ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/333 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/333
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 333/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ އާދަ
އައިޑީ ކާޑު ނަންބަރު: A052506
ދާއިމީ އެޑްރެސް: ފ.އައިނާ އެޑަމްސް މާލެ
މިހާރުގެ އެޑްރެސް: ފ.އައިނާ އެޑަމްސްމާލެ
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މިހާރުގެ އެޑްރެސް: މއ. ލޮޓަސް/ މާލެ
އެޑްރެސް: މިއ. ލޮޓަސް{ މާލެ
ރަޖިސްޓްރީ ނަންބަރު: 608
/
2009-C
ނިމުނު ތާރީޚް: 01 ނޮވެންބަރު 2016
OCX
ހުށަހެޅުނު ތާރީޚް: 17 ޑިސެންބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/1833
ނިންމެވި ކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: އެއްބަސްވުމާ ޚިލާފުވުން.
ހުށަހެޅުނުތާރީޚް: 11-09-2011
ނިމުނު ތާރީޚް: 02-07-2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
RE
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/333
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1833 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ގ.އައިނާއެޑަމްސް މާލެ، ޢަލީ އާދަމްގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ.
0
COC
ފާހަގަކުރެވުނު ނުކުތާތައް:
01- އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1833 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ ފޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އައިނާއެޑަމްސްގެ ފުރަތަމަ ފްލޯގެ އުތުރު އެޕާޓްމަންޓް ކުއްޔަށް ހިފުމަށް 26 އޯގަސްޓް 2009 ގައި
ޢިމާރާތުގެ ވެރިފަރާތް ކަމުގައިވާ ޢަލީ ޢާދަމް އާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަލީ އާދަމް
ޢަމަލު ނުކުރުމުގެ ސަބަބުން ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުން ވަމުންދާ މައްސަލަތައް (ވަކި
ކަރަންޓެއް ގެސްޓްހައުސް ހިންގާ އެޕާރޓްމަންޓަށް ލާދިނުމަށާއި، ފެށުނީއްސުރެ އެޕާރޓްމަންޓްގެ ހުޅަނގު
އުތުރު ކޮޓަރިއަށް ޢިމާރާތުގެ މަތީ ބައިގެ ފާޚަނާއަކުން ފައިބާ ނަޖިސް ފެނުގެ މައްސަލަ ޙައްލުކޮށްދިނުމަށާއި،
މިހާތަނަށް އެކަންކަމުންވީ ގެއްލުމުގެ ޙައްޤު ބަދަލު ހޯދުމަށާއި، އެޕާރޓްމަންޓަށް ވަކި ކަރަންޓެއް ލައިދިނުން
އެއީ ޢިމާރާތުގެ ވެރިފަރާތަށް، އެއްބަސްވުމުގެ 8 ވަނަ މާއްދާއިން ލާޒިމްކުރާ ކަމެއްކަމުގައިވާތީ، ފޯވޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޕާރޓްމަންޓަށް ވަކިކަރަންޓް ލުމަށް ހިނގާ ޚަރަދު އެމަހެއްގެ
ކުލީގެ ތެރެއިން ކެނޑުމަށް ޢަލީ އާދަމް އެއްބަސްވެފައިވާ ގޮތުގެ މަތިން ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ކުރި ޚަރަދަކީ އޯގަސްޓް 2011 ގެ ކުލީގެ ތެރެއިން ދެއްކިފައިވާ ބައެއްކަމުގައިވީ ހިނދު، އެފައިސާ
ކަނޑާ ކުލީގެ ތެރެއިން ބާކީ ފައިސާ ޢަލީ އާދަމް އާއި ޙަވާލުކުރުމަށް ފުރުޞަތު ނުދީ، ކުލި ދެއްކުމަށް
އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުން ބާޠިލްވީކަމުގައި ޢަލީ އާދަމް
އެހިރާއްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/333
އއ 43ށް
އއ 43ށް
ބުނިނަމަވެސް، އެއްބަސް
ބަސްވުމުގެ 11 ވަނަ މާއްދާއާއި އިމާރާތުގެ ވެރިފަރާތުން ޢަމަލުކޮށްފައިނުވާތީ
އާއެކު އެއްބަސްވުން ބާޠިލްވެއްޖެކަމަށް ޢަލީ އާދަމް ބުނާ ބުނުން އެއީ ޞައްޙަ ބުނުމެއް ނޫން ކަމުގައި
ކަނޑައަޅައިދިނުމަށާއި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަށް ދެފަރާތުންމެ އިޙްތިރާމްކޮށް ޢަމަލުކުރަންޖެހޭ
ހިނދު އިމާރާތުގެ ވެރިފަރާތުން ކުލީގެ ބާކީ ބަޔާއި ޙަވާލުވެ، ދެފަރާތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް
ޢަމަލުކުރުމަށް ޢަލީ އާދަމްގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދި ފޯވޭ މޯލްޑިވަސް ޕްރައިވެޓް ލިމިޓެޑްއިން
ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި؛
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ”ދެންފަހެ، ފޯވޭ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ގ.އައިނާ އެޑަމްސްގެ ފުރަތަމަ ފްލޯގެ އުތުރު އެޕާރޓްމަންޓް ކުއްޔަށް ހިފުމަށް 26
އޯގަސްޓް 2009 ގައި ޢިމާރާތުގެ ވެރިފަރާތް ކަމުގައިވާ ޢަލީ އާދަމް އާއި ދެމެދު ވެފައިވާ އެއްބަސްވުމާ
ޢަލީ އާދަމް ޢަމަލު ނުކުރުމުގެ ސަބަބުން ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުން ވަމުންދާ
މައްސަލަތައް (ވަކި ކަރަންޓެއް ގެސްޓްހައުސް ހިންގާއެޕާރޓްމަންޓަށް ދިނުމަށާއި، ފެށުނީއްސުރެ
އެޕާރޓްމަންޓްގެ ހުޅަނގު އުތުރު ކޮޓަރިއަށް ޢިމާރާތުގެ މަތީ ބައިގެ ފާޚާނާއަކުން ފައިބާ ނަޖިސް ފެނުގެ
މައްސަލަ) ޙައްލުކޮށްދިނުމަށާއި، މިހާތަނަށް އެކަންކަމުންވީ ގެއްލުމުގެ ޙައްޤު ބަދަލު ހޯދުމަށާއި،
އެޕާރޓްމަންޓަށް ވަކި ކަރަންޓެއް ލައިދިނުން އެއީ ޢިމާރާތުގެ ވެރިފަރާތަށް، އެއްބަސްވުމުގެ 8 ވަނަ މާއްދާއިން
ލާޒިމްކުރާ ކަމެއްކަމުގައިވާތީ، ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޕާރޓްމަންޓަށް ވަކިކަރަންޓް
ލުމަށް ހިނގާ ޚަރަދު އެމަހެއްގެ ކުލީގެ ތެރެއިން ކެނޑުމަށް ޢަލީ އާދަމް އެއްބަސްވެފައިވާ ގޮތުގެ މަތިން ފޯވޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި ޚަރަދަކީ އޯގަސްޓް 2011 ގެ ކުލީގެ ތެރެއިން ދެއްކިފައިވާ
ބައެއްކަމުގައިވީ ހިނދު އެފައިސާ ކަނޑާ ކުލީގެ ތެރެއިން ބާކީ ފައިސާ ޢަލީ އާދަމް އާއި ޙަވާލުކުރުމަށް
ފުރުޞަތު ނުދީ، ކުލި ދެއްކުމަށް އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
އެއްބަސްވުން ބާޠިލްވީކަމުގައި ޢަލީ އާދަމް ބުނިނަމަވެސް، އެއްބަސްވުމުގެ 11 ވަނަ މާއްދާއާއި އެއްގޮތަށް
8
48
ގޮތުގެ މަތީން
ދިވެހިރާއްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/333
އިމާރާތުގެ ވެރިފަރާތުން ޢަމަލުކޮށްފައިނުވާތީ އާއި އެކު އެއްބަސްވުން ބާޠިލްވެއްޖެކަމަށް ޢަލީ އާދަމް ބުނާ
ބުނުން އެއީ ޞައްޙަ ބުނުމެއް ނޫން ކަމުގައި ކަނޑައަޅައިދިނުމަށާއި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަށް
ދެފަރާތުންމެ އިހްތިރާމްކޮށް ޢަމަލުކުރަންޖެހޭ ހިނދު އިމާރާތުގެ ވެރިފަރާތުން ކުލީގެ ބާކީ ބަޔާއި ޙަވާލުވެ،
ދެފަރާތުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް ޢަލީ އާދަމްގެ މައްޗަށް ކަނޑައަޅައިދެއްވުން އެދި
ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މި ދަޢުވާއަށް ބެލިއިރު،
އައިނާއެޑަމްސް ޢަލީ އާދަމް އާއި ފޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު
ގ.އައިނާއެޑަމްސް ކިޔުނު ގޯތީގެ، ފުރަތަމަ ބުރީގައި ހެދިފައިވާ 06 (ހައެއް) ކޮޓަރީގެ އެޕާރޓްމަންޓް ކުއްޔަށް
ހިފުމާއި ބެހޭ ގޮތުން ދެފަރާތް ދެމެދު 1 ސެޕްޓެމްބަރ 2009 ގައި އެއްބަސްވުމެއް ވެފައިވާކަމާއި،
އެއްބަސްވުމުގައި މަހު ކުއްޔަކީ -/20000ރ. (ވިހިހާސް ރުފިޔާ) ކަމަށާއި މިކުލި ކޮންމެ މީލާދީ މަހެއްގެ 7
ވަނަ ދުވަހުގެ ކުރިން ޢިމާރާތުގެ ވެރިފަރާތަށް ދައްކަންޖެހޭނެކަމަށާއި، މިމުއްދަތުގެ ތެރޭގައި ކުލި
ނުދެއްކިއްޖެނަމަ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް -/100 ރ. (ސަތޭކަ ރުފިޔާ)ގެ ޖޫރިމަނާއެއް
ދައްކަންޖެހޭނެކަމަށާއި ކުލި ނުދައްކާތާ 30 ދުވަސް ވެއްޖެނަމަ، އެއްވެސް ޝަރުތަކާއިނުލާ ޢިމާރާތުގެ
ވެރިފަރާތަށް ތަން ޙަވާލުކުރަންޖެހޭނެކަމަށް ބަޔާން ކޮށްފައި ވާކަމާއި، އެޕާރޓްމަންޓް ކުއްޔަށް ދޫކުރާއިރު
މަރާމާތުކުރުމަށް ޚަރަދުވާ ފައިސާގެ ޢަދަދުކަމަށްވާ -/
30,000ރ. (ތިރީސް ހާސް ރުފިޔާ)
ޚަލާސްކުރުމުގެ ގޮތުން ކޮންމެ މީލާދީ މަހަކު މިހާރުގެ ކުލިކަމަށްވާ -/20,000ރ. (ވިހި ހާސް ރުފިޔާ) އިން
ކޮންމެ މަހަކު -/
1,000ރ. (އެއްހާސް ރުފިޔާ) އުނިކުރެވޭނެކަމަށާއި، ކުލީގެ ގޮތުގައި މިދެންނެވުނު، ފައިސާ
ޚަލާސްވަންދެން، ދައްކަންޖެހޭނީ -/
19,000ރ. (ނަވާރަހާސް ރުފިޔާ) ކަމަށް އެގްރީމެންޓްގައި
ބަޔާންކޮށްފައިވާކަމާއި،
ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސެޕްޓެމްބަރ 2011 ގައި ކުލި ދައްކަން
އައިސްފައިވަނީ، އެ ތާރީޚާއި ހަމައަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާ ގޮތަކަށް ނޫންކަމަށާއި،
42
R
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ގދ ޏ ސ ޑ ވސް
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A333
ކުލި ނުދައްކައި ފާއިތުވެގެން ގޮސްފައިވާ 27 ދުވަހުގެ ޖޫރިމަނާއަށް ޖެހޭ -/
2,700ރ. (ދެހާސް ހަތް
ސަތޭކަރުފިޔާ) ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 03 ސެޕްޓެމްބަރ 2011 ގައި ކުލި ދައްކަން
އައިއިރު ގެނެސްފައި ނުވާކަމަށް، ބުނެފައި ވީނަމަވެސް ކުއްޔަށް ދިން ޢަލީ އާދަމަށް ކުއްޔަށްހިފި ފަރާތުން ކުލި
ދައްކަން ދިޔަ ގަޑީގައި ކުލީގެ ގޮތުގައި ގެންދިޔަ ފައިސާގެ މިންވަރާމެދު އެއްވެސް ސުވާލެއްކޮށްފައި ނުވާކަން
ކުލި ހިފައިގެންދިޔަ ފަރާތުގެ ބަހުންނާއި ހެކިންގެ ހެކިބަހުންނާއި، މިޤަޟިއްޔާ އާއި އެކީ ހުށަހެޅުނު ވަގުތީ
އަމުރާއި ގުޅިގެން ކުއްޔަށް ހިފާ ފަރާތުން ދިން ޖަވާބުންނާއި، 7 ސެޕްޓެމްބަރ 2011 ގައި ކުއްޔަށްދިން
ފަރާތުން ކުއްޔަށްހިފި ފަރާތަށް ފޮނުވާފައިވާ ސިޓީއިން އެނގޭކަމާއި،
ކުއްޔަށްދިން ޢަލީ އާދަމް އާއި ފޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ގ.އައިނާއެޑަމްސް
ކިޔުނު ގޯތީގެ، ފުރަތަމަ ބުރީގައި ހެދިފައިވާ 6 (ހައެއް) ކޮޓަރީގެ އެޕާރޓްމަންޓްގެ 2011 އޯގަސްޓް މަހުގެ
ކުލި ދައްކަންޖެހޭ ދުވަސްކަމުގައިވާ 7 އޯގަސްޓް 2011 ގެ އިތުރަށް 30 ދުވަސް ހަމަވެފައިވާކަމަށް ބުނެ 15
ދުވަހުގެ ނޯޓިސްއެއް 8 ސެޕްޓެމްބަރ 2011 ގައި ޢަލީ އާދަމް ދީފައިވަނީ ފޯވޭ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން 7 ސެޕްޓެމްބަރ 2011 ގައި ސިވިލްކޯޓަށް ހިނގަމުންމިދާ މިޤަޟިއްޔާ ހުށަހަޅައި، ސިވިލްކޯޓުން
މައްސަލަ ބަލައިގަތް ފަހުން ކަންއެނގޭތީ، 8 ސެޕްޓެމްބަރ 2011 ގައި ޢަލީ އާދަމް، ފޯވޭ މޯލްޑިވްސް
ސެޕްޓެމްބަރު 2011 ގައި އެގްރީމެންޓާއި މެދު ގޮތެއް ކަނޑައަޅައިދިނުމަށް ފޯވޭ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު ގ. އައިނާއެޑަމްސް ކިޔުނު ގޯތީގެ، ފުރަތަމަ ބުރީގައި ހެދިފައިވާ 6 (ހައެއް) ކޮޓަރީގެ
އެޕާރޓްމަންޓް ކުއްޔަށް ހިފުމާއި ބެހޭގޮތުން ދެފަރާތްދެމެދު 1 ސެޕްޓެމްބަރ 2009 ގައި އެއްބަސްވުމާއި
ކުއްޔަށްދިން ޢަލީ އާދަމް ޚިލާފްވެފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދެފަރާތުގެ ބަހުން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅައި،
* ހ
ދޫ
ދ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/333
ޢަލީ އާދަމް އާއި ފޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ގ. އައިނާއެޑަމްސް ކިޔުނު
ގޯތީގެ، ފުރަތަމަ ބުރީގައި ހެދިފައިވާ 06 (ހައެއް) ކޮޓަރީގެ އެޕާރޓްމަންޓްކުއްޔަށް ހިފުމާއި ބެހޭ ގޮތުން
ދެފަރާތްދެމެދު 1 ސެޕްޓެމްބަރ 2009 ގައި އެއްބަސްވުން ބާޠިލްވެއްޖެކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް
ކަނޑައަޅައި، އެއްބަސްވުމުގެ އެންމެހާ މާއްދާތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ޢަލީ އާދަމަށް އަންގައި،
ދެންނެވުނު އެއްބަސްވުމާއި ކުއްޔަށްދިން ޢަލީ އާދަމް ޚިލާފްވުމުގެ ސަބަބުން ކުއްޔަށް ހިފި ފޯވޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލަކީ ކުއްޔަށް ދިން ޢަލީ އާދަމް ދޭންޖެހޭ
ބަދަލެއްކަމަށާއި، އެބަދަލު ހޯދުމަށް ވަކި ޤަޟިއްޔާއަކުން މައްސަލަ ހުށަހެޅުމުން އެބަދަލު ނަގައިދެވޭނެކަ
ކަނޑައަޅައި، ޙުކުމްކުރައްވާފައިވާކަން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1833
ޤަޟިއްޔާގައި ޙުކުމްކުރެ ގުޅިގެން ގ.އައިނާއެޑަމްސް ޢަލީ އާދަމް ގެ ފަރާތުން އަންނަނިވި
ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
ޑ އގ ދދވ
ވިންސްކޮށް
.ކުރެއެވެ2
ން ކުeeއ
• ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
ގައިވާގޮތުގެ މަތީން ދިވެހިރާއްޖޭގައި ހިނގާ އެންމެހާ ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު،
ކަމަށްވެފައި، ޤާނޫނު ނަންބަރު:14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
ގައިވާ ގޮތުގެ މަތިން، ފަނޑިޔާރުން މައްސަލަ ބެލުމުގައި މައްސަލައިގައި ޢަލީ އާދަމްގެ ފަރާތުން
ހުށަހަޅާފައިވާ ހެއްކާ ޤަރީނާއަށް ރިޢާޔަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ޢަލީ
އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދައްކާފައިވާ ވާހަކަތަކަށް އަދި 3 ސެޕްޓެމްބަރ 2011 ވަނަ
ދުވަހު ކުލީގެ ފައިސާ ހަވާލު ކުރަން ފޯވޭ މޯލްޑިވްސްއިން ފޮނުވި ފަރާތުން ވަޑައިންނެވިއިރު، ފައިސާ
ގެނެސްފައިވަނީ ޑޭޓް" ކޮށްކަމަށް ފޯވޭ މޯލްޑިވްސްއިން ވެފައިވާ އިޢުތިރާފަށް ސިވިލް ކޯޓުން ރިޢާޔަތް
ކޮށްފައިނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/333
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 132/HC-A/2011 ގެ
ފާހަގަކުރެވުނު ނުކުތާގެ 3 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލަށް ޙަވާލާދީ، މި
އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ހިމެނޭ ކުރީގެ އެއްބަސްވުމުގައިވާ ގޮތުގައި މަހުންމަހަށް ކުލި
ދައްކަންޖެހޭ ހިނދު، ކުލި ދައްކަންޖެހޭ ކޮންމެ ތާރީޚެއްގައި ކުލި ނުދައްކާ ކޮންމެ ފަހަރަކީ ފޯވޭ މޯލްޑިވްސް
އިން އެއްބަސްވުމާތަކުރާރުކޮށް ޚިލާފުވާ ވުމެއްކަމަށް ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭކަމަށް ޢަލީ އާދަމްގެ
ފަރާތުން ސިވިލް ކޯޓުގައި ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 132/HC
-
A/2011
ގެ ފާހަގަކުރެވުނު ނުކުތާގެ 3 ވަނަ ނަންބަރުގެ (ނ) މި ޤަޟިއްޔާއަށް ތަޠުބީޤު ކުރެވެން ނެތްކަމަށް ސިވިލް
ކޯޓުން ނިންމަވާފައިވަނީ ޤާނޫނީ އުޞޫލާއި ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ
މާއްދާއާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
492 ދިޗ
އނކ 00ކ
03- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1833 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަލީ އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ގުޅިގެން ދެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު،
މިމައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު މި މައްސަލައަކީ ކ.އައިނާއެޑަމްސް
ޢަލީ އާދަމް އާއި ފޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ގ.އައިނާއެޑަމްސް އެވެކިޔާ ގޯތީގެ ފުރަތަމަ
ފަންގިފިލާގައި ހަދާފައިވާ 06 ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށް ހިފުމާބެހޭ ގޮތުން 01 ސެޕްޓެމްބަރު 2009
ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިމާރާތުގެ ވެރިފަރާތްކަމުގައިވާ ޢަލީ އާދަމް ޢަމަލު ނުކުރުމުގެ ސަބަބުން
ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުންވަމުންދާ މައްސަލަތައް (ވަކި ކަރަންޓެއް ގެސްޓްހައުސް
ހިންގާއެޕާރޓްމަންޓަށް ލާދިނުމަށާއި، ފެށުނީއްސުރެ އެޕާޓްމަންޓްގެ ހުޅަނގު އުތުރު ކޮޓަރިއަށް ޢިމާރާތުގެ މަތީ
ބައިގެ ފާޚާނާއަކުން ފައިބާ ނަޖިސް ފެނުގެ މައްސަލަ) ޙައްލުކޮށްދިނުމަށާއި، އޯގަސްޓް 2011 ގެ ކުލި، ކުލި
ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާކަމަށްބުނެ ޢަލީ އާދަމްގެ ފަރާތުން އެއްބަސްވުން ބާޠިލްވެފައިވާ
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/333
އެއްބަސް
ކަމަށްބުނާތީ، ބަސްވުން ބާޠިލް ނުވާކަމަށާއި، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ޢަލީ އާދަމްގެ
މައްޗަށް އަމުރުކޮށްދިނުމަށް އެދި ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ
މައްސަލައެއްކަން އެނގެން އޮންނަކަމާއި،
ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެޕާޓްމަންޓްގެ މަހު ކުއްޔަކީ -/20,000 ރ.
(ވިހިހާސް ރުފިޔާ) ކަމާއި މި ކުލި ކޮންމެ މީލާދީ މަހެއް 07 (ހަތެއް) ވަނަ ދުވަހުގެ ކުރިން ޢިމާރާތުގެ
ވެރިފަރާތަށް ދައްކަންޖެހޭނެކަމާއި، އެ މުއްދަތުގެ ތެރޭގައި ކުލި ނުދައްކައިފިނަމަ އިތުރަށް ހިނގާ ކޮންމެ
ދުވަހަކަށް -/100ރ. (އެއްސަތޭކަ ރުފިޔާ) ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެކަމާއި ކުލި ނުދައްކާތާ 30
(ތިރީސް) ދުވަސް ފާއިތުވެއްޖެނަމަ، އެއްވެސް ޝަރުތަކާ ނުލައި ޢިމާރާތުގެ ވެރިފަރާތަށް ތަން
ޙަވާލުކުރަންޖެހޭނެކަމާއި، އެޕާޓްމަންޓް ކުއްޔަށް ދޫކުރާއިރު ޢިމާރާތް މަރާމާތުކުރުމަށް ޚަރަދުވާ ފައިސާގެ
ޢަދަދުކަމަށްވާ -/
30,000ރ. (ތިރީސްހާސް ރުފިޔާ) ޚަލާޞްކުރުމުގެ ގޮތުން ކޮންމެ މީލާދީ މަހަކު
އެޕާޓްމަންޓްގެ އަސްލު ކުލަކަމަށްވާ -/20,000ރ. (ވިހިހާސް ރުފިޔާ) އިން ކޮންމެ މަހަކު -/1,000ރ.
(އެއްހާސް ރުފިޔާ) އުނިކުރެވޭނެކަމާއި،
ކަމުން އެ ފައިސާ ދައްކާ ޚަލާސްކުރެވެންދެން ކުލީގެ ގޮތުގައި މަހަކު ދައްކަންޖެހޭނީ
-/
19,000ރ. (ނަވާރަހާސް ރުފިޔާ) ކަމަށް އެގްރީމެންޓްގައި ބަޔާންކޮށްފައިވާކަމާއި، އެގްރީމެންޓްގެ 8 ވަނަ
މާއްދާގައި ކުއްޔަށްހިފާ އެޕާޓްމަންޓްގައި ބޭނުންކުރާ ކަރަންޓް، ފެން، ޓެލެފޯން ފަދަ އަސާސީ ޚިދުމަތްތަކަށް
ނުންކުރާ މީޓަރ އަދި މިނޫންވެސް ތަކެތި ހުންނަންޖެހޭނީ، ޢިމާރާތުގެ އެހެން ފަންގިފިލާ ތަކާއި ވަކިން
ކަމާއި، އަދި އެކަމަށް ބޭނުންވާ އަސާސީ ހުރިހާކަމެއް ހަމަޖައްސައިދިނުމަކީ ކުއްޔަށްދޭ ފަރާތުން ކުރަންޖެހޭ
ކަމެއްކަމާއި، އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އުޅޭ މުއްދަތުގެ ތެރޭގައި ކަރަންޓް، ފެން، ފާޚާނާއަށް ދިމާވާ
މައްސަލަތައް ޙައްލުކުރާނީ ކުއްޔަށްދިނުފަރާތާއި ކުއްޔަށް ހިފިފަރާތް ގުޅިގެންކަމަށް ބަޔާންކޮށްފައިވާކަން
ޑ ޑ ވ މޅ ދ
އފހނ ހ2ނ
UCO
އެނގެން އޮވެއެވެ.
4 6 8 2
(ނ) ފޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމާ ޚިލާފްވެފައިވާކަމަށް ޢަލީ
އާދަމްގެ ފަރާތުން ބުނެފައިވާ ސަބަބަކީ، 2011 އޯގަސްޓް މަހުގެ ކުލި، ކުލި ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި
ދައްކާފައިނުވާތީ އާއި އެއްބަސްވުމުގައިވާ ގޮތުން ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދައްކައި އިތުރަށް
R
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/333
OX OC
ހިނގާ ކޮންމެ ދުވަހަކަށް -/100ރ. (އެއްސަތޭކަ ރުފިޔާ) ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެ ކަމަށް
ބުނެފައިވީނަމަވެސް އެހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ގެނެސްފައިނުވާތީކަމާއި، 2011
އޯގަސްޓް މަހުގެ ކުލިދައްކަން ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން އައިސްފައިވަނީ 03 ސެޕްޓެމްބަރ
2011 ގައި ކަމާއި އެދުވަހު ކުލި ދައްކަން އައިއިރު ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުލީގެ
ގޮތުގައި ދައްކަންޖެހޭ ފައިސާއަށްވުރެ މަދު ޢަދަދެއްގެ ފައިސާ ގެނެސްފައިވާތީ ކަން ޢަލީ އާދަމްގެ ފަރާތުން
ދައްކާފައިވާ ވާހަކަ ތަކުން އެނގެން އޮންނަކަމާއި؛
މިމައްސަލައާ ގުޅިގެން ހެކިބަސް ދީފައިވާ ފަރާތްތަކުގެ ހެކިބަހަށް ބަލާއިރު، 03 ސެޕްޓެމްބަރު
2011 ގައި ފޯވޭ މޯލްޑިވްސްގެ ފަރާތުން ކުލި ދައްކަން ދިޔަ ހ. ހާވިލާ، ޢަބްދުﷲ ރިޝްވާން 18 މާރޗް
2014 ގައި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި ގ.އައިނާއެޑަމްސް ފުރަތަމަ
ފަންގިފިލާގެ 2011 އޯގަސްޓް މަހުގެ ކުލި ޙަވާލުކުރަންދިޔައިރު އެފަރާތުން ޖޫރިމަނާ ފައިސާއާއި ކުލި އެއްކޮށް
ދެއްކޭވަރަށް ފައިސާ ގެންދިޔަކަމާއި، ސީދާ އަދަދު ބުނެދޭން ނޭގެނީ އަތުގައި އެއަށްވުރެ ވެސް ގިނައިން
ފައިސާ ހުރީމަކަމަށް ބުނެފައިވާކަމާއި؟
މީގެ އިތުރުން ކުލިދައްކަން ދިޔައިރު ތިބި ހެކިންގެ ތެރެއިން އޮޅުގިރި އަޙްމަދު ޝިޔާމްގެ
ހެކިބަހުގައި 03 ސެޕްޓެމްބަރު 2011 ގެ ރޭގަނޑު 20:30 އާއި 21:30 އާ ދެމެދުގައި ކުލި ދައްކަން
ދިޔަކަމަށާއި، ނަމަވެސް އެގްރީމެންޓް އެއޮތީ ބާޠިލްވެފައިކަމަށްބުނެ ޢަލީ އާދަމް ކުއްޔާއި
ޙަވާލުވެފައިނުވާކަމަށާއި، ކުލީގެ ގޮތުގައި ގެންދިޔަ ފައިސާ ނުދެކޭ ކަމަށާއި ނަމަވެސް ޢަބްދުﷲ ރިޝްވާން
ގެންދިޔަ ސްލިޕެއް ފެނުނުކަމަށް ބުނެފައިވާކަމާއިގެ
އައިރިސް، އަޙްމަދު ފައިސަލް ދީފައިވާ ބަޔާންގައި 2011 އޯގަސްޓް މަހުގެ ކުލި ދެއްކުމަށް
ދިޔަކަމަށާއި، ދިޔަ ތާރީޚް ސީދާ ހަނދާނެއްނެތްކަމަށާއި، ނަމަވެސް އެއީ މަހެއްގެ ކުރީކޮޅު 03 ނުވަތަ 04
ވަނަ ދުވަހު ކަމަށާއި، ކުލި ދެއްކުމަށް ގެންދިޔަ ފައިސާއެއް ނުދެވޭކަމަށާއި ނަމަވެސް ކުލި ދެއްކުމަށް ގެންދިޔަ
ސްލިޕެއް ފެނިފައިވާކަމަށާއި، ޢަލީ އާދަމް ކުއްޔާއި ޙަވާލުވުމަށް ދެކޮޅު ހަދާފައިކަމަށް ބުނެފައިވާކަން އެނގެން
އޮންނައިރު، ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ކުލި ދައްކަން ގެންދިޔަ ޢަދަދާއި ގުޅޭގޮތުން ޢަލީ
އާދަމްގެ ފަރާތުން އެއްވެސް ހެއްކަކާ ސުވާލުކޮށްފައިވާކަން އެނގެން ނެތުމުގެ އިތުރުން، ކުލި ދެއްކުމަށް
.
R
ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/333
3
ވަނަ
)
ގެންދިޔަ ފައިސާ ގުނާ އެ ޢަދަދު ޢަލީ އާދަމްގެ ފަރާތުން ބަލާފައިވެސް ނުވާކަން އެނގެން އޮތުމުން، ފޯވޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުލި ދެއްކުމަށް ފައިސާ ގެންގޮސްފައިވަނީ މަދުންކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 132/HC
-
A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާގެ
ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލަށް ޙަވާލާދީ،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ހިމެނޭ ކުލީގެ އެއްބަސްވުމުގައިވާ ގޮތުގައި މަހުންމަހަށް ކުލި
ދައްކަންޖެހޭ ހިނދު، ކުލި ދައްކަންޖެހޭ ކޮންމެ ތާރީޚެއްގައި ކުލި ނުދައްކާ ކޮންމެ ފަހަރަކީ ފޯވޭ މޯލްޑިވްސް
އިން އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވާ ވުމެއްކަމަށް ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭކަމަށް ސިވިލް
ކޯޓުގައި ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 132/HC-A/2011 ޤަޟިއްޔާ ގެ ފާހަގަކުރެވުނު
ނުކުތާގެ 3 ވަނަ ނަންބަރުގެ (ނ) ޤަޟިއްޔާއަށް ތަޠުބީޤު ކުރެވެން ނެތްކަމަށް ސިވިލް ކޯޓުން
ނިންމަވާފައިވަނީ ޤާނޫނީ އުޞޫލާއި ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއާ
ޚިލާފަށް ކަމަށްބުނެ ޢަލީ އާދަމްގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 132/HC
-
A/2011 ޤަޟިއްޔާގެ ފާހަގަ ކުރެވުނު
ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) ގައި، މާރޗް 2009 ގެ ކުރިން ދައްކަން އުޅުނު ފައިސާއާމެދު ޚިޔާލު
ހުރިނަމަވެސް އޭގެ ފަހުން ދައްކަންހުރި ކުލި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ
ގޮތަށް ދައްކަން އޮތް މުއްދަތުގެ ތެރޭގައި، ކުއްޔަށްދިން ފަރާތުން އެ ފައިސާ ބަލައިނުގަންނާނެ ކަމަށް ބުނެ
އެފައިސާ ނުދެއްކުމަކީ، ދެފަރާތުގެ ދެމެދު ވެވުނު އެއްބަސް ވުމުގެ ދަށުން، ޖީޒާ އިސްމާޢިލްގެ އިލްތިޒާމްތަކުން
ޖީޒާ ޢިސްމާޢީލް ބަރީއަވެވޭނެ ސަބަބެއް ނޫންކަމަށް ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފްކުރެވިފައިމިވާ މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު ސިވިލް ކޯޓަށް ހުށަހެޅުނު ހެކިންގެ
ހެކިބަހުން ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަލީ އާދަމްއަށް ފައިސާ ޙަވާލުކުރަން
މަސައްކަތްކޮށްފައިވާކަން އެނގެން އޮންނަކަމާއި، ޢަލީ އާދަމްގެ ފަރާތުން ކުއްޔާ ޙަވާލުނުވެ، އެގްރިމެންޓް
ބާޠިލްކަމަށް ބުނެފައިވާތީއާއި ކުލި ނުދައްކައި 30 ދުވަސް ފާއިތުވެއްޖެނަމަ އެގްރިމެންޓް ބާޠިލްވާނެކަމަށް
ދެފަރާތް ދެމެދުގައި ވެފައިވާ ބަސްވުމުގައި ބަޔާންކޮށްފައިވާތީ، އެ މުއްދަތު ހަމަނުވަނީސް ދެފަރާތް
ދ .4
¢ 2 ތ 8
9
9 ހ
އއސވެ(
RE
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/333
ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން 07 ސެޕްޓެމްބަރ 2011 ގައި މައްސަލަ ސިވިލް
ކޯޓަށް ހުށަހަޅާފައިވާކަން އިސްތިއުނާފްކުރެވިފައިމިވާ މައްސަލައިގެ ސިވިލް ކޯޓުގެ މައްސަލަ ހުށަހަޅާ ފޯމުން
އެނގެން އޮތުމާއެކު، މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ހައިކޯޓުގެ ނަންބަރު
132/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް ކުލި ދައްކަންޖެހޭކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް
ކޯޓުގެ ނަންބަރު 2011/Cv-C/1833 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޢަލީ އާދަމްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބަލައި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެން.
ގެންނަންޖެހޭފަދަ
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
ނެތްކަމަށް މި
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް
ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1833 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލަ ބައްލަވައި އެ
ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ކައި
*
*3
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ