ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/312 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/312
A4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 312/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ސުޒައިން
* އައިޑީ ކާޑު ނަންބަރު: A159699
ދާއިމީ އެޑްރެސް: ގާޑެނިޔާ | އއ.ރަސްދޫ
މިހާރުގެ އެޑްރެސް: -
*
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީ ނަންބަރު:
، ދާއިމީ އެޑްރެސް: -
މީހާރުގެ އެޑްރެސް: -
ރަޖިސްޓްރީ ތާރީޚް: 25 ޛުލްޤައިދާ 1434
01 އޮކްޓޯބަރ 2013
* ނިމުނު ތާރީޚް: 01 ޛުލްޙިއްޖާ 1434
06 އޮކްޓޯބަރ 2013
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8507(J(MD-145 ކޯޓު އަމުރު
• ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދުކޮށްފައި ބެހެއްޓުމުގެ ކޯޓު އަމުރު
• ހުށަހެޅި ތާރީޚް: 26.09.2013
ނިމުނު ތާރީޚް: 26.09.2013
ދިވެހިރާއްޖޭގެ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ހައިކޯޑީ
ފަނޑިޔާރު ޢަބްދުއްރައޫ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
'2
2013/HC-A/312
• ދަޢުވާގެ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8507(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި
އއ.ރަސްދޫ | ގާޑެނިޔާ މުޙައްމަދު ސުޒައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
CCCO
ފާހަގަކުރެވުނު ނުކުތާތައް
1) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8507(J(MD-145 ކޯޓު އަމުރަށް ބަލާއިރު،
އެއަމުރު ނެރުއްވާފައިވަނީ ފުލުހުންގެ ގައިގައި ތަޅާ މާރާމާރީ ހިންގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ
ތުހުމަތުގައި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި، އއ.ރަސްދޫ | ގާޑެނިޔާ މުޙައްމަދު ސުޒައިން މިވަގުތު ދޫކޮށްލުމަށް
ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވެ، 26 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 16:30 އިން 06 އޮކްޓޯބަރ
2013 ވަނަ ދުވަހުގެ 16:29 އަށް މުޙައްމަދު ސުޒައިން، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
CCC
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8507(J(MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން، އއ.ރަސްދޫ | ގާޑެނިޔާ
މުޙައްމަދު ސުޒައިންގެ ފަރާތުން 3 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާ ޚިލާފަށް، އަދި މުޙައްމަދު ސުޒައިންއަކީ އެމާއްދާއަށް
ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި، ހަމައެކަނި ފުލުހުން ބުނާ ބުނުމެއްގެ މައްޗަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވަނީ ކުށެއްގެ ތުހުމަތުގައި
ންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/312
ބެހެއްޓެވުމަށް ޤާޟީ ނިންމެވި ނިންމެވުމަށް ވާޞިލުވި
ތިންވަނަ ނުކުތާއަކީ، ބަންދުގައި
ފައިނުވާކަމަށް ބުނެ ހުށަހެޅި
· · 49)
އދ ވ މ އނ އ ދ
ސަބަބު ބަޔާންކުރައްވާފައި
ނކީ 0އވެ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
44
ފުލުހުން ނަގައި
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8507(J
(
MD-145 ކޯޓުއަމުރުގައި
ހަވާލާދެއްވާފައިވާ ކުށެއް
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދު ކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް" ނަންބަރު TD057370 ގައި މުޙައްމަދު
ސުޒައިން ހައްޔަރުކުރި ސަބަބުކަމަށް ބަޔާންކުރެވިފައިވަނީ، 2013 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 21:30
ހާއިރު ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުމައްޗަށްވާ ގޮތަށް ނަގާފައިހުރި ހުދު ކުލައިގެ ބޮޑު ޖަނގިޔާއެއް
ރަސްދޫ ޕޮލިސް ސްޓޭޝަނަށް ގެންދަނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުން
ގައިގައި ތަޅައި މާރާމާރީ ހިންގައި، ރަސްދޫގެ ޕޮލިސް ސްޓޭޝަނުން ކަރަންޓު ކަނޑާލައި، ގަދަކަމުން
ޕޮލިސް ސްޓޭޝަން ތެރެއަށްވަދެ، ފުލުހުން އަތުން ޖަނގިޔާ ގަދަކަމުން އަތުލުމަށްފަހު، ދެވަނަ ފަހަރަށް
ގެންގޮސް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުމައްޗަށްވާ ގޮތަށް ޖަނގިޔާ ނަގައި، ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިކަން ދައްކައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، މިކަމާ
ގުޅިގެން އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ކަރަންޓު ކަނޑާލުމުގައި ބައިވެރިވާ ފަރާތެއްކަމަށް ތުހުމަތު ކުރެވޭ
މައްސަލައިގައިކަން އެފޯމަށް ބެލުމުން އެނގެން އޮންނަކަމެވެ.
އައި.
(ނ) ދެވަނަ ކަމަކީ، މުޙައްމަދު ސުޒެއިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާ ޚިލާފަށް، އަދި މުޙައްމަދު ސުޒައިންއަކީ
އެމާއްދާއަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި، ހަމައެކަނި ފުލުހުން ބުނާ ބުނުމެއްގެ މައްޗަށް ކަމަށް ބުނެ ހުށަހެޅި
ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުން ރިޢާޔަތްކުރިއިރު،
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ހައްޔަރުކުރާ މީހާއަށް މީހަކު
ފެންނަހިނދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފިކަމަށް، ނުވަތަ އެވަގުތު އެއުޅެނީ ކުށެއް ކުރާށްކަމަށް
*
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2013/HC-A/312
މާއްދާއާއި
ރިޢާޔަތްކުރެއްވިއިރު، މުޙައްމަދު ސުޒައިން ދޫކޮށްލުމަކީ މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ރައް&2 ހައިކް
ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ
ލިބިގެން މެނުވީ، އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެން ނުވާނެކަމަށާއި،
ޤާނޫނުއަސާސީގެ 49
ވަނަ
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް
ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް،
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި
އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ
ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީދާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގައި، މުޙައްމަދު ސުޒައިން އެންމެ ފުރަތަމަ ހައްޔަރުކުރެވިފައިވަނީ
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
41/HA
)
U2MC
-
B) ކޯޓު އަމުރުން
ހުއްދަ ލިބިގެންކަން އެނގެން އޮތުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8507(J
(
MD-145
ކޯޓުއަމުރުގައި މުޙައްމަދު ސުޒައިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި
ބަޔާންކުރާ ޙާލަތްތަކުންކުރެ ޙާލަތެއްނެތި، އެމާއްދާއާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމާއި،
މުޙައްމަދު ސުޒައިންގެ ބަންދުގެ މުއްދަތު އިތުރުކުރެއްވި ސަބަބަކީ މުޙައްމަދު ސުޒައިންގެ
މައްޗަށް ތުހުމަތު ކުރެވިފައިވާ، ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ
މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅުނު ކަންކަމާއި ޙާދިސާ ހިނގާފައިވާ ގޮތަށް ބައްލަވައި
.6
2 ހދ8
ކެމެއެކު2
މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިނުގަންނަވާތީ، މުޖްތަމަޢުގެ ހަމަޖެ
ސަލާމަތަށްޓަކައިކަން އެނގެން އޮތުމުން، މުޙައްމަދު ސުޒެއިންގެ ބަންދުގެ މުއްދަތު އިތުރުކުރައްވާފަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/312
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާން:
ޔާންކުރާ ޙާލަތްތަކުގެ
ތެރެއިން، މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައިކަން އެނގެން އޮންނަކަމާއި، އަދި އިސްވެ ބުނެވުނު
މާއްދާތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްކަމަށް ނުވަތަ ނެތްކަން ކަނޑައެޅުމަކީ ބަންދުގެ
މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
93/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވޭކަމާއި،
މުޙައްމަދު ސުޒައިން ބަންދުގައި ބެހެއްޓެވުމަށް ފަނޑިޔާރު ނިންމެވި ނިންމެވުމަށް ވާޞިލުވި
ސަބަބު ބަޔާންކުރައްވާފައިނުވާ ކަމަށް މުޙައްމަދު ސުޒައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވީނަމަވެސް، އިސްވެ ފާހަގަކުރެވުނު ކަންތައްތައް ކްރިމިނަލް ކޯޓުގެ ނަންބަރު
2013/8507(J
(
MD-145 ކޯޓުއަމުރުގައި "ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބު" މި ސުރުޚީގެ ދަށުން
އޮތްބައިގައި ސާފުކޮށް ބަޔާންކޮށްދެއްވާފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި މުޙައްމަދު ސުޒައިންއަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްހުރި ނުރައްކަލެއްކަމަށް
ފެންނަނަމަ، މުޙައްމަދު ސުޒައިންގެ ފަރާތުން އެފަދަ ކަމެއް ހިނގާފައިވާކަމަށް އެކަށީގެންވާ ޤަރީނާ
ހުންނަންވާނެކަމަށް މުޙައްމަދު ސުޒައިންގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް، މައްސަލައެއް ތަޙްޤީޤު
ކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުހަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ
މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫންކަމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ
މައްސަލަތަކުގައި ކޯޓަށް ހެކިހުށަހަޅަންޖެހޭނީ ކުށެއްކުރިކަމަށް ސާބިތުވާ މިންވަރުގެ ހެކިޤަރީނާ ނޫންކަމަށާއި،
އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއްކުރިކަމުގެ ތުހުމަތެއް އުފެދޭ
މިންވަރުގެ ހެކި ޤަރީނާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC
-
A/2012 ޤަޟިއްޔާގައި
ކަނޑައަޅާފައިވާކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
213/HC-A/2012 ޤަޟިއްޔާއާއި
120/HC-A/2013 ޤަޟިއްޔާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމަކީ އެކަމުގެ ސަބަބުން
މުޖްތަމަޢަށް އިތުރަށް ނުރައްކާތެރިވެ، މުޖަތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ ސަބަބެއްކަމަށް
ކަނޑައަޅާފައި އޮތުމުން،
ހުށަހެޅިފައިމިވާ މައްސަލާގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެފަރާތުޓްރާންކެނއި
މުޙައްމަދު ސުޒައިން ހުރަސްއަޅާފައިވާކަމަށް ބުނުމުންނާއި، އަދި ދެފަރާތުންވެސް
8ދި 4
م نرم نے
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
6
2013/HC-A/312
4 3
ގޮތްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކުން، މުޙައްމަދު ސުޒައިން ކުށެއްކުރިކަމުގެ ތުހުމަތު އުފެދޭ މިންވަރަށް
ހެކި ޤަރީނާ ހުށަހެޅިފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، މުޙައްމަދު ސުޒައިންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު
ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" އާ ޚިލާފަށްކަމަށް
އެއްވެސް ޤާނޫނީ އަދި ޝަރުޢީ ޙުއްޖަތްތަކެއް މުޙައްމަދު ސުޒައިންއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދެއްކިފައިނުވާކަމެވެ.
c ecc
ބެލެވޭނޭ
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު
2013/8507(J
(
MD-145 ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ
ޚިލާފަށްކަމަށް ބަލާނެ ތަނެއްނެތްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލިހުގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv