ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/262 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/262
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 262/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: ތާރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 284
/
2007-C
* ދާއިމީ އެޑްރެސް: ހ.ސިއްކަގެ ހުޅަނގުބައި
0
އިސްތިއުނާފު ރައްދުވި
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
1435
E
ނިމުނު ތާރީޚް: 21 ރަބީޢުލްއައްވަލް 1436
23 ޛުލްޤައިދާ
18 ސެޕްޓެމްބަރ 2014
13
ޖެނުއަރީ
2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/1234
• ނިންމެވި ކޯޓް: ސިވިލް ކޯޓު
ދިވެހިރާއްa
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރުގެ ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/262
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1234 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި ތްރީކް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
CCCO
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
0.4..
އޭގެން ކަންތައް
3 3 3 3
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1234 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 30 ސެޕްޓެމްބަރު 2009 ގައި ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުން އަމިއްލަ ނަމުގައި ގެނެސްފައިވާ ހިޓާޗީ އެކްސްކަވޭޓަރ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
ނަންބަރު: T1144
/
09 "ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ދޫކުރެވޭ މުދަލާބެހޭ އިޤްރާރް"
ގެ 1 ވަނަ މާއްދާގައި 728 ދުވަހުގެ ތެރޭގައި ރާއްޖެއިން އަނބުރާ ފޮނުވާލާނެކަމަށާއި، އެމުއްދަތުގެ ތެރޭގައި
ނުފޮނުވުނުނަމަ ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން މުދަލުގެ އިމްޕޯޓް ޑިޔުޓީއަށް ދައްކަންޖެހޭ ފައިސާ
ދެއްކުމަށް 19 އޮކްޓޯބަރ 2009 ގައި އެއްބަސްވެ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު:
28294
/
2009-R (20 އޮކްޓޯބަރު 2009) ޑިކްލަރޭޝަން ފޯމުން، މިމުދާ އެތެރެކުރުމުގެ ހުއްދަ ދިނުމުން،
މިމުދާ ގިރެކޮށް، މިމުދާ އަނބުރާ ފޮނުވާލުމަށް ދީފައިވާ މުއްދަތު ހަމަވުމުންވެސް މިމުދާ އަނބުރާ
ފޮނުވާލާފައިނުވާތީ، އެމާއްދާގެ ދަށުން މުދަލުގެ އިމްޕޯޓް ޑިޔުޓީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތްރީކް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ތަކުރާރުކޮށް އެންގުމުންވެސް އެފައިސާ ދައްކާފައިނުވާތީ، ތްރީކް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އިމްޕޯޓް ޑިޔުޓީއަށް ދައްކަންޖެހޭ 154,962
/
38ރ. (އެއްލައްކަ
ފަންސާސްހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސްދެ ރުފިޔާ ތިރީސްއަށް ލާރި) ލިބިގަތުމަށް އެދި ތްރީކް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުލަތުން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން
އެނގޭކަމާއި،
އތކޮށް،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/262
ފެންވަލަނ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި،
މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، 30 ސެޕްޓެމްބަރ 2009
ގައި ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އަމިއްލަ ނަމުގައި ގެނެސްފައިވާ ހިޓާޗީ އެކްސްކަވޭޓަރ،
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު: T1
/
44
/
09 "ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ
ގެންދާގޮތަށް ދޫކުރެވޭ މުދަލާބެހޭ އިޤްރާރް" ގެ 1 ވަނަ މާއްދާގައި 728 ދުވަހުގެ ތެރޭގައި ރާއްޖެއިން
އަނބުރާ ވެލާނެކަމަށާއި، އެމުއްދަތުގެ ތެރޭގައި ނުފޮނުވުނުނަމަ ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން
މުދަލުގެ އިމްޕޯޓް ޑިޔުޓީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް 19 އޮކްޓޯބަރ 2009 ގައި އެއްބަސްވެ،
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު: 28294
/
2009-R (20 އޮކްޓޯބަރު 2009) ޑިކްލަރޭޝަން
ފޯމުން، މިމުދާ އެތެރެކުރުމުގެ ހުއްދަ ދިނުމުން، މިމުދާ އެތެރެކޮށް، މިމުދާ އަނބުރާ ފޮނުވާލުމަށް ދީފައިވާ
މުއްދަތު ހަމަވުމުންވެސް މިމުދާ އަނބުރާ ފޮނުވާލާފައިނުވާތީ، އެމާއްދާގެ ދަށުން މުދަލުގެ އިމްޕޯޓް ޑިޔުޓީއަށް
ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ތަކުރާރުކޮށް އެންގުމުންވެސް
އެފައިސާ ދައްކާފައިނުވާތީ، ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އިމްޕޯޓް ޑިޔުޓީއަށް ދައްކަންޖެހޭ
154,962
/
38ރ. (އެއްލައްކަ ފަންސާސްހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސްދެ ރުފިޔާ ތިރީސްއަށް ލާރި)
ލިބިގަތުމަށް އެދި ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ
މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު:
T1
/
44
/
09 "ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ދޫކުރެވޭ މުދަލާބެހޭ އިޤުރާރު" ގައި 19
އޮކްޓޯބަރު 2009 ގައި ސޮއި ކުރުމަށްފަހު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު:
28294
/
2009-R (20 އޮކްޓޯބަރ 2009) ޑިކްލަރޭޝަން ފޯމުގެ ދަށުން ހިޓާޗީ އެކްސްކަޓޭޓަރެއް
ރާއްޖެއަށް އެތެރެކޮށްފައިވާކަމާއި، ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން 19 އޮކްޓޯބަރ 2009
ގައި ސޮއިކޮށްފައިވާ އިޤުރާރުގެ ދަށުން، އެމުދައު ވަގުތީގޮތުން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމުގެ ހުއްދަ
ލިބިފައިވަނީ 728 (ހަތްސަތޭކަ އަށާވީސް) ދުވަހުގެ މުއްދަތަކަށްކަމާއި، މިމުދައު މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ ނަންބަރު: 28294
/
2009-R ޑިކްލަރޭޝަން ފޯމުގެ ދަށުން 20 އޮކްޓޯބަރ 2009 ގައި
އެތެރެކުރެވިފައިވާތީ، އެމުދައު އެތެރެކޮށް
ދެވިފައިވާ ހުއްދަ 21 އޮކްޓޯބަރ 2011 ގައި
ހަމަވެފައިވާކަމާއި، މިމުއްދަތު ހަމަވުމުގެ ކުރިން މިމުދައު އަނބުރާ ފޮނުވިކަމަށް ބެލެވޭނީ ޤަވާޢިދުން ރީ-
ކެސްޕޯޓް ޑިކްލަރޭޝަން ކަސްޓަމްއަށް ހުށަހަޅާފައިވާނަމަކަމަށާއި، އަދި ރީ-އެކްސްޕޯޓް ޑިކްލަރޭޝަން
ހުށަނާޅާނަމަ އެމުދަލެއްގެ އިމްޕޯޓް ޑިޔުޓީ ހަމައަށް ދައްކަންވާނެކަމަށް އިސްވެ ޙަވާލާދެވުނު އިޤްރާރުގެ 2 ފަސިފައްޖޭގެ
oxca
ބނނކމށް
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2014/HC-A/262
ނަންބަރުގައި ބަޔާންކޮށްފައިވާކަމާއި، އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު:
28294
/
2009-R ޑިކްލަރޭޝަން ފޯމުގެ ދަށުން މިމުދައު އެތެރެކޮށް ބޭނުންކުރުމަށް ދެވިފައިވާ މުއްދަތު 21
އޮކްޓޯބަރު 2011 ގައި ހަމަވިއިރު، މިމުޢާމަލާތުގެ މައްޗަށް ދެން ތަތުބީޤުކުރާންޖެހެނީ ޤަވާޢިދު ނަންބަރު
41-R/2011 ކަސްޓަމަސްގެ ޢާންމު ޤަވާއިދުކަމާއި، މިޤަވާއިދު 125 ވަނަ މާއްދާގެ (ބ) ގެ ދަށުން،
އެމުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 02 (ދޭއް) އަހަރު ހަމަވުމަށްފަހު އަނބުރާ
ގެންދިޔަނަމަވެސް އެމުދަލަކަށް ދައްކަންޖެހޭ ޑިޔުޓީގެ %100 ދައްކަންވާނެކަމަށް ބަޔާންކޮށްފައިވުމާއި، އަދި
އެޤަވާޢިދުގެ 124 ވަނަ މާއްދާގެ (ހ) ގެ ދަށުން ރާއްޖޭގައި ބޭނުން ކުރުމަށްފަހު އަނބުރާ ގެންދާގޮތަށް
ގެންނަ މުދައު ފޮނުވާލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ފޮނުވާނުލައިފިނަމަ، އެމުދައު
އިމްޕޯޓްކުރިއިރު ޑެކްލެއަރ ކޮށްފައިވާ އަގުން އިމްޕޯޓް ޑިޔުޓީ ދައްކަންވާނެކަމަށް ބަޔާންކޮށްފައިވާތީ، ތްރީކް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި ބޭނުން ކުރުމަށްފަހު އަނބުރާ ގެންދާގޮތަށް މޯލްޑިވްސް
ކަސްޓަމްސް ސަރވިސްގެ ނަންބަރު: 28294
/
2009-R ޑިކްލަރޭޝަން ފޯމުގެ ދަށުން އެތެރެކޮށްފައިވާ
މުދައު ފޮނުވާލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ފޮނުވާނުލައިނުވާތީ، އެމުދައު އެތެރެކުރިއިރު
ޑިކްވެއަރކޮށްފައިވާ އަގުން، ކުރިން ދައްކާފައިވާ ފައިސާ އުނިކުރުމުން ބާކީ އޮންނަ 154,962
/
38 ރ.
(އެއްލައްކަ ފަންސާސްހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސްދެ ރުފިޔާ ތިރީސް އަށް ލާރި) އަކީ މޯލްޑިވްސް
ކަސްޓަމްސް ސަރވިސްއަށް ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއްކަން
މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމާއި،
މިފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިދިނުމަށްޓަކައި، މިއަދު 22 މެއި 2014 އިން
ފެށިގެން 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން އެމަހަކަށްޖެހޭ މިންވަރު މިކޯޓަށް
ދައްކަމުންގޮސް، މިފައިސާ މިމުއްދަތުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް ތްރީކް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށް ފީމެވެ." މިފަދައިންނެވެ.
2x 8 2
02- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1234 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ތްރީކް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެއްކަމާއި، އެއީ އެކުންފުނިން އަނބުރާ ފޮނުވާލާގޮތަށް
ރާއްޖެ އެތެރެކޮށްފައިވާ އެކްސްކަވޭޓަރގެ ޑިއުޓީގެ ގޮތުގައި 154,962
/
38 ރ. (އެއްލައްކަ ފަންސާސް ހަތަރު
ހާސް ނުވަސަތޭކަ ފަސްދޮޅަސް ދެރުފިޔާ ތިރީސްއަށް ލާރި) މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދައްކަންޖެހޭކަމަށް ޙުކުމް ކޮށްފައިވަނީ ޤަވާޢިދު ނަންބަރު 34-R/2012 (މުދާ އެކްސްޕޯޓް ކުރުމާއި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/262
ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ޤަވާޢިދު) ގެ 14 ވަނަ މާއްދާއާއި ޚިލާފަށް ކަމުން އެނިންމާފައިވާ ނިންމުން
ރަނގަޅު ނޫންކަމަށް ބަލަންޖެހޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- މިމައްސަލައާއި ގުޅިގެން ސިވިލްކޯޓުގެ ނަންބަރު 2013/Cv-C/1234 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
OXCCC
(ހ) ފުރަތަމަކަމަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ތްރީކް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ރައްދުވާގޮތަށް ސިވިލްކޯޓުގައި އުފުލިދަޢުވާގެ މައްޗަށް ބަލާއިރު، އެދަޢުވާގެ
އަސްލު ބިނާވެފައިވަނީ، 30 ސެޕްޓެމްބަރު 2009 ގައި ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ނަމުގައި ގެނެސްފައިވާ ހިޓާޗީ އެކްސްކަޓޭޓަރެއް ރާއްޖެއިން އަނބުރާ ފޮނުވާލާނެކަމަށާއި، އެމުއްދަތުގެ ތެރޭގައި
ނުފޮނުވުނުނަމަ ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން މުދަލުގެ އިމްޕޯޓް ޑިޔުޓީއަށް ދައްކަންޖެހޭ ފައިސާ
ދެއްކުމަށް އެކުންފުނިން އެއްބަސްވެފައިވުމުން، މިމުދާ އެތެރެކުރުމުގެ ހުއްދަ މޯލްޑިވްސް ކަސްޓަމްސް
ސަރވިސް އިން ދިނުމުން، މިމުދާ އެތެރެކޮށް، މިމުދާ އަނބުރާ ފޮނުވާލުމަށް ދީފައިވާ މުއްދަތު ހަމަވުމުންވެސް
މިމުދާ އަނބުރާ ފޮނުވާލާފައިނުވާތީ، މުދަލުގެ އިމްޕޯޓް ޑިޔުޓީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތްރީކް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ތަކުރާރުކޮށް އެންގުމުންވެސް އެފައިސާ ދައްކާފައިނުވާތީ، ތްރީކް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އިމްޕޯޓް ޑިޔުޓީއަށް ދައްކަންޖެހޭ 154,962
/
38ރ. (އެއްލައްކަ
ފަންސާސްހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސްދެ ރުފިޔާ ތިރީސްއަށް ލާރި) ލިބިގަތުމަށް އެދި އެކަމުގެ
މައްޗަށްކަން އެނގޭކަމާއި، މިދަޢުވާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ފާހަގަކޮށްފައިވާ ފަދައިން
ވެހިކަލް އެތެރެކޮށްފައިވާކަމާއިމެދު އަދި އެވެހިކަލް އަނބުރާ ފޮނުވާލުމަށް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި
ފޮނުވާލެވިފައި ނުވާކަމާއިމެދު ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އިންކާރު ނުކުރާކަމާއި
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހޯދުމަށް އެދިފައިވާ ޢަދަދަށް ފައިސާ ދެއްކުމަށް
ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައިވާކަމާއި، އަދި އެޢަދަދަށް ފައިސާ
ދެއްކުމަށް އިންކާރު ކުރަނީ، ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ގެންނަ މުދަލާމެދު
ކަސްޓަމްސް އިން ޢަމަލުކުރާ އުސޫލުގެ 4 ވަނަ މާއްދާގައިވާ ގޮތަށް ޢަމަލުކޮށްދިނުން އެދި 23 ނޮވެމްތަވެއްޖޭގެ
Mހ2ފ
2
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/262
2011 ގައި ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީއަށް ޖަވާބެއް
ލިބިފައިނުވާތީކަމަށް އެކުންފުނިން ސިވިލްކޯޓުގައި ބުނެފައިވާކަން އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ، ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން މޯލްޑިވްސް
ކަސްޓަމްސް ސަރވިސްގެ ފަރާތުން ހޯދުމަށް އެދި ހުށަހެޅި 154,962
/
38ރ. (އެއްލައްކަ
ފަންސާސްހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސްދެ ރުފިޔާ ތިރީސްއަށް ލާރި) އަކީ އެކުންފުނިން ކަސްޓަމްސް
އަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ސިވިލްކޯޓުން ކަނޑައެޅުއްވުމުގައި ބިނާކުރައްވާފައިވާ އަސާސްތަކުގެ
މައްޗަށް ބަލާއިރު، މިމައްސަލައިގައި ޙަވާލާދޭ ވެހިކަލް ވަގުތީގޮތުން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމުގެ
ހުއްދަ ލިބިފައިވަނީ 728 (ހަތްސަތޭކަ އަށާވީސް) ދުވަހުގެ މުއްދަތަކަށްކަން އެނގޭކަމަށާއި، މިމުދައު އެތެރެ
ކުރެވުނު ތާރީޚަށް ބެލުމުން އެމުދައު އެތެރެކޮށް ބޭނުންކުރު
ނުންކުރުމަށް ދެވިފައިވާ ހުއްދަ 21 އޮކްޓޯބަރ 2011 ގައި
ހަމަވެފައިވާކަމަށާއި، މިމުއްދަތު ހަމަވުމުގެ ކުރިން މިމުދައު އަނބުރާ ފޮނުވިކަމަށް ބެލެވޭނީ ޤަވާޢިދުން ރީ-
އެކްސްޕޯޓް ޑިކްލަރޭޝަން ހުށަނާޅާނަމަ އެމުދަލެއްގެ އިމްޕޯޓް ޑިއުޓީ ހަމައަށް ދައްކަންވާނެކަމަށް ތާރީކް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން 19 އޮކްޓޯބަރ 2009 ގައި ސޮއިކޮށްފައިވާ އިޤްރާރުގެ 2 ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާކަމަށާއި، މިމުދައު އެތެރެކޮށް ބޭނުންކުރުމަށް ދެވިފައިވާ މުއްދަތު 21 އޮކްޓޯބަރ
2011 ގައި ހަމަވިއިރު، ދެން މިމުޢާމަލާތުގެ މައްޗަށް ތަތުބީޤު ކުރަން ޖެހޭނީ ޤަވާއިދު ނަންބަރު
41-R/2011 ކަސްޓަމްސްގެ ޢާއްމު ޤަވާއިދުކަމަށާއި، މިޤަވާޢިދުގެ 125 ވަނަ މާއްދާގެ (ބ) ގެ ދަށުން،
އެމުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 02 (ދޭއް) އަހަރު ހަމަވުމަށްފަހު އަނބުރާ
ގެންދިޔަނަމަވެސް އެމުދަލަކަށް ދައްކަންޖެހޭ ޑިއުޓީގެ %100 ދައްކަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި
އަދި އެޤަވާޢިދުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް
ގެންނަ މުދައު ފޮނުވާލު
ނުވާލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވާނުލައިފިނަމަ، އެމުދައު އިމްޕޯޓްކުރިއިރު
ޑިކްލެއަރ ކޮށްފައިވާ އަގުން އިމްޕޯޓް ޑިއުޓީ ދައްކަންވާނެކަމަށް ލާންކޮށްފައިވާކަމަށާއި، މިމައްސަލައިގައި
ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ޙަވާލާދީފައިވާ 23 ނޮވެމްބަރ 2011 ގެ ސިޓީއަކީ،
އެކުންފުނިން މުދައު ފޮނުވާލުމަށް އެއްބަސްވެފައިވާ މުއްދަތު ކަމުގައިވާ 21 އޮކްޓޯބަރ 2011 ގެ ފަހުން
ފޮނުވާފައިވާ ސިޓީއެއްކަމުގައިވާތީ، މިސިޓީގެ ސަބަބުން ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ލިބެންޖެހޭ އިސްތިސްނާއެއްނެތްކަމަށާއި، މިމައްސަލައިގައި ގްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން
ޢަމަލުކުރަންޖެހޭނީ، ޤަވާޢިދު ނަންބަރު 41-R/2011 ކަސްޓަމްސްގެ ޢާއްމު ޤަވާޢިދުގެ 120 ވަނަ މާއްދާގެ
(ހ) ގައިވާ ގޮތުގެ މަތީން ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ގެންނަ މުދައު ފޮނުވާލުމަށްއްޖޭގެ
.
ހދ 8*0 ހ
މ 24
3 ފ 8
6
4
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2014/HC-A/262
2
3 އއ އދ8
مهم و موڑ
434
3
2 ދނ ކމ
ތންނޭވެރމަށް
ގެޒެޓްގައި ޝާއިޢުކޮށްފައިވާކަމާއި، އެހެންކަމުން އިޝާރާތްކުރެވުނު މުދަލުން ޑިއުޓީ ނެގުމުގައި އެންއެސްގެ ހައި
ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ފޮނުވާނުލައި ޙާލަތުގައި ޢަމަލުކުރާގޭ ކަމަށް ބަޔާންކޮށް މިކަންކަން
މިގޮތަށް ފާހަގަކުރައްވާފައިވާކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، މިމައްސަލައާއިގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބެލިއިރު،
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު T1
/
44
/
09 "ރާއްޖޭގައި މަށްފަހު އަނބުރާ
ގެންދާގޮތަށް ގެންނަ މުދަލާބެހޭ އިޤްރާރު" އަށް އެކުންފުނިން އެއްބަސްވެ އެއިޤްރާރުގައި އެކުންފުނީގެ ފަރާތުން
ސޮއިކޮށްފައިވާކަން އެނގޭކަމާއި، މި އިޤްރާރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން، މިއިޤްރާރުގެ 1 ވަނަ
ނަންބަރުގައި، ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކުރި މުދާ 728 ދުވަހުގެ ތެރޭގައި
އަނބުރާ ރާއްޖެއިން ބޭރަށް ފޮނުވުމަށާއި، މިމުއްދަތުގައި މިމުދައު ނުފޮނުވޭނަމަ ކަނޑައެޅިފައިވާ އުސޫލުން
މްޕޯޓް ޑިއުޓީ އަށް ދައްކަންޖެހޭ ފައިސާ ދައްކާނެކަމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައި އޮންނަކަމާއި،
މިއިޤްރާރުގެ 2 ވަނަ ނަންބަރުގައި، ކަނޑައެޅިފައިވާ މުއްދަތުގައި މުދާ އަނބުރާ ފޮނުވިކަމަށް ބެލޭނީ
ޤަވާޢިދުން ރީ-އެކްސްޕޯޓް ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހަޅާފައި
ވާނަމަކަމަށާއި، ރީ-އެކްސްޕޯޓް ޑިކްލަރޭޝަން ހުށަނާޅާނަމަ އެމުދަލެއްގެ އިމްޕޯޓް ޑިއުޓީ
ދައްކަންޖެހޭނެކަމަށް ބަޔާންވެގެން އޮންނަކަން އެނގޭއިރު، މިއިޤްރާރުގައި ކަނޑައެޅިފައިވާ މުއްދަތު
ހަމަވިއިރުވެސް، މިމުދާ އަނބުރާ ފޮނުވާލުމަށް ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އެއްވެސް މަސައްކަތެއް ކުރިކަން އަދި މިއިޤްރާރުގައި ބުނާ ފަދައިން ރީ-އެކްސްޕޯޓް ޑިކްލަރޭޝަން
އެކުންފުނިން ކަސްޓަމްސްއަށް ހުށަހެޅިކަން އެނގެން ނެތްކަމާއި، މިހެންކަމުން ގްރީކް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުން އިޤުރާރުވެފައިވާ ފަދައިން ، ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލުން އެމުދަލަށް
އިމްޕޯޓު ޑިއުޓީގެ ފައިސާ ދެއްކުމަކީ ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
ލާޒިމްވެގެންވާކަމެއްކަން
(ރ) ހަތަރުވަނަކަމަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު 28294
/
2009-R
ޑިކްލަރޭޝަންގެ ދަށުން، ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެތެރެކުރުމަށް ހުއްދަދިން
އިޝާރާތްކުރެވުނު މުދައު އެތެރެކޮށް ންކުރުމަށް ދެވިފައިވާ މުއްދަތު ހަމަވެފައިވަނީ 21 އޮކްޓޯބަރ 2011
މިތާރީޚުގައި ކަން އެނގޭއިރު، އެތާރީޚުގެ ކުރިން 11 ސެޕްޓެމްބަރ 2011 ގައި ޤަވާޢިދު ނަންބަރު
41-R/2011 (ކަސްޓަމްސްގެ ޢާއްމު ޤަވާޢިދު) އަށް ޢަމަލުކުރަން ފަށައި އެޤަވާޢިދު ދިވެހި ސަރުކާރުގެ
OCCO
ޏ ސ ޑ 8 އ ސ ޑ 8 – 2
6 هދޑ 2
އެނގޭކަމެވެ.
73224ހ2
ބޭނުންކުރުމަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/262
ޢަމަލުކުރަންޖެހޭނީ ޤަވާޢިދު ނަންބަރު 41-R/2011 (ކަސްޓަމްސްގެ ޢާއްމު ޤަވާޢިދު) އާއި އެއްގޮތަށްކަން
އެނގޭކަމާއި، އަދި މިއީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު T1
/
44
/
09
ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ގެންނަ މުދަލާބެހޭ އިޤްރާރު" ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ،
ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ގެނައި މުދާ ރާއްޖޭގައި ނުންކުރުމަށްފަހު އަނބުރާ
ގެންދާގޮތަށް އެއްބަސްވި މުއްދަތުގައި މިމުދައު ނުފޮނުވޭނަމަ ޢަމަލުކުރަން މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއިން ކަނޑައެޅި އުސޫލުކަން އެނގޭއިރު، ޤަވާޢިދު ނަންބަރު 41-R/2011 (ކަސްޓަމްސްގެ ޢާއްމު
ޤަވާޢިދު) ގެ 124 ވަނަ މާއްދާގެ (ހ) ގައި، ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ގެންނަ
މުދާ ފޮނުވާލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ފޮނުވާލާފައިނުވާނަމަ، އެމުދާ އިމްޕޯޓް ކުރިއިރު
ޑިކްލެއަރ ކޮށްފައިވާ އަގުން އިމްޕޯޓް ޑިއުޓީ ދައްކަންވާނެކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، އަދި އެޤަވާޢިދުގެ
125 ވަނަ މާއްދާގެ (ބ) ގައި "އެފަދަ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުންފެށިގެން 2 (ދޭއް) އަހަރު
ހަމަވުމަށްފަހު އަނބުރާ ގެންދިޔަ ނަމަވެސް އެމުދަލަކަށް ދައްކަންޖެހޭ ޑިއުޓީގެ %100 ދައްކަންވާނެކަމަށް
ބަޔާންކޮށްފައި އޮންނަކަމާއި، މިހެންކަމުން ގްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި
ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު 28294
/
2009-R
ޑިކްލަރޭޝަން ފޯމުގެ ދަށުން އެތެރެކޮށްފައިވާ މުދައު ފޮނުވާލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ
ފޮނުވާލާފައިނުވާތީ، އެމުދައު އެތެރެ ކުރިއިރު ޑެކްލެއަރ ކޮށްފައިވާ އަގުން، އެކުންފުނިން ކުރިން ދައްކާފައިވާ
ފައިސާ އުނިކުރުމުން ބާކީ ދައްކަން ޖެހެނީ 154,962
/
38ރ. (އެއްލައްކަ ފަންސާސްހަތަރުހާސް ނުވަސަތޭކަ
ފަސްދޮޅަސްދެ ރުފިޔާ! ތިރީސްއަށް ލާރި) ކަމުގައި ކަނޑައަޅައި މިފައިސާ އަކީ ގްރީކް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކުރެއްވި
ޙުކުމުގައި ޝަރުޢީ އަދި ޤާނޫނީ އަސްލަކާއި ޚިލާފުވުމެއް އޮތްކަމުގައި ބެލެވެން ނެތްކަމެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1234 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމް އިސްތިއުނާފުކުރުމަށް އެދި ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި
ބަލައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމުގައެވެ.
ކޯޓުގެ
ހއ.8
ކޮއިސަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2014/HC-A/262
ޙުކުމް
1234/Cv-C/2013
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ގްރީކް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބަލައި، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަންނެތްކަމަށް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/1234 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށް
ކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
، ހައި9
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv