ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/10 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K/10
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 10/HC
-
I
-
K/2011
މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
• މައްސަލަ ރައްދުވި ފަރާތް:
ނަން: ޙަސަން ޙަދީޘް
އައިޑީ ކާޑު ނަންބަރ: A065379
ދާއިމީ އެޑްރެސް: ރ. ހުޅުދުއްފާރު ހިލްމަން
މިހާރުގެ އެޑްރެސް: ލ. ހުޅުދުއްފާރު ހިލްމަން
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 17 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
• ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޔޫސުފު ޙުސައިން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-K10
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ރ. ހުޅުދުއްފާރު ހިލްމަން ޙަސަން ޙަދީޘްގެ މައްޗަށް ރ. ހުޅުދުއްފާރު ކޯޓުގެ ނަންބަރު
2003/E
-
18
-
C/26 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުގޮސް، 5
ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް
ކުރިމަތި ލުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް
ކުރިމަތިލުމަށް އެދޭ ފޯމު، ގައި ޙަސަން ޙަފީޘް އަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެ
ފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤްރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން ދޮގު
މަޢުލޫމާތު ދީފައިވާ ކަމަށްބުނެ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން،
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ރ. ހުޅުދުއްފާރު ހިލްމަން ޙަސަން ޙަދީޘްގެ މައްޗަށް އިންތިޚާބަށް
ކުރިމަތިލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ، ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
8
ފާހަގަކުރެވުނު
01- ރ. ހުޅުދުއްފާރު ހިލްމަން ޙަސަން ޙަދީޘްގެ މައްޗަށް ރ. ހުޅުދުއްފާރު ކޯޓުގެ ނަންބަރު
2003/E
-
18
-
C/26 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުގޮސް، 5
ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް
ކުރިމަތި ލުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް
ކުރިމަތިލުމަށް އެދޭ ފޯމު” ގައި ޙަސަން ޙަދީޘް އަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެ
ފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤްރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން ދޮގު
މަޢުލޫމާތު ދީފައިވާ ކަމަށްބުނެ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން،
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-K/10
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ex eº
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ރ. ހުޅުދުއްފާރު ހިލްމަން ޙަސަން ޙަދީޘްގެ މައްޗަށް އިންތިޚާބަށް
ކުރިމަތިލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ކޮށްފައިވެއެވެ.
02- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެދަރަނި އަދާކުރަމުން
ނުދާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރި
ނުވެވޭނެކަން، ޤާނޫނު ނަންބަރު 10/2010
(ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުން ރަގަޅަށް
އެގެންއޮވެފައި؟
ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ގޮތުން ޙަސަން ޙަދީޘް އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅި ”ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު” ގައި ޙަސަން
ޙަދީޘްއަކީ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ
މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެ ފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ
މަޢުލޫމާތު ކަމަށް އިޤްރާރުވެ އެފޯމުގައި ސޮއިކޮށްފައިވާ ކަން އެނގެންއޮވެއެވެ.
ހުޅުދުއްފާރު ކޯޓުގެ ނަންބަރު 2003/E
-
18
-
C/26 ޤަޟިއްޔާއިން ސާބިތުވެފައިވާ
ދަރަނި، ޙުކުމާ އެއްގޮތަށް ދެއްކިފައިނުވާކަން، ރ. ހުޅުދުއްފާރު ރަށު އިލެކްޝަން ކޮމިޓީއަށް ޙަސަން ޙަފީޛު
2011 ޖެނުއަރީ 12 ވަނަ ދުވަހު ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
04- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގެ 74 ވަނަ މާއްދާގެ (ހ)
ބަލާއިރު، އެއަކުރުގައި، އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން ދޮގު މަޢުލޫމާތު
ބަޔާންކޮށްފައިވެއެވެ.
05- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ)
ގައި ބުނެފައިވާފަދަ ޢަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި ޢަމަލެއްގެ
ކުޑަ ބޮޑުމިނަށް ބަލައި، 1 (އެކެއް) އަހަރު ދުވަހާއި 4 (ހަތަރެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް
ޖަލަށްލުން، ނުވަތަ 12000.00ރ. (ބާރަހާސްރުފިޔާ) އާއި 48000.00ރ. (ސާޅީސް އަށްހާސްރުފިޔާ) އާ
ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުންކަން، އިންތިޚާބުތަކާ
ތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) އިން
03- ރ.
ދިނުމަކީ ކުށެއްކަމަށް
4 22
އެނގެން އޮވެއެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-K/10
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
06- ޢުޤޫބާތެއްގެ ގޮތުން ކުރާ ޖޫރިމަނާއަކީ 1000.00ރ. (އެއްހާސް ރުފިޔާ) އަށްވުރެ ބޮޑު
ޢަދަދެއްނަމަ އެފައިސާ ދެއްކުމަށް 1 (އެކެއް) މަސްދުވަހުގެ މުއްދަތެއް ޝަރީޢަތުން ކަނޑައެޅުމަށް
”ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6] ގެ 63 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވެއެވެ.
ދެންފަހެ، ރ. ހުޅުދުއްފާރު ހިލްމަން ޙަސަން ޙަދީޘްގެ މައްޗަށް ރ. ހުޅުދުއްފާރު ކޯޓުގެ ނަންބަރު
2003/E
-
18
-
C/26 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުގޮސް، 5
ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް
ކުރިމަތި ލުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ”ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް
ކުރިމަތިލުމަށް އެދޭ ފޯމު” ގައި ޙަސަން ޙަދީޘް، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް
ދެޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެ
ފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤްރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން ދޮގު
މަޢުލޫމާތު ދީފައިވާކަން ޙަސަން ޙަދީޘްގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރުގެ ދަށުން ޙަސަން ޙަދީޘް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އަދަބެއްގެ ގޮތުން ޤާނޫނު
ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޙަސަން
ޙަދީޘް 12000.00ރ. (ބާރަހާސް ރުފިޔާ) އިން ޖޫރިމަނާކޮށް، މިފައިސާ މިއަދު (2011 މާޗް 17 ވަނަ
ދުވަހު) ން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭ ދިވެހިރާއްޖޭގެ ހައިކޯޓަށް ދައްކާ ޚަލާޞްކުރުމަށް
ޙަސަން ޙަދީޘަށް އަންގާ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
<
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv