ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/258 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2014/HC-A/258
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 258/HC
-
A/2014
އިސްތިއުނާފު ކުރި ފަރާތް.
ނަން: ދިވެހިރައްޔިތުންގެ ޕާޓީ
ޕާޓީގެ ފަރާތުން: ޕާޓީގެ ވަގުތީ ލީޑަރ އަލްފާޟިލް މުޙައްމަދު ނަޝީދު ހ. ފޮއްދޫގެ، މާލެ
* ވަކީލް: އދ.އާމިނަތު ޝިޒްލީނާ، މަދޮށިމާގެ ސ، ފޭދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 503
/
2009-C
ވަކީލް: އދ. ޢަބްދުލް މާނިޢު ޙުސައިން އަންބަރީގެ .
އިހަވަންދޫ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 ޛުލްޤައިދާ 1435
15 ސެޕްޓެމްބަރު 2014
ނިމުނު ތާރީޚް: 08 ރަބީޢުލްއާޚިރު 1436
29 ޖަނަވަރީ 2015
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/628
• ނިންމެވި ކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
މައްސަލަ ހުށަހެޅުނު ތާރީޚް: 03 އޭޕްރީލް 2012
މައްސަލަ ނިމުނު ތާރީޚް: 08 އޭޕްރީލް 2014
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެއެކނ އނގނއއ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/258
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/628 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދިވެހިރައްޔިތުންގެ ޕާޓީގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ހަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/628 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ށް އެދި ދިވެހިރައްޔިތުންގެ ޕާޓީގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/628 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ދިވެހިރައްޔިތުންގެ ޕާޓީން އެދިގެން ހަބް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ދިވެހިރައްޔިތުންގެ ޕާޓީއަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް، -/
718,431ރ. (ހަތްލައްކަ
އަށާރަހާސް ހަތަރުސަތޭކަ ތިރީސް އެއްރުފިޔާ) ދިވެހިރައްޔިތުންގެ ޕާޓީއިން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ލިބެންޖެހޭކަމަށްބުނެ، މިފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ބުނެވިދިޔަ ޢަދަދުގެ
25
% އަށްވާ ފައިސާއާއި، ވަކީލުފީގެ ގޮތުގައި -/20,000ރ. (ވިހިހާސް ރުފިޔާ) ލިބިގަތުމަށްޓަކައި ހަބް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހިރައްޔިތުންގެ ޕާޓީގެ މައްޗަށް ދަޢުވާކުރުމުން ބައްލަވައި ނިންމަވާފައިވާ
CCCXOcc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/258
3. މިޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/628 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ،
ދިވެހިރައްޔިތުންގެ ޕާޓީން އެދިގެން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު:
503
/
2009-C) ން ދިވެހިރައްޔިތުންގެ ޕާޓީއަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް -/718,431ރ. (ހަތްލައްކަ
އަށާރަހާސް ހަތަރުސަތޭކަ ތިރީސް އެއްރުފިޔާ) ދިވެހިރައްޔިތުންގެ ޕާޓީން ލިބެންޖެހޭކަމަށްބުނެ، މިފައިސާ
ނުލިބި ލަސްވުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ބުނެވިދިޔަ އަދަދުގެ %25 އަށްވާ ފައިސާ އާއި،
ވަކީލުފީގެ ގޮތުގައި -/
20,000ރ. (ވިހިހާސްރުފިޔާ) ލިބިގަތުމަށްޓަކައި ހަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ދިވެހިރައްޔިތުންގެ ޕާޓީގެ މައްޗަށް ދަޢުވާކޮށްފައި ވާހިނދުގެ
ދިވެހިރައްޔިތުންގެ ޕާޓީން ދަޢުވާއަށް އިންކާރުކުރި ކަމުގައިވިޔަސް ހަބް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން މި ދަޢުވާ ބިނާކޮށްފައިވާ 57 އިންވޮއިސްގެ ތެރެއިން ހުރިހާ އިންވޮއިސްތަކުގެ ޚިދުމަތް ހަބް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހިރައްޔިތުންގެ ޕާޓީއަށް ލިބިދީފައިވާކަމަށާއި، ދިވެހިރައްޔިތުންގެ ޕާޓީން
އިންކާރުކުރަނީ ހުށަހެޅިފައިވާ އިންވޮއިސްތަކުގެ ތެރެއިން 10 އިންވޮއިސްގެ އަގާމެދުކަން ދިވެހިރައްޔިތުންގެ
ޕާޓީގެ ބަހުން އެނގެން އޮންނަކަމާއި؛
މިދަޢުވާގައި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހަށަހަޅާފައިވާ އިންވޮއިސްތަކުގައިވާ ޚިދުމަތް
ލިބިގަނެފައިވާކަން ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮތުމާއެކު، ބުނެވިދިޔަ
އިންވޮއިސްތައް ދިވެހިރައްޔިތުންގެ ޕާޓީއަށް ލިބި ގިނަދުވަސްތަކެއް ފާއިތުވެގޮސް މިމައްސަލަ ކޯޓަށް
ހުށަހެޅުމާހަމައަށްވެސް އިންވޮއިސްތަކާމެދު ދިވެހިރައްޔިތުންގެ ޕާޓީން އިންކާރުކޮށްފައިވާކަން އެނގެންނެތުމާއި،
އަދި ބުނެވިދިޔަ އިންވޮއިސްތަކުގެ ކުރިން ފޯރުކޮށްދީފައިވާ ޚިދުމަތްތަކުގެ އިންވޮއިސްތަކަށްވެސް
ދިވެހިރައްޔިތުންގެ ޕާޓީން ފައިސާދީފައިވާކަން އެނގެންއޮތުމާއި، ހެކީންގެގޮތުގައި ޝަރީޢަތަށް ހެކިބަސްދީފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/258
ފަރާތްތަކުގެ ބަހުންވެސް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީއަށް ޚިދުމަތްތަކެއް
ފޯރުކޮށްދެމުން ގޮސްފައިވާކަމާއި، ޚިދުމަތްތަކުގެ އަގާމެދު އެއްބަސްވެފައިވާ ލިޔުމެއް ނެތްކަމުގައިވިޔަސް
ޚިދުމަތް ފޯރުކޮށްދިނުމަށްފަހު ހުށަހަޅާ އިންވޮއިސްތަކަށް ދިވެހިރައްޔިތުންގެ ޕާޓީން ފައިސާދޫކުރަމުން
ގޮސްފައިވާކަމުގައިބުނެ ހެކިބަސްދީފައިވާކަމާއި، އަދި މިކަން ލިޔެކިޔުންތަކުންވެސް އެނގެންއޮންނަކަމާއިގެ
CO
މ 4
3
2 ހb
ބެންފަ2
އުމަގުން ކަންކަން ފެންނާންހުރުމުން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި
ރައްޔިތުންގެ ޕާޓީގެ މައްޗަށް ހުށަހަޅާފައިވާ މި ދަޢުވާގައިވާ އިންވޮއިސްތަކުގެ ޖުމްލަ -/
718,431ރ.
(ހަތްލައްކަ އަށާރަހާސް ހަތަރުސަތޭކަ ތިރީސްއެއްރުފިޔާ) އަކީ ދިވެހިރައްޔިތުންގެ ޕާޓީން ހަބް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ޘާބިތުވާކަމުގައި
ކަނޑައަޅައި، ބުނެވިދިޔަ ފައިސާ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދު 08 އޭޕްރީލް
2014 ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި -/
718,431ރ. (ހަތްލައްކަ އަށާރަހާސް
ހަތަރުސަތޭކަ ތިރީސްއެއްރުފިޔާ) މިކޯޓަށް ދައްކައި ޚަލާޞްކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީއަށް އެންގުމާއެކު؟
ގެއްލުމުގެ ބަދަލުގެގޮތުގައި ނަގައިދިނުމަށް އެދިފައިވާ ބުނެވިދިޔަ އަދަދުގެ %25 އަށްވާ ފައިސާ
އާއި، ވަކީލުފީގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ -/
20,000ރ. (ވިހިހާސްރުފިޔާ) ނަގައިދެވޭނެ ހަމައެއް މި
މައްސަލާގައި ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/628 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދިވެހިރައްޔިތުންގެ ޕާޓީގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ހުށަހަޅާފައިވާ 57
އިންވޮއިސްގެ ތެރެއިން 10 އިންވޮއިސްއަކީ ޞައްޙަ އިންވޮއިސްތަކެއްކަމަށް ނުވާއިރު، އެއިންވޮއިސްތަކަކީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/258
ޞައްޙަ
ތ * 4 ހ ޑއ
އނފައިPe
އެތަކެއް ކަމަށް ބައްލަވައި، މައްސަލާގައި ދަށުކޯޓުން ޙުކުމް ކުރައްވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/628 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
cu o
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/628 ޤަޟިއްޔާގައި ހުށަހެޅުނު
މައްސަލައަކީ، ދިވެހިރައްޔިތުންގެ ޕާޓީން އެދިގެން އެޕާޓީއަށް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ -/
718,431ރ. (ހަތްލައްކަ
އަށާރަހާސް ހަތަރުސަތޭކަ ތިރީސް އެއްރުފިޔާ) އާއި، އެފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ގެއްލުމުގެ
ބަދަލުގެ ގޮތުގައި ފައިސާގެ އެޢަދަދުގެ %25 އަށްވާ ފައިސާގެ އިތުރުން ވަކީލުފީގެ ގޮތުގައި -/20,000ރ.
(ވިހިހާސްރުފިޔާ) ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހޯދުމަށް ހަޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން
ބެލުނު މައްސަލައެއްކަމާއި،
އެމައްސަލަ ބައްލަވައި ސިވިލް ކޯޓުން ނިންމަވާފައިވަނީ، ދިވެހިރައްޔިތުންގެ ޕާޓީގެ މައްޗަށް ހަބް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ހިމެނޭ އިންވޮއިސްތަކުގެ ޖުމްލަކަމަށްވާ
-/
718,431ރ. (ހަތްލައްކަ އަށާރަހާސް ހަތަރުސަތޭކަ ތިރީސް އެއްރުފިޔާ) އަކީ ހަބް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ދިވެހިރައްޔިތުންގެ ޕާޓީން ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާތީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/258
ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި އެފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް
ދިވެހިރައްޔިތުންގެ ޕާޓީއަށް އަންގަވައި، ގެއްލުމުގެ ބަދަލުގެގޮތުގައި ހޯދުމަށް އެދިފައިވާ ބަޔާންކުރެވިދިޔަ
ފައިސާގެ ޢަދަދުގެ %25 އަށްވާ ފައިސާގެ އިތުރުން ވަކީލުފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/
20,000ރ.
(ވިހިހާސްރުފިޔާ) ނަންގަވައިދެއްވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވައި އެގޮތުގެމަ
އެގޮތުގެމަތިންކަން އެނގޭކަމެވެ.
ދެވަނަ ކަމަކީ،
ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/628 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ، ހަބް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ހުށަހަޅާފައިވާ 57 އިންވޮއިސްގެ ތެރެއިން 10 އިންވޮއިސްއަކީ ޞައްޙަ
އިންވޮއިސްތަކެއްކަމަށް ނުވާއިރު، އެއިންވޮއިސްތަކަކީ ޞައްޙަ އިންވޮއިސްތަކެއް ކަމަށްބައްލަވައި، މައްސަލާގައި
ދަށު ކޯޓުން ޙުކުމްކުރައްވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާކަމަށްވާއިރު އެނުކުތާގެ މައްޗަށް ބެލިއިރު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/628 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ
ނުކުތާގެ ތަފްޞީލުގައި ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި، ޞައްޙަނޫންކަމަށް
ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ބުނެފައިވާ 10 އިންވޮއިސްގެ ތެރެއިން ނަންބަރު IN0236
/
08
އިންވޮއިސް ފިޔަވައި ދެންހުރި އިންވޮއިސްތަކަކީ ޞައްޙަނޫން އިންވޮއިސްތަކެއްކަމަށް ދިވެހިރައްޔިތުންގެ ޕާޓީގެ
ފަރާތުން ބުނެފައިވަނީ އެއިންވޮއިސްތަކުގައި ޕީ.އޯ ނަންބަރު ނެތުމުންނާއި، މި އިންވޮއިސްތަކުގައިވާ
ޚިދުމަތްތައް ދިވެހިރައްޔިތުންގެ ޕާޓީއަށް ދެވިފައިވާކަން ހަޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި
ނުވާތީކަމަށާއި،
ޞައްޙަނޫންކަމަކީ
ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ބުނެފައިވާ 10 އިންވޮއިސްގެ ތެރެއިން
ނަންބަރު IN0236
/
08 އިންވޮއިސްއަކީ ޞައްޙަނޫން އިންވޮއިސްއެއްކަމަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
، ދިވެހި
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/258
ބުނެފައިވަނީ، މިއިންވޮއިސްގައިވާ ޚިދުމަތުގެ ކޯޓޭޝަން ފޮނުވިކަމަށް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ހުށަހެޅި ލިޔެކިއުންތަކުން ދައްކާ ތާރީޚަކީ ޚިދުމަތަށް އެދުނުކަމަށް ބުނާ ތާރީޚުގެ 9 މަސްދުވަސް ކުރީގެ
ތާރީޚެއްކަމަށްވާއިރު، މިއީ މިބާވަތުގެ މުޢާމަލާތްތަކުގައި ޢަމަލުކުރާ އުޞޫލެއްކަމަށް ނުވެފައި، އަދި
މިއިންވޮއިސްގައިވާ ޚިދުމަތް ބަޔާންކުރެވިފައިވާ އެތާރީޚުގައި ފޯރުކޮށްދެވިފައިވާކަން ހަބް ކޮމްޕެނީއަށް
ސާބިތުކޮށްދެވިފައިނުވާތީކަމަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ބުނެފައިވާކަން އެނގޭކަމެވެ.
COX >
co
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/628 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ ތަފްޞީލުގައި، ހަބް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ އިންވޮއިސްތަކުގެ ތެރެއިން، 10
އިންވޮއިސްއަކީ ޞައްޙަ އިންވޮއިސްތަކެއްނޫންކަމަށާއި، އެ އިންވޮއިސްތަކުގައިވާ ޚިދުމަތްތައް ދިވެހިރައްޔިތުންގެ
ޕާޓީއަށް ދެވިފައިވާކަން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ބުނެފައިވާއިރު،
8
ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހިރައްޔިތުންގެ ޕާޓީގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގައި
ހިމެނޭ އިންވޮއިސްތަކުގެ ޚިދުމަތްތައް ދިވެހިރައްޔިތުންގެ ޕާޓީއަށް ލިބިފައިވާކަމަށާއި، އެމަސައްކަތްތައް ހަބް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށްދީފައިވާކަމަށް 8 އޭޕްރީލް 2014 ވަނަދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދިވެހިރައްޔިތުންގެ ޕާޓީއިން ދިން ބަޔާނުގައި ބުނެ، އެޚިދުމަތްތައް ހަބް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ދިވެހިރައްޔިތުންގެ ޕާޓީއަށް ފޯރުކޮށްދީފައިވާކަމުގެ މައްޗަށް ދިވެހިރައްޔިތުންގެ ޕާޓީގެ އިއުތިރާފް
ލިބިފައިވާކަން އެނގެން އޮތްކަމެވެ.
(ހ) ހަތަރުވަނަ ކަމަކީ، ދިވެހިރައްޔިތުންގެ ޕާޓީއިންނާއި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ސިވިލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި އަދި މިމައްސަލައާގުޅިގެން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/258
ސިވިލް ކޯޓަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުގެ މައްޗަށް ބަލާއިރު، ދިވެހިރައްޔިތުންގެ ޕާޓީއިން ހަބް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޚިދުމަތް ހޯދަނީ ޚިދުމަތުގެ ރިކުއެސްޓް ފޮނުވައިގެން ކަމާއި، ނަމަވެސް
ބައެއްފަހަރު ޚިދުމަތް ހޯދުމަށްފަހުވެސް ރިކުއެސްޓް ފޮނުވާކަމާއި، އަދި ލިއުން ނެތިވެސް ދިވެހިރައްޔިތުންގެ
ޕާޓީއިން ހޯދާ ޚިދުމަތްތަކަށް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދިވެހިރައްޔިތުންގެ ޕާޓީއިން ފައިސާ
ދައްކަމުން ގޮސްފައިވާކަމާއި، އަދި އޭގެ އިތުރުން، ޕީ.އޯ ނަންބަރު ނެތް މިނޫން އެހެން އިންވޮއިސްތަކެއްވެސް
ބަލައިގަނެ ޤަބޫލުކޮށްފައިވާކަމާއި، އެއީ އެއިންވޮއިސްތަކުގައިވާ ޚިދުމަތްތައް ދިވެހިރައްޔިތުންގެ ޕާޓީއަށް
ލިބިފައިވާތީކަމުގައި ދިވެހިރައްޔިތުންގެ ޕާޓީއިން ބުނެފައިވާކަން އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހިރައްޔިތުންގެ ޕާޓީގެ މައްޗަށް
ހުށަހަޅާފައިވާ ދަޢުވާގައި ހިމެނޭ އިންވޮއިސްތައް ދިވެހިރައްޔިތުންގެ ޕާޓީއަށް ލިބިފައިވާކަމާމެދު
ދިވެހިރައްޔިތުންގެ ޕާޓީއިން އިންކާރުކޮށްފައިނުވާއިރު، އެއިންވޮއިސްތަކުގައި މައްސަލައެއް އޮތްނަމަ އެކަން ހަބް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް އެ އިންވޮއިސްތަކުގައި ބަޔާންކޮށް އެކަމަށް މުއްދަތެއް ދީފައިވާއިރު،
އެއިންވޮއިސްތަކުގައި މައްސަލަ ހުރިކަން ފާހަގަކޮށް އެކަން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ދިވެހިރައްޔިތުންގެ ޕާޓީއިން އަންގާފައިނުވާކަމާއި،
ހަޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާގައި ހިމެނޭ އިންވޮއިސްތަކުގައި
ބަޔާންކޮށްފައިވާ އަގުތަކުގެ ޚިދުމަތްތަކަކީ 2008 އަދި 2009 ގައި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ދިވެހިރައްޔިތުންގެ ޕާޓީއަށް ކޮށްދީފައިވާ މަސައްކަތްތަކަކަށްވާއިރު، އެފައިސާ ނުލިބި ގިނަދުވަސްތަކެއް
ވަމުންދާތީ އެފައިސާ ދެއްކުމަށާއި އަދި އެއިން އިންވޮއިސްއެއްގައި މައްސަލައެއް އޮތްނަމަ އެކަން ހަބް
ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް އިތުރު ފުރުޞަތުދީ ހަޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހިރައްޔިތުންގެ
ޕާޓީއަށް ސިޓީ ފޮނުވައި އަންގާފައިވާކަމާއި، އެގޮތުން މިފައިސާ ހޯދުމަށް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
COX
ކޮމްޕެނީ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/258
ކުރި މަސައްކަތަށްވެސް
ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން އިޖާބަނުދިނުމުން، ހަބް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ނަންބަރު 0032
/
11/H
/
LOC (16 މެއި 2011) ސި އެންމެ ފަހުގެ ނޯޓިސްއެއްގެ ގޮތުގައި
ދިވެހިރައްޔިތުންގެ ޕާޓީއަށް ފޮނުވިފައިވާކަމާއި، ނަމަވެސް އެފައިސާ ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހަބް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިނުވާއިރު، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާ
އެކޯޓަށް ހުށަހެޅުމާ ހަމައަށް އެއިން އިންވޮއިސްއެއްގައި މައްސަލަ ހުރިކަން ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން
ފާހަގަކޮށްފައިނުވާކަމާއި، އަދި އެއިންވޮއިސްތައް ނުވަތަ އޭގެތެރެއިން ވަކި އިންވޮއިސްތަކެއްވިޔަސް
ޤަބޫލުނުކުރާކަން ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިނުވާކަން
އެނގޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިންހުރުމުން، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ދިވެހިރައްޔިތުންގެ ޕާޓީގެ މައްޗަށް ހަޓް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/628 ޤަޟިއްޔާގައި ހިމެނޭ
އިންވޮއިސްތަކުގެ ޖުމްލަ -/
718,431ރ. (ހަތްލައްކަ އަށާރަހާސް ހަތަރުސަތޭކަ ތެއްތިރީސް ރުފިޔާ) އަކީ ހަބް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް
ޘާބިތުވާކަމަށް ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުމަށް
ބަދަލުގެންނާނެ ތަނެއް ނެތްކަމުގައެވެ.
9
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/628 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހުށަހެޅި ނުކުތާގެ
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/258
މައްޗަށް ބިނާކޮށް ބަލާއިރު، އެޤަޟިއްޔާގައި ހިމެނޭ އިންވޮއިސްތަކުގެ ޖުމްލަ -/718,431ރ. (ހަތްލައްކަ
އަށާރަހާސް ހަތަރުސަތޭކަ އެއްތިރީސް ރުފިޔާ) އަކީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދިވެހިރައްޔިތުންގެ
ޕާޓީގެ ފަރާތުން ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/628 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނާނެ
ތަނެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv