ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/277 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/27]
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 277/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
0
* ނަން: ޢަބްދުﷲ ޝަކީބު
ދާއިމީ އެޑްރެސް: ލ.ގަން.ތުނޑި، ޒިއުރިކު
މިހާރުގެ އެޑްރެސް: ލ.ގަން.ތުނޑި، ޒިއުރިކު
*
އައިޑީ ކާޑު ނަންބަރު: A150061
0
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
.ޑީ
ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ނޮވެންބަރު 2015
، ނިމުނު ތާރީޚް: 08 ޖޫން 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr
-
C/632
ނިންމެވިނޯޓް: ކުރިމިނަލް ކޯޓް
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން
ހުށަހެޅުނުތާރީޚް: 18 ސެޕްޓެމްބަރ 2012
ނިމުނު ތާރީޚް: 06 މެއި 2015
*
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/27]
ދަޢުވާގެ ޚުލާޞާ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/632 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ލ.ގަން.ތުނޑި ޒިއުރިކު، ޢަބްދުﷲ ޝަކީބުގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލީ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާއީ ދަޢުވާ ރައްދުވަނީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އެވެ.
....)
ތައް:
1-
01- ކުރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/632 ޤަޟިއްޔާއަކީ، ލ.ގަން.ތުނޑި،
ދިއްގަލި އަޙްމަދު އަނިފްއާއި ލ.ގަން.ތުނޑި، ޒިއުރިކު ޢަބްދުﷲ ޝަކީބުއާއި ލ.ގަން، ތުނޑި، އެދީވިލާ
މަޢުޞޫމް މޫސާ، 15 ނޮވެމްބަރ 2010 ދުވަހުގެ 12:30 އެހައިކަންހާއިރު، ލ.ގަން،ތުނޑި އިރުމަތި ފަރާތު
ވަލުތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން އެސަރަޙައްދު ބަލަމުން ދަނިކޮށް
ލ.ގަން، ތުނޑީ އިރުމަތީފަރާތު ހޭޅިފަޅުކައިރީގައި މިތިންމީހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް
ބަންދުކުރަން ތިއްބައި ފުލުހުން ފެނުމުން މިތިން މީހުން ދުވެފައި އެ ސަރަޙައްދުން ފިލުމުން، މިމީހުން
ތިބިތަން ބަލައި ފާސްކުރުމުގައި އެތަނުން ފެނުނު 01 ފިލްމް ހުސްކުރި ދަޅުގައި 13.2498 ގްރާމް
ޓެޓްރާހައިޑްރޯކެނެބިނޯލްއާއި 1.5369 ގްރާމް ކެނެބިނޯލް ހުރިކަމަށް އެތަކަތީގެ ތަޙްލީލް ރިޕޯޓުން
ދައްކާތީއާއި، އެތަނުން ފެނުނު 01 ސެލޯފިން ކޮޅުގައި 0.0691 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި
0.0172 ގްރާމް ކެނެބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އެތަނުން ފެނުނު 04
ރަބަރު ޕެކެޓުގައި 0.0471 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި 0.0172 ގްރާމް ކެނެބިނޯލް ހުރިކަމަށް
އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އެތަނުން ފެނުނު 04 ރަބަރު ޕެކެޓުގައި 0.0471 ގްރާމް
ޑައިއެސިޓައިލްމޯފިން(ހެރޮއިންއާއި 0.0489 ގްރާމް 06 އެސިޓައިލްމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް
ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ
: 2
ދިވެހިރާއްޖޭގެ
އިސްދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/27]
ހ83734
ދަޢުވާކުރެމެން
ޙަވާލާދީ އެމާއްދާގެ (ށ) ދަށުން އަޙްމަދު ޙަދީފްއާއި ޢަބްދުﷲ ޝަކީބުއާއި، މަޢުޞޫމް މޫސާގެ މައްޗަށް
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ދެންފަހެ، ދަޢުލަތުން ލ.ގަން.ތުނޑި، ދިއްގަލި| އަޙްމަދު އަރީފްއާއި
ލ.ގަން.ތުނޑި، ޒިއުރިކު | ޢަބްދުﷲ ޝަކީބުއާއި ލ.ގަން، ތުނޑި، އެދީވިލާ މަޢުޞޫމް މޫސާގެ މައްޗަށްކުޅަ
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން
ބެލިބެލުމުން، އަޙްމަދު ޙަދީފްއާއި ޢަބްދުﷲ ޝަކީބުއާއި މަޢުޞޫމު މޫސާ، 15 ނޮވެމްބަރު 2010 ދުވަހުގެ
12:30 އެހައިކަންހާއިރު، ލ.ގަން، ތުނޑި އިރުމަތިފަރާތު ވަލުތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ
މަޢުލޫމާތު ލިބިގެން ފުލުހުން އެސަރަޙައްދު ބަލަމުން ދަނިކޮށް ލ.ގަން، ތުނޑީ އިރުމަތިފަރާތު ހޭޅިފަށުކައިރީގައި
މި ތިން މީހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ބަންދުކުރަން ތިއްބައި ފުލުހުންނަށް ފެނުނުކަމާއި،
މި މީހުންނަށް ފުލުހުން ފެނުމުން ދުވެފައިގޮސް ފިލާފައިވާކަމާއި، ފުލުހުން އެސަރަހައްދު ބަލާފާސްކުރި އިރު
އެތަނުން ފިލްމް ހުސްކުރި ދަޅަކާއި، 01 ސެލޯފިން ކޮޅާއި، 04 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ދައުލަތުން
ބުނެފައިވީނަމަވެސް، ދަޢުވާއަށް އަޙްމަދު ޙަނީފާއާއި، ޢަބްދުﷲ ޝަކީބުއާއި، މަޢުޞޫމު މޫސާ
އިންކާރުކޮށްފައިވާތީ، ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ލ.ގަން، ތުނޑި
އިރުމަތިފަރާތު ވަލުތެރޭ ސަރަޙައްދުގައި މި ތިން މީހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް
ބަންދުކުރަން ތިއްބައި ފެނިފައިވާތީއާއި، ފުލުހުން އެސަރަހައްދު ބަލާފާސްކުރި އިރު އެތަނުން ފިލްމް ހުސްކުރި
ދަޅަކާއި، 01 ސެލޯފިން ކޮޅާއި، 04 ރަބަރު ޕެކެޓް ފެނިފައިވާކަން އެނގެން އޮންނާތީއާއި، މިފެނުނު ތަކެތި
ތަޙްލީލްކުރި އިރު، އެތަކެތީގެ ބަރުދަނުގައި 15.1376 ގްރާމް ކެނަބިސް ހުރިކަން އެނގެން އޮންނާތީ،
ހެކިންގެ ހެކިބަހުންނާ ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު 17/17
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން އަޙްމަދު ޙަނީފާއާއި، ޢަބްދުﷲ ޝަކީބުއާއި، މަޢުޞޫމު
މޫސާ ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ ބުނެވިދިޔަ
މާއްދާއިގެ (ރ) ގެ ދަށުން ލ.ގަން.ތުނޑި| ދިއްގަލި، އަޙްމަދު ޙަދީފްއާއި ލ.ގަން.ތުނޑި | ޒިއުރިކު،
z
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A27]
ޢަބްދުﷲ ޝަކީބްއާއި، ލ.ގަން.ތުނޑި| އެރީވިލާ، މަޢުޞޫމް މޫސާ އުމުރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް
ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ. މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/632
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް
ކަމަށް ބުނެ ޢަބްދުﷲ ޝަކީބުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 05 (ފަހެއް) ނުކުތާ ފާހަގަކޮށް
ނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 01/SC-A/2012 ޤަޟިއްޔާއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 206/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން ޤާނޫނީ
ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްކަމަށް ކަށަވަރުނުވާހިނދު ކުށް ސާބިތުވާކަމަށް ނިންމާފައިވުމާ އަދި
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތަށް، އެމިންވަރަށް ދައުލަތުން ހެކި އަދި ދަޢުވާގެ
ބުރުތައް ސާބިތުކޮށްދީފައި ނުވާހިނދު، ސާބިތުވާ ނިންމަވާފައިވާކަމަށް ބުނެ ފާހަގަކުރި
0
އުންސުރުތައް
ކުން
މ އ ހދ8
ހ2ށ
ހއ.
cu o
cu o
0
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާ އާއި
276/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޝަރީޢަތުގައި ހެކިވެރިންދޭ ހެކިބަހަށް ބުރަދަން
ދޭންޖެހޭ އުޞޫލާއި ޚިލާފަށް ކުށް ސާބިތުވާކަމަށް ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 17/77 ގެ 18 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސްޕްރީމް
ކޯޓުގެ ނަންބަރު 31/SC-A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު 2 ވަނަ ނުކުތާގައި ކަނޑައަޅުއްވާފައިވާ
މުނާޤަޝާ ކުރުމުގެ އުސޫލާ ޚިލާފަށް ޝަރީޢަތް ކުރިއަށް ގެންދަވާ ކުށް ސާބިތުވާކަމަށް ނިންމަވާފައިވާކަމަށް
ބުނެ ފާހަގަކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 24/SC-A/2010 ޤަޟިއްޔާއާއި
މިހާރު ޢަމަލުކުރެވެމުންދާ
ޤާނޫނުގެ ވަނަ މާއްދާގައި ހިޔާޒަތު ނުވަތަ
0
މަސްތުވާތަކެއްޗާބެހޭ
14&l
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A27]
މަސްތުވާއެއްޗެއް
0
2009/HC-A/265,
އަތުން ފެނުންކަމަށް ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކުށް ސާބިތުވާކަމަށް
ނިންމަވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ނުކުތާއަކީ ދިވެހިރާއްޖޭގެ
ނަންބަރު
202/HC
-
A
/
212
,
2008
/
HC
-
A/2009 ޤަޟިއްޔާގައި މަސްތުވާ އެއްޗެއް އަތުން ފެނުންކަމަށް ބަލާނެ
ޤާނޫނީ ހަމަކަމަށް ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކުށް ސާބިތުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
44
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/632 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢަބްދުﷲ ޝަކީބުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/632 ޤަޟިއްޔާގައި ދައުލަތުން ޤާނޫނު ނަންބަރު
17/77 (މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ދަށުން
ޢަބްދުﷲ ޝަކީބްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ކުށުގެ ދަޢުވާކޮށްފައިވަނީ، ލ.ގަން.ތުނޑި، ދިއްގަލި(އަޙްމަދު ޙަދީފްއާއި ލ.ގަން.ތުނޑި، ޒިއުރިކު(ޢަބްދު
ޝަކީބުއާއި ލ.ގަން، ތުނޑި، އެދީވިލާ/މަޢުޟޫމު މޫސާ، 15 ނޮވެމްބަރ 2010 ދުވަހުގެ 13:30 އެހައިކަން
ހައިރު، ލ.ގަން، ތުނޑި އިރުމަތިފަރާތު ވަލުތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިގެން
ފުލުހުން އެސަރަޙައްދު ބަލަމުން ދަނިކޮށް ލ.ގަން، ތުނޑީ އިރުމަތިފަރާތު ހޭޅިފަށުކައިރީގައި ތިން މީހުން
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ބަންދުކުރަން ތިއްބައި، ފުލުހުން ފެނުމުން މިތިން މީހުން ދުވެފައި
އެސަރަޙައްދުން ފިލުމުން، މިމީހުން ތިބި ތަން ބަލައި ފާސްކުރުމުގައި އެތަނުން ފެނުނު 01 ފިލްމް ހުސްކުރި
ދަޅުގައި 13.2498 ގްރާމް ޓެޓްރާހައިޑްރޯ ކެނަބިނޯލްއާއި 1.5369 ގްރާމް ކެނެބިނޯލް ހުރިކަމަށް އެތަކެތީގެ
ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އެތަނުން ފެނުނު 01 ސެލޯފިން ކޮޅުގައި 0.0691 ގްރާމް ޓެޓްރާހައިޑްރޯ
ކެނަބިނޯލްއާއި 0.0172 ގްރާމް ކެނެބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި އެތަނުން
4 22
RE
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/277
CCCX
ސ.ނީ 2645
ފެނުނު 04 ރަބަރު ޕެކެޓުގައި 0.0471 ގްރާމް ޓެޓްރާހައިޑްރޯ ކެނަބިނޯލްއާއި 0.0172 ގްރާމް ކެނެބިނޯލް
ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އެތަނުން ފެނުނު 04 ރަބަރު ޕެކެޓުގައި 0.0471 ގްރާމް
ޑައިއެސިޓައިލްމޯފިންހެރެއިންއާއި 0.0489 ގްރާމް 06 އެސިޓައިލްމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް
ރިޕޯޓުން ދައްކާތީކަން އެދަޢުވާގެ ޞިޝާއަށް ބެލުމުން އެނގެން އޮވެއެވެ.
(ނ) ޢަބްދުﷲ ޝަކީބްގެ މައްޗަށް ދަޢުލަތުން ހުށަހެޅި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް ކުރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އިންކާރުކޮށްފައިވާތީ، މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ
ލ.މާމެންދޫ، މުރިނގު މުޙައްމަދު ލަތީފް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް
އާއި، މ.މާ
ދ.މާމެންދޫ،ތަރިވިދާގެ އަޙްމަދު އާތިފް، (މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް
ސ.ނ.3359) އާއި، ލ.ފޮނަދޫ، ހަރުމަލްގެ| އިސްމާޢީލް ނިޘާމް (މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ކޮންސްޓަބަލް ސ.ނ.2852) އާއި، ލ.ގަން، މަތިމަރަދޫ، ފަޒާ ޢަލީ މުސްތަފާ (މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ކޮންސްޓަބަލް 4060) ގެ އިތުރުން ފެނުނު ތަކެތީގެ ތަޙްލީލް ރިޕޯޓް ޤަރީނާއެއްގެ ގޮތުގައި
ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި،
މައްސަލައާ ގުޅިގެން ދަޢުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ކޮންސްޓަބަލް ޢަލީ
މުޞްތަފާއާއި ލާންސް ކޯޕްރަލް މުޙައްމަދު ލަޠީފް ލ.ގަން ތުނޑީ އިރުމަތީ ފަރާތަށް ދިޔައީ އެސަރަޙައްދުގައި
ބަޔަކު މަސްތުވާތަކެތި ބޭނުންކުރަން ބަންދުކުރަން ތިބިކަމުގެ މަޢުލޫމާތު ލިބިގެންކަމަށާއި، އެމީހުން
އެސަރަޙައްދަށް ދިޔައިރު ޢަބްދުﷲ ޝަކީބްއާއި، އަޙްމަދު ޙަދީފްއާއި މަޢުޞޫމް މޫސާ އެސަރަޙައްދުގައި
ތިބިކަމަށާއި، އަޙްމަދު ޙަދީފްއާއި ޢަބްދުﷲ ޝަކީބު ތިބީ އެތަނުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
އެއްޗެހި އަޅާފައިވާ އެއްޗެހިތަށް ކައިރީކަމަށާއި، މަޢުސޫމް މޫސާ ހުރީ ކުޑަ ތަންކޮޅެއް ދުރުގައިކަމަށާއި، އެތިން
މީހުންނަށް މިދެމީހުން ފެނުމުން، ދުވެ ފިލީކަމަށާއި، އަދި ފަހުން ޕޮލިސް ސްޓޭޝަނަށް ގުޅައި އެމަޢުލޫމާތު
ދީ، އިތުރަށް ބެކަޕް ބޭނުންކަމަށް ބުނުމުން، ކޮންސްޓަބަލް އަޙްމަދު ޢާޠިފް އާއި ކޮންސްޓަބަލް އިސްމާއީލް
ނިޝާމް އެސަރަޙައްދަށް އައިކަމަށާއި، މި މީހުންނަށް އެތަނުން 01 ފިލްމް ހުސްކުރި ދަޅާއި، 01 ސެލޯފިން
ކޮޅާއި، 04 ރަބަރު ޕެކެޓް ފެނުނުކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއިގެ
Occ
ދިވެހިރާއްޖެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/277
އޭގެ
¢ ¢ ¢34
مینیسموس
ކޮންސްޓަބަލް އިސްމާޢީލް ނިޘާމް އާއި ކޮންސްޓަބަލް އަޙްމަދު އާތިފްގެ ހެކިބަހަށް ބަލާއިރު މި
މައްސަލައިގެ މަޢުލޫމާތު އެދެމީހުންނަށް ލިބުނީ އެދުވަހު ޕެޓްރޯލަށް ބޭރަށް ނިކުމެ އުޅެނިކޮށް ލ.ގަން
ތުނޑިއާއި މަތިމަރަދޫ ބައިކުރި މަގުގެ ފަރާތު ޖަންގަލީ ސަރަޙައްދުގައި މަސްތުވާތަކެތި ބަންދުކޮށް
ވިޔަފާރި ކުރާކަމުގެ މައުލޫމާތު ޕޮލިސް ސްޓޭޝަނުން ގުޅާފައި ދިނުންކަމަށާއި، އެ ސަރަޙައްދަށް އެންމެ
ފުރަތަމަ ދިޔައީ އެހެން ބައެއްކަމަށާއި، އެމީހުން ދިޔައީ އެސަރަޙައްދަށް ފުރަތަމަ ދިޔަ ފުލުހުން ބެކަޕެއް
ބުނުމުންކަމަށާއި، އެ ސަރަޙައްދުން ފިލްމް ހުސްކުރި ދަޅަކާއި، 04 ޕެކެޓްއާއި، ސެލޯފިން ކޮޅެއް
ފެނުނުކަމަށާއި، އެތަކެތި ޕެކްކޮށް ސްޓޭޝަނަށް ގެންދެވުނުކަމަށާއި، އެ ސަރަޙައްދުގައި އިރުކޮޅެއް ކުރިން
ބަޔަކު އުޅެފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށާއި، މިގޮތުން ފިޔަވަޅުތަކާއި، ދޭއް ނުވަތަ ތިން
ފައިވާނާއި ތޮތްޕެއް ފެނިފައިވާކަމަށާއި، އޭގެ އިތުރުން ބަޔަކު ދުވެ ފިލަން މަސައްކަތް ކޮށްފައި
ހުރިގޮތަށް ނިޝާންތައް ފެންނަން ހުރިކަމަށް ބުނެފައިވާކަމާއި؛
މިހަތަރު މީހުންގެ ހެކިބަހަށް ބަލާއިރު، އެފަރާތްތަކުން ހެކިބަސް ދީފައިވަނީ ހަމައެކަނި އެފަރާތްތަކުން
ތަޙްޤީޤަށް ބަޔާނެއް ދީފައިވާނެކަމަށް ބުނެ އެކަނި ނޫންކަމާއި، އެއާއި ޚިލާފަށް މި މައްސަލައިގެ ހެކިބަސް
ދެމުން ޝަރީޢަތުގެ ފަރާތުން ކުރިމަތިކުރުވި ސުވާލުތަކަށް އެފަރާތްތަކުން ޖަވާބުދީ އެފަރާތްތަކަށް އެހާދިސާ
ފެނުނު ގޮތަށް ދީފައިވާ ހެކިބަސްކަން އެނގެން އޮތުމުން، އެފަރާތްތަކުން ދީފައިވާ ހެކިބަހަކީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާއާއި ނަންބަރު 276/HC
-
A/2013 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ
ވާ އުޞޫލުތަކާ އެއްގޮތަށް ދީފައިވާ ހެކިބަސް
ބަސް ކަން އެނގެއެވެ.
އެތަނުން
(ނ) ކުރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/632 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 11 ވަނަ އަދި 12 ވަނަ ނަންބަރުގައި ހާދިސާ ހިނގާފައިވަނީ 15
ނޮވެމްބަރ 2009 ވަނަ އަހަރުކަމަށް ބަޔާންކޮށްފައިވަނީ ލިޔުމުގެ ކުށަކުންކަމަށް ބެލެވޭކަމާއި، މި ޤަޟިއްޔާގެ
ޙުކުމްގައި އަދި މި މައްސަލައިގައި ހުށަހެޅިފައިވާ ހުރިހާ ލިޔުންތަކެއްގެ މައްޗަށް ބެލިއިރު، މިމައްސަލައިގައި
ހާދިސާ ހިނގާފައިވަނީ 15 ނޮވެމްބަރ 2010 ގައި ކަން ޚިލާފެއްނެތި އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/277
4 ޑޑ 0
ބަޔާންވެގެން
(ށ) މި މައްސަލައާ ގުޅިގެން ލ.ގަން ތުނޑި ސަރަޙައްދުން ފެނިފައިވާ 01 ފިލްމް ހުސްކުރި
ދަޅުގައި 13.2498 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލް އާއި 1.5369 ގްރާމް ކެނެބިނޯލް، 04 ރަބަރު ޕެކެޓް
ގައި 0.0471 ގްރާމް ޑައިއެސިޓައިލް މޯފިން ހެރޮއިންއާއި 0.0489 ގްރާމް 06-އެސިޓައިލްމޯފިންއާއި
0.0183 ގްރާމް އެސިޓައިލްކޮޑެއިން އަދި އެސަރަޙައްދުން ފެނުނު 01 ސެލޯފިންކޮޅުގައި 0.0691 ގްރާމް
ޓެޓްރާހައިޑްރޯކެނެބިނޯލް އާއި 0.0172 ގްރާމް ކެނަބިނޯލް ހުރިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު 2011
/
129/FSD
(
D
)
-DR (01 ފެބްރުއަރީ 2011) ގެ ލެބޯޓްރީ ތަޙްލީލް ރިޕޯޓަށް ބެލުމުން
އެނގެން އޮންނަކަމާއި،
ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 18 ވަނަ މާއްދާގެ (ހ) ގައި
މަސްތުވާތަކެއްޗާ ގުޅޭ ގޮތުން އެތަކެތި ސައިންޓިފިކް އުޞޫލުގެ މަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށް
ބޭނުންވާ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު، ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމެއް
ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް އޮންނަކަމާއި، އަދި އެމާއްދާގެ (ށ) ގައި
އެފަދައިން ކުރެވޭ ތަޙުލީލު ރިޕޯޓެއްގައި މަސްތުވާ އެއްޗެއްގެ ބާވަތާއި، ނަމާއި، އެއެއްޗެއް ސިފަކޮށްދޭ
ދިނުމާއި، އޭގެ ބަރުދަނާއި، ސްތުވާއެއްޗެއްގެ ތެރެއަށް އެހެން އެއްޗެއް އެއްކޮށްފައިވާ ނަމަ، އެއެއްޗެއްގެ
ބާވަތާއި، ނަން އަދި އެ މަސްތުވާއެއްޗެއް ބަހައްޓާފައިވާ އެއްޗާއި، މަސްތުވާއެއްޗެއް ތަޙްލީލު ކުރެވުނު ގޮތާއި
އޭގެ ނަތީޖާ ހިމެނޭ ބަޔާނަކީ އެކަމަކާ ބެހޭ ގޮތުން ޝަރީޢަތަށް ޤަބޫލުކުރެވޭ ބަޔާނެއްކަމަށް އޮންނަކަމާއި،
މި މައްސަލާގައި ފެނުނު 01 ފިލްމް ހުސްކުރި ދަޅާއި، 04 ރަބަރު ޕެކެޓްއާއި 01 ސެލޯފިންކޮޅު
ތަޙްލީލް ކުރިއިރު މި އެއްޗެހިން ފެނުނު ކެނެބިނޯލް އާއި ޖީ.އެޗް.ސީ އަކީ ކެނެބިސް އެކުލެވޭ މާއްދާއެއްކަން
ކަމާބެހޭ މާހިރުންގެ ބަހުން އެނގެން އޮންނަކަމާއި، އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް
ސަރވިސް ޑައިރެކްޓްރޭޓުން ޢަމަލުކުރައްވަމުން ގެންދަވާ ޔޫ.އެން.އޯ.ޑީ.ސީ މެނުއަލްއިން ވެސް ކެނެބިނޯލް އާއި
ޓީ.އެޗް.ސީއަކީ ކެނެބިސް އެކުލެވޭ މާއްދާކަން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން މި މައްސަލައިގައި ހުށަހެޅިފައިވާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 2011
/
129/FSD
(
D
)
-DR (01 ފެބްރުއަރީ 2011) ގެ ލެބޯޓްރީ ތަޙްލީލް
ރިޕޯޓަކީ ހަރުދަނާ ޤަރީނާއެއްކަމަށް ބަލަންޖެހޭކަން އެނގެއެވެ.
Occ
40
CCCC
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/27]
(ބ) އެމީހެއްގެ ޙިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު
އުފުލަންޖެހޭކަމާއި،
އި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ
ފަރާތެއް ނުދެއްކޭ ނަމަ އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ
ޙިޔާޒަތުގެ ދަށުގައި ހުއްޓާ ފެނުނު މީހާކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 07/SC-A/2010
ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 112/HC-A/2009 ޤަޟިއްޔާއިން އެނގެން
އޮންނަކަމާއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބަޔާންކުރެވިދިޔަ ޤަޟިއްޔާތަކުގައި
ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެމީހެއްގެ ޙިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނިފައިވާއިރު،
އެތަކެތި އެއީ އެމީހާގެ އެއްޗެއްނޫންކަމަށާއި ނުވަތަ އެތަކެއްޗަކީ އެހެން މީހެއްގެ ނުވަތަ މިވެނި މީހެއްގެ
ތަކެތިކަމަށް ބުނާ ބުނުމަކުން، ނުވަތަ އެހެންމީހަކު އެމަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއްކަމަށް ބުނެ، އެތަކެތީގެ
ޒިންމާ އުފުލުމުގެ ގޮތުން އެފަރާތުން ދައްކާފައިވާ ވާހަކަތައް ދައްކާފައިވާ ވަގުތާއި، ޙާލަތާއި އަދި އެކަމުގައި
ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި، ނަޒަރުކުރުމެއް ނެތި، ހަމައެކަނި އެފަދައިން ބުނެލާ ބުނެލުމަކީ އެ
ބުނުމުގެ މައްޗަށް އެކަނި ބިނާކޮށް އެތަކެތި އެމީހެއްގެ ޙިޔާޒަތުގެ ދަށުން ފެނުނު މީހާ ނުވަތަ އެބައެއްގެ
ޙިޔާޒަތުގެ ދަށުން އެތަކެތި ފެނުނު މީހުން އެމަސްތުވާތަކެއްޗާމެދު އުފުލަންޖެހޭ ޒިންމާއިން ބަރީއަވެވޭނެ ކަމެއް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 109/HC
-
A/2014 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަން
އެނގޭކަމާއި؛
އެޤަޟިއްޔާގައި، މަސްތުވާތަކެތި މީހެއްގެ އަތުގައި ހުންނާނެ ތަފާތު ޙާލަތްތައް ބަޔާންކޮށްފައި
އޮންނަކަމާއި، އެގޮތުން ޙަޤީޤީ ޙިޔާޒަތު (actual possession) އާއި މަޢުނަވީ ހިޔާޒަތު constructive)
(possession ގެ ޙާލަތަކީ ކޮބައިކަން ބަޔާންކޮށްފައިވާކަމާއި،
ޙަޤީޤީ ޙިޔާޒަތު (actual possession) ގެ ޙާލަތަކީ ތިމާގެ ސީދާ އަތުގައި ނުވަތަ ލައިގެންހުރި
އެއްޗެއްގައި ނުވަތަ އަތުގައި އޮތް އެއްޗެއްގެ ތެރޭގައި ނުވަތަ އެހެން މީހެއްގެ ކޮންޓްރޯލްނެތް، ސީދާ ތިމާގެ
ބެލުމާއި ކޮންޓްރޯލްގެ ދަށުގައިހުރި ތަނެއްގައި މަސްތުވާތަކެތި ހުރުންކަމާއި، މިމައްސަލައިގައި ކަން
ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ޢަބްދުﷲ ޝަކީބްގެ މައްޗަށް މިޙާލަތު ތަތްބީޤު ނުކުރެވޭނެކަމާއިގެ
ab ތ ދ ތ
ނަންކަމަށް
24 s
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/277
22 ހދ8
އeހ2ށ
0855
އއ0އ
9
3
0 ދތލ
އޮތުމުންކަމަށް
މަޢުނަވީ ޙިޔާޒަތު (constructive possession)ގެ ޙާލަތަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ތިމާގެ ޙަޤީޤީ ޒިޔާޒަތު (actual possession) ގައި ނެތްނަމަވެސް، އެތަކެތި ތިމާ ހުރިތަނުގައި ހުރިކަމަށް
ނުވަތަ ތިމާގެ އެއްޗެއް ތެރޭގައި އެތަކެތި ހުރިކަން އެނގުމާއެކު، އެއެއްޗެއްގެ މައްޗަށް އެމީހާގެ ކޮންޓްރޯލް
އޮތުންކަމާއި، މިޙާލަތުގައި މަސްތުވާތަކެތި އަތުގައި ހުރިކަމަށް ބެލެވޭނެކަމާއި، އެތަނުގައި މަސްތުވާތަކެތި
ހުރިކަން އެނގުމުގެ މާނައިގެ ތެރޭގައި އެއެއްޗެއް ހުރިކަން އެނގުމުގެ އިތުރުން، އެއީ މަނާކުރެވިފައިވާ
މަސްތުވާ އެއްޗެއް
އެއްޗެއްކަން އެނގިފައިވުން ވެސް ހިމެނޭކަމާއި، މިކަންކަމަކީ އެކަންކަން ހިނގާފައިވާ ގޮތުގެ
މައްޗަށާއި އެކަމުގައި ވަށައިގެންވާ ކަންކަމުން ދެނެގަނެވޭނެ ކަންކަންކަމާއި، އެއެއްޗެއްގެ މައްޗަށް ކޮން
ބެލެވޭނީ، އެއެއްޗެއް ތިމާ ބޭނުންވެއްޖެ ނަމަ ނެގޭގޮތަށް ނުވަތަ ތިމާގެ ޙަޤީޤީ ޒިޔާޒަތުގެ ދަށަށް
ގެނެވޭ ގޮތަށް ހުރުމާއި، ނުވަތަ އެއެއްޗެއް އޮތް ތަނުގެ މައްޗަށް ތިމާގެ ކޮންޓްރޯލާއި ބާރު
ބަޔާންކޮށްފައިވާ ކަމާއި؛
މީގެ އިތުރުން، މަސްތުވާތަކެތި ފެނުނު ތަނަކީ އެކަކަށްވުރެ ގިނަމީހުން އުޅޭތަނެއް ނަމަ، ނުވަތަ
މަސްތުވާތަކެތި ފެނުނު ތަނުގައި އެކަކަށްވުރެ ގިނަބަޔަކު ތިބި ނަމަ، އެފެނުނު ތަކެއްޗާއި އެތަނުގައި ހުރި
މީހެއްގެ އަތުގައި ހުރިތަކެތިކަމަށް ބެލުމަށްޓަކައި، އެމީހާއަށް އެތަކެތި ހުރިކަން އެނގޭކަމާއި އެތަކެތީގެ މައްޗަށް
ކޮންޓްރޯލް އޮތްކަން ބެލުމަށްޓަކައި، އެމީހާގެ ލޯމަށްޗަށް އެތަކެތި ފެންނަން ހުރުން، ނުވަތަ އެމީހާގެ އެއްޗެއްގެ
ތެރެއިން ފެނުން، ނުވަތަ ހައްޔަރުކުރުމުގައި ޝައްކުކުރެވޭ ފަދަ ގޮތަކަށް ޢަމަލުތައް ހުރުން ފަދަ އިތުރު
ޤަރީނާތަކެއް ހުންނަން ޖެހޭނެކަމަށް އިސްވެ އިޝާރާތް ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި
ބަޔާންކޮށްފައި އޮންނަކަން އެނގޭއިރުގެ
މި މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލާއިރު، 15
އެހައިކަންހާއިރު، ލ.ގަން ތުނޑީ އިރުމަތީފަރާތު ވަލުތެރޭގައި މަސްތުވާތަކެތި
މަޢުލޫމާތު
ލިބިގެން ފުލުހުން އެސަރަޙައްދަށް ދިޔައިރު ޢަބްދުﷲ ޝަކީބްއާއި، އިތުރު ދެމީހުންނާއެކު މަސްތުވާ
ތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ބަންދުކުރަން ތިބިކަމާއި، ޢަބްދުﷲ ޝަކީބަށް އެފުލުހުން ފެނުމާއެކު ދުވެ
ފިލިކަމާއި، އެއިރު އެސަރަޙައްދު ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި
01 ފިލްމް ހުސްކުރި ދަޅާއި، 04 ރަބަރު ޕެކެޓާއި، 01 ސެލޯފިން ކޮޅު ފެނިފައިވާކަމާއި، އަދި ފަހުން
ނޮވެމްބަރ 2010
ގެ
12:30
34 ކމތ އވ ޑ
ކޮންނޭކުމެގެ
އެހިރާއްޖޭގެ
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/277
O cox
ޑ 4 ·
میری
ސީނަށް އިތުރު ދެ ފުލުހުން އައިއިރު އެމީހުންނަށް ވެސް އެތަނުގައި ބަޔާންވެދިޔަ މަސްތުވާތަކެތި ކަމަށް
ޝައްކުކުރެވޭ ތަކެތި ހުއްޓާ ފެނިފައިވާކަމާއި، މި މައްސަލައިގައި މަސްތުވާތަކެތި ފެނިފައިވަނީ ޢަބްދު
ޝަކީބްމެން ތިބި ތަނުންކަމާއި، އެސަރަޙައްދުގައި ކުޑަ އިރުކޮޅެއް ކުރިން ބަޔަކު އުޅެފައި ހުރިކަމުގެ
ނިޝާންތަކާއި އެތަނުގައި ތިބި މީހުންގެ ތަކެތިކަމަށް ބެލެވޭ، ދޭއް ނުވަތަ ތިން ފައިވާނަކާއި ތޮތްޕެއް އޮތް
ކަމާއި، އޭގެ އިތުރުން އެތަނުން ބަޔަކު ދުވެ ފިލަން މަސައްކަތް ކޮށްފައި ހުރިގޮތަށް ހުރި ނިޝާންތައް
ފެންނަން ހުރިކަން ހެކިންގެ ހެކިބަހުން އެނގޭއިރުގެ
ޢަބްދުﷲ ޝަކީބް އެތަނުގައި ހުރިތަން ދެ ފުލުހުންނަށް ފެނިފައިވުމާއި، ޢަބްދުﷲ ޝަކީބަށް
އެދެފުލުހުން ފެނުމުން ދުވެ ފިލަން މަސައްކަތްކޮށްފައިވުމުން ޢަމަލުތައް ހުރީ ކުށެއްގެ ތުހުމަތުކުރެ
ފަދަ ގޮތަކަށްކަމަށްވާއިރު، އަދި ސީނަށް ދިޔަ ފުލުހުންގެ ހެކިބަހުން ވެސް އެވަގުތު ޢަބްދުﷲ ޝަކީބްއާއި
އިތުރު ދެމީހަކު ވެގެން ދިޔައީ މަސްތުވާތަކެތި ބަންދުކުރުމުގެ މަސައްކަތްކުރަމުން ކަމަށް އެމީހުންގެ
ޢަމަލުތަކާއި ތަނުގެ ޙާލަތާއި ފެނުނު ތަކެތިން ދޭހަވާކަމަށް ބުނެފައިވުމާއި، އެތަކެތި ހުރި ގޮތާއި އަދި
އެތަނުގައި ހުރި ތަކެއްޗަށާއި އެތަނަށް ދިޔަ ފުލުހުންނަށް މަންޒަރު ފެނުނު ގޮތުގެ މައްޗަށް ބިނާކޮށް ދީފައިވާ
ހެކިބަހުގެ މައްޗަށާއި، އެފުލުހުންގެ ތަޙްޤީޤް ބަޔާނަށް ބަލާއިރު، ޢަބްދުﷲ ޝަކީބް އިތުރު ދެމީހުންނާއެކު 15
ނޮވެމްބަރ 2010 ގެ 12:30 ހާކަން ހާއިރު، ލ.ގަން ތުނޑީ އިރުމަތީ ފަރާތު ވަލުތެރޭގައި ތިބި ތަނުން
ފެނިފައިވާ މަސްތުވާތަކެއްޗަކީ ޢަބްދުﷲ ޝަކީބްގެ ޙިޔާޒަތުގައި ހުރި ތަކެތިކަމަށް ބަލަންޖެހޭ ކަމާއިގެ
ޖިނާއީ މައްސަލައެއް ޝަރީޢަތުން ސާބިތުވާކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ
މިންގަނޑަކީ، އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވުންކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގޭއިރު، ޖިނާއީ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްލީމް
(evaluation) ކޮށް ވަޒަންކުރުމަށް ފަހު، އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނުކުންނަ
ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިޞާޢު (convince) ވެގެން މެނުވީ ކުށެއް
ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމީ "ޤަދީނަތުލް ބަރާއާ"
(presumption of innocence} ގެ ޢާންމު ޤާނޫނީ މަބްދައުގެ އެންމެ މުހިންމު އެއް ޚާއްޞިއްޔަތު
8 އމހ ބ
0,1ކނ
RE
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/277
އެނގެން އޮންނަކަމަށާއި، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ
އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ
ނަންބަރު 01/SC-A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 3
އަދި 4 އަށް ބެލުމުން އެނގެން އޮންނަކަމާއިގެ
އިސްތިއުނާފަށް ހުށަހެޅިފައި މިވާ މައްސަލައިގައި، ޢަބްދުﷲ ޝަކީބުގެ މައްޗަށް ކުށް ސާބިތުކުރުމަށް
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި ކުށުގެ ވެށިން ފެނިފައިވާ މަސްތުވާތަކެތީގެ ތަޙްލީލް
ރިޕޯޓަށާއި، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤު
ބަޔާންތަކަށާއި، އިސްވެ ބަޔާން
ބަޔާންކުރެވުނު އެންމެހާ ކަންކަން އެގޮތަށް ހުރުމާއެކު، ޤާނޫނު ނަންބަރު 17/77
މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ދަށުން ޢަބްދު
ޝަކީބާގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ
ދަޢުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
އެހެންކަމުން،
މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/Cr
-
C/632 ޤަޟިއްޔާގައި ޢަބްދުﷲ ޝަކީބްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކުރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/632 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ލ.ގަން.ތުނޑިا ޒިއުރިކު،
ޢަބްދުﷲ ޝަކީބުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ޢަބްދު
ޝަކީބުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބެއްނެތްކަމަށް
ޚި
، ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A27]
ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
މްކޮށްފީމެވެ.
093 *
/29ތ
އައިކޯޓް
*
i
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ