ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/464 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/464
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 464/HC-A/2016
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢައްބާސް ވާފިރު
އައިޑީކާޑު ނަންބަރު: A014255
، ދާއިމީ އެޑްރެސް: ފެންފިޔާޒްވިލާ / ސ.ހުޅުދޫ
މިހާރުގެ އެޑްރެސް: ގ.މާޑުމަތީގެ / ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
1- * ނަން: އަޙްމަދު ޝިޔާމް
އައިޑީކާޑު ނަންބަރު: A075373
ދާއިމީ އެޑްރެސް: ގުލްޗަންޕާގެ | ޅ. ނައިފަރު
މިހާރުގެ އެޑްރެސް: މ.ރަތްވިލާ / ކ.މާލެ
-2
* ނަން: މުޙައްމަދު ޝާހިދު
އައިޑީކާޑު ނަންބަރު: A058779
ދާއިމީ އެޑްރެސް: މޭވާގަސްދޮށުގެ / ސ.ހުޅުދޫ
މިހާރުގެ އެޑްރެސް: ހެޕީނައިޓް | ކ.މާލެ
14
ތަދައްޚުލްވާ ފަރާތް:
1- * ނަން: މައުމޫން ޢަބްދުލްޤައްޔޫމް
އައިޑީކާޑު ނަންބަރު: A000001
2- * ރަން: ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
ރަޖިސްޓްރީ ނަންބަރު:
، ދާއިމީ އެޑްރެސް:މއ.ކިނބިގަސްދޮށުގެ ކ. މާލެ
މިހާރުގެ އެޑްރެސް: މ.އެންދެރިމާގެ / ކ.މާލެ
COXO
ދާއިމީ އެޑްރެސް: ހ.ތެމާ | ކ.މާލެ
މިހާރުގެ އެޑްރެސް: ހ.ތެމާ | ކ.މާލެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
2016/HC-A/464
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ރަޖިސްޓްރީކުރި ތާރީޚް: 17 މުޙައްރަމް 1438
18 އޮކްޓޯބަރު 2016
* ނިމުނު ތާރީޚް: 22 މުޙައްރަމް 1438
23 އޮކްޓޯބަރު 2016
0
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާ
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ޕާޓީގެ ހިންގާ ގަވާއިދާއި އެއްގޮތަށް ޖަލްސާތައް ބޭއްވުމަށާއި އަދި އަސާސީ ގަވާއިދާއި
ޚިލާފަށް ކޮށްފައިވާ ކަންތައްތައް ހުއްޓުވައި ދިނުމަށް
• ހުށަހެޅި ތާރީޚް: 02.08.2016
، ނިމުނު ތާރީޚް: 16.10.2016
0
• މައްސަލަ ބެއްލެވި ފަނޑިޔާރުން.
އިސްފަނޑިޔާރު ޢަބްދު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަލީ ސަމީރު
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ސ. ހުޅުދޫ / ފެންފިޔާޒްގެ، ޢައްބާސްގެ ވާފިރުގެ ފަރާތުން
އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި
މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ނައިފަރު | ގުލްޗަންޕާގެ، އަޙްމަދު ޝިޔާމްއާއި ސ.ހުޅުދޫ
ގަސްދޮށުގެ، މުޙައްމަދު ޝާހިދުއެވެ.
14
24 ތ 8 «2
E
މޭވާގަސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
3
2016/HC-A/464
• ފާހަގަކުރެވުނު ނުކުތާތައް:
etc >
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/1586 ޤަޟިއްޔާއަކީ،
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ޕާޓީގެ އަސާސީ
ޤަވާޢިދުގެ 37 ވަނަ މާއްދާއާއި ޚިލާފަށް ޕާޓީގެ އެންމެހައި ގުނަވަންތަކެއް ސަސްޕެންޑް ކޮށްފައިވާކަމަށާއި، 3
ވަނަ މާއްދާގައި ބުނާ ޕާޓީގެ ކައުންސިލްގެ ބޭރުން ލަފަޔާއި މަޝްވަރާ ހޯދުމަށްޓަކައި އެކުލަވާލާފައިވާ މަޝްވަރާ
މަޖިލިހަކީ ޕާޓީގެ ކައުންސިލްގެ ރުހުމާއެކު ޕާޓީގެ ރައީސް އައްޔަންކުރަންޖެހޭ މަޖިލީހެއްކަން އަސާސީ ޤަވާޢިދުގެ
39 ވަނަ މާއްދާގެ (ށ) އިން އެނގެންއޮތްއިރު، އެ މަޖިލިސް އުފައްދާފައިވަނީ އެ މާއްދާއާ ޚިލާފަށްކަމަށާއި، އަދި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގާ ޤަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން
ކައުންސިލްގެ ޖަލްސާތައް ބާއްވާފައިނުވާތީ، ޕާޓީގެ ހިންގާ ޤަވާޢިދާއި އެއްގޮތަށް ޖަލްސާތައް ބޭއްވުމަށާއި އަދި
އަސާސީ ޤަވާޢިދާއި ޚިލާފަށް ކޮށްފައިވާ ކަންތައްތައް ހުއްޓުވައިދިނުމަށް އެދޭކަމަށް ބުނެ ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މެންބަރުން ކަމުގައިވާ ނައިފަރު | ގުލްޗަންޕާގެ، އަޙްމަދު ޝިޔާމްއާއި ސ.ހުޅުދޫ
| މޭވާގަސްދޮށުގެ، މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހެޅުމުން
ވުމުން އެ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެހެން ހުރުމުން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
(ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދުގެ މައްޗަށާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް
ރިޢާޔަތްކުރާއިރު، ޕީ.ޕީ.އެމްއަކީ، ޕީ.ޕީ.އެމްގެ ކައުންސިލުން ކަނޑައަޅައި ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީން
ހިންގަންޖެހޭ ޕާޓީއަކަށްވިޔަސް ޕީ.ޕީ.އެމްގެ ކައުންސިލުން ކަނޑައަޅާފައިވާ ސިޔާސަތުން ބޭރުން ޕީ.ޕީ.އެމްގެ
ރައީސް ޢަމަލުކުރަމުންދާ ކަމަށާއި، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް ހުރަސް އަޅާފައިވާކަމަށް ބުނެ،
ހުށަހެޅިފައިވާ ދަޢުވާގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
ޕީ.ޕީ.އެމްގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި، ޕާޓީގެ ރައީސް ޕާޓީގެ ކައުންސިލުގެ ބޭރުން
ލަފަޔާއި މަޝްވަރާ ހޯއްދެވުމަށްޓަކައި އެކުލަވާލާފައި އޮންނަ މަޝްވަރާ މަޖިލިހެއް އޮންނަންވާނެކަމާއި، އަދީ:މި އައިސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ. ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2016/HC-A/464
ފަދައިން ޢައްޔަންކުރެވޭ މަޖިލިހަކީ ޕާޓީގެ ކައުންސިލްގެ ރުހުމާއެކު އޮންނަންޖެހޭ މަޖިލިހެއްކަން ޕީ.ޕީ.އެމްގެ
އަސާސީ ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ސ) އިން އެނގެން އޮތްއިރު، އަސާސީ ޤަވާޢިދުގައިވާ ގޮތުގެ މައްޗަށް
ނޫންގޮތެއްގައި ޕީ.ޕީ.އެމްގެ ރައީސް އެކުލަވާލާ ކޮންމެ މަޖިލިހަކީ ބާޠިލު މަޖިލިހެއްކަމަށާއި،
ޑ 0
0
2
2xޑ
އެއްގޮތްވާގޮތުގެ
އއ83
މަދަނީ މައްސަލަތައް ބެލުމުގައި ޢަމަލުކުރަންޖެހޭ އުޞޫލާ އެއްގޮތްވާގޮތުގެ
މަތީން ސިވިލް ކޯޓުން
އަންގަވާފައިވާ އެންގެވުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2016
/
09/B3
-
CR3
/
VA އަމުރަށް ޕީ.ޕީ.އެމްގެ
ރައީސް އިޖާބަދީފައިނުވާތީއާއި، ޕީ.ޕީ.އެމްގެ ހިންގުމަށާއި، ސިޔާސީ ޕާޓީއެއްގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ
ސިޔާސީ ވެށީގައި އަރަކާތްތެރިވުމަށް ހުރަސްއަޅާފައިވާތީ އެކަންކަމަކީ، ޕީ.ޕީ.އެމްގެ މެންބަރުންގެ މަޞްލަޙަތާއި
ދިވެހި ޤައުމު އެންމެ މަތީ މަޞްލަޙަތުތަކާއި، އެއްގޮތްވާ ކަންކަމަށް ނުވާތީ، ޕީ.ޕީ.އެމްގެ ކަންކަން އެ ޕާޓީގެ
ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާއި މަތީން ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ސިޔާސީ ވެށީގައި
ޤާނޫނުތަކުގެ ޙުދޫދުން ބޭރުނުވެ، ހަރުދަނާކަންމަތީ ހިންގަމުންދާ ސިޔާސީ ޕާޓީތަކަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތީން މަގުފަހިކޮށްދެންޖެހޭނެކަމަށް ޝަރީޢަތަށް ޤަބޫލުކުރެވުނު ހިނދު، ޕީ.ޕީ.އެމްއަކީ އެ ޕާޓީގެ
އަސާސީ ޤަވާޢިދާއި ހިންގާ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާއި
ގޮތުގެމަތިން ހިނގަމުންދާ ޕާޓީއެއްކަން ކަށަވަރުކުރުމަށްޓަކައި، ޕީ.ޕީ.އެމްގެ ހިންގުން، ޕީ.ޕީ.އެމްގެ އަސާސީ
ޤަވާޢިދާއި ހިންގާ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ކުރިއަށް ގެންދިއުމަށް ޕީ.ޕީ.އެމްގެ ރައީސް އުޒުރުވެރިވަމުން
އައިސްފައިވާކަމަށްވުމުން މި ޙާލަތަކީ ޕީ.ޕީ.އެމްގެ ރައީސަކު އެ މަސްއޫލިއްޔަތު އަދާކުރުމަށް ނެތް ޙާލަތާއި
އެއްފަދަ ޙާލަތެއްކަމަށްވުމުން އެ ކަންކަމަކީ ޕީ.ޕީ.އެމްގެ މެންބަރުންނާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ
މަޞްލަޙަތުތަކާއި، އެއްގޮތް ކަމަކަށްނުވާތީ، ޕީ.ޕީ.އެމްގެ މެންބަރުންގެ މަޞްލަޙަތުތަކާއި ދިވެހިރައްޔިތުންގެ
އެންމެ މަތީ މަޞްލަޙަތުތަކާއި އެއްގޮތްވާ ގޮތުގެމަތީން ޕީ.ޕީ.އެމް ހިންގުން ކަށަވަރުކުރުމަށްޓަކައި، ޕީ.ޕީ.އެމްގެ
ކައުންސިލުން ޕީ.ޕީ.އެމް ހިންގުމާމެދު އެހެން ގޮތަކަށް ކަނޑައަޅަންދެން ޕީ.ޕީ.އެމްގެ ހިންގުމާއި ޙަވާލުވެ،
ހިންގުމާބެހޭ އެންމެހައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ޕީ.ޕީ.އެމްގެ މުސްތަޝާރު ކަމުގައި ކަނޑައަޅައި، 2016
ވަނަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހުން ފެށިގެން 24 (ސައުވީސް ގަޑިއިރުގެ ތެރޭގައި ޕީ.ޕީ.އެމްގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2016/HC-A/464
ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މުސްތަޝާރުގެ
އަމުރުކޮށް، ޙުކުމްކޮށް.." މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
މައްޗަށް
ރިޕޯޓުން އެނގެން އޮވެއެވެ.
(2) ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/1586 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުން،
ސ.ހުޅުދޫ / ފެންފިޔާޒްވިލާ، ޢައްބާސް ވާފިރުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
0
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ޕާޓީގެ ރައީސް
ޢަމަލުކުރާކަމަށް ބުނާއިރު އެއީ ޤާނޫނުއަސާސީގެ ކޮން މާއްދާއެއް ކަމެއް ދަޢުވާކުރާ ފަރާތުން ބުނެދެވިފައިނުވާއިރު
އެކަންކަމުގެ މައްޗަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
• ދެވަނަ ނުކުތާއަކީ، ޕާޓީތަކުގެ ޤާނޫނާ ޚިލާފަށް ޕާޓީގެ ރައީސް ޢަމަލުކުރިކަމަށް ބުނާއިރު
އެއީ އެ ޤާނޫނުގެ ކޮން މާއްދާއެއްކަން ދަޢުވާކުރާ ފަރާތުން ބުނެދެވިފައި ނުވާއިރު އެކަންކަމުގެ މައްޗަށް
ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
2) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
، ދިވެހިއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2016/HC-A/464
44
(ހ) ފުރަތަމަ ކަމަކީ، ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި
ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކީ، އެ މައްސަލައެއްގެ މަސްލަޙަތެއް އޮތް
ކޮންމެ
ފަރާތަކަށް އަދި އެ ޙުކުމުގެ ސަބަބުން ސީދާގޮތެއްގައި އަސަރުފޯރާފާނެ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ބެލުމުން އެނގެން
އޮންނަކަމާއި، އިސްތިއުނާފުކުރެވިފައިމިވާ ސިވިލްކޯޓުގެ 2016/Cv-C/1586 ޤަޟިއްޔާއަކީ، ޕްރޮގްރެސިވް ޕާޓީ
އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން އެ ޕާޓީގެ ހިންގާ އެއްގޮތަށް ޖަލްސާތައް ބޭއްވުމަށާއި، ޕާޓީގެ
އަސާސީ ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަންކަން ހުއްޓުވައިދިނުމަށް އެދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
(ޕީ.ޕީ.އެމް)ގެ ދެ މެންބަރުންކަމުގައިވާ ޅ.ނައިފަރު ގުލްޗަންޕާގެ، އަޙުމަދު ޝިޔާމްއާއި ސ.ހުޅުދޫ
މޭވާގަސްދޮށުގެ، މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހެޅުމުން ސިވިލްކޯޓުން ނިންމަވާފައިވާ މައްސަލައެއްކަން
އެނގެން އޮންނައިރު، މި މައްސަލައިގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބެލުމުން އެ ޙުކުމަކީ އެ
ޙުކުމްގެ އަސަރު ސީދާގޮތެއްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އެންމެހައި މެންބަރުންގެ
މައްޗަށް ކުރާ ފަދައަކުން އޮތް ޙުކުމެއްކަން އެނގޭކަމާއި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކޮށްފައިވާ ސ.ހުޅުދޫ ފެންފިޔާޒްވިލާ، ޢައްބާސް ވާފިރަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
(ޕީ.ޕީ.އެމް) ގެ މެންބަރެއްކަން ޢައްބާސް ވާފިރުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމަށް ބެލުމުން އެނގެން
އޮންނަކަމާއި، މިހެންކަމުން މި މައްސަލައިގައި ސިވިލްކޯޓުން ކުރައްވާފައިވާ ޙުކުމަށާއި، އެ
ބިނާކުރައްވާފައިވާ އަސާސްތަކުގެ މައްޗަށާއި، މި މައްސަލައިގައި ކުރައްވާފައިވާ ޙުކުމާ، ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މެންބަރެއްގެ ޙައިސިއްޔަތުން ޢައްބާސް ވާފިރުއާއި މައްސަލައާއި އޮތް ގުޅުމަށް
ބަލާއިރު، ޢައްބާސް ވާފިރަކީ މި މައްސަލަ އިސްތިއުނާފުކުރުމުގެ މަސްލަޙަތެއް އޮތް ފަރާތެއް ކަމުގައި ބެލެވެން
ޙުކުމް
09 ދދ
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2016/HC-A/464
މައުމޫން
(ށ) ދެވަނަކަމަކީ، ޢައްބާސް ވާފިރުގެ ފަރާތުން އިސްތިއުނާފުކުރި މި މައްސަލައަށް ޕްރޮގްރެސިވް
ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސްގެ ޙައިސިއްޔަތުން މއ.ކިނބިގަސްދޮށުގެ އަލްއުސްތާޛު މައުމޫން
ޢަބްދުލްޤައްޔޫމް ތަދައްޚުލްވާން އެދިފައިވާކަމާއި، އަދި ޝަރީޢަތުގެ ފަރާތުން މި މައްސަލައިގައި އަލްއުސްތާޛު
ޢަބްދުލްޤައްޔޫމަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެވިފައިވާނޭކަމާއި، މައްސަލައަށް އަލްއުސްތާޛު
މައުމޫން ޢަބްދުލްޤައްޔޫމުގެ ފަރާތުން ތަދައްޚުލުވުމަށް އެދިފައިވާ ސަބަބުތަކުގެ ތެރޭގައި، ހުށަހެޅިފައިވާ
މައްސަލައިގައި ކަނޑައަޅު
އަޅުއްވާ އަމުރުކުރައްވާފައިވާ ކަންކަމަކީ ޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފު، ޤާނޫނީގޮތުން
ތަންފީޒުނުކުރެވޭނެ އަމުރުތަކެއްކަމަށާއި، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/1586
ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ މައްޗަށް ކަމަށްވީނަމަވެސް،
ދަޢުވާގައި އެދިފައިވާ ހުރިހާ ފަރުވާއެއްވެސް، އަދި ޙުކުމްގައި ކަނޑައަޅުއްވާފައިވާ ހުރިހާ ކަމެއްވެސް
ރައްދުކޮށްފައިވަނީ ޝަރީޢަތްކުރުމާބެހޭގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާއި، ސިޔާސީ ޕާޓީގެ ޤާނޫނުގައި
އިސްތިޤްރާރުވެފައިވާ އަސާސްތަކާ ޚިލާފަށްކަމަށާއި، އަދި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި އެ
ދަޢުވާގައި އެދިފައިނުވާ ކަމަކަށް ނުވަތަ ނޭދޭ ފަރުވާއެއް ނެރެދެ އްވާފައިވާއިރު، އެ ޤަޟިއްޔާ ހިންގާފައިވަނީ
ސިވިލް ކޯޓުގެ ޑިވިޜަންތަކުގެ މަސައްކަތްތައް ހިންގުމުގެ އިޖުރާޢަތްތަކާ ގުޅޭގޮތުން ނެރުނު ސުޕްރީމް ކޯޓުގެ
ނަންބަރު SC/2015
/
04 ސަރކިއުލަރ ގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށާއި، އަދި
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާ ނިން“ މެވު މުގައި
ހުށަހެޅިފައިވާ ދަޢުވާގައި ދަޢުވާކުރި ފަރާތްތަކުގެ ދަފްޢު ސާބިތުނުވަނީސް އެކަންކަމަށް ރިޢާޔަތްކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލަމުންމިދާ އިސްތިއުނާފް މި ދަޢުވާގެ
މައްސަލަ ބަލައި ވަކިގޮތެއް ކަނޑައެޅެންދެން، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާގައި
ކުރެވުނު ޙުކުމަށް އަމަލުކުރުން ވަގުތީ ގޮތުން ފަސްކޮށްދިނުމަށާއި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދިނުމަށް އެ
ފަރާތުން އެދިފައިވާކަން އެނގޭކަމާއި،
44
OXO
ދިވެހިރާއްޖެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2016/HC-A/464
އަދި އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާގައި
ދަޢުވާލިބޭ ފަރާތަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ކަމުގައިވާތީ، މި މައްސަލައިގައި އެ ޕާޓީގެ
މަޞްލަޙަތުވެސް އޮންނާނެކަމަށް
ޤަބޫލުކުރެވިގެން މި މައްސަލައިގެ ތެރެއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
(ޕީ.ޕީ.އެމް) ތަދައްޚުލުވުމަށް އެ ޕާޓީއަށް ޝަރީޢަތުން ފުރުޞަތު ދިނުމުން އެ ޕާޓީގެ ފަރާތުން މައްސަލައިގެ
ތެރެއަށް ތަދައްޚުލުވެފައިވާކަމާއި، އަދި މި މައްސަލައާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ޕްރޮގްރެސިވް ޕާޓީ
އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށްވެސް ޝަރީޢަތުގެ ފަރާތުން ދީފައިވާނޭކަމާއި، މި ގޮތުން މައްސަލައާ
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޕީ.ޕީ.އެމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި، އިސްތިއުނާފުކުރެވޭ ސިވިލް
ކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބުތަކެއް ހުރި
ކަމަށް ނުފެންނަކަމަށް ބުނެފައިވާކަން އެނގެންއޮންނަކަމެވެ.
ބޮލެމެން
(ނ) ތިންވަނަކަމަކީ، އަޙުމަދު ޝިޔާމްއާއި މުޙައްމަދު ޝާހިދުގެ ފަރާތުން ޕްރޮގްރެސިވް ޕާޓީ
އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ސީޣާއަށާއި، އެ
ދަޢުވާ ބިނާކޮށްފައިވާ އަސާސްތަކުގެ
މައްޗަށް
ދަޢުވާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާއި، ސިޔާސީޕާޓީތަކުގެ ޤާނޫނާ ޕީ.ޕީ.އެމްގެ ފަރާތުން ޚިލާފުވާކަމަށް
ބުނެ ހުށަހަޅާފައިވާ
ވާ ދަޢުވާއެއް
ނޫންކަމާއި، މި ދަޢުވާގެ ސީޕޯއަށް ބެލުމުން މި ފަރާތްތަކުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ގެ
މައްޗަށް ދަޢުވާ އުފުލާފައިވަނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސް އަލްއުސްތާޛު
މައުމޫން ޢަބްދުލްޤައްޔޫމް ޕާޓީގެ އަސާސީގެ ޤަވާއިދުގެ 37 ވަނަ މާއްދާއާ ޚިލާފަށް ޕާޓީގެ އެންމެހައި
ގުނަވަންތަކެއް ސަސްޕެންޑް ކޮށްފައިވާކަމަށާއި، އަސާސީ ޤަވާޢިދުގެ 39 ވަނަ މާއްދާގައި ބުނާ ޕާޓީގެ
ކައުންސިލުގެ ބޭރުން ލަފަޔާއި މަޝްވަރާ ހޯއްދެވުމަށްޓަކައި އެކުލަވާލާފައިވާ މަޝްވަރާ މަޖިލީހަކީ ޕާޓީގެ
ކައުންސިލްގެ ރުހުމާއެކު ޕާޓީގެ ރައީސް ޢައްޔަންކުރަންޖެހޭ މަޖިލީހެއްކަން އަސާސީ ޤަވާޢިދުގެ 39 ވަނަ މާއްދާގެ
(ށ) އިން އެނގެން އޮތްއިރު، އެ މަޖްލިސް އުފައްދާފައިވަނީ އެ މާއްދާއާ ޚިލާފަށްކަމަށްވުމާއި، ޕްރޮގްރެސިވް ޕާޓީ
Cox
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
9
2016/HC-A/464
8
އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގާ ޤަވާޢިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލްގެ ޖަލްސާތައް
ބާއްވާފައިނުވާތީ، ޕާޓީގެ ހިންގާ ޤަވާޢިދާ އެއްގޮތަށް ޖަލްސާތައް ބާއްވައި ދިނުމަށާއި، އަސާސީ ޤަވާޢިދާ ޚިލާފަށް
ކުރައްވާފައިވާ ކަންތައްތައް
އެތައް ހުއްޓުވައި ދެއްވުމަށް އެދި އެ ފަދައިންކަން އެނގެން އޮންނައިރު،
ސިޔާސީ ޕާޓީތަކުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ދީމުޤްރާޠީ ހަމަތަކުގެ މަތިން ޕާޓީ ހިންގުމާއި،
ޕާޓީގެ އެންމެހައި ކަންކަން ފާޅުކަން ބޮޑުކޮށް ދެފުށް ފެންނަ ގޮތަށް ބެހެއްޓުން ޤާނޫނު ނަންބަރު 4/2013
(ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 6 ވަނަ މާއްދާގެ (ހ) އަދި (ށ) އިން ލާޒިމްކުރާކަމާއި، އަދި ސިޔާސީ ޕާޓީއަކުން
ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި ޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފުވުން ހިމެނިގެންވާކަން އެ ޤާނޫނުގެ 7
ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގައި ބަޔާންވެ އޮންނައިރު، ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް،
ސިޔާސީޕާޓީގެ ޤާނޫނުގައިވާ ގޮތުގެ މަތިން އެކަށައަޅާފައިވާ ޕާޓީގެ އަސާސީ ޤަވާޢިދެއް އޮންނަންވާނެކަމަށާއި،
އެޤަވާޢިދުގައި، ޕާޓީ ހިންގާނެ ގޮތުގެ އެންމެހައި ސިޔާސަތުތަކާއި، އުސޫލުތަކާއި، ހަމަތަކާއި، ޤަވާޢިދުތަކާއި،
ޕާޓީގެ ގުނަވަންތަކުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ބައްދަލުވުންތައް ބާއްވާނެ ޢަދަދާއި، އެބައްދަލުވުންތައް
ބާއްވަންޖެހޭނެ މުއްދަތުތައް ބަޔާންކުރެވެން ޖެހޭނެކަމަށް އެޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އަދި (ދ) ގައި
ބަޔާންކުރެވިފައިވާކަމާއި، ސިޔާސީ ޕާޓީއަކީ، ރައްޔިތުންގެ ބަޔަކު އެބައިމީހުންގެ އަމިއްލަ އިޚްތިޔާރާއި
މިނިވަންކަމުގައި، ދިމިޤްރާޠީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ސިޔާސީ މައިދާނުގަޔާއި ސިޔާސީ ކަންކަމުގައި
ސުލްޙަވެރިކަމާއެކު ހަރަކާތްތެރިވެ، ބައިވެރިވެ އުޅުމުގެ މަޤްޞަދުގައި އުފެއްދޭ ޖަމާޢަތެއްކަމާއި، މިގޮތުން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަކީވެސް އިޝާރާތްކުރެވުނު ސިޔާސީ ޕާޓީތަކުގެ ޤާނޫނާ އެއްގޮތަށް އެ ޕާޓީގެ
ކަންކަން ކުރިއަށް ގެންދިއުން ލާޒިމްވާނެ ސިޔާސީ ޕާޓީއެއްކަމާއި، މިހެންކަމުން ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) އިން އަދި އެ ޕާޓީގެ މެންބަރުންވެސް ޢަމަލުކުރަންޖެހޭނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި،
އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި، އެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ޕްރޮގްރެސިވް ޕާޓީ
އޮފް މޯލްޑިވްސް އިން ކަނޑައަޅައި އެކުލަވާލާފައިވާ ޤަވާޢިދުތަކާއި އުސޫލުތަކުގެ ތަރަހައިގެ ތެރޭގައިކަމާއި،
ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި، ޤަވާޢިދާއި، އެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ޢަމަލުކުރުން ލާޒިމްކުރާ އުސޫލުތަކާއި،
xoxoc
COX O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/464
ޕާޓީގެ ޤަވާޢިދުތަކާ ޚިލާފަށް ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީގެ ގުނަވަނަކުން ޢަމަލުކުރާނަމަ އެކަން ހުއްޓުވުމަށް
އެދި ކަމުގެ މަސްލަޙަތު އޮތް ފަރާތަކުން ޕާޓީއާ ދެކޮޅަށް ޝަރުޢީ ކޯޓަށް މައްސަލަ ހުށަހެޅުމަކީ ސިޔާސީ
ޕާޓީތަކުގެ ޤާނޫނާއި އެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދުތަކާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ
އަސާސީ ޤަވާޢިދު މަނާކޮށްފައިވާކަމެއް ނޫންކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، އިސްތިއުނާފުކުރެވޭ މި މައްސަލަ ސިވިލްކޯޓުގައި ހިނގާ ގޮސްފައިވާ ގޮތް
ސާފުކުރުމުގެ ގޮތުން މި މައްސަލައާއެކު ފެންނަން ހުރި ލިޔެކިޔުންތަކާއި ދެފަރާތުންމެ ދެއްކި ވާހަކަތަކުގެ މައްޗަށް
ނަޒަރުކުރާއިރު، އަޙުމަދު ޝިޔާމާއި މުޙައްމަދު ޝާހިދުގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި
އިސްތިއުނާފުކުރެވިފައިމިވާ ނަންބަރު 2016/Cv
-
C/1586 ޤަޟިއްޔާގެ މައުޟޫޢުގައި ހަމަ އެ ސީޣާގައި 13
ޖުލައި 2016
ތާރީޚުގައިވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް ރައްދުވާގޮތަށް މި
ފަރާތްތަކުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިކަމާއި، ބުނެވުނު މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ އެ
ކޯޓުގެ ނަންބަރު 2016/Cv-C/1464 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީކުރެވުނުކަމާއި، ބުނެވުނު ޤަޟިއްޔާ
ހިންގުމަށްޓަކައި ސިވިލް ކޯޓުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް ކޯޓަށް ޙާޟިރުވުމުގެ
އަމުރުފޮނުވުމުން، އެ އަމުރުގެ ޖަވާބުގައި 18 ޖުލައި 2016 ގައި އެ ޕާޓީގެ ފަރާތުން ސިވިލްކޯޓަށް ފޮނުވި
ސިޓީގައި މައްސަލައާ ގުޅޭ ލިޔެކިޔުން ލިބުމުން މައްސަލަ ދިރާސާކޮށް ޕާޓީގެ ކަމާބެހޭ ފަރާތްތަކާ
މަޝްވަރާކުރުމަށް ވަގުތު ބޭނުންވާކަމަށް ބުނިނަމަވެސް އެއާ ވިދިގެން އައި 19 ޖުލައި 2016 މި ތާރީޚުގައި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން އެ ކޯޓަށް ފޮނުވާފައިވާ ސިޓީގައި މި
މައްސަލައިގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ދެކޭގޮތް ބަޔާންކޮށްފައިވާކަމާއި، މި
ގޮތުން މި މައްސަލައަކީ އަޙުމަދު ޝިޔާމްއާއި މުޙައްމަދު ޝާހިދުއަށް ކޯޓަށް ހުށަހެޅޭނެ މައްސަލައެއްކަމަށް
ނުދެވޭކަމަށާއި، އެއީ ޕާޓީގެ ތެރެއިން ޙައްލު ހޯދުމަށް 2 ފަރާތުން މަސައްކަތް ނުކޮށް މައްސަލަ ކޯޓަށް
ހުށަހަޅާފައިވާތީކަމަށާއި، އަދި 2 ފަރާތުން ހުށަހެޅި މައްސަލައަކީ މިހާރު އޮތް މައްސަލައެއްކަމަށްވެސް ޕާޓީތައްޖޭގެ ހައި
ޚި
ޚި
ޚި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2016/HC-A/464
ބޫލުނުކުރާކަމަށާއި، އެ ޕާޓީގެ ގުނަވަންތަކާއި ޙަރަކާތްތައް ޕާޓީގެ ރައީސްއަށް ނޭނގި، ކުރިއަށް ނުގެންދިއުމަށް
އަންގާފައިވާ އެންގުން، 13 ޖުލައި 2016 ގައި ޕާޓީގެ ގުނަވަންތަކަށް ފޮނުވި ވައިބަރ މެސެޖަކުންނާއި 14
ޖުލައި 2016 ގައި ޕާޓީގެ ގުނަވަންތަކަށް
ފޮނުވި ސިޓީއަކުން އަނބުރާ ގެންގޮސް، ޕާޓީގެ އަސާސީ ޤަވާއިދާއި
ހިންގާ ޤަވާޢިދާ އެއްގޮތަށް ކޮމެޓީތަކާއި ޙަރަކާތްތައް
ގތައް ކުރިއަށް ގެންދިއުމަށް އަންގާފައިވާނޭކަމަށާއި، ހަމަ އެހެންމެ
ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ޕާޓީގެ ރައީސް ގެންދަނީ މަސައްކަތްތަކެއް ކުރަމުންކަމަށާއި،
މައްސަލައިގައި ބުނެފައިވާ، ޕާޓީގެ ރައީސް އެކުލަވާލާފައިވާ މަޝްވަރާ މަޖިލީހަށް ޕާޓީގެ ކައުންސިލްގެ ރުހުން
ހޯދުމަށް ޕާޓީގެ ރައީސް އަދި ހުށަހަޅާނެކަމަށާއި، އެކަން ލަސްވެފައިވާކަމަށް ނުދޭކަމަށްބުނެ މި ސިޓީގައި މިގޮތަށް
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން
ސިވިލްކޯޓަށް ފޮނުވާފައިވާ މި ސިޓީއަށް ބެލުމުން ޕާޓީގެ ޙަރަކާތްތަކާއި ގުނަވަންތައް ޕާޓީގެ ރައީސްއަށް ނޭނގި
ކުރިއަށް ނުގެންދިއުމަށް ޕާޓީގެ ރައީސް އެންގިކަން، އަދި ޕާޓީގެ އަސާސީ ޤަވާޢިދުގެ 39 ވަނަ މާއްދާގައި ބުނާ
ގޮތާ ޚިލާފަށް މަޝްވަރާ މަޖިލީހެއް އުފެއްދިކަން، އަދި ޕާޓީގެ ހިންގާ ޤަވާއިދާ އެއްގޮތަށް ކައުންސިލްގެ
ބައްދަލުވުން ބޭއްވެމުންނުދާކަން އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/1464 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލައިގެ ދަޢުވާކުރާ
ފަރާތްތަކުގެ ބަދަލުގައި ޙާޟިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތުން ކޯޓަށް ޙާޟިރުވެފައިނުވާތީ މައްސަލާގެ ދަޢުވާ
ފޯމް ބާޠިލްކުރެވުނުކަމާއި، އެ މައްސަލައިގެ ދަޢުވާ ފޯމް ބާތިލުކުރުމުން އެ ދަޢުވާކުރި ސީޣާއިން،
އިސްތިއުނާފުކުރެވިފައި މިވާ ސިވިލްކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާ ސިވިލް ކޯޓަށް
ހުށަހަޅާފައިވަނީ، 02 އޮގަސްޓް 2016 މި ތާރީޚުގައިކަމާއި، އަދި ހަމަ އެ ތާރީޚުގައި މި ދެފަރާތުން ހުށަހެޅި
މައްސަލައާ ގުޅޭގޮތުން މައްސަލައިގައި އެދިފައިވާ ކަންކަމުގެ މައްޗަށް ވަގުތީއަމުރެއް ނެރެ ދިނުމަށް މައްސަލަ
ހުށަހެޅި ފަރާތުން އެދިފައިވާކަމާއި، ސިވިލްކޯޓަށް މި މައްސަލަ ހުށަހެޅުމުން ސިވިލްކޯޓުން މައްސަލަ ބެލުމުގައި
އުސޫލުތަކުގެ ދަށުން މި މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ކޯޓުން
މަސައްކަތްކޮށްފައިވާކަމާއި، މި ގޮތުން ސިވިލްކޯޓުގެ ޑިސްޕިއުޓް ރިޒޮލިޔުޝަން ޑިވިޝަނު
ޝަނުން މި މައްސަލަ 03
4 0 22
ޢަމަލުކުރަމނދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
2016/HC-A/464
2016
މި ތާރީޚުގައި ބައްލަވައި މައްސަލައިގައި ހިމެނޭ ދެފަރާތުން ސުލްޙަކުރުމަށް
މަސައްކަތްކޮށްފައިވާކަން އެނގެން އޮންނައިރު، 03 އޮގަސްޓް 2016 މި ތާރީޚުގައި ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިޔުޝަން ސެކްޝަނަށް ޙާޟިރުވި
ޢަބްދުލްޢަލީމްގެ ފަރާތުން ދީފައިވާ ބަޔާނުގައި، މައްސަލައަށް ސުލްޙަވެރި ޙައްލެއް ލިބިފައިނުވާތީ މައްސަލަ
ޝަރީޢަތަށް ފޮނުވައިދިނުމަށް އެދިފައިވާކަން އެނގޭކަމާއި، އަދި ހަމަ އެ ތާރީޚުގައި ޑިސްޕިއުޓް ރިޒޮލިޔުޝަން
ޑިވިޝަނުން އެ މައްސަލަ ކަމާބެހޭ ސިވިލް ކޯޓުގެ ޑިވިޒަނަށް ތަޙްލީލުކޮށްފައިވާކަމާއި، މައްސަލަ ޝަރީޢަތަ
ހުށަހެޅުމަށް ސިވިލްކޯޓުގެ ކަމާބެހޭ ޑިވިޒަނަށް ތަޙްވީލުކުރުމުން މި މައްސަލަ ހިންގުމަށް ތަފާތު އެތައް ފަހަރެއްގެ
މަތިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް ކޯޓަށް ޙާޒިރުވުމުގެ އަމުރު ފޮނުވުނުކަމާއި، އެ
ގޮތުން، 08 އޮގަސްޓް 2016، 08 ސެޕްޓެމްބަރު 2016، 20 ސެޕްޓެމްބަރ 2016، 27 ސެޕްޓެމްބަރ
2016 މި ތާރީޚުތަކުގައި ސިވިލް ކޯޓަށް ޙާޟިރުވެ މައްސަލައިގައި ޖަވާބުދާރީވުމަށް ސިވިލް ކޯޓުން ޕްރޮގްރެސިވް
ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް އެންގި އެންގުމާ އެއްގޮތަށް އެޕާޓީގެ ފަރާތުން ކޯޓަށް ޙާޟިރުވެފައި
ނުވާކަމާއި، އަދި ޙާޟިރުނުވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރާ ކަންކަމަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު
B3
-
CR3
/
2016
/
3010 (8 އޯގަސްޓް 2016 ގެ ޝަރީޢަތަށް ޙާޟިރުވުމަށް) ކޯޓަށް ޙާޒިރުވުމުގެ އަމުރު އާއި
ނަންބަރު B3
-
CR3
/
2016
/
3287 (08 ސެޕްޓެމްބަރު 2016 ގެ ޝަރީޢަތަށް ޙާޟިރުވުމަށް) ކޯޓަށް
ޙާޟިރުވުމުގެ އަމުރަށް ޙާޟިރުވެވެންނެތީ ޕާޓީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް އެ ވަގުތު ހުރީ
ރާއްޖެއިން ބޭރުގައިކަމަށާއި، އެ ފަރާތުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ނިޔަލަށްކަމަށާއި
އެހެންކަމުން، ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެ ބޭއްވޭނީ ޕާޓީގެ ރައީސް ޙާޟިރުގައިކަމަށްވާތީ، ފަހުގެ
ތާރީޚަކަށް އަޑުއެހުން ފަސްކޮށްދިނުމަށް އެދޭކަމަށް ބުނެކަމާއި، އޭގެ ފަހުން ކޯޓަށް ޙާޟިރުވުމަށް ސިވިލްކޯޓުން
އެ ކޯޓުގެ ނަންބަރު B3
-
CR3
/
2016
/
3500 (20 ސެޕްޓެމްބަރު 2016 ގެ ޝަރީޢަތަށް ޙާޟިރުވުމަށް)
ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވިކަމާއި އޭގެ ޖަވާބުގައި ޕާޓީގެ ރައީސް ރާއްޖެ އައިއިރު، ޙައްޖު ދުވަހާއި
އަޟްޙާ ޢީދުގެ ބަންދު ދުވަސްވަރާ ދިމާވުމުން ޕާޓީގެ ކައުންސިލްގައި ހިމެނޭ ގިނަ މެމްބަރުން ރަށުގައި ނޫޅޭތީވެ،
(0އ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
2016/HC-A/464
COCO
ކައުންސިލްގެ ޖަލްސާއެއް ބޭއްވިފައިނުވާކަމަށް ބުނެ ކޯޓަށް ޙާޟިރުވުމަށް ޢުޛުރުވެރިވެފައިވާކަމާއި، އަދި އޭގެ
ފަހުން ސިވިލް ކޯޓުގެ ނަންބަރު B3
-
CR3
/
2016
/
3580 (27 ސެޕްޓެމްބަރު 2016 ގެ ޝަރީޢަތަށް
ޙާޟިރުވުމަށް) ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވިކަމާއި އެހެންނަމަވެސް އެއަމުރުގެ ޖަވާބުގައި، އެ މައްސަލަ
ހުށަހަޅާފައިވަނީ ކައުންސިލްގެ ދެ މެންބަރުންކަމަށްވާތީ، ކައުންސިލްގެ ފަރާތުން ކޯޓަށް ޙާޟިރުވާނެ ފަރާތެއްގެ
ޤަރާރު ފާސްކުރަން ބާއްވާ ބައްދަލުވުމެއްގައި އެ ފަރާތްތަކުން ތިބެގެން ކައުންސިލްގެ ބައްދަލުވުމެއް ބާއްވައިފިނަމަ
މަޞްލަޙަތު ފުށުއަރާނެތީވެ، ޤަރާރު ފާސްކުރުމަށް ކައުންސިލްގެ ބައްދަލުވުމެއް
ޤަބޫލުނުކުރެވޭކަމަށާއި އެހެންކަމުން، ޕާޓީގެ އަސާސީ ޤަވާޢިދުން ޕާޓީގެ ރައީސަށް ލިބިދެވޭ ބާރުގެ ތެރެއިން،
ޕާޓީގެ ރައީސް ނިންމާ ފަރާތަކުން އަޑުއެހުންތަކަށް ޙާޟިރުވެވޭނެ ގޮތެއް ހަމަޖައްސާދިނުމަށް އެދި އެދުވަހުގެ
އަޑުއެހުމަށްވެސް ޙާޟިރުވެފައިނެތްކަމާއި،
444 44 44
އެހެންނަމ
COX.
ފެނަމަވެސް، 16 އޮކްޓޯބަރު 2016 ދުވަހުގެ ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވުމަށް ސިވިލް
ކޯޓުގެ ނަންބަރު B3
-
CR3
/
2016
/
3731 ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން، ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން އެ ޕާޓީގެ ޤަރާރަކާއެކު ޕާޓީ ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު
ހާޟިރުވެފައިވާކަމާއި، އަދި އެ ޤަރާރަކީ ކުރިއްސުރެވެސް ފާސްކޮށްފައިވާ ޤަރާރަކަށްވާއިރު، އެ ޤަރާރުގެ ދަށުން
ކުރީގެ އަޑުއެހުންތަކަށްވެސް އެ ފަރާތަށް ޙާޟިރުވެވެން އޮތްކަމާއި، 16 އޮކްޓޯބަރ 2016 ގައި ޝަރީޢަތަށް
ޙާޒިރުވެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން އެ މައްސަލައިގައި ބުނެފައިވަނީ ޕާޓީގެ
ރައީސް ޚިލާފްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނުވަތަ އަސާސީ ޤަވާޢިދުގެ ނުވަތަ ހިންގާ
ޤަވާޢިދުގެ ކޮން މާއްދާއަކާކަން އެނގެންނެތްކަމަށާއި، އެހެންކަމުން، އެކަންކަން ޝަރީޢަތުން ސާފުކުރުމަށް އެދި
އެފަދައިންކަން އެނގޭއިރު، މި މައްސަލައިގައި މައްސަލަ ހުށަހެޅުނު މައުޟޫޢުގައި މިނޫން އިތުރު ވާހަކައެއް
ދައްކާފައިވާކަން އެނގެންނެތްކަމާއި،
މި މައްސަލައިގައި ކަން ހިނގާފައިވާ އިޝާރާތްކުރެވުނު ގޮތްތަކުގެ މައްޗަށް ބަލާއިރު،
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މައްޗަށް ރައްދުވާގޮތަށް މުޙައްމަދު ޝާހިދު އާއި އަޙުމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
2016/HC-A/464
ޝިޔާމްގެ ފަރާތުން ހުށަހެޅި މައްސަލައިގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ދަފްޢު
ސާބިތުކުރުމަށް އެކަށީގެންވާ ވަގުތު އެ ޕާޓީއަށް ޝަރީޢަތުގެ ފަރާތުން ދީފައިވާކަމާއި އަދި މި މައްސަލަ ހިންގުމުގެ
އިޖުރާއާތު ސިވިލްކޯޓުން ގެންގޮސްފައިވަނީ ގޯސް އިޖުރާއާތުތަކެއްގެ މައްޗަށް ކަމުގައި ބެލެވެންނެތްކަމެވެ.
CC Occ
ek@
(ބ) ފަސްވަނަކަމަކީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގާ ޤަވާއިދުގެ 4
ވަނަ މާއްދާގައި، އެ ޕާޓީގެ ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް، ޕާޓީގެ އަސާސީ ޤަވާޢިދުގެ ޗެޕްޓަރ 5
ގައި ބަޔާންކުރެވިފައިވާނެކަމަށް އޮތްއިރު، އެ ޕާޓީގެ އަސާސީ ޤަވާޢިދުގެ ޗެޕްޓަރ 5 ގައި އަދި އެޤަވާއިދުގެ 30
ވަނަ މާއްދާގެ (ހ) ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި
ބަޔާންކުރާގޮތުން އެ ޕާޓީގެ ކައުންސިލްގެ މަސްއޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާއި އެހެނިހެން ޤާނޫނުތަކާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ
ޤަވާޢިދާއި، ޕާޓީގެ ޤައުމީ ޖަލްސާގެ ނިންމުންތަކާއި އަދި ޕާޓީގެ އެހެނިހެން ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތީން،
ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމާއި ޕާޓީ ހިންގުން ކަން އެނގޭކަމާއި، އަދި އެ މާއްދާގެ (ށ) ގައި، ޕާޓީ
ކައުންސިލް ހިންގުމާއި، ކައުންސިލްގެ ޖަލްސާތައް ބާއްވާނެގޮތާއި، ކަންކަން ފާސްކުރާނެ ގޮތް އަދި ޔައުމިއްޔާ
ލިޔެ ބަލަހައްޓާނެގޮތް ޕާޓީގެ ހިންގާ ޤަވާޢިދުގައި ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ޕްރޮގްރެސިވް ޕާޓީ
އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގާ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ހ) ގައި، ކައުންސިލްގެ ޖަލްސާތައް
މަދުވެގެން މަހަކު 2 ފަހަރު ބާއްވަންވާނެކަމަށާއި، މި މާއްދާގެ (ހ) ގައިވާ ޖަލްސާގެ ތެރޭގައި ކައުންސިލްގެ
ކުއްލި ޖަލްސާތަކެއް ނުހިމެނޭނެކަމަށް ބަޔާންވެގެން އޮންނަކަމާއި،
އިޝާރާތްކުރެވުނު މާއްދާތަކުގައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލަކީ ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމާއި، ޕާޓީ ހިންގުމުގެ އެންމެ
އިސްދައުރު އަދާކުރާފަރާތްކަން އެނގެން އޮންނަކަމާއި، އަދި އެ ޤަވާޢިދުގައި އެ ކައުންސިލަށް މަތިކުރެވިފައިވާ
ޒިންމާތައް އަދާކުރުމަށް ކައުންސިލްގެ ޖަލްސާތައް މަދުވެގެން މަހަކު 2 ފަހަރު ބޭއްވުން ލާޒިމްކޮށްފައިވާއިރު،
Oxc
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
2016/HC-A/464
ބޮއެފެމެޤީ
އެއްވެސް ސަބަބަކާއިހުރެ ކައުންސިލްގެ ޖަލްސާތައް މަދުވެގެން މަހަކު 2 ފަހަރު ނުބޭއްވޭނެ ހަމައެކަނި ޙާލަތަކީ
ކައުންސިލްގެ ޖަލްސާއެއް ޤާނޫނީ ޢަދަދު ހަމަނުވުންކަމާއި އަދި އެޙާލަތުގައިވެސް މުހިއްމު
ކަންތައްތައްކަމަށް ކައުންސިލުން ކަނޑައަޅާކަންތައްތައް ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން
ނިންމިދާނެކަމަށް
މަށް އޮންނަކަމާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ހ)
ގައި، ކައުންސިލްގެ ޖަލްސާތައް މަދުވެގެން މަހަކު 2 ފަހަރު ބޭއްވުން ލާޒިމްކުރާ ޖަލްސާތައް، ނުބާއްވާ
ދޫކޮށްލުން ހުއްދަކުރާ މިނޫން އެއްވެސް ޙާލަތެއް ޕާޓީގެ ހިންގާ ޤަވާޢިދުގައި ބަޔާންކޮށްފައިނުވާކަން އެނގެން
*ތ އހ ،
އޮންނަކަމެވެ.
CO
03އ
(ޅ) ހަވަނަކަމަކީ، މުޙައްމަދު ޝާހިދުއާއި އަޙުމަދު ޝިޔާމްގެ ފަރާތުން އެ ކަމެއްގެ
ފަރުވާހޯދުމަށް އެދި ސިވިލްކޯޓަށް މައްސަލަ ހުށަހެޅި ކަންކަމުގެ މައްޗަށް ބަލާއިރު، އެ ފަރާތްތަކުން
ސިވިލްކޯޓުގައި އެދިފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ހިންގާ ޤަވާޢިދާ އެއްގޮތަށް ޕާޓީގެ
ކައުންސިލްގެ ޖަލްސާތައް ބޭއްވެމުން ނުދާ ދިޔުން ހުއްޓުވުމަށްފަހު ޕާޓީގެ ކައުންސިލްގެ ޖަލްސާތައް ބޭއްވޭނެ
ހަދައިދިނުމާއެކު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދުގެ 37 ވަނަ
މާއްދާއާއި ޚިލާފަށް ޕާޓީގެ އެންމެހައި ގުނަވަންތަކެއް ޕާޓީގެ ރައީސް ސަސްޕެންޑްކޮށްފައިވާތީއާއި، ޕާޓީގެ
ކައުންސިލްގެ ލަފަޔާއި މަޝްވަރާގެ ބޭރުން ޕާޓީގެ ރައީސް އެކުލަވާލާފައިވާ މަޝްވަރާ މަޖިލީހަކީ ޕާޓީގެ އަސާސީ
ޤަވާޢިދުގެ 39 ވަނަ މާއްދާއާ ޚިލާފަށް އެކުލަވާލާފައިވާ މަޖިލީހެއްކަމަށްވާތީ އެކަން ހުއްޓުވާދިނުމަށް ކަމާއި،
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދުގެ 51 ވަނަ މާއްދާއަށް
ބަލާއިރު، ޕާޓީގެ ރައީސަކީ ޕާޓީ ހިންގުމުގެ އެންމެ އިސްވެރިޔާކަމާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
(ޕީ.ޕީ.އެމް) ގެ ހިންގާ ޤަވާޢިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ހިންގަންޖެހޭނީ ޕާޓީގެ
އަސާސީ ޤަވާޢިދާއި، ޕާޓީގެ ޤައުމީ ޖަލްސާގެ ނިންމުންތަކާއި، ޕާޓީގެ ސިޔާސަތުތަކާއި ކައުންސިލްގެ ނިންމުންތަކާ
UCO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
16
2016/HC-A/464
هތ ތ ޗ ޒ3 ޑ
އއ 303303
މަތީންކަން އެނގެން އޮންނަކަމާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގާ
ޤަވާޢިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކައުންސިލްގެ ޖަލްސާއަކަށް މެންބަރުންނަށް ގޮވުމުގެ ޒިންމާ
މަތިކުރެވިފައިވަނީ ޕާޓީގެ އަމީން ޢާންމު މެދުވެރިކޮށް ޕާޓީގެ ރައީސްއަށް ކަމާއި، އަދި ކައުންސިލްގެ
ރިޔާސަތުވެސް ބަލަހައްޓާނީ، ޕާޓީގެ އަސާސީ ޤަވާޢިދުގައިވާ ގޮތުގެ މަތީން ޕާޓީގެ ރައީސްކަން އެނގެން އޮތުމުން
ޕާޓީގެ ކައުންސިލްގެ ޖަލްސާއަކަށް މެންބަރުންނަށް ގޮވުމުގެ ޒިންމާ މަތިކުރެވިފައިވަނީ ޕާޓީގެ ރައީސްއަށްކަން
އެނގެން އޮންނައިރު، އަޙުމަދު ޝިޔާމު އާއި މުޙައްމަދު ޝާހިދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު
2016/Cv-C/1464 ޤަޟިއްޔާއާއި ގުޅިގެން މައްސަލައިގައި ދެކޭގޮތް ހާމަކުރަމުން ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ކޯޓަށް ފޮނުވާފައިވާ ސިޓީއަށާއި، އިސްތިއުނާފު މި ކުރެވޭ މައްސަލަ
ސިވިލްކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގައި ޙައްލު ކުރެވިފައިނެތްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ބުނެފައިވާ ބުނުމަށާއި، އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައިގައި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނަށް
ބެލުމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގާ ޤަވާއިދުގައި ބަޔާންކުރާ ކައުންސިލްގެ
ޖަލްސާތައް އެ ޤަވާޢިދުގައި
މަތީން ބޭއްވިފައިނުވާކަން އަދި މި މައްސަލަ ޝަރީއަތުގެ
މަރުޙަލާގައިވީ މުއްދަތުގައިވެސް ބޭއްވިފައިނުވާކަން އެނގެން އޮންނަކަމާއި، އަދި މި މައްސަލައިގައި ޕްރޮގްރެސިވް
ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުންނާއި މި މައްސަލައަށް ތަދައްޚުލުވި ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކި
ވާހަކަތަކުންވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގާ ޤަވާޢިދާ އެއްގޮތަށް ކައުންސިލްގެ
ޖަލްސާތައް ބާއްވަމުން ގޮސްފައިނުވާކަން އެނގެން އޮންނައިރު، އެފަދައިން ކައުންސިލްގެ ޖަލްސާއެއް
އޮތް މަޤްބޫލު ޙުއްޖަތްތަކެއް ބުނެދެވިފައިނުވާއިރު، އިސްވެ އިޝާރާތްކުރެވުނު ފަދައިން ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސްއަށްވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ހިންގުން
ލާޒިމްކުރަނީ ޕާޓީގެ ކައުންސިލުގެ މަޝްވަރާއާ އެކުކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ
ހދ 8
83
632
303/20
3043ދ8
OXO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
17
2016/HC-A/464
COXO
އަސާސީ ޤަވާޢިދުގައި އޮތުމުން ޕާޓީގެ ކައުންސިލްގެ މަޝްވަރާއެއްނެތި އަދި ޤަވާޢިދުގައި ބުނާ ކައުންސިލްގެ
ބައްދަލުވުމެއްނެތި ޕާޓީ ހިންގިގެންވާނެކަމަށް ޤަބޫލުނުކުރެވޭކަމާއި، މިހެންކަމުން ޕާޓީގެ ރައީސްއެއް ހުރެމެ ޕާޓީގެ
ޤަވާޢިދުތަކާ އެއްގޮތަށް އެ ޤަވާޢިދު ތަކުން ލާޒިމްކުރާ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ޢުޛުރުވެރިވަމުން
ދިޔުމަކީ އެކަމުގެ ސަބަބުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގުމަށާއި، ސިޔާސީ ޕާޓީ
އެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖޭގެ ސިޔާސީ ވެށީގައި އެ ޕާޓީން ޙަރަކާތްތެރިވުމަށް އޮތް ހުރަހެއްކަމާއި،
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޤަވާޢިދުތަ އެ ޕާޓީގެ ރައީސް ޢަމަލުކުރަމުން
ނުގެންދާތީ އެ ޕާޓީގެ ކަންކަން ކުރިއަށް ގެންދެވޭނެ އިތުރު ގޮތެއް ނެތިގެން އެ ކަމުގެ ފަރުވާއެއް ހޯދުމަށް އެ
ޕާޓީގެ މެންބަރުންތަކެއް ޝަރީޢަތަށް މައްސަލަ ހުށަހެޅިފައިވާ މި ޙާލަތުގައި އެ ޕާޓީ، އެ ޕާޓީގެ ޤަވާއިދާ
ހިންގޭނެ މަގެއް ތަނަވަސްކޮށްދީ އެ ކަމަށް ފަރުވާއެއް ދިނުމަކީ
ޝަރީޢަތުގެ ފަރާތުން
ފެކަމެއްކަމާއި، އެއީ އެއްވެސް ޙާލެއްގައި ޕާޓީގެ ހިންގުމުގެ ތެރެއަށް ޝަރީޢަތުން ވަނީކަމުގައި
6
8
aދ8
އެއްގޮތަށް
x e cއވ
ހއ 03
ކުރަންސގެ ޚަޑ 8
ނުބެލެވޭނެކަމެވެ.
(ބ) ހަތްވަނަކަމަކީ، ސިޔާސީ ޕާޓީއެއްގެ ރައީސަކު އެ ޕާޓީއެއްގައި ހުރެމެ އެ ޕާޓީގެ އަސާސީ ޤަވާޢިދާއި
ހިންގާ ޤަވާޢިދާ ޚިލާފުވެ ހިންގާ ޤަވާޢިދުން ލާޒިމްކުރާ ކައުންސިލްގެ ޖަލްސާއެއް ބޭއްވުމަށް ޤަސްދުގައި ދެކޮޅު
ހަދަމުންދަނީނަމަ އެކަމެއް ނެތިކޮށްލައި ޕާޓީގެ ހިންގުން އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދާ އެއްގޮތަށް ކުރިއަށް
ގެންދިއުމުގައި ދެން ޢަމަލުކުރަންޖެހޭނެ ގޮތަކީ ކޮބައިކަން ސިޔާސީ ޕާޓީއާބެހޭ ޤާނޫނުގައިވެސް އަދި ސިޔާސީ
ޕާޓީއާބެހޭ ޤަވާޢިދުގައިވެސް ބަޔާންކޮށްފައިނެތްކަމާއި، އަދި މިފަދަ ޙާލަތެއް މެދުވެރިވުމުން ދެން
ކަންކުރަންޖެހޭގޮތަކީ ކޮބައިކަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދުގައިވެސް
އަދި ހިންގާ ޤަވާޢިދުގައިވެސް ބަޔާންކޮށްފައިނެތްކަމާއި، އެހެންކަމުން ސިވިލްކޯޓަށް ހުށަހެޅުނު މައްސަލައިގައި
ކުރިމަތިވެފައިވާ އެ ޙާލަތަކީ އެ ޙާލަތު އެގޮތަށް މެދުވެރިވުމުން ދެން ކަންކުރަންޖެހޭނެ ގޮތެއް ޤާނޫނެއްގައި އަދި
ޤަވާޢިދެއްގައި ކަންނެތް ޚާއްސަ ޙާލަތެއްކަމާއި، ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ވަކިކަމެއް
39
/
9ނންeގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
މަސައްކަތްތަކެއް
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/464
0 4 6 8 22
OCO
)
ބުޔާންވެގެން ނެތުމަކީ އިންސާފުވެރި ޙައްލެއް ހޯދުމަށް އެދި ހުށަހަޅާ ފަރާތަކަށް ދޭންޖެހޭ ޙައްޤެއް ނުދިނުމަށް
އޮތް ޙުއްޖަތެއް ނޫންކަމާ
މިކަމާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މި މައްސަލަ
ސިވިލްކޯޓަށް ހުށަހެޅި ފަރާތްތަކާއި، މި މައްސަލަ ރައްދުވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި
ދެމެދު ސުލްޙަވެރި ޙައްލެއް ހޯދުމަށް ސިވިލްކޯޓުން މަސައްކަތްތަކެއް ކުރި ނަމަވެސް އެފަދައިން ދެފަރާތުގެ
ދެމެދުގައި ސުލްޙަވެރި ޙައްލެއް ހޯދިފައިނުވާކަން އެނގެން އޮތްއިރު، މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ
ފަހަށްވެސް އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް މައްސަލައަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
(ޕީ.ޕީ.އެމް) ގެ ފަރާތުން ޖަވާބުދާރީވުން އަވަސްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރިކަން އެނގެން
ނެތްއިރު، މައްސަލަ ޝަރީއަތުގެ މަރުޙަލާގައި އޮތް އިރުވެސް ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަދައިން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލްގެ ބައްދަލުވުމެއް އެ ޕާޓީގެ ފަރާތުން ބޭއްވުމަށް
ކުރިކަން އަދި އެފަދަ ބައްދަލުވުމެއް
ވުމެއް ބޭއްވިކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
(ޕީ.ޕީ.އެމް) ގެ ފަރާތުން ބުނެފައިނެތްކަމާއި، މިހެންކަމުން މި މައްސަލަ ހުށަހެޅި ފަރާތްތަކަށް އަވަސް އަދި
އިންސާފުވެރި ޙައްލެއް ހޯދައިދިނުމަކީ މިޙާލަތުގައި ޝަރީޢަތުގެ ފަރާތުން ކުރަންޖެހޭނެ ކަމެއްކަމާއި، ޤާނޫނެއްގައި
ނުވަތަ ޤަވާޢިދެއްގައި އެކަމެއްކުރުމަށް ވަކިގޮތެއް ކަނޑައަޅާފައިނެތް ކަންކަމުގައި އެކަމެއްގެ
ޝަރީޢަތުން ދޭ ދިނުމުގައި، މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި ކަންހިނގާފައިވާ ގޮތުގެ މައްޗަށް
ބަލައި އެކަމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތަށް އަވަސް އަދި އިންސާފުވެރި ޙައްލެއް ދިނުމަށްޓަކައި
ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުނުވާނެ ގޮތުގެ މަތިން އިންސާފު ޤާއިމުކުރުމަށްޓަކައި ނެރެންޖެހޭ އަމުރުތައް
ނެރުމާއި ޙުކުމްތައް ކުރުމަކީ ކޯޓުތަކަށް ވިރާސީގޮތުން ލިބި އޮތް ބާރެއްކަން އެނގޭކަމެވެ.
4 2 2 32
UcOcc
55
(އ) އަށްވަނަކަމަކީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ހިންގުން ހުއްޓިފައި އޮތް އޮތުން
ނިމުމަކަށް ގެނެސް އެ ޕާޓީގެ ކަންކަން ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި އިސްތިއުނާފުކުރެވިފައި މިވާ ސިވިލް
ކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެ ޙުކުމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
#
19
2016/HC-A/464
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ކައުންސިލުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)
ގެ ހިންގުމާމެދު އެހެންގޮތެއް ކަނޑައަޅަންދެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ހިންގުމާ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މުސްތަޝާރު ޙަވާލުވެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް
ބޭއްވުމަށް އަމުރުކުރައްވާފައިވާ ސަބަބުގެ މައްޗަށް ބަލާއިރު، ޕާޓީގެ އިސްމަޤާމުތަކުގެ ތަރުތީބަށް ބަލާއިރު، ޕާޓީގެ
ރައީސްއާއި، ވިދިގެން ޕާޓީގެ އިސް މަޤާމެއްގެ ގޮތުގައި ތަރުތީބުކުރެވިފައިވަނީ މުސްތަޝާރުކަމުގައި ބަޔާންކޮށް
އެސަބަބު ފާހަގަކުރައްވާފައިވާކަމާއި، މި މައްސަލައިގައި ކަން ހިނގާގޮސްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މި
މައްސަލައަކީ ޕާޓީގެ އެންމެ އިސްފަރާތުގެ ގޮތުގައި ތަރުތީބުވެފައިވާ ފަރާތުން، ޕާޓީގެ ހިންގާ ޤަވާޢިދާ ޚިލާފުވެ
ޕާޓީގެ ކައުންސިލްގެ ބައްދަލުވުންތައް ޤަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތީން ބާއްވަމުން ނުދިއުމުގެ ސަބަބުން
ޕާޓީގެ ޙަރަކާތްތައް ޕާޓީގެ ޤަވާޢިދާ އެއްގޮތަށް ކުރިއަށް ނުދާތީ އެ ކަމަށް އަވަސް ޙައްލެއް ހޯދުމަށް ޕްރޮގްރެސިވް
ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލްގެ ދެ މެންބަރަކު ހުށަހެޅި މައްސަލައެއްކަމާއި، މި
މައްސަލައިގައި ޙައްލު ހޯދައިދެވެން އޮތް ފަރާތަކީ ޕާޓީގެ ރައީސްކަމުގައިވާއިރު، މި މައްސަލަ ސިވިލް ކޯޓުގެ
ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުން ޙައްލުކުރަން ބޭނުންނުވި ނުވުމާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްފަހު
މައްސަލައިގެ ޖަވާބު ދިނުމަށް އެކަށީގެންވާ މުއްދަތެއް ހޭދަކުރިކުރުމާއި، މައްސަލައާ ގުޅިގެން ޕްރޮގްރެސިވް ޕާޓީ
އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ސިވިލްކޯޓަށް ފޮނުވި ސިޓީތަކުގައި ބަޔާންކުރި ސަބަބުތަކުގެ މައްޗަށް
ބެލުމުން މިމައްސަލައަށް ޙައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވުނުކަން އެނގެންނެތްކަމާއި،
އިޝާރާތްކުރެވުނު ފަދައިން ޕާޓީގެ ރައީސް ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ދެކޮޅުހަދަނީ ނަމަ
އެކަމުގައި ދެން ކަންކުރަންވީ ގޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަސާސީ ޤަވާޢިދާއި ހިންގާ
ޤަވާޢިދުގައި ބަޔާންވެގެން ނެތްކަމާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދުގެ
36 ވަނަ މާއްދާގައި (ހ) ގައި ޕާޓީގެ ތަރުތީބުގައި ވަކިގޮތަކަށް އޮތް ނަމަވެސް ޕާޓީގެ ކައުންސިލްގައި ޕާޓީގެ
ރައީސްއަށް ފަހު އިސްވާނީ ޕާޓީގެ ނައިބު ރައީސުން ކަމުގައި ބަޔާންވެގެން އޮތްއިރު، ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ނައިބު ރައީސްގެ ގޮތުގައި ހުރި ފަރާތް ނައިބު ރައީސްކަމުން މި މައްސަލަ ސިވިލް
އިއްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
20
2016/HC-A/464
ކޯޓުން ނިންމުމުގެ ކުރިން ވަކިކުރެވިފައިވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސްގެ
ފަރާތުން ބުނާކަމާއި، މިހެންކަމުން އެ ހިނދަށް ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުރި ފަރާތަކީ އޭނާގެ މަޤާމުގެ
ޞައްޙަކަމާމެދު ސުވާލު އުފެދިފައިވާ ފަރާތެއްކަމާއި، އަދި މިއީ ޕާޓީގެ ރައީސްވެސް އަދި ޕާޓީގެ
ނައިބުރައީސްވެސް އެ ޕާޓީގެ ޤަވާޢިދާ އެއްގޮތަށް ކައުންސިލްގެ ބައްދަލުވުމެ ބޭއްވުމަށް ޢުޛުރުވެރިވެފައިވާ
ޙާލަތެއްގޮތުގައި ބެލެވޭފަދަ ޚާއްސަ ޙާލަތެއްކަން އެނގޭކަމާއި، މީގެ އިތުރުން ޕީ.ޕީ.އެމްގެ މުސްތަޝާރުގެ ގޮތުގައި
ޢައްޔަންކުރެވޭ ފަރާތަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ
ރައީސުލްޖުމްހޫރިއްޔާކަންވެސް އަދާކުރަމުންދާ ފަރާތެއްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ
އަސާސީ ޤަވާޢިދުގެ 57 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްކަމަށްވާއިރު، ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސާއި ނައިބު ރައީސް އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް
ޢުޛުރުވެރިވެފައި މިވާ ޚާއްސަ ޙާލަތުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މެންބަރުންގެ
މަސްލަޙަތުތަކާ އެއްގޮތްވާގޮތުގެ މަތީން އެ ޕާޓީގެ އެންމެ މަތީ މަސްލަޙަތު ޙިމާޔަތްކުރެވޭނެ އެންމެ
އިސްފަރާތެއްގެ ގޮތުގައި ދެން ހުރި ފަރާތަކީ ޕާޓީގެ މުސްތަޝާރުކަމާއި، މިހެންކަމުން ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގުން އެޕާޓީގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދާ އެއްގޮތަށް ހިންގުން
ކަށަވަރުކުރުމަށްޓަކައި އެހިނދަށް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުމުގެ ރިޔާސަތު
ބަލަހައްޓައި ޕާޓީގެ ކައުންސިލުން ޕާޓީގެ ހިންގުމާމެދު ގޮތެއް ކަނޑައަޅަންދެން ވަގުތީގޮތުން އެ ކަންކަން ޕާޓީގެ
މުސްތަޝާރާ ޙަވާލުކުރިކުރުމަކީ އެ ހިނދަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މެންބަރުންގެ
މަސްލަޙަތާއި އެ ޕާޓީގެ މަސްލަޙަތުގައި އޮތް އެންމެ ރަނގަޅު ފަރުވާކަން މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ
މައްޗަށާއި ކަން ހިނގާ ގޮސްފައިވާ ގޮތްތަކުގެ
ހީވާ ގޮތްތަކުގެ މައްޗަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭ ގެ
ށިޖެހިއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
21
2016/HC-A/464
(ވ) ނުވަވަނަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލްކޯޓުގެ ނަންބަރު 2016/Cv
-
C/1586
ޤަޟިއްޔާގައި ސިވިލްކޯޓުން ކުރައްވާފައިވާ ޙުކުމަށާއި އެ ޙުކުމުން ޙާސިލުކުރަން ބޭނުންވާ ނަތީޖާއަށް ބެލުމުން،
މިއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދާއި އެއްގޮތަށް ޕާޓީގެ
ރައީސްގެ ފަރާތުން ބާއްވަންޖެހޭ ކައުންސިލްގެ ބައްދަލުވުން ބޭއްވުމެއްނެތި ޕާޓީ ހިނގަމުންދާތީ، ޕްރޮގްރެސިވް
ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލްގެ
މަޝްވަރާގެ މަތިން ކުރިއަށްދާންޖެހޭނެ ޕާޓީއެއްކަމަށް ދެކި އެކަން ކުރެވޭނެ މަގެއް ހޯދުމަށް ޕާޓީގެ މެންބަރުގެ
ތެރެއިން 2 މެންބަރަކު ޝަރީޢަތަށް މައްސަލަ ހުށަހެޅުމުން އެކަން ޙައްލުކޮށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
(ޕީ.ޕީ.އެމް) ގެ ކައުންސިލުން ނިންމާގޮތެއްގެ މަތިން ޕާޓީގެ ކަންކަން ހިންގުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން
ޙައްލު ހޯދައިދީ ނިންމާފައި ނިންމުމެއްކަން އެނގޭކަމެވެ.
COCX
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ
ޙުކުމް އިސްތިއުނާފުކުރުމަށް ސ.ހުޅުދޫ ފެންފިޔާޒުވިލާ، ޢައްބާސް ވާފިރުގެ ފަރާތުން ހުށަހަޅާފައި ނުކުތާތަކަށާއި،
މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވެފައިވާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވާ
ސަބަބުތަކުގެ މައްޗަށް ބަލައި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ
ވިޔަސް ސަބަބެއް ނެތްކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
22
2016/HC-A/464
• ޙުކުމް:
ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/1586 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ
ޙުކުމް އިސްތިއުނާފުކުރުމަށް ސ.ހުޅުދޫ ފެންފިޔާޒުވިލާ، އައްބާސް ވާފިރުގެ ފަރާތުން ހުށަހަޅާފައި ނުކުތާތަކަށާއި،
މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވެފައިވާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވާ
ސަބަބުތަކުގެ މައްޗަށް ބެލިއިރު، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު
2016/Cv-C/1586 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި
ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި އެ ގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv