ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/305 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/305
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A1
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
« et,
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 305/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަޒުހަރު އިބްރާހީމް
އައިޑީ ކާޑުނަންބަރު: A294481
-1
* ދާއިމީ އެޑްރެސް: ހިތިގަސްދޮށުގެ / ސ.ހިތަދޫ
މިހާރުގެ އެޑްރެސް: މއ. މާންދޫގެ / ކ.މާލެ
*
4
ރަޖިސްޓްރީ ތާރީޚް: 09 މުޙައްރަމް 1436
ނިމުނު ތާރީޚް: 12 މުޙައްރަމް 1436
02 ނޮވެމްބަރު 2014
02xދ(
05 ނޮވެމްބަ
2014
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2014/9396(J
(
MD-145
• ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 28.10.2014
ނިމުނު ތާރީޚް: 28.10.2014
ދިޗެހިރާއްޖޭގެ
ހައިކޯޓު
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްM
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/305
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
22« «
$2
433/ވ
ކަތެއްގެ
ވެހިރާއްޖޭގެ ހައިކޯ"
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9396(J
(
MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ހިތަދޫ ގެ ހިތިގަސްދޮށުގެ، އަޒުހަރު
އިބްރާހީމްއެވެ.
1) ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9396(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ
އަމުރަކީ ސ. ހިތަދޫ ގެ ހިތިގަސްދޮށުގެ، އަޒުހަރު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ
ވިޔަފާރިކުރުމުގެ މައްސަލާގައި މުޖުތަމަޢުގެ ސަލާމަތަށްޓަކައި، 29 އޮކްޓޯބަރު 2014 ގެ 11:28 އިން ފެށިގެން
08 ނޮވެމްބަރު 2014 ގެ 11:27 ގެ ނިޔަލަށް އަޒުހަރު އިބްރާހީމް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9396(J
(
MD-145 ކޯޓު އަމުރު އެ ކޯޓުން ނެރުއްވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރަ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، އަޒުހަރު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެ
2014 ދުވަހު 12:45 އެހައިކަށްހައިއިރު، ވައިގެ މަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެ
/2ނ،
0
67
k
23
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
2014/HC-A/305
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OXO
84 844
0ހއްޓުމަށް
އުޅެފައިވާތީ، ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައެއްކަމަށްވެފައި، މުޖުތަމަޢުގެ ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައި ބަންދުން ދޫކުރަން ނުފެންނަކަމަށާއި، މައްސަލާގެ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު
ފޯރުވާފާނެކަމަށް ފެންނާތީކަމަށް ބަޔާންކޮށް، އަޒުހަރު އިބްރާހީމް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 119181/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް
ހުށަހަޅާ ފޯމް" އިން ހުށަހަޅާފައިވީ ނަމަވެސް، އަޒުހަރު އިބްރާހީމް ގޭގައި ބަންދަށް ބަދަލުކުރަން
އަމުރުކުރައްވައި، 28 އޮކްޓޯބަރު 2014 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގައި
ކުށްކުށަށް
ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ
ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
.ޞޫލަށް
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ނަންބަރަށް ރިޢާޔަތް ނުކުރައްވާ، އަޒުހަރު އިބްރާހީމް ގޭގައި ބަންދަށް
ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ
މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން
އަމުރު ނެރުއްވިއިރު، އުޞޫލަށް ރިޢާޔަތްނުކުރައްވައި އަމުރު ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
ދިވެހިރާއްޖެ
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2014/HC-A/305
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި، ސ.ހިތަދޫ ! ހިތިގަސްދޮށުގޭ އަޒުހަރު
އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މައްސަލައާ ގުޅިގެން، އިސްތިއުނާފު
ކުރެވޭ ކޯޓު އަމުރުން މުޖުތަމަޢުގެ ސަލާމަތަށްޓަކައި މީނާ ގޭގައި ބަންދުކުރުމަށް އަމުރު ކުރައްވާފައިވާކަން
އ ހ މ 2 ه2ކ#
ފާހަގަކުރެވޭކަމާއި،
ބަހައްޓަންޖެހޭ
އިސްތިއުނާފުކުރެވޭ ކޯޓު އަމުރުގެ އިތުރު ބަޔާނެއްގެ ގޮތުގައި "މީނާގެ މައްޗަށް ތުހުމަތު
ކުރެވިފައިވާ މި މައްސަލައާއިމެދު ޕީ.ޖީ އިން ޢަމަލުކުރާގޮތެއް ދެން އޮންނަ މުއްދަތު މަޖިލީހަށް އެންގުން"
މިހެން ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްތިއުނާފުކުރެވޭ ކޯޓުއަމުރުގައި ޙަވާލާދެވިފައިވާ ނަންބަރު 119181/MF "ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމު" ގައި އަޒުހަރު އިބްރާހީމް ބަންދުގައި
ސަބަބުކަމަށް
ބަޔާންކޮށްފައިވަނީ، މީނާގެ އަތުން ފެނުނު މަސްތުވާ ތަކެއްޗަކީ ރާއްޖޭގެ ނިސްބަތުންވެސް އަދަދު ގިނަ
މަސްތުވާތަކެތި ކަމަށްވާތީ، މީނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހެއްކަމަށް ވަރަށް
ބޮޑަށް ބެލެވޭތީ، މީނާ މުޖުތަމަޢުގެ ތެރޭގައި މިނިވަންކަމާ އެކު އުޅެން ދޫވެއްޖެނަމަ، މީނާގެ ފަރާތުން އެތައް
ޒުވާނުންތަކެއް މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފެންނާތީ ކަމަށް އެ ފޯމުގައި ބަޔާންކުރެވިފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙުޤީޤުކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެ މީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ނޫންބާއެގެ
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުން
އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ
02
އައީ؟
އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2014/HC-A/305
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން
އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި
"ކުށެއްގެ ތުހުމަތުގައި ބަންގު
ބަންދުކުރެވޭ
މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް
ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް،
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި
އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ
ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި،
އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރުގެ
ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް
ފެންނަ ޙާލަތުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމައަށް ނުރައްކާތެރިކަމެއް
ނުފޯރުވޭނެފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 194/HC
-
A/2012 ޤަޟިއްޔާއާއި
260/HC
-
A/2012 ޤަޟިއްޔާފަދަ އެތައް މައްސަލަތަކެއްގައި މީގެ ކުރިން ކަނޑައަޅުއްވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 355/HC
-
A/2013 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ*
ބަންދުގައި ބަހައްޓަންޖެހޭ ޙާލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނެތިކޮށްލެވޭނީ،
ceco
ހައިކޯޓް
.0x
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2(14/HC-A/305
ބަންދުކޮށްގެންކަން ކަނޑައެޅުމަށް އެންމެ ރަނގަޅަށް އެނގޭނެ، އެ ސަބަބުތައް ނެތިކޮށްލުމުގެ ޒިންމާ އެ ބަޔަކާ
މަތިކުރުވާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ މިނިސްޓްރީ އޮފް
ހޯމް އެފެއާރޒްގެ ދަށުން ހިނގަމުންދާ މުއައްސަސާއެއްކަމަށްވާތީ، ބަންދުގައި ބަހައްޓާނެ ތަނެއް ކަނޑައެޅުމަށް
ފަރާތަކީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒްކަމަށް ކަނޑައަޅާފައިވާކަން ފާހަގަކުރެވެން
4 24 2
މު
ކުނނީ
އޮންނަކަމެވެ.
0
<< O
4ނ
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 102/HC
-
A/2014 ޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ ޢާންމު އުޞޫލަކީ، ތުހުމަތު ކުރެވިފައިވާ ޢަމަލުގެ
ސަބަބުން އެމީހަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު
ހުންނަންޖެހޭނީ އެމީހެއްގެ ކިބައިން މުޖުތަމަޢަށް ނުރައްކާ ނުވާނެ ތަނެއްގައި އެކަހެރިކުރެވިފައި ކަމަށާއި، އެއީ
އެކަމަށް އިސްތިސްނާއެއް މެދުވެރިނުވާނެ މުތްލަޤް އުޞޫލެއްކަމަށް އެއިން އެއްވެސް ޤަޟިއްޔާއަކުން
ދޭހަނުވާކަމަށާއި، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކުގައި ހުށަހެޅިފައިވާ ހެއްކާ ޤަރީނާގެ އިތުރުން
މުއްތަހަމަށް ޚާއްޞަ ޙަލާތެއް ދިމާވެފައިވާނަމަ، އެކަން އަންގައިދޭ ކަމާބެހޭ ލިޔުންތަކަށް ފަނޑިޔާރު ރިޢާޔަތްކޮށް
މުޖުތަމަޢުން އެކަހެރިކުރާނެ މިންގަނޑު ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށާއި،
މުޖުތަމަޢުން އެކަހެރި ކުރުމުގެ ބަދަލުގައި ވަކި ޤައިދުތަކެއް ކަނޑައަޅައިގެން މަޤްޞަދު
ޙާޞިލުކުރެވިދާނެކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި، އެކަހެރިކުރުމުގެ މިންގަނޑު ލުއިކުރެވޭފަދަ ގޮތަކަށް
އެކަންކުރުމަކީވެސް ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަމަށާއި، ނަމަވެސް ފަނޑިޔާރު އެބާރުގެ ބޭނުންހިފައި
އެކަހެރިކުރުމުގެ މިންގަނޑު ލުއިކޮށް ބަރުކޮށް ހަދަންޖެހޭނީ ޒިންމާދާރު ކަމާއެކު އެކަށީގެންވާ ހަރުދަނާ
ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަމަށް އިސްވެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011 ޤަޟިއްޔާގައި އަތޮމު
މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުން ކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި
ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލެއްގެ ގޮތުގަ
ކުށްތަކެއްކަމާއި، އަދި އެއީ މުޠުލަޤު މަސްޢޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަމަށާ އެކުށަކީ އެންމެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ބަe9
;
7
2014/HC-A/305
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2ވ
ދަރަޖައިގެ
ޖިނާޔަތުގެ
ހިމެނޭ ކުށެއް
ކުށެއްކަމަށް
އެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން
އެނގެންއޮންނައިރު،
ހުށަހެޅިފައިމިވާ މައްސަލާގައި، އަޒުހަރު އިބްރާހީމްއަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި
ކުރާ މީހެއްކަމަށް ބެލެވޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވާއިރު، އަދި މީނާގެ އަތުން
ފެނުނު މަސްތުވާތަކެތި ފެނުނީ މީނާގެ ހަށިގަނޑުން ކަމުގައިވާއިރު، އަޒުހަރު އިބްރާހީމްއަކީ މުޖަތަމަޢުގެ
ސަލާމަތަށްޓަކައި ބަންދުކުރަންޖެހޭ މީހެއްކަމަށް އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވެސް
ކަނޑައަޅުއްވާފައިވާކަމާއި، އެހެންނަމަވެސް، އަޒުހަރު އިބްރާހީމް ގޭގައި ބެހެއްޓެވުމަށް ނިންމަވާފައިވަނީ މީނާއަށް
ޚާއްޞަ ޙާލަތެއް މެދުވެރިވެފައިވާތީ، މުޖުތަމަޢުން މީނާ އެކަހެރިކުރުމުގެ މިންގަނޑު ލުއިކުރުމަށް އެކަށީގެންވާ
ސަބަބެއް އޮވެގެންކަން އިސްތިއުނާފުކުރެވޭ ކޯޓުއުމުގައި އެނގެން ނެތުމުން، އަޒުހަރު އިބްރާހީމް ގޭގައި
ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9396(J
(
MD-145 ކޯޓު އަމުރުގައި
ނިންމަވާފައިވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި ތުހުމަތުކުރެވޭ
މީހާ ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މީގެކުރިން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް (
މައްސަލަ ބެލި ފަނޑިޔާރުންނަށް ފެނުނުކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2014/9396(J
(
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/3[5
.--
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
9396
J
(
MD-145 ކޯޓު އަމުރުގައި ހިތަދޫ ހިތިގަސްދޮށުގެ،
އަޒުހަރު އިބްރާހީމް (އައިޑީ ކާޑު ނަންބަރު A294481) ބަންދުގައި ގޭގައި ބެހެއްޓުމަށް ނިންމަވާފައިވާ
ބާޠިލުކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9396(J
(
MD-145 ކޯޓު އަމުރުގައި
ކަނޑައަޅުއްވާފައިވާ މުއްދަތުގައި އަޒުހަރު އިބްރާހީމް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ޏ 24ތ
ނިންމެވެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv