ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/258 ޤަޟިއްޔާގެ ޙުކުމް
2013/HC-A/258
1 އިޖްރާއީ ނިންމުން
بسم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
0
ޤަޟިއްޔާ ނަންބަރު:258/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
:މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ދާއިމީ އެޑްރެސް: ޓީ.ބިލްޑިންގ 1 ވަނަ ފަންގިފިލާ / މާލެ
މިހާރުގެ އެޑްރެސް: ޓީ.ބިލްޑިންގ 1 ވަނަ ފަންގިފިލާ / މާލެ
0
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް
ދާއިމީ އެޑްރެސް: 4 ބިލްޑިންގ، 2 ވަނަ ފަންގިފިލާ / މާލެ
މިހާރުގެ އެޑްރެސް:4 ބިލްޑިންގ، 2 ވަނަ ފަންގިފިލާ / މާލެ
އެޅުނު ތާރީޚް: 13 އޯގަސްޓް 2013 * ނިމުނު ތާރީޚް: 21 ނޮވެމްބަރ 2013
2 20
• އިސްތިއުނާފުކުރެވުނު ނިންމުން:
* ނަންބަރު:2013
/
001/TAT
-
CA
-
G މައްސަލައިގެ އިޖްރާޢީ ނިންމުން
* ކޯޓު: ޓެކްސް އެޕީލް ޓްރައިބިއުނަލް
*ޤޟިއްޔާގެ ބާވަތް: އިޖްރާއީ ނުކުތާއާއިމެދު ޓްރައިބިއުނަލްގެ ނިންމުން
* ނިންމެވި ތާރީޚް: 28 އޭޕްރީލް 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު އަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2 އިޖްރާއީ ނިންމުން
2013/HC-A/258
ދަޢުވާގެ ޚުލާޞާ
މިއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރ 2013
/
001/TAT
-
CA
-
G މައްސަލައިގެ
އިޖްރާޢީ ނުކުތާއާމެދު ނިންމަވާފައިވާ ނިންމުން އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެނިންމުން އިސްތިއުނާފު ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު
އޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
<<
މިޤާޟިއްޔާގައި، އިސްތިއުނާފުރައްދުވާ ފަރާތަކީ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި)
ލިމިޓެޑެވެ.
ފާހަގަކުރެވުނު
ތާތައް:
1- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރ 2013
/
001/TAT
-
CA
-
G މައްސަލައިގެ
އިޖްރާޢީ ނުކުތާއާމެދު ނިންމަވާފައިވާ ނިންމުން އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު
އޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރ 2013
/
001/TAT
-
CA
-
G މައްސަލައިގެ
އިޖްރާޢީ ނުކުތާއާމެދު ނިންމަވާފައިވާ ނިންމުމަށް ބެލިއިރު، އެއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
(މީރާ) ގެ ނަންބަރު 2012
/
4966/EC
/
PRIV-220 އަދި 2012
/
11/AO-220 ނިންމުން
އިސްތިއުނާފުކުރުމަށް އެދި ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް އިން 23 ޖެނުއަރީ 2013 ގައި
މީރާއަށް ރައްދުވާ ގޮތަށް ހުށަހެޅި ނަންބަރ 2013
/
001/TAT
-
CA
-
G މައްސަލައިގައި މީރާއިން ނެގި
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
އިޖްރާއީ ނިންމުން
2013/HC-A/258
އިޖުރާއީ ނުކުތާތަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން ބެލެވުނު މައްސަލާގައި އިޖްރާއީ ގޮތުން
ނިންމާފައިވާ ނިންމުމެއްކަން އެނގޭކަމާއި،
އެނިންމުން ނިންމަވާފައިވަނީ، "ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް އިން، ހުށަހެޅި
"ސޮނެވާފުށި ބައި ސިކްސް ސެންސަސް" ގެ 2011 ވަނަ އަހަރުގެ ޖަނަވަރީ މަހާއި ޖޫން މަހާއި ދެމެދުގެ
"ޓެކްސް އެސެސްމަންޓް" ގައި ސޮނެވާފުށިން 35 އަހަރަށް ވިއްކާފައިވާ ވޯޓަރ ވިލާއެއްގެ މުޢާމަލާތަކީ
ޤާނޫނު ނަންބަރ 17/2010 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގުން
ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް ދައްކަންޖެހޭ މުޢާމަލާތެއްކަމަށް މީރާއިން ނިންމައި، ބަނީ
ހޯލްޑިންގްސް އިން ފޮނުވި މީރާގެ ނަންބަރ 2012
/
354/AA
/
PRIV-220 "ނޯޓިސް އޮފް ޓެކްސް
އެސެސްމަންޓް" ގައި އެ މުޢާމަލާތުގެ ޖުމްލަ އަގުކަމަށްވާ 7,000,000.00$USD (ހަތް މިލިއަން
އެމެރިކާ ޑޮލަރު) ގެ %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވާ 245,000.00$USD
(ދެލައްކަ ސާޅިސް ފަސްހާސް އެމެރިކާ ޑޮލަރު) މީރާއަށް ދެއްކުމަށް އަންގައި، އަދި އޭގެ ފަހުން ބަނީ
ހޯލްޑިންގްސް ބޭންކް އެކައުންޓް ފްރީޒްކޮށް އެ އެކައުންޓުން 247,953.53$USD (ދެލައްކަ ސާޅީސް
ހަތްހާސް ނުވަސަތޭކަ ފަންސާސް ތިނެއް ޕޮއިންޓް ފަހެއް ތިނެއް އެމެރިކާ ޑޮލަރު) ޓެކުހާއި ޖޫރިމަނާގެ
ގޮތުގައި ކަނޑާފައިވާތީ، އެކަން ބަލައިދިނުމަށްއެދި ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑްގެ ފަރާތުން
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، މިމައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި
ހިންގޭނެ މައްސަލައެއް ނޫންކަމަށް ބުނެ މީރާއިން ނެގި އިޖުރާއީ ނުކުތާތަކަށް ނަޒަރުކުރާއިރު، ޤާނޫނު
ނަންބަރު 3/2010 (ޓެކްސް ނެގުމާއިބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާއަކީ މީރާއިން ނިންމާ
ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން (ޓެކްސްޕޭޔަރ) އިޢުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން، މީރާއިން
ނިންމުންތަކާއިމެދު ހިތްހަމަނުޖެހޭނަމަ، އެކަމެއް އިސްތިއުނާފުކުރުމަށް، އެނިންމުން ނިންމާތާ 30 (ތިރީސް)
ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅައި އެމައްސަލަ އިސްތިއުނާފުކުރުމުގެ ޙައްޤު
0 0
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
އިޖްރާއީ ނިންމުން
2013/HC-A/258
ޓެކްސް ޕޭޔަރަށް ލިބިދޭ ޢާއްމު މަފްހޫމެއްކަމާއި، ނަމަވެސް އެމާއްދާގެ ފަހުބައިގާ މީރާއިން އަދަދެއް
ކަނޑައަޅާ ޙާލަތްތަކުގައި އެޙައްޤު އުފަންވަނީ އެފައިސާ މީރާއަށް ދެއްކުމުންކަމަށް ބަޔާންކޮށްފައި އޮތުމުން،
މީރާއިން ނިންމާ ކޮންމެ ނިންމުމަކީ އެނިންމުމުގެ ޢަދަދެއް ކަނޑައަޅާފައިވާ ނިންމުމެއް ނޫންކަމާއި އަދަދު
ކަނޑައަޅަންނުޖެހޭ ޙާލްތައްވެސްޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮސްފައިވާކަމާއި، އެގޮތުން
މިމައްސަލައަކީ ތިންވަނަ ފަރާތެއްގެ ބަނީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ބީ.ވީ.އީ) ގެ ފައިސާތަކެއް
މީރާއިން ނެގުމާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއްކަމާއި ޤާނޫނުއަސާސީގައި ޓްރައިބިއުނަލް މާނަކޮށްފައި
ވާގޮތަށް ބަލާއިރު، ޓްރައިބިއުނަލްއަކީ "ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަފަރާތެއްގެ ދެމެދުގައި
ވަކިކަމަކާބެހޭގޮތުން ޚިލާފު އުފެދިފައިވާ ހަޔާތުގައި އެކަމާމެދު ވަކި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި
ހުށަހެޅުމުން، އެކަމާމެދު ވަކިގޮތަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން އެކަމާމެދު ވަކިގޮތެއް
ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ ކޯޓެއް ކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއެއްކަމަށް"
ބަޔާންކޮށްފައިވާކަމާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަމާއްދާގައިވާ ގޮތުން ޓެކްސް އެޕީލް
ޓްރައިބިއުނަލުގެ އިޚްތިޞާޞްއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި، އެހެންވެސް ޓެކްސްއާބެހޭ
ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ ޓެކްސްއާގުޅޭ މައްސަލަތައް ބެލުންކަން އެނގޭކަމާއި
ޤާނޫނުއަސާސީގެ "އިޚްތިޞާޞް" މާނަކޮށްފައިވަނީ އެފަރާތެއްގެ ބާރު ހިނގާ ދާއިރާއަށާއި ކަންކަމަށް ކަން
ބަޔާންކޮށްފައި އޮންނަ ކަމާއި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައިވާ އިސްތިއުނާފްކުރުމުގެ ޙައްޤަކީ
ހަމަ ކޮންމެ މީހަކަށް ލިބިދީފައިވާ ޙައްޤެއްކަމާއި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން
އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ
އިންސާފު ހޯދުމަށްޓަކައި ކޯޓްތަކަށް ހުށަހެޅުމުގެ ބާރު ދީފައިއޮތުމުންނާއި، ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާގެ (ހ) އިން ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި، ޤާނޫނަކުން
ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލްއެއްގައި އެކަށީގެންވާ
މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީޢަތް ކުރެއްވުމުގެ ޙައްޤު ދީފައިއޮތުމުން، މީރާއިން ވަނީ
އެކަމެއްގެ
ތިޔަޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2013/HC-A/258
5 އިޖްރާއީ ނިންމުން
ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑް އާމެދު އަޅާފައިވާ އިދާރީ ފިޔަވަޅަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު
47 ވަނަ މާއްދާގެ ދަށުން (ތިންވަނަ ފަރާތަކުން ޓެކްސްގެ ފައިސާ ހޯދުމަށް) އަޅާފައިވާ ފިޔަވަޅެއް
ކަމާއި، 47 ވަނަ މާއްދާގައި ބުނާ "ތިންވަނަ ފަރާތް" މަނާކުރާއިރު ބޭންކަކީވެސް ތިންވަނަ ފަރާތެއްކަމަށް
މާނަކުރެވޭކަމާއި، 47 ވަނަ މާއިދާގެ (ނ) ގެ ރޫއަށް ބަލާއިރު އެއަކުރުގައި ބުނެދީފައިވަނީ، ތިންވަނަ
ފަރާތަކީ ބޭންކުކަމުގައިވާ ޙާލަތުގައި އެފަރާތުގައިވާ ފައިސާ ހޯދުމަށް ޢަމަލުކުރަންޖެހޭ
އިޖުރާއަތުކަމަށްވީހިނދު 47 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީފައިވަނީ
އެމާއްދާގެ (ށ) ދަށުން އަންގާ އެންގުމަކުން ނޫންކަމާއި، އެއީ އެ މާއްދާގެ (ހ) ގެ ދަށުން ފޮނުވާ
އެންގުމަކާ ދެކޮޅަށްކަން (ޅ) ގެ ނައްޞުން ދޭހަވީ ކަމުގައިޔަސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 7 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޢާއްމު މާނައަށް ބަލާއިރު ޙައްޤެއް
ގެއްލިފައިވާ ކޮންމެ މީހަކަށް އިސްތިއުނާފުކުރުމުގެ ފުރުސަތު ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާތީ،
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކުރާ ޓެކްސްއާބެހޭ މައްސަލަތައް ބެލުމުގެ
އިޚްތިޞާޞް ލިބިގެންވާ ފަރާތަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްކަމަށް ވީހިނދު، ބަނީ ހޯލްޑިންގްސް
(ބީ.ވީ.އައި) ލިމިޓެޑްގެ ފަރާތުން މީރާ އާއި ދެކޮޅަށް ހުށަހަޅާފައިވާ ޓްރައިބިއުނަލްގެ ނަންބަރ
2013
/
001/TAT
-
CA
-
G މައްސަލަ އިސްތިއުނާފުކުރުމުގެ ޙައްޤު ޤާނޫނު ނަންބަރ 3/2010 (ޓެކްސް
އިދާރީ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑަށް
ލިބިގެންވާކަމަށާއި، އަދި ހަމަ އެޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން މިމައްސަލަ ބެލުމުގެ އިޚްތިޞާޞް
ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ލިބިގެންވާ ކަމަށް މިމައްސަލަ ބެލި 5 (ފަހެއް) މެންބަރުންގެ ތެރެއިން
3 (ތިނެއް) މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، މިމައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި
ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ނިންމުމެއްކަން އެނގެން އޮންނަކަމެވެ.
2 4 2 2 4
ه233
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
އިޖްރާއީ ނިންމުން
2013/HC-A/258
-3
TAT-CA-G/2013/001
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައިގައި ނިންމާފައިވާ އިޖްރާޢީ ނިންމުން އިސްތިއުނާފުކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު
އޮތޯރިޓީގެ ފަރާތުން މައިގަނޑު 4 ނުކުތާއެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ފުރަތަމަ ނުކުތާއަކީ: ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
2013
/
001/TAT
-
CA
-
G މައްސަލަ އިޖްރާޢީ ގޮތުން ނިންމަވާފައިވާ ގޮތުން ޤާނޫނުނަ
ނޫނުނަންބަރު
3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަމާއްދާގެ ބާރު ކެނޑޭކަމަށްބުނެ ހުށަހެޅި
22 / 24
ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަމާއްދާގެ (ޅ) ގެ
ދަށުން ދަޢުވާރައްދުވާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފުކުރުމުގެ ޙައްޤު ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ލިބިގެންވާކަމަށް ނިންމަވާފައިވާ ނިންމެވުމަކީ އެޤާނޫނާ ޚިލާފަށް
ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
32
2 4ޑ
کره می
(ނ) ތިންވަނަ ނުކުތާއަކީ: ޓެކްސް އިދާރީ ޤާނޫނުގެ 54 ވަނަމާއްދާގެ ޓެކްސް
އެޕީލް ޓްރައިބިއުނަލުން މާނަކޮސްފައިވަނީ ރަނގަޅަށްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2013/HC-A/258
7 އިޖްރާއީ ނިންމުން
(ރ) ހަތަރުވަނަ ނުކުތާއަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އިޚްތިޞާޞް ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް
ރިޢާޔަތްކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އިޚްތިޞާޞް ފުޅާކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
4. މީރާގެ ފަރާތުން މިމައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން، ބަނީ ހޯލްޑިންސް
(ބީ.ވީ.އައި) ލިމިޓެޑުގެ ފަރާތުން އިޖްރާޢީ ގޮތުން ދެ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެއީ:-
ފުރަތަމަ
ޓެކްސް
އެޕީލް ޓްރައިބިއުނަލްގެ
ނަންބަރު
2013
/
001/TAT
-
CA
-
G މައްސަލަ އެޓްރައިބިއުނަލުން ނިންމުމަށްފަހު، އެމައްސަލަ ނިންމުމުގެ ކުރިން
އިޖްރާޢީ ގޮތުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރެވިދާނެކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
<<<
(ނ) ދެވަނަ ނުކުތާ: މިމައްސަލަ މީރާއިން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަވާއިދުގެ ނަންބަރު 48 (ނ) ގައި ބަޔާންކުރާ މުއްދަތު ފާއިތުވީ ފަހުން ކަމަށްވާތީ، މިއީ ބެލޭނެ މައްސަލަ
އެއްނޫންކަމުގައި ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
+
8
2013/HC-A/258
އިޖްރާއީ ނިންމުން
5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 258/HC
-
A/2013 ޤަޟިއްޔާގައި ބަނީ
ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ އިޖްރާޢީ ނުކުތާތަކާމެދު ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރ 2013
/
001/TAT
-
CA
-
G މައްސަލައިގެ
އިޖްރާޢީ ނިންމުމަކީ، އެޓްރައިބިއުނަލުގެ
ނަންބަރު
TAT-CA-G/2013/001
މައްސަލަ
8 0 4 0
އެޓްރައިބިއުނަލުން ބެލުމުގެ އިޚްތިޞާޞް އޮތްކަމަށް ކަނޑައަޅުއްވައި، އެމައްސަލަ އެޓްރައިބިއުނަލުން
ކުރިއަށް ގެންދެވިދާނެކަމަށް ކަނޑައަޅުއްވައި ނިންމާފައިވާ ނިންމުމެއްކަން އެނގޭކަމާއި، އެނިންމުން
އިސްތިއުނާފުކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް 03 ޖޫން 2013 ގައި ހުށަހެޅި މައްސަލަ (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
185/HC
-
A/2013 ޤަޟިއްޔާ) ގެ ދަޢުވާ ފޯމް 24 ޖުލައި 2013 ގައި ބާޠިލްކޮށްފައިވާކަމާއި، އަދި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރ 2013
/
001/TAT
-
CA
-
G ނިންމުން އިސްތިއުނާފުކުރުމަށް
މީރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ދެވަނަ ފަހަރަށް ހުށަހަޅާފައިވަނީ 13 އޯގަސްޓް 2013 ގައި
ކަމަށްވާއިރު، އެމައްސަލަ ދެވަނަ ފަހަރަށް އިސްތިއުނާފަށް ހުށަހެޅުމުގެ ކުރިން ޓެކްސް އެޕީލް
ޓްރައިބިއުނަލުގެ ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލަ، އެޓްރައިބިއުނަލުން 12 އޯގަސްޓް
2013 ގައި ނިންމާފައިވާކަން އެނގޭތީ، މިޤަޟިއްޔާ (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ
258/HC
-
A/2013 ޤަޟިއްޔާ) ގައި ބެލެވޭ ދަޢުވާގެ ރަހައްލު މިހާރު ނެތިގޮސްފައިވާކަން އެނގެން
އޮންނަކަމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
އިޖްރާއީ ނިންމުން
2013/HC-A1258
އެހެންކަމުން، މިޤަޟިއްޔާގެ މައްސަލަ މައުޟޫޢީ ގޮތުން ބަލައި ފައިޞަލާކުރާނެ ތަނެއް
އޮތްކަމަށް މިޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނަކަމެވެ.
ޙުކުމް
ދެންފަހެ އިސްވެބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ޓެކްސް އެޕީލް
ޓްރައިބިއުނަލުގެ ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލަ، އެޓްރައިބިއުނަލުން 12 އޯގަސްޓް
<
258/HC
-
A/2013 ޤަޟިއްޔާ) ގައި ބެލެވޭ ދަޢުވާގެ ރަހައްލު މިހާރު ނެތިގޮސްފައިވާތީ މިޤަޟިއްޔާގެ
މައްސަލަ މައުޟޫޢީ ގޮތުން ބަލައި ފައިޞަލާކުރާނެ ތަނެއް އޮތްކަމަށް ނުފެންނަކަމަށް މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
، ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv