ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/25 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/25
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
• ޤަޟިއްޔާ ނަންބަރ: 25/HC-A/2010
އިސްތިއުނާފު ކުރިފަރާތް:
* ނަން: ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް
ވަކީލު: އޗ.ޢާއިޝަތު އާޒިމާ ޝަކުރު
މިހާރުގެ އެޑްރެސް: މ.އާސްތާނާ
އައިޑީ ކާޑު ނަންބަރ : A026999
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޚާލިދު
* ދާއިމީ އެޑްރެސް: ކުންނާރުގަސްދޮށުގެ !ގއ.ދާންދޫ
އައިޑީ
ކާޑު ނަންބަރ : 104077-A
މިހާރުގެ އެޑްރެސް:
ބަދަލުގައި: މަޢުރޫފު ޒާކިރު
އެޑްރެސް: ބ.ކެންދޫ ދާއިރާ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ޞަފަރު 1431 *ނިމުނު ތާރީޚް: 03 ޞަފަރު 1430
09 ފެބްރުއަރީ 2011
28 ޑިސެމްބަރ 2011
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/VTR/59
• ނިންމިކްޓް: ވަޒީފާއާއިބެހޭ ޓްރައިބިއުނަލް * ޤަޟިއްޔާގެ ބާވަތް: ވަޒީފާއާއިބެހޭ
0
0
ހުށަހެޅުން ތާރީޚް: 30 ޖޫން 2009
ނިމުނު ތާރީޚް: 25 ނޮވެމްބަރ 2009
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/25
ދަޢުވާގެ ޚުލާޞާ
4. (
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/59 ނިންމުން، ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ރީތި ރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ގއ.ދާންދޫ / ކުންނާރުގަސްދޮށުގެ މުޙައްމަދު ޚާލިދެވެ.
ފާހަގަކުރެވުނު ނުކުތާތައް
I
44
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/59 މައްސަލަ ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ " ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓްގެ ޖެނެރަލް މެނޭޖަރ މައިކަލް
ޕެއިންއަށް އެރަށުގެ ބަޔަކު ހަމަލާދީ މަރާމާރީ ހިންގައި ވަރަށް ބޮޑަށް ޒަޚަމްކޮށްލުމާއި ގުޅިގެން އެރަށުގެ 9
މުވައްޒަފަކު މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ތަޙުޤީޤަށް މާލެ ގެނައުމާއި ގުޅިގެން އެ މީހުން 13
އޭޕްރީލް 2009 ގައި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކުރިއިރު އެ ރިސޯޓްގެ
ވެއިޓަރަކަށް އުޅުނު ކުންނާރުގަސްދޮށުގެ / ގއ.ދާންދޫ، މުޙައްމަދު ޚާލިދު (އައިޑީ ކާޑު ނަންބަރު
A104077) ވެސް ވަޒީފާއިން ވަކިކުރި 9 މީހުންގެ ތެރޭގައި ހިމެނޭތީ، އޭނާ ވަޒީފާއިން
ވަކިކޮށްފައިވަނީ، ޤަވާއިދާއި ޚިލާފަށްކަމަށްބުނެ އެނބުރި ވަޒީފާއަށް ދިއުމަށް އެދި ރީތި ރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށަހަޅުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
I
އެމައްސަލަ ނިންމަވާފައިވަނީ " ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ
ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ
ހުށަހެޅިފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާހުރެކަން މައްސަލަ ރައްދުވި ފަރާތަށް
ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވާ ފަރާތުގެ ވަން
އެންޑް އޮންލީ ރީތި ރަށް ރިސޯޓްގައި އަދާކުރަމުން ގެންދިޔަ އެފް އެންޑް ވެއިޓަރެއްގެ ވަޒީފާގައި
ހުރުމަށް އެދިފައިވީނަމަވެސް، މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރާއިރު އެއީ
އެންމެ އެދެވޭގޮތްކަމަށް މައްސަލަ ބެލިމަޖިލީހުގެ މެމްބަރުންނަށް ނުފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2010/HC-A125
ވަނަ މާއްދާގެ (ހ) ގެ (2) އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތުން އެދޭނަމަ، ވަޒީފާއިން
ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކަށް އުނިކަމެއް ނާންނަފަދަގޮތަށް، މައްސަލަ ހުށަހެޅި
ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން ދިޔަ ބާވަތުގެ ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއަކަށް
މައްސަލަ ހުށަހެޅި ފަރާތް މިއަދު، 25 ނޮވެމްބަރު 2009 ން ފެށިގެން 15 (ފަނަރަ) ދުވަހުގެ
މުއްދަތުގައި ހަމަޖައްސާ، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށާއި، މައްސަލަ ހުށަހެޅި
ފަރާތަކީ އެއްވެސް ޙާލަތެއްގައި މައްސަލަ ރައްދުވާ ފަރާތުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްގެ ގޮތުގައި
ނުބެލުމަށާއި، 14 އޭޕްރީލް 2009 ން ފެށިގެން ވަޒީފާ ހަމަޖައްސާ ދުވަހާއި ހަމައަށް ލިބެންޖެހޭ އެންމެހާ
ޢިނާޔަތްތައް މިއަދު، 25 ނޮވެމްބަރު 2009 ން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގެ
ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަށް އެކީ އެއްފަހަރާ ދައްކާ، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ލިޔުމުން އެންގުމަށް މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތުން މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ ރީތި
ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާ
އަމުރުކުރާކަމަށާއި،
ޏ ސ ސ ހ އ ވ 4
އެހެންނަމަވެސް،
ހަމަވެސް، މައްސަލަ ރައްދުވާ ފަރާތުން މައްސަލަ ހުށަހަޅާ ފަރާތަށް ހަމަޖައްސާދޭ ވަޒީފާ
ބޭނުން ކަމުގައިނުވާނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، 28 ޖޫން
2009 ގައި މައްސަލަ ހުށަހެޅި ފަރާތް އެހެން ވަޒީފާއެއް ހަމަޖެހިފައިވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން
ބުނެފައިވާތީއާއިއެކު، މައްސަލަ ހުށަހެޅި ފަރާތް ބަދަލުގެ ގޮތުގައި 13 އޭޕްރީލް 2009 ން ފެށިގެން 28
ޖޫން 2009 ގެ ނިޔަލަށް އޭނާ ވަޒީފާގައި ދެމިހުރިނަމަ 2009 އޭޕްރީލްގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ
-/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި، އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި
ލިބެންޖެހޭ 8733.75 (އަށްހާސް ހަތްސަތޭކަ ތިރީސް ތިނެއް ޕޮއިންޓް ހަތެއް ފަހެއް) ރުފިޔާއާއި، 2009
މެއިގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާއާއި
އެމަހުގެ ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ -/4590 (ހަތަރުހާސް ފަށްސަތޭކަ ނުވަދިހަ) ރުފިޔާއާއި،
އެވަހުގެ ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ
-/4590 (ހަތަރުހާސް އަށްސަތޭކަ ނުވަދިހަ)
ރުފިޔާއާއި، 2009 ޖޫން 28 ދުވަހަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/3570 (ތިންހާސް ފަސްސަތޭކަ
ހަތްދިހަ) ރުފިޔާއާއި، އެމަހުގެ 28 ދުވަހަށް ސާރވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ 2189.60 (ދެހާސް
އެއްސަތޭކަ އަށްޑިހަ ނުވައެއް ޕޮއިންޓް ހައެއް ސުމެއް) ރުފިޔާއާއި އެކުޖުމްލަ 26,733.35
(ސައްބީސްހާސް ހަތްސަތޭކަ ތިރީސް ތިނެއް ޕޮއިންޓް ފަހެއް) ރުފިޔާއިން 2009 އޭޕްރީލް 13 ދުވަހަށް
4 6 8 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2010/HC-A/25
މުސާރައިގެ ގޮތުގައި ދައްކާފައިވާ 1657.50 (އެއްހާސް ހަސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ފަހެއް
ސުމެއް) ރުފިޔާއާއި އެ 13 ދުވަހަށް ސާރވިސް ޗާޖުގެ ގޮތުގައި ދައްކާފައިވާ 1657.50 (އެއްހާސް
ހަސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ފަހެއް ސުމެއް) ރުފިޔާއާއި ނޯޓިސްގެ ބަދަލުގައި 1 (އެކެއް) މަހުގެ
މުސާރައިގެ ގޮތުގައި ދައްކާފައިވާ -/3825 (ތިންހާސް އަށްސަތޭކަ ފަންސަވީސް) ރުފިޔާ އުނިކުރުމަށްފަހު
ޖެހޭ 19,593.35 (ނަވާރަހާސް ފަށްސަތޭކަ ނުވަދިހަ ތިނެއް ޕޮއިންޓް ތިނެއް ފަހެއް) ރުފިޔާ، މިއަދު 25
ނޮވެމްބަރު 2009 ވާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތް
ކަމަށްވާ މުޙައްމަދު ޚާލިދު (104077-A) ކުންނާރުގަސްދޮށުގެ، ގއ.ދާންދޫއަށް އެކީ އެއްފަހަރާ ދައްކާ،
އެކަން ވަޒީފާއާބެހޭ ޓްރައިބިޔުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތުން
މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާ
ފަދައިންނެވެ.
2ރ2
ދު
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/59 ނިންމުން ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ފަރާތުން 03 (ތިން) ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ : ދަޢުވާ ކުރި ފަރާތަށް ވަޒީފާއާއި، އަދިވެސް އެފަރާތަށް ލިބެންޖެހޭ
ކަމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވިއިރު އެފަރާތުގެ މައްޗަށް
ތުޙުމަތު ކުރެވޭ ޖިނާއީ މައްސަލައެއްގެ ތަޙްޤީޤު ހިނގަމުންދާ ކަމަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
ސާބިތުވާ އިރުވެސް އެކަމަށް ބައްލަވާފައި ނުވުމާއި، އަދި އެފަރާތަށް މިވަޤުތު ވަޒީފާ ދިނުމަކީ ރަނގަޅު
ނޫންކަމެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެފައި ވަނިކޮށް އޭގެ މައްޗަށްވެސް ނުބައްލަވާ
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ .
(ނ) ދެވަނަ ނުކުތާއަކީ: ދަޢުވާ ކުރި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ (ށ) ގެ 1 (އެކެއް) ގެ ދަށުން ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ
އިޚްތިޔާރުގެ ދަށުން ކަމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާނެކަމަށާއި، އަދި ވަޒީފާއާބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށިމާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
މެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2010/HC-A125
ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ)ގެ 01 (އެކެއް) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އޭނާގެ
މައްޗަށް ކުށެއް ސާބިތުވުން ޝަރުތުކޮށްފައި ނުވާއިރު ދަޢުވާ ކުރި ފަރާތް ވަޒީފާއިން ވަކިކުރި ވަކިކުރުން
ރަނގަޅު ނޫންކަމަށް ނިންމޭނޭ ޤާނޫނީ ހަމައެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
440
(ނ) ތިންވަނަ ނުކުތާއަކީ: ދަޢުވާކުރި ފަރާތަކީ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ޖެނެރަލް
މެނޭޖަރުގެ ޖާނަށް ސީރިއަސް އަނިޔާތަކެއް ދިން މައްސަލައަކާއި ގުޅިގެން ތުޙުމަތުގައި މިހާރުވެސް ހުރި
މީހަކަށްވާއިރު މިޙާލަތު އޭގެ ޒާތުގައި ދެމިއޮތްވާ އެފަރާތަށް ވަޒީފާދޭން އެންގުމަކީ މަޞްލަޙަތާއި ފުށު
ކަމުގައި ބުނެ ހުށަހެޅި ނުކުތާ.
އއކމއ
03- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/59
މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ރީތި ރަށް ރިސޯޓްގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
(ހ) ފުރަތަމަކަމަކީ، ގއ.ދާންދޫ ކުންނާރުގަސްދޮށުގެ މުޙައްމަދު ޚާލިދުއާއި ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑާއި ދެމެދު 24 ޖެނުއަރީ 2008 ން ފެށިގެން 02 އަހަރު ދުވަހުގެ މުއްދަތަށްވެފައިވާ
ވަޒީފާގެ އެއްބަސްވުމެއް އޮންނަކަމާއި، 11 އެޕްރީލް 2009 ވަނަ ދުވަހުގެ ރޭ ރީތި ރަށް ރިސޯޓް
ޕްރައިވެޓްލިމިޓެޑުގެ އޭރުގެ ޖެނެރަލްމެނޭޖަރ މައިކަލްޕެއިންގެ ފުރާނައަށް ގެއްލުންވާފަދަ ޢަމަލެއް
މުޙައްމަދު ޚާލިދު ކުރިކަމަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް މުޙައްމަދު
ޚާލިދު ގެންގޮސްފައިވާތީ 13 އެޕްރީލް 2009 ގައި މުޙައްމަދު ޚާލިދު ރީތިރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވާކަމާއި، ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާއި
ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އޭނާ އެވަޒީފާއިން ވަކިކުރީ އެކަށީގެންވާ
ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން
03 މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ، ޓްރައިބިއުނަލް އަށް ހުށައެޅުމުގެ ޙައްޤު ވަޒީފާއިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2010/HC-A/25
ވަކިވެފައިވާ ފަރާތަށް ލިބިގެންވާކަމަށް ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) 28 ވަނަ
މާއްދާގައި އޮންނަކަމާއި، މުޙައްމަދު ޚާލިދުގެ ފަރާތުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް
ހުށައަޅާފައިވަނީ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން މުޙައްމަދު ޚާލިދު ޤާނޫނާއި
ޤަވާޢިދާއި ޚިލާފަށް ވަކިކޮށްފައިވާކަމަށް ބުނެކަން ހުށައެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތުމެވެ.
44
1@0ކށް
4 4
uc
ސަބަބެއްގެ
OOC
(ނ) ދެވަނަކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ
ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން
ސާބިތު ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަވާ
ބަޔާންކޮށްފައި
ޙާލަތްތައް ފިޔަވައި،
ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
ބަޔާންވެގެން އޮންނަކަމާއި، މުޙައްމަދު ޚާލިދު ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކި
ގޮތުގައި 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް ސިޓީގައި
ބަޔާންކޮށްފައިވާ މައިގަނޑު ސަބަބަކީ " މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ ފަރާތުން ވަން އެންޑް އޮންލީ
ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ މރ.މައިކަލް ޕެއިން އަށް ދެވުނު ނުރައްކާތެރި ޙަމަލާއެއްގައި
ޒަހަމްވުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ ފަރާތުން އެމައްސަލައިގެ ތަޙްޤީޤުކުރުމަށް
ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް މުޙައްމަދު ޚާލިދު ގެންދިއުން ކަން އެނގެން އޮންނަކަމާއި، އަދި
މުޙައްމަދު ޚާލިދު ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ރީތި ރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ " މުޙައްމަދު ޚާލިދުއާއި
އިތުރު ބަޔަކު ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރީތި ރަށް ރިސޯޓުގެ
ޖެނެރަލް މެނޭޖަރ މރ.މައިކަލް ޕެއިން އަށް ދެވުނު ނުރައްކާތެރި ޙަމަލާއާއި ގުޅިގެން އެމައްސަލައިގެ
ތަޙްޤީޤަށް މާލެ ގެނައި މީހުންގެ ތެރޭގައި މުޙައްމަދު ޚާލިދު ހިމެނޭ އިރު، މުޙައްމަދު ޚާލިދު އިތުރަށް
ވަޒީފާގައި ބަހައްޓައިފިނަމަ، މުޙައްމަދު ޚާލިދާއި ދެން ތިބި އެހެން މީހުންގެ ފަރާތުން ރަށުގެ
މުވައްޒަފުންނަށް ނުވަތަ ރަށަށް ގެއްލުންތަކެއް ލިބިދާނެކަމަށް ރިސޯޓުގެ މެނޭޖްމަންޓަށް ޤަބޫލުކުރެވިގެން
ކަމަށާއި، މުޙައްމަދު ޚާލިދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ
1 ގެ ދަށުން ރީތި ރަށް ރިސޯޓަށް ލިބޭ ޤާނޫނީ ބާރުގެ ދަށުންކަމަށާއި، މި ސަބަބަށްޓަކައި ވަޒީފާއާބެހޭ
ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ބަދަލު ލިބިދެވެންޖެހޭނެ އެއްވެސް ޖާގައެއް އޮތްކަމަށް ނުފެންނަ
ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2010/HC-A/25
23
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ ، ވަޒީފާއަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން
ނުވާނެކަމަށާއި، އެޤާނޫނުގެ ވަނަ މާއްދާގައިވާ ޙާލަތުތަކުގައި މެނުވީ ވަކި މުއްދަތެއް
ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭފަރާތަށް ބާތިލުކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް
ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަށް ފަހުގައިކަމަށާއި، ނޯޓިހެއް ދިނުމަކާއި ނުލައި
ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވުމާ
ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ވަޒީފާދޭފަރާތަށް ނުފެންނަ ޙާލަތުގައިކަމަށާއި ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް
ބަދަލުގައި، އެނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެނޯޓިސްގެ މުއްދަތު ނިމޭ ދުވަހާއި ހަމައަށް،
އެމުވައްޒަފަކަށް
ކަށް ލިބިދޭންޖެހޭ މުސާރައާ ޢިނާޔަތްތައް، ހަމަޔަށް އޭނާއަށް ދިނުމަށްފަހު، ވަޒީފާ ދޭފަރާތަށް
ވަޒީފާއިން ވަކިކުރެވިދާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 25،21,22،23
މާއްދާތަކުން އެނގެން
އޭނާ
ކ އ ¢0 އ
ކުރެވޭނެކަމެއްކަމަށް
ucou
ދިނުމުގެ
ucu
44
uc
9
444
(ހ) ހަތަރުވަނަކަމަކީ، 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް ސިޓީއަށް
ބަލާއިރު، މުޙައްމަދު ޚާލިދު ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ،
ވަޒީފާއާއި ބެހޭ ޤާނޫނުގެ 25 ވަނަ މާއްދާއާއި، ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު
ޚާލިދުއާއި ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 6.2 ގެ ދަށުންކަން އެނގެންއޮންނަކަމާއި، މި މާއްދާގެ
ދަށުންވެސް މުޙައްމަދު ޚާލިދު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ނެތީސް ކަމުގައި
މުޙައްމަދު ޚާލިދަށް ޤަބޫލުކުރެވޭނަމަ ، އެކަމުގެ ޝަކުވާ އުފުލުމުގެ ފުރުސަތު ވަޒީފާއާބެހޭ ޤާނޫނުގެ 28
ވަނަ މާއްދާއިން މުޙައްމަދު ޚާލިދަށް ލިބިގެންވާކަމާއި، މި ގޮތުން މުޙައްމަދު ޚާލިދަށް ނޯޓިސް ދިނުމުގެ
ބަދަލުގައި ފައިސާ ދީފައިވުމުން އަދި މި ފައިސާ މުޙައްމަދު ޚާލިދުއާއި ޙަވާލުކޮށްފައިވާވުމަކުން، މުޙައްމަދު
ޚާލިދު ވަޒީފާއިން ވަކިކުރި ވަކިކުރުމަކީ މުޙައްމަދު ޚާލިދު އެކަމަށް އެއްބަސްވާ، ސައްޙަކަމެއްކަން
ކޮށްދޭކަމެއް ނޫންކަމާއި، ނޯޓިސްދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހު ވަޒީފާއިން މުވައްޒަފަކު ވަކިކުރި
44
ކަމެއްކަން ދަލީލު
Oct ct OX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށިމާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 3 6 0 0
8
2010/HC-A125
ނަމަވެސް އެފަރާތަކުން ވަޒީފާއިން ވަކިކުރިކުރުމާއި މެދު އިންކާރުކުރާ ޙާލަތުގައި މުވައްޒަފު ވަޒީފާއިން
ވަކިކުރީ އެކަށީގެންވާ ހަމައަކުންކަން ވަޒީފާދިން ފަރާތުން ސާބިތުކޮ
ތުކޮށްދޭންޖެހޭކަން އެނގެއެވެ.
OUCO UOX >
&
އޭނާ
(.) ފަސްވަނަކަމަކީ، ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހު މުވައްޒަފަކު ވަޒީފާއިން
ވަކިކުރާ ވަކިކުރުމަކީ ނޯޓިސް ދިނުމަކާއިނުލާ، ވަޒީފާއިން ވަކިކުރާކުރުމެއް ކަމުގައި ބަލަން ޖެހޭކަމުން، މި
ޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރަންޖެހޭކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން ނޯޓިހެއް ދިނުމަކާއި ނުލައި، ވަޒީފާއަދާކުރާ ފަރާތެއް
ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވުމާއިއެކު، ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ ، އެކަށީގެ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް
ވަޒީފާދޭފަރާތަށް ނުފެންނަ
ޙާލަތުގައިކަމާއި، ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެން ނުވާކަމަށް ބެލެވޭނީ ވަޒީފާގައި
ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން
ނުވަތަ ޚިޔާނަތެއްވެފައިވުން ދެޙާލަތު ކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 01 އަދި
02 ކަށް ބެލުމުން އެނގެއެވެ.
44ދ ހ4
އރު
ޑ ވ 33 ޖީ
@ހ284ނ
އޮންނަ
(Beyond Reasonable Doubt)
COX
*
ބުރަވެވޭ
ގޮތެއްގެ
(ޅ) ހަވަނަކަމަކީ، ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަ މިންގަނޑާއި،
މީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީ ކަމަށް ކަނޑައަޅާ މިންގަނޑުގައި
ތަފާތެއްވާކަމާއި،
.އި، ޖިނާއީ މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވާ ޝަރީޢަތަށް ކުށެއް
ސާބިތުވިކަމަށް ބަލާ މިންގަޑަކީ އެކަށީގެންވާ
ކަމަށްވާއިރު، މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ ހުށައެޅިފައިވާ
ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް
މައްޗަށް ބިނާކޮށްގެން
(Balance of Probabilities) ކަން އެނގޭކަމާއި، މީހަކު ޖިނާއީކުށެއް ކުރި ކަމުގެ ތުހުމަތުގައި
އޭނާގެ ވަޒީފާއިން ވަކިކުރާ ޙާލަތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމެއްގެ މައްޗަށް ވަޒީފާއާ ބެހޭ
ޓްރައިބިއުނަލުން ބަލަން ޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަން ސާބިތުވާން އޮންނަ
މިންގަނޑުން ކަމާއި، މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 01 ގެ ދަށުން
މީހަކު ވަޒީފާއިން ވަކި ކުރާއިރުވެސް އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ކުށެއް ސާބިތުވާން އޮތް
މިންގަނޑަށް ކުށެއް ސާބިތުވެފައިވޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭކަމާއި، ނަމަވެސް އެމީހަކު
6 24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
މެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2010/HC-A/25
cu O
06
އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތް ކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ
ޤާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ
ޙައްޤަކަށްވުމުގެ އިތުރުން، އެއްވެސް މީހެއްގެ ވަޒީފާއެއް ނުޙައްޤުން ނިގުޅައިގަނެވިއްޖެނަމަ، އެކަމުގެ
ނުރަނގަޅު އަސަރު އެމީހަކަށާއި،
އެމީހެއްގެ ޢާއިލާއަށް އަދި މުޅި މުޖުތަމަޢުއަށް ފޯރާނެކަމީ
ޝައްކެތްނެތްކަމެއްކަމާއި، ވަޒީފާއިން މީހުން ވަކިކުރެވޭ އިރު ޢަމަލު ކުރަން ޖެހޭ އުސޫލުތަކަކާއި،
ތަބާވާންޖެހޭ އިޖުރާއާތު ތަކެއް ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައެޅިފައިވަނީ މި ސަބަބަށްޓަކައި ކަމާއި،
މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް
ލިބިދާނެ ކަމަށް ވަޒީފާ ދޭ ފަރާތަށް ފެނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް
ނުދި ވަޒީފާއިން ވަކިކުރެވޭނެ ހުއްދަ ސަބަބެއް ކަމުގައި އޮތްނަމަވެސް، މި މާއްދާއަކީ ވަޒީފާދޭ
ފަރާތަށް ހަމަ ފެންނަ ފެނުމުގެ މައްޗަށްއެކަނި ވަޒީފާއިން ވަކިކުރުމު
ކުރުމުގެ ހުއްދަ ލިބިގެންވާ މާއްދާއެއް
މާއްދާގެ ދަށުން ވަޒީފާއިން ވަކި ކުރާއިރު ވެސް ފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ
ލިބިދާނެ ކަމަށް ވަޒީފާ ދޭ ފަރާތަށް ފެނުނު ހަމައަކީ
މައަކީ އެކަށީގެންވާ ހަމައެއްތޯ
ބެލެވެން ޖެހޭކަމާއި، އަދި އެފަދަ ތުހުމަތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއްގެ ވަޒީފާއިން
ވަކިކޮށްފައިވަނީ ޢަދުލުވެރިކަމާއިއެކުގައިތޯއާއި، ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ހަމައަކުންތޯއާއި،
ވަޒީފާއިން ވަކިކުރުމުގެ ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައި
ވަޒީފާދިން ފަރާތުން ތަބާވުމަށް ފަހުގައިތޯ އާއި، މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކެއް
އެކަށީގެންވާ މިންވަރަކަށް ބެލުމަށްފަހު، ޑިއު ޕްރޮސެސް (Due process) ނުވަތަ ޕްރޮސީޖަރަލް
ފެއާނަސް (procedural fairness) ޤާއިމުކުރުމަށް ފަހުގައިތޯ ކަށަވަރުކުރަން ޖެހެއެވެ.
2
4 އޗ
ނޫންކަމާއި،
2
ވަޒީ
ތަނަށް
ޒ 2
3
4 ދ ,4
ގެއްލުންތަކެއް
Occc
8
ދ 4 އ ދވ
ما سرمرمي مرمرم
() ހަތްވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ހުށައެޅި ލިޔެކިޔުންތަކަށް ބެލިއިރު، މުޙައްމަދު
ޚާލިދު ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބެއްކަމަށް 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ސިޓީގައި އޮތް ހަމައެކަނި ސަބަބަކީ، ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ
މއ.މައިކަލް ޕެއިން އަށް ދެވުނު ނުރައްކާތެރި ޙަމަލާއެއްގައި ޒަހަމްވުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް
ސާރވިސަސްގެ ފަރާތުން އެމައްސަލައިގެ ތަޙްޤީޤުކުރުމަށް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް މުޙައްމަދު
ޚާލިދު ގެންދިއުން ކަން އެނގެންއޮތްއިރު، މުޙައްމަދު ޚާލިދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ
ދަށަށް ގެންދިއުމަށްފަހު 24 ގަޑިއިރު ނުވަނީސް ދޫކޮށްލާފައިވާކަން އެނގޭކަމާއި، އަދި މިހާތަނަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
2010/HC-A/25
ހެއްގެ މައްޗަށް
I
އޮންނަ
އެންމެ
يتسع
ހޭންޑް
އައިއިރުވެސް އެ ހާދިސާއާ ގުޅިގެން މުޙައްމަދު ޚާލިދަށް ކަމާބެހޭ އެއްވެސް އިދާރާއަކުން ފިޔަވަޅެއް
އަޅާފައިވާކަން އެނގެން ނެތްކަމާއި، މުޙައްމަދު ޚާލިދުގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެމައްސަލައެއްގައި
މުޙައްމަދު ޚާލިދުގެ މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ މައްޗަށް ތަޙްޤީޤަށް ލިބުނު މަޢުލޫމާތަކީ
ކޮބައިކަންވެސް ނުބަލާކަމާއި، މުޙައްމަދު ޚާލިދު ވަޒީފާއިން ވަކިކުރުމުގެ ސަބަބެއްކަމަށް ބުނާ ޙާދިސާ އަކީ
ވަރަށް ގިނަ ބަޔަކު ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޙާދިސާއެއްކަމަށްވާއިރު މުޙައްމަދު ޚާލިދު ވަޒީފާއިން
ވަކިކުރުމުގެކުރިން އެކަމުގައި މުހައްމަދު ޚާލިދު ބައިވެރިވެފައިވާ މިންވަރެއް ދެނެގަތުމަށްޓަކައި ރީތިރަށް
ރިސޯޓްގެ ފަރާތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން އެނގެންނެތުމުގެ އިތުރުން ވަޒީފާއިން
ވަކިކުރުމުގެ ކުރިން މި ޙާދިސާއާއި ގުޅިގެން މުޙައްމަދު ޚާލިދުގެ ފަރާތުން ބުނާ އެއްޗެއްވެސް ރީތި ރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ބަލާ ހޯދާފައިވާކަން އެނގެންނެތްކަމާއި، މީހެއްގެ ވަޒީފާއިން
ވަކިކުރުން ފަދަ ބޮޑު ފިޔަވަޅެއް އެޅޭއިރު، އޭނާގެ ދިފާޢުގައި އެއްޗެއް ބުނުމަށް
ނުމަށް ފުރުސަތުދީ އެމުވައްޒަފަކަށް
ކަމުގެ ޙަޤީޤަތް ހާމަކުރުމަށް ފުރުސަތު ދިނުމަކީ އަދުލު އިންސާފުގެ ހަމަތަކުން ބަލާއިރު، އެކަން ކުރުމަށް
ޢަދުލުވެރިގޮތްކަމަށްވާއިރު އަދި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ އެމްޕްލޯއި
އަށް ބެލުމުން މުޙައްމަދު ޚާލިދުގެ ވަޒީފާއިން ވަކިނުކޮށް މުޙައްމަދު ޚާލިދު ގެ
މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ ޒާތަށް ބަލައި، މުޙައްމަދު ޚާލިދު ވަގުތީ ގޮތުން ސަސްޕެންޑް
ކުރުމަށްފަހު، އެކަން އިތުރަށް ބަލާ މުޙައްމަދު ޚާލިދާއި މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ރީތި ރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދީފައި އޮތް އިރު، އެކަން އެމަގުން ރީތި ރަށް ރިސޯޓު ޕްރައިވެޓް
ލިމިޓެޑުން ކޮށްފައި ނެތްކަމާއި، މިކަންކަމުގެ މައްޗަށްބަލާއިރު، ރީތި ރަށް ރިސޯޓުގައި ހިނގި ހަމަ
ނުޖެހުމަކާއި ގުޅިގެން މުޙައްމަދު ޚާލިދު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގެންދިޔަގެންދިއުން އެކަނި
އެއީ މުޙައްމަދު ޚާލިދު އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމަށް އޮތް އެކަށީގެންވާ ހަމައެއް ކަމުގައި
ބެލެވެން ނެތުމުގެ އިތުރުން މުޙައްމަދު ޚާލިދު ވަޒީފާއިން ވަކިކުރުމުގެ ކުރިން އެކަމުގައި ޕްރޮސީޖަރަލް
ފެއަރނަސް ޤާއިމުވެފައި ވާކަން އެނގެން ނެތުމުން، މުޙައްމަދު ޚާލިދު ރީތިރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމުގައިކަމަށް ވަޒީފާއާ ބެހޭ
ޓްރައިބިއުނަލުން ނިންމާ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ޙައްލު މުޙައްމަދު
ޚާލިދަށް ލިބިދިނުމަށް އެ ޓްރައިބިއުނަލް އިން ނިންމާފައިވާ ނިންމުން ބަދަލުކުރަން ޖެހޭ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއް އޮތްކަމަކަށް މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ނުފެނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2010/HC-A/25
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/59 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފުނޫންކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/59
ގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv