ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/338 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/338
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 338/HC-A/2015
އިސްތިއުނާފު ކުރިފަރާތް:
* ނަން: ފިލިޕް ގަސްޓް
* ޕާސްޕޯޓް ނަންބަރު: F2415423
ah
ދާއިމީ އެޑްރެސް: 53 އުންޓޭރު ވޯރޓް 3600 ތުން، ސްވިޓްޒަލޭންޑް
0
އިސްތިއުނާފް ރައްދުވި ފަރާތްތައް:
* ނަން: ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
: ރަޖިސްޓްރީ ނަންބަރު: C0613
/
1980
ދާއިމީ އެޑްރެސް: މ.ނަރުގިސް ކ.މާލެ
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 ޛުލްޙިއްޖާ 1436
13 އޮކްޓޯބަރު 2015
•ނިމުނު ތާރީޚް: 19 ޝަޢުބާން 1438
މެއި 2017
15
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2015/VTR/7
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 25 ޖަނަވަރީ 2015 • ނިމުނު ތާރީޚް: 18 މެއި 2015
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲދީދީ، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހިލްވީ ރާއްޖޭގެ
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޓެ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/338
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/7 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި
ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމުގައިވާ ފިލިޕް ގަސްޓްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑެވެ.
ގަކުރެވުނު
OXO
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/7 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމުގައިވާ ފިލިޕް ގަސްޓް
(F2415423) 2014 ވަނަ އަހަރު އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޮޔެޖަސް
މޯލްޑިވްސް ޕވޓ ލޓޑގެ ހެޑް އޮފް ޓްރެވަލް އެންޑް ޓްއަރސްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން
ދަނިކޮށް 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ،
އެއްވެސް ބާވަތެއްގެ އިޞްލާޙީ ފިޔަވަޅެއް އެޅުމަކާނުލައި ވަޒީފާއިން ވަކިކުރަންޖެހުނު ސަބަބު
ބަޔާންކޮށްދިނުމަކާ ނުލައިކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައިއެވަނީ ޕްރޮސީޖިއަރަލް ފެއަރނަސް އަދި
ސަބްސްޓޭންޓިވް ފެއަރނަސް ނެތި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ،
އޭނާ ކުރިން އަދާކުރަމުން ދިޔަ ވަޒީފާ އަލުން ހޯދައިދިނުމަށާއި، ވަޒީފާއިން ވަކިކުރިކަމަށް ބުނާ
ތާރީޚުން ފެށިގެން އަލުން އަނބުރާ ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި
ޢިނާޔަތްތައް ހޯދައިދިނުމަށާއި، މިމައްސަލަ ޓަރައިބިއުނަލަށް ހުށަހަޅަން ހޭދަކުރަންޖެހުކީ
ހޭދަކުރަންޖެހުނު 2,000.00
(ދެހާސް އެމެރިކާ ޑޮލަރު) ހޯދައިދިނުމަށް އެދި ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ
ގޮތަށް، 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ފިލިޕް ގަސްޓް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމާއި،
2, ,
ucoc
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: di647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
[015/HC-A/338
އެމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ "ދެންފަހެ، މިމައްސަލައާ
ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި
މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހެކިންގެ ހެކިބަހަށާއި، އަދި ފާހަގަކުރި
ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅި ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމުގައިވާ
ފިލިޕް ގަސްޓް (F2415423) ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި 2014 ވަނަ އަހަރުގެ
އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހެޑް އޮފް ޓްރެވަލް އެންޑް ޓްއަރސް ގެ މަޤާމުގައި
ވަޒީފާ އަދާކުރަމުން ދަނިކޮށް، 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އޭނާ
އަދާކުރަމުންދިޔަ މަޤާމުގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް އިޞްލާޙީ ފިޔަވަޅެއް އެޅުމަކާނުލައި،
ވަޒީފާއިން ވަކިކުރަންޖެހުނު ސަބަބު ބަޔާންކުރުމަކާނުލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ
ޚިލާފަށް ކަމަށްވާތީ، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، އޭނާ ކުރިން
އަދާކުރަމުންދިޔަ މަޤާމުގައި އަލުން ބެހެއްޓުމަށާއި، ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން
އަލުން އަނބުރާ ވަޒީފާ ހަމަޖެހޭ ދުވަހާ ހަމަޔަށް މުސާރައާއި ޢިނާޔަތްތައް ދިނުމަށް އެދި ހުށަހަޅާފައިވާ
މި މައްސަލާގައި، މައްސަލަ ހުށަހެޅި ފިލިޕް ގަސްޓް ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުންޏަށް
ޚިޔާނާތްތެރިވެ، އޭނާ ހިންގަމުންދިޔަ ޚިޔާނާތުގެ ޢަމަލުތައް ފޮރުވުމަށް ކުންފުނީގެ މުވައްޒަފަކަށް
ރިޝްވަތު ދީފައިވާތީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ
ދަށުންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، މިފަދަ ޙާލަތެއް މެދުވެރިވެގެންވެސް މުވައްޒަފަކު
ވަޒީފާއިން ވަކިކުރަންވާނީ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ މައުޟޫޢީ
ޢަދުލުވެރިކަމާއި، އިޖްރާޢީ ޢަދުލުވެރިކަން ޤާއިމްކުރުމަށް ފަހުގައިކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން
މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ މައްސަލަތަކުން އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި ފިލިޕް
ގަސްޓް މައްސަލަ ރައްދުވި ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކުރިކުރިކަމުގައި
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބުރަވެވުނު ނަމަވެސް، އޭނާ ވަޒީފާއިން ވަކިކުރުމުގެ
ކުރިން ޤާއިމްކުރަންޖެހޭ އިޖްރާޢީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމްކޮށްފައިނުވާކަމަށް ބުރަވެވޭ ހިނދުގެ
މައްސަލާގައި މައްސަލަ ހުށަހެޅި ފަރާތް އެދިފައިވާފަދައިން އޭނާއަށް އަލުން އަނބުރާ އެވަޒީފާ
ދިނުމަށް މައްސަލަ ރައްދުވި ފަރާތަށް އަންގަން ބަލާއިރު، އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ
ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުވެ އޮތްއޮތުމަކީ ހަމައެކަނި އެސަބަބަށްޓަކައި އޭނާއަށް
އަނބުރާ ވަޒީފާ ދިނުމަށް މައްސަލަ ރައްދުވި ފަރާތަށް އެންގިދާނެ ހުއްޖަތެއް ނޫންކަމަށާއި،
އަލުން
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3f7i
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/338
އަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް މާލީ ބަދަލެއް
ނަގައިދެވިދާނެކަމަށާއި، މިގޮތުން މައްސަލަ ހުށަހެޅި ފަރާތަށް މާލީ ބަދަލުގެ ގޮތުގައި ފައިސާ
ނަގައިދިނުމަށް ބަލާއިރު، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 02 (ދޭއް) މަސްދުވަހުގެ މުސާރަ
ކަމުގައިވާ މިގޮތުން މައްސަލަ ހުށަހެޅި ފަރާތަށް މާލީ ބަދަލުގެ ގޮތުގައި ފައިސާ ނަގައިދިނުމަށް
10,000.00 (ދިހަހާސް) އެމެރިކާ ޑޮލަރު ދީފައިކަން އެނގެން އޮންނާތީ މާލީ ބަދަލުގެ ގޮތުގައި
އިތުރު ފައިސާއެއް ނަގައިދޭނެ ތަނެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި،
މިމައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ.
¢ ¢
OXoc
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/7 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމުގައިވާ ފިލިޕް ގަސްޓްގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:
ފުރަތަމަ ނުކުތާއަކީ، ފިލިޕް ގަސްޓް ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ އަދުލުވެރިކަން
ފުރިހަމަޔަށް ޤާއިމުނުވެ އޮތްއޮތުމަކީ އޭނާއަށް ވަޒީފާ އަލުން އަނބުރާ ދޭންޖެހޭ ހުއްޖަތެއް ނޫންކަމަށް
ކަނޑައަޅުއްވާފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 168/HC-A/2010 ނަންބަރު ޤަޟިއްޔާގައި
ޑިއު ޕްރޮސެސް އަކީ ޤާއިމްކުރެވިފައި އޮންނަންޖެހޭ ކަމެއް ކަމަށް ޙުކުމްކޮށްފައިވަނިކޮށްކަމަށް ބުނެ
ހުށަހެޅި
ނާކިތެއވެ.
• ދެވަނަ ނުކުތާއަކީ، އެކަށީގެންވާ ހެކި، އަދި އަމުދުން ޑޮކިއުމެންޓަރީ ހެކި ނެތްއިރު،
ފިލިޕް ގަސްޓް ވޮޔެޖަސް އަށް ޚިޔާނާތްތެރިވެފައިވާކަމަށް "އެކަށީގެންވާކަމަށް" ނިންމުން
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފްކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ވޮޔޭޖަސް އިން ފިލިޕް ގަސްޓް ވަޒީފާއިން ވަކިކުރިކަމަށް
ބަޔާންކުރާ ދެވަނަ ސަބަބަކީ 2 (ދޭއް) ފްލައިޓްއެއް ސެޕްޓެމްބަރު 2014 ގައި ޑިލޭވުމުން،
އެޙާދިސާގައި އެކަށީގެންވާ ޕްރޮފެޝަނަލިސަމް ފިލިޕް ގަސްޓްގެ ފަރާތުން ފެނިފައިނެތުން ކަމަށާއި
ނަމަވެސް މިކަންކަމަށް ރައްދުދިނުމުގެ ގޮތުން ފިލިޕް ގަސްޓްގެ ފަރާތުން ދައްކާފައިވާ ފާޒަކުތްކޮށްފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 316/1
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ކަންތައeއ
5
ޝިރުޔާ
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/338
OC
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި އެއްވެސް މިންވަރަކަށް ފާހަގަކޮށްފައެއް ނުވަތަ
ޙަވާލާދީފައެއް ނެތް އިރު، ފިލިޕް ގަސްޓްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްނުކޮށް
މައްސަލަ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފްކަމެއްކަމަށް ބުނެ
ހުށަހެޅި
ތަކތއ.
2¢ ¢ /
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/7 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމުގައިވާ ފިލިޕް ގަސްޓްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
4 22 6 2
ހe Vކރއ)
¢ ¢ ¢ ¢ 3 /
Uހ3ކރއވ.
(ހ) ފުރަތަމަކަމަކީ، ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމުގައިވާ ފިލިޕް ގަސްޓް އަކީ 2014
ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ހެޑް އޮފް ޓްރެވަލް އެންޑް ޓުއަރސްގެ މަޤާމުގައި ވަޒީފާއަދާކުރަމުންދިޔަ މުވައްޒަފެއްކަމާއި،
26 އޮކްޓޯބަރު 2014 ގައި ފިލިޕް ގަސްޓް އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވާކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ
ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން
ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
ބަޔާންވެގެން އޮންނަކަމާއި، ފިލިޕް ގަސްޓް ވަޒީފާއިން ވަކިކޮށްފައިވަނީ ފިލިޕް ގަސްޓްގެ ފަރާތުން
ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޚިޔާނަތްތެރިވާފަދަ ޢަމަލުތަކެއް ފެނި އޭނާ ހިންގަމުން ދިޔަ
ޚިޔާނާތުގެ ޢަމަލުތައް ފޮރުވުމަށް ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފަކަށް ރިޝްވަތު
ދީފައިވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެމާއްދާއަށް ރިޢާޔަތްކޮށްގެންކަމަށް
ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކް+14
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
بسم ام بي
މުނު ގޮތުގެ ޚުލާޞާ
2015/HC-A/338
(ނ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އެމާއްދާއަކީ ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނެ
ބަޔާންކޮށްދޭ މާއްދާކަމާއި، މިގޮތުން ނޯޓިހެއް ދިނުމަކާއި ނުލައި މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ އޭނާގެ
މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު އޭނާ ވަޒީފާގައި އިތުރަށް
ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ
ޙާލަތުގައި ކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން
ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް
ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި
އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް
ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި ވެފައިވާ ޙާލަތުގައިކަން
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު
ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠުބީޤުކުރި
ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، މީގެ
އިތުރުން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ އުސޫލަށާއި، މުޅި އެޤާ
އެޤާނޫނުގެ
ރޫޙަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ ދެ
ޝަރުތު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ އެކަށީގެންވާ ހަމައެއްކަން
ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމުގައި ބަލަންޖެހޭއިރު، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިންވަކިކުރި ކުރުމަކީ
ޢަދުލުވެރިކަމާއެކު ކުރެވޭ ކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ
ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަމަށާއި، ޢާންމު އުސޫލެއްގެ ގޮތުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ
ޢަދުލުވެރިކަން
އާއި
2 /
6x5
2& ;
2¢ ¢3
fairness)
(substantive
އިޖްރާޢީ
ޢަދުލުވެރިކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އޭޔާ މުނު ގޮތުގެ ޚުލާޞާ
2015/HC-A/338
(procedural fairness) ޤާއިމުކުރުމަށް ފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
208/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
و موقع
3 ފ 8 ދ 8 ·
އެޒަފެއްގެ
(ނ) ތިންވަނަކަމަކީ، މުވައްޒަފަކު ވަޒީފާގައި އިތުރަށް އެޓުމުން ވަޒީފާދޭ ފަރާތަށް
ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަ
މަސައްކަތުގެ އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭފަރާތުން ނިންމާ ނިންމުމުގައި، މުވައްޒަފުގެ
ފަރާތުން ކުޅަ ޢަމަލުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާ ޖިނާއީ މިންގަޑުން ސާބިތުވުމަކީ ލާޒިމުކަމެއް ނޫންކަމާއި، މިޙާލަތުގައި ވަޒީފާދޭ
ފަރާތުން ބަލަންޖެހޭނީ، އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޢަމަލަކާއި ގުޅިގެން ވަޒީފާދޭ
ފަރާތުން ކުރާ ތަޙްޤީޤަށް މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަމެއް ސާބިތުކުރަން އޮންނަ
މިންގަނޑުތަކުން އެކަމެއް ސާބިތުވޭތޯކަމާއި، އެމިންގަނޑަކީ އެމައްސަލައަކާ ގުޅިގެން ހުށަހެޅިފައިވާ
ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު ބޮޑަށް ބުރަވެވޭ
މައްޗަށް ބިނާކުރުން
(balance of probabilities) ކަން އެނގޭކަމެވެ.
2 /
cox
و می پیدا
Pec
(ރ) ހަތަރުވަނަކަމަކީ، ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ފިލިޕް ގަސްޓް
އަދާކުރި ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބަލާއިރު، ފިލިޕް
ގަސްޓްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަކީ، ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އުސޫލުތަކާއި
ޚިލާފަށް ގެސްޓުން އަތުން ފައިސާ ނެގުމަށްފަހު އެކަން ފޮރުވުމަށް އޭނާގެ ދަށުން މަސައްކަތް ކުރި
މުވައްޒަފުންނަށް ރިޝްވަތު ދިނުންކަން އެނގެން އޮންނަކަމާއި، މިކަން ހިނގާގޮސްފައިވާ ގޮތެއް
ބެލުމަށްޓަކައި ފިލިޕް ގަސްޓް ވަޒީފާއިން ވަކިކުރުމުގެ ކުރިން 21 އޮކްޓޯބަރ 2014 މިތާރީޚުގައި
ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސީ.އީ.އޯ ފިލިޕް ގަސްޓް ޙާޟިރުކޮށް އޭނާގެ ޢަމަލުތަކާއި
ދޭތެރޭގައި ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން އެކަށީގެންވާ ޖަވާބެއް ނުދީ އޮފީހުން ނިކުމެގެން
ދިޔައީކަމަށް ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާއިރު، މިމައްސަލައާއި ގުޅިގެން
ކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހިންގާފައިވާ
އިދާރީ ތަޙްޤީޤުގައި އެކުންފުނީގެ އެސިސްޓެންޓް މެނޭޖަރ ކަސްޓަމްސް ސަރވިސް ޢަބްދުﷲ ސުނިލް
ދީފައިވާ ބަޔާނަށާއި ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި
.
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
93141
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
تضرب بي
ނިމުނު ގޮތުގެ ޚުލާޞާ
[015/HC-A/338
ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލި ބެލުމުން ފިލިޕް ގަސްޓްގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަން
ހުރީ އެގޮތުގައިކަން ބުރަވެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާކަން އެނގެން އޮންނަކަމާއި، މިހެންކަމުން
ފިލިޕް ގަސްޓް ވަޒީފާއިން ވަކިކުރި ކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން އެނގެން
އޮންނަކަމެވެ.
ބި) ފަސްވަނަކަމަކީ، ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ފިލިޕް ގަސްޓް
އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރުމުގެ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވީނަމަވެސް އޭނާ
ވަޒީފާއިން ވަކިކުރި ކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނެތްކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ނިންމަވާފައިވާކަމާއި، މީހަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން
ޤާއިމުވެފައިވާނަމަ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވި ނަމަވެސް އެކަމަކީ އެމީހަކަށް ވަޒީފާ
އަނބުރާ އިޢާދަކުރަންޖެހޭ ސަބަބެއް ނޫންކަމަށް މީގެ ކުރިން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާކަމާއި، އަދި މިޙާލަތުގައި އެފަދަ މީހަކަށް ނަގައިދޭންޖެހޭނީ
ޢަދުލުވެރި ބަދަލެއްކަން އެނގެން އޮންނައިރު ފިލިޕް ގަސްޓް ވަޒީފާއިން ވަކިކުރެވުނު އިރު އޭނާއަށް
މާލީ ބަދަލެއްގެ ގޮތުގައި އޭނާގެ 2 ( ދޭއް) މަސްދުވަހުގެ މުސާރައަށްވާ 10,000.00 (ދިހަހާސް)
އެމެރިކާ ޑޮލަރު ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާކަން އެނގެން އޮންނާތީ، މިއީ
ފިލިޕް ގަސްޓް ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާ އަދާކުރަމުން ދިޔަ މުއްދަތުގެ
މައްޗަށާއި މައްސަލައިގެ ވަށައިގެން ހުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމުން އެކަށީގެންވާ
ބަދަލެއްކަމުގައި ބެލެވޭކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/7 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ފެންނަންނެތްކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ވޭ އިޔާ
2015/HC-A/338
ޙުކުމް:
OOO
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން،
ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/7 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
އިސްތިއުނާފުކުރުމަށް ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމުގައިވާ ފިލިޕް ގަސްޓްގެ ފަރާތުން ހުށަހެޅި
ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް
ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/7
މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް
ކަނޑައަޅައި މަތިން ޙުކުމްކޮށްފީމެވެ.
ޑ 3
4
یک مرد
ޢާއިa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv