ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2:008/HC-A/31
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޗައެދޭ"
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 131/IIC
-
A/2008
• ދަޢުވާކުރި ފަރާތް: އަޙުމަދު ޢާރިފް
1- (ނަމާއި ޢާންމު ނަން)
އައިޑީ ކާޑު ނަންބަރ: 050150-A
ދާއިމީ އެޑްރެސް: މއ. އެވަރގްލޯރީ
މިހާރުގެ އެޑްރެސް: މއ. އެވަރގްލޯރީ
ދަޢުވާލިބުނު ފަރާތް:1. މުޙައްމަދު ވަޙީދު އޭދަފުށި ! ދިގަލި މއ. ފުނަމާގެއާގެ.
2. ޢަބްދުﷲ ޢާރިފް މއ. އެވަރގްލޯރީ
ދަޢުވާގައި މަޞްލަޙަތެއް އޮވެގެން ބައިވެރިވި ފަރާތް:
:
ހުށަހެޅުނު ތާރީޚް: 28 ރަބީޢުލްއާޚިރު 1429
ނިމުނު ތާރީޚް: 02 ޞަފަރު 1430
28 ޖެނުއަރީ 2009
04 މެއި
2008
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/MC/47 ނިންމެވިކޯޓް: މަދަނީކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 11 - 01 - 2007
ނިމުނު ތާރީޚް: 05 - 02
2008
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A;3 1
ދަޢުވާގެ ޚުލާޞާ
މިއީ މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި އެއްގޮތްނުވާ
ތެނުވާ ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށް ދިނުން އެދި
އެވަރގްލޯރީ އަޙުމަދު
ޢާރިފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ފެމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ
ރައްދުވާ ފަރާތަކީ ބ. އޭދަފުށީ ދިގަލި މުޙައްމަދު ވަޙީދާއި އެވަގްލޯރީ ޢަބްދުﷲ ޢާރިފްއެވެ.
*8
-1
އ"
* ފާހަގަކުރެވުނު ނުކުތާތައް:
މިއީ މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުއީ އަދި ޤާނޫނީ
ހަމަތަކާއި އެއްގޮތްނުވާ ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށް ދިނުން އެދި އެވަރގްލޯރީ އަޙުމަދު
ޢާރިފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ
ރައްދުވާ ފަރާތަކީ ބ. އޭދަފުށީ ދިގަލި މުޙައްމަދު ވަޙީދާއި، މއ. އެވަގްލޯރީ ޢަބްދުﷲ ޢާރިފްއާއި މިދެފަރާތެވެ.
2- މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި އެއްގޮތްނުވާ ކަމަށްބުނެ، އަޙުމަދު ޢާރިފްގެ ފަރާތުން ތިން ސަބަބެއް ހުށަހަޅުއްވާ އެކަންކަމާއިބެހޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލިސްގައި ވާހަކަ ދައްކާފައި ވެއެވެ.
(ހ.) ފުރަތަމަ ސަބަބަކީ މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާގައި ދަޢުވާގައި ހޯދުމަށް
އެޤަޟިއްޔާގައިވާ މައްސަލާގައި ޢަބްދުﷲ އާރިފް ހޯދުމަށް ހުށަހަޅާފައިވާ ފައިސާއަކީ ޢަބްދުﷲ ޢާރިފް ހޯދައިދިން
ޕްރޮޖެކްޓް ތަކުން ލިބޭ ފައިދާއާ ގެއްލުމުގެމިންވަރު އެއިންބަލައި އުނިކުރުމަށްފަހު، އޭނާއަށް ދޭންޖެހޭ އެއްޗެއް
ކަމަށާއި، 20 ސެޕްޓެމްބަރ 2006 ގައި ވެފައިވާ އެއްބަސްވުމުގައި ލިބޭ ފައިދާއާއި، ގެއްލުމުގައި
ޒިންމާވާންވާނެ ކަމަށް ބުނެފައިވާއިރު، އެކަންތައްތަކަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވުމެވެ.
(ނ.) ދެވަނަ ސަބަބަކީ 20 ސެޕްޓެމްބަރ 2006 ގައި ވެފައިވާ އެއްބަސްވުމުގެ ތަރުޖަމާ އޭގެ
އަޞްލާއި ތަފާތުކޮށް ހުށަހަޅާފައި ވާއިރު، މިތަފާތު ނުބައްލަވައި މައްސަލަ ނިންމަވާފައިވުމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/31
ތިންވަނަ ސަބަބަކީ ޢަބްދުﷲ ޢާރިފް ހޯދައިދިން ޕްރޮޖެކްޓް ތަކުން ގެއްލުން ވެފައިވާ
ކަމަށާއި، މިކަމާއިބެހޭ ތަފްޞީލްތައް ހުށަހެޅިފައިވާއިރު މިކަންތަކަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވުމެވެ.
20 8
37
9 ﷲ 0
433
3- މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓަށް
ބެލިއިރު އެޤަޟިއްޔާއަކީ މއ. އެވަގްލޯރީ އަޙުމަދު ޢާރިފްއާއި ބ. އޭދަފުށީ | ދިގަލި މުޙައްމަދު ވަޙީދާއި މއ.
އެވަރގްލޯރީ ޢަބުދުﷲ ޢާރިފްއާއި މިތިންމީހުންގެ މެދުގައި އެއްބަސްވުމެއް އެއްބަސްވެ، އެއެއްބަސްވުމުގެ ދަށުން
ޢަބުދުﷲ ޢާރިފް އެޕޯލޯ އެންޓަރ ޕްރައިޒަސްއާއި މޯރވޭ ކޮންސްޓްރަކްޝަންއަށް ހޯދައިދިން އެކިއެކި
ވިޔަފާރިތަކާއި ކޮންޓްރެކްޓް ތަކާއި ގުޅިގެން ޢަބުދުﷲ އާރިފަށް ދިނުމަށް އެއްބަސްވެފައިވާ -/ooo.1450
(އެއްމިލިޔަން ހަތަރުސަތޭކަ ފަންސާސްހާސް) ރުފިޔާގެ ތެރެއިން ނުލިބިވާ -/1400,000 (އެއްމިލިއަން
ހަތަރުލައްކަ) ރުފިޔާ އަޙުމަދު ޢާރިފްއާއި މުޙައްމަދު ވަޙީދާއި ދެމީހުންގެ އަތުން ލިބިދިނުމަށް އެދި
އެވަރގްލޯރީ ޢަބުދުﷲ ޢާރިފް ދަޢުވާ ކުރުމުން މަދަނީކޯޓުން ބައްލަވާ ނިންމަވާފައިވާ މައްސަލައެއްކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
4- ޢަބުދުﷲ އާރިފް ކޮށްފައިވާ އިސްވެ ބުނެވުނު ދަޢުވާއަށް ޖަވާބުދާރީ ވުމުގެ ގޮތުން އަޙުމަދު
ޢާރިފްއާއި މުޙައްމަދު ވަޙީދުއާއި ދެމީހުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް
ބަލާއިރު މައިގަނޑު ގޮތެއްގައި އެފަރާތުން ބުނެފައިވަނީ ޢަބުދުﷲ ޢާރިފް ފައިސާ ހޯދުމަށް ދަޢުވާކުރާ ލިޔުމުގައި
ފައިދާއާއި ގެއްލުމުގެ ޒިންމާވާނެކަމަށް ބުނެފައިވާއިރު، އަދި މިހާތަނުން ނިމިފައިވާ ޕްރޮޖެކްޓްތަކުން މިވަރު
ގެއްލުންވެފައިވާއިރު އަދި ނުނިމިވާ ޕްރޮޖެކްޓްތަކުގެ ހިސާބު ނަހަދާ ވަނިކޮށްވެސް ކުންފުންޏަށް ބޮޑެތި ގެއްލުން
ވެފައިވާކަން އެނގެން އޮތްއިރު، ފައިދާގެ ތެރެއިން ދިނުމަށް އެއްބަސްވެފައިވާ ފައިސާއަކީ ފައިދާއެއް
ނެތްޙާލުގައި ދޭންޖެހޭނެ އެއްޗެއް ނޫންކަމަށްބުނެ، ޢަބުދުﷲ ޢާރިފްގެ ފަރާތުން ކޮށްފައިވާ ދަޢުވާއާއި މެދު
އެޤަޟިއްޔާގައި ދަޢުވާ ލިބުނު އަޙުމަދު ޢާރިފްއާއި މުޙައްމަދު ވަޙީދުއާ ދެމީހުންގެ ފަރާތުން ދަށުކޯޓުގެ
ޝަރީޢަތުގެ މަޖްލިސްގައި އިންކާރު ކޮށްފައިވާކަން ފާހަގަ ކުރެވިފައި ވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.lighcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/3j
4 82 8 0x
5- ޢަބުދުﷲ ޢާރިފްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ އެއްބަސްވުމަށް ބަލާއިރު އެއީ
އެވަރގްލޯރީ އަޙުމަދު ޢާރިފާއި ބ. އޭދަފުށީ ދިގަލި މުޙައްމަދު ވަޙީދާއި ދެމީހުންގެ އިތުރަށް ހެކިންގެ
ގޮތުގައި މ. ބިންމަތީގޭ ޢަލީރަޝީދާއި، ޢަބުދުﷲ ޙަސަންފުޅުއާ ދެމީހުން ހެކިކޮށް ވެވިފައި އެއްބަސްވުމެއް ކަމާއި
އަދި އެލިޔުމުގައި އެއްބަސްވެވިފައިވާ ކަންތައްތަކުގެ ތެރެއިން ހުށަހެޅިފައިވާ ދަޢުވާއާއި ގުޅުންހުރި ނުކުތާތަކަށް
ބަލާއިރު "ބުނެވިދިޔަ ދެކުންފުންޏަށް ވިޔަފާރީގައި ގެއްލުމާއި ފައިދާ ލިބިފައިވާ އެތަކެއް ވިޔަފާރި މުޢާމަލާތްތަކާއި
ހޯދައި ދިނުމުގައި އެވަރގްލޯރީ ޢަބުދުﷲ ޢާރިފްގެ ފަރާތުން ލިބިފައިވާ އެއްބާރުލުމާއި
ބައިވެރިވުމަށްޓަކައި އެޕޯލޯ އެންޓަރ ޕްރައިޒަސްއާއި، މޯރވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި
މިދެކުންފުނީގެ %25 ޙިއްޞާއާ އެއްވަރުގެ ޢަދަދެއް ކަމުގައިވާ -/
1450,000ރ. ޢަބުދުﷲ ޢާރިފަށް ދިނުމަށް
އަހަރެން/އަހަރެމެން އެއްބަސް ވަމެވެ." މިފަދައިން ބުނެފައިވާ މިލިޔުމާއި މެދު ދެފަރާތް ދެމެދު ދެބަސްވުމެއް
ނެތްކަމާއި، ދެބަސްވެރިވެވިފައިވަނީ އިނގިރޭސި ބަހުން އަޞްލު ލިޔެވިފައިވާ އިސްވެ ބުނެވުނު ލިޔުމުގެ
ތަރުޖަމާއާ މެދުގައިކަން ފާހަގަ ކުރެވިފައި ވެއެވެ.
مسرح مصر مع مرسد
I
:އެރ 9އ
މުޙައްމަދު ވަޙީދު،
6- މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ " ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަ ކުރެވުނު
ނުކުތާތަކަށް ރިޢާޔަތް ކުރުމުން އެވަރގްލޯރީ ޢަބުދުﷲ އާރިފާއި، ބ. އޭދަފުށީ ދިގަލި މުޙައްމަދު ވަޙީދުގެ
މައްޗަށް އެވަރގްލޯރީ ޢަބުދުﷲ ޢާރިފް މިކުޅަ ދަޢުވާގައި ލިބިދިނުމަށްއެދި ހުށަހަޅާފައިވާ -/1,400,000
(އެއްމިލިއަން ހަތަރުސަތޭކަހާސް ރުފިޔާ) އަކީ މއ. އެވަރގްލޯރީ އަޙުމަދު ޢާރިފާއި، އޭދަފުށީ(ދިގަލި
އެވަރގްލޯރީ ޢަބުދުﷲ ޢާރިފަށް ދޭންޖެހޭ ފައިސާއެއްކަން 20 ސެޕްޓެމްބަރ 2006
ގައި އަޙުމަދު ޢާރިފާއި، މުޙައްމަދު ވަޙީދާއި، ޢަބުދުﷲ ޢާރިފާއި، ވެފައިވާ އެއްބަސްވުމުން އެނގެން އޮންނާތީ،
މިފައިސާއަކީ އެވަރގްލޯރީ އަޙުމަދު ޢާރިފާއި، ބ. އޭދަފުށީގެ ދިގަލި މުޙައްމަދު ވަޙީދު، މއ. އެވަރގްލޯރީ
ޢަބުދުﷲ ޢާރިފަށް ދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ
މއ. އެވަރގްލޯރީ ޢަބުދުﷲ އާރިފަށް ލިބިދިނުމަށްޓަކައި މިއަދު (05 ފެބްރުއަރީ 2008 ދުވަހުން ފެށިގެން 06
(ހައެއް) މަސްދުވަހުގެ ތެރޭގައި -/
1,400,000ރ. (އެއްމިލިއަން ހަތަރުސަތޭކަހާސް ރުފިޔާ) ގެ މިދަރަނި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 331647
އީމެއިލް in [email protected] ވެބް ސައިޓް: ww.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/3]
+9
އޭދަފުށި!ދިގަލި މުޙައްމަދު
މަދަނީކޯޓަށް ދައްކައި ޚަލާޞްކުރުމަށް އެވަރގްލޯރީ އަޙުމަދު ޢާރިފާއި،
ވަޙީދަށް އަންގައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
7- މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖްލީސްގައި ދައްކާފައިވާ ވާހަކަތަކަށާއި
ޝަރީޢަތުގެ މަޖްލީސްއަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ، މއ. އެވަރގްލޯރީ އަޙުމަދު ޢާރިފްގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ.) ފުރަތަމަކަމަކީ މއ. އެވަރގްލޯރީ އަޙުމަދު ޢާރިފާއި ބ. އޭދަފުށީ ދިގަލި މުޙައްމަދު ވަޙީދާއި
ދެމީހުންގެ މައްޗަށް މއ. އެވަރގްރީ ޢަބުދުﷲ އާރިފް ދަށުކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާގައި
ކޮށްފައިވާ ދަޢުވާގައި އަޙުމަދު އާރިފްއާއި، މުޙައްމަދު ވަޙީދާއި ދެމީހުން ޢަބުދުﷲ ޢާރިފަށް -/1,450,000 ރ.
ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި، އޭގެ ތެރެއިން ޢަބުދުﷲ ޢާރިފަށް ލިބިފައިވާ -/50,000 ރ. އުނިކުރުމުން
ބާކީވާ -/1,400,000 ލިބިދެއްވުންއެދި ޢަބުދުﷲ ޢާރިފްގެ ފަރާތުން ޝަރީޢަތުގެ މަޖްލިސްއަށް
ހުށަހަޅާފައިވާ އިނގިރޭސި ބަހުން އަޞްލު ލިޔެވިފައިވާ އިސްވެ ބުނެވުނު ލިޔުމުގެ ތަރުޖަމާއާމެދު ދެފަރާތް
ދެމެދުގައި ޚިލާފް އުފެދިފައިވާކަން ފާހަގަ ކުރެވިފައިވިޔަސް އެލިޔުމުގެ ޞައްޙަކަމާއިމެދު ދެފަރާތް ދެމެދު
ދެބަސްވުމެއް ނެތްކަން ފާހަގަ ކުރެވިފައި އޮންނަ އޮތުމުން އެލިޔުމަކީ ޢަމަލު ކުރަންޖެހޭ ޤާނޫނީ ޙައިޞިއްޔަތެއް
އޮތް ލިޔުމެއްކަން އެނގެއެވެ.
/ގ"
ހއ.
(ނ.) ދެވަނަކަމަކީ މއ. އެވަރގްލޯރީ އަޙުމަދު ޢާރިފާއި، ބ. އޭދަފުށީ | ދިގަލި މުޙައްމަދު ވަޙީދާއި
ދެމީހުން އެވަރގްލޯރީ ޢަބުދުﷲ ޢާރިފަށް ދިނުމަށް އެއްބަސްވެ ސޮއިކޮށްފައިވާ ލިޔުމުގައި
ބުނެފައިވާ -/1,450,000 ރ. އަކީ މުޤާބަލެއްނެތި، ހެޔޮވަތާ ޞަދަޤާތުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ
ފައިސާއެއްނޫން ކަމާއި، އެއީ އެޕޯލޯ އެންޓަރޕްރައިޒަސްއާއި، މޯވޭ ކޮންސްޓްރަކްޝަނާއި މިދެކުންފުންޏަށް
ތަފާތު އެތަކެއް ވިޔަފާރީގެ
ހޯދައި ދިނުމުގައި ޢަބުދުﷲ އާރިފްގެ ފަރާތުން
44 / 0 0 2 0¢
مرمرمل و اسرع راي مرام
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/31
ލިބިފައިވާ އެއްބާރުލުމާއި، ބައިވެރިވުން ފާހަގަކޮށް އެކަމުގެ ބަދަލެއްގެ ގޮތުން ދިނުމަށް އެއްބަސްވެވިފައިވާ
ފައިސާއެއްކަން އަޙުމަދު ޢާރިފާއި، މުޙައްމަދު ވަޙީދުގެ އިތުރުން ހެކިން ސޮއިކޮށްފައިވާ ލިޔުމުން އެނގެން
އޮތުމުން، އަޙުމަދު ޢާރިފާއި، މުޙައްމަދު ވަޙީދުއާ ދެމީހުން ޢަބުދުﷲ އާރިފަށް ދިނުމަށް އެއްބަސްވެފައިވާ
ފައިސާއަކީ އެދެފަރާތުން ވެފައިވާ ވަޢުދެއްގެ މައްޗަށް ބިނާވެފައިވާ ޙައްޤެއް ނޫންކަމާއި، އެއީ ޢަބުދުﷲ ޢާރިފްގެ
ފަރާތުން އެފަރާތަށް ލިބިފައިވާ ޚިދުމަތެއްގެ ބަދަލުގައި ދިނުމަށް އެއްބަސްވެވިފައިވާ އުޖޫރައެއްކަން ރަނގަޅަށް
އެނގެން އޮންނަ އޮތުމެވެ.
(ނ.) ތިންވަނަކަމަކީ ޢަބުދުﷲ ޢާރިފްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ ލިޔުމަށް ބަލާއިރު،
އެޕޯލޯ އެންޓަޕްރައިޒްސްއާއި، މޯވޭ ކޮންސްޓްރަކްޝަނާއި މިދެކުންފުންޏަށް ވިޔަފާރީގެ މުޢާމަލާތްތަކާއި، ތަފާތު
ކޮންޓްރެކްޓްތައް ހަދައިދީ އަދި އެކަމުގައި ޢަބުދުﷲ ޢާރިފްގެ ފަރާތުން އެދެކުންފުންޏަށް ލިބިފައިވާ
އެއްބާރުލުމާއި، ބައިވެރިވުން ފާހަގަކޮށް އޭގެ ބަދަލެއްގެ ގޮތުގައި ފައިސާ ދިނުމަށް އެއްބަސްވެވިފައިވާ
ގޮތުގެމައްޗަށް ބަލާއިރު، މުޙައްމަދު ވަޙީދާއި، އަޙުމަދު ޢާރިފްއާ ދެމީހުން ސޮއިކޮށްފައިވާ ލިޔުމުގައި
ސޮއިކުރިއިރު، ނުނިމި ހިނގަހިނގާހުރި ޕްރޮޖެކްޓްތަކާއި ގުޅިގެންވެސް ޢަބުދުﷲ ޢާރިފަށް ފައިސާ ދިނުމަށް
އެއްބަސް ވެވިފައިވާކަން ފާހަގަ ކުރެވިފައިވާއިރު، ނުނިމިހުރި ޕްރޮޖެކްޓްތަކަށް ފައިސާ ދިނުމަށް އެއްބަސް
ވެވިފައިވަނީ ކޮންމެ ޕްރޮޖެކްޓެއްވެސް ނިމުމުން އެޕްރޮޖެކްޓަކަށް ވެފައިވާ ފައިދާއާއި ގެއްލުމުގެ މައްޗަށް
ރިޢާޔަތް ކޮށްގެންކަމަށް އެލިޔުމުގައި ބުނެފައިވާކަން ފާހަގަ ކުރެވިފައި
OOXO
02 ހ%4
4
އއނއތު39"
(.) ހަތަރުވަނަކަމަކީ އެޕޯލޯ އެންޓަރޕްރައިޒަސްއާއި، މޯރވޭ ކޮންސްޓްރަކްޝަނާއި މިދެކުންފުންޏަށް
ޢަބުދުﷲ ޢާރިފް މެދުވެރިވެގެން ހޯދާދީފައިވާ ވިޔަފާރި މުޢާމަލާތްތަކާއި، ކޮންޓްރެކްޓްތަކުން އެކުންފުންޏަށް
ފައިދާއާއި ގެއްލުން ލިބިފައިވީނަމަވެސް އެކަމުގައި ޢަބުދުﷲ ޢާރިފްގެ އެއްބާރުލުމާއި، ބައިވެރި ވުމަށްޓަކައި
-/
1,450,000ރ. ޢަބުދުﷲ އާރިފަށް ދިނުމަށް އެއްބަސްވެވިފައިވާ ކަމާއި، އަދި އެފައިސާއަކީ އަޙުމަދު
ޢާރިފާއި، މުޙައްމަދު ވަޙީދުއާ ދެމީހުން 20 ސެޕްޓެމްބަރ 2006 ގައި ހެކިންގެ ޙާޟިރުގައި ލިޔެ
ސޮއިކޮށްފައިވާ ލިޔުމުގެ ދެވަނަ ޕެރެގްރާފްގައި ބުނެފައިވާ ނުނިމިހުރި ޕްރޮޖެކްޓްތަކާއި ގުޅިގެން ދޭންޖެހޭ
ފައިސާއެއް ނޫންކަން އެލިޔުމުން ރަނގަޅަށް އެނގެން އޮންނާތީ، އެލިޔުން ލިޔުނުއިރު އެޕޯލޯ އެންޓަރ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/31
ޕާރޓް
ޕްރައިޒަސްއާއި، މޯރވޭ ކޮންސްޓްރަކްޝަންގެ ފަރާތުން ހިންގަމުންދިޔަ އަދި އެހާތަނަށް ނިމިފައިނުވާ
ރޮޖެކްޓްތަކާއި ގުޅިގެން ޢަބުދުﷲ އާރިފަށް ދިނުމަށް އެލިޔުމުގައި އެއްބަސް ވެވިފައިވާ ފައިސާ ދިނުމުގައި
އެޕްރޮޖެކްޓްތަކުން އެދެކުންފުންޏަށް ލިބޭ ފައިދާއާއި، ގެއްލުމަށް ރިޢާޔަތް ކުރަންޖެހުނު ކަމުގައިވިޔަސް އިސްވެ
ބުނެވުނު އެއްބަސްވުމުގެދަށުން ޢަބުދުﷲ އާރިފަށް ދޭންޖެހޭ -/
1,450,000ރ. ލިބިދިނުމުގައި ބަލަންޖެހޭ
އިތުރު އެހެންކަމެއް ނެތްކަން ރަނގަޅަށް އެނގެން އޮންނައޮތުމެވެ. މިކަންކަން މިހެންހުރުމާއި އެކު މަދަނީކޯޓުގެ
ނަންބަރު 2007/MC/47 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތް ނުވާކަމަށްބުނެ،
އަޙުމަދު ޢާރިފްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަކީ ޝަރުއީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ހަމަޖެހޭ
އަސާސެއްގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކަށް ނުވާތީ، މަދަނީކޯޓުގެ ނަންބަރު 2007/MC/47
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަށް ޖެހޭނޭފަދަ ސަބަބެއް އޮތްކަމަކަށްވެސް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
|
އަވެ
މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތްވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤް
ވެވުނުހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]