ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/337 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 337/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިދުރީސް ޢަބްދުއްރަޙްމާން އެޑްރެސް: މ.މ.ދ ދަފްތަރު ނަންބަރު 2988
އައިޑީ ކާޑު ނަންބަރ: A041329 * މިހާރުގެ އެޑްރެސް: ވިލިގިނލި ވިޔަފާރި ސަރަޙައްދު
ވަކީލު: އޒް. ޢަބްދުﷲ ޝިޔާޒު
L
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްމަޖީދު ޙަސަން
އައިޑީ
ކާޑު ނަންބަރ: 022217
A
ދާއިމީ އެޑްރެސް: ފަނޑުނުވާގެ/ މ. މަޑުއްވަރީ
* މިހާރުގެ އެޑްރެސް: ހ. ފިނިކުރި
• ހުށަހެޅުނު ތާރީޚް: 23 ނޮވެމްބަރ 2009
ނިމުނު ތާރީޚް: 28 ފެބުރުއަރީ 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1265
ނިންމެވިކޯޓް: މަދަނީ ކޯޓް
ޤަޟިއްޔާގެ ބާވަތް: ޙުކުމް ތަންފީޛުކުރުން.
ހެޅުނުތާރީޚް: 02-06-2009 ނިމުނު ތާރީޚް: 04-11-2009
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާގެ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1265 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 2988 އިދުރީސް
ޢަބްދުއްރަޙްމާން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ މ. މަޑުއްވަރި ފަނޑުނުވާގެ
ޢަބްދުލްމަޖީދު ޙަސަން އެވެ.
3
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1265 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އިދުރީސް ޢަބްދުލްރަޙްމާންގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި
ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
04 =ހ4
.وی بیوی کو مری
(ހ) މަދަނީ ކޯޓުގެ ނަންބަރު 2008/MC/650 ޤަޟިއްޔާގެ ޙު
ޙުކުމާއި އިދުރީސް
ޢަބްދުލްރަޙްމާނަށް ޢަމަލު ކުރެވިފައި ނުވާކަން އިދުރީސް ޢަބްދުލްރަޙްމާން 2009 ނޮވެމްބަރު 04
ވަނަ ދުވަހު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ
”މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެއްވެސް
މީހަކު
ހައްޔަރުކޮށް ބަންދުކޮށްގެން ނުވާނެއެވެ.“ މިފަދައިން ކަމަށްވެފައި، އިދުރީސް
ޢަބްދުލްރަޙްމާން 04 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް، މަދަނީ ކޯޓުގެ ނަންބަރު
2009/MC/1265 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، އެކޯޓުގެ ނަންބަރު 2008/MC/650
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމާއި އިދުރީސް ޢަބްދުލްރަޙްމާން ޢަމަލު
ކޮށްފައި ނުވާތީކަން، އިސްވެ އިޝާރާތް ކުރެވުނު މަދަނީކޯޓުގެ ނަންބަރު 2009/MC/1265
0)*
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާގެ ޙުކުމުގެ ސާފު ޢިބާރާތުން އެނގެންއޮތުމުގެ އިތުރުން، އިދުރީސް ޢަބްދުލްރަޙްމާން އާއި
ޢަބްދުލްމަޖީދު ޙަސަނާއި ދެމެދު ކުރެވިފައިވާ މަދަނީ މުޢާމަލާތާއި ގުޅިގެން ޢަމަލު ކުރާނެ ވަކިގޮތެއް
މަދަނީ ކޯޓުގެ ނަންބަރު 2008/MC/650 ޤަޟިއްޔާގައި ކަނޑައަޅުއްވާ އެގޮތުގެ މަތީން ޢަމަލު
ކުރުމަށް އިދުރީސް ޢަބްދުލްރަޙްމާނުގެ މައްޗަށް މަދަނީކޯޓުން ޙުކުމް ކުރައްވާފައިވާ ހިނދު، އެއީ
ޝަރީޢަތުން ކުރައްވާފައިވާ އަމުރަކަށް ވުމާއިއެކު، ޝަރުޢީކޯޓުތަކުން ކުރައްވާ ޙުކުމްތައް ތަންފީޛު
ކުރުމުގައި ޢަމަލު ކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދު ތަކާއި އެއްގޮތްވާ ގޮތުގެ މަތީން،
ޙުކުމަށް ޢަމަލު ނުކުރާ ފަރާތެއްގެ މައްޗަށް ޖިނާއީ އަދަބެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަފްހޫމްގެ ތަރަޙައިގެ
ތެރޭގައި ހިމެނޭ ކަމެއް ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް
އަށް އެއްބަހެއް ނުވެވުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން މަދަނީކޯޓުގެ
ނަންބަރު 2008/MC/650 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާކަން އިދުރީސް
ޢަބްދުލްރަޙްމާންގެ އިޢްތިރާފުން ޝަރީޢަތަށް ސާބިތުވާތީ، ޙުކުމާއި އެއްގޮތަށް ޢަމަލު ނުކުރުމުގެ
ކުށުން އިދުރީސް ޢަބްދުއްރަޙްމާން ކުށްވެރި ވެއްޖެކަމަށް ކަނޑައަ
އަޅުއްވާ އެކުށުގެ ޢުޤޫބާތެއްގެ ގޮތުން
”ޝަރީޢަތް ކުރުމާއި ހެދިފައިވާ ޤަވާޢިދު 06“ ގެ 184 ވަނަ މާއްދާގެ 01 ވަނަ
ނަންބަރާއި ޙަވާލާދީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އިދުރީސް
ޢަބްދުލްރަޙްމާން 04 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށާއި، މަދަނީކޯޓުގެ ނަންބަރު
2008/MC/650 ޤަޟީ
.މަލުކުރުމަށް އިދުރީސް ޢަބްދުލްރަޙްމާނަށް
مرمرمر
مووی کو
مرمر مرمر
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
4
2009/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަންގަވާ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1265 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް ގެންނާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
/(
und
ޢަބްދު) އަމީދު
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައްކަ
،ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިވާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، ޙާބުރުޒު ހިނގުން، ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes