ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/190 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
ނިމުނު ގޮތު
2012/HC-A/190
کمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ގެ
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 190/HC-A/2012
އިސްތިއުނާފް ކުރިފަރާތް:
މުޙައްމަދު ނަޢީމް
އެޑްރެސް: މ.ވެލިދޫގެ / މާލެ
އައި.ޑީ.ކާރޑް ނަންބަރު: A037509
މިހާރުގެ އެޑްރެސް: މ.ވެލިދޫގެ / މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ފަން: ޚަދީޖާ ޙަސަން
ދާއިމީ އެޑްރެސް: ލ.މާލިމީގެ / މާލެ
އައި.ޑީ.ކާރޑް ނަންބަރު: A035734
މިހާރުގެ އެޑްރެސް: ލ.މާލިމީގެ / މާލެ
*
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 24 ޖޫން 2012
ނިމުނު ތާރީޚް: 26 އޮކްޓޯބަރ 2015
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ:
z ނަންބަރު: 2007/MC/1340
މަދަނީ ކޯޓު
ހިންމެވި ތާރީޚް: 29 ޖޫން 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަލީ ސަމީރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
مع ملي یری معلم ممب
2012/HC-A/190
ދަޢުވާގެ ޚުލާޞާ
އަޑުއެހުމެއް
15 މެއި
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1340 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ. ވެލިދޫގެ މުޙައްމަދު ނަޢީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ މިކޯޓުގެ ނަންބަރު
242/HC
-
A/2010 ޤަޟިއްޔާގައި ބެލުމުގައި، އެޤަޟިއްޔާގެ ޝަރީޢަތުގެ
2012 ދުވަހުގެ 10:00 ގައި ބޭއްވުމަށް ތާވަލްކޮށް، އެޤަ ޝިޔާގައި އިސްތިއުނާފުކުރާ މ. ވެލިދޫގެ
މުޙައްމަދު ނަޢީމަށް މިކޯޓަށް ޙާޟިރުވުމަށް އަންގައި ފޮނުވުނު ކޯޓަށް ޙާޟިރުވުމުގެ އަމުރު އޭނާއަށް
ރައްދުވެފައިނުވާތިއާއި އަދި މުޙައްމަދު ނަޢީމް ރާއްޖެއިން ބޭރަށް ގޮސްފައިވަނީ މިކޯޓުގެ ހުއްދަ ހޯދުމަކާ
ނުލައިކަމަށްވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން އެޤަޟިއްޔާގެ ދަޢުވާ ފޯމް
ބާޠިލްކުރުމުން، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1340 ޤަޟިއްޔާ އިސްތިއުނާފުކުރު
ވެލިދޫގެ މުޙައްމަދު ނަޢީމުގެ ފަރާތުން އަލުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
22
22 2ތތ
/2ނ
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ މ. މާލިމީގެ ޚަދީޖާ ޙަސަންއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް
1. މަދަނީ ކޯޓުގެ ނަންބަރު 2007/MC/1340 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ. ވެލިދޫގެ މުޙައްމަދު ނަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- މަދަނީ ކޯޓުގެ ނަންބަރު 2007/MC/1340 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަކީ މ. މާލިމީގެ ޚަދީޖާ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
83
ޤަޟިއްޔާ ނިމުނު
2012/HC-A/190
24 04:
*8
04 0 2
ޙަސަނާއި، ވެލިދޫގެ މުޙައްމަދު ނަޢީމާ ދެމީހުން އެއްވަރަކަށް ޙިއްޞާވާ ކުންފުންޏަކަށްވާއިރު، ޚަދީޖާ
ޙަސަން ކުންފުނީގެ ޙައްޤުތަކަށާއި، މިލްކިއްޔާތުތަކަށް އަރައިގަނެ، ކުންފުންޏަށް ގެއްލުން ދެމުންދާތީ،
ކުންފުނީގެ ނަމުގައި ފައިސާ ޚަރަދުކޮށްގެން ގަނެފައިވާ ތަންތަނާއި ތަކެތި އޭގެ ޛާތުން ކުންފުންޏަށް
ލިބިގަތުމަށާއި، ކުންފުންޏަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުންތަކުގެ ބަދަލު ކުންފުންޏަށް ހޯދުމަށް
ވެލިދޫގެ މުޙައްމަދު ނަޢީމް، މ. މާލިމީގެ ޚަދީޖާ ޙަސަންގެ މައްޗަށް ދަޢުވާކުރުމުން ބެލެވުނު
ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ، ދަޢުވާގެ ޚުލާޞާގައި ޚަދީޖާ ޙަސަން
އަރައިގެންފައިވަނީ ކުންފުނީގެ ކޮންކޮން ޙައްޤުތަކަކަށްކަން ވަކިވަކިން ބަޔާންކޮށްފައިނުވިނަމަވެސް،
މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ތަފްޞީލުގެ ގޮތުގައާއި، އަދި ދަޢުވާކުރާ ނުވަތަ މައްސަލަ ހުށަހަޅާ
ފަރާތުން އެދޭގޮތް ކަމަށްބުނެ ހުށަހަޅާފައިވާ ކަންކަމަށް ބެލުމުން، އެ ދަޢުވާގައި ހޯދުމަށް އެދިފައިވަނީ،
އދ. އަތޮޅު ވިލިނގިލިވަރު (ރަންވެލި ވިލެޖް) ރިސޯޓަކީ ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ
ފައިސާއިން ގަނެފައިވާ އެކުންފުނީގެ މިލްކެއްކަމަށް ބަލައި އެ ރިޒޯޓުގެ ރަޖިސްޓްރީ އެކުންފުނީގެ ނަމަށް
ބަދަލުކޮށް ދިނުމަށާއި، 11 ސެޕްޓެމްބަރ 2004 އިން ފެށިގެން ރިޒޯޓު ހިންގައިގެން ލިބުނު ފައިސާގެ
ފުރިހަމަ ތަފްޞީލާއެކު ކުންފުންޏަށް ވަގުތުން ފައިސާ ދެއްކުމަށް ޚަދީޖާ ޙަސަނަށް އެންގުމަށާއި އަދި
އެތާރީޚުން ފެށިގެން ޚަދީޖާ ޙަސަނުގެ ބާރުގެ ދަށަށް ރިޒޯޓު ގެންގޮސް އެރިޒޯޓުގެ އާމްދަނީން ކުންފުނި
މަޙްރޫމް ކުރުމުގެ ސަބަބުން ސީދާ ގޮތުންނާއި، ނުސީދާކޮށް ކުންފުންޏަށް ލިބުނު ގެއްލުމުގެ ފުރިހަމަ
ޒިންމާ ޚަދީޖާ ޙަސަން އުފުލަން ޖެހޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށްކަން އެނގޭކަމާއި،
އދ. އަތޮޅު ވިލިނގިލިވަރުގައި އޮންނަ ރަންވެލި ވިލެޖް ރިޒޯޓުގެ އިންވެސްޓްމަންޓް
ވިއްކާލުމުށް ހުށަހެޅުމުން ޚަދީޖާ ޙަސަނުގެ ނަންމަތީގައި މިރިޒޯޓު ބިޑުކޮށް، މިރިޒޯޓު ގަނެފައިވަނީ
އެފަރާތުގެ ނަމުގައިކަން 15 ޖެނުއަރީ 2002 ގެ ތާރީޚުގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
44 235 23
ޤަޟިއްޔާ ނިމުނު
ދެވެ
2012/HC-A/190
ރަޖިސްޓްރީންވެސް އެނގެން އޮތްކަމާއި، އަދި މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު
255
/
2003-MC
/
C (16-9-2003) "ލެޓަރ އޮފް މޯގޭޖް އޮފް ޕްރޮޕަޓީ" އަށް ބެލުމުންވެސް
އެރިސޯޓަކީ ޚާދީޖާ ޙަސަނުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރިސޯޓެއްކަން އެނގޭކަމާއި، މީގެ
އިތުރުން މަދަނީ ކޯޓުގެ ނަންބަރު 2004/MC/1392 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
163/HC
-
A/2005 ޤަޟިއްޔާ އަށް ބެލުމުން މި ދެޤަޟިއްޔާގައިވެސް މިރިސޯޓަކީ ޚަދީޖާ ޙަސަނުގެ
ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރިސޯޓެއްކަމަށް ފާހަގަކުރައްވާފައިވާކަމާއި،
ރަންވެލި ވިލެޖް ރިޒޯޓުގެ މިލްކުވެރިކަމުގެ މައްޗަށް ގާރޑިއަން އެޖެންސީ ޕްރައިވެޓް
ލިމިޓެޑުން ދަޢުވާކުރަނީ، އެފަރާތުން ހުށަހަޅާފައިވާ 1-MN އާއި 2-MN މިދެ ލިޔުމުން ލިބިދޭ
ޙައްޤުގެ މައްޗަށް ބަލައިގެން ކަމަށްވާއިރު، މިދެލިއުމުގެ ތެރެއިން 2-MN ގެ ގޮތުގައި ހުށަހަޅާފައިވާ
ލިއުމަކީ ޚަދީޖާ ޙަސަން ސޮއިކޮށްފައިވާ ލިއުމެއް ނޫންކަމަށް ބުނެ، ޚަދީޖާ ޙަސަން މިލިއުމުގެ އަޞްލަށް
އިންކާރުކޮށްފައިވާކަމާއި، އަދި 2-MN ގޮތުގައި ހުށަހެޅި މިލިއުމަށް ބަލާއިރު، 05 ޑިސެމްބަރ 1997
ގެ މިލިއުމުގައި ރަންވެލި ވިލެޖްގެ ޕްރޮޕަޓީ ޚަދީޖާ ޙަސަނުގެ ނަމުގައި ރަޖިސްޓްރީކުރެވުނީ ގާރޑިއަން
އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ މާލީ ޙާލަތު ރަނގަޅު ވަންދެން އަމާނާތެއްގެ ގޮތުގައި ކަމަށްބުނެފައި
ވީނަމަވެސް، ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަށް މިލްކު ނުވާ އެއްޗެއް އެފަރާތުގެ މިލްކު
އެއްޗެއްގެ ގޮތުގައި ބަލައި، އަމާނާތެއްގެ ގޮތުގައި އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި
އެދެވޭނެކަމަށް ނުފެންނާތީ އާއި، އަދި ޚަދީޖާ ޙަސަނުގެ މިލްކެއް ޚަދީޖާ ޙަސަނުގެ ހިތުން ރުހުމުން އެހެން
ފަރާތަކަށް ދޭ ޙާލަތުގައި މެނުވީ އެފަރާތުގެ ކިބައިން މިލްކުވެރިކަން އެހެންފަރާތަކަށް ބަދަލު
ނުކުރެވޭނެތީއާއި،
4 22
02
3 ތތ
ބޭއްވުމަށް
އެގެއެއްގެ
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 163/HC-A/2005 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 4 ގެ (ށ) ގައި "ގާރޑިއަން އެޖެންސީ ޕްރައިވެޓް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެހީމް
5
4 3
ޤަޟިއްޔާ ނިމުނު ގޮތުގެ
2012/HC-A/190
ލިމިޓެޑުގައިވާ މުޙައްމަދު ނަޢީމުގެ ޙިއްސާގެ ނިސްބަތުން ރަންވެލި ވިލެޖް ރިޒޯޓުގެ މިލްކުވެރިކަން
މުޙައްމަދު ނަޢީމުގެ މައްޗަށް ސާބިތުކުރުމަށް އޭނާގެ ފަރާތުން ހުށަހަޅާފައިވާ ލިއުންތަކުގެ ތެރޭގައި ބޭންކް
އޮފް ސިލޯނުގެ ލެޓަރ ހެޑެއްގައިވާ "ލެޓަރ އޮފް މޯރގޭޖް އޮފް ޕްރޮޕަޓީ" މިނަމުގައިވާ އެގްރިމެންޓެއް
ހިމެނޭކަމާއި، އެއެގްރިމެންޓަކީ މ. މާލިމީގެ ޚަދީޖާ ޙަސަނާއި، މ. ވެލިދޫގެ މުޙައްމަދު ނަޢީމާއި، ދެމީހުން
ޔަޤީންކަން ދީގެން ބޭންކް އޮފް ސިލޯނުން ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަށް
US
$
4,335,000.00 (ހަތަރު މިލިއަން ތިންލައްކަ ތިރީސްފަސްހާސް ޔޫ.އެސް.ޑޮލަރު) ދޫކުރުމަށް
އެއްބަސްވެ އެކަމުގެ މައްޗަށް ސޮއިކޮށްފައިވާ އެގްރީމެންޓެއްކަމާއި، އެއެގްރިމެންޓުގެ 01 ވަނަ މާއްދާއަށް
ބަލާއިރު، މަތީގައި ބަޔާންކުރެވުނު ފައިސާއަށްޓަކައި ރަހުނުކުރެވިފައިވަނީ ޚަދީޖާ ޙަސަނަށް ލިބިފައިވާ
އަރިއަތޮޅު ވިލިގިލިވަރުގައިވާ ޚަދީޖާ ޙަސަނުގެ ނަންމަތީ ރަޖިސްޓްރީ ކުރެވިފައިވާ (ފިކްސްޑް އެސެޓްސް)
ނުއުފުލޭ މުދައުކަމާއި، އެމުދަލުގެ މިލްކުވެރި ފަރާތަކީ ޚަދީޖާ ޙަސަންކަމާއި އެހެން އެއްވެސް ފަރާތެއްގެ
ޙައްޤައް އެމުދަލުގެ މައްޗަށް ނެތްކަމަށް އެމާއްދާގައި ސާފުބަހުން ބުނެފައިވާކަން އެނގެން އޮންނައިރު،
އެއެގްރިމެންޓުގައި މުޙައްމަދު ނަޢީމް ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރެއްގެ
ޙައިޘިއްޔަތުންނާއި، އަމިއްލަ ހައިޘިއްޔަތުންވެސް ސޮއިކޮށްފައިވާކަން އެނގެން އޮވެއެވެ." މިހެން
ބަޔާންކޮށްފައި އޮތުމުން ރަންވެލި ވިލެޖް ރިޒޯޓުގެ މިލްކުވެރިކަމުގެ މައްޗަށް ގާރޑިއަން އެޖެންސީ
ޕްރައިވެޓް ލިމިޓެޑުންނާއި، އެކުންފުނީގެ %609 ޙިއްސާ އޮންނަ ވ.ވެލިދޫގެ މުޙައްމަދު ނަޢީމް ވެސް
އިޤްރާރުވެފައި އޮންނަކަން އެނގޭކަމާއި، އަދި ރަންވެލި ވިލެޖް ރިޒޯޓު ގަތުމަށްޓަކައި، ޑައުން ޕޭމަންޓުގެ
ގޮތުގައި ދައްކަން ޖެހުނު 432,500.00$US (ހަތަރުލައްކަ ބައްތިރީސްހާސް ފަސްސަތޭކަ
ޔޫ.އެސް.ޑޮލަރ) ދައްކާފައިވަނީ ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ %50 ޙިއްސާ އޮންނަ
މުޙައްމަދު ނަޢީމް ކަމުގައިވެފައި، އަދި މިރިޒޯޓު ގަތުމަށްޓަކައި ބޭންކް އޮފް ސިލޯނުން ނަގާފައިވާ
US
$
4335,000 (ހަތަރު މިލިއަން ތިންލައްކަ ތިރީސްފަސްހާސް ޔޫ.އެސް.ޑޮލަރު) ނަގާފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު
و مری
ދެވެ
2012/HC-A/190
ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ކަމަށްވެފައި، އަދި އެރިސޯޓް ހިންގުން
އެގްރީމެންޓެއް ނެތި، ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ ޙިޔާޒަތުގެ ދަށުގައި އޮތްނަމަވެސް، އަދި
ރަށް ތަރައްޤީކުރުމުގެ ގޮތުން ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުން މަސައްކަތްތަކަކާއި،
ޚަރަދުތަކެއްކޮށްފައިވާ ކަމަށް ހުށަހަޅާފައި ވީނަމަވެސް، މިކަންކަމަކީވެސް ރިޒޯޓުގެ މިލްކުވެރިކަން
ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަށް ނަޤުލުވާންޖެހޭ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނޫން ކަމަށް
ޝަރީޢަތަށް ފެނުނުހިނދު،
ރަންވެލި ވިލެޖް ރިސޯޓަކީ ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ މިލްކެއްކަމަށް
ކަނޑައެޅެންނެތްކަމާއި، އަދި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން ރަންވެލި ވިލެޖް ރިޒޯޓު
ގަނެފައިވަނީ ޚަދީޖާ ޙަސަނުގެ ނަމުގައި ކަމަށްވެފައި، އެރަށުގައިވާ ފިކްސްޑް އެސެޓްސްއަކީ ޚަދީޖާ
ޙަސަނުގެ މިލްކު ތަކެތި ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުވާން އޮތްއިރު، އެފަރާތުގެ
ރުހުމާއި ނުލައި ރަންވެލި ވިލެޖް ރިޒޯޓުގެ ރަޖިސްޓަރީ ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ ނަމަށް
ބަދަލުކުރުމަށް ޝަރީޢަތުން އަންގާނެތަނެއްނެތަތީވެ، އދ. ވިލިނގިލިވަރުގައިވާ ރަންވެލި ވިލެޖް ރިޒޯޓުގެ
މިލްކުވެރިކަމުގެ މައްޗަށް ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި މުޙައްމަދު ނަޢީމް
ކުޅަދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރައްވައި،
ރަންވެލި ވިލެޖް ރިސޯޓަކީ ޚަދީޖާ ޙަސަނުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އެފަރާތުގެ
މިލްކު ރިސޯޓަކަށްވުމާއެކު، 11 ސެޕްޓެމްބަރ 2004 އިން ފެށިގެން ރަންވެލި ވިލެޖް ރިޒޯޓު ހިންގައިގެން
ލިބުނު ފައިސާގެ ފުރިހަމަ ތަފްޞީލާއެކު، ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަށް އެފައިސާ ދެއްކުމަށް
ޚަދީޖާ ޙަސަނަށް އަންގާނެތަނެއް ނެތްކަމާއި، 11 ސެޕްޓެމްބަރ 2004 އިން ފެށިގެން ޚަދީޖާ ޙަސަނުގެ
ބާރުގެ ދަށަށް ރިޒޯޓު ގެންގޮސް އެރިޒޯޓުގެ އާމްދަނީން ކުންފުނީ މަޙްރޫމް ކުރުމުގެ ސަބަބުން ސީދާ
ގޮތުންނާއި ނުސީދާކޮށް ކުންފުންޏަށް ލިބުނު ގެއްލުމުގެ ފުރިހަމަ ދިން ޚަދީޖާ ޙަސަން އުފުލަންޖެހޭކަމަށް
24 2
ދިވެހިރާއްޖޭގެ
ޗައި,M
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2. #
1
83
ޤަޟިއްޔާ ނިމުނު "
ދެވެ
2012/HC-A/190
އޮންނަ މ.
ކަނޑައަޅައި ދިނުމަށް ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑު ފަރާތުން އެކުންފުނީގެ %50 ޙިއްސާ
ވެލިދޫގެ މުޙައްމަދު ނަޢީމް އެދިފައިވީނަމަވެސް، ޚަދީޖާ ޙަސަން އެފަރާތުގެ ބެލުމުގެ ދަށަށް
ރަންވެލި ވިލެޖް ރިސޯޓް ގެންގޮސްފައިވަނީ އެފަރާތުގެ މިލްކު ރިސޯޓެއް ކަމަށް ދެކިގެންކަމަށްވާތީ އާއި،
އަދި ރަންވެލި ވިލެޖް ރިޒޯޓުގެ މިލްކުވެރިފަރާތުގެ ޙައިޘިއްޔަތުން ޚަދީޖާ ޙަސަނަށް އެރިޒޯޓުގައިވާ
އެފަރާތުގެ މިލްކުގައިވާ ތަކެތީގެ މައްޗަށް ފުރިހަމައަށް ތަސައްރުފު ކުރުމުގެ ޙައްޤު ލިބިގެންވާނެތީވެ،
އެފަރާތުން ކުރި ތަޞައްރުފާތުގެ ސަބަބުން އެއްވެސް ދިންމާއެއް އުފުލުމަށް ޔަޢުނީ (ޚަދީޖާ ޙަސަނަށް)
އެންގުމަށް ދަޢުވާ ކުރުމުގެ ޙައްޤު ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެކުންފުނީގެ
50
% ޙިއްސާ އޮންނަ މ. ވެލިދޫގެ މުޙައްމަދު ނަޢީމަށްވެސް ލިބިގެން ނުވާކަމަށް ކަނޑައަޅުއްވައިކަން
އެނގެން އޮންނަކަމެވެ.
3- މަދަނީ ކޯޓުގެ ނަންބަރު 2007/MC/1340 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤްޟިއްޔާ އިސްތިއުނާފު ކުރުމަށް
ވެލިދޫގެ މުޙައްމަދު ނަޢީމުގެ ފަރާތުން 11 (އެގާރަ) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ހ) ފުރަތަމަ ނުކުތާއަކީ: ކަމެއް ވަކިގޮތަކަށް ނިންމުމަށް ޝަރުޢީ ކޯޓަކުން ޙުކުމެއް
ނެރޭއިރު އެޙުކުމް އެމައްޗަށް ބިނާކުރެވުނު ޤާނޫނެއް ނުވަތަ ޝަރުޢީ އުޞޫލެއް އޮތުމަކީ ޤާނޫނުއަސާސީގެ
142 ވަނަމާއްދާ ލާޒިމުކުރާކަމަކަށް ވާއިރު ޚަދީޖާ ޙަސަނުގެ މައްޗަށް ދަޢުވާ އުފުލުން ނޫފުލޭ މުދާ އޭނާގެ
ނަން މަތީގައި ރަޖިސްޓްރީ ކުރެވިފައިވާތީ ރަންވެލި ވިލެޖް ރިޒޯޓު ޚަދީޖާ ޙަސަނަށް މިލްކުވެގެން ވާކަން
ސާބިތުވާ ކަމަށް ޙުކުމްކުރެއްވުމުގައި ރިޢާޔަތް ކުރެއްވި ޤާނޫނަކީ ނުވަތަ ޝަރުޢީ އުޞޫލަކީ ކޮބައިކަން
މެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
2 2ތ 3
22
4294/# 19
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ވާ، ޢިލްއީމާންގެ
8
ޤަޟިއްޔާ
ނިމުނު ގޮތު
مرد متمم يبع
2012/HC-A/190
(ށ) ދެވަނަ ނުކުތާއަކީ: ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓޭޑަށް ބޭންކް އޮފް
ސިލޯނުން ލޯނުގެ ގޮތުގައި ދޫކުރި 4,335,000.00$US (ހަތަރު މިލިޔަން ތިންލައްކަ ތިރީސް
ފަސްހާސް ޔޫ.އެސް ޑޮލަރ) ގެ ލޯނުގެ ސެކިއުރިޓީއެއްގެ ގޮތުގައި ރަންވެލި ވިލެޖް ރިޒޯޓު
ރަހުނުކުރެވިފައިވާ ކަމަށް ހަމަޖެއްސުމުގެ ގޮތުން ބެންކާއި ގާޑިއަން އެޖެންސީއާ ދެމެދު ކުރެވުނު
އެގްރީމެންޓުގައި ލޯނު އަދާކުރާނެކަމުގެ ޔަޤީންކަން ދޭ ދެމީހުންގެ ގޮތުގައި ގާޑިއަން އޭޖެންސީގެ
ޙިއްޞާދާރުންގެ ޙައިސިއްޔަތުންނާއި އަމިއްލަ ޙައިސިއްޔަތުން މުޙައްމަދު ނަޢީމާއި ޚަދީޖާ ޙަސަން
ސޮއިކޮށްފައިވުމީ ރަންވެލި ވިލެޖް ރިޒޯޓުގެ މިލްކުވެރިފަރާތަކީ ޚަދީޖާ އަސަނުކަން ސާބިތުވާކަމަށް
ބެލެވިދާނެ އެއްވެސް މިންވަރެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ހެއްކަކަށް ނުވާއިރު ބޭންކް އޮފް ސިލޯނުން
ގާރޑިއަން އެޖެންސީއަށް ދޫކުރި ލޯނުގެ މި އެގްރިމެންޓްގައި (ޔަޤީންކަން ދޭ ދެމީހުންގެ ގޮތުގައި
މުޙައްމަދު ނަޢީމާއި ޚަދީޖާ ޙަސަން ޙިއްޞާދާރުންގެ ޙައިޘިއްޔަތުންނާއި އަމިއްލަ ޙައިސިއްޔަތުން
ސޮއިކޮށްފައިވާކަމީ ރަންވެލި ވިލެޖް ރިޒޯޓުގެ މިލްކުވެރި ފަރާތަކީ ޚަދީޖާ ޙަސަނުކަން ޝަރީޢަތަށް
ސާބިތުވާކަމަށް ބަލަންޖެހޭ ކަމެއްގެ ގޮތުގައި ޙުކުމުގައި އެކަން ފާހަގަކުރައްވައި ރަންވެލި ވިލެޖް ރިޒޯޓުގެ
މިލްކުވެރިކަމުގެ ޙައްޤު ޚަދީޖާ ޙަސަނަށް ލިބިދެއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ތިންވަނަ ނުކުތާއަކީ: މައްސަލައިގެ ބާވަތުން މިމައްސަލައަކީ ދަޢުވާ ވެވޭ ނޫފުލޭ
މުދަލުގެ މިލްކުވެރިކަމުގެ ޙައްޤު ވަކިފަރާތަކަށް ލިބިދިނުމުގައި ޢަމަލުކުރާނެ ގޮތެއް ޤާނޫނުގައި
ކަނޑައަޅާފައި ނެތުމުން ޝަރުޢީ އުޞޫލުތަކަށް ރިޢާޔަތް ކުރުން ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
ލާޒިމުކުރާ ބާވަތުގެ (ކުންފުންޏާބެހޭ ޤާނޫނަށް ރިޢާޔަތް ކުރެވެން ނެތް) މައްސަލައެއްކަމަށް ވާއިރު، ޚަދީޖާ
ޙަސަނުގެ މައްޗަށް ދަޢުވާ އުފުލުނު ރަންވެލި ވިލެޖް ރިޒޯޓުގެ މިލްކުވެރިކަމުގެ ޙައްޤު އޭނާއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
ޤަޟިއްޔާ
¢ ¢3
2012/HC-A/190
موقعيت مي کی هرکی
ޗެ3=
ލިބިދެއްވުމުގައި ރިޢާޔަތްކުރެއްވި އިސްލާމީ ޝަރީޢަތުގެ އަޞްލަކީ ނުވަތަ ޝަރުޢީ އުޞޫލަކީ ކޮބައިކަން
ބަޔާންކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: ރަންދެލި ވިލެޖް ރިޒޯޓަކީ ގާޑިއަން އެޖެންސީގެ ބޭނުމުގައި
(އެކުންފުނީގެ މިލްކު މުދަލެއްގެ ގޮތުގައި، ހޯދާފައިވާ ނޫފުލޭ މުދަލެއްކަން ސާބިތުވާކަމަށް ބަލަންޖެހޭ ޚަދީޖާ
ޙަސަނުވެސް އިންކާރުކޮށްފައި ނުވާ ކިތާބީ ހެކިތަކެއް މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާއިރު
އެހެކިތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި "ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން ރަންވެލި ވިލެޖް ރިޒޯޓުގައިވާ
ފިކްސް އެސެޓްސްއަކީ ޚަދީޖާ ޙަސަނުގެ މިލްކުތަކެތިކަން ސާބިތުވާން އޮތް" ކަމަށް ޙުކުމްގައި
ކަނޑައަޅުއްވައި މައްސަލަ ނިންމެވިއިރު ރަންވެލި ވިލެޖް ރިޒޯޓުގައިވާ ފިކްސްޑް އެސެޓްސް (ނުވަތަ ނޫފުލޭ
މުދާ، ޚަދީޖާ ޙަސަނަށް މިލްކުވެގެންވާކަން ސާބިތުވާ ލިޔުމަކީ ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރެއިން
ކޮންލިޔުމެއްކަން ކަނޑައަޅައި ބަޔާން ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: މުދާ ހޯދުމާއި ލިބިގަތުމަކީ ޤާނޫނުއަސާސީން
ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ (ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންވެގެންވާ)
އަސާސީ ޙައްޤަކަށްވާއިރު، ރަންވެލި ވިލެޖް ރިޒޯޓުގެ މައްޗަށް ޚަދީޖާ ޙަސަން އަތްގަދަކޮށް އަމިއްލައަށް
ވެރިވެގަނެ ޝަރުޢީ ޙުކުމެއް ހޯދުމަކާ ނުލައި އޭނާގެ ބާރުގެ ދަށަށް އެރިޒޯޓު ގެންގޮސް ގާރޑިއަން
އޭޖެންސީއަށް އެރިޒޯޓު ދޫނުކޮށް ހިފަހައްޓާފައިވަނީ އެކުންފުނީގެ މިލްކު މުދަލެއްގެ ގޮތުގައި ގާރޑިއަން
އޭޖެންސީން އެރިޒޯޓުގައި ހިންގައި ބޭނުންކުރަމުން ދަނިކޮށްކަމީ ޚަދީޖާ ޙަސަނުވެސް އިންކާރުކޮށްފައިނުވާ
އެނގި ފާޅުވެގެންވާ އަޤީޤަތެއްކަމަށްވުމުން ރަންވެލި ވިލެޖް ރިޒޯޓަކީ ޚަދީޖާ އަސަނުގެ އަމިއްލަ މިލްކު
މުދަލެއްކަން ޝަރީޢަތަށް ސާބިތުކޮށްދިނުމީ ޚަދީޖާ ޙަސަނުގެ މައްޗަށް ޤާނޫނުއަސާސީން ލާޒިމްކުރާ
0x2 22
4 22
ه2
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ
ދެވެ
2012/HC-A/190
ޒިންމާއެއްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) އިން ސާފުކޮށް އެނގެން އޮތުމާއެކުވެސް
ރަންވެލި ވިލެޖް ރިޒޯޓު ގާރޑިއަން އޭޖެންސީއަށް ދޫނުކޮށް ޚަދީޖާ ޙަސަން ހިފަހައްޓަނީ އެރިޒޯޓަކީ ޚަދީޖާ
ޙަސަނުގެ އަމިއްލަ މިލްކު މުދަލަކަށް ވާތީކަން ސާބިތުކޮށްދިނުމަށް އޭނާ ދައްކަންޖެހޭ ހެކިދެއްކުން
(ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތަށް ޚަދީޖާ ޙަސަނުގެ މައްޗަށް ލާޒިމުކުރުމެއްނެތި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
70
(ޅ) ހަވަނަ ނުކުތާއަކީ: ރަންވެލި ވިލެޖް ރިޒޯޓުގެ މައްޗަށް ޚަދީޖާ ޙަސަން އަތްގަދަކޮށް
އެރިޒޯޓަށް އޭނާ ވެރިވެގަތުމާ ހަމައަށް ޤާރޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑުގެ މިލްކު މުދަލެއްގެ
ގޮތުގައި އެކުންފުނިން ރަންވެލި ވިލެޖް ރިޒޯޓު ހިންގަމުން ދިޔައިރު އެކަމާ ދެކޮޅު ހެދުމުގެ ބަދަލުގައި
ޚަދީޖާ ޙަސަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ ރަންވެލި ވިލެޖް ރިޒޯޓު ގާރޑިއަން އެޖެންސީގެ މިލްކު
މުދަލެއްގެ ގޮތުގައި އެކުންފުނިން ބޭނުންކުރަމުންދާ ދިއުމަށް އެތަކެއް އަހަރުގެ ތާއީދާއި އެއްބާރުލުން ޚަދީޖާ
ޙަސަން ދީފައިވާކަމާއި ޚަދީޖާ ޙަސަނުގެ ބާރުގެ ދަށަށް ރަންވެލި ވިލެޖް ރިޒޯޓު އޭނާ ގެންގޮސްފައިވަނީ
ގާރޑިއަން އޭޖެންސީގެ %50 (ފަންސާސް ޕަރސެންޓް) ޙިއްޞާގެ ދެވަނަ ޙިއްޞާދާރު އަދި ކުންފުނީގެ
މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޢީމް ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސަޢޫދީ އަރަބިއްޔާގެ
މައްކާގައި ހުންނަވަނިކޮށް އޭނާގެ ޣައިރު ޙާޟިރުގައިކަމީ ލިއެކިޔުމުން ސާބިތުވާން އޮތް މުޙައްމަދު
ނަޢީމުގެ ދަޢުވާގެ ތެދުކަމުގެ މައްޗަށް ދަލީލު ލިބޭ (ޚަދީޖާ ޙަސަނުވެސް އިންކާރުކޮށްފައިނުވާ) ފާޅުކަން
ބޮޑު ޙަޤީޤަތެއް ކަމަށްވާއިރު މިކަމަށްވެސް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރެއްވުމެއްނެތި މައްސަލަ
ނިންމަވާފައިވާ ކަމަށް
:ޚި20 2
މަންޓިން
ހުށަހެޅި ނުކުތާ.
(ކ) ހަތްވަނަ ނުކުތާއަކީ: މުދަލެއްގެ މިލްކުވެރިކަމާއި މެދު އެއްފަރާތަށްވުރެ ގިނަފަރާތުން
ދަޢުވާކުރާ ހާލަތްތަކުގައި ދަޢުވާ ވެވޭ މުދަލުގެ މިލްކުވެރިކަމުގެ ޙައްޤު ވަކިފަރާތަކަށް ލިބިދިނުމުގައި އެމުދާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4 *2
11 ޤަޟިއްޔާ ނިމުނު
F
2012/HC-A/190
4 ވ 04
4
އ(ރއ
ޚަރަދާއި މަސައްކަތުން ހޯދި ފަރާތް ޝަރީޢަތަށް ސާބިތުކުރުމެއްނެތި ދަޢުވާ ވެވުނު މުދަލުގެ
މިލްކުވެރިފަރާތް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި އެމުދާ ވަކިފަރާތަކަށް ލިބިދިނުމީ ޝަރީޢަތާއި
ޤާނޫނުގެ ހަމައަކަށް ނުވާއިރު ރަންވެލި ވިލެޖް ރިޒޯޓު ހޯދުމަށް (ނުވަތަ އެރިޒޯޓު ގަތުމަށް) ޚަރަދުކޮށް
އެކަމަށް ކުރަންޖެހުނު މަސައްކަތްތައް ކުރީ ޚަދީޖާ ޙަސަނުކަން ސާބިތުވާ ހެއްކަކީ ކޮބައިކަން
ބަޔާންކުރެއްވުމެއްނެތި ރަންވެލި ވިލެޖް ރިޒޯޓުގެ މިލްކުވެރިކަމުގެ ޙައްޤު ޚަދީޖާ ޙަސަނަށް ލިބިދެއްވައި
އެރިޒޯޓު އަތުލުމަށް ދަޢުވާކުރުމުގެ ޙައްޤު މުޙައްމަދު ނަޢީމަށް ވެސް ލިބިގެން ނުވާކަމަށް ޙުކުމްގައި
ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
އ) އަށްވަނަ ނުކުތާއަކީ: ގޯތިގެދޮރު ފިޔަވައި ސަރުކާރުގައި ރަޖިސްޓްރީ ކުރަންޖެހޭ
(އާމްދަނީ ހޯދުމަށްޓަކައި ބޭނުންކުރެވޭ) ބާވަތުގެ އުފުލޭ މުދަލާއި ނޫފުލޭ މުދާ ހޯދައި، (ނުވަތަ އުފައްދައި)
އިންވެސްޓްކޮށް އެފަދަ މުދަލުން މަންފާ ހޯދުމުގެ ފަސޭހައަށްޓަކައި މުދަލުގެ މިލްކުވެރިފަރާތް ނޫން އެހެން
ފަރާތެއްގެ ނަމުގައި (އެދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮވެގެން) ވަގުތީ ގޮތުން ސަރުކާރުގައި އެފަދަ
މުދަލެއް ރަޖިސްޓްރީ ކޮށްފައިވާކަން ސާބިތުވާން އޮތުމީ އެމުދާ އެމީހެއްގެ ނަމުގައި ވަގުތީ ގޮތުން
ރަޖިސްޓަރީ ކުރެވުނު މީހާއަށް އޭނާގެ ނަމުގައި ރަޖިސްޓަރީ ކުރެވުނު މުދާ މިލްކުވެފައިވާކަން
ސާބިތުވާކަމަށް ބަލަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ އެއްވެސް މިންވަރެއްގެ ހެއްކަކަށް ނުވާއިރު ރަންވެލި
ވިލެޖް ރިޒޯޓު ޚަދީޖާ ޙަސަނުގެ ނަން މަތީގައި ރަޖިސްޓަރީ ވެފައިވާކަން ސާބިތުވާން އޮތުމަކީ އެރިޒޯޓު
ޚަދީޖާ ޙަސަނަށް މިލްކުވެގެންވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާ ހެއްކެއްކަމަށް
ބައްލަވައިގެން މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ވީ) ނުވަވަނަ ނުކުތާއަކީ: ރަންވެލި ވިލެޖް ރިޒޯޓު ހޯދުމަށް ބިޑް ކުރިއިރު ގާރޑިއަން
އޭޖެންސީގެ މާލީ ޙާލަތު ހުރިގޮތުން ސީދާ އެކުންފުނީގެ ނަމުގައި ރިޒޯޓު ހޯދުމަށް ބިޑް ކުރުމުގެ ބަދަލުގައި
ދިވެހިރާSa
ބާޠިބާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
12 ޤަޟިއްޔާ
2012/HC-A/190
سے موقف کی مکی
ދެވެ
އެކުންފުނީގެ މުދަލެއްގެ ގޮތުގައި ރަންވެލި ވިލެޖް ރިޒޯޓު ހޯދުމަށް ޚަދީޖާ ޙަސަނުގެ ނަމުގައި ބިޑުކޮށް
ރިޒޯޓު ލިބިއްޖެނަމަ ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވަންދެން ޚަދީޖާ ޙަސަނުގެ ނަން މަތީގައި ވަގުތީ
ގޮތުން ރިޒޯޓު ރަޖިސްޓްރީކޮށްފައި ބޭއްވުމަށް ގާރޑިއަން އެޖެންސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ދެ
ޑިރެކްޓަރުން ކަމުގައިވާ ޚަދީޖާ ޙަސަނާއި މުޙައްމަދު ނަޢީމު އެއްބަސްވެ ގާރޑިއަން އެޖެންސީގެ ބޯޑުގެ
ނިންމުމެއްގެ ގޮތުގައި އެކުންފުނީގެ ލެޓަރ ހެޑްގައި (2 ޖުލައި 1997 ގައި) ލިޔެ ޚަދީޖާ ޙަސަނާއި
މުޙައްމަދު ނަޢީމު (ޑިރެކްޓަރުންގެ ޙައިޘިއްޔަތުން) ސޮއިކޮށްފައިވާ (ޚަދީޖާ ޙަސަނުވެސް
އިންކާރުކޮށްފައިނުވާ) ލިޔުމެއް ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔުންތަކުގެ ތެރޭގައި (ކިތާބީ ހެއްކެއްގެ
ގޮތުގައި މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާއިރު، ރަންވެލި ވިލެޖް ރިޒޯޓުގެ މިލްކުވެރިކަމުގެ
ޙައްޤު ވަކި ފަރާތަކަށް ލިބިދިނުމުގައި ޝަރީޢަތުގެ ފަރާތުން ރިޢާޔަތްކުރައްވަންޖެހޭ މި މުހިއްމު
ލިޔުމަށްވެސް ރިޢާޔަތް ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(މ) ދިހަވަނަ ނުކުތާއަކީ: ރަންވެލި ވިލެޖް ރިޒޯޓު ހޯދުމަށް (ނުވަތަ ގަތުމަށް) އެންމެ
ފުރަތަމަ ކުރެވުނު ޚަރަދަކީ އަރިއަތޮޅު ވިލިނގިލިވަރުގައި ހުރި މޯލްޑިވްސް ނެޝަނަލް ޝިޕް
މެނޭޖްމަންޓުން ކޮށްފައިވާ އިންވެސްޓްމެންޓް އެކުންފުނިން ގަތުމަށްޓަކައި ޑީޑް އޮފް އެސައިންމެންޓްގައި
ސޮއި ކުރުމުން ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހުނު %10 (ދިހަ ޕަސެންޓް) އަށްވާ
US
$
4,32500.00 (ހަތަރުލައްކަ ބައްތިރީސްހާސް ފައްސަތޭކަ ޑޮލަރ) ކަމާއި މިފައިސާ ދައްކާފައިވަނީ
މުޙައްމަދު ނަޢީމު އެކަމަށް ހޯދި އޭނާގެ އަމިއްލަ ފައިސާ މުޙައްމަދު ނަޢީމާއި ޚަދީޖާ ޙަސަނާ ދެމީހުންގެ
ނަމުގައި އުފައްދާފައިވާ (ދެމީހުންގެ ޙިއްޞާ އެއްވަރު) ކުންފުންޏެއް ކަމުގައިވާ މޮނާކާ ޝިޕިންގ އެންޑް
ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް
ޖަމާކޮށްގެން މިއެކައުންޓުންކަމާއި ރަންވެލި ވިލެޖް ރިޒޯޓު ގަތުމަށް ބާކީ ދައްކަން ޖެހުނު ހުރިހާ
ފައިސާއެއް އެމް.އެން.އެސް.އެމްއަށް ދައްކައި ޚަލާޞް ކޮށްފައިވަނީ ގާރޑިއަން އެޖެންސީ ޕްރައިވެޓް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8 42
13 ޤަޟިއްޔާ ނިމުނު
ދެވެ
2012/HC-A/190
4040
ލިމިޓެޑަށް ބޭންކް އޮފް ސިލޯނުން ދޫކުރި ލޯނެއްގެ ފައިސާއިންކަމީ ޚަދީޖާ ޙަސަނަށް އެއްވެސް ގޮތަކުން
އިންކާރު ނުކުރެވޭނެ އަދި އޭނާ އިންކާރުކޮށްފައިވެސް ނުވާ (ޝަރީޢަތުގެ ފަރާތުން ރިޢާޔަތް ކުރައްވަންޖެހޭ)
ޙަޤީޤަތެއްކަމަށް ވާއިރު މި ޙަޤީޤަތްތަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރެއްވުމެއްނެތި ރަންވެލި ވިލެޖް
ރިޒޯޓަކީ ޚަދީޖާ ޙަސަނުގެ މިލްކު ރިޕޯޓެއްކަން ސާބިތުވާން އޮތްކަމަށް ޙުކުމުގައި ކަނޑައަޅުއްވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
OXO uc
ގ އެގާރަވަނަ ނުކުތާއަކީ: ވާރުތަވުމަކުން ނުވަތަ ފިބައަކުން ނުވަތަ ގަނެއްވިއްކުމަކުން
ނުވަތަ މީހަކު އޭނާގެ އަމިއްލަ ޚަރަދާއި މަސައްކަތުން މުދަލެއް އުފައްދާ އުފެއްދުމަކުން ނޫން ގޮތަކަށް
އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރެވިގެންވާ ޝަރުޢީ އުޞޫލުތަކާއި ޤާނޫނީ ހަމަތަކުގެ މަތީން ޞައްޙަ
ގޮތުގައި އެއްވެސް މީހަކަށް މުދަލެއް މިލްކުވެފައިވުމީ މުސްތަޙީލު ކަމަކަށް ވާއިރު، ގާރޑިއަން އެޖެންސީގެ
މިލްކު މުދަލެއްގެ ގޮތުގައި އެކުންފުނިން ބޭނުންކޮށް މަންފާ ހޯދަމުންދިޔަ ރަންވެލި ވިލެޖް ރިޒޯޓު ޚަދީޖާ
ޙަސަނަށް މިލްކުވެފައިވަނީ އެރިޒޯޓު އޭނާއަށް ޝަރުޢީ އުޞޫލުން ވާރުތަކުރެވިގެންތޯ ނުވަތަ ފިބައަކުން
ލިބިގެންތޯ ނުވަތަ ގަނެވިއްކުމެއްގެ ތެރެއިން ޚަދީޖާ ޙަސަން އޭނާގެ އަމިއްލަ ފައިސާއަށް އެރިޒޯޓު
ގަނެގެންތޯ ނުވަތަ އަމިއްލަ ޚަރަދާއި މަސައްކަތުން އދ. ވިލިނގިލިވަރުގައި ޚަދީޖާ ޙަސަން އިންވެސްޓް
ކޮށްގެންތޯ ޚަދީޖާ ޙަސަނާއި ސުވާލުކުރައްވައި ރަންވެލި ވިލެޖް ރިޒޯޓު ޚަދީޖާ ޙަސަނުގެ ބާރުގެ ދަށަށް
އޭނާ ގެންގޮސްފައިވަނީ އެރިޒޯޓު ޚަދީޖާ ޙަސަނަށް މިލްކުވެފައިވާތީތޯ ބައްލަވައި އެރިޒޯޓުގެ އަސްލާއި
ޙަޤީޤަތް ޝަރުޢީ ހަމަތަކުގެ މަތީން ސާބިތުކުރެއްވުމީ ކޯޓުގެ ދިއްމާއެއްކަމަށް ވާއިރު އެދިއްލާ
އަދާކުރެއްވުމެއްނެތި ރަންވެލި ވިލެޖް ރިޒޯޓަކީ ޚަދީޖާ ޙަސަނުގެ މިލްކު މުދަލެއްކަން ޝަރީޢަތަށް
ސާބިތުވާކަމަށް ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/190
.
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4- މަދަނީ ކޯޓުގެ ނަންބަރު 2007/MC/1340 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ވެލިދޫގެ މުޙައްމަދު ނަޢީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން މުޙައްމަދު
ނަޢީމުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ޚަދީޖާ ޙަސަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1340
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
.8
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު
2007/MC/1340 ޤަޟިއްޔާގައި މާލިމީގެ ޚަދީޖާ ޙަސަނުގެ މައްޗަށް ވެލިދޫގޭ މުޙައްމަދު
ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ، ޤާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑަކީ މުޙައްމަދު
ނަޢީމާއި، ޚަދީޖާ ޙަސަނާ ދެމީހުން އެއްވަރަކަށް ޙިއްޞާވާ ކުންފުންޏަކަށް ވާއިރު، ޚަދީޖާ ޙަސަން
ކުންފުނީގެ ޙައްޤުތަކަށާއި، މިލްކިއްޔާތުތަކަށް އަރައިގަނެ، ކުންފުންޏަށް ގެއްލުން ދެމުންދާކަމަށްބުނެ،
ކުންފުނީގެ ނަމުގައި ފައިސާ ޚަރަދުކޮށްގެން ގަނެފައިވާ ތަންތަނާއި ތަކެތި އޭގެ ޒާތުން ކުންފުންޏަށް
ލިބިގަތުމަށާއި، ކުންފުންޏަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުންތަކުގެ ބަދަލު ކުންފުންޏަށް ހޯއްދަވައި
ދެއްވުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގޭއިރު، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި،
" "..ރަންވެލި ވިލެޖް ރިޒޯޓަކީ ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ މިލްކެއްކަމަށް
ކަނޑައެޅެންނެތްކަމަށާއި، އަދި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން ރަންވެލި ވިލެޖް ރިޒޯޓު
ގަނެފައިވަނީ ޚަދީޖާ ޙަސަނުގެ ނަމުގައި ކަމަށްވެފައި، އެރަށުގައިވާ ފިކްސްޑް އެސެޓްސްއަކީ ޚަދީޖާ
ޙަސަނުގެ މިލްކު ތަކެތިކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުވާން އޮތްއިރު، އެފަރާތުގެ
ރުހުމާއި ނުލައި ރަންވެލި ވިލެޖް ރިޒޯޓުގެ ރަޖިސްޓްރީ ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ ނަމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44 238 2
=32
2012/HC-A/190
کی مرگی
2
7 ގތ
ދުކުރީޚަށް
15 ޤަޟިއްޔާ ނިމުނު "
ޝަރީޢަތުން އަންގާނެ ތަނެއް ނެތަތީވެ، އދ. ވިލިނގިލިވަރުގައިވާ ރަންވެލި ވިލެޖް
ރިޒޯޓުގެ މިލްކުވެރިކަމުގެ މައްޗަށް ޤާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި މުޙައްމަދު ނަޢީމް
ކުޅަދަޢުވާ ސާބިތުނުވާކަމަށާއި، 11 ސެޕްޓެމްބަރ 2004 އިން ފެށިގެން ރަންވެލި ވިލެޖް ރިޒޯޓު
ހިންގައިގެން ލިބުނު ފައިސާގެ ފުރިހަމަ ތަފްޞީލާއެކު، ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަށް
އެފައިސާ ދެއްކުމަށް ޚަދީޖާ ޙަސަނަށް އަންގާނެތަނެއް ނެތްކަމަށާއި، ރަންވެލި ވިލެޖް ރިޒޯޓް ޚަދީޖާ
ޙަސަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެރިޒޯޓުގެ މިލްކުވެރިފަރާތުގެ ޙައިޘިއްޔަތުން ޚަދީޖާ ޙަސަނަށް
އެރިޒޯޓުގައިވާ އެފަރާތުގެ މިލްކުގައިވާ ތަކެތީގެ މައްޗަށް ފުރިހަމައަށް ތަސައްރުފު ކުރުމުގެ ޙައްޤު
ލިބިގެންވާނެތީވެ، އެފަރާތުން ކުރި ތަޞައްރުފާތުގެ ސަބަބުން އެއްވެސް ދިންމާއެއް އުފުލުމަށް ޚަދީޖާ
ޙަސަނަށް އެންގުމަށް ދަޢުވާކުރުމުގެ ޙައްޤު ގާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި
އެކުންފުނީގެ %50 ޙިއްސާ އޮންނަ ވެލިދޫގެ މުޙައްމަދު ނަޢީމަށް ލިބިގެންނުވާކަމަށް
ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމެންޓް ލިމިޓެޑް
(އެމް.އެން.އެސް.އެމް.އެލް) އިން އަރިއަތޮޅު ވިލިނގިލިވަރުގައި ތަރައްޤީކޮށްފައިވާ ރަންވެލި ވިލެޖް ރިޒޯޓުގެ
އިންވެސްޓްމެންޓް ވިއްކާލުމަށް ހުޅުވާލުމުން، ގާރޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑަށް އެރަށް
ގަތުމަށްޓަކައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބޭއްވުމަށްފަހު ރަންވެލި ވިލެޖް ރިޒޯޓް ގަތުމަށް
ކަނޑައެޅުނުކަމަށާއި، އެގޮތުން އެރިޒޯޓުގައި މޯލްޑިވްސް ނޭޝަނަލްޝިޕް މެނޭޖްމެންޓް ލިމިޓެޑުން
ކޮށްފައިވާ އިންވެސްޓްމެންޓް ޤާރޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ އެއް ޙިއްސާދާރުކަމުގައިވާ
މ.މާލިމީގެ ޚަދީޖާ ޙަސަނުގެ ނަމުގައި ގަތުމަށް ކަނޑައެޅުނުކަމަށާއި އެހެންކަމުން އެރިޒޯޓު ގަތުމަށްޓަކައި
ބިޑް ހުށަހެޅީ ޚަދީޖާ ޙަސަންކަމަށާއި، އަދި އެބިޑް ކާމިޔާބުވުމުން އެރިޒޯޓު ވިއްކުމުގެ އެއްބަސްވުމުގައި
ޚަދީޖާ ޙަސަނާއި އެމް.އެން.އެސް.އެމް.އެލް އާ ދެމެދު 1997 ނޮވެމްބަރ 13 ދުވަހު ސޮއިކުރެވިފައިވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވެރިންގެ
16
ޤަޟިއްޔާ ނިމުނު ގޮތުގެ
443
=32
2012/HC-A/190
2
22 ތ 0
2
3
4
އެއެއްބަސްވެމުގެ
ކުރުމަށް
04 2 024
949ނ
ކަމަށާއި،
ދަށުން އެރިޒޯޓު ގަތުމަށްޓަކައި ފައިސާ ދެއްކީ މުޙައްމަދު ނަޢީމް
ހޯދިފައިސާއިންނާއި ގާޑިއަން އެޖެންސީން ބޭންކް އޮފް ސިލޯނުން ނެގި ލޯނަކުންކަމަށް މި
މައްސަލަ
އިސްތިއުނާފުކުރާ މުޙައްމަދު ނަޢީމުގެ ފަރާތުން ބުނެފައިވާކަން އެނގޭއިރު،
ރަންވެލި ވިލެޖް ވިއްކާލުމަށް މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމެންޓް ލިމިޓެޑުން ބިޑް
ހުށަހެޅުމަށް ހުޅުވާލުމާ ގުޅިގެން ޚަދީޖާ ޙަސަންގެ އަމިއްލަ ނަމުގައި އެރިޒޯޓު ގަތުމަށް ހުށަހެޅި ނަމަވެސް،
އެގޮތަށް ބިޑް ހުށަހެޅީ ގާޑިއަން އެޖެންސީން ޚަދީޖާ ޙަސަނުގެ ނަމުގައި އެއަށް ބިޑް
ނިންމައިގެންކަމަށާއި އަދި ބިޑް ކާމިޔާބު ވެއްޖެނަމަ، ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ މާލީ ޙާލަތު
ރަނގަޅުވަންދެން އެރިޒޯޓު ޚަދީޖާ ޙަސަނުގެ ނަންމަތީގައި އަމާނާތެއްގެ ގޮތުގައި
އެއްބަސްވެފައިވާކަމަށް މުޙައްމަދު ނަޢީމުގެ ފަރާތުން ބުނެފައިވާ ބުނުމަކީ ޙަޤީޤަތާއި އެއްގޮތަށް ބުނެފައިވާ
ވާހަކައެއްނޫންކަމަށާއި، ރަންވެލި ވިލެޖް ރިޒޯޓު ގަތުމަށް ދައްކަންޖެހޭ 10 އަށްވާ ފައިސާ ދައްކާފައިވަނީ
މުޙައްމަދު ނަޢީމްކަމަށާއި، އެހެން ހަދަން ޖެހުނީ އެވަގުތު ލޯނު ހަމަޖެހިފައި ނުވުމުން ކަމަށާއި، ނަމަވެސް
މިފައިސާ ދެއްކިތާ ދެހަފްތާ ތެރޭ ބޭންކް އޮފް ސިލޯނުން ލޯނުގެ ގޮތުގައި 4,335,000.00$US(ހަތަރު
މިލިއަން ތިންސަތޭކަތިރީސް ފަސްހާސް ޔޫ.އެސް.ޑޮލަރު ހަމަޖެހިފައިވާކަމަށާއި، އެއީ ރިޒޯޓް ގަތުމަށް
ބޭނުންވާ ޖުމްލަ ޢަދަދަށްވުރެ ގިނަ އަދަދެއްކަމަށާއި އަދި އޭގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް ޝިޕް
މެނޭޖްމަންޓް ލިމިޓެޑަށް ދައްކަންޖެހުނު %90 އަށްވާ ފައިސާ ކަނޑައި، މުޙައްމަދު ނަޢީމްވަނީ އިސްވެ
ދެންނެވުނު %10 އަށްވާ ފައިސާ ހަމަޖެހުނު ލޯނުގެ ޢަދަދުން ނަގާފައިވާކަމަށާއި، ގާޑިއަން އެޖެންސީއަކީ
މުޙައްމަދު ނަޢީމާއި ޚަދީޖާ ޙަސަނާ ދެމީހުން ހަމަހަމައަށް ޙިއްޞާވެގެން އުފައްދާފައިވާ
ކުއްފުންޏެއްކަމަށްވެފައި، އަދި އެއިރު މިދެމީހުންނަކީ ޒަވާޖީ ގޮތުން ގުޅިގެންތިބި ދެމަފިރިން ކަމުގައިވާތީ
މިދެމީހުންގެ މެދުގައި އޮތް އިތުބާރުގެ ސަބަބުން، އެރިޒޯޓް ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި
ކަންކަން ކުރުމަށް ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑާ ޚަދީޖާ ޙަސަން ހަވާލުކޮށްފައިވާނެކަމަށާއި،
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
* ،
23
4
17 ޤަޟިއްޔާ ނިމުނު "
2012/HC-A/190
ނަމަވެސް އެއީ އެކުންފުނީގެ މިލްކުވެރިކަމުގައި އެކުންފުނި ޙިއްޞާވުމުގެ ގޮތުން ނޫންކަމަށާއި، އެރިޒޯޓު
ގަތުމަށްޓަކައި ބޭންކް އޮފް ސިލޯނުން ނެގި ލޯނުގެ ފައިސާ ދައްކަމުން ގެންދިޔައީ ރަންވެލި ވިލެޖް ރިޒޯޓު
ހިންގައިގެން ލިބޭ ފައިސާއިންކަމަށާއި، ނަމަވެސް އެލޯނަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން ބޭންކުން
ނޯޓިސް ފޮނުވައި، ބޭންކް ލޯނަށް ރަހުނު ކުރެވިފައިވާ ރަންވެލި ވިލެޖް ރިޒޯޓާއި ޚަދީޖާ ޙަސަނުގެ
މިލްކުގައިވާ އެހެނިހެން މުދާ ބޭންކަށް ނަގައިފާނެކަމުގެ ބިރުހީވުމުން އެރިޒޯޓުގެ މިލްކުވެރިކަމުގެ ޙައްޤުގެ
ދަށުން ޚަދީޖާ ޙަސަނަށް ލިބިގެންވާ ބާރުގެ ދަށުން އެރިޒޯޓު ހިންގުމާއި ޚަދީޖާ ޙަސަން ހަވާލުވެ،
އެރިޒޯޓުގެ ފަރާތުން ބޭންކަށާއި އެހެނިހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދައްކަމުންދާކަމަށާއި،
ރަންވެލި ވިލެޖް ރިޒޯޓަކީ ޚަދީޖާ ޙަސަނުގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީ ކޮށްފައިވާ
ރިޒޯޓެއްކަމަށާއި، އެރިޒޯޓުގެ ރަޖިސްޓްރީ ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރުމަށް ޚަދީޖާ
ޙަސަން އެއްބަސްވެފައިވާކަމަށް މުޙައްމަދު ނަޢީމުގެ ފަރާތުން
ޚަދީޖާ ޙަސަން
އިންކާރުކުރާކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
2
7 ގތ
ބުނުބުނުމަށް
Oo ouc
(ނ) ތިންވަނަ ކަމަކީ: އަރިއަތޮޅު ދެކުނުބުރީ ވިލިގިލިވަރުގައި މޯލްޑިވްސް ނޭޝަނަލް
ޝިޕް މެނޭޖްމަންޓް ލިމިޓެޑުން ތަރައްޤީކޮށްފައިވާ ރަންވެލި ވިލެޖް ރިޒޯޓު ގަތުމަށްޓަކައި އެކުންފުންޏާއި
މ. މާލިމީގޭ ޚަދީޖާ ޙަސަނާ ދެމެދު 13 ނޮވެމްބަރު 1997 ގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު،
އެއިންވެސްޓްމަންޓް ގަނެފައިވަނީ މ. މާލިމީގޭ ޚަދީޖާ ޙަސަންކަމާއި، އެއިންވެސްޓްމަންޓް ގަތުމަށް މ.
މާލިމީގެ ޚަދީޖާ ޙަސަން ހުށަހަޅާފައިވާ އަގު އެމް.އެން.އެސް.އެމް.އެލް އިން ޤަބޫލުކުރިކަން ޚަދީޖާ ޙަސަނަށް
ލިޔުމަކުން އަންގާތާ 24 ގަޑިއިރުގެ ތެރޭގައި ހުށަހަޅާފައިވާ އަގުގެ %10 އަށްވާ -/432,500
(ހަތަރުލައްކަ ބައްތިރީސްހާސް ފައްސަތޭކަ) ޔޫ.އެސް.ޑޮލަރ (ނަގުދުން) ޑިޕޮސިޓް ޚަދީޖާ ޙަސަން ދައްކަން
ޖެހޭނެކަމަށާއި، އަދި ބާކީ %90 އަށްވާ 500.00، 3,892 (ތިރީސްއަށްލައްކަ ނުވަދިހަދެހާސް
ފަސްސަތޭކަ) ޔޫއެސްޑޮލަރ (ނަގުދުން) %10 ފައިސާ ދެއްކި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ އިލްތިޒާޑް
38
4
18 ޤަޟިއްޔާ ނިމުނު
می تیم مجری
ދެ
2012/HC-A/190
އެމް.އެން.އެސް.އެމް.އެލް އަށް ދެއްކުމަށް ޚަދީޖާ ޙަސަން އެއްބަސްވެފައިވާކަމާއި، އެފައިސާ ދެއްކުމުން
އެއިންވެސްޓްމަންޓުގެ މިލްކުވެރިކަން ޚަދީޖާ ޙަސަނަށް ބަދަލުކޮށްދީފައިވާކަމާއި، ޚަދީޖާ ޙަސަނާއި
މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ޤާނޫނީގޮތުން ގަންނަފަރާތާއި
ރަށް ހަވާލުކުރާ ވަގުތުން ފެށިގެން ރިޒޯޓާގުޅޭ ގޮތުން އުފުލަންޖެހޭ އެންމެހައި ޒިންމާއާއި މަސްޢޫލިއްޔަތު
އުފުލާނީ އިންވެސްޓްމަންޓް ގަންނަ ފަރާތުންކަމަށާއި، އެގޮތުން ރަށާއި ގުޅިގެން އެއްވެސް ފަރާތަކަށް
ދައްކަންޖެހިއްޖެ އެއްޗަކާއި އުފުލޭ ދަޢުވާތައް ފަދަ ކަންތައްތަކުގެ ޒިންމާއާއި މަސްޢޫލިއްޔަތުވެސް އުފުލާނީ
ގަންނަފަރާތުންކަމަށް ބަޔާންކޮށްފައިވާކަން އެއެއްބަސްވުމުގެ މާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
އަދި 04 ޑިސެމްބަރު 1997 ގައި ވެފައިވާ ޑީޑް އޮފް އެސައިންމަންޓަށް ބަލާއިރުވެސް، މޯލްޑިވްސް
ނޭޝަނަލް ޝިޕްމެނޭޖްމަންޓް ލިމިޓެޑުން ރަނެވެލި ވިލެޖް ރިޒޯޓުގައިވާ އިންވެސްޓްމަންޓް ވިއްކާފައިވަނީ
މ. މާލިމީގޭ ޚަދީޖާ ޙަސަނަށްކަން އެއްވެސް އޮޅުމެއްނެތި ސާފުކޮށް އެނގެން އޮންނަކަމާއި، އެކުންފުނީގެ
ފަރާތުން އުފުލަންޖެހޭ ޒިންމާއާއި މަސްޢޫލިއްޔަތުތައް އަދާކުރުމަށް ހަވާލުކޮށްފައިވަނީވެސް ޚަދީޖާ
ޙަސަނާކަން އެނގެން އޮންނަކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ: އަރިއަތޮޅު ދެކުނުބުރީގައި އޮންނަ "ވިލިނގިލިވަރު" ކިޔާ
.
ރަށުގައި، މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމެންޓް ލިމިޓެޑުން ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލުމަށް
އެކުންފުނީގެ ފަރާތުން ހުޅުވާލުމާ ގުޅިގެން އެ އިންވެސްޓްމަންޓް ގަތުމަށް މ. މާލިމީގޭ ޚަދީޖާ ޙަސަން
ހުށަހެޅި ބިޑު ކާމިޔާބުވުމާ ގުޅިގެން އެރަށުގައިވާ އިންވެސްޓްމަންޓް ވިއްކާފައިވަނީ މ. މާލިމީގޭ ޚަދީޖާ
ޙަސަނަށްކަމާއި އަދި އެއިންވެސްޓްމަންޓް ގަނެފައިވަނީ ޚަދީޖާ ޙަސަނުގެ ނަމުގައިކަމާއި، އަދި
އެއިންވެސްޓްމަންޓުގެ އަގު އެކުންފުންޏަށް (އެމް.އެން.އެސް.އެމް.އެލް.އަށް) ދައްކަންޖެހެނީވެސް ޚަދީޖާ
ޙަސަންގެ ފަރާތުންކަން އެއިންވެސްޓްމަންޓް ގަތުމަށްޓަކައި ޚަދީޖާ ޙަސަނާއި މޯލްޑިވްސް ނޭޝަނަލް ޝިޕް
މެނޭޖްމެންޓްއާ ދެމެދު 1997 ނޮވެމްބަރު 13 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަށާއި، ޑީޑް އޮފް
ދިވެހިރާއްޖޭގެ
ޢާއިބާޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ އިލްއީމާން
83
19 ޤަޟިއްޔާ
ޝި2ނގ
2012/HC-A/190
އެސައިންމަންޓަށް ބެލުމުން އެނގޭއިރު، އެރަށުގައިވާ އިންވެސްޓްމަންޓް (ރިޒޯޓު) ގެ މިލްކުވެރި ފަރާތެއްގެ
ގޮތުގައި މިނިސްޓްރީ އޮފް ޓުއަރިޒަމްގައި ރަޖިސްޓްރީ ކުރެވިފައިވަނީ ކ. މާލިމީގޭ ދީޖާ ޙަސަނުގެ
ނަންމަތީގައިކަން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދައިދީފައިވާ ރަންދެލި ވިލެޖް ޓުއަރިސްޓް ރިޒޯޓުގެ
ރަޖިސްޓަރީއަށް ބެލުމުން އެނގެން އޮންނަކަމާއި،
ޤާނޫނުގައިވާ ގޮތުގެމަތިން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން މީހެއްގެ ނަމުގައި މުދަލެއް
ރަޖިސްޓްރީކޮށް އެކަން ކަށަވަރުކުރުމަށް އެފަދަ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ރަޖިސްޓްރީއަކީ
އެމުދަލުގެ މިލްކުވެރިކަން، އެމުދަލެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މީހަކަށް އޮތްކަން
ކަށަވަރުކަމާއި ޔަޤީންކަމާއެކު ހާމަކޮށްދެނިވި، އެންމެންގެ މައްޗަށް އޮތް ދަލީލެއްކަމާއި، މިގޮތުން
ޤާނޫނީގޮތުން ރަޖިސްޓްރީކުރުން ލާޒިމްވާފަދަ މުދަލެއް މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން
ޤާނޫނުގައިވާ ގޮތުގެމަތިން ރަސްމީގޮތުން ރަޖިސްޓްރީކުރެވިއްޖެނަމަ އެކަން ކަށަވަރުކޮށްދޭ ރަސްމީ
ރަޖިސްޓްރީއަކީ، އެއްވެސް ޝައްކެއްނެތި އެމުދާ އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީހަކީ
އެމުދަލުގެ މިލްކުވެރިފަރާތްކަން އެނގޭ ޔަނީ ދަލީލެއްކަމާއި އަދި ޤާނޫނީ ނަޒަރަކުންބަލާއިރު މިލްކެއް
މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރީކޮށް އެއިދާރާއިން
އެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ދޫކުރާ ރަސްމީ ރަޖިސްޓްރީގެ ލިޔުމަކީ، ޝަރީޢަތުން ކަންކަން
ސާބިތުކުރުމުގެ މުޠުލަ ބާރު އެއަށްލިބިފައިވާ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ވަޞީލަތެއްކަމާއި އަދި
އެފަދަ ލިޔުމަކީ ފޯޖްކޮށްފައިވާ ލިޔުމެއްކަން ނުވަތަ އެނޫން އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ސާބިތުނުވާހާ ހިނދަކު އޭގެ ޙުއްޖިއްޔަތު ވެއްޓިގެންނުދާނެ ލިޔުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 17/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ގެ (ށ) ގައި
ބަޔާންކޮށްފައިވާކަން އެނގޭކަމާއި، ރަންވެލި ވިލެޖް ރިޒޯޓަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި މ. މާލިމީގެ
ޚަދީޖާ ޙަސަނުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ރިޒޯޓެއްކަމާމެދު ދެފަރާތުގެ ދެމެދުގައި އެއްވެސް
0724
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 * *3
20 ޤަޟިއްޔާ
ނން
2012/HC-A/190
دھمکی
ޚިލާފެއްނެތްއިރު، އެރިޒޯޓަކީ ގާޑިއަން އެޖެންސީގެ މިލްކުތަނެއްކަމަށްބުނެ މުޙައްމަދު ނަޢީމުގެ ފަރާތުން
ކުރާ ދަޢުވާ ބިނާކޮށްފައިވާ ލިޔުންތަކުގެ ތެރެއިން،
ރަންވެލި ވިލެޖް ރިޒޯޓު ހޯދުމަށް ގާރޑިއަން އޭޖެންސީގެ ނަމުގައި ބިޑް ކުރުމުގެ
ބަދަލުގައި އެކުންފުނީގެ އެއްޙިއްޞާދާރުކަމުގައިވާ މ. މާލިމީގޭ ޚަދީޖާ ޙަސަނުގެ ނަމުގައި ބިޑުކުރުމާއި
އަދި އެރިޒޯޓު ލިބިއްޖެނަމަ ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވަންދެން ޚަދީޖާ ޙަސަނުގެ ނަން މަތީގައި
ވަގުތީ ގޮތުން ރިޒޯޓު ރަޖިސްޓްރީކޮށްފައި ބޭއްވުމަށް ގާރޑިއަން އެޖެންސީގެ ޑިރެކްޓަރުންގެ ބޯޑުގައި
ހިމެނޭ ދެ ޑިރެކްޓަރުން ކަމުގައިވާ ޚަދީޖާ ޙަސަނާއި މުޙައްމަދު ނަޢީމު އެއްބަސްވެ ގާރޑިއަން އެޖެންސީގެ
ބޯޑުން 2 ޖުލައި 1997 ގައި ނިންމާފައިވާކަމަށް ބުނެ، ހުށަހަޅާފައިވާ ބޯޑް ރިޒޮލިއުޝަނާއި، ކަމާބެހޭ
ފަރާތްތަކަށް ޚަދީޖާ ޙަސަނުގެ ފަރާތުން ދީފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ލިޔުންތައްކަން އެނގޭކަމާއި،
ކަމާބެހޭ ފަރާތްތަކަށް ގާޑިއަން އެޖެންސީގެ ލެޓަރހެޑުގައި 5 ޑިސެމްބަރު 1997 ގައި ޚަދީޖާ ޙަސަން
ސޮއިކޮށް ދީފައިވާކަމަށް މުޙައްމަދު ނަޢީމުގެ ފަރާތުން ބުނާ ލިޔުމަށް ބަލާއިރު، ރަންވެލި ވިލެޖް
(ވިލިގިލިވަރު، އދ.އަތޮޅު) ޚަދީޖާ ޙަސަނުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވަނީ ގާޑިއަން އެޖެންސީ
ޕްރައިވެޓް ލިމިޓެޑުގެ މާލީ ޙާލަތު ރަނގަޅުވަންދެން ހަމައެކަނި އަމާނާތެއްގެ ގޮތުގައިކަމަށާއި، ރިޒޯޓަށް
ފައިސާ ޚަރަދު ކޮށްފައިވަނީ އަދި ވެރިފަރާތަކީ ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުކަމަށާއި، ޚަދީޖާ
ޙަސަނަކީ އެކުންފުނީގެ ޑިރެކްޓަރ އަދި 500 އިއްޞާދާރެއްކަމަށާއި، ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން
ޖެހުނު %10 އަށްވާ 432,500.00$US (ހަތަރުލައްކަ ބައްތިރީސްހާސް ފަސްސަތޭކަ ޔޫއެސްޑޮލަރ)
ދައްކާފައިވަނީ ޑީޑް އޮފް އެސައިންމަންޓުގައި ސޮއިކުރުމުން ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ
ޑިރެކްޓަރެއް އަދި %50 ޙިއްޞާދާރެއް، ކަމުގައިވާ މުޙައްމަދު ނަޢީމު ހޯދި ފައިސާއިން ކަމަށާއި، ރިޒޯޓުގެ
އަގުގެ ގޮތުގައި ބާކީ ދައްކަންޖެހުނު ފައިސާ ހޯދާފައިވަނީ ރަންވެލި ވިލެޖް ނަމުގައި ބޭންކް އޮފް ސިލޯނުން
ކަމަށާއި، ޚަދީޖާ ޙަސަނަކީ އެލޯނަށް ގެރެންޓީ ދިންފަރާތެއްކަމަށް ބަޔާންކޮށްފައިވާއިރު، އެލިޔުންތަކުގައިވާ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
کی مرکی
2012/HC-A/190
21 ޤަޟިއްޔާ ނިމުނު "
ކަންކަމަށް ޚަދީޖާ ޙަސަން އިންކާރުކޮށްފައިވާކަން ދަށު ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ޚަދީޖާ ޙަސަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގޭކަމާއި،
އަދި މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމެންޓް ލިމިޓެޑުން އަރިއަތޮޅު ވިލިނގިލިވަރުގައި
ތަރައްޤީކޮށްފައިވާ ރަންވެލި ވިލެޖް ރިޒޯޓުގެ އިންވެސްޓްމަންޓް މ. މާލިމީގޭ ޚަދީޖާ ޙަސަނުގެ ނަމުގައި
ގަތުމަށް ފަހު، އެރިޒޯޓުގެ ހިންގުމާގުޅޭ ގޮތުން ޚަދީޖާ ޙަސަނުގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމުގެ
ބާރު ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ކަމަށް ބަޔާންކޮށް 21 ޑިސެމްބަރު 1997 ގައި
މިނިސްޓްރީ އޮފް ޓޫރިޒަމަށް ޚަދީޖާ ޙަސަން ފޮނުވާފައިވާ ސިޓީކަމާއި،
އެސިޓީގައި ބަޔާންކޮށްފައިވަނީ، "އަޅުގަނޑުގެ ނަމުގައިވާ ރަންވެލި ވިލެޖް ރިޒޯޓް
(ވިލިނގިލިވަރު، އަރިއަތޮޅު) ރިޒޯޓް ހިންގުމާބެހޭ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުގެ ފަރާތުން
ކުރަމުން ގެންދާނީ އަޅުގަނޑު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑްއިން
ކަމުގައި ދެންނެވީމެވެ." މިފަދައިންކަން އެނގޭއިރު، ގާޑިއަން އެޖެންސީގެ ޗެއަރމަން މުޙައްމަދު ނަޢީމް
15 ޖުލައި 2002 ގައި މިނިސްޓަރ އޮފް ޓޫރިޒަމަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވަނީ،
"އަރިއަތޮޅު ވިލިގިލިވަރުގައި ހިންގާ ރިޒޯޓެއް ކަމުގައިވާ ރަންވެލި ވިލެޖް ރިޒޯޓު ހިންގުމާއި ބެހޭ ހުރިހާ
ކަމެއްކުރުމަށް މިއެޖެންސީއާ ވަނީ ހަވާލުކުރެވިފައެވެ. މިކަމާގުޅިގެން އަލްފާޟިލާ ޚަދީޖާ ޙަސަން
މ. މާލިމީގެ ތިޔަ މިނިސްޓްރީއަށް 21 ޖޫން 2002 ގައި ފޮނުވި ސިޓީގެ ކޮޕީ މިސިޓީއާއެކު ހުށަހަޅައި،
މިކުންފުނީގެ ފަރާތުން އެރިޒޯޓު ހިންގުމާ ބެހޭ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރަމުން
ގެންދާނެ ވާހަކަ ދެންނެވީމެވެ." މިފަދައިންކަން އެނގެން އޮތުމުން ޚަދީޖާ ޙަސަނުގެ ފަރާތުން ގާޑިއަން
އެޖެންސީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ އޭނާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރަންވެލި ވިލެޖް
ރިޒޯޓް ހިންގުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްކަމާއި އަދި ގާޑިއަން އެޖެންސީގެ ފަރާތުން
ޤަބޫލުކޮށްފައިވަނީވެސް، އެރިޒޯޓުގެ ހިންގުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުންކަމާއި، އަދި އެއީ
ދިވެހިރާއްSu
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
22 ޤަޟިއް
ނިމުނު
2012/HC-A/190
کی مرگی
=32
2 20
އެރިޒޯޓުގެ މިލްކުވެރިކަން ނުވަތަ މިލްކުވެރިކަމުގެ ޙިއްޞާއެއް ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަށް
ދިނުމުގެ ގޮތުން ޚަދީޖާ ޙަސަން ފޮނުވާފައިވާ ސިޓީއެއްނޫންކަން އެއްވެސް އޮޅުމެއް ނެތި ސާފުކޮށް
އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަކީ ދިވެހިރާއްޖޭގެ
ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނުނަންބަރު 10/90) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެއްކަމާއި،
އެކުންފުނީގެ ޙިއްޞާދާރުންނަކީ، މި މައްސަލަ އިސްތިއުނާފުކުރާ މ. ވެލިދޫގޭ މުޙައްމަދު ނަޢީމާއި، އަދި
އިސްތިއުނާފު ރައްދުވާ، މ.
މ. މާލިމީގޭ ޚަދީޖާ ޙަސަނާ ދެމީހުނެކަމާއި، އެކުންފުނީގައި އެދެމީހުން
ޙިއްޞާވަނީ ހަމަހަމައަށް ކޮންމެ މީހަކަށް %50 (ފަންސާސް އިންސައްތަ) ޙިއްޞާކަމާއި، މި މައްސަލަ
އުފެދުނުއިރު އެދެމީހުންނަކީ ޒަވާޖީ ގޮތުން ގުޅިގެންތިބި ދެމަފިރިންކަން އެދެމީހުންގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުން އެނގޭކަމާއި، ކުންފުންޏަކީ ޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރީވުމުން އެކުންފުނީގެ ނަމުގައި
މުދާ ހޯދުމާއި ލިބިގަތުމާއި، ދިނުމާއި ވިއްކުމާއި، މިލްކުކުރުމާއި، އެއްބަސްވުންތަކުގައި ސޮއިކުރުމާއި،
އެކުންފުނީގެ ނަމުގައި މުޢާމަލާތް ކުރުމާއި، އެކުންފުންޏެއްގެ ނަމުގައި ދަޢުވާކުރުމާއި އަދި
ދަޢުވާލިބިގަތުމުގެ ބާރު ލިބިގެންވާ ޤާނޫނީ ގޮތުން ވަކި ޝަޚްޞިއްކަން އެނގޭއިރު، ކުންފުންޏަކަށް
މިލްކުވާ މުދަލެއް އެއީ އެކުންފުނީގެ ޙިއްޞާދާރުންގެ މިލްކު އެއްޗަކަށް ނުވާފަދައިން، ޙިއްޞާދާރެއް ނުވަތަ
ޙިއްޞާދާރުން ޝަޚްޞީ ގޮތުން ހޯދައި މިލްކުކޮށްފައިވާ މުދަލެއް އެއީ އެމީހަކު ޙިއްޞާވާ ކުންފުނީގެ
މުދަލެއް ކަމުގައިވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވެން ނެތްއިރު، ރަންވެލި ވިލެޖް
ރިޒޯޓަކީ މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ޚަދީޖާ ޙަސަނުގެ ނަމުގައި މިނިސްޓްރީ އޮފް
ޓޫރިޒަމްގައި ރަޖިސްޓްރީކުރެވިފައިވާ ރިޒޯޓެއްކަމާއި، އެރިޒޯޓަކީ ޚަދީޖާ އާސަން ގަނެފައިވާ ރިޒޯޓެއްކަމާއި
އަދި އެރިޒޯޓަށް ފައިސާ ދައްކާފައިވަނީވެސް ޚަދީޖާ ޙަސަނުގެ ފަރާތުންކަން ފާޅުކަން ބޮޑު ގޮތެއްގައި
ސާބިތުވާއިރު، އެރިޒޯޓަކީ މި މައްސަލާގައި ހިމެނޭ ދެފަރާތުން ހަމަހަމައަށް ޙިއްޞާވެ އުފައްދާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2/.
23 ޤަޟިއްޔާ ނިމުނު "
2012/HC-A/190
کی مرکی
ދެވެ
ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑަށް މިލްކުވާ ތަނެއްކަމަށް މި މައްސަލަ އިސްތިއުނާފުކުރާ މުޙައްމަދު
ނަޢީމުގެ ފަރާތުން ބުނެ ހުށަހަޅާފައިވާ ލިޔުންތަކާއި ކަންތައްތަކަކީ، އެރިޒޯޓުގެ މިލްކުވެރިކަން މ. މާލިމީގޭ
ޚަދީޖާ ޙަސަނަށް އޮތްކަމަށް ހުރި ދަލީލުތައް ނަފީކުރެވޭފަދަ ލިޔުންތަކާއި ކަންތައްތަކެއް ނޫންކަން އެނގެން
އޮންނަކަމެވެ.
2 20
(ޅ) ހަވަނަ ކަމަކީ: ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަލާއިރު، މުދަލެއްގެ
މިލްކުވެރިކަން ގަނެވިއްކުމުގެ ޞައްޙަ މުޢާމަލާތަކުން އެމުދާ ގަތްފަރާތުގެ މައްޗަށް ބަދަލުވެގެން ދާނެކަން
އެނގޭއިރު، އދ. ރަންވެލި ވިލެޖް ރިޒޯޓް ވިއްކާލުމަށް މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑުގެ
ފަރާތުން ހުޅުވާލުމާ ގުޅިގެން އެރިޒޯޓް ގަތުމަށްޓަކައި ބިޑްކޮށްފައިވަނީ މ. މާލިމީގޭ ޚަދީޖާ ޙަސަން ކަމާއި
އެރިޒޯޓް ގަތުމަށްޓަކައި ފައިސާ ދައްކަންޖެހުނީވެސް ޚަދީޖާ ޙަސަނަށްކަމާއި، އެފައިސާ އެރިޒޯޓް ވިއްކި
ފަރާތްކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑަށް ދައްކާފައިވަނީވެސް ޚަދީޖާ ޙަސަނުގެ
ފަރާތުންކަމާއި އަދި އެފައިސާ ދެއްކުމުން ރަންވެލި ވިލެޖް ރިޒޯޓް ރަޖިސްޓްރީ ކުރެވިފައިވަނީވެސް އޭނާގެ
ނަމުގައި ކަމާމެދަކު އެއްވެސް ޚިލާފެއްނެތްކަން އެނގޭއިރު، އެރިޒޯޓުގެ ހިންގުމާގުޅޭ ގޮތުން ކުރަންޖެހޭ
ކަންތައްތައް ކުރުމަށް ޚަދީޖާ ޙަސަނުގެ ފަރާތުން ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން
އެރިޒޯޓުގެ ހިންގުމާ އެކުންފުނިން ހަވާލުވެ، އެކުންފުނީގެ ފަރާތުން އެރިޒޯޓު ތަރައްޤީކުރުމަށް މަސައްކަތް
ކޮށްފައިވުމަކީ އަދި އެރިޒޯޓުގައިވާ އިންވެސްޓްމަންޓް ރަހުނުކޮށް އެކުންފުނީގެ ނަމުގައި ލޯނު ނަގާފައިވުމަކީ
އެރިޒޯޓުގެ މިލްކުވެރިކަން ޚަދީޖާ އަސަނުގެ ކިބައިން ނެގި އެކުންފުންޏަށް ބަދަލުވެގެންދާނެ
74 0.
22
2 20ދ 4
2
(ކ) ހަތްވަނަ ކަމަކީ: ރަންވެލި ވިލެޖް ރިޒޯޓުގެ ހިންގުން ގާޑިއަން އެޖެންސީ ޕްރައިވެޓް
ލިމިޓެޑުގެ ކިބައިން ވަކިކޮށް، އެރިޕޯޓް ހިންގުމާއި 11 ސެޕްޓެމްބަރު 2004 ގައި ޚަދީޖާ ޙަސަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
24
, s:
ޤަޟިއްޔާ ނިމުނު )
2012/HC-A/190
کی مرکی
ހަވާލުވެފައިވަނީ ރަންވެލި ވިލެޖް ރިޒޯޓް ރަހުނުކޮށް ގާޑިއަން އެޖެންސީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ބޭންކުން ނަގާފައިވާ ލޯނަށް ފައިސާ ނުދެއްކި ރަހުނު ކުރެވިފައިވާ މުދަލާއި އަދި ޚަދީޖާ ޙަސަނުގެ
ނަންމަތީގައި ހުރި އެހެނިހެން މުދާ ބޭންކަށް ނަގައި އެމުދަލުގެ މިލްކުވެރިކަން ގެއްލިގެންދާނެ ކަމުގެ ބިރު
ހީވެފައިވުމުންކަމަށާއި އަދި އެރިޒޯޓުގެ ހިންގުމާ ޚަދީޖާ ޙަސަން ހަވާލުވެ އެލޯނު ދައްކަމުންދާކަމަށް ޚަދީޖާ
ޙަސަނުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނައިރު، ބޭންކުގެ ލޯނު ގާޑިއަން އެޖެންސީ ޕްރައިވެޓް
ލިމިޓެޑަށް ދެއްކިފައިނުވަނީ ޚަދީޖާ ޙަސަން ޢަމަލުކުރި ގޮތުގެ ސަބަބު
ބަބުންކަމަށް މުޙައްމަދު ނަޢީމުގެ ފަރާތުން
ބުނެފައިވީނަމަވެސް، އެކަން ޝަރީޢަތަށް ސާބިތުކޮށްދެވޭފަދަ އެކަށީގެންވާ ހެއްކެއް
މުޙައްމަދު ނަޢީމުގެ
ފަރާތުން ހުށަހެޅިފައިނުވާކަން އެނގޭކަމާއި، ރަންވެލި ވިލެޖް ރިޒޯޓަކީ ޚަދީޖާ ޙަސަނުގެ ނަމުގައި
ގަނެފައިވާ ރިޕޯޓެއްކަމާއި އަދި އެރިޒޯޓުގެ މިލްކުވެރިކަން ބަދަލުކުރެވިފައިވަނީވެސް ޚަދީޖާ ޙަސަނުގެ
ނަމުގެ މައްޗަށްކަމަށްވުމުގެ އިތުރުން އެރިޒޯޓް ރަޖިސްޓްރީކުރެވިފައިވަނީވެސް އޭނާގެ ނަންމަތީގައިކަން މި
މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ހެކިތަކުން
ސާބިތުވާއިރު، އެކަންނަން ނަފީކުރެވޭފަދަ އެކަށީގެންވާ ހެއްކެއް އަދި ޤަރީނާއެއްވިޔަސް މި މައްސަލަ
އިސްތިއުނާފުކުރާ މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހެޅިފައިނުވާކަން އެނގޭއިރު، ދަށު ކޯޓުން މި މައްސަލަ
ނިންމެވުމުގައި އިސްވެބުނެވުނު ލިޔުންތަކާއި ހެކިތަކާއި ކަންތައްކަށް ރިޢާޔަތްކުރައްވައި، އެރިޒޯޓުގެ
މިލްކުވެރިފަރާތަކީ މ. މާލިމީގެ! ޚަދީޖާ ޙަސަންކަމަށް ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމެވެ.
އެހެންކަމުން ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ މަދަނީ
ކޯޓުގެ ނަންބަރު 2007/MC/1340 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ޝަރުޢީ އަދި ޤާނޫނީ
ހދ * 02 ދ ތ 4
2
ސަބަބެއްނެތްކަމަށެވެ"
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
. 25
ޤަޟިއްޔާ ނިމު
ނިމުނު ގޮތު
2012/HC-A/190
کمری
އެވެ
29
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
2007/MC/1340 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް
ނޫންކަމަށް ބަލާނެތަނެއް ނެތްކަމަށް މީގެ ޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިއަޑީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv