ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/331 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/331
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 331/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފް ރައްދުވި ފަރާތް
* ނަން: އަޙްމަދު ނަޖާޙު
އައިޑީ ކާޑު ނަންބަރ: A017863
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް: މއ. ފުނަމާގެއާގެ
. މަރަދޫ ބިއުޓީ
* ކާ
0
ހުށަހެޅުނު ތާރީޚް: 27 ނޮވެމްބަރ 2012
! ނިމުން ތާރީޚް: 29 ނޮވެމްބަރ 2012
އިސްތިއުނާފުކުރެވުނު ކޯޓް އަމުރު ނަންބަރު: 2012
/
9860/(J
(
MD-145
• އަމުރު ނެރުނު ކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: މަކަރާއި ހީލަތް
ތާރީޚް: 23 ނޮވެމްބަރ 2012
0
• އަމުރު ނެރުން ތާ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/331
ދައުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
9860/(J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ، ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް) އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ މަރަދޫ ބިއުޓީ އަޙްމަދު
ނަޖާޙްއެވެ.
ހަގަކުރެވުނު ނުކުތާތައް:
ol- ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
9860/(J
(
MD-145 ކޯޓު އަމުރަކީ، މޯލްޑިވްސް
ޕޮލިސް ސަރވިސް ގެ ނަންބަރު 081912/MF ”ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން
މަރަދޫ ބިއުޓީ، އަޙްމަދު ނަޖާހު (ދ.ރ.ކާޑު ނަންބަރު A017863 )، 2012 ނޮވެމްބަރ 23 ވަނަ
ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު
އިތުރުކޮށްދިނުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އަޙްމަދު
ނަޖާޙް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ވިދާޅުވެ، ޝަރުތުކުރުމަށްފަހު
ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
CCCX OC C
145-J(MD)/2012/9860
0
02- ކްރިމިނަލް ކޯޓުގެ ނަންބަރު
ކޯޓު
އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން، ދެ ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
9860/(J
(
MD-145 އަމުރުގައި
އަޙްމަދު ނަޖާހުގެ މައްޗަށް ތުހުމަތު ކުރެވޭ ދިވެހި ދައުލަތުގެ މާލިއްޔަތުން 24 މިލިޔަނަށްވުރެ
ގިނަ ރުފިޔާ މަކަރާއި ޙީލަތުން އޮޅުވާލައިގެން ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގާ
އަޙްމަދު ނަޖާޙް އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ފާހަގަކުރައްވައި އަޙްމަދު ނަޖާޙް
ބަންދުން ދޫކޮށްލުމަށް 23 ނޮވެމްބަރު 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/331
4 22
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގައި ކުށްކުށަށް
ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާ
ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
ގައި ”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ތަބާވާންވާނެ“ ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު
ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާއިންނާއި ނަންބަރު
33/SC-A/2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް ކްރިމިނަލް ކޯޓުން އަމުރު
ނެރުއްވިއިރު އެ އުޞޫލަށް ރިޢާޔަތް ނުކުރައްވާ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
9860/(J
(
MD-145 ކޯޓު އަމުރަށާއި، ދައުލަތުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި
ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
ކަންއއ
(ހ) ސ. މަރަދޫ/ބިއުޓީ، އަޙްމަދު ނަޖާޙު (ދ.ރ.ކާޑު ނަންބަރު A017863)، 2012 ނޮވެމްބަރ
23 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ
މުއްދަތު އިތުރުކޮށްދިނުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން، އެސަރވިސްގެ ނަންބަރު
081912/MF [ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން
އަޙްމަދު ނަޖާހު ބަންދުގައި ބަހައްޓަންޖެހޭ ހުތްކަމަށް ނުފެންނަކަމަށް ވިދާޅުވެ،
44
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/331
ޝަރުޠުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
9860/J
(
MDS-145 ކޯޓު
އަމުރުގެ ދަށުން އަމުރުކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ނ) ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އަމުރު އިސްތިއުނާފުކުރެވޭ މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގުމަށްޓަކައި މިމައްސަލައިގާ އިސްތިއުނާފު ރައްދުވާ ފަރާތް ކަމުގައި
މަރަދޫ ބިއުޓީ އަޙްމަދު ނަޖާޢުގެ ފަރާތުން ވަކީލަކު ހަމަޖައްސާނަމަ އެކަން ހަމަޖެއްސުމަށް 2012
ނޮވެމްބަރު 28 ވަނަ ދުވަހު އަޙްމަދު ނަޖާހަށް އެންގިފައިވާއިރު، މިމައްސަލައިގެ ޝަރީޢަތް ހިންގުމާ
ހަމަޔަށްވެސް އެފަރާތުން ވަކީލަކު ހަމަޖައްސާފައިނުވާކަމާއި، މިމައްސަލައަކީ ބަންދުގެ މުއްދަތާއި މެދު
ގޮތެއް ނިންމުމުގެ މައްސަލައަކަށްވުމާއެކު، އަޙްމަދު ނަޖާޢުގެ ފަރާތުން ވަކީލަކު ހަމަޖެއްސުމަށް 03
ދުވަހުގެ މުއްދަތަކަށް އެދިފައިވީނަމަވެސް، ދެވިފައިވާ މުއްދަތުގައި ވަކީލަކު ހަމަޖައްސާފައިނުވާތީ
މިމައްސަލަ ހިންގިފައިވަނީ އަޙްމަދު ނަޖާހުގެ ފަރާތުން ވަކީލަކާއި ނުލައެވެ
.ލައެވެ.
(ނ) މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ
މީހެއް ނޫންކަމާއި، އެމީހައަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ
ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ
ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއިގެ
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/331
އެމައްސަލައެއްގައި ހުށަހެޅިފައިވާ ހެއްކާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ބެލުމަށްފަހު އެއިން
ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި 49 ވަނަ މާއްދާއިން
އެނގެން އޮންނަކަމާއިގެ
”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް
ހުރިކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭ ޙާލަތުގައި، ފަހަރަކު ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުނެރެވިދާނެކަން، އެޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ނ) އާއި (ނ) އަށް
ބެލުމުން އެނގެން އޮވެއެވެ.
(ހ) އަޙްމަދު ނަޖާހުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ދައުލަތުގެ މާލިއްޔާއިން 24 މިލިއަން
ރުފިޔާ މަކަރާއި ޙީލަތުން އޮޅުވާލައިގެން ނަގާފައިވާ ކަމުގެ ކުށުގެ ތުހުމަތުކަން އަޙްމަދު ނަޖާހުގެ ބަންދުގެ
މުއްދަތު އިތުރުކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
081912/MF ”ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން އެނގެން އޮންނަކަމާއި،
އަޙްމަދު ނަޖާހުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލާއި ގުޅިގެން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން އަޙްމަދު ނަޖާޙު އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވަނީ، އަޙްމަދު ނަޖާއުގެ
މައްޗަށް ތުހުމަތު ކުރެވިފައިވާ މިމައްސަލައަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރޭވިގެން ހިންގާފައިވާ ކުށްތަކެއް
ހިމެނޭ މައްސަލައަކަށް ވެފައި، މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ ހުރިހާ ހެއްކާއި ޤަރީނާ އަދި މިހާތަނަށް
އެއްކުރެވި ތަޙުލީލު ކުރެވިފައި ނުވުމާއި، ރާވައިގެން ކުރެވޭ މިފަދަ ބޮޑެތި ކުށްތަކުގައި ބައިވެރިވާ
ފަރާތްތަކަކީ، ޢާންމު ގޮތެއްގައި ވިއުގައަކުން ގުޅިފައިވާ ބައެއްކަމުން މިފަދަ ކުށެއްގައި އިސް ދައުރެއް
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/331
އަދާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތެއް މުޖުތަމަޢަށް ދޫކޮށްލާފައި ހުރުމަކީ އެމީހަކާއި މެދު ތުހުމަތު
ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމުގެ ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމުގެ
ފުރުޞަތު ހުޅުވިގެން ދާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭތީ އާއި، އަދި ޢާންމު ގޮތެއްގައި މިފަދަ ކުށްތައް
ކުރާ މީހުންނަކީ މުޖުތަމަޢުގައި ނުފޫޒާއި، ބާރު ގަދަ، އަދި އެމީހުންގެ އަތްމަތީގައި ވަޞީލަތްތައް ގިނަ
ބައެއްކަމާއި، އަޙްމަދު ނަޖާޙު ބަންދުން ދޫކޮށްލާފައި ބަހައްޓައިފިނަމަ އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ
މައްސަލައިގެ ހެކި ފޮރުވަން ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ
ކަމަށް ޤަބޫލު ކުރެވޭތީ އާއި އަޙްމަދު ނަޖާޙުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ތެރޭގައި ދައުލަތުގެ
ފައިސާ މަކަރާއި ޙީލަތުން ބޭނުންކުރުން ހިމެނޭއިރު، މިފަދަ ކުށްތައްކުރާ ކަމަށް ތުހުމަތުރެވޭ މީހުންގެ
ސަބަބުން މާލީ އިދާރާތަކުގައި ރައްކާކުރެވިފައިވާ ދައުލަތުގެ މިލްކިއްޔާތު ނުރައްކަލުގެ ތެރެއަށް
ހުށަހެޅިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޤަބޫލުކުރެވޭތީ އާއި މިފަދަ ކުށްތައް
ރަމުންގެންދާ ކަމަށް ތުހުމަތުކުރެވޭ މީހުންނަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރި
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޤަބޫލުކުރެވޭތީ ކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަޙްމަދު
ނަޖާޙްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު ފޯމުން އެނގެން
ބައެއްކަމަށް
4 އއ)
އޮންނަކަމާއި؛
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/9860(J(MD-145 ކޯޓު
އަމުރުގެ ކުރިން، އަޙްމަދު ނަޖާޙު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ
ނަންބަރު 2012/9444(J
(
MD-145 ކޯޓު އަމުރުގެ ދަށުން އަޙްމަދު ނަޖާޒު ބަންދުގައި ބެހެއްޓުމަށް
އަމުރު ކުރައްވާފައިވަނީ، މައްސަލައިގާ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒުފޯރުވައި ހެކި
ނައްތާލާފާނެކަމަށް ބެލެވޭތީ އާއި އަޙްމަދު ނަޖާޙު ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ޢަމަލުގެ ސަބަބުން
މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބަހައްޓައިފިނަމަ އަޙްމަދު ނަޖާހުގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް
ޢީވެހި
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/331
އެކާވެދާނެކަމަށް ފެންނާތީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 08116/MF ”ބަންދުގެ
މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން، މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައިކަން އެނގެން އޮވެފައި، އެކަންކަމަށް އަދި މިހާތަނަށް ބަދަލެއް އައިސްފައިނުވާކަން
ދައުލަތުގެ ފަރާތުން މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮވެއެވެ.
(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން
މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތް ކަމުގައިވިޔަސް
ކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ
މިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ
ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާކުޅު ހެކިތައް
ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު
19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނައިރު، މިމައްސަލައިގާ ހުށަހެޅިފައިވާ އެންމެހައި ކަންކަމަށް ބަލާއިރުގައި އަޙްމަދު ނަޖާޙު
ބަންދުގައި ބެހެއްޓުމަށް އެކަށީގެން ސަބަބުތަކެއް ހުރިކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެއެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު -145
2012
/
9860/(MD) ކޯޓު އަމުރަށް ބަދަލު ގެންނަން ޖެހޭކަމަށް މިމައްސަލަ ބެލި މަޖިލީހުގެ
ފަނޑިޔާރުން އެއްބަސްވެއެވެ.
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/331
ހ 434
3
ބަޔާންކުރެ
ޙުކުމް:
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/9860(J(MD-145 ކޯޓު އަމުރުގައި
މަރަދޫ ބިއުޓީ
އަޙްމަދު ނަޖާޙު 2012 ނޮވެމްބަރު 23 ވަނަ ދުވަހުގެ 19:50 އިން ފެށިގެން ބަންދުން ދޫކޮށްލުމަށް
ނިންމަވާފައިވާ ނިންމެވުން ބާޠިލްކޮށް، މިއަދު 29 ނޮވެމްބަރ 2012 ދުވަހުގެ 15:57 އިން ފެށިގެން
15 (ފަނަރަ) ދުވަހުގެ މުއްދަތަށް އަޙްމަދު ނަޖާޙު މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
އަމުރުކޮށްފީމެވެ.
ގިރާއްޤީ
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv