ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/265 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/265
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
*
• ޤަޟިއްޔާ ނަންބަރ: 265/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޞަފްވާން ދާއިމީ އެޑްރެސް: އެވަރބްލޫ ޅ. ކުރެންދޫ
އައިޑީ ކާޑު ނަންބަރ: A138908 މިހާރުގެ އެޑްރެސް:
ވަންދުއްމާފަރު އިރުމަތީބައި
އިސްތިއުނާފު ރައްދުވި ފަރާތް:
ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 12 ސެޕްޓެމްބަރ 2012 * ނިމުނު ތާރީޚް: 23 ސެޕްޓެމްބަރ 2012
• މައްސަލައިގެ ބާވަތް: ކޯޓު އަމުރު (ބަންދުގެ މުއްދަތު އިތުރުކުރުން)
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/265
ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
7432/J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ، ޅ. ކުރެންދޫ އެވަރބްލޫ މުޙައްމަދު
ޞަފްވާން (މ. ވަންދުއްމާފަރު) އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް) އެވެ.
ރުމުން ބެލި
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/7432(J(MD-145 ކޯޓު އަމުރަކީ، މާރާމާރީގެ
މައްސަލައަކާއި ގުޅިގެން މުޙައްމަދު ޞަފްވާން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް
ވިދާޅުވެ، 2012 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 13:44 އިން 2012 ސެޕްޓެމްބަރ 13:43 ގެ ނިޔަލަށް
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅައި ތަނެއްގައި ންދުކޮށްފައި
ބެހެއްޓުމަށް
ރައްވާފައިވާ
އަމުރެއްކަން އެނގެން އޮވެއެވެ.
CCCX
02- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
7432/(J
(
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
މުޙައްމަދު ޞަފްވާންގެ ފަރާތުން، ތިން ނުކުތާ ފާހަގަކޮށް އެނުކުތާތަކާއި
ކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ccc
03- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
7432/(J
(
MD-145 ކޯޓު އަމުރަށާއި، މުޙައްމަދު
ޞަފްވާންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/265
OCOC
(ހ) މާރާމާރީގެ މައްސަލައަކާއި ގުޅިގެން މުޙައްމަދު ޞަފްވާން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކާވެދާނެކަމަށް ވިދާޅުވެ، 2012 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 13:44 އިން 2012
ސެޕްޓެމްބަރ 13:43 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅައި ތަނެއްގައި ބަންދުކޮށްފައި
ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7432(J
(
MD-145 ކޯޓު އަމުރުގެ ދަށުން
އަމުރުކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ނ) ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
7432/(J
(
MD-145 ކޯޓު އަމުރަކީ، މޯލްޑިވްސް ޕޮލިސް
ސަރވިސް ގެ ނަންބަރު 77768/MFO [ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން މުޙައްމަދު
ޞަފްވާން (ދ.ރ.ކާޑު ނަންބަރު A138908)، ގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށްއެދި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ނެރުއްވާފައިވާ އަމުރެއްކަން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮތުމުން އިޝާރާތްކުރެވުނު އަމުރު ނެރުއްވާފައިވަނީ ފުލުހުން ނުވަތަ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން އެކަމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއް ނެތި ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ނ) އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7432(J
(
MD-145 ކޯޓު
އަމުރާ ގުޅޭ، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު 077768/MF ބަންދުގެ މުއްދަތު އިތުރު
ކުރުމަށް ހުށަހަޅާ ފޯމް" އަށް ބަލާއިރު، މިމައްސަލައާ ގުޅިގެން މުޙައްމަދު ޞަފްވާން ބަންދުގައި ނުވަތަ
ހައްޔަރުގައި ބަހައްޓަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭނުންވާ މުއްދަތަކީ 01 (އެކެއް) ދުވަސްކަމަށް
ލިޔެފައިވީނަމަވެސް އެގޮތަށް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށާއި، ބަންދުގައި ބެހެއްޓުމަށް ބޭނުންވާ
މުއްދަތަކީ 15 (ފަނަރަ) ދުވަސްކަމަށް ކުރިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އެދިފައިވާނެ ކަމަށް ދައުލަތު
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/265
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
(މޯލްޑިވްސް ޕޮލިސް ސަރވިސް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮންނަކަމާއި،
2 05:57
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް
ހުރިކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭ ޙާލަތުގައި، ފަހަރަކު ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަކަށް
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުނެރެވިދާނެކަން، އެޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ށ) އާއި (ނ) އަށް
ބެލުމުން އެނގެން އޮވެއެވެ.
(ރ) މުޙައްމަދު ޞަފްވާންގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުކަން
މުޙައްމަދު ޞަފްވާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 077768/MF [ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން
އެނގެން އޮވެފައި؟
މުޙައްމަދު ޞަފްވާންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލާއި ގުޅިގެން މަންޒަރު ފެނިފައިވާ
މީހުން ބުނާ ބުނުމާއި އަނިޔާވި މީހާގެ ބަސް ލިބިފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ
ހެކިތަކެއް ނެތް ކަމުގައިވިޔަސް ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި، ވަށައިގެންވާ އެންމެހައި
ކަންކަމަށްބަލާއިރު، ތުހުމަތުކުރެވޭ އެކަށީގެން ވަރެއްގެ ކަންތައްތަކެއް ހުރިނަމަ ތުހުމަތު ކުރެވޭ މީހާ ބަންދުގައި
ބެހެއްޓިދާނެ ކަމާއި؛
އެގޮތުން މިމައްސަލައިގާ ހުށަހެޅިފައިވާ އެންމެހައި ކަންކަމަށް ބަލާއިރުގައި މުޙައްމަދު ޞަފްވާން
ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7432(J(MD-145 ކޯޓު އަމުރުގެ ދަށުން
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/265
ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް މިމައްސަލަ ބެލި މަޖިލީހުގެ
އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް
3ޑ 3 ޑ ޒ
ނ.99ނ
0
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7432(J
/
MD-145 ކޯޓު އަމުރަށް ބަދަލެއް ގެންނާނެ ތަނެއް ނެތް
ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފިމެވެ.
ދިވެހި468
ދަޅަރ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv