ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/353 ޤަޟިއްޔާގެ ޙުކުމް
1
2012HC-A/353
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 353/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
ން: ސިވިލް ސަރވިސް ކޮމިޝަން
ރަޖިސްޓްރީ ނަންބަރު:
* ދާއިމީ އެޑްރެސް: ވެލާނާގެ
121 ވަނަ ފަންގިފިލާ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ބުޝްރީ
އައިޑީ ކާޑު ނަންބަރު: A102885
* .އުމީ އެޑްރެސް: ތޯތާގެ ކ. މާފުށި
ސްޓްރީކުރެވުނު
14 ޞަފަރު 1434
27 ޑިސެމްބަރު 2012
ނިމުނު ތާރީޚް: 1 ޖުމާދަލްއާޚިރާ 1439
11 އެޕްރީލް 2013
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2012/H
-
12
-
MC/18
މައްސަލައިގެ ބާވަތް: ތުރާފިލުވުން
ނިންމެވި ކޯޓު: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު
ތާރީޚް: 18 އެޕްރީލް 2012
ނިމުނު ތާރީޚް: 6 ޖޫން 2012
41. *
ހއރA
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
2012/HC-A/353
ނިމުނު 1
يمر من *
ދަޢުވާގެ ޚުލާޞާ
ou oo
މިއީ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/H
-
12
-
MC/18
ޤަޟިއްޔާގައި ހިމެނޭ މައްސަލަ އެކޯޓުން ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު ކޮށްދިނުމަށްއެދި، ސިވިލް ސަރވިސް ކޮމިޝަންގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ
ރައްދުވާ ފަރާތަކީ އިބްރާހީމް ބުޝްރީ، ތޯތާގެ ކ. މާފުށި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A102885) އެވެ.
ހަގަކުރެވުނު ނުކުތާތައް:
02 0 0
xo
1. އިސްތިއުނާފުކުރެވިފައިމިވާ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/H
-
12
-
MC/18 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، !. މާފުށީ ތޯތާގެ، އިބްރާހީމް
ބުޝްރީ ދުވަސް ދުވަހުން މިނިސްޓްރީ އޮފް ހޯމް
ބިރުދައްކާ، ޓެސްޓެއް ހަދަން
ބުނާތީކަމަށް ބުނެ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މައްޗަށް އިބްރާހީމް ބުޝްރީގެ ފަރާތުން
ދަޢުވާކުރުމުން، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
ޑދު ތ ލބ
ފާއިޒާއަށް
ގެންގޮސް
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "އިސްވެދިޔަ ވާހަކަތަކާއި، ނުކުތާތަކަށް
ވިސްނުމަށްފަހު، ކ. މާފުށީ
މާފުށީ ތޯތާގެ އިބްރާހީމް ބުޝްރީއަށް ހޯމް މިނިސްޓްރީގެ ޕަރމަނަންޓް
ސެކްރެޓަރީއަކަށް ހުންނަވާ މަރިޔަމް ވަހީދާގެ އެންގެވުމަކަށް އިރުއިރިކޮޅާ މާލެގެންގޮސް ޤަވާއިދާއި ޚިލާފް
ޓެސްޓެއް ހަދަން އަންގާތީއޭކިޔާ ބުޝްރީ ހުށަހެޅި މައްސަލާގައި، ޝަރުޢީ ގޮތުން ބަލާއިރު އެއްވެސް
މީހަކަށް ތުރާލެއް، އުނދަގުލެއް
ކަމެއްކޮށްގެން ނުވާނެކަމަށާއި، މިއިބްރާހިމް
ބުޝްރީއަށް ޓްރާންސްޕޯޓުން ދެއްވާފައިވާ ލައިސަންސްގެ އިތުރަށް މިވަޒީފާއަށް ދެން އިތުރު ޓެސްޓެއް
22
2 ހދޓ 20x2
ޖެއްސުމަކަށްވުގެތަށް
ދިވެހިރާއްޖެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
43
2012/HC-A/353
ޤަޟިއްޔާ ނިމުނު 1
می هرکی
(އިސްލާމް، ލިއެކިޔުން، ދިވެހި، އިނގިރޭސި، ހިސާބު ޓެސްޓެއް) މީނާލައްވާ ހައްދާކަށެއް ނުޖެހޭނެކަމަށް
ޙުކުމްކޮށްފީމެވެ" މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2. މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/H
-
12
-
MC/18
ޤަޟިއްޔާގައި ހިމެނޭ މައްސަލަ އެކޯޓުން ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން،
އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ
• ފުރަތަމަ ނުކުތާއަކީ، މާފުށީ މެޖިސްޓްރޭޓް ކޯޓަށް އިބްރާހީމް ބުޝްރީ ހުށަހެޅި
މައްސަލާގެ ޓީޝާއަށާއި މައްސަލާގެ މަޢުޟޫއަށް ބަލާއިރު، ދަޢުވާލިބޭ ފަރާތަކީ ސިވިލް ސަރވިސް
ކޮމިޝަން ކަމަށްވީނަމަވެސް، އެމައްސަލައަކީ އެޓަރނީ ޖެނެރަލްގެ އޮފީހަށާއި މިނިސްޓްރީ އޮފް
ހޯމްއެފެއާޒް އަދި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސަރވިސްއަށް ރައްދުވާ
މައްސަލައެއްކަމަށް ބަލައި މައްސަލަ ހިންގައި ހުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނީއަސާސީގެ 182 ވަނަ މާއްދާއިން އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 18 ވަނަ
މާއްދާއިން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ އަޞްލީ ބާރެއް ހަނިވާގޮތަށްކަމަށްބުނެ
ހުށަހަޅާފައިވާ ނުކުގާ
ނެކެތާއެވެ.
• ދެވަނަ ނުކުތާއަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް އެ
ޤާނޫނުން ލިބިދީފައިވާ ބާރު ހަނިކުގެ ނިންމާފައިވާ މައްސަލައެއްކަމަށްބުނެ ހުށަހަޅާފައިވާ
x2c22ތތ
مل گرم کره
:ދު 44
ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
،
2012/HC-A/353
4 ޤަޟިއްޔާ ނިމުނު 1
می هرکی
ދެވެ
• ތިންވަނަ ނުކުތާއަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 4 އާއި 18 ވަނަ މާއްދާގެ (މ) އަދި 9
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ބާރުކެނޑޭގޮތަށް ނިންމަވާފައިވާ މައްސަލައެއް ކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
02& 0 0
3. މިމައްސަލައާ ގުޅިގެން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/H
-
12
-
MC/18 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އިބްރާހީމް ބުޝްރީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަހަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ޞިޔާއަށާއި
މައްސަލާގެ މަޢުޟޫއަށް ބަލާއިރު، އެމައްސަލާގައި ދަޢުވާލިބޭ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަން
ކަމަށްވީނަމަވެސް، އެމައްސަލައަކީ އެޓަރނީ ޖެނެރަލްގެ އޮފީހަށާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަދި
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސަރވިސްއަށް ރައްދުވާ މައްސަލައެއްކަމަށް
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވަނީ ޤާނޫނުއަސާސީގެ 182 ވަނަ މާއްދާއިން އަދި
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 18 ވަނަ މާއްދާއިން ސިވިލް
ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ އަޞްލީ ބާރެއް ހަނިވާގޮތަށްކަމަށްބުނެ ސިވިލް ސަރވިސް
ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
02& 0 0
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4 }
2012/HC-A/353
5 ޤަޟިއްޔާ ނިމުނު ގޮ
می هرکی
ދެވެ
02 0 0
18/H-12-IC/2012
22
އިސްތިއުނާފަށް ހުށަހެޅިފައިމިވާ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޞިޝާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ދިވެހި ސިވިލް
ސަރވިސްގެ މުވައްޒަފެއްކަމަށްވާ، ކ. މާފުށީތޯތާގެ، އިބްރާހީމް ބުޝްރީ، ދުވަސް ދުވަހުން މިނިސްޓްރީ
އޮފް ހޯމް އެފެއާޒްއަށް ގެންގޮސް ބިރުދައްކާ، ޓެސްޓެއް ހަދަން އަންގާފައިވާކަމަށް ބުނެ، މިނިސްޓްރީ
އޮފް ހޯމް އެފެއާޒްގެ މައްޗަށް ދަޢުވާ ލިބޭ ގޮތަށް އިބްރާހީމް ބުޝްރީގެ ފަރާތުން ހުށަހަޅާފައިވާ
މައްސަލައެއްކަމަށް ވީނަމަވެސް، އެމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ އަލީގައި
އެމައްސަލާގެ މަޢުޟޫއަށް ބަލާއިރު، އެމައްސަލައަކީ މިދެންނެވި އިބްރާހީމް ބުޝްރީއަށް، އޭނާ
އަދާކުރަމުންގެންދިޔަ ސިވިލް ސަރވިސްގެ ވަޒީފާއާ ގުޅޭކަމެއްގައި، ސިވިލް ސަރވިސް ކޮމިޝަނުގެ
އެންގުމަކަމަށް، އޭނާ ވަޒީފާއަދާކުރަމުން ގެންދިޔަ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް
ރިހެބިލިޓޭޝަން ސަރވިސް އެމިނިސްޓްރީއެއްގެ ދަށުގައިވާ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ
ޕަރމަނަންޓް ސެކްރެޓެރީ އޭނާއަށް އެންގި އެންގުމަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއްކަން
އެނގޭކަމާއި،
ދިވެހި ސިވިލް ސަރވިސްއާ ގުޅޭ އެންމެހާ ކަންތައްތައް، ޤާނޫނުގައި ކަނޑައަޅާފައިވާ
ގޮތުގެމަތިން ކުރުމަކީ ސިވިލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ
ކަންތައްތަކެއްކަމަށް ޤާނޫނުއަސާސީގެ 182 ވަނަ މާއްދާއާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 18
ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި ސިވިލް ސަރވިސް ކޮމިޝަނަކީ އަމިއްލަ
ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރާއި އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ޙައިޞިއްޔަތު
ލިބިފައިވާ، އަދި ވަކި ސިއްކައެއް އޮންނަ، މިނިވަން ޤާނޫނީ ޝަޚްޏެއްކަމަށް ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ޖުމްލަކޮށް ބަލާއިރު،
ސިވިލް ސަރވިސް ކޮމިޝަނުން، ނުވަތަ އެކޮމިޝަނުން ކަނޑައަޅާފައި ތިބޭ ޕަރމަނަންޓް
ސެކްރެޓެރީންފަދަ އެކޮމިޝަނުގެ މުވައްޒަފުން މެދުވެރިކޮށް ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ
2012/HC-A/353
کی عمری
ދެވެ
ޤަޟިއްޔާ ނިމުނު "
ވައްޒަފުންނަށް އަންގާ އެންގުންތަކާމެދު ހިތްހަމަނުޖެހިގެން ކުރެވޭ ދަޢުވާތައް ރައްދުވާންޖެހޭނީ ސީދާ
އެކޮމިޝަނަށްކަމާއި، އެފަދަ ދަޢުވާތައް ވަކި މިނިސްޓްރީއެއްގެ މައްޗަށް ނުވަތަ ދައުލަތުގެ ބަންޑާރަ
ނާއިބުގެ މައްޗަށް ނުކުރެވޭނެކަމާ
2
އެހެންކަމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، ދަޢުވާ ލިބޭ
ފަރާތްތަކަކީ ނުވަތަ މައްސަލަ ރައްދުވާ ފަރާތްތަކަކީ އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް
ހޯމްއެފެއާޒް އަދި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސަރވިސް ކަމަށް މާލެއަތޮޅު
މާފުށި ކޯޓުން ބައްލަވާފައިވަނީ، އަދި އެމައްސަލާގައި ޖަވާބުދާރީވުމުގެ ފުރުޞަތު ސިވިލް ސަރވިސް
ކޮމިޝަނަށް ދެއްވާފައިނުވަނީ މިފަދަ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް
44 4 0 22
ނނވ.
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލަ މާލެއަތޮޅު މާފުށީ
މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން
ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް އެ ޤާނޫނުން ލިބިދީފައިވާ ބާރު
ހަނިކުރެވޭގޮތަށް ކަމަށާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ 1
ވަނަ ނަންބަރާއި، 18 ވަނަ މާއްދާގެ (މ) އާއި 47 ވަނަ މާއްދާގެ (ނ) ގެ 4 ގެ ބާރުކެނޑޭ
ގޮތަށްބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާތަކަށް ނަޒަރުކުރާއިރު،
ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ޤާނޫނާ
ޤަވާޢިދާ ޚިލާފު ކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެއޮފީހެއްގެ
ޒިންމާދާރު އިސްވެރިޔާއަށް އެކަމެއް އަންގަންވާނެކަމަށް
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 30 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާއިރު، އަދި ހެކިބަސް ހޯދުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 43
=32
2012/HC-A353
7 ޤަޟިއްޔާ ނިމުނު "
އެނޫން ފަރާތްތައް ހާޒިރުކުރުމަކީ ސިވިލް ސަރވިސް ކޮމިޝަންގެ ބާރުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް
އެޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ 1 ގައި ބަޔާންކޮށްފައިވާއިރު، އަދި ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނާއި، ސިވިލް ސަރވިސްގެ ޤާވާޢިދާއި، ކޯޑް އޮފް ކޮންޑަކްޓް ތަންފީޛުކުރުމަކީ ސިވިލް ސަރވިސް
ކޮމިޝަނުގެ މަސައްކަތެއްކަމަށް އެޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، އަދި
ސިވިލް ސަރވިސްގެ މުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގައި މުވައްޒަފުން ޢައްޔަނު ކުރުމަށް ހަމަޖެހިފައިވާ ގޮތާ
ޚިލާފަށްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރާ ތައްޤީޤަކަށް ސާބިތުވުމަކީ، ދިވެހި ސިވިލް
ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެއްކަމަށް އެޤާނޫނުގެ
47 ވަނަ މާއްދާގެ (ނ) ގެ (4) ގައި ބަޔާންކޮށްފައިވާއިރު، ސިވިލް ސަރިވިސްގެ މުވައްޒަފަކަށް ވަޒީފާ
ލިބިފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގައި
މުވައްޒަފުން ޢައްޔަނު ކުރުމަށް ހަމަޖެހިފައިވާ ގޮތާ އެގޮތަށްތޯ ބެލުމަށް ސިވިލް ސަރވިސް
ކޮމިޝަނުން ކުރާ ތަޙްޤީޤުތަކަށް ހުރަސްއެޅި، މިދެންނެވުނު މާއްދާތަކުގެ ބާރުކެނޑޭ ގޮތަށް މިފަދަ
މައްސަލަތައް ނިންމައިގެން ނުވާނެކަމާއި،
މިގޮތުން ބަލާއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ، ދިވެހި ސިވިލް
ސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރެވޭ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި،
އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގޭ މީހަކަށްވުން (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ
41 ވަނަ މާއްދާގެ (ހ) ގެ (2)) ހިމެނިފައިވާއިރު، އެމައްސަލަ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓަށް
ހުށަހެޅި އިބްރާހީމް ބުޝްރީއަކީ ލިޔަންކިޔަން ނުދަންނަ މީހެއްކަމަށް ބުނެ ސިވިލް ސަރވިސް
ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، އޭނާއަށް ސިވިލް ސާރިވިސްގެ ވަޒީފާދެވިފައިވަނީ ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނާ އެއްގޮތަށްތޯ ކަށަވަރުކުރުމަށްޓަކައި، އޭނާއަކީ ލިޔަންކިޔަން ދަންނަ މީހެއްތޯ
ބެލުމަށް ހަދަންޖެހޭ ޓެސްޓެއް ހެދުމަށް، ވަޒީފާ ނިސްބަތްވާ މިނިސްޓްރީގެ ޕަރމަނަންޓް
04
xދޖ2
ہی ہی کرلیمی
20«
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު
4 43
=32
2012/HC-A/353
مری می گری
4 2 2 4 8
ހދ
2
0 9ދު
އަނއަށް އެންގެން
ސެކްރެޓެރީ
ގުޅިގެން އުފެދިފައިވާ މައްސަލައަކަށް ވީއިރު، އެމައްސަލަ ނިންމެވުމުގައި
"އިބްރާހިމް ބުޝްރީއަށް ޓްރާންސްޕޯޓުން ދެއްވާފައިވާ ލައިސަންސްގެ އިތުރަށް މިވަޒީފާއަށް ދެން އިތުރު
ޓެސްޓެއް (އިސްލާމް، ލިއެކިޔުން، ދިވެހި، އިނގިރޭސި، ހިސާބު ޓެސްޓެއް) މީނާލައްވާ ހައްދާކަށެއް
ނުޖެހޭނެކަމަށް" ކަނޑައެޅުއްވުމަކީ، ޤަވާޢިދާ ޚިލާފަށް ހިނގާކަންތައްތައް ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ރިޕޯޓު ކުރުމަށް އަދި އެޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ 1 އަދި
18 ވަނަ މާއްދާގެ (މ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ ބާރާއި އެކޮމިޝަނުގެ
މައްޗަށް ކުރުމަށް ލާޒިމުކުރުވާފައިވާ ކަންތައްތައް ފުރިހަމައަށް ކުރުމަށް ހުރަސްއެޅޭނެ، އަދި ވަކިން
ޚާއްޞަކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ގެ ދަށުން ދިވެހި
ސިވިލް ސަރވިސް އިން ވަކިކުރަންޖެހޭ މުވައްޒަފުން ވަކިކުރުމުގެ ކުރިން ކުރަންޖެހޭ ތަޙްޤީޤުތަކަށް
ހުރަސްއެޅުމުގެ އިތުރުން، މިދެންނެވުނު މާއްދާތަކުގެ ބާރު ކެނޑިގެންދާނެ ކަމެއްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މާލެއަތޮޅު މާފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/H
-
12
-
MC/18 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
9
2012/HC-A/353
ޤަޟިއްޔާ ނިމުނު ގޮތު
ومر على ب
ދެންފަހެ،
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު
ކަންކަން
OU OO
ގޮތަށް
ބަޔާންކުރެވުނު
ހުރުމާއެކު، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/H
-
12
-
MC/18 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/H-12-MC/18 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv