައިނުވާ މުޢާމަލާތެއް ކަމުގައިވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، މީހެއްގެ
މިލްކުގައިވާ ބިމެއް ވިއްކާލުމުގައި ފުރިހަމަ ކުރަންޖެހޭ ޝަރުޠުތައް ޤާނޫނުނަންބަރު 1/2002 (ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާއާއި، 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ތިމާގެ އަމިއްލަ މިލްކުގައިވާ މުދަލެއް ތިމާ ހިތްއެދޭ ފަރާތަކަށް ވިއްކާލުމަކީ އެވިޔަފާރީގެ
އެހެނިހެން ރުކުންތައް ފުރިހަމަވެފައިވާނަމަ، އިސްލާމީ ޝަރީޢަތުގައި މަނާވެގެންވާކަމެއް ނޫންކަމާއި، ގޮތުން
މުދާ ވިއްކުމުގައި ދަރިންނަށް މުދާ ވިއްކުން، އަދި ދަރިންގެ ތެރެއިން ބައެއް ދަރިންނަށް ނުލިބޭ
މުޢީމް
58
8.
OCOCCA
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/141
ދަރިންތަކަކަށް މުދާ ވިއްކުން މަނާކުރާ ޝަރުޢީ ނައްސެއް ފެންނަންނެތްކަމާއި، އެހެންނަމަވެސް ދަރިންގެ
މެދުގައި ޢަދުލުވެރިވުމަށާއި، ދަރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް މައިންބަފައިންނަށް އިސްލާމްދީން
ބާރު އަޅުއްވާފައިވާކަމާއި، އަދި ތިމާގެ ދަރިންނަށް ތަކެތިދޭއިރު، އެހުރިހާ ކުދިންނަށް ހަމަހަމަވާ ގޮތަށް ތަކެތި
ދިނުމުގެ މައްޗަށް ކީރިތި ރަސޫލާ ބާރު އަޅުއްވާފައިކަން މިކަމާ ގުޅިގެން އެކަލޭގެފާނު ވިދާޅުވެފައިވާ ބަސްފުޅު
ތަކުގެ ތެރެއިން " ލޮاتޖޫ | ފا هللا هلل لهلل" މާތް ﷲ އަށް ބިރުވެތިވާށެވެ. އަދި ތިޔަބައިމީހުންގެ
ދަރިންނަށް ޢަދުލުވެރި ވާށެވެ" މިފަދަ ބަސްފުޅުތަކުން އެނގެން އޮންނަކަމާއި، އެހެންނަމަވެސް
ކީރިތި
ރަސޫލާ
ގެ މިފަދަބަސްފުޅުތަކަށް ޢިލްމުވެރިން ނަޒަރުކުރުމަށްފަހު، އިސްލާމީ ފިޤުހު ޢިލްމުވެރިންގެ ޖުމްހޫރުން (ގިނަ
ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ، ތިމާގެ ދަރިންނަށް ތަކެތި ދޭއިރު ދަރިންގެ މެދުގައި ހަމަހަމަ ކުރުން
ވާޖިބު ވުމުގެ ދަރަޖައަށް ނުދާކަން އަދި އެއީ މުސްތަޙައްބުގެ ދަރަޖައިގައިވާ ކަމެއްކަމުގައިކަމާއި، އަދި
މިއުސޫލަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 256/HC-A/2007 ޤަޟިއްޔާއިން ގޮތެއް
ކަނޑައަޅުއްވާފައިވާކަންވެސް އެނގެން އޮންނަކަމާއި، މިހެންކަމުން ތިމާގެ ދަރިންނަށް މުދާ ވިއްކުން އަދި
ދަރިންގެ ތެރެއިން ބައެއް ދަރިންނަށް ނުލިބޭ ގޮތަށް އެހެން ދަރިންތަކަކަށް މުދާ ވިއްކުން އިސްލާމްދީނުގައި
ކަނޑައެޅިގެން މަނާކޮށްފައިވާކަން އެނގެންނެތްކަމާއި، އަދި ދަރިންނަށް ތަކެތި ދޭއިރު އެދަރިންގެ މެދުގައި
ހަމަހަމަކުރުމަކީ ވާޖިބެއްގެ ދަރަޖަ ލިބިގެން ނުވާކަ
ވާކަމެއްކަންވެސް އެނގެން އޮންނަކަމާއި،
ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމުން މއ.މާލެފަރު ގޯތި ވިއްކުމުގައި ވަލީދު
އިބްރާހިމްގެ ދަރިންގެ މެދުގައި ތަފާތުކޮށްފައިވީނަމަވެސް އެގޮތަށް ތަފާތުކޮށްފައިވާ ސަބަބެއްކަމަށް ވަލީދު
އިބްރާހިމްގެ ފަރާތުން ބުނެފައިވަނީ، ވަލީދު އިބްރާހިމްގެ ދަރިންގެ ތެރެއިން ގޯތި ވިއްކުމާއިމެދު
އިޢުތިރާޟުކުރާ ކުދިންނަކީ ވަޒީފާގައި އުޅެމުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާކުދިންކަމަށާއި، ޝަރީޢަތުން
އެކުދިންގެ ބަހެއް ނުހޯދާކަމަށް ބުނާ 2 ކުދިންގެ ތެރެއިން އެއްކުއްޖަކީ ޔޫ.އެސް.އޭގެ ޝިޓްޒަންސްޝިޕް
ލިބިފައިވާ ކުއްޖެއްކަމަށާއި އަނެއްކުއްޖަކީ ޔޫ.ކޭ ގެ ރައްޔިތަކާއި އިނދެގެން އެޤައުމުގައި އުޅޭ ކުއްޖެއްކަމަށާއި،
ދެކުދިންވެސް ދިރިއުޅެނީ ރާއްޖެއިން ބޭރުގައި ކަމަށާއި، އަދި މިކުދިންނަކީ ބިމުގެ ގޮތުން ތަނަވަސްކަން
ލިބިގެންވާކުދިން ކަމަށާއި މި ގޮތުން މިކުދިންގެ މަންމަގެ 2500 އަކަފޫޓުގެ ގޯއްޗެއް އޮންނަކަމަށާއިއެއްބައި
މިހާރުވެސް އެކުދިން ދިރިއުޅެމުންދާ ގެކަމަށާއި، އެކުދިންގެ މަންމަގެ އިތުރު އެއްވެސް އެހެން ބައްޕަ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
12
2011/HC-A/141
އއނނޭ،
UCO
ދިވެހިރާއްޖޭގެ ހައިކޯޓް
އިތުރު އެއްވެސް ކުއްޖެއްނެތްކަމަށާއި، ތިބީ ހަމައެކަނި މި ހަކުދިންކަމަށާއި އެހެންކަމުން މިގޯއްޗަކީ
މިކުދިންނަށް ލިބޭނެ ގޯއްޗެއްކަމަށް ދެކޭކަމަށް ވަލީދު އިބްރާހިމްގެ ފަރާތުން ބުނެފައިވާކަމާއި،
މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު
ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައި
ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށްވާއިރު، ދިވެހިރާއްޖޭގެ ބިމާއިބެހޭ
މުޢާމަލާތްތައް ހިންގުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކީ ދިވެހި ރާއްޖޭގެ
ބިމާބެހޭ ޤާނޫނުކަމާއި، އެޤާނޫނުގައި މީހެއްގެ ނަމުގައި އޮންނަ ގޯއްޗެއް ވިއްކުމުގައި ޢަމަލުކުރަންޖެހޭ
ގޮތްތަކާއި، ފުރިހަމަވާންގެ
ވާންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، މި ޤާނޫނުގެ އެއްވެސް މާއްދާއެއްގައި، ތިމާގެ
އަމިއްލަ ގޯއްޗެއް ވިއްކާއިރު، ތިމާގެ ދަރިންގެ މެދުގައި ތަފާތުކޮށް އޭގެ ތެރެއިން ދަރިން
މަޙްރޫމުވާގޮތަށް ދެން ތިބި ދަރިންނަށް އެގޯތި ނުވިއްކޭނެކަމަށްބުނާ އެއްވެސް ޝަރުތެއް އަދި ޤާނޫނީ ނައްސެއް
ފެންނަންނެތުމުން މއ.މާލެފަރު ގޯތި ވިއްކުމުގައި ވަލީދު އިބްރާހިމްގެ ދަރިންގެ މެދުގައި ތަފާތުކޮށް އޭގެ
ތެރެއިން ބައެއް ދަރިންނަށް އެގޯތީގެ 905 އަކަފޫޓުގެ ބައެއް ވިއްކި ވިއްކުމަކީ، އިސްލާމީ ޝަރީޢަތާއި،އަދި
ދިވެހިރާއްޖޭގެ ޤާނޫނުތަކުގައިކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ޚިލާފަށްކޮށްފައިވާކަމެއްކަމަށް ބެލެވޭނެ
ހަމައެއްނެތްކަން އެނގެއެވެ.
(އ) އައްވަނަކަމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43
ވަނަ މާއްދާގެ (ށ) ގައި އޮންނަނީ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު
އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ ޢައިބެއްގެ ސަބަބުން އެޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި
އިޖުރާއަތަކީ ބާތިލު އިޖުރާއަތެއް ކަމުގައިވުން މިފަދައިން ކަމާއި އަދި އެމާއްދާގެ (1) ގައި ވަނީ އަޑުއެހުން
ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާއި ޚިލާފުވުންކަމާއި، އެމާއްދާގެ (އ) ގައި ވަނީ ޙުކުމުގެ ނުވަތަ
ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުންކަމާއި،
cu o
I
02 9 84
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
13
2011/HC-A/141
ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގެ
(1) އަދި (4) އާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށްބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށައެޅި އިސްތިއުނާފް
ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ސިވިލްކޯޓަށް ހުށައެޅުނު މައްސަލައިގައި ދަޢުވާއިން
ދިފާޢުވުމަށް އެކަށީގެންވާ ފުރުސަތު ދެއްވާފައިނުވުމާއި، މައްސަލައިގެ ޙުކުމު ނިންމުމުގެ ސަބަބު
ބަޔާންކޮށްފައިނެތުން ކަން އެނގެން އޮތްއިރު،
ހު
މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކުން ދެފަހަރެއްގެ މަތިން ސިވިލްކޯޓުގެ ޝަރީޢަތުގެ
މަޖިލިސް އަށް ބަޔާންދީފައިވާކަން ހުށައެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި، އަދި މިފަރާތްތަކުން 25 މެއި
2011 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި މައްސަލައިގައި ކުރިން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް
މައްސަލަ ނިންމައިދިނުމަށް އެދިފައި އޮންނަކަމާއި، އަދި އިސްތިއުނާފުކުރާ ފަރާތްތަކުން އެދުވަހުގެ ބަޔާނުގައި
މައްސަލައިގައި އިތުރު ފުރުސަތަކަށްވެސް އެދިފައިވާކަން އެނގެންނެތްކަމާއި، މިހެންކަމުން ސިވިލްކޯޓަށް
ހުށައެޅުނު މައްސަލައިގައި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް މި މައްސަލަ އިސްތިއުނާފުކުރާ
ފަރާތްތަކަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާކަމުގައި ބެލެވެން އޮންނަކަމާއި، ސިވިލް ކޯޓަށް ހުށައެޅުނު
މައްސަލައަކީ މިއ.
..މާލެފަރުން
ބަޔެއް ވިއްކާލުމަށް ވަލީދު އިބްރާހިމްގެ ފަރާތުން ހުށައެޅުނު މައްސަލަ އެއްކަން
އެނގޭއިރު، އެމައްސަލައިގައި ޙުކުމުގައި މައްސަލައިގެ ޙުކުމު ކުރާ ސަބަބު ބަޔާންކޮށްފައިވާކަމާއި، އަދި
ޙުކުމަށް ވާސިލުވި ސަބަބު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ފާހަގަ ކުރައްވާފައިވާކަމާއި، މިކަންކަން
އެނގެން އޮތުމުން މިމައްސަލަ ޝަރީޢަތުން ނިންމި ނިންމުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43
ވަނަ މާއްދާގެ (1) އަދި (4) އާއި ޚިލާފަށް ކޮށްފައިވާކަމެއް ފެންނަން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެ ދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
964
/
Cv
-
C/1943)
ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށައަޅާފައިވާ ނުކުތާތަކުގެ މައްޗަށްބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއްނެތްކަމަށެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
14
2011/HC-A/141
(ވ) ނުވަވަނަކަމަކީ، މައްސަލައިގެ އަޑުއެހުންތައް ނިމުމަށްފަހު، ޙުކުމްކުރުމަށްޓަކައި
އިސްތިއުނާފު ކުރި ފަރާތްތަކުގެ ތެރެއިން ޢަބްދުﷲ ރިފާޢު ކޯޓަށް ޙާޟިރުވުމަށް ނަންބަރު
HC
-
B8
/
2012
/
263 ޗިޓު ފޮނުވުނުއިރު، ޢަބްދުﷲ ރިފާޢު ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ގޮސްފައިވާތީ،
މިމައްސަލައިގެ ޙުކުމް ކުރެވިފައިވަނީ ޢަބްދުﷲ ރިފާއުގެ ޣައިރު ޙާޟިރުގައެވެ.
CC
ހުކުމް:
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރިއިރު، ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2010
)
964
/
Cv
-
C/1943) ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މއ.މާލެފަރު އަޙްމަދު ރިފާޢު
އާއި ހަމައެގޭ ޙުސައިން ރިފާއު އާއި ޢަބްދުﷲ ރިފާޢު އަދި އާމިނަތު ރީމާގެ ފަރާތުން ހުށައަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބަލާ، އެމައްސަލައިގެ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ސަބަބެއް ފެންނަން ނެތުމުން، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
964
/
Cv
-
C/1943)
ޤަޟިއްޔާގައި ކުރައްވާފައިވާ
ޖެހޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި މި މައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
22 ހއ
ގދ ޏ ސ 8
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv