ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/104 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/104
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 104/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ
ކާޑު ނަންބަރު:.
ދާއިމީ އެޑްރެސް
އެi
• އިސްތިއުނާފު ރައްދުވި ފަރާތް:
1. * ނަން: މިޤްދާދު އާދަމް
ދާއިމީ އެޑްރެސް: ހުސްނުހީނާގެ ފ.މަގޫދޫ
ކާޑުނަންބަރު: A080005
! މިހާރުގެ އެޑްރެސް: ހުސްނުހީނާގެ ފ.މަގޫދޫ
2. * ނަން: ސަޢުދު ޢަލީ
ދާއިމީ އެޑްރެސް: ޖަވާހިރުމާގެ ފ.މަގޫދޫ
އައިޑީކާޑު ނަންބަރު: A129777
* މިހާރުގެ އެޑްރެސް: ސޯސަންމާގެ ފ.މަގޫދޫ
3. * ނަން: ނަޝީދު މޫސާ
އެޑްރެސް: ނަޝީދާމަންޒިލް ފ.މަގޫދޫ
އައިޑީކާޑު ނަންބަރު: A129769
* މިހާރުގެ އެޑްރެސް: ނަޝީދާމަންޒިލް ފ.މަގޫދޫ
0
ރަޖިސްޓްރީ ތާރީޚް: 17 ޖުމާދަލްއޫލާ 1431
02 މެއި
ނިމުނު ތާރީޚް: 17 ޖުމާދަލްއޫލާ 1433
09 އެޕްރީލް 2012
2010
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
'2
2010/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ޖިނާއީ ކޯޓުގެ ނަންބަރު: 2009/JC/2287
• ނިންމެވި ފަރާތް: ޖިނާއީ ކޯޓް
• މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން
ހުށަހެޅި ތާރީޚް: 08.11.2009
ނިމުނު ތާރީޚް: 07.01.2010
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢައްބާސް ޝަރީފް
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2287 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ފ.މަގޫދޫހުސްނުހީންގެ މިޤްދާދު އާދަމްއާއި
ފ.މަގޫދޫޖަވާހިރުމާގެ ސަޢުދު ޢަލީއާއި ފ.މަގޫދޫނަޝީދާމަންޒިލް ނަޝީދު މޫސާއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
(l
އިސްތިއުނާފުކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2287 ޤަޟިއްޔާގައި
ފ.މަގޫދޫ ހުސްނުހީނާގެ މިޤްދާދު އާދަމް، ފ.މަގޫދޫ އޮފީހަށް ލިބުނު ފ.މަގޫދޫ ރައްޔިތުންގެ ފައިސާގެ ތެރެއިން
މުދާ ގަތުމަށްފަހު ބާކީވި 22,886
/
64ރ. (ބާވީސްހާސް އަށްސަތޭކަ އަށްޑިހަ ހަ ރުފިޔާ ފަސްދޮޅަސް
ހަތަރުލާރި) ފައިލިންގ ކެބިނެޓްގައި ބެހެއްޓިކަމަށް މިޤްދާދު އާދަމް ބުނާތީއާއި، ސަޢުދު ޢަލީ، 2008
ނޮވެމްބަރު 16 ވަނަ ދުވަހުގެ ރިޔާސީ އިންތިޚާބުގެ މަސައްކަތުގައި ފ.މަގޫދޫއިން ހަރަކާތްތެރިވި މީހުންނަށް
ދޭންޖެހޭ ފައިސާގެ ތެރެއިން ޙަވާލު ނުކުރެވިފައިހުރި މީހުންގެ ޖުމްލަ ފައިސާ 6,610
/
50ރ. (ހަހާސް
ހަސަތޭކަ ދިހަރުފިޔާ ފަންސާސް ލާރި) ފައިލިންގ ކެބިނެޓްގައި ރައްކާކުރިކަމަށް ސަޢުދު ޢަލީ ބުނާތީއާއި،
ނަޝީދާ މޫސާ، ފ.މަގޫދޫ ގޮއި މާލިއްޔާއިން ކާށި ވިއްކައިގެން ލިބުނު ފައިސާއާއި އަންހެނުންގެ ދަނޑުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2010/HC-A/14
4 2 2 4 8
ލިބުނު ފައިސާއާއި ޕްރީސްކޫލް ކުދިންގެ ފީގެ ގޮތުން ލިބުނު ފައިސާގެ ޖުމްލަ 54,208
/
50ރ. (ފަންސާސް
ހަތަރުހާސް ދުއިސައްތަ އަށް ރުފިޔާ ފަންސާސްލާރި) އާއި، ފ.މަގޫދޫ ޕްރީސްކޫލްގެ މުވައްޒަފެއްކަމުގައިވާ
ފ.މަގޫދޫ/ވިނަމާގެ އާމިނަތު ސިރުމީނާގެ މުސާރައަށްވާ -/6,500ރ. (ހަހާސް ފަސްސަތޭކަ ރުފިޔާ) އާއި،
އަންހެނުންގެ ކޮމިޓީގެ ފަރާތުން ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށް 7,577
/
55 ރ. (ހަތްހާސް
ފަސްސަތޭކަ ހަތްދިހަ ހަތްރުފިޔާ ފަންސާސް ފަސްލާރި) ތިޖޫރީއިން ނެގުމަށްފަހު އާމިނަތު ސިރުމީނާ ރަށުގައި
ނޫޅޭތީ އެފައިސާއާއި އަންހެނުންގެ ކޮމިޓީގެ ފައިސާއާއި އަދި މުސާރަ ޙަވާލުކުރަންޖެހޭ މުވައްޒަފުންނަށް
މުސާރަ ޙަވާލުކުރުމަށްފަހު ހަވާލުނުކުރެވޭ މުވައްޒަފުންގެ މުސާރައަށްވާ 5,060
/
53ރ. (ފަސްހާސް
ފަސްދޮޅަސް ރުފިޔާ ފަންސާސް ތިންލާރި)، އެކު ޖުމްލަ 73,346
/
58ރ (ހަތްދިހަ ތިންހާސް ތިންސަތޭކަ
ސާޅީސް ހަ ރުފިޔާ ފަންސާސް އަށްލާރި) ފައިލިންގ ކެބިނެޓްގައި ބެހެއްޓިކަމަށް ނަޝީދާ މޫސާ ބުނާތީއާއި، 7
ޑިސެމްބަރު 2008 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފ.މަގޫދޫ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ބަޔަކު ވަދެ،
މި ތިންމީހުންގެ ފައިލިންގ ކެބިނެޓްގައި ބަހައްޓާފައިހުރި ޖުމްލަ ފައިސާ 102,843
/
72ރ. (އެއްލައްކަ
ދެހާސް އަށްސަތޭކަ ސާޅީސް ތިންރުފިޔާ ހަތްދިހަ ދެލާރި) ވަގަށް ގެންގޮސްފައިވާކަމަށް ބުނާއިރު މިފައިސާ
ގެއްލިފައިވަނީ މި ތިންމީހުން ސަރުކާރުގެ މުދަލާއި، ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ
ބެލެހެއްޓުމުގެ ގަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާކަން އެނގޭތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)
އާއި 132 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން މިޤްދާދު އާދަމް އާއި ނަޝީދާ މޫސާގެ މައްޗަށް
ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ސަރުކާރުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި ޤާނޫނުލް
ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 143 ވަނަ މާއްދާގެ ދަށުން ސަޢުދު ޢަލީގެ މައްޗަށް ސަރުކާރުގެ
މުދަލަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި މި ތިންމީހުން ފައިލިންގ ކެބިނެޓްގައި ބަހައްޓާފައި ހުއްޓާ ވަގަށް
ގެންގޮސްފައިވާ ފައިސާގެ ޖުމްލައަށްވާ 102,843
/
72ރ. (އެއްލައްކަ ދެހާސް އަށްސަތޭކަ ސާޅީސް ތިންރުފިޔާ
ހަތްދިހަ ދެލާރި) ގެ ތެރެއިން މިމީހުންގެ ޒިންމާވާންޖެހޭ މިންވަރު މިމީހުންގެ އަތުން ސަރުކާރަށް ލިބިދިނުމުގެ
މައްސަލަ ދަޢުލަތުގެ ފަރާތުން ހުށަހެޅުމުން ޖިނާއީ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ފ.މަގޫދޫ ހުސްނުހީނާގެ މިޤްދާދު އާދަމްއާއި،
ފ.މަގޫދޫ ޖަވާހިރުމާގެ ސަޢުދު ޢަލީއާއި މިތިން މީހުން އޮފީހުގެ ތިޖޫރީގައި ބަހައްޓަންޖެހޭ ފައިސާ، ފައިލިންގ
ކެބިނެޓްތަކުގައި ބަހައްޓާފައި ހުއްޓާ އެފައިސާ ގެއްލިފައިވާތީ، މި ތިންމީހުންގެ މިޢަމަލަކީ ސަރުކާރުގެ މުދަލާއި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/14
ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދާއި ޚިލާފަށް މި ތިންމީހުން
ކުރިކަމެއްކަމަށް ވިދާޅުވެ، މިޤްދާދު އާދަމްއާއި ނަޝީދާ މޫސާގެ މައްޗަށް ދައުލަތުން ކުރައްވާފައިވާ ދިހަހާސް
ރުފިޔާއަށްވުރެ މަތީ އަދަދަކުން ސަރުކާރުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، ސަޢުދު ޢަލީގެ
މައްޗަށް ދަޢުލަތުން ކުރައްވާފައިވާ ސަރުކާރުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން
ބެލިއިރު، ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދަކީ
ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކަށް ނުވުމާއި، ޤަވާޢިދެއްގެ ދަށުން މީހަކަށް އަދަބެއް ދެވޭނީ
އެޤަވާޢިދަކީ ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދަކަށް ވެގެން ކަމުގައި ޤާނޫނުއަސާސީގެ 61 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮތުމާއެކު، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ މި ތިންމީހުންގެ މައްޗަށް
ކުރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
(2
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2287 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، "ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި،
ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދު (01 މެއި 2002)" އަކީ ސިވިލް ސަރވިސްގެ
މުވައްޒަފުން ޢަމަލުކުރައްވަންޖެހޭ ގަވާއިދަކަށްވާއިރު
އެކަމަށް
ރިޢާޔަތްނުކުރައް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، "ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި،
ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު" އަކީ ޢާންމުކޮށް ޝާޢިއުކޮށްފައިވާ
ގަވާއިދަކަށްވާއިރު އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2010/HC-A/104
ތިންވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(3
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2287 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ ފ.މަގޫދޫހުސްނުހީންގެ މިޤްދާދު އާދަމްއާއި،
ފ.މަގޫދޫޖަވާހިރުމާގެ ސަޢުދު ޢަލީއާއި، ފ.މަގޫދޫނަޝީދާމަންޒިލް ނަޝީދު މޫސާގެ މައްޗަށް
ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކަމާއި، 7 ޑިސެމްބަރު
2008 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފ.މަގޫދޫ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ބަޔަކުވަދެ،
އިސްވެ އިޝާރާތްކުރެވުނު ތިން މީހުން އެރަށު އޮފީހުގައި ބޭނުން ކުރަމުންދާ ފައިލިންގ
ކެބިނެޓުތަކުގައި ބަހައްޓާފައިހުރި ޖުމްލަ ފައިސާ 102,843
/
72ރ. (އެއްލައްކަ ދެހާސް އަށްސަތޭކަ
ސާޅީސް ތިން ރުފިޔާ ހަތްދިހަ ދެލާރި) ވަގަށް ގެންދިޔުމުން، މި ފައިސާ ގެއްލިފައިވަނީ މިތިން މީހުން
"ސަރުކާރުގެ މުދަލާއި، ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދު
2002" ގައިވާގޮތާ ޚިލާފަށް ޢަމަލުކޮށްފައިވާތީކަމަށް ދައުލަތުން ބުނެފައިވާކަން ޖިނާއީ ކޯޓުގެ
ނަންބަރު 2009/JC/2287 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
ބުނެވުނު ގަވާއިދުގެ 1.03 ވަނަ މާއްދާގެ (ނ) ގައި ސަރުކާރުގެ ތަންތަނުގެ
ތެރޭގައި ތިޖޫރީ ހުންނަ ތަންތަނުގައި ފައިސާ ބަހައްޓަންވާނީ ތިޖޫރީގައިކަމަށް ބަޔާންކުރެވިފައިވާކަމާއި،
ފ.މަގޫދޫ އޮފީހުގައި ތިޖޫރީއެއް ހުރިނަމަވެސް، މިޤްދާދު އާދަމްއާއި، ސަޢުދު ޢަލީއާއި، ނަޝީދު މޫސާ
އިސްވެ ބަޔާންކުރެވުނު ފައިސާ ބަހައްޓަފައިހުރީ އެމީހުންގެ ފައިލިންގ ކެބިނެޓްތަކުގައިކަމާއި،
އެފައިސާ ފައިލިންގ ކެބިނެޓްތަކުގައި ބަހައްޓާފައި ހުރިއިރު ފައިލިންގ ކެބިނެޓްތައް ހުންނާނީ
ތަޅުލާފައިކަމަށް އެފަރާތްތަކުން ބުނެފައިވާކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ވާ3، ދިވެހި
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/14
އިސްވެ އިޝާރާތްކުރެވުނު ހާދިސާ ހިނގީ 7 ޑިސެމްބަރު 2008 ގައި
ކަމުން، މިކަން ހިނގާފައި މިވަނީ 7 އޯގަސްޓް 2008 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމަށް ފަހުގައިކަން އެނގެން
8 އދޑ c
އޮންނަކަމެވެ.
OOCX
އެ
ދެވަނަ ކަމަކީ 7 އޯގަސްޓް 2008 ގައި ތަސްދީޤުކުރި ޤާނޫނުއަސާސީގެ 61
ވަނަ މާއްދާގެ (ށ) ގައި، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ގަވާއިދެއްގެ ދަށުން
ވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެޤާނޫނެއް ނުވަތަ އެ ގަވާއިދަކީ އާންމުކޮށް
ޝާއިޢުކޮށްފައިވާ އެއްޗަކަށް ވާނަމަކަމާއި، އަދި މަނާކުރެވޭ ކަންތަކާއި، އެއިންކަމެއްކޮށްފި މީހަކަށް
ދެވޭނެ އަދަބު ސާފުކޮށް ބަޔާންކޮށްފައި އޮވެގެންކަމަށް މާއްދާގައި ލިޔެވިފައިވާކަމާއި،
7 އޯގަސްޓް 2008 ގައި ތަސްދީޤުކުރި ޤާނޫނުއަސާސީއަށް ޢަމަލުކުރަން
ފެށުމުން، 7 އޯގަސްޓް 2008 ގެ ކުރިން ދިވެހިރާއްޖޭގައި ޢަމަލުކުރަމުން ގެންދިޔަ ގަވާއިދުތަކުގެ
ތެރެއިން ޤާނޫނީ ބާރު ލިބިފައިނުވާ ގަވާއިދުތަކަށް 7 އޯގަސްޓް 2008 ގައި ޢަމަލުކުރަން ފެށި
ޤާނޫނުއަސާސީގެ ދަށުން ޤާނޫނީ ބާރު ލިބިދިނުމަށްޓަކައި ޤާނޫނު ނަންބަރު 6/2008 (ޢާންމު
ގަވާއިދުތަކާ ބެހޭ ޤާނޫނު) ވުޖޫދަށް އައިކަމާއި، އިސްވެ އިޝާރާތްކުރެވުނު ޤާނޫނުގެ މަޤުސަދަކީ
ދިވެހިރާއްޖޭގައި އެހާތަނަށް ޢަމަލުކުރަމުން އައިސްފައިވާ ގަވާއިދުތަކުގެ ތެރެއިން، ޤާނޫނީ ބާރު
ލިބިފައިނުވާ ގަވާއިދުތަކަށް ދައުލަތުގެ ހިންގުމުގެ ނިޒާމް ކުރިއަށް ގެންދިޔުމަށާއި، ޢާންމު
ރައްޔިތުންނަށް ޚިދުމަތް ލިބިދިނުމަށާއި، ޤާނޫނު ތަންފީޛުކުރުމަށްޓަކައި މުހިންމު ގަވާއިދުތައް
ކަނޑައަޅައި، އެ ގަވާއިދުތައް ހިންގުމަށް ވަގުތީ ގޮތުން ޤާނޫނީ ބާރު ލިބިދިނުމަށްޓަކައި
އެކަށައެޅިފައިވާ ޤާނޫނެއްކަން އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން
އޮންނަކަމާއި،
އިސްވެ ބަޔާންކުރެވުނު ޤާނޫނުގެ ޖަދުވަލު 1 ގައި ސަރުކާރުގެ އެކި
އޮފީސްތަކުން ޢަމަލުކުރަން ހަމަޖެހިފައިވާ ގަވާއިދުތަކުގެ ތަފްޞީލުވާކަމާއި، އެ ގަވާއިދުތަކާ ބެހޭ
ކަންތައްތައް ބަލަހައްޓައި ހިންގާނެ އޮފީސްތައްވެސް އެ ޖަދުވަލުގައި ކަނޑައެޅިފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު މުޒުހިއ.ގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ޕެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް
2010/HC-A/14
އަދި، "ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް
ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދު 2002" އަކީ އެއްވެސް ޤާނޫނެއްގެ ދަށުން ލިބިދީފައިވާ ބާރެއްގެ ދަށުން
ހެދިފައިވާ ގަވާއިދަކަށް ނުވީނަމަވެސް، ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނުގެ އިސްވެބުނެވިފައިވާ
ޖަދުވަލުގައި "ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ
ބެލެހެއްޓުމުގެ ޤަވާއިދު 2002" ހިމެނިފައިނުވާކަން ފާހަގަކުރެވޭކަމެވެ
ކަމެވެ.
ތިންވަނަ ކަމަކީ ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ
ޤާނޫނު) ތަސްދީޤުކުރި ތާރީޚަކީ 26 ޖެނުއަރީ 2006 ކަމާއި، މި ޤާނޫނުގެ 50 ވަނަ މާއްދާގައި
މިޤާނޫނު ފާސްވެ ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރާތާ ލަސްވެގެން 1 (އެކެއް)
އަހަރު ދުވަހުގެ ތެރޭގައި މިޤާނޫނަށް ޢަމަލުކުރަން ފަށަންވާނެކަމާއި، އެހެންނަމަވެސް، އުޞޫލީ
ބަދަލުތައް ގެނެސްގެން ހިންގެންހުރި މިޤާނޫނުގެ މާއްދާތައް މިޤާނޫނު ހިންގަންފަށާ ދުވަހުން ފެށިގެން
3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ފަސްކުރުމުގެ ބާރާއި، އެމުއްދަތުގެ ތެރޭގައި އެކިއެކި
މާއްދާތައް ހިންގަން ފެށުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށް އެޤާނޫނުގައި ބަޔާންވެފައި
އޮންނަކަމާއި،
އިސްވެ ބުނެވުނު ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، ދައުލަތުގެ ފައިސާ
ބެހޭ ކަންކަން ބަލަހައްޓަމުން އައިސްފައިވަނީ މިޤާނޫނުގެ ދަށުންކަން އެނގޭކަމާއި،
މިޤާނޫނުގެ ދަށުން ހެދުނު "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު 2009" ގެ 6.15 ގައި އޮފީހުގައި
ވަގުތީގޮތުން ބަހައްޓަންޖެހޭ ފައިސާ ބަހައްޓަންވާނީ އޮފީހުގެ ވެރިއެއްގެ ހުއްދައާއެކު ތިޖޫރީގައިކަމާއި،
ތިޖޫރީ ފިޔަވައި އެހެންތަނެއްގައި ފައިސާ ބަހައްޓައިގެން ނުވާނެކަމަށް ބަޔާންކޮށްފައި އޮތްކަމުގައި
ވިޔަސް، ޤާނޫނު ނަންބަރު 3/2006 ގައި ވަގުތީ ގޮތުން ބަހައްޓަންޖެހޭ ފައިސާ ބަހައްޓަންޖެހޭނީ
ތިޖޫރީގައި ކަމަށް ސާފުކޮށް ބުނެފައި ނުވާކަމާއި،
"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު 2009" ގެ ތަޢާރަފުގައި ބުނެވުނު
ގަވާއިދަށް ޢަމަލުކުރަން ފެށުމުން އޯޑިޓް އޮފީހުން ނެރެފައިވާ "ސަރުކާރުގެ މުދަލާއި، ފައިސާ
ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދު 2002" ބާޠިލުވީކަމަށް
43 4 2 2 4
ބެލެހެއެeމއި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/14
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ބަޔާންކޮށްފައި ވިޔަސް، އެގަވާއިދު ބާޠިލު ވެފައިވަނީ،
ނުވަތަ އެގަވާއިދުގެ ޤާނޫނީ ބާރު ކެނޑިގެން ގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް
ޢަމަލުކުރަން ފެށުމާ ގުޅިގެން ނޫންކަމާއި، އޭގެ މާކުރިން 07 އޯގަސްޓް 2008 ގައި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ތަޞްދީޤުވުމާއި ގުޅިގެން އެގަވާއިދުގެ ޤާނޫނީ ބާރު ނެތިގެން
ގޮސްފައިވާކަން ފާހަގަކުރެވޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ މިޤްދާދު އާދަމްއާއި، ސަޢުދު ޢަލީއާއި، ނަޝީދާ މޫސާގެ
މައްޗަށް ދައުލަތުން ތުހުމަތުކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޙާދިސާ ހިނގީ 7 ޑިސެމްބަރު 2008
ދުވަހުގެ ދަންވަރުގެ ވަގުތެއްގައިކަމުން، މި ޙާދިސާ ހިނގީ 7 އޯގަސްޓް 2008 ގައި
ތަސްދީޤުކުރެވުނު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމަށްފަހުގައިކަމާއި، އަދި ދައުލަތުގެ މާލިއްޔަތުގެ
ޤާނޫނުއަށްވެސް ޢަމަލު ކުރަން ފެށުމަށް ފަހުގައިކަމާއި،
ފުރަތަމަ ކަމަކަށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ
ގަވާއިދުތައް ހަދާ ނިންމާ ޢަމަލުކުރަންފެށީ 11 ފެބްރުއަރީ 2009 ގައިކަން އެ ގަވާއިދަށް ބެލުމުން
އެނގެންއޮންނަކަމާއި،
"ސަރުކާރުގެ މުދަލާއި، ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް
ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދު 2002" އަށް ޢަމަލުކުރަން ފެށުމަށް ސަރުކާރުގެ އޮފީސްތަކަށް
އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 21 ޖޫން 2002 ގައި ނެރެފައިވާ އެއޮފީހުގެ
ނަންބަރު 2002/31 ދެންނެވުމުގެ ދަށުންކަން އެނގެންއޮންނަކަމާއި، 7 އޯގަސްޓް 2008 ގައި
ޢަމަލުކުރަން ފެށި ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން، 7 އޯގަސްޓް 2008
ގެ ފަހުން އަލުން ބުނެވިދިޔަ ގަވާއިދު ޝާއިޢުކޮށްފައިވާކަން އެނގެން ނޯންނަކަމާއި، އެ ގަވާއިދަކީ
ޤާނޫނު ނަންބަރު 6/2006 (ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނު) ގެ ޖަދުވަލުގައިވެސް ހިމެނިފައިވާ
ގަވާއިދެއް ނޫންކަން ފާހަގަކުރެވޭކަމާއި، އަދި ދައުލަތުގެ ޤާނޫނު ނަންބަރު 3/2006 ގެ ދަށުން
ހަދަންޖެހޭ ގަވާއިދުތައް ހަދާ ނިމެންދެން "ސަރުކާރުގެ މުދަލާއި، ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި،
ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދު 2002" އަށް ވަގުތީ ގޮތުން ޢަމަލުކުރުމަށްވެސް އޭރުގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2010/HC-A/14
އޯޑިޓް އޮފީސް، ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ނުވަތަ ސިވިލް ސަރވިސް
ކޮމިޝަން ނުވަތަ މިނޫން އެހެން ތަނަކުންވެސް ސަރުކާރުގެ އެއްވެސް އޮފީހަކަށް އަންގާފައިވާކަން
އެނގެން ނެތަތީ،
ބަލަމުން މިދާ ޤަޟިއްޔާގައި، މިޤްދާދު އާދަމްއާއި، ސަޢުދު ޢަލީއާއި،
ނަޝީދާ މޫސާގެ މައްޗަށް ދަޢުވާކޮށްފައިވަނީ "ސަރުކާރުގެ މުދަލާއި، ފައިސާ ބެލެހެއްޓުމާއި،
ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދު 2002" ގައި ދައުލަތުގެ ފައިސާ ބެހެއްޓުމަށް
ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް އެފައިސާ ބަހައްޓާފައިވާކަމަށް ތުހުމަތު ކުރެވޭތީކަން އެނގެން އޮތްއިރު،
ބުނެވުނު ގަވާއިދަކީ 7 އޯގަސްޓް 2008 ގައި ތަސްދީޤުކުރި ޤާނޫނުއަސާސީއަށް ޢަމަލު
ފެށުމަށްފަހު އެޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން
ޝާއިޢުކުރެވިފައިވާ ގަވާއިދެއްކަން އެނގެން ނެތްކަމާއި، އަދި މި ގަވާއިދަކީ އެއްވެސް ޤާނޫނެއްގެ
ދަށުން ހެދި ޢަމަލުކުރެވެމުން ދިޔަ ގަވާއިދެއްކަންވެސް އެނގެން ނެތްކަމާއި، އަދި ބުނެވުނު ގަވާއިދަކީ
ސިވިލް ސަރވަންޓުން ޢަމަލުކުރަން އަންގާފައިވާ ގަވާއިދެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ސާބިތުކޮށްދެވިފައިނުވާކަމެވެ.
2
22
6
2 ހއ
(ބ) ފަސްވަނަ ކަމަކީ "ސަރުކާރުގެ މުދަލާއި، ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި،
ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދު 2002" އަކީ ޤާނޫނު ނަންބަރު 1168 (އޮފިޝަލް ކަންތައް
ޗެޕްޓަރ 1) ގެ 2 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން
އުފައްދާފައިވާ އޯޑިޓް އޮފީހުގެ ގަވާއިދެއްކަމުން، އެ ގަވާއިދަކީ ޤާނޫނީ ބާރު ލިބިގެން އުފައްދާފައިވާ
ގަވާއިދެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވީނަމަވެސް،
ޝަރީޢަތުން އެބީދައިން ވިސްނާނަމަ، ސަރުކާރުގެ ހުރިހާ އޮފީސްތަކަކީވެސް
ރައީސުލްޖުމްހޫރިއްޔާ އުފައްދާ ތަންތަންކަމަށްވުމުން،
ސަރުކާރުގެ ހުރިހާ އޮފީސްތަކަކުން
ކިކަންކަމާގުޅޭ ގޮތުން ހަދާ ހުރިހާ ގަވާއިދުތަކަކީވެސް ޤާނޫނު ނަންބަރު 1/68 (އޮފިޝަލް ކަންތައް
ޗެޕްޓަރ 1) ގެ ދަށުން ޤާނޫނީ ބާރު ލިބިގެން ހެދިފައިވާ ގަވާއިދުތަކެއްކަމަށް ބެލެވެން ޖެހޭނެކަމާއި،
އެގޮތުގެ މަތިން ޤާނޫނު ނަންބަރު 6/2006 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) އެއް އޮތުމުގެ ބޭނުމެއް
ދިވެހިރާއްsa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
1)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/14
ނޯންނާނެކަމާއި، ރައްޔިތުންގެ މަޖިލިހުންވެސް ބުނެވިދިޔަ ޤާނޫނަށް އުނިއިތުރު ގެނެސް، އެ ޤާނޫނަށް
ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމުގެ ބޭނުމެއް ނޯންނާނެކަމާއި،
އިސްވެ އިޝާރާތް ކުރެވުނު ގޮތަށް ސަރުކާރުގެ މުދަލާއި، ފައިސާ
ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދު 2002" އަކީ ޤާނޫނީ ބާރު
ލިބިގެން ހެދިފައިވާ ގަވާއިދެއްކަމަށް ބަލައިފިނަމަ، މިކަންވާނީ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާގެ
ރޫޙާ ކަނޑައެޅިގެން ޚިލާފުކަމެއްކަމާއި، އެހެނީ، 271 ވަނަ މާއްދާގައި ރައްޔިތުން އެމައްޗަށް ޢަމަލު
ކުރަންޖެހޭ އެންމެހައި ގަވާއިދުތަކަކީ ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުން އެ ގަވާއިދުތައް
ހެދުމުގެ ބާރު ލިބިގެން ހަދާ ގަވާއިދުތަކަކަށް ވާންވާނެކަމަށް ބުނެފައި އޮންނައިރު، ޤާނޫނެއްގެ ދަށުން
ކޮންމެ ކޮންމެ ގަވާއިދެއް ނެހެދޭނެކަން އެނގޭކަމާއި، ޤާނޫނެއްގެ ދަށުން ގަވާއިދެއް ހަދާނަމަ، އެ
ގަވާއިދު ހެދޭނީ ހަމައެކަނި އެ ޤާނޫނު ތަންދޭ މިންވަރަށްކަން އެނގެން އޮންނަކަމެވެ.
ހަވަނަ ކަމަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގައި
ގަވާއިދާ އެއްގޮތަށް އަމަކު
އަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮތުމުން، މިޤްދާދު އާދަމްއާއި، ސަޢުދު
ޢަލީއާއި، ނަޝީދާ މޫސާގެ ވަޒީފާގެ އެއްބަސްވުމުގެ ދަށުން "ސަރުކާރުގެ މުދަލާއި، ފައިސާ
ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދު 2002" އަށް ޢަމަލުކުރުން
ލާޒިމުވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަމާއި،
އެހެންނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވަނީ ހަމައެކަނި މިޤްދާދު އާދަމްއާއި ސަޢުދު ޢަލީއާ ދެމީހުންގެ ވަޒީފާގެ
ބަޔާންކަމާއި، މިޤްދާދު އާދަމްއާއި ސަޢުދު ޢަލީއާ މި ދެމީހުންނާބެހޭ ވަޒީފާގެ ލިޔެކިއުންތަކަށް
ޝަރީޢަތުން ބެލިބެލުމުގައި، މިމައްސަލަ ހިނގި ތާރީޚުގައި ދައުލަތުގެ ފައިސާ ބެލެހެއްޓުމާބެހޭ ވަކި
ގަވާއިދެއް އޮތްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައި
ނުވާކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/14
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ސަރުކާރުގެ
މުދަލާއި، ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދު 2002" އަކީ
ހުށަހެޅިފައިވާ މައްސަލައިގެ ޙާދިސާ ހިނގި ތާރީޚުގައި ސިވިލް ސަރވިސްގެ މުވައްޒަފުން އޭގެ މައްޗަށް
ޢަމަލުކުރަންޖެހޭ ގަވާއިދެއްކަމަށް ބަލާނެތަނެއް ނެތްކަމާއި، އެ ގަވާއިދަކީ ޤާނޫނީ ބާރު ލިބިގެން، ޢާންމުކޮށް
ޝާޢިއުކޮށްފައިވާ ގަވާއިދެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ސާބިތުކޮށްދެވިފައިނުވާކަން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ޙުކުމް:
ދެންފަހެ އިސްވެ ފާހަގަކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން
ހުރުމާއިއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/2287 ޤަޟިއްޔާގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަކީ ޤާނޫނީ
އަދި ޝަރުޢީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ނޫންކަމަށް ބަލާނެ ތަނެއްނެތްކަމަށް މައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ތާޢީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv