ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/264 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/264
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 264/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު އަންވަރު
އައިޑީ ކާޑު ނަންބަރ: A123610
ވަކީލު: އަލްއުސްތާޛް ޝަހީމު އަޙްމަދު
ދާއިމީ އެޑްރެސް:
ފޯކައިދޫ މުޝްތަރީގެ
މިހާރުގެ އެޑްރެސް: ށ. ފޯކައިދޫ މުޝްތަރީގެ
z
0
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެލަރުގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 23
62
2 ހ 3
ނޮވެމްބަރު
2011
* ނިމުނު ތާރީޚް: 28 ނޮވެމްބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cr-C/209
• ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: އޮރިޔާންކާޑު ގެންގުޅުން
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/264
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/209 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ށ. ފޯކައިދޫ މުޝްތަރީގެ އަޙްމަދު އަންވަރު އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތެވެ.
cu o
CCO
0
P
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/209 ޤަޟިއްޔާ އަކީ، މިއީ، ފޯކައިދޫ
މުސްތަރީގެ އަޙްމަދު އަންވަރު 01 ސެޕްޓެމްބަރު 2010 ދުވަހުގެ 10:30 އެހައިކަންހާއިރު، ލިލީ ޝިޕިންގ
އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި
ހުޅުވާފައިއޮންނަ 002
258410
7704 ނަންބަރު އެކައުންޓުގެ 005942 ނަންބަރުގެ ސައްޙަނޫން ޗެކު
ބޭނުންކޮށްގެން ބޭންކު އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ހުޅުމާލޭ ބްރާންޗުން -/600000ރ. (ހަލައްކަ
ރުފިޔާ) ނެގި މައްސަލައާއި ގުޅިގެން، ފުލުހުންގެ ބޭކަލުން އަޙްމަދު އަންވަރު ދިރިއުޅޭ ކޮޓަރި
ބަލާފާސްކުރެއްވިއިރު، އަޙްމަދު އަންވަރު ގެންގުޅޭ ކަޅުކުލައިގެ ލެޕްޓޮޕް ދަބަހުގެ ތެރެއިން ފެނުނު ސީޑީތަކުގެ
ތެރެއިން 22 (ބާވީސް) ޑީވީޑީއާއި 1 (އެކެއް) ސީޑީ (އެކެއް) ޕެންޑްރައިވްއިން އޮރިޔާން
މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީ، ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން
މަނާތަކެތީގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ
ދަށުން، އަޙްމަދު އަންވަރުގެ މައްޗަށް ދަޢުލަތުން ދަޢުވާ ކުރައްވާފައިވާ ދިވެހިރާއްޖޭގައި އޮރިޔާންކާރޑު
ގެންގުޅުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއިގެ
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ފޯކައިދޫ | މުސްތަރީގެ އަޙްމަދު
އަންވަރުގެ މައްޗަށް ދަޢުލަތުންކުޅަ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން،
މީނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުން މިނާ ދިރިއުޅޭ ކޮޓަރިބަލާ
ފާސްކުރިއިރު، މީނާ ގެންގުޅޭ ކަޅުކުލައިގެ ލެޕްޓޮޕް ދަބަހުގެ ތެރެއިން ފެނުނު ސީޑީ ތަކުގެ ތެރެއިން 22
(ބާވީސް) ޑީވީޑީއާއި 01 (އެކެއް) ސީޑީ އަދި 01 (އެކެއް) ޕެންޑްރައިވްއިން އޮރިޔާން މަންޒަރު ދައްކުވައިދޭ
AAA
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/264
ފޮޓޯއާއި ވީޑިއޯ ފެނިފައިވާކަން ހެކިންގެ ހެކިބަހުންނާއި، އަޙްމަދު އަންވަރުގެ ބަހުން އެނގެން އޮތުމުން
ހެކިންގެ ހެކިބަހުންނާއި އަޙްމަދު އަންވަރުގެ އިޢުތިރާފުގެ މައްޗަށް ބިނާކޮށް، އޮރިޔާންކާޑު
ގެންގުޅުމުގެ ކުށުން
އަޙްމަދު އަންވަރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި
ފުރަތަމަ ފަހަރުކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން
މަނާތަކެތީގެ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ނ) އާ އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން، ށ.
ފޯކައިދޫ | މުސްތަރީގެ އަޙްމަދު އަންވަރު -/50000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކޮށް މިފައިސާ
މިއަދުން (25 އޯގަސްޓް 2011) ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓަށް (ކްރިމިނަލް ކޯޓަށް)
ދެއްކުމަށް ފޯކައިދޫ | މުސްތަރީގެ އަޙްމަދު އަންވަރަށް އަންގާ މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީމެވެ.“ މިފަދައިން ކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/209
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަޙްމަދު އަންވަރުގެ ފަރާތުން
ހަތަރު ނުކުތާއެއް ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެންކީ 0ތތަކަކ
ފުރަތަމަ ނުކުތާއަކީ: މިމައްސަލަ ނިންމެވުމުގައި މިޙާދިޘާ ހިނގާފައިވާގޮތުގެ މައްޗަށް މައްސަލަ
ބެއްލެވި ޤާޟީ އެންމެ ފުރިހަމައަށް ނަޒަރުކުރެއްވުމަކާނުލައި އަޙްމަދު އަންވަރުގެ މައްޗަށް އޮރިޔާން
މަންޒަރު ދައްކުވައިދޭ ވީޑިޔޯއާއި އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ގެންގުޅުކަމުގެ ކުށް
ސާބިތުކުރައްވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިޔޯއާއި އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ
ގެންގުޅުނުކަމަށް އަޙްމަދު އަންވަރު އިޢުތިރާފުވެފައިވާ ކަމަށް ޙުކުމް ކުރައްވާފައިވާއިރު
ތަޙުޤީޤުގައިވެސް އަދި ޝަރީޢަތުގެ މަޖިލީހުގައިވެސް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިޔޯއާއި
އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ގެންގުޅުކަމަށް އިޢުތިރާފުވެފައި ނެތްކަން އެނގެން އޮތުން ކަމަށް
މި ފާހަގަ ކުރި ނުކުތާއެވެ
صبر
A&A
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2{011/HC-A/264
34
ކަންތައްތަކެއް
• ތިންވަނަ ނުކުތާއަކީ: މިމައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހެކިބަސްދެއްވި
ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ އެބޭފުޅުން ކުރައްވާފައިވާ ހުވަޔާ ޚިލާފަށް ޤަބޫލުނުކުރެވޭ
ހިންގާފައިވާ ފަރާތްތަކެއް ކަމަށް ސާފުކޮށް އެނގެން އޮތްހިނދުވެސް މިމައްސަލަ
ނިންމެވުމުގައި އެކަމަށް ބައްލަވާފައި ނުވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ހަތަރު ވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާފަދައިން މީހަކު
ކުށެއްކޮށްފިކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތު ކޮށްދެވިފައި ނެތުން ކަމަށް ބުނެ
ފާހަގަ ކުރި ނުކުތާއެވެ.
OXOC)
-03
ޚި
މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/209 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު އަންވަރުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/209 ޤަޟިއްޔާގައި އަޙްމަދު އަންވަރުގެ މައްޗަށް
ދައުލަތުން ކޮށްފައިވަނީ ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 4
ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ އެޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގައި
އޮރިޔާންކާޑު
ގެންގުޅުމުގެ ކުށުގެ ދަޢުވާ ކަމާއި، އެދަޢުވާއަށް އަޙްމަދު އަންވަރު އިންކާރު ކޮށްފައިވާކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
(.) މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް އަޙްމަދު އަންވަރު ދީފައިވާ
ބަޔާނުގައިވެސް އަދި ޝަރީޢަތުގެ މަޖިލީހުގައިވެސް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިޔޯއާއި އޮރިޔާން
މަންޒަރު ދައްކުވައިދޭ ފޮޓޯ ގެންގުޅުނުކަމަށް އިޢުތިރާފުވެފައި ނުވާނެކަމަށް އަޙްމަދު އަންވަރުގެ ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގައި ބުނެފައިވާއިރު،
AA
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/264
2010 ސެޕްޓެމްބަރ 11 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް އަޙްމަދު އަންވަރު
ދީފައިވާ ބަޔާނުގައި، އަޙްމަދު އަންވަރުގެ ދަބަހުގެ ތެރެއިން 24 (ސައުވީސް) ސީޑީއާއި ޕެންޑްރައިވެއް
ފެނުނުކަމަށް އަޙްމަދު އަންވަރު ބުނެފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ އިޝާރާތްކުރެވުނު ސީޑީތަކަކީ އަޙްމަދު އަންވަރުގެ ޙަވާލުގައި ހުރި ތަކެތި ކަމަށާއި
ޕެންޑްރައިވްއަކީ އަޙްމަދު އަންވަރު ގެންގުޅޭ އޭނަގެ އެއްޗެއް ކަމަށް އަޙްމަދު އަންވަރު އިޢުތިރާފުވެފައިވާކަން،
މިމައްސަލައާއި ގުޅިގެން 2011 މާރޗް 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އަޙްމަދު
އަންވަރު ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
(ނ) އަޙްމަދު އަންވަރުގެ އަތުން ފެނުނު އިސްވެ ބަޔާންކުރެވުނު ސީޑީތަކާއި، (ޑީވީޑީ ތަކާއި)
ޕެންޑްރައިވްގެ ތެރެއިން،
22 (ބާވީސް، ޑީވީޑީ އާއި 01 (އެކެއް) ސީޑީގައި އޮރިޔާން މަންޒަރު އެކުލެވޭ ވީޑިއޯފައިލް
etc
###
ހުރިކަމާއި،
އަދި ޕެންޑްރައިވްގައި އޮރިޔާން މަންޒަރު ދައްކުވައިދޭ 08 (އަށެއް) ފޮޓޯ އާއި، އޮރިޔާން މަންޒަރު
ދައްކުވައިދޭ 227 (ދުއިސައްތަ ހަތާވީސް) ވީޑިއޯ ކުލިޕް ހުރިކަން މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ
328/FSD
(
B
)
2010
/
DEU (10 އޮކްޓޯބަރ 2010) ”ޑިޖިޓަލް އެވިޑެންސް އެނަލައިސިސް
ރިޕޯޓް“ އިން އެނގެން އޮވެފައި، ސީޑީ ތަކަކީ އަޙްމަދު އަންވަރުގެ ތަކެތިނޫންކަމަށް ބުނިނަމަވެސް
ޕެންޑްރައިވް އަކީ އަޙްމަދު އަންވަރުގެ އެއްޗެއްކަން އަޙްމަދު އަންވަރުގެ އަމިއްލަ އިޢްތިރާފުން ޝަރީޢަތަށް
ސާބިތުވުމުގެ އިތުރުން، ސީޑީތައް ފެނިފައިވަނީ އަޙްމަދު އަންވަރުގެ ބެލުމުގެ ދަށުގައި ހުރި އެއްޗަކުންކަމަށް
ވުމާއެކު، އެތަކެތީގެ ޒިންމާ އެހެންމީހަކު ނުއުލާހާހިނދަކު، އެތަކެއްޗާ ޒިންމާވާންޖެހޭ ފަރާތަކީ އަޙްމަދު
އަންވަރުކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އެނގެއެވެ.
(ރ) އިސްވެ އިޝާރާތްކުރެވުނު ސީޑީތަކަކީ އަޙްމަދު އަންވަރުގެ ޙަވާލުގައި ހުރި ތަކެތި ކަމާއި،
ޕެންޑްރައިވްއަކީ އަޙްމަދު އަންވަރުގެ އެއްޗެއްކަން އަޙްމަދު އަންވަރުގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާއިރު،
ތަކަކީ އަޙްމަދު އަންވަރު ޒިންމާވާންނުޖެހޭ ތަކެތިކަމަށް ބެލިކަމުގައިވީނަމަވެސް، އެތަކެތި ފެނިފައިވަނީ
2010 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 00:30 ހާއިރު އަޙްމަދު އަންވަރު ދިރިއުޅޭ ކޮޓަރިބަލާ
43
A+
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/264
ފާސްކުރިއިރުކަމަށްވާއިރު، އަޙްމަދު އަންވަރު ގެންގުޅޭ އެއްޗެއްކަން އަޙްމަދު އަންވަރުގެ އަމިއްލަ އިޢްތިރާފުން
ޝަރީޢަތަށް ސާބިތުވާ ޕެންޑްރައިވްގައި އޮރިޔާން މަންޒަރު ދައްކުވައިދޭ 08 (އަށެއް) ފޮޓޯ އާއި، އޮރިޔާން
މަންޒަރު ދައްކުވައިދޭ 227 (ދުއިސައްތަ ހަތާވީސް) ވީޑިއޯ ކުލިޕް ހުރިކަން މޯލްޑިވްސް ޕޮލިސް
ސަރވިސަސްގެ ނަންބަރު 328/FSD
(
B
)
2010
/
DEU (10 އޮކްޓޯބަރ 2010) ”ޑިޖިޓަލް އެވިޑެންސް
އެނަލައިސިސް ރިޕޯޓް، އިން އެނގެން އޮވެފައި، އެޕެންޑްރައިވްގައި ހުރި ފައިލްތަކަކީ 2010 ސެޕްޓެމްބަރ
01 ވަނަ ދުވަހުގެ ކުރިން ކްރިއޭޓްކުރެވިފައިވާ އަދި މޮޑިފައި ކުރެވިފައިވާ ފައިލްތަކެއްކަން ހައިކޯޓުން
ބެލިބެލުމުން އެނގެން އޮތުމުން، ޕެންޑްރައިވް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުއިރު އިޝާރާތްކުރެވުނު
ފޮޓޯތަކާއި ވީޑިއޯ ކުލިޕްތައް އެޕެންޑްރައިވްގައި ހުރިކަން ޝަރީޢަތަށް ސާބިތުވާއިރު ޕެންޑްރައިވްގައި ހުރި
ތަކެއްޗާމެދު ޒިންމާ އުފުލަންޖެހޭ ފަރާތަކީ އަޙްމަދު އަންވަރުކަން އެނގޭކަމާއި،
އިސްވެ ބަޔާންކުރެވުނު ތަކެތީގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ގިނަ ޢަދަދެއްގެ ފިލްމާއި ފޮޓޯ
ހިމެނިފައިވާކަން ކުރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކުރެވުނު ހެކިންގެ ހެކި ބަހުން އެނގެން
އޮވެފައި، އެތަކެތީގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ފިލްމާއި ފޮޓޯ ހިމެނިފައިވާކަން ޝަރީޢަތުން ބެލިބެލުމުން
އެނގިފައިވާކަން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/209 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
ވީމާ، އިސްވެ ބަޔާން ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ގޮތަށް ކަންކަން ހުރުމުން، ކްރިމިނަލް
ކޯޓުގެ ނަންބަރު 2011/Cr
-
C/209 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ރަގަޅަށް ނޫންކަމަށް މި މައްސަލަ
ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
OC Oc
ޙުކުމް:
209/Cr-C/2011
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ފޯކައިދޫ، މުސްތަރީގެ އަޙްމަދު އަންވަރުގެ މައްޗަށް
ކަނޑައަޅުއްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ކައި
A&A
ދިވެހިރުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv