ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/41 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
، ޤަޟިއްޔާ ނަންބަރ: 41/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް
* ނަން: ޓްރޮޕިކަލް ޕެރެޑައިސް ޕވޓ ލޓޑ
ރަޖިސްޓްރީ ނަންބަރު: 50
/
2003-C
.1
ނިއުފްލޮރިޑާ
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
:
ނިއުފްލޮރިޑާ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސާރާ ލުއީސް ހާވީ
* ޕާސްޕޯޓް ނަންބަރު: 801287885
ދާއިމީ އެޑްރެސް: 34، ބާރކްލީ ރޯޑް!ލަންޑަން
މިހާރުގެ އެޑްރެސް: މއ.
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަބީޢުލްއައްވަލް 1432
10 ފެބުރުއަރީ
ނިމުނު ތާރީޚް: 23 ރަޖަބު 1433
13 ޖޫން 2012
2011
2& &
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/VTR/250
ނިންމެވި ފަރާތް: ވަޒީފާ އާއި ބެހޭ ޓްރައިބުނަލް
• ބާވަތް: ފައިސާ ހޯދުމުގެ މައްސަލަ
• ހުށަހެޅި ތާރީޚް: 17 ނޮވެމްބަރ 2010
ނިމުނުތާރީޚް: 23 ޑިސެމްބަރ 2010
0
**
ދިވެހިރާއްޖޭގެ
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސް ފަނޑިޔާރު އަޙުމަދު ޝަރީފު ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބުނަލްގެ ނަންބަރު 2010/VTR/250 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޓްރޮޕިކަލް
ޕެރެޑައިސް ޕވޓ ލޓޑގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ރާ ލުއީސް ހާވީއެވެ.
9
ރެވުނު ނުކުތާތައް:
l- ވަޒީފާއާބެހޭ ޓްރައިބުނަލްގެ ނަންބަރު 2010/VTR/250 ޤަޟިއްޔާ އެޓްރައިބިއުނަލްއިން
ބައްލަވައި ނިންމަވާފައިވާ ނިންމެވުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްބު އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އެދި 34، ބާރކް ރޯޑް ސާރާ ލުއީސް ރާވީގެ މައްޗަށް ޓްރޮޕިކަލް ޕެރެޑައިސް ޕވޓ ލޓޑގެ
ފަރާތުން ހުށަހަޅާފައިވެއެވެ.
250VTR2010
2- ވަޒީފާއާބެހޭ ޓްރައިބުނަލްގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ސާރާ ލުއީސް ހާވީ ޓްރޮޕިކަލް ޕެރެޑައިސް ޕވޓ
ލޓޑގައި ނިއުސް އެޑިޓަރއެއްގެ މަޤާމު އަދާކުރަމުން އައިސްފައިވަނިކޮށް،01 މަސްދުވަހުގެ ނޯޓިހަށްވާ
ފައިސާ ދިނުމަށް ނިންމައި، 01 ނޮވެމްބަރ 2010 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، އެމައްސަލަ
ބަލާދިނުމަށާއި، އޭނާ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު
ހޯދުމަށާއި، އޭނާގެ ވަޒަނަށް އެނބުރި ދިއުމަށް ޓިކެޓަށްވާ ނަގުދު ފައިސާ ނުވަތަ 01 މަސްދުވަހުގެ
މުއްދަތުގެ ޓިކެޓް ހޯދައިދިނުމަށާއި، އެހެން ވަޒީފާއެއް ހޯދުމަށް އެއްމަސްދުވަހު މަސައްކަތް ކުރުމަށް ފުރުޞަތު
ހޯދައިދިނުމަށް އެދި، 07 ނޮވެމްބަރ 2010 ގައި ސާރާ ލުއީސް ހާވީ ހުށަހަޅާފައިވާ މައްސަލައެއްކަން"
އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2 (2
2011/HC-A/41
ابو جی
هތ ނިމe
މ (8
ރކ
44
ޤަޟިއްޔާ ނިމުނު ގޮތު
އެޤަޟިއްޔާގައި ކުރައްވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި
ފަރާތުން ހުށަހެޅި ލިޔެކިއުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅީ
ސާރާ ލުއީސް ހާވީ ޓްރޮޕިކަލް ޕެރެޑައިސް ޕވޓ ލޓޑގައި އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ މައްސަލަ ރައްދުވާ ފަރާތުގެ
ޒިންމާއަކަށްވީ ހިނދު، އެކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވާ ފަރާތުން ހެކި ހުށަހަޅާފައި ނުވާތީ،
ސާރާ ލުއީސް ހާވީ ޓްރޮޕިކަލް ޕެރެޑައިސް ޕވޓ ލޓޑގައި އަދާކުރަމުންދިޔަ ވަޒީފާއިން
ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް މައްސަލަ ބެއްލި
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ރ) އަށް
ރިޢާޔަތްކޮށް، ބަދަލުގެ ގޮތުގައި
އެއްމަހުގެ މުސާރައަށްވާ މިންވަރަށްޖެހޭ
10922.50 (ދިހަހާސް ނުވަސަތޭކަ ސާވިސް ޕޮއިންޓް ފަހެއް) ރުފިޔާއާއި، އޭނާއާއި މައްސަލަ ރައްދުވި
ފަރާތާއި ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް ރިޢާޔަތްކޮށް 20 ދުވަހުގެ ޗުއްޓީގެ
މުއްދަތަށް ޖެހޭ މިންވަރަށްވާ 7281.66 (ހަތްހާސް ދުއިސައްތަ އައްޑިހަ އެކެއް ޕޮއިންޓް ހައެއް ހައެއް)
ރުފިޔާއާއި، 07 ޖެނުއަރީ 2010 ން 31 އޮކްޓޯބަރު 2010 ގެ ނިޔަލަށް މައްސަލަ ހުށަހެޅި ފަރާތް ޚިދުމަތް
ކުރި މުއްދަތުގައި އޭނާ އިތުރު ގަޑީގައި ޚިދުމަތްކުރި މުއްދަތަށްޖެހޭ މިންވަރަށް ފައިސާ ހޯދުމަށް
ހުށަހެޅިނަމަވެސް، ވަޒީފާއާ ބެހޭ ޓްރައިބުނަލްގެ ގަވާއިދުގެ 06 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު
އެ މުއްދަތުގެ ތެރެއިން އޭނާއަށް ދަޢުވާ އުފުލުމުގެ ޙައްޤު ލިބިގެންވަނީ 07 އޮގަސްޓް 2010 ން 31
އޮކްޓޯބަރ 2010 ގެ ނިޔަލަށްކަމުން އެ މުއްދަތުގައި އޭނާ އިތުރު ގަޑީގައި މަސައްކަތްކުރިކަން ސާބިތުވާ
20 ގަޑިއާއި 20 މިނިޓަށްޖެހޭ މިންވަރަށްވާ 1321.67 (އެއްހާސް ތިންސަތޭކަ އެކާވީސް ޕޮއިންޓް ހައެއް
ހަތެއް) ރުފިޔާއާއި އެކު ޖުމްލަ 19525.83 (ނަވާރަހާސް ފައްސަތޭކަ ފަންސަވީސް ޕޮއިންޓް އަށެއް ތިނެއް)
ރުފިޔާއާއި، އޭނާގެ ވަޒަނަށް އެނބުރި ދިއުމަށްޓަކައި މައްސަލަ ރައްދުވި ފަރާތުން ދޭންޖެހޭ އެއްކޮޅު
ޓިކެޓަށްވާ މިންވަރަށް ފައިސާ 23 ޑިސެމްބަރ 2010 ން ފެށިގެން 07 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ
ސާރާ ލުއީސް ހާވީ ލުއިސް ރާވީއަށް ދިނުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް،
ޓްރޮޕިކަލް ޕެރެޑައިސް ޕވޓ ލޓޑއަށް އަންގާ އަމުރުކުރަމެވެ." މިފަދައިންނެވެ.
UCO O
et cu
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2011/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
03 ވަޒީފާއާބެހޭ ޓްރައިބުނަލްގެ ނަންބަރު 2010/VTR/250 ޤަޟިއްޔާ އެޓްރައިބުނަލްއިން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޓްރޮޕިކަލް ޕެރެޑައިސް ޕވޓ
ލޓޑގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، މައްސަލަ ހުށަހެޅި ފަރާތް ޓްރޮޕިކަލް ޕެރަޑައިސް ޕވޓ ލޓޑގައި
ވަޒީފާ އަދާކުރާތާ 1 އަހަރު ފުރިހަމަވުމުން އޭނާއަށް 20 ދުވަހުގެ ޗުއްޓީއެއް ދިނުމަށް ދެފަރާތުން
ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ 11 ވަނަ މާއްދާގައި އޮތްނަމަވެސް ސާރާ ލުއީސް ހާވީ ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނަ ވަޒީފާ އަދާކުރާތާ 01 އަހަރު ފުރިހަމަ ނުވަނީސްކަމަށްވެފައި އަދި ވަޒީފާގެ
އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން 20 ދުވަހުގެ ޗުއްޓީއަށްވާ ފައިސާ ހޯދަން ސާރާ ލުއީސް ހާވީ
ހުށަހެޅި ކުލައިމް ގައި އެދިފައިނުވާއިރު، އަދި މިކަން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 1.3.16 ވަނަ
ނުކުތާއިން އެނގެން އޮތްހިނދު ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި 20 ދުވަހުގެ
ޗުއްޓީއަށް ޖެހޭ ފައިސާ ނަންގަވައިދެއްވާފައި ވަނީ ޓްރޮޕިކަލް ޕެރަޑައިސް ޕވޓ ލޓޑގެ ޙައްޤު ގެއްލޭގޮތަށް
ޢަދުލު އިންޞާފު ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ފުރަތަމަ ހުށަހެޅި ނުކުތާ އާއިމެދު ޓްރައިބިއުނަލުގައި އެއްވެސް ފަރާތަކުން
ބަހުސްކޮށް ވާހަކަދައްކާފައި ނުވާއިރު، ޓްރައިބިއުނަލްއިންވެސް މިނުކުތާއާއިމެދު ޓްރޮޕިކަލް ޕެރަޑައިސް ޕވޓ
ލޓޑއާއި ސުވާލުކުރައްވައި މިނުކުތާއާއިމެދު ދެފަރާތުން ދެކޭ ގޮތް ސާފުކޮށްފައި ނުވުމުން ދިފާޢުގައި ވާހަކަ
ދެއްކުމުގެ ފުރުޞަތު ލިބިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ޓްރައިބިއުނަލުން ނިންމެވުމުގައި ސާރާ ލުއީސް ހާވީ ވަޒީފާގައި
ދެމިހުރި ނަމަ 11 މަސްދުވަސް ހަމަވުމުން 20 ދުވަހުގެ ޗުއްޓީއެއް އޭނާއަށް ޙައްޤުވާނެކަމަށް އިޙްތިރާޟު
ކުރައްވައި މިކަމަށް ރިޢާޔަތްކުރައްވައި 20 ދުވަހުގެ ޗުއްޓީއަށް ފައިސާ ނަންގަވައި ދެއްވިއިރު، ސާރާ ލުއިސް
ހާވީ ވަޒީފާގައި ދެމިހުރިނަމަ، މިކުންފުންޏަށް ލިބޭނެ ފައިދާތަކާއިމެދު ވިސްނައި ރިޢާޔަތްކުރައްވާފައި ނުވުމުން،
މައްސަލައިގެ ދެފަރާތަށް ދެވެންޖެހޭ ހަމަހަމަކަން ދެވިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ucOcc
ޖެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
ابو جی
2011/HC-A/41
ގޮތުގެ ރިޕޯޓް
(ރ) ހަތަރު
ޤަޟިއްޔާ ނިމުނު ގޮތުގެ
ތަރުވަނަ ނުކުތާއަކީ: މައްސަލަ ހުށަހެޅި ސާރާ ލުއީސް ހާނީއަށް
އޭނާ މަސައްކަތްކުރާ
ގޮތުންނާއި، އޭނާ ކުންފުނީގެ އަމިއްލައަށާއި އެހެން މުވައްޒަފުން މެދުވެރިކޮށް އެކި ކަންކަމަށް
ކެމްޕެއިންކުރާތީ، ޕާރފޯމަންސްއަށް އަސަރުކުރާތީއާއި، ފަރުވާކުޑަކުރާތީ، މިކަންކަން އިސްލާޙްކުރުމަށް
ނަޞޭޙަތްތެރިވެ ނޯޓިސް ދީފައިވާއިރު، އެނޯޓިސްގައިވާ އެއްވެސްކަމެއް ސާފުނުވެގެން ނުވަތަ އެނޯޓިސްއާއިމެދު
އޭނާ އެއްވެސް މައްސަލައެއް ޖައްސައި ނުވަތަ އެނޯޓިސްއާއިމެދު ހިތްހަމަނުޖެހި ޝަކުވާއެއްވެސް
އުފުލާފައިނުވާއިރު، އޭނަ ވަޒީފާއިން ވަކިކުރަންޖެހުމުގައި އޭނާ ޙިއްޞާއެއް އޮތްކަން އެނގެން އޮތްއިރު
މިނުކުތާއަށް ޓްރައިބިއުނަލު އިން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
04- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބުނަލްގެ ނަންބަރު 2010/VTR/250 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޓްރޮޕިކަލް ޕެރަޑައިސް ޕވޓ ލޓޑގެ ފަރާތުން
އިސްތިޢުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެ
އއ.
ޤަޟިއްޔާ
(ހ) ފުރަތަމަކަމަކީ، ވަޒީފާއާބެހޭ ޓްރައިބުނަލްގެ ނަންބަރު 2010/VTR/250
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށްބުނެ ޓްރޮޕިކަލް ޕެރެޑައިސް ޕވޓ
ލޓޑގެ ފަރާތުން އިސްތިއުނާފް ކުރުމަށް މިމައްސަލަ ހުށައެޅުމަށްފަހު، މިމައްސަލަ ޝަރީއަތުގައި
ހިނގަމުންދަނިކޮށް، ކޯޓުން ބޭރުގައި މި މައްސަލަ ޙައްލުކުރުމަށް ޓްރޮޕިކަލް ޕެރެޑައިސް ޕވޓ ލޓޑއާއި
ސާރާ ލުއީސް ހާވީ ވާހަކަދެއްކުމުގެ ފުރުޞަތަކަށް އެދުމުން ޝަރީއަތުގެ ފަރާތުން ދެވުނު ފުރުޞަތުގައި، މި
ދެފަރާތުން އައުޓް އޮފް ކޯޓް ސެޓްލްމަންޓެއްގެ މައްޗަށް އެއްބަސްވެ 26 މާރޗް 2012 މިތާރީޚުގައި "އައުޓް
އޮފް ކޯޓް ސެޓަލްމެންޓް" މިނަމުގައި އޮންނަ އެއްބަސްވުމެއްގައި މިދެފަރާތުން ސޮއިކޮށްފައިވާކަމާއި، މިގޮތުން
އެއްބަސްވެވުނު ކަންކަން ބަޔާންކުރުމުގެ ގޮތުން ޓްރޮޕިކަލް ޕެރެޑައިސް ޕވޓ ލޓޑއާއި ސާރާ ލުއިސް ރާވީގެ
ފަރާތުން ބުނެފައިވަނީ، ވަޒީފާ އާއި ބެހޭ ޓްރައިބުނަލްއިން 19525.83 (ނަވާރަހާސް ފައްސަތޭކަ ފަންސަވީސް
ޕޮއިންޓް އަށެއް ތިނެއް) ރުފިޔާ، ސާރާ ލުއީސް ހާނީއަށް ދައްކަން ޙުކުމް ކުރެއްވި ނަމަވެސް މިދެފަރާތުގެ
ދެމެދުގައި ވެވިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް ރިޢާޔަތްކޮށް 20 ދުވަހުގެ |
ވާންޖެގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2011/HC-A/41
ޤަޟިއްޔާ ނިމުނު ގޮތު
.ގޮތުގެ ރިޕޯޓް
މުއްދަތަށް ޖެހޭ މިންވަރަށްވާ 7281.66 (ހަތްހާސް ދުއިސައްތަ އަށްޑިހައެކެއް ޕޮއިންޓް ހައެއް ހައެއް)
ރުފިޔާއަކީ ހޯދުމަށް ދަޢުވާކުރެވޭނެ ޢަދަދެއް ނޫންކަމާއި، އައުޓް އޮފް ކޯޓް ސެޓްލްމަންޓެއްގެ ގޮތުގައި ޖުމްލަ
12,244.17 (ބާރަހާސް ދުއިސައްތަ ސާޅިސް ހަތަރެއް ޕޮއިންޓް އެކެއް ހަތެއް) ރުފިޔާ ސާރާ ލުއީސް
ހާމީއަށް، ޓްރޮޕިކަލް ޕެރަޑައިސް ޕވޓ ލޓޑގެ ފަރާތުން ދިނުމުން ސާރާ ލުއިސް ރާވީގެ ފަރާތުން
މިމައްސަލައާއި ގުޅިގެން އިތުރު ޝަކުވާއެއް ޤާނޫނީ ގޮތުން ނުކުރާނެކަމަށާއި، މިމައްސަލައާއި ގުޅިގެން
އެއްވެސް މައްސަލައެއް އިތުރަށް އިސްތިއުނާފް ނުކުރާނެކަމަށާއި، 12,244.17 (ބާރަހާސް ދުއިސައްތަ
ސާޅިސް ހަތަރެއް ޕޮއިންޓް އެކެއް ހަތެއް) ރުފިޔާ ސާރާ ލުއީސް ހާނީއަށް، ޓްރޮޕިކަލް ޕެރަޑައިސް ޕވޓ
ލޓޑގެ ފަރާތުން ލިބުމުން ވަޒީފާއާބެހޭ ޓްރައިބުނަލް ނަންބަރު 2010/VTR/250 ޤަޟިއްޔާގައި ބުނެފައިވާ
މުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިމުނީ ކަމުގައި ސާރާ ލުއީސް ހާވީ
އެއްބަސްވާކަމަށާއި، އަދި މިގޮތަށް އެއްބަސްވުމަށްފަހު، މި މުޢާމަލާތާއި ގުޅިގެން ޓްރޮޕިކަލް ޕެރަޑައިސް ޕވޓ
ލޓޑގެ މައްޗަށް ދަޢުވާއެއް އިތުރަށް ކުރަން ބޭނުންނުވާކަމުގައި ވަނީނަމަ، އެގޮތަށް ކަނޑައަޅައި މައްސަލަ
ނިންމައި ދިނުމަށް އެދޭކަމަށް ޓްރޮޕިކަލް ޕެރަޑައިސް ޕވޓ ލޓޑގެ ފަރާތުން ބުނެފައިވާއިރު، މި ދެފަރާތުގެ
ދެމެދުގައި އިސްވެ އިޝާރާތް ކުރެވުނު ފަދައިން އެއްބަސްވުމެއް އެއްބަސްވެވުނުކަމަށާއި، މިއެއްބަސްވުމުގައިވާ
ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، އެގޮތަށް މައްސަލަ ނިންމައިދިނުމަށް ސާރާ ލުއީސް ހާވީ ވެސް
އެދޭކަމުގައި އެފަރާތުން ޝަރީޢަތުގެ މަޖިލިސްގައި ބުނެފައިވާކަން އެނގެން އޮންނަކަން.
89
ދެންފަހެ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/250 ޤަޟިއްޔާ ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޓްރޮޕިކަލް ޕެރަޑައިސް ޕވޓ ލޓޑ ގެ ފަރާތުން އިސްތިއުނާފް ކުރުމަށް
މިމައްސަލަ ހުށައެޅުމަށްފަހު، މިމައްސަލަ ޝަރީއަތުގައި ހިނގަމުންދަނިކޮށް، ކޯޓުން ބޭރުގައި މިމައްސަލަ
ޙައްލުކުރުމަށް ދެފަރާތުން ވަކި ކަންތައްތަކެއްގެ މައްޗަށް އެއްބަސްވެފައިވާތީ، މިމައްސަލަ އިތުރަށް ކުރިއަށް
ގެންދާނެ ތަނެއްނެތްކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv