ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/96 ޤަޟިއްޔާގެ ޙުކުމް
1
gf1:HC-AA96
ސިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ. 96/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
z ނަން: ނުޒުހަތު އަޙްމަދު
އައިޑީ ކާޑު ނަންބަރ : A334816
ހުށައެޅުނުތާރީޚް : 27 އެޕްރީލް 2011
އެޑްރެސް: މާވަލްބ.މާޅޮސް
* މިހާރުގެ އެޑްރެސް: މާފަރުގެސްޓް ހައުސް
* ނިމުނު ތާރީޚް :
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޢަލީ ސަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހިމް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް:
ވެބް ސައިޓް: www.highcourt.gov.IT
[email protected] ons,
ހެލްމާ
2
ޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2TJHC-A5196
މިއީ، ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F1C/13 ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ކ.މާޅޮސް މާވަލް ނުޒުހަތު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ
އޮފީހެވެ.
ހeވތ ] c •
430/
* ފާހަގަކުރެވުނު ނުކުތާތައް:
-1
މ (49
14:00 އެހާކަށްހާއިރެވެންގެ
ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C!13 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާއަކީ
މާޅޮސް! މާވަށް ނުޒުހަތު އަޙުމަދާއި، އެރަށު ދަލް! ފާރިޝް އަފްރާރާއި، ކުރިކީލަގެޚު އިބްރާހިމް މޫސާ
ޢާއި، ކީސް ފިލާ! އަޙުމަދު ސަބާޙް އާއި، ކުރިކަލުގެ އަޙުމަދު ފައިސަލާއި، ފިއްދާގެ ނާހިދާ މުޙައްމަދާއި، މާވަލް! ފާތިމަތު
ރިސްމާ އަޙުމަދާއި، މުވަލް) އަޙުމަދު އިދުރީސް އާއި، ފިޔާދާގެ! އަޙުމަދު މުޙައްމަދު 29 އެޕްރީލް 2010 ވަނަ ދުވަހުގެ 9:30
އެހާކަށްހާއިރު ކ.މާޅޮހު އޮފީހަށް ވަދެ މި މީހުންގެ ތެރެއިން ނުޒުހަތު އަޙުމަދު އެއޮފީހުގެ ތަޅުދަނޑި ހިފައިގެން ގޮސް އެދުވަހު
ވަންދެން އެތަޅުދަނޑިފަތި ހިފައިގެން އުޅެފައިވާތީއާއި، މި މީހުންގެ ތެރެއިން ފާރިޝް އަފްރާހް ބ.މާޅޮހު
އޮފީސް ބަންދުކުރުމުގެ ބޭނުމުގައި އެދުވަހު އޮފީހަށް ގޮސް އެރަށު ކައުންސިލަރު ޢަބްދުލްމަތީނު އާއި ދިމާލަށް ހަޑިހުތުރު ބަހުން
އެއްޗެހި ކިޔައި އޮފީސް ތެރޭގައި އަޑުގަދަކޮށްފައިވާތީ އާއި، ބ.މާޅޮ އޮފީހަށް ގޮސް އެއޮފީހަށް ވަދެ އޮފީސް ބަންދުކުރާނެ
ކަމަށްބުނެ އޮފީހުން ނުކުތުމަށް ކައުންސިލަރަށް އަންގައި އެތަނުގައި އަޑުގަދަކޮށް ހަމަ ނުޖެހުން އުފެއްދުމުގައި ނުޒުހަތު
އަޙުމަދާއި، ފާރިޝް އަފްރާއާއި، އިބްރާހިމް މޫސާ އާއި، އަޙުމަދު ސަބާޙު އާއި، އަޙުމަދު ފައިސަލް އާއި، ނާހިދާ މުޙައްމަދާއި،
ފާތިމަތު ރިސްމާ އަޙުމަދާއި، ޢަޙުމަދު އިދުރީސް އާއި، އަޙުމަދު މުޙައްމަދު ބައިވެރިވިކަމަށް ބ.މާޅޮހު ޖަނަވަރީގެ ޢަލީ ރަފީޢު
އާއި، އެރަށު މުސްތަރީގެ އިބްރާހިމް ޢަބްދުއްރަޙުމާނު ބުނާތީ، ޤާނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުޒުހަތު
އަޙުމަދާއި، ފާރިޝް އަފްރާޙާއި، އިބްރާހިމް މޫސާއާއި، އަޙުމަދު ސަބާޙް އާއި، އަޙުމަދު ފައިސަލް އާއި، ނާހިދު މުޙައްމަދާއި،
ފާތިމަތު ރިސްމާ އަޙުމަދާއި، އަޙުމަދު އިދުރީސް އާއި، އަޙުމަދު މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމުން ބ.މާޅޮހު މެޖިސްޓްރޭޓް
ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
-02
މިމައްސަލައާއި ގުޅިގެން ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެދި
ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަރޯޔާ ނިމުނު ގޮތުގެ ޚުލާސާ
2011 HC-A96
ft
އިސްވެދިޔަ ބަޔާންތަކަށް ފާހަގަކުރެވުނު ނުކުތްތަކަށް މިޤަޟިއްޔާގައި ކުންޘާބިތުވާ ފަރާތްތަކަށް
ކަނޑައެޅުމުގައި ޤާނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް މިމައްސަލައިގައި ދަޢުވާލިބޭ ބ.މާޅޮހު "މާވަލް"
ނުޒުހަތު އަޙްމަދުއާ، އެރަށު "ބާދުލް" ފާރިޝްއަފްރާހްއާ، ކުރިކީލަގޭ އިބުރާހީމް މޫސާއާ، "ކީސްފިލް" އަޙްމަ
ކުރިކީލަގޭ އަޙްމަދު ފައިސަލްއާ، ފިންދާގޭ ނާހިދާ މުޙައްމަދުއާ، "މާވަލް" ފާތިމަތު ރިސްމާ އަޙްމަދުއާ، އެގޭ އަޙްމަދު
އިދުރީސްއާ، ފިޔާދާގޭ އަޙްމަދު މުޙައްމަދުގެ ދަޢުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅިކަމަށް ވިދާޅުވެ ދަޢުލަތުން ކުރެއްވި
ދައުވާއަށް ދަޢުވާލިބޭ މީހުންކުރެ ފާރިޝް އަފްރާޙް ދަޢުވާއަށް ފުރިހަމައަށް އިޢުތިރާފްވާކަމަށާއި، ފާރިޝް އަފްރާޙްއަކީ
ކުށްކުޑައިރު ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމަށްވާތީ، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 މިފޮތުގެ 19
ވަނަ މާއްދާ (ކުޑަކުދިންގެ މައްޗަށް އަދަބުކަނޑައެޅުން) އަށް ބުރަވެ ފާރިޝް އަފްރާޙް ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް
އެޅިކަން ޘާބިތުވާ މިކުނުގެ ޢުޤޫބާތަކަށް މި ފާރިޝް އަފްރާޙް މިއަދުން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް
ގޭގައިބަންދުކުރުމަށާއި، ދައުލަތުން ކުރެއްވި ދަޢުވާގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޙާދިޞާ ހިނގި ވަގުތު ދަޢުވާލިބޭ ނުޒުހަތު
އަޙްމަދު މާޅޮހު އޮފީހުގެ ތަޅުދަނޑި ފަތި މީނާއަތުގައި އެތަށްއިރެއްވަންދެން ބާއްވާފައިވާކަމަށް މީން އިޢުތިރާފްވާކަމަށާއި، އެހެނަސް
ޙާދިޞާ ހިނގިވަގުތު މީން މާޅޮހު އޮފީހަށްވަދެ އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމުގައި ނުޒުހަތު އަޙްމަދު އިސްރޯލެއް
އަދާކޮށްފައިވާކަން ހެކިންގެބަހުން ޘާބިތުވާކަމަށްޓަކައި މީނާގެ މިޢަމަލުގެ ސަބަބުން ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް
ހުރަސްއެޅޭނޭކަމަށް ކަނޑައަޅައި މިކުށުގެ ޢުޤޫބާތަކަށް މިނުޒުހަތު އަޙްމަދު މިއަދުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ
މުއްދަތަށް ގޭގައި ބަންދުކުރުމަށާއި، މައްސަލައިގައި ދަޢުވާލިބޭ އިބުރާހީމް މޫސާއާއި، އަޙްމަދު ޞަބާޙްއާ، އަޙްމަދު ފައިސަލްއާ،
ނާހިދު މުޙައްމަދުއާ، ފާތިމަތު ރިސްމާ އަޙްމަދުގެ، އަޙްމަދު އިދުރީސްއީ، އަޙްމަދު މުޙައްމަދު ދަޢުވާއަށް އިންކާރުކުރިނަމަވެސް
ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުނުން މިބައިމީހުން ކުށްވެރިވާކަން ހެކީންގެ ބަހުން ޘާބިތުވާ މިކުނުގެ
7 މީހުންކުރެ ކޮންމެމީހަކު މިއަދުންފެށިގެން 3 މަހާ 15 ދުވަހުގެ މުއްދަތަށް ގޭގައިބަންދުކުރުމަށް
ކުށްފީމެވެ."
cat OL
:ތާއަހަ8
نه ما
P
ހުކުމްކޮށްފި
-03
ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
އެއްގޮތް ނުވާކަމަށްބުނެ ނުޒުހަތު އަޙްމަދުގެ ފަރާތުން 4 (ހަތަރު) ނުކުތާ ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓްގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހަމަތަކާއެއްގޮތް
(ހ) ފުރަތަމަ ނުކުތާއަކީ: 29 އޭޕްރިލް 2010 ވަނަ ދުވަހުގެ 9:30 އެހާކަންހާއިރު ނުޒުހަތު އަޙްމަދު، ބ.މްޅޮސް
އޮފީހަށް ވަދެ އެއޮފީހުގެ ތަޅުދަނޑި ހިފައިގެން، އެދުވަހުގެ 14:00 ވަންދެން އުޅެފައިވާކަން ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ
ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު މި ތަޅުދަނޑި މީނާއަށް ލިބުނީ މަގުމަތީ ހުއްޓާ އޮފީސްތެރޭގައި ހުރިކާކުކަން ނޭގޭ މީހަކު
ތަޅުދަނޑިފަތި އެއްވުމުން ކަމަށާއި، ނުޒުހަތު އަޙްމަދުގެ އަތުގައި މިތަޅުދަނޑިފަތި ބޭއްވީ، އެވަގުތު ރަށުއޮފީހުގެ އެއްވެސް މީހަކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highccurt.gov.mv
4
2011HC-A:06
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުސް
ފެންނަން ނެތިގެން ކަމަށްވީއިރު، އަދި ރަށުކަތީބާއި ދިމާވުމުން އެ ތަޅުދަނޑި އޭނާއާއި ޙަވާލުކުރިކަމަށް ބުނެފައިވާއިރުވެސް،
ކަމުގެ ޙަޤީޤަތް ނުބައްލަވާ، ގޭގައި ބަންދުކުރުމަށް ޙުކުމް ކުރެއްވި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ށ)ދެވަނަ ނުކުތާއަކީ: ނުޒުހަތު އަޙްމަދު ސަރުކާރުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅިކަމަށް ފާހަގަކުރައްވާފައިވާއިރު
އެފަދަ ޢަމަލެއް ނުޒުހަތު އަޙްމަދު ނުހިންގަނީސް، މީނައާއި އިދިކޮޅު ފަރާތަކުން ދިން ބަޔާނުގެ މައްޗަށް ރިޢާޔަތްކޮށް މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ، ނުޒުހަތު އަޙްމަދު އޮފީސް ކައިރިއަށް ދިޔައީ، ޕްރީސްކޫލް އަޅަން ހަމަޖެހިފައިވާ ބިން
އ.މާޅޮހުގެ ކައުންސިލަރު، އެމް.ޑީ.ޕީއަށް ނިސްބަތްވާ ޖަމްޢިއްޔާއަކަށް ދޭ ޚަބަރު ފެތުރުމުން އޮފީސްކައިރިއަށް 40 އަށްވުރެ
ގިނަމީހުން އެއްވެފައި ވަނިކޮށް ކަމަށްވެފައި އެމީހުންގެ މައްޗަށް ދަޢުވާނުކޮށް ނުޒުހަތު އަޙްމަދުގެ މައްޗަށް ދަޢުވާކޮށް ޙުކުމް
ކުރެއްވި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ރ) ހަތަރުވަނަ ނުކުތާއަކީ، ނުޒުހަތު އަޙްމަދު ބ.މާޅޮސް އޮފީސްކައިރިއަށް ދިޔައީ، ޤާނޫނު އަސާސީގެ 32 އަދި 20
ވަނަ މާއްދާއިން ލިބިދެވޭ ޙިމާޔަތުގެ ސަބަބުންކަމަށްވެފައި އެމާއްދާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި
4 435
08އ"
04- މިމައްސަލައާއި ގުޅިގެން ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ނުޒުހަތު އަޙްމަދުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
އެއްވުމެއް
=9
(ހ) ފުރަތަމަ ކަމަކީ : 29 އެޕްރީލް 2010 ދުވަހު ބ.މާޅޮހު އޮފީސް ދޮށަށް ބަޔަކު އެއްވި
މާޅޮސް! މާވަށް ނުޒުހަތު އަޙުމަދު ބ.މާޅޮހު އޮފީސްތެރެއަށް ވަތްކަމަށާއި، އަދި މީން އޮފީހުގެ ގުދަނުގެ ދޮރުގައި އަޅުވާފައި
ހުރިތަޅުދަނޑީ ނަގާ ޖީބަށް ލީ ތަން ފެނުނު ކަމަށް މާޅޮސް ޖަނަވަރީގެ ޢަލީ ރަފީޢު ހެކިބަސް ދީފައި ވާކަމާއި،
އޮފީހުގެ މި ތަޅުދަނޑި ނުޒުހަތު އަޙުމަދުގެ އަތުގައި އެދުވަހުގެ 14:00 ވަންދެން އޮތް ކަމަށް ނުޒުހަތު އަޙުމަދު ޝަރީޢަތުގެ
މަޖިލީހުގައި އިޢުތިރާފްވެފައިވާކަން އެނގެން އޮތް އިރު، އެތަޅުދަނޑި ފައްޗަކީ މީހަކު މީނާއާއި ދިމާއަށް އެއްލި އެއްޗެއްކަމަށް
މީނާ ބުނިނަމަވެސް އެކަން ނުޒުހަތު އަޙުމަދަށް ޝަރީޢަތުގައި ސާބިތުކޮށްދެވިފައިވާ ނުވާކަމެވެ.
ހައިކޯ"
ދިވެހިރާއްޖޭގެ ޙަޢިކޯޓް، އޯބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް:
ވެބް ސައިޓް: www.highcourt.gov.mv
[email protected]
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011:IHC-A/96
(ށ) ދެވަނަ ކަމަކީ : ޤާނޫނު ނަންބަރ 22/2010 ( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
ގައި " ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ހުށައެޅި ހެކި ތަކާއި ދިފާޢުތަކަކީ އަސާސް ކަމު
ކަމުގައި ބަލައިގެން"
ފ 4
ކަންއެނގެން
އޮތް އިރު، ނުޒުހަތު އަޙުމަދު 03 އެޕްރީލް 2011 ގައި ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާނުގައި
ހެކިންގެ
ހެކިބަހަކީ ޤަބޫލުކުރާ ހެކިބަހެއް ނޫންކަމަށާއި، އެއީ ދޮގު ހެކިބަހެއްކަމުގައި" ބުނުމުގެ އިތުރުން ދެކިބަސް ނަފީ ކުރުމަށް
ދައްކާނެ މިނޫން އިތުރު ސަބަބެއް ނެތްކަމުގައި ބުނެފައިވާ ކަން އެނގޭކަމާއި، ބ. އޭދަފުށި މެޖިސްޓްރޭޓްކޯޓުގައި ނުޒުހަތު
އަޙުމަދާއި ދެކޮޅަށް ހެކި ބަސް ދީފައިވަނީ، ބ.މާޅޮހު ޕްރީ ސްކޫލު އަޅަން ބިންދޭން ހަމަޖެހިފައިވާ ޖަމްޢިއްޔާ އަކަށް ނިސްބަތްވާ
ދެމީހުންކަމަށްވާތީ، އެމީހުންގެ ހެކިބަސް ޤަބޫލު ނުކުރެވޭ ކަމަށް މިހާރު އޭނާ ހައިކޯޓުގައި ބުނާބުނުމަކީ،
ދަށުކޯޓުގައި ބުނެފައިވާ ބުނުމަކަށް ނުވުމުގެ އިތުރުން، ހަމައެކަނި އެސަބަބަށްޓަކައި ހެކިބަސް ނަފީ ކުރެވޭނެ ފަދަ އެކަށީގެންވާ
ފަދަ ސަބަބެއް ނޫންކަމުގައި
އޭނާގެ ދިފާޢުގައި
18ޅކވ.
(ނ) ތިންވަނަ ކަމަކީ: ބ.މާޅޮހު އޮފީސް ދޮނަށް ބަޔަކު އެއްވެ ހިންގިކަމަށް ބުނާ ހަމަނުޖެހުމުގައި، އެތަނަށް އެއްވި
މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބައެއްގެ މައްޗަށް ދަޢުވާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ފޮނުވާފައި
ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދަޢުވާކޮށްފައިވަނީ ދަޢްވާކުރެވޭ ވަރަށް ހެއްކާއި، ޤަރީން ލިބިފައިވާ
މީހުންގެ މައްޗަށް އެކަނި ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާ ކަމާއި، ޤާނޫނު އަސާސީގެ 223
ވަނަ މާއްދާގެ (ނ) ގައި ތަޙްޤީޤު ކުރާ އެކިއެކި އިދާރާތަކުން ހުށައަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން
ނުވަތަ ނޫންކަން ކަނޑައެޅުގެ ބާރަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެނގެން
އޮންނާތީ، އޮފީސް ދޮށަށް އެއްވިކަމަށް ބުނާ މީހުންގެ ތެރެއިން ވަކި ބަޔެއްގެ މައްޗަށް ދަޢުވާނުކޮށް ހަމައެކަނި ނުޒުހަތު
އަޙުމަދު ގެ މައްޗަށް ދަޢުވާ ކުރުމަކީ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއާއި ފުން އަރާ ކަމެއް ކަމުގައި ބެލެވެން ނެތްކަމާއި،
އަދި ކ.މާޅޮހު އޮފީސް ދޮށަށް އެއްވިކަމަށް ބުނާ މީހުންގެ ތެރެއިން ވަކި ބަޔެއްގެ މައްޗަށް ދަޢްވާނުކޮށް ނުޒުހަތު އަޙުމަދު ގެ
މައްޗަށް ދަޢުވާ ކުރުމަކީ ނުޒުހަތު އަޙުމަދު ކޮށްފައިވާ ކުށަކުން ބަރީޢަ ވާން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތް ކަމެއް
ކަމުގައި
ބެލެވޭނެ ކަމެއް ނޫންކަން އެނގޭކަމެވެ.
.މުޅިހ
(ރ) ހަތަރުވަނަ ކަމަކީ: 29 އެޕްރީލް 2010 މިދުވަހު ބ.މާޅޮހު އޮފީސް ދޮށަށް ރައްޔިތުންގެ ބަޔަކު އެއްވިކަމާއި،
އަދި މިދުވަހު އެރަށުގެ އޮފީސް ބަންދުކުރިކަން މި މައްސަލައާއި އެކު ހުށައެޅުނު ލިޔެކިޔަތަކުންނާއި، ދެފަރާތުން ދެއްކި
ވާހަކަތަކުން އެނގެން އޮތް އިރު، އޮފީހެއް ބަންދުވެފައި ހުރުމަކީ އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމީހުންގެ
ވާޖިބު އަދާ ނުކުރެވޭނެ ކަމެއް ކަން އެނގޭ ކަމާއި، މި ދުވަހު އޮފީސް ބަންދުވެފައި ހުރި އިރު، މި އޮފީހުގެ ތަޅުދަނޑި ނުޒުހަތު
އަޙުމަދު ނެގި ކަމަށް ހެކީގެ ހެކިބަހުން އެނގެން އޮތް އިރު، ބ.މާޅޮހު އޮފީހުގެ ތަޅުދަނޑި ނުޒުހަތު އަޙުމަދުގެ ރިޔާޒަތުގައި
އެދުވަހުގެ 14:00 ވަންދެން އޮތްކަމަށް ނުޒުހަތު އަޙުމަދު އިޢުތިރާފް ވެފައިވުމުން، އަދި މިތަޅުދަނޑި ނުޒުހަތު އަޙުމަދުގެ
އަތުގައި އޮންނަން ޖެހުނު އެކަށީގެންވާ ސަބަބެއް ނުޒުހަތު އަޙުމަދަށް ދެއްކިފައި ނެތުމުން، ނުޒުހަތު އަޙުމަދުގެ މި ޢަމަލުގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: infoa.highcourt.gov.tmv ޖެޓް ސުއިޓް www.lighcourt.gov.imv
6
71:C-A/90
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސަބަބުން ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުނު ކަމަށް ކަނޑައަޅައި ، މިކުނުގެ ޢުޤޫބާތެއްގެ ގޮތުން ނުޒުހަތު
އަޙުމަދު 06 ( ހުއެއް) މަސް ދުވަހަށް ގޭގައި ބަންދުކުރުމަށް ބ.އޭދަފުށި މެޖިސްޓްރޭޓްކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލެއް
ގެންނާން ޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ނުފެނެއެވެ.
ދެންފަހެ ބ.މާޅޮސް! މާވަލް ނުޒުހަތު އަޙުމަދުގެ މައްޗަށް ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް
ސާބިތުވާ ކަމަށާއި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ނުޒުހަތު އަޙުމަދު 17 އޭޕްރީލް 2011 އިން ފެށިގެން (06 ( ރައެއް)
މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/132F10C ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް، އެޤަޟިއްޔާ އިސްތިއުނާފް ކުރުމަށް ނުޒުހަތު އަޙުމަދުގެ ފަރާތުން ހުށައަޅާފައިވާ ނުކުތްތަކުގެ މައްޗަން
ބިނާކޮށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މައްސަލަ ބެވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން ނުޒުހަތު އަޙުމަދުގެ މައްޗަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
OX
13/F1C/2011
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ހއ 03 ތ37
ޢަލީ ސަމީރު
(ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ރައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029 ، ފެކްސް 3316471
އީމެއިލް [email protected] ފެން ސައި
www.lighcourt.gov.my