ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/192 ޤަޟިއްޔާގެ ޙުކުމް
l
2010/HC-A/192
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓު
ޤަޟިއްޔާ ނަންބަރ:192/HC
-
A/2010
0
އިސްތިއުނާފު ކުރިފަރާތްތައް:
* ނަން: 1- ޢަބްދުﷲ އާދަމް
* އައިޑީކާޑު ނަންބަރު: 222020
A
ދާއިމީ އެޑްރެސް: ދުނބުމާގެ / ޅ.ނައިފަރު
މިހާރުގެ އެޑްރެސް: ދުނބުރިމާގެ / ޅ.ނައިފަރު
* ނަން: 2- ސަޢީދާ އާދަމް
* އައިޑީކާޑު ނަންބަރ : 1995-02-G
ދާއިމީ އެޑްރެސް: ދުނބުރިމާގެ / ޅ.ނައިފަރު
މިހާރުގެ އެޑްރެސް: ދުނބުރިމާގެ / ޅ.ނައިފަރު
**
* ނަން: 3- ޔޫސުފް އާދަމް
ދާއިމީ އެޑްރެސް: ދުނބުރިމާގެ / ޅ.ނައިފަރު
އައިޑީކާޑު ނަންބަރ : 077060
A މިހާރުގެ އެޑްރެސް: ދުނބުރިމާގެ / ޅ.ނައިފަރު
އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަދަލުގައި، މުޙައްމަދު ޝާރިފް (އައި.ޑީކާޑް:A156551)، ކިޔާރާ / ޅ. ނައިފަރު
0
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު އާދަމް
* އައިޑީކާޑު ނަންބަރ : A222023
އެޑްރެސް: ދުނބުރިމާގެ / ޅ.ނައިފަރު
* މިހާރުގެ އެޑްރެސް: ދުނބުރިމާގެ / ޅ.ނައިފަރު
* ހުށަހެޅުނު ތާރީޚް: 20 ޖޫން 2010
ނިމުނު ތާރީޚް: 08 ޖެނުއަރީ 2012
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/192
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
* ނަންބަރު: 2009/G2C/88
ކޯޓު: ފާދިއްޕޮޅު ނައިފަރު ކޯޓު
ނިންމެވި ތާރީޚު: 23 ފެބުރުއަރީ 2010
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަޒުމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
ދައުވާގެ ޚުލާޞާ
މިއީ ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2009/G2C/88 ޤަޟިއްޔާ އެކޯޓުން ބައްލަވައި،
ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ނައިފަރު ދުނބުރިމާގެ ޢަބްދުﷲ އާދަމާއި، އެގޭ ސަޢީދާ އާދަމާއި، އެގޭ ޔޫސުފް
އާދަމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާ އެވެ.
މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޅ. ނައިފަރު ދުނބުރިމާގެ މުޙައްމަދު އާދަމް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ބުނެ
01- ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2009/G2C/88 ޤަޟިއްޔާ އެކޯޓުން ބައްލަވައި،
ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް
އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް
ނައިފަރު ދުނބުރިމާގެ ޢަބްދުﷲ އާދަމާއި، އެގޭ ސައީދާ އާދަމާއި، އެގޭ ޔޫސުފު އާދަމުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2009/G2C/88 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގެ އަކީ ޅ. ނައިފަރު ދުނބުރިދާގެ ކިޔާ ބަންޑާރަ ގޯތީގައިވާ އިމާރާތްތައް
ބައިކޮށް، އެގޭގެ ހިއްސާދާރުންގެ ތެރެއިން މުޙައްމަދު އާދަމް، ދުނބުރިމާގެ ކިޔާ ބަންޑާރަ ގޯތީގެ ދެކުނުބައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
336ޝޯތަކާއެނ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/192
ޑޑ) ޑ 4
އެގޮބހ
ބައެއް ލިބުމަށް އެދިގެން ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ،
ނައިފަރު ދުނބުރިމާގެއާއި އިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ އެގޭ ޢަބްދުﷲ އާދަމާއި ސަޢީދާ
އާދަމާއި މުޙައްމަދު އާދަމާއި ޔޫސުފް އާދަމާ، މި ހަތަރު މީހުންގެ މިލްކްތަންތަންކަން
ނައިފަރު ކޯޓުގެ
ނަންބަރު 2007/G2C/76 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންނާއި ޅ. ނައިފަރު އޮފީހުން
ހައްދަވާ ދެއްވާފައިވާ ނަންބަރު 64-D ރަޖިސްޓްރީން ސާބިތުވެ އެނގެން އޮންނާތީއާއި، ޢަބްދުﷲ އާދަމަށް
ހުޅަނގު ނަންބަރު 01 ގޮޅީގެ ތެރެއިން 1378.125 އަކަފޫޓުގެ ގޯއްޗެއް ދެއްވާފައި އޮންނަކަން ނައިފަރު
އޮފީހުގެ ނަންބަރު 2009
/
44/G2
-
B
/
G2C (28 ޖުލައި 2009) ސިޓީން އެނގޭތީ ތަރިކައިން ލިބިގެން
ބަންޑާރަ ގޯތީގެ ބިމުން ލިބުމާއި ބެހޭ ގަވާއިދުގެ 5 ވަނަ ނަންބަރަށް ރިޢާޔަތްކުރާއިރު، ބައިކުރެވޭ ގޯތީގެ
ބިމުން ޢަބްދުﷲ އާދަމަށް ބައެއް ހަމަޖައްސަވައި ދެއްވެންނެތްކަމަށާއި، ޢަބްދުﷲ އާދަމަށް ލިބޭނީ އިމާރާތްތަކުގެ
އަގުގެ ތެރެއިން ލިބެންވާ ހިއްސާއެއްކަން ޢަބްދުﷲ އާދަމަށް އަންގަވައި، ނައިފަރު ދުނބުރިމާގެ
ދެކުނުކޮޅުން 600 އަކަފޫޓުގެ ބައެއް އެގޭ މުޙައްމަދު އާދަމަށް ހަމަޖައްސަވައި، މިބައިގެ އަގުގެ ތެރެއިން
(ފާހަގަ ކުރެވޭ ނުކުތާތަކުގެ 06 ވަނަ ނަންބަރުގައިވާ ފަދައިން) މުޙައްމަދު އާދަމަށް އިތުރުވާ 6563.14ރ
(ހަހާސް ފައްސަތޭކަ ފަސްދޮޅަސްތިންރުފިޔާ ސާދަލާރި) އެހެން ހިއްސާ ދާރުންނަށް ދިނުމަށްޓަކައި،
23 ފެބްރުއަރީ 2010 ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ މުއްދަތުގައި
ދެއްކުމަށާއި، މިފައިސާ ދެއްކުމުން ދުނބުރިމާގެ ދެކުނުކޮޅުން 600 އަކަފޫޓްގެ ބިން މުޙައްމަދު އާދަމަށް
މިލްކުވީ ކަމަށާއި، މުޙައްމަދު އާދަމްގެ ބަޔާ ޖެހިގެން އުތުރަށް އޮތް 914.51 އަކަފޫޓުގެ ބަޔަކީ ސަޢީދާ
އާދަމާއި ޔޫސުފް އާދަމާއި ޢަބްދުﷲ އާދަމުގެ ބައިކަމަށް ކަނޑައަޅައަޅުއްވައި، މުޙައްމަދު އާދަމް ދައްކަންޖެހޭ
ފައިސާ އެހެން ފަރާތްތަކާ ހަވާލުކުރުމަށް ކޯޓަށް ދެއްކުމުގެ ކުރިން އިމާރާތައް އެއްވެސް ބަދަލެއް ގެނެސްގެން
ނުވާނެކަން މުޙައްމަދު އާދަމަށް އަންގަވައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
.
ނައިފަރު ކޯޓަށް
* 2 ހއ
އިން ކަމެވެ.
03- ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2009/G2C/88 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ނައިފަރު ދުނބުރިމާގެ ޢަބްދުﷲ އާދަމާއި އެގޭ ސައީދާ އާދަމާއި އެގޭ ޔޫސުފް އާދަމްގެ ފަރާތުން 6
ދިހައެއް) ނުކުތާއެއް ހުށަހަޅައި
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
[01/HC-A/192
++
(ހ) ފުރަތަމަ ނުކުތާއަކީ: ނައިފަރު ދުނބުރިމާގޭގައި ހުރިހާ އިމާރާތްތައް ކޮށްފައިވަނީ ޢަބްދު
އާދަމާއި ޔޫސުފް އާދަމުގެ ޚަރަދުގައި އެދެމީހުންގެ މަސައްކަތުންކަމަށް ވާއިރު، އެގޯތީގެ ދެކުނު ކޮޅުން
މުޙައްމަދު އާދަމަށް 600 އަކަފޫޓުގެ ބައެއް ދިނުމަށް ޙުކުމް ކުރެއްވިއިރު، ދުނބުރިމާގޭގައި ޢަބްދުﷲ އާދަމާއި
ޔޫސުފް އާދަމުގެ ޚަރަދުގައި ކޮށްފައިވާ އިމާރާތްތަކުގެ ޚަރަދު ނަންގަވައި ދެއްވާފައިނުވާ ކަމަށްބުނެ ހުށަހެޅި
شتر می
(ށ) ދެވަނަ ނުކުތާއަކީ: ޅ. ނައިފަރު ދުނބުރިމާގެ ކިޔާ ބަންޑާރަ ގޯތީގައި ކޮށްފައިވާ އިމާރާތްތަކުގެ
އަގުކުރެއްވި ގޮތުގެ ތަފްޞީލު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންނެތް ކަމަށްބުނެ ހުށަހެޅި ނުކުތާ.
.
(ނ) ތިންވަނަ ނުކުތާއަކީ: ނައިފަރު ދުނބުރިމާގޭގައި ޢަބްދުﷲ އާދަމާއި ޔޫސުފް އާދަމުގެ
ޚަރަދުގެ ކޮށްފައިވާ އިމާރާތްތަކުގެ ޚަރަދު ނަންގަވައި ދެއްވާފައިނުވަނީ އެބަދަލު ލިބޭ ގޮތަށް ކުރިން
އެއްބަސްވެ، އެއްބަސްވުން ރަޖިސްޓްރީ ކޮށްގެން ކަމުގައި ނުވާތީ، ކަމަށް ޅ. ނައިފަރު ކޯޓުގެ ނަންބަރު
2009/G2C/88 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާން ކުރައްވާފައިވީނަމަވެސް އެބަދަލު
ލިބޭގޮތަށް ކުރިން އެއްބަސްވެ އެއްބަސްވުން ރަޖިސްޓްރީ ކޮށްފައިނެތުމަކީ ދުނބުރިމާގޭގައި ޢަބްދުﷲ އާދަމާއި
ޔޫސުފް އާދަމުގެ ޚަރަދުގައި ކޮށްފައިވާ އިމާރާތްތަކުގެ ޚަރަދު ނަންގަވައި ދެވެންނެތް ސަބަބެއްކަމަށް ޤަބޫލު
ނުކުރެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
24
(ހ) ހަތަރުވަނަ ނުކުތާއަކީ: ސަރުކާރުގެ ޤަވާޢިދުތައް ހަމަޖެހިފައިވާ ގޮތުން ބަންޑާރަ ގޯއްޗެއް
ހަވާލުކުރެވިފައިވާ ފަރާތްތައް ފިޔަވައި، އެހެންފަރާތަކުން އެގޯއްޗެއްގައި އިމާރާތްކުރުމަކީ ޤާނޫނާއި ޤަވާޢިދު
ހުއްދަކުރާ ކަމެއް ނޫންކަމަށް ބަޔާން ކުރައްވާފައިވާއިރު، އެކަން ހުއްދަނުކުރަނީ ކޮންޤާނޫނެއް ނުވަތަ
ކޮންޤަވާޢިދެއްގެ ކޮން މާއްދާ އަކުންކަން ބަޔާންކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 22
-) ފަސްވަނަ ނުކުތާއަކީ: ޢަބްދުﷲ އާދަމަށް 1378.125 އަކަފޫޓުގެ ގޯއްޗެއް ލިބިފައިވާތީ،
ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާއި ބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް، ޢަބްދުﷲ އާދަމަށް ގޯތިން ބައެއް ހަމަޖައްސަވައި ދެއްވެން ނެތްކަމަށް އެޤަޟިއްޔާގެ ޙުކުމުގައި
ބަޔާން ކުރައްވާފައިވާއިރު، ހަމައެޙުކުމުގައި މުޙައްމަދު އާދަމަށް ގޯތީގެ 600 އަކަފޫޓުގެ ބައެއް ހަމަޖައްސަވައި،
OcOc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/192
އެބަޔާޖެހިގެން އުތުރަށް އޮންނަ 914.51 އަކަފޫޓުގެ ބަޔަކީ ސަޢީދާ އާދަމާއި ޔޫސުފް އާދަމާއި ޢަބްދު
އާދަމުގެ ބައިކަމަށް ކަނޑައަޅުއްވައި، ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ޅ) ހަވަނަ ނުކުތާކީ: ނުއުފުލޭމުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާ ބެހޭ ޤަވާޢިދުގެ
ދަށުން، ބިމުން ލިބޭ މީހުންނަށް ލިބޭނީ އެންމެންނަށް ހަމަހަމަކޮށްކަމަށްވެފައި، ހަމައެކަނި މުޙައްމަދު އާދަމަށް
ނައިފަރު ދުނބުރިމާގެއިން 600 އަކަފޫޓުގެ ބައެއް ހަމަޖައްސަވައިދެއްވައި، އަނެއް ތިން ބެހެނިވެރިންނަށް
14.51 އަކަފޫޓުގެ ބައެއް ދިނުމަށް ކުރައްވާފައިވާ ޙުކުމަކީ، ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ
ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ ދަށުން ބިމުން ލިބޭ މީހުންނަށް ލިބިދެވޭ މިންވަރުކަމަށް ދިވެހިރާއްޖޭގެ
ކޯޓުތަކުން ކުރައްވާފައިވާ ޙުކުމްތަކާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ނުއުފުލޭމުދާ ތަރިކައިން
ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބުނެ ހުށަހެޅި
ނުކުތާ.
4- ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2009/G2C/88 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޅ. ނައިފަރު ދުނބުރިމާގެ ޢަބްދުﷲ އާދަމާއި އެގޭ ސަޢީދާ އާދަމާއި، ޔޫސުފް އާދަމްގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި އެނުކުތާތަ
ކުތާތަކާގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ފާދިއްޕޮޅު ނައިފަރު ކޯޓުގެ
2009/G2C/88 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ތިން ބރ
ccc
(ހ) ފުރަތަމަ ކަމަކީ: ޅ. ނައިފަރު ދުނބުރިމާގެ، ކިޔާ ބަންޑާރަ ގޯއްޗަކީ، ނައިފަރު ދުނބުރިމާގޭ
އަލްމަރުހޫމް އާދަމް ޔޫސުފުގެ ނަމުގައި ފާދިއްޕޮޅު ނައިފަރު އޮފީހުން ރަޖިސްޓްރީކޮށް ދެއްވާފައިވާ 1514.51
އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްކަމާއި، އެގޯތި އާދަމް ޔޫސުފުގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވަނިކޮށް،
އާދަމް ޔޫސުފު ނިޔާވުމާގުޅިގެން އެމަރުހޫމުގެ ތަރިކައިގެ މައްސަލަ ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު
2007/G2C/76 ޤަޟިއްޔާގައި ބައްލަވައި، ނައިފަރު ދުނބުރިމާގެ ކިޔާ ގޯތީގައިވާ އެންމެހައި
އިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ، ޢަބްދުﷲ އާދަމާއި، މުޙައްމަދު އާދަމާއި، ޔޫސުފް އާދަމާއި، ސަޢީދާ އާދަމާ،
މި ހަތަރު މީހުންގެ ތަންތަންކަމަށް ޙުކުމް ކުރައްވާފައި އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/192
Occx
(ށ) ދެވަނަ ކަމަކީ، މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއްފަދަ ކަމެއް
ދަޢުވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ
ތެރޭގައި، ރާއްޖެތެރޭގައިނަމަ، ރަށު ކޯޓަށް ހުށަހަޅަންވާނެކަމަށާއި، އެމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ،
ބެލޭނީ އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަކަމެއްގެ ދަޢުވާއެއް
ކުރާމީހަކު ނެތީކަމަށްކަން ޤާނޫނުނަންބަރު 29/76 (ތަރިކައާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާއިރު،
ޅ. ނައިފަރު ދުނބުރިމާގޭ އަލްމަރުހޫމް އާދަމް ޔޫސުފުގެ ތަރިކައިގެ މައްޗަށް އެއްވެސް ފަރާތަކުން
ދަޢުވާއެއްކޮށް މައްސަލައެއް ހުށަހަޅާފައި ނުވާކަން އެމަރުހޫމުގެ ތަރިކައިގެ މައްސަލަ ބެލި، ފާދިއްޕޮޅު ނައިފަރު
ކޯޓުގެ ނަންބަރު 2007/G2C/76 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު
ނުކުތާތަކުގެ 10 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ނައިފަރު ދުނބުރިމާގެ ކިޔާ ބަންޑާރަ ގޯއްޗަކީ އެގޭ އާދަމް ޔޫސުފުގެ
ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާ ގޯއްޗެއްކަމާއި، އާދަމް ޔޫސުފު ނިޔާވުމާ ގުޅިގެން އެމަރުހޫމުގެ
ތަރިކައިގެ ތެރޭގައި ޅ. ނައިފަރު ދުނބުރިމާގެ ކިޔާގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ތަންތަން ހިމެނިގެން،
އެތަރިކައިގެ މައްސަލަ ބެލި ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2007/G2C/76 ޤަޟިއްޔާގައި، އާދަމް
ޔޫސުފު ވަސިއްޔަތެއްކޮށްފައި ނުވާކަމާއި، އަދި ދަރަންޏެއްނެތްކަމާއި، ތަރިކައިގެ މައްޗަށް އެއްވެސް ފަރާތަކުން
ދަޢުވާއެއްވިޔަސް ކޮށްފައިނުވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނާތީއާއި،
ބަންޑާރަ ގޯއްޗެއް ހަވާލުކުރެވިފައިވާ ފަރާތްފިޔަވައި، އެހެންފަރާތަކުން އެގޯއްޗެއްގައި އިމާރާތްކޮށްފައިވާކަމަށް
ސާބިތުވިޔަސް އެއީ ޤަވާޢިދާ ޚިލާފަށްކޮށްފައިވާ ކަމަކަށްވާތީ މިލްކްވެރިކަން އެފަރާތަށް ސާބިތުކޮށް ނުދިނުމަށް
ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 252 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމާއި،
އަދި އިމާރާތުގެ ވެރިފަރާތްނޫން އެހެންފަރާތަކުން އެއިމާރާތަށް އިތުރުކުރާ ތަންތަނަށާއި މަސައްކަތަށް
ޝަރީޢަތުން ބަދަލު އަތުލައިދެވޭނީ އިމާރާތުގެ ވެރިފަރާތާއި، އިމާރާތަށް ބަދަލުގެންނަ ފަރާތް ބަދަލުދޭންޖެހޭ
ގޮތަށް އެއްބަސްވެފައިވާކަން ޝަރީޢަތަށް ސާބިތުވާނަމަ ކަމަށް ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު
6 ގެ 238 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއާއި، ނައިފަރު ދުނބުރިމާގޭ ގައި، ޢަބްދުﷲ އާދަމާއި
ޔޫސުފް އާދަމުގެ މަސައްކަތާއި ޚަރަދުގައި އިމާރާތްކޮށްފައިވާކަމަށް އެދެމީހުން ބުނާ ތަންތަނުގެ ބަދަލު
ދޭންޖެހޭގޮތަށް އެފަރާތްތަކާއި އިމާރާތުގެ ވެރިފަރާތާ ދެމެދު އެއްބަސްވެފައިވާކަން ސާބިތުކޮށްދެވިފައިނުވާތީ،
ނައިފަރު ދުނބުރިމާގެ ކިޔާ ބަންޑާރަ ގޯތީގައި އާދަމް ޔޫސުފް ނިޔާވިއިރު ހުރި، އެންމެހައި އިމާރާތްތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
42 ކަމެވެ.
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/192
ތަންތަނަކީ، އަލްމަރުހޫމް އާދަމް ޔޫސުފުގެ ތަރިކައިގައި ހިމެނޭ ތަންތަންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ބަލަންޖެހޭކަމެވެ.
(ށ) ހަތަރުވަނަ ކަމަކކީ: ނައިފަރު ދުނބުރިމާގޭ ގޯތީގައިވާ އިމާރާތްތަކާއި ތަންތަން
އަގުކޮށްފައިވަނީ، އެގޯތީގައިވާ އިމާރާތްތަކާއި ތަންތަން އަގުކުރުމަށް ޅ. ނައިފަރު އޮފީހުން އައްޔަންކޮށް ދެއްވި
އަގު ކޮމެޓީގެ ދެމެންބަރުން ކަމުގައިވާ ނައިފަރު ނޫހަނދު އަޙްމަދު ޢަބްދުލްޙާލިޤާއި، އެރަށު ވިލާޑީސޯސަން
ޢުމައިރު އިބްރާހީމާ ދެމީހުންކަމާއި، އެދެމީހުން އެގޯތީގައިވާ އިމާރާތްތަކާއި ތަންތަނުގެ ޖުމްލަ އަގަކީ
190025.00ރ (އެއްލައްކަ ނުވަދިހަހާސް ފަންސަވީސް ރުފިޔާ) ކަމަށް ކަނޑައަޅުއްވާފައިވާކަމާއި، އަދި
ނައިފަރު ކޯޓުގެ އަގުކުރާ ނަންބަރު A17.5 ފޮތުގެ 07 ވަނަ ސަފްހާގައި ލިޔެ އެތަންތަނުގެ
ޝަރުޢީ އަގަކީ، އަގު ކޮމެޓީން ކަނޑައެޅުއްވި އަގުކަމަށް ކަނޑައަޅުއްވާފައިވާކަން ފާދިއްޕޮޅު ނައިފަރު ކޯޓުގެ
ނަންބަރު 2009/G2C/88 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ އިތުރު ބަޔާނުގެ 6 ވަނަ
ޕެރެގްރާފުގައި ބަޔާންކޮށްފައި
އެއަގު
44 6 8 2
(ބ) ފަސްވަނަ ކަމަކީ: ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވެއްޖެނަމަ، އެގޯއްޗެއްގައިވާ
އިމާރާތާއި ނުއުފުލޭމުދާ، ތަރިކައިގެ އުސޫލުން ލިބޭ ބަޔެއްގެ މެދުގައި، އެގޯއްޗެއް ވަކިގޯތިތަކެއްގެ ގޮތުގައި
ބައިކޮށްދެވޭނޭ އުޞޫލު ބަޔާންކުރަމުން، ޤާނޫނުނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 25
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ:-
(1) ބައިކުރެވޭ އެއްވެސް ބަޔެއް 600 އަކަފޫޓަށްވުރެ ކުޑަވެގެން ނުވާނެއެވެ.
(2) ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭމުދާ ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ މެދުގައި
ގޯއްޗެއް
ބައިކުރެވޭ
ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބަޔެއް
ލިބިފައިވާ މީހަކަށް ޖެހޭބައި 600
އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެއެ
5
/0އރު،
4 6 8 64
44
މިފަދައިންކަމާއި، ނައިފަރު ދުނބުރިމާގެ ކިޔާބަންޑާރަ ގޯއްޗަކީ 1514.51 އަކަފޫޓުގެ
ގޯއްޗެއްކަމާއި، އެގޯތި ރަޖިސްޓްރީކޮށްދެއްވާ ޅ. ނައިފަރު ދުނބުރިމާގޭ އާދަމް ޔޫސުފު ނިޔާވިއިރު، އޭނާގެ 4
(ހަތަރެއް) ވާރިސުން ދުނިޔޭގައި ތިބިކަމާއި، އެވާރިސުންނަށް އެގޯތި ހަތަރު ބައިކޮށްފިނަމަ، ބައެއްގައި 600
އަކަފޫޓަށްވުރެ ކުޑަވާނެކަމާއި، އާދަމް ޔޫސުފުގެ ވާރިސުންގެ ތެރޭގައި ހިމެނޭ ޢަބްދުﷲ އާދަމަށް
ޅ. ނައިފަރުން 1378.25 އަކަފޫޓުގެ ގޯއްޗެއް ލިބިފައި އޮންނަކަމާއި، އަދި ސަޢީދާ އާދަމަށް ޅ. ނައިފަރު
ގާފުނި ގެއިން 1050 އަކަފޫޓުގެ ބައެއް ލިބިފައި އޮންނަކަމާއި، އެބައި ސަޢީދާ އާދަމަށް މިލްކްވެފައި ނުވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/192
އެބައި މިލްކް ކުރުމަށްޓަކައި ސަޢީދާ އާދަމް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީކަމާއި، އެބައި
މިލްކްކުރުމަށްޓަކައި ދައްކަންޖެހޭ ފައިސާ ދެއްކުމުން އެބައި ސަޢީދާ އާދަމަށް މިލްކުކޮށްދިނުމުގައި ޝަރުޢީ އަދި
ޤާނޫނީ އެއްވެސް ހުރަހެއްނެތުމާއެކު، އެބަޔަކީ ސަޢީދާ އާދަމަށް ލިބިފައިވާ ބަޔެއްކަމުގައި ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ބަލަންޖެހޭކަމާއި، ޔޫސުފް އާދަމާއި މުޙައްމަދު އާދަމުގެ ނަމުގައި ނައިފަރުން އަދި
އެހެންވެސް ތަނަކުން ގޯއްޗެއް އަދި ގޯއްޗަކުން ބަޔެއްވިޔަސް ލިބިފައިނުވާކަމާއި، މުޙައްމަދު އާދަމް އެދެނީ
ނައިފަރު ދުނބުރިމާގެ ކިޔާ ގޯތި އެދެމީހުންނަށް ލިބުންކަން މުޙައްމަދު އާދަމުގެ ފަރާތުން ދަށުކޯޓުގައި
ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި މުޙައްމަދު އާދަމަށް އެގޯތީގެ 600
އަކަފޫޓުގައިވާ ތަންތަނާއި ތަކެތީގެ ބަދަލު އެހެން ބެހެނިވެރިންނަށް ލިބޭގޮތަށް ދެވިދާނެކަމަށް ޢަބްދުﷲ އާދަމް
ބުނެފައިވާކަމާއި އަދި އެއީ ސައީދާ އާދަމުގެ ބަސްކަން ޢަބްދުﷲ އާދަމް 04 މެއި 2009 ގައި ދަށު ކޯޓަށް
ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: ޅ. ނައިފަރު ދުނބުރިމާގޭ ޢަބްދުﷲ އާދަމަށް ޅ. ނައިފަރުން 1378.125
އަކަފޫޓުގެ ގޯއްޗެއް ލިބިފައި އޮންނާތީ، ދުނބުރިމާގެ ބައިކުރެވޭއިރު،
ބައެއް ހަމަޖައްސަވައި
ދެއްވެންނެތްކަމަށް ޙުކުމުގައި ފާހަގަ ކުރައްވާފައިވާއިރު، ހަމައެޙުކުމުގައި އޭނާއަށް އެގޯތިން ބައެއް ލިބޭގޮތަށް
ކުރައްވާފައިވަނީ އެޙުކުމުގެ އެއްބައި އަނެއް ބަޔާ ތަޢާރުޒުވާ ގޮތަށްކަމެވެ.
8
433
412 ފ މ
ދި38,/ =ދ8 $
*9294
OC
(ކ) ހަތްވަނަ ކަމަކީ: ތަރިކައިން ލިބިގެން ބަންޑާރަ ގޯއްޗެއްގަ
ގޯއްޗެއްގައިވާ އިމާރާތް ތަރިކައިން ލިބޭ މީހުންގެ
މެދުގައި އެގޯތި ލިބޭމީހުންގެ މެދުގައި ހަމަހަމަވާ އުސޫލުންކަމަށްވާއިރު، ނައިފަރު ދުނބުރިމާގެ ކިޔާ
ގޯއްޗަކީ 1514.51 އަކަފޫޓުގެ ގޯއްޗަކަށްވާއިރު، އެގޯތިން 600 އަކަފޫޓުގެ ބައެއް މުޙައްމަދު
އާދަމަށް ހަމަޖައްސަވައި، އޮންނަ
914.51 އަކަފޫޓު ދެންތިބި ތިން މީހުންނަށް
ހަމަޖައް
ޖައްސަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމެވެ.
هވ
އިން އ
ހެކަމުން ޅ. ނައިފަރު ދުނބުރިމާގެ ކިޔާ ބަންޑާރަ ގޯތި ހަތަރު ބައިކޮށްފިނަމަ ކޮންމެ ބައެއް
600 އަކަފޫޓަށްވުރެ ކުޑަވާނެތީއާއި، އެގޯތީގެ ބިމުން ސަޢީދާ އާދަމާއި ޢަބްދުﷲ އާދަމަށް ބައެއްވާ ގޮތަށް
ކަނޑައަޅުއްވާފައިވަނީ ޢަބްދުﷲ އާދަމަށް ޅ. ނައިފަރުން 600 އަކަފޫޓަށްވުރެ ބޮޑުގޯއްޗެއް އަދި ސައީދާ
އާދަމަށް ޅ.
ނައިފަރު ގާފުނިގެއިން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވަނިކޮށް ކަމަށްވާތީ،
ނައިފަރު ދުނބުރިމާގެ ކިޔާ ބަންޑާރަ ގޯތި ބެހެނިވެރިންގެ މެދުގައި ބައިކޮށްދެއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމާއި، އެގޯތީގެ ބިމުން ލިބޭނީ ޔޫސުފް އާދަމާއި، މުޙައްމަދު އާދަމާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/192
ދެމީހުންނަށްކަމާއި، އެގޯތީގެ ބިން މިގޮތަށް ދެބަޔަށް ބެހުމުން އެދެބަޔަށް އަރާ އިމާރާތްތަކުގެ އަގުން އުނިއިތުރު
ބެހެނިވެރިންނަން ލިބޭގޮތަށް ބަދަލުއަންނާނެތީ ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2009/G2C/88
ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށް
އިއްތިފާޤު ވެވޭކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގެ މަތިން ހުރުމުން ފާދިއްޕޮޅު
ނައިފަރު ކޯޓުގެ ނަންބަރު 2009/G2C/88 ޤަޟިއްޔާގައި، ޅ. ނައިފަރު ދުނބުރިމާގެ ކިޔާބަންޑާރަ ގޯތި
ބެހެނިވެރިންގެ މެދުގައި ބައިކޮށް ދެއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ބާޠިލުކޮށް، ޅ. ނައިފަރު ދުނބުރިމާގެ ކިޔާ ބަންޑާރަ ގޯތި ބެހުމަށް މިޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނައިފަރު ދުނބުރިމާގެ ކިޔާ ބަންޑާރަ ގޯތި ބެހެނިވެރިންގެ
މެދުގައި އަލުން ބައިކޮށްދިނުމަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
1
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv