ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/133 ޤަޟިއްޔާގެ ޙުކުމް
1
2009}HC-A/133
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
; .I Mނޏެ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 133/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢުމަރު ޢަލީ
އައިޑީ ކާޑު ނަންބަރ: A001352
*
ދާއިމީ އެޑްރެސް: ލ. އަލްމާސްވިލާ / ކ.މާލެ
މިހާރުގެ އެޑްރެސް: ހ. އަލްމާސްވިލާ / ކ. މާލެ
04
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ހދ. ކުޅުދުއްފުށި ރަށު އޮފީސް (ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ )
، ދާއިމީ އެޑްރެސް: ހދ. ކުޅުދުއްފުށި
އައިޑީ ކާޑުނަންބަރު:-
* މިހާރުގެ އެޑްރެސް: ހދ. ކުޅުދުއްފުށި
ޖިސްޓްރީކުރެވުނު ތާރީޚް: 19/05/2009
ނިމުނު ތާރީޚް: 23/05/2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/MC/380
• ނިންމެވިކޯޓް: މަދަނީކޯޓް
މައްސަލައިގެ ބާވަތް: މަދަނީ މައްސަލައެއް
ހުށަހެޅި ތާރީޚް: 2017-03-08
ނިމުނު ތާރީޚް: 2009-02-16
• މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލް ޣަނީ މުޙައްމަދު އިސްފަނޑިޔާރު: އަޙްމަދު ޝަރީފު ފަނޑިޔާރު: ޢައްބާސް ޝަރީފް
0;
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ
، ދިވެހިރާއްޖެ ޑީޕޯ:33164140697
އީމެއިލް [email protected] ވެބް ސްޓް: 9.4
ww.highch
2
2{{39}HC-A/133
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
O
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓް ނަންބަރ2007/MC/380 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އަލްމަސްވިލާ ޢުމަރު ޢަލީ ގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ހދ. ކުޅުދުއްފުށި ރަށު އޮފީސް އެވެ.
10
* ފާހަގަކުރެވުނު ނުކުތާތައް:
01- މިއީ، މަދަނީކޯޓުގެ ނަންބަރު2007/MC/380 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުންއެދި،
ހ.އަލްމާސް(މާލެ، ޢުމަރު ޢަލީ (އައި.ޑީ.ކާޑް ނަންބަރު1
A001352، ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
02- އިސްތިއުނާފް މިކުރެވޭ މަދަނީކޯޓުގެ ނަންބަރު2007/MC/380 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި އުމަރު ޢަލީގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، ޢުމަރު ޢަލީއަށް
މީގެ 40 ހަކަށް އަހަރު ކުރިން ހދ.ކުޅުދުއްފުށި ރަށު އޮފީހުން ޙަވާލުކޮށްފައިވާ ހދ.ކުޅުދުއްފުށި "ގަނޑުވަރު"
އެވެ، ނަމަކަށް ކިޔާ ގޯތި، ޢުމަރު ޢަލީގެ ކޮއްކޮ ޙުސައިން ޢަލީ ގެ ނަމަށް 2005 ވަނަ އަހަރުހާތަނުގައި
ބަދަލުކޮށް، ޙުސައިން ޢަލީގެ ނަމުގައި އެގޯތި ރަޖިސްޓްރީ ކޮށްފައިވާކަމަށްބުނެ، އެގޯތި ޙުސައިން ޢަލީގެ ކިބައިން
ވަކިކޮށް، ޢުމަރު ޢަލީގެ ނަމަށް ބަދަލު ކުރުމަށް ހދ.ކުޅުދުއްފުށި އޮފީހަށް އަންގަވައި ދެއްވުން އެދި ކޮށްފައިވާ
ހ 2
2
4
2 ހދ
ނއއއކޮމެއ
OXOC
އެޤަޟިއްޔާ ބައްލަވާ ނިންމަވާ ނިންމަވާފައިވަނީ، ހ.އަލްމަސްވިލާ/ ޢުމަރު ޢަލީ ދިރިއުޅުމަށް
ހދ.ކުޅުދުއްފުށީން ދޫކޮށްފައިވާ ބަންޑާރަ ބިން، އޭނާއާއި ޙަވާލު ކުރިތާ 10 ވަރަކަށް އަހަރު ވީއިރުވެސް
އެގޯތީގައި ޢިމާރާތެއްކޮށް، ދިރިއުޅެންފަށާފައި ނުވާކަން ޢުމަރު ޢަލީގެ ބަހުން އެނގެން އޮތުމާއެކު، އަދި ޢުމަރު
ޢަލީގެ ނަމުގައި އެއްވެސް އިރެއްގައި އެބިން ރަޖިސްޓްރީ ވެފައިވާކަން އެނގޭފަދަ އެއްވެސް ލިޔުމެއް ދެއްކިފައި
އެގޯތި ޢުމަރު ޢަލީގެ ކިބައިން ވަކިކޮށްފައިވަނީ ޤަވާޢިދާއި ޚިލާފަށްކަން ޝަރީޢަތަށް ސާބިތު ނުވާކަމަށް
ކަނޑައަޅުއްވައި، އަދި ޢުމަރު ޢަލީގެ ނަމުގައި މާލޭގެ ބިމެއް ކަމުގައިވާ "ހ.އަލްމަސްވިލާ" އެވެ ކިޔާ ގޯތީ
ރަޖިސްޓްރީ ކޮށްފައި އޮތުމުން، ޢުމަރު ޢަލީ އަށް ދިރިއުޅުމަށް ބަނޑާރަ ގޯއްޗެއް ދިނުމަށް ޝަރީޢަތުން އެންގުމަކީ
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގައި ވާގޮތުން ޤާނޫނީގޮތުންޞާއްޖޭގެ ހައި)
3 4 2 55
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{39}HC-A/133
¢ ¢ ¢
ހުރަސްއަޅާ ސަބަބެއްކަމަށް ކަނޑައަޅުއްވައި، ޢުމަރު ޢަލީ އެދިފައިވާފަދައިން ހދ.ކުޅުދުއްފުށި "ގަނޑުވަރު" އެވެ،
ކިޔާ ގޯތި، ނުވަތަ ހދ.ކުޅުދުއްފުށީން އެހެން ގޯއްޗެއް ޢުމަރު ޢަލީއަށް ދިނުމަށް ޝަރީޢަތުން އަންގާނެތަނެއް
ނެތްކަމަށް ކަނޑައަޅުއްވައި، އެގޮތުގެ މަތިން ޙުކުމް ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީކޯޓުގެ ނަންބަރު2007/MC/380
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމާއި ގުޅިގެން ޢުމަރު ޢަލީ ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން،
އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާއާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ހދ. ކުޅުދުއްފުށީ ގަނޑުވަރު ގޯތި ހ. އަލްމާސްވިލާ ޢުމަރު ޢަލީ އަށް
ދޫކޮށްފައިވަނީ ހުށަހަޅާފައިވާ ލިޔެކިޔުން ތަކުން ދައްކާ ގޮތުގައި 1975 ވަނަ އަހަރުކަމަށާއި، އެދުވަސްވަރަކީ
ރާއްޖޭގެ ބިމާއި ބެހޭ ޤާނޫނެއް ހެދިފައިއޮތް ދުވަސްވަރެއްނޫންކަމުން ވަކި މުއްދަތެއްގެ ތެރޭގައި ގޯތީގައި ދިރިއުޅެން
ނުފަށައިފިނަމަ ގޯތި ބާޠިލް ކުރެވޭނެ ކަމަށް ޢުމަރު ޢަލީއަށް އެއްވެސް ފަރާތަކުން އަންގާފައިނުވާކަމަށާއި، މިގޮތުން
ގޯތި ޢުމަރު ޢަލީގެ ކިބައިން ވަކިކޮށްފައިވާ ކަމަށް ދައުލަތުން ހުށަހަޅާ ތާރީޚަކީ 1973 ކަމަށާއި، ވީމާ މިތާރީޚަކީ
ފުށުއަރާ ތާރީޚެއްކަމަށާއި، އަދި 1/2002 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) މިގޯތީގެ މައްސަލައަށް
އެޕްލައިނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ ތިމާ އަށް ދޫކޮށްފައިވާ ގޯއްޗެއްގައިހުރި ރުއްގަސްތަކަށް ބަދަލުދީ އަދި
އެގޯތީގައި ކިތަންމެ ބޮޑު ޢިމާރާތެއް ހެދިޔަސް އެގޯތިވާނީ ތިމާގެ ގޯއްޗަކަށްކަމަށާއި، ވީއިރު ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުގައިވާ ތިންވަނަ ނުކުތާއަކީ އެއްވެސް އިރެއްގައި ބިމާބެހޭ ޤާނޫނެއްގައި ޢަމަލު ކޮށްފައިވާ
ގޮތެއްނޫންކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ، ހދ.ކުޅުދުއްފުށީ ރަށު އޮފީހުގައި ގޯތި ޙަވާލު ކުރާ ގޮތުގައި ޢުމަރު ޢަލީ
އަށް ގޯތި ޙަވާލުކޮށްފައިވާ ގޮޅީގައި ޓިޕެކްސް ޖަހާފައިވާކަމަށް ޢުމަރު ޢަލީއަށް މަޢުލޫމާތު ލިބިފައިވާކަމަށާއި، ވީމާ
މިމަޢުލޫމާތުގެ އަލީގައި އަދި ހުށަހަޅާފައިވާ ލިޔުންތަކުން އަދި ދަޢުލަތުން ހުށަހެޅި ލިޔުންތަކުގައިވެސް
ކޮންމެސްވަރެއްގެ ޙަޤީޤަތެއް އެކުލެވިގެންވާކަން ސާބިތުވާކަމަށާއި، އެލިޔުމާއި ބެހޭ ގޮތުން ދައުލަތާއި ސުވާލު
ކުރުމުން އެކަމަކީ ކިހިނެތް ކޮންގޮތަކުން ހިގާފައިވާ ކަމެއްކަން ނޭންގޭ ކަމަށް އެފަރާތުންވަނީ ބުނެފައިކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނޙޫމް.ދިވެހިރާއްޖެ ފެން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my
4
2{{09HC-A/133
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
coc
* ހަތަރުވަނަ ނުކުތާއަކީ: ޢުމަރު ޢަލީއަށް ދޫކޮށްފައިވާ ގޯތި ޢުމަރު ޢަލީގެ ކިބައިން ވަކި ކުރިކަން
އަންގަންޖެހޭނީ ޢުމަރު ޢަލީއަށްކަމަށާއި، ނަމަވެސް އެގޯތި ވަކި ކުރިކަން އެންގިކަމަށް ދައުލަތުން ސާބިތު
ކޮށްދީފައިވަނީ ޢުމަރު ޢަލީގެ ބައްޕަ މަރުޙޫމް ޢަލީ އިބްރާހީމަށްކަމަށާއި، މިއީވެސް ރާއްޖޭގެ ބިމާއި ބެހޭގޮތުން
އެއްވެސް އިރެއްގައި ޢަމަލު ކުރެވެމުންދާ ގޮތެއްނޫންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: ޢުމަރު ޢަލީ މިހާރު ދިރިއުޅެމުންދާ ހ. އަލްމާސްވިލާއަކީ ޢުމަރު ޢަލީ
ގަނެފައިވާ ގޯއްޗެއްކަމަށާއި، މިގޮތުން ހދ. ކުޅުދުއްފުށިން ޢުމަރު ޢަލީއަށް ޙަވާލު ކޮށްފައިވާ ގޯއްޗަކީ ޢުމަރު ޢަލީ
މާލޭގެ ރައްވެއްސަކަށްވުމުގެ ކުރިން ސަރުކާރުން ދީފައިވާ ގޯއްޗަކަށް ވީއިރު، މާލޭން ގޯއްޗެއް ގަތުމުން ސަރުކާރުން
ދީފައިވާ ގޯތި ބާޠިލް ކުރުމަކަށް އޭރުގެ ޤާނޫނެއް ހެދިފައި ނޯންނަކަމަށާއި، މިހާރު ހެދިފައިވާ ބިމާބެހޭ ޤާނޫނަށް
ޢަމަލު ކުރަންފެށުމަށްފަހު އެކަކަށް ދެގޯތި ރަޖިސްޓްރީ ނުކުރަނީ މިޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން
ނަގާފައިވާ މިފަދަ ގޯތިތައް ބާޠިލް ކޮށްފައި ނޫންކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހަވަނަ ނުކުތާއަކު: ޢަމަރު ޢަލީގެ ބަޔާނުންވެސް ސާބިތުވާ ގޮތުގައި އަދި އެހެން
ލިޔެކިޔުންތަކުންވެސް ސާބިތުވާގޮތުގައި އެގޯތީގައި 3 ފޫޓަށް ވަށާފާރު ރާނާފައި ދޮރާށި ބަހައްޓާފައިވަނީ އެއީ ޢުމަރު
ޢަލީގެ އަމިއްލަ ޚަރަދުގައިކަން ޙުސައިން ޢަލީ މަދަނީ ކޯޓަށް ދީފައިވާ ބަޔާނުންވެސް ވަރަށް ސާބިތުވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތްވަނަ ނުކުތާއަކީ، ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެހެންމީހަކަށް ދޫކޮށްފައިވާ ގޯއްޗެއް
އަނެއްމީހާގެ މައްޗަށް ރަޖިސްޓްރީ ކުރާއިރު މިލްކުވެރިކަން ސާބިތު ކުރުންފަދަ ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް
ހުންނަކަމަށާއި، ނަމަވެސް ޙުސައިން ޢަލީ މިގޯތި ރަޖިސްޓްރީ ކުރިއިރު މިއިން އެއްވެސް ކަމެއްކޮށްފައި
ނުވާކަމަށާއި، އެންމެ ފުރަތަމަ ގޭގެ މީހުންގެ ރަޖިސްޓްރީ 1989 ގައި ހައްދާ އޭގައި އޭނާގެ އަންހެނުންނާ 3
ކުދިން ޖައްސާފައިވާކަމަށާއި، އަދި އޭގެފަހުން 2004 ގައި ކުޑަ ކަތީބު ކަމުގެ ވަޒީފާގައި ހުރެ މަޤާމުގެ ނުފޫޒުގެ
ބޭނުން ކޮށްގެން އަމިއްލަނަމުގައި ގޭގެ ރަޖިސްޓްރީ ހަދާފައިވާކަމަށް ބުނެފާހަގަކޮށްފައިވާ ނުކު
ނުކުތާއެވެ.
* އަށްވަނަ ނުކުތާއަކީ: މަދަނީ ކޯޓުން މިމައްސަލަ ނިންމާފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން
ހުށަހަޅާފައިވާ ކަންކަން ރަނގަޅަށް ދިރާސާ ނުކުރައްވާ ކަމުގައިބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު2007/MC/380 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށާއި، ޢުމަރު ޢަލީގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ދިވެހިރާއްޖޭގެ
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2{{9/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްތިއުނާފު މިކުރެވޭ މަދަނީކޯޓުގެ ނަންބަރު2007/MC/380 ޤަޟިއްޔާގައި ދަޢުވާ
ކުރުމަށް އެދި ޢުމަރު ޢަލީގެ ފަރާތުން އެކޯޓަށް ހުށަހަޅާފައިވާ ފޯމަށާއި، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާގައި ހ.އަލްމަސްވިލާ:ޢުމަރު ޢަލީ ހުށަހަޅާފައިވާ މައްސަލައަކީ، އޭގެ ތިރީހަކަށް
އަހަރުކުރިން ހދ.ކުޅުދުއްފުށީ ރަށުއޮފީހުން އޭނާއަށް ދޫކޮށްފައިވާ އެރަށު "ގަނޑުވަރު" އެވެ، ކިޔާ ގޯތި،
އޭނާއަށްނޭގި 2005 ވަނަ އަހަރު ހާތާ އޭނާގެ ކޮއްކަ ޙުސައިން ޢަލީގެ ނަމަށް ބަދަލުކޮށް، ޙުސައިން ޢަލީގެ
ނަމުގައި ރަޖިސްޓްރީ ކޮށްފައިވާކަމަށްބުނެ، އެގޯތި ޙުސައިން ޢަލީގެ ނަމުން ޢުމަރު ޢަލީގެ ނަމަށް ބަދަލު
ކޮށްދިނުން އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެންގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ދ) ހދ.ކުޅުދުއްފުށި "ގަނޑުވަރު" އެވެ، ކިޔާ ގޯތީގެ މައްސަލައަކީ ކުރީގެ މިނިސްޓްރީ އޮފް
އެޓޯލްސް ޑިވެލޮޕްމަންޓް ގެ ލީގަލް ސެކްޝަނުން ދިރާސާކޮށް ތަޙުޤީޤު ކޮށްފައިވާ މައްސަލައެއްކަން މަދަނީ ކޯޓަށް
ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، މިގޮތުން އެގޯއްޗާއި ބެހޭގޮތުން ލ.އަލްމަސްވިލާ/ޢުމަރު ޢަލީ
އެމިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައިވަނީ 1993 ވަނަ އަހަރު ކަމާއި، އެމައްސަލައާއި ގުޅިގެން ބަލަންޖެހޭ
ބެލުންތައް އެމިނިސްޓްރީގެ ފަރާތުން ބަލާފައިވަނި އެމިނިސްޓްރީގެ އޭރުގެ ޑިރެކްޓަރ ޢަބްދުއްރަޝީދު މުޙައްމަދާއި
ޑިރެކްޓަރ މުޙައްމަދު ޖަލީލު ކަމާއި، މިގޮތުން އެދުވަސްވަރު ކުޅުދުއްފުށި އޮފީހުގައި އުޅުނު ވެރީންގެ ތެރޭގައި
ހިމެނޭ ޢަބްދުލްޙަކީމް ޢަލީއާއި މޫސާ ޢަލީގެ ކިބައިން އެމަޢުލޫމާތު ސާފުކޮށްފައި ވުމުގެ އިތުރުން އެމައްސަލައާއި
ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ ކިބައިންވެސް މަޢުލޫމާތު ސާފު ކޮށްފައިވާކަން ޝަރީޢަތަށް ފާހަގަކުރެވޭކަމާއި،
މިގޮތުން ކުޅުދުއްފުށި "ގަނޑުވަރު" އެވެ، ކިޔާ ގޯތި އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
ފަރާތް ކަމުގައިވާ ޙުސައިން ޢަލީ، 25 ޖުލައި 2007 ގައި މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް ދީފައިވާ
ބަޔާނުގައި، ޙުސައިން ޢަލީ އަށް އެނގިފައިވާ ގޮތުގައި "ގަނޑުވަރު" އެވެ ކިޔާ ގޯއްޗަކީ ޙުސައިން ޢަލީގެ ބޭބެ
ޢުމަރު ޢަލީ އަށް ފުރަތަމަ ދޫކޮށްފައިވާ ގޯއްޗެއް ކަމަށާއި، ޙުސައިން ޢަލީ އަކީ އޭރު ވަރަށް ކުޑަ ކުއްޖެއް
ކަމަށާއި، ޙުސައިން ޢަލީ ބޮޑުވެގެން ދިރިއުޅުމެއް ފަށަން ބެލިއިރު ބޭބެ ޢުމަރު ޢަލީއަށް ކުރިން ލިބިފައިވާ ގޯއްޗެއް
ވަލުތެރޭގައި ވާވަދެފައި އޮތްކަމަށާއި، އެހެންވެ ބައްޕަ މުދިމް ޢަލީ އިބްރާހީމް އާއި ވާހަކަ ދައްކައިގެން އެގޯތި
ޙުސައިން ޢަލީ ސާފުކޮށް ވަށާފާރުން ބޮޑު ބައެއް ރާނާފައި ވާކަމަށާއި، ކުރިންހުރި ވަށާފާރު ރާނާފައިހުރީ ބިލުން
ފެށިގެން ތިން ފޫޓު އުސް މިނުގައި ކަމަށާއި، އަދި އެފާރުން ބައެއް ތަންތަން ވަނީ އޭރު ވެއްޓިފައި ކަމަށާއިޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2{{39}HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަމަވެސް ވެޓިފައި ހުރިތަންތަން ޙުސައިން ޢަލީގެ މަސައްކަތުން ރޭނުމަށްފަހު މުޅިއެކު ހަފޫޓު އުސްމިނުގައި
އެގޯތީގެ ވަށާފާރު ރާނާފައި ވާކަމަށާއި، އަދި އެގޯތީގައި ވިހިފޫޓު، ތިރީސް ފޫޓް ބޮޑުމިނުގައި ގާފޮޅު ރާނާ
ޢިމާރާތްކޮށް ޓިނުން ހިޔާކުރި ކަމަށާއި ގެއެއްއަޅައި އެގޯއްޗަށް "ގަނޑުވަރު" މިނަމުން ނަން ކިޔާފައިވަނީވެސް
ޙުސައިން ޢަލީ ކަމަށާއި، މިގޮތަށް އޭރު އެގޯތީގައި ޢިމާރާތެއް އަޅައިހެދީ، ޢިމާރާތް ނުކޮށް ހުންނަ ގޯތިތައް އޭރު
ބާޠިލް ކުރަމުން އަންނާތީ ކަމަށާއި، އަދި ޙުސައިން ޢަލީ އެޅި ޢިމާރާތުގައި އޭނާ ދިރިއުޅެން ފަށާ އެތަނުގައި
އުޅެމުން ގޮސް ގޯތީގެ މީހުންގެ ރަޖިސްޓްރީއެއް އެންމެ ފުރަތަމަ ހެއްދިފައިވާނީ 1989 ވަނަ އަހަރު ކަމަށާއި،
އަދި ގޯތީގެ ކަން ވަށްކުރުމަށް ރަށު އޮފީހުން ޙުސައިން ޢަލީ އަށް އެންގުމުން، ކަން ވަށްކުރެވޭނީ ޙުސައިން ޢަލީގެ
ގޯއްޗަކަށް އެގޯތި ހަދައި ދިނުމުން ކަމުގައި އޮފީހުގައި ދެންނެވުމުން ގޯތި ރަޖިސްޓްރީ ކުރުމަށް ފޯމް ހޯދުމަށް
އޮފީހަށް ސިޓީ ލުމަށް އޭރުގެ ކަތީބު މޫސާ ޢަލީ ވިދާޅުވުމުން ސިޓީލާފައި ވާކަމަށާއި، އަދި ފޯމް ލިބި ފޯމް
ހުށަހެޅުމުން ޙުސައިން ޢަލީގެ ނަމަށް އެގޯތި ރަޖިސްޓްރީ ކޮށްދިނީ ކަމަށާއި، އެގޯތީގައި ދަނޑިފަނުން ގެއެއް
އެޅިންސުރެ އެގޯތީގައި ދިރިއުޅެމުން ގެންދަނީ ޙުސައިން ޢަލީ އާއި އޭނާގެ އަނބިދަރީން ކަމަށާއި، އަދި މިހާރު
އެގޯއްޗަކީ ރަގަޅު ފެންވަރެއްގެ ގެއެއް ރާނާ ހިޔާކޮށް ހަދާފައިވާ ތަނެއް ކަމަށް ޙުސައިން ޢަލީގެ އެބަޔާނުގައި
ބުނެފައިވާކަމާއި،
އަދި 12 ޖޫން 1997 ގައި ޙުސައިން ޢަލީ އަތޮޅު އޮފީހަށް ދީފައިވާ ބަޔާނުގައި "އަޅުގަޑުގެ
އެއްވެސް ޢިމާރާތެއް ނުވާނެއެވެ." މިގޮތަށް ދަންނަވާފައި އެވަނީ ބޭބެ ޢުމަރު ޢަލީ އެގޯތި ހޯދަން އުޅޭތީ
އެގޮތަށް ބަޔަން ދިނުމަށް އޭނާގާތު އެދުމުން ކަމަށާއި، އަދި އެބަޔާން ދީފައިވަނީ އެގޯތި ޙުސައިން ޢަލީގެ ނަމުގައި
ރަޖިސްޓްރީ ވުމުގެ ކުރީން ކަމަށާއި، އެގޯތި ޙުސައިން ޢަލީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވަނީ 05 ޑިސެމްބަރ
2004 ގައި ކަމަށް ޙުސައިން ޢަލީގެ އެބަޔާނުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ނ) އިސްތިއުނާފު މިކުރެވޭ މަދަނީކޯޓުގެ ނަންބަރު2007/MC/380 ޤަޟިއްޔާއާއި ގުޅިގެން
ޢުމަރު ޢަލީ 29 ޖުލައި 2008 ދުވަހު ދީފައިވާ ބަޔާނުގައި، ކުޅުދުއްފުށިން އޭނާއަށް ދޫކޮށްފައިވާ ގޯތީގައިހުރި
ރުއްގަހަށް ބަދަލުދީ، ތިންފޫޓަށް ވަށާފާރު ރާނާހަދާފައިވަނީ އޭނާ ކަމަށާއި، ގޯތީގެ ރަޖިސްޓްރީ ހަދައި ދެނީ
ޢިމާރާތެއް ކުރީމަ ކަމަށާއި، ޢުމަރު ޢަލީ އެގޯތީގައި ޢިމާރާތެއް ކޮށްފައި ނުވާނެ ކަމަށާއި، އަދި އޭނާއަށް ގޯތި
ލިބުނުތާ 10 ވަރަކަށް އަހަރު ފަހުން އެގޯތި ރަޖިސްޓްރީ ކުރުމަށް މަސައްކަތްކޮށް އެކަން
އެކަން ވެފައި ނުވާކަމަށާއި،
ގޯތި ލިބި ޢިމާރާތް ނުކޮށް ވަކި މުއްދަތެއް ފާއިތު ވެއްޖެނަމަ އެގޯތި ބާޠިލުކުރެވޭނޭކަން ރަށު އޮފީހުގެ ފަރާތުން
އޭނާއަށް އަންގާފައި ނުވާކަމާއި، އަދި އެގޮތުގެ މަތީން އެގޯތި ބާޠިލް ކުރިކަންވެސް އޭނާއަށް އަންގާފައި
dec
ހެދުން އެޅޭނއުއި ބޭބެ
OC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
2{{39}HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުވާކަމަށާއި، އަދި އެގޯތީގައި އޭނާގެ ކޮށްކޮ ޙުސައިން ޢަލީ ޢިމާރާތްކޮށް ހަދަންފެށުމުން އެކަން އެގޮތަށް
ނުކުރުމަށް ޙުސައިން ޢަލީ ގާތު ބުނެފައިވާކަމަށާއި، ނަމަވެސް ޙުސައިން ޢަލީ އެއަޑު އަހާފައި ނުވާކަމަށާއި، އަދި
ޙުސައިން ޢަލީ އެގޯތީގައި ކުރަމުން ދިޔަ މަސައްކަތް ހުއްޓުވުމަށް ކުޅުދުއްފުށީ ރަށު އޮފީހަށާއި، ހދ.އަތޮޅު
އޮފީހަށްވެސް ސިޓީލާފައި ވާނެކަމަށާއި، ނަމަވެސް އެއިން އެއްވެސް ފަރާތަކުންވެސް އެކަމާ އިޖާބަ ދީފައި
ނުވާކަމަށް ޢުމަރު ޢަލީގެ އެބަޔާނުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ރ) "ގަނޑުވަރު" އެވެ، ގޯތީގެ މައްސަލާގެ ތަޙްޤީޤަށް އެދުވަސްވަރު ކުޅުދުއްފުށި އޮފީހުގައި
އުޅުނު ވެރީންގެ ތެރޭގައި ހިމެނޭ ޢަބްދުލްޙަކީމް އަލީއާއި މޫސާ ޢަލީ ވެސް ބަޔާން ދީފައިވާކަމާއި،
މީގެ ތެރެއިން މޫސާ ޢަލީ ދީފައިވާ ބަޔާނުގައި، ކުޅުދުއްފުށީ އޮފީހުގައި ފެންނަން ހުރި
ލިޔުންތަކަށް ބަލާއިރު "ގަނޑުވަރު" އެވެ، ކިޔާ ގޯއްޗަކީ 17 އޯގަސްޓް 1975 ގައި ދެކުނުގެ ޢުމަރު ޢަލީ އަށް
ދީފައިވާ ގޯއްޗެއްކަން އެގޭކަމަށާއި، ނަމަވެސް އެގޯތީގައި ޢިމާރާތެއް ނުކޮށް، ގޯތި ލިބުނު ގޮތަށް ބާއްވާފައި، ޢުމަރު
ޢަލީ މާލެ ގޮސް، މާލެއިން ގޯއްޗެއް ގަނެގެން އެގޯތި (ހ.އަލްމަސްވިލާ) އޭނާގެ ނަމުގައި ރަޖިސްޓްރީ
ކުރުމަށްފަހުވެސް ކުޅުދުއްފުށީން ޢުމަރު ޢަލީ އަށް ދޫކޮށްފައިވާ ގޯއްޗާއި ބެހޭގޮތުން ވަކި އެއްޗެއް ނާންގާ އޮތީމަ،
އެދުވަސްވަރު ގޯތިނަގާފައި، ދިރިއުޅުމާބެހޭ ގޮތުން ގޯތީގައި އެއްވެސް މަސައްކަތެއް ނުކޮށްހުރި ގޯތިތައް ވަކިކުރި
ކުރުމުގައި އެގޯތިވެސް ޢުމަރު ޢަލީގެ ކިބައިން ވަކިކުރީ ކަމަށާއި، އެގޮތުން އެގޯތި ވަކިކުރިކަން އަންގާ ލިޔުމުގައި
ސޮއިކޮށްފައިވަނީ ޢުމަރު ޢަލީގެ ބައްޕަ ޢަލީ އިބްރާހީމް ކަމަށާއި، އޭރު ޢަލީ އިބްރާހީމް އަކީ ރަށުގެ މުދިމު
ކަމަށާއި، މިގޮތަށް ގޯތި ނެގިފައި އޮއްވާ ޢުމަރު ޢަލީގެ ކޮއްކޮ ޙުސައިން ޢަލީ އެގޯތި ހޯދުމަށް ރަށު އޮފީހުގައި
އެދުމުން، އެގޯތި ޙުސައިން ޢަލީ އަށް ރަޖިސްޓްރީ ކޮށްދިނުމާމެދު އަތޮޅު އޮފީހުގެ ލަފާފުޅަކަށް އެދި އެއޮފީހުގައި
ދެންނެވުމުން، ކުރިން އެގޯތި ދޫކުރެވިފައިވާ ޢުމަރު ޢަލީގެ ނަމުގައި އެގޯތީގެ ރަޖިސްޓްރީ އެއް ހެދިފައިވޭތޯ
ބެލުމަށްފަހު، އެފަދައިން ރަޖިސްޓްރީއެއް ހެދިފައި ނުވާނަމަ، ޙުސައިން ޢަލީގެ ނަމުގައި ޤަވާޢިދުން އެގޯތި
ރަޖިސްޓްރީ ކޮށްދެއްވުން އެންމެ ރަގަޅު ކަމުގައި އަތޮޅު އޮފީހުން ވިދާޅުވެފައި ވާކަމަށާއި، އެގޯތި ޙުސައިން ޢަލީ
އަށް ރަޖިސްޓްރީ ކޮށްދީފައިވަނީ 05 ޑިސެމްބަރ 2004 ގައި ކަމަށާއި، އޭރު އެގޯތީގައި ޙުސައިން ޢަލީގެ
އަމިއްލަ ޚަރަދުގައި ރަނާ ޓިނު ޖަހާފައިވާ ގެއެއް އަޅައި، ފެންވަޅަކާއި ފެންތަގިއަކާއި، ފާޚާނާއެއް
ހަދާފައިވާކަމަށާއި، އޭރު މޫސާ ޢަލީ ހުރީ އެރަށު އޮފީސް ހިންގުމާ ޙަވާލުވެ ކަމަށާއި، ޙުސައިން ޢަލީގެ ނަމުގައި
އެގޯތި ރަޖިސްޓްރީ ކޮށްދެވުނު އިރު އޭގެ ކުރީން އެގޯތީގެ މީހުންގެ ރަޖިސްޓްރީ 07 ނޮވެމްބަރ 1989 ގައި
ހެއްދިފައި ވާކަމަށާއި، އަދި ޙުސައިން ޢަލީ އަކީ ގޭގެ ވެރި ފަރާތް ކަމުގައި އޭގައިވެސް ލިޔެފައިވާކަމަނާއިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{39}HC-A/133
އަތޮޅު
ކުޅުދުއްފުށި
އެދުވަސްވަރު ގޯތި ގޯތީގެ ރަޖިސްޓްރީގައި ރަށު އޮފީހުން ކަތީބު ސޮއި ކުރަންޖެހޭތީ އެޙައިސިއްޔަތުން އޭގައި
ސޮއިކޮށް އަތޮޅުވެރިޔާ ސޮއި ކުރެއްވުމަށްޓަކައި އޮތޮޅު އޮފީހަށް ފޮނުވިފައިވާ ކަމަށާއި، އަތޮޅު އޮފީހުން
އެރަޖިސްޓްރީގައި ސޮއި ކުރައްވާފައިވަނީ އޭރުގެ އޮތޮޅުވެރިޔާ ޢަބްދުލްޙަމީދު މުޙައްމަދު ކަމަށް އެބަޔާނުގައި މޫސާ
ޢަލީ ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި މީގެ އިތުރުން ކުޅުދުއްފުށީ އޭރުގެ ބޮޑުކަތީބު ޢަބްދުލްޙަކީމް ޢަލީ ތިލަދުންމަތީ ދެކުނުބުރީ
އޮފީހަށް ދީފައިވާ ބަޔާނުގައި، ކުޅުދުއްފުށީ އޮފީހުގައި އޮންނަ ގޯތި ޙަވާލުކުރާ ފޮތުގެ 15 ވަނަ ޞަފްޙާއިން
"ގަނޑުވަރު" ގޯއްޗާއި ބެހޭގޮތުން އެނގެން އޮންނަ މިންވަރަކީ، ގެވަޅު ލިބުނު މީހާގެ ނަންޖަހާ
ލަމްގައި "ޢުމަރު ޢަލީ ދެކުނުގެ" މިގޮތަށް ގަލަމުން ލިޔެ، އަދި އެނަމުގެ މަތީގައި (އެރޮގުގައި) ގަލަމުން ލޮގެއް
އަޅާ ކަނޑާލާފައި ވާކަމަށާއި، ގެވަޅު ޙަވާލުކުރި ތާރީޚް ޖަހާ ކޮލަމްގައި ތާރީޚް ޖަހާފައި ނުވާކަމަށާއި، މުއްދަތު
ހަމަވާ ތާރީޚްގެ ގޮތުގައި 11 މާރޗް 1973 ލިޔެފައިވާ ކަމަށާއި، އަދި ގެވަޅު ވަކިކުރެވުނު އިރު ސޮއިކުރާ
ގޮޅީގައި ޢުމަރު ޢަލީގެ ބައްޕަ ޢަލީ އިބްރާހީމް ސޮއިކޮށްފައިވާ ކަމަށާއި، އަދި އެފޮތުގެ 14 ވަނަ ޞަފްޙާގައި
ވެސް ޢުމަރު ޢަލީގެ ނަންލިޔެ ރޮގެއްދަމާ ކަނޑާލާފައިވާކަމަށާއި، ކުޅުދުއްފުށީ ގޭގޭގެ މީހުންގެ ރަޖިސްޓްރީގެ 754
ވަނަ ނަންބަރުގައި "ގަނޑުވަރު" އެވެ، ކިޔާ ގޭގެ ވެރިފަރާތް ކަމުގައި "ޙުސައިން ޢަލީ ގަނޑުވަރު" ކަމުގައި 07
ނޮވެމްބަރ 1989 ގައި އޭރުގެ ބޮޑުކަތީބު އަޙްމަދު އިޤްބާލުއާއި އޭރު ކަތީބެއްގެ ގޮތުގައިހުރި އަދި ފަހުން ބޮޑު
ކަތީބު ޢަބްދުލްޙަކީމް ޢަލީ ސޮއިކޮށްފައި ވާކަމަށާއި، ވީމާ މިހާރު އެގޯތީގެ ޙަޤީޤީ ވެރިފަރާތަކީ ޙުސައިން ޢަލީ
ކަމުގައި ބެލެވޭ ކަމަށާއި، ޙުސައިން ޢަލީ އާއި ޢުމަރު ޢަލީއަކީ ބޮޑުކަތީބު ޢަބްދުލްޙަކީމް ޢަލީ އާއި އެއްބަނޑު
އެއްބަފާ ދެމީހުންކަމަށް ޢަބްދުލްޙަކީމް ޢަލީ ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންތައްތަކަށް ބަލާއިރު،
ހ.އަލްމާސް ވިލާ ޢުމަރު ޢަލީ (ދ.ރ.ކާޑް ނަންބަރުA001352) އަކީ، ހދ.ކުޅުދުއްފުއްޓަށް އުފަން މީހެއްކަމާއި،
އޭނާ ކުޅުދުއްފުށި ރަށްވެއްސެއްގެ ގޮތުގައި ހުރިއިރު އޭނާގެ ނަމުގައި ގޯއްޗެއް ދޫކުރެވިފައިވާކަމާއި، އެގޯތީގައި
ވަށާފާރު ރޭނުމަށްފަހު، ޢުމަރު ޢަލީ މާލެ އައިސް މާލޭގެ ރަށްވެއްސަކަށްވެ، މާލެއިން ގޯއްޗެއް (ހ.އަލްމަސްވިލާ)
ގަނެ، އެގޯތި އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށް މާލެއަށް އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލު ކޮށްފައިވާކަމާއި، އަދި
އޭނާ މާލެ އައިފަހުން، ކުޅުދުއްފުށީން ކުރިން އޭނާއަށް ލިބިފައިވާ ގޯތީގައި އެއްވެސް މަސައްކަތެއްކޮށް، އެގޯތީގައި
ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމާއި، އޭގެ ބަދަލުގައި ގޯއްޗަށް ވައު ވަދެ ގޯތި ވީރާނާވެގެން
ދަނިކޮށް، ގޯތި ދޫކުރެވިފައިވާ ފަރާތްތަކުން ޢިމާރާތް ކުރުމަށް ދީފައިވާ މުއްދަތުގައި ޢިމާރާތް ކުރުމަށް އެކަށީގެންވާޖޭގެ
oc
¢ ¢¢ ¢ 3 2 2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
2{{39}HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަސައްކަތެއް ނުކޮށް ހުންނަ ގޯތިތައް އެގޯތިތައް ދޫކުރެވިފައިވާ މީހުންގެ ކިބައިން ވަކިކުރުމުގެ މަސައްކަތް
ސަރުކާރުން ކުރި ދުވަސްވަރެއްގައި ޢުމަރު ޢަލީ އަށް ދޫކޮށްފައިވާ ގޯތިވެސް އޭނާގެ ކިބައިން ވަކިކޮށް އެކަން
އޭނާގެ ބައްޕަ މުދިމް ޢަލީ އިބްރާހީމަށް އަންގާފައިވާކަން އެނގެން އޮންނަކަމާއި، އަދި މުދިމް ޢަލީ އިބްރާހީމަށް
އެކަން އެންގި ސަބަބަކީ، ޢުމަރު ޢަލީ އަކީ އެރަށުގައި ދިރިއުޅޭ މީހެއް ކަމަށް ނުވާތީއާއި، ޢުމަރު ޢަލީ އަށް އެގޯތި
ހޯދުމަށާއި އެގޯތީގައި ހުރި ރުއްގަހަށް ބަދަލު ދިނުމުގެ ކަންތަކުގައި ރަށު އޮފީހާއި ކުރީންވެސް މުޢާމަލާތް
ކޮށްފައިވަނީ ޢުމަރު ޢަލީގެ ބައްޕަ މުދިމް ޢަލީ އިބްރާހީމް ކަމުގައި ވާތީ ކަން އެނގެން އޮންނަ ކަމާއި، ޢުމަރު
ޢަލީގެ ކިބައިން އެގޯތި ވަކިކުރެވުމާއި ގުޅިގެން ޢުމަރު ޢަލީގެ ބައްޕަ މުދިމް ޢަލީ އިބްރާހީމް އެރަށުގެ ވެރިންނާއި
ވާހަކަ ދައްކައި ޢުމަރު ޢަލީގެ އެއްބަނޑު އެއްބަފާ ކޮށްކޮ ޙުސައިން ޢަލީ އަށް އެގޯތި ހަމަޖައްސާފައި ވާކަން
ކުޅުދުއްފުށީ އޮފީހުގައި ހުރި ރަސްމީ ލިޔުންތަކުން ފެންނަ ހުރިކަމާއި، އޭގެ ފަހުން ޙުސައިން ޢަލީ އެވޯއްތީގެ
ވަށާފާރު މަރާމާތުކޮށް ތަރައްޤީކޮށް ހަދައި، އެގޯތީގައި ޢިމާރާތެއް ކޮށް، ގޯއްޗަށް ނަމެއް ކިޔައި އެނާގެ އަނބި
ދަރީންނާއެކު ދިރިއުޅެން ފަށާފައިވާކަމާއި،
ޢުމަރު ޢަލީ އަށް ކުޅުދުއްފުށީން ދޫކޮށްފައިވާ ގޯތި އޭނާގެ ކިބައިން ވަކި ކުރުމުގައި އޭރު ޢަމަލު
ކުރަމުން ދިޔަ ޤަވާޢިދަކާއި ޚިލާފަށް ޢަމަލު ކޮށްފައިވާކަން އެނގެން ނެތްކަމާއި، އެހެންނީ އެޒަމާނުގައިވެސް ގޯތި
ދިނުމަށްފަހު، ގޯތީގައި ދިރިއުޅުމެއް ފެށުމަށް ވަކި މުއްދަތެއް ދެމުން އައިސްފައިވާކަމާއި، އެގޮތުން ޢުމަރު ޢަލީއަށް
ގޯތި ދިނުމަށް ފަހުގައި މުއްދަތު ހަމަވާ ތާރީޚުގެ ގޮތުގައި ރަށު އޮފީހުގެ ފޮތުގައި ވަކި ތާރީޚެއް ލިޔެފައި ވާކަމާއި،
އެގޯތި އޭނާގެ ކިބައިން ވަކިކޮށްފައިވަނީ އެތާރީޚް ހަމަވެ ދިޔައިރުވެސް އެގޯތީގައި ދިރިއުޅުމަށްޓަކައި އެކަށީގެންވާ
މަސައްކަތެއް ކޮށްފައި ނުވާތީކަމާއި މިކަންކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން ޢުމަރު ކުޅުދުއްފުށީން
މާލެއަށް ހިޖުރަ ކޮށް މާލެއިން ގޯއްޗެއް ގަނެ މާލޭގައި ރައްވެހިވެ މާލޭގައި ދިރިއުޅުން ފަށާފައިވާކަން އެނގެން
އޮންނަކަމާއި، މި އެންމެހައި ކަންތައްތަކަށް ބަލާއިރު، މަދަނީކޯޓުގެ ނަންބަރު2007/MC/380 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
(ބ) ޢުމަރު ޢަލީގެ ފަރާތުން މަދަނީކޯޓުގެ ނަންބަރު2007/MC/380 ޤަޟިއްޔާ އިސްތިއުނާފު
ކުރުމުން ބެލިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ އަޑުއެހުންތަކަށް ހާޒިރުވުމަށް ތަކުރާރުކޮށް
ހދ.ކުޅުދުއްފުށި ކައުންސިލަށް އެންގުމުން އެއިދާރާގެ ފަރާތުން ހާޒިރުވެފައި ނުވާތީ، މިމައްސަލާގެ އަޑުއެހުންތަށް
ކުރިއަށް ގެންދެވިފައިވަނީ އެއިދާރާގެ ޣައިރު ހާޒިރުގައި ކަމާއި، އަދި އެގޮތަށް އަޑުއެހުންތައް
deco
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10
2{{39}HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެންދެވިފައިވަނީ އެއިދާރާއަށްވެސް އެކަން އެންގުމަށްފަހުގައި ކަމާއި، އަދި ޙުކުމް ކުރުމަށްޓަކައި މިއަދު (23 މެއި
2012) ވަނަ ދުވަހު ބޭއްވުނު މި މަޖިލީހަށްވެސް އެއިދާރާގެ ފަރާތުން ހާޒިރުވެފައި ނުވާތީ، މިޤަޟިއްޔާގެ ޙުކުމް
ކުރެވިފައިވަނީ ހދ.ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޣައިރު ޙާޟިރުގައި ކަން ފާހަގަކުރެވެއެވެ.
ޙުކުމް:
ދެންފަހެ، މަދަނީކޯޓުގެ ނަންބަރު2007/MC/380 ޤަޟިއްޔާ ގައި ހ.އަލްމަސްވިލާޢުމަރު ޢަލީ
(ދ.ރ.ކާޑް ނަންބަރުA001352) ކުޅަ ދަޢުވާ ބައްލަވައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް،
ހދ.ކުޅުދުއްފުށި ރަށު ކައުންސިލް އިދާރާގެ ޣައިރު ޙާޟިރުގައި މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv