ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/140 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނމުނު ގޮތުގެ ޚުލާޞާ
2010/HC-A/140
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
· 4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 140/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް:
* ނަން: އިބްރާހީމް ޢަލީ
އައިޑީ ކާޑު ނަންބަރު: A057326
: ދާއިމީ އެޑްރެސް: މ.މ.ދ. ދަފްތަރު
ނަންބަރު 1166
އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: އިބްރާހީމް ޝަރީފް
އައިޑީ ކާޑު ނަންބަރު.
، ދާއިމީ އެޑްރެސް: ފ. ވީސަންގެ/މާލެ
.
، ރަޖިސްޓްރީކުރެވުނު ތާރީޚް: 15 ރަޖަބު 1431
27 ޖޫން 2010
، ނިމުނު ތާރީޚް: 27 ޛުލްޤަޢިދާ 1432
25 އޮކްޓޯބަރ 2011
0
އިސްތިއުނާފު
ތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/2768
ޤަޟިއްޔާގެ ބާވަތް: އެގްރީމަންޓް ބާޠިލުކުރުން
ނިންމެވި ކޯޓް: މަދަނީ ކޯޓު
* ހުށަހެޅުނު ތާރީޚް: 22 ނޮވެމްބަރ 2009 ނިމުނު ތާރީޚް: 8 އެޕްރީލް 2010
5
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު
40
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/140
ދައުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2768 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި މ.މ.ދ. ދަފްތަރު 1766 (މ. އިރާކުވިލާ/މާލެ) އިބްރާހީމް ޢަލީ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A05326) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ހ. ވީސަންގެ މާލެ އިބްރާހީމް
ޝަރީފްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ޢަލީ އާއި،
-1
1. އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/2768 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، މ.މ.ދ. ދަފްތަރު 1766 އިބްރާހީމް ޢަލީއާއި ސަންގެ އިބްރާހީމް
ޝަރީފްއާއި ދެމެދު 28 ސެޕްޓެމްބަރު 2006 ގައި ވެފައިވާ ކުރީގެ އެއްބަސްވުމާ އިބްރާހީމް ޝަރީފް
ޚިލާފުވެފައިވާކަމަށް ބުނެ، އެއެއްބަސްވުން ބާޠިލުކުރުމަށް އެދި އިބްރާހީމް ޢަލީގެ ފަރާތުން ދަޢުވާކުރުމުން
މަދަނީ ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، މ.މ. ޚާއްޞަ ދަފްތަރު 1766 އިބްރާޙީމް
ވީސަންގެ އިބްރާޙީމް ޝަރީފާއި ދެމެދު 28 ސެޕްޓެމްބަރު 2006 ގައި، މއ.
ކިމިއުލަސްގައި ދެ ބުރިއަށް ހުރި އިމާރާތުން ތިރީބުރި ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުމާއި
އިބްރާހީމް ޝަރީފް ދަޢުވާކުރާފަރާތަށް ދައްކަންޖެހޭ ކުލީގެ މިންވަރަކީ މަހަކު -/1,833
(އަށާރަސަތޭކަ ތިރީސް ތިން ރުފިޔާ) ކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން އެންގެން
އޮންނާތީއާއި، ދަޢުވާލިބޭ ފަރާތުން ދައްކަމުންއައި ކުލި 2009 ޖޫން މަހުންފެށިގެން ދެއްކުން
ހުއްޓިފައިވަނީ ދަޢުވާކުރާ ފަރާތުން ކުއްޔާ ހަވާލުނުވަތީކަން ދަޢުވާލިބޭ ފަރާތާއި ހެކިންގެ ބަހުން އެނގެން
އޮންނާތީއާއި، މަހަކު -/1,833ރ (އަށާރަސަތޭކަ ތިރީސް ތިން ރުފިޔާ)ގެ ރޭޓުން 2009 ޖޫން
މަހުންފެށިގެން 2010 ފެބްރުއަރީ މަހުގެ ނިޔަލަށް 09 (ނުވައެއް) މަހަށް ޖެހޭ މިންވަރުކަމަށްވާ
-/16,500ރ. (ސޯޝަހާސް ފަސްސަތޭކަ ރުފިޔާ) މައްސަލަ ހުށަހެޅުނުފަހުން ދަޢުވާލިބޭ
ހަވާޒުވާކުރާފަރާ ލިބިފައިވާކަން އޮންނާތީ، ދަޢުވާކުރާ ފާރަތުން އެދިފައިވާގޮތަށް މި ދެފަރާތް
84
eވ
پیرمر
*ވ
ދިވެހިރާއްޖޭގެ
އެނގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325/29، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/140
ދެމެދު ވެފައިވާ
އެއްބަސްވުން ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި ދެ ފަރާތް ދެމެދު
ވެފައިވާ އެއްބަސްވުމުގެ ދަށުން 2010 މާރޗްމަހުގެ ކުލީގެ ގޮތުގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ
ފަރާތަން ދަކަންޖެހި ނުދެއްކިވާ -/1,833ރ. (އަށާރަސަތޭކަ ތިރީސް ތިން ރުފިޔާ) ދަޢުވާކުރާފަރާތަށް
ލިބިދިނުމަށްޓަކައި މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މަދަނީކޯޓަށް ދެއްކުމަށް ދަޢުވާލިބޭ
އިބްރާޙީމް ޝަރީފަށް އަންގައި" މިގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮންނަކަން.
2. މަދަނީ ކޯޓުގެ ނަންބަރު
20/MC/2768 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މ.މ.ދ. ދަފްތަރު 1766 އިބްރާހީމް ޢަލީގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ގ
• ފުރަތަމަ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރީމަންޓުގެ 3 ވަނަ
މާއްދާގައިވާ ގޮތުގެމަތިން ކޮންމެ މަހަކުވެސް 10 ވަނަ ދުވަހުގެ ކުރިން ތަނުގެ ކުލި ޙަވާލުކުރަން
ޖެހޭނެކަމަށް ކަނޑައަޅާފައިވާއިރު، ކަނޑައެޅިގެން ކުލި ދެއްކުމަށް ވަކި މުއްދަތެއް އޮތުމުން 2009
އެޕްރީލް މަހުން ފެށިގެން ތަނުގެ ކުލި ދައްކާފައި ނުވާކަމުން އެގްރިމެންޓު ބާޠިލް ކޮށްފައިނުވަނީ މިކަމަށް
ނުބައްލަވާކަން ޙުކުމުން އެނގޭކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ
3
• ދެވަނަ ނުކުތާއަކީ، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ
4 ވަނަ ނަންބަރުގައި ދެފަރާތްދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައުވާ ލިބޭ ފަރާތުން ދަޢުވާކުރާ
ފަރާތަށް ދޭންޖެހޭ ކުއްޔަކީ -/1,833 (އެއްހާސް އަށްސަތޭކަ ތެއްތިރީސް) ރުފިޔާކަމުގައި ހަމަޖައްސާ
އެގޮތުގެމަތިން މަހުން މަހަށް ކުލިދައްކަމުން ދާކަމަށާއި، އަދި ދަޢުވާކު
ވާކުރާ ފަރާތުންވެސް އެގޮތަށް ކުލި
ބަލައިގަންނަމުން ދާކަމަށާއި، އަދި މިހާތަނަށް ދައްކަންޖެހޭ ކުލީގެ ތެރެއިންވާ މަސްތަކުގެ ކުލި
ނުދެއްކިފައިވަނީ ދަޢުވަކުރާ ފަރާތުން ކުއްޔާ ހަވާލުނުވުމުންކަމަށް ބަޔާންކޮށްފައިވާއިރު، މަހަކަށް
-/1,833 (އެއްހާސް އަށްސަތޭކަ ތެއްތިރީސް) ރުފިޔާގެ ރޭޓުން ކުރިދެއްކުމަށް ހަމަޖެހިފައިވާ މިކުލި
ދަޢުވާކުރާ ފަރާތުން ބަލައިގަންނަކަން ސާބިތުކުރުމަށްޓަކައި ދަޢުވާކުރާ ފަރާތުގެ އިޢުތިރާފެއް އަދި
ލިޔުމެއް ނުވަތަ ކާފީ ހެއްކެއް ވިޔަސް ޝަރީއަތަށް ހުށަހެޅިފައި ނެތުމާއި، ކުލި ނުދެއްކިވަނީ ދަޢުވާކުރާ
ފަރާތުން ކުއްޔާ ހަވާލުނުވާތީކަމަށް ބަޔާންކޮށްފައިވާއިރު، ފައިސާއާބެހޭ މިފަދަ މައްސަލަތަކުގެ ޝަރީޢަތަށް
ސާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން. ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
3 އާއި
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/140
2
ސާބިތުވާ މިންވަރަށް ކާފީ ހެކި އަދި ދަޢުވާކުރާ ފަރާތުގެ އިޢުތިރާފު ލިބިފައި ނުވާކަމަށް ބުނެ
ހުށަހަޅާފައިވާ ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 5 ވަނަ ނަންބަރުގައި، މިމައްސަލަ ކޯޓަށް ހުށަހެޅި ބަލަމުން ދަނިކޮށް ދަޢުވާ ލިބޭ ފަރާތުން
ޝަރީއަތުގެ މަޖިލީހުގައި -/16,500 (ސޯޅަހާސް ފަސްސަތޭކަ) ރުފިޔާ ދަޢުވާކުރާ ފަރާތަށް ދިނުމުން
އެފައިސާއާ ހަވާލުވެފައިވާކަން 21 ފެބްރުއަރީ 2010 ގައި ދަޢުވާ ކުރާފަރާތުން ދީފައިވާ ބަޔާނުން
އެންގެން އޮންނަކަމަށް ބަޔާންކޮށްފައިވާއިރު، ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ ދަޢުވާލިބޭ ފަރާތަށް
އަންގަވާފައިވަނީ ދަޢުވާ ލިބޭފަރާތް ޤަބޫލުކުރާ މިންވަރަށް ނުދައްކާ އޮތް ކުލި ދެން އޮންނަ ޝަރީޢަތުގެ
މަޖިލީހަށް ގެނައުމަށް ކަމަށްވުމުން، މިގޮތުން ގެނައި -/16,500 (ސޯޅަހާސް ފަސްސަތޭކަ) ރުފިޔާ
ދަޢުވާކުރާ ފަރާތާއި ޙަވާލުކޮށްފައިވާ ބަޔާނުގައި އެފައިސާއަކީ އެފަރާތުން ނުދައްކަވާ ކުލީގެ ގޮތުގައި
ދައްކަންޖެހޭ ހުރިހާ ފައިސާ ކަމުގައި ޤަބޫލު ނުކުރާކަމަށް ދަޢުވާކުރާ ފަރާތުގެ ބަޔާނުގައި ބުނެފައިވާއިރު
މިފައިސާއަކީ މަހަކަށް -/1,833 (އެއްހާސް އަށްސަތޭކަ ތެއްތިރީސް) ރުފިޔާގެ ރޭޓުން ދިން
ފައިސާއެއްކަމަށް ދަޢުވާކުރާ ފަރާތުން ޤަބޫލުނުކުރާކަން އެންގެން އޮންނައިރު، އެފައިސާއަކީ އެހާތަނަށް
ދައްކަންޖެހޭ ކުދިކަމުގައި ޝަރީޢަތުން ބެލިބެލުޅަކީ އިންސާފާ ޚިލާފުކަމެއްކަމަށް ބުނެ ހުށަހަޅާފައިވާ
އއ *
438
ކަމަކަށް އިންކާރު"
• ހަތަރުވަނަ ނުކުތާއަކީ، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު
ނުކުތާތަކުގެ 6 ވަނަ ނަންބަރުގައި،"މަހަކަށް އިބްރާހީމް ޢަލީއަށް ދައްކަންޖެހޭ ކުލީގެ ފައިސާ -1,8331"
މިޢިބާރާތް ލިޔެފައި އޮތްއިރު ދަޢުވާކުރާ ފަރާތުން ހުށަހެޅި އެއްވެސް ބަޔާނެއްގައި އަދި ދައްކާފައިވާ
އެއްވެސް ވާހަކައެއްގައި އެލިއުމުގައިވާ (އެޑްވާންސް ފައިސާއާއި ޙަވާލުވެފައިވާ ތަފްސީލް) އެއްވެސް
ކާރުކޮށްފައި ނުވާއިރު، ދަޢުވާލިބޭ ފަރާތުން 25 ޖެނުއަރީ 2010 ގައި ހުށަހެޅި ބަޔާނަށް
ރައްދު ދިނުމުގެ ގޮތުންނާއި އެފަރާތުން ހުށަހެޅި ފައިސާގެ އެލިޔުމާމެދު 31 ޖެނުއަރީ 2010 ގައި
ދަޢުވާކުރާ ފަރާތުގެ ބަޔާނުގެ 6 ވަނަ ނަންބަރުގެ 6.5 ވަނަ ފޮޅުވަތުގައި އިންކާރުކޮށްފައިވާކަމުން،
މިނުކުތާގައި އެފަދައިން ބަޔާންކޮށްފައިވާ ބަޔާންކުރުމަކީ ޙަޤީޤަތާ ޚިލާފަށް އޮތް ވާހަކައެއްކަމަށް ބުނެ
ހުށަހަޅާފައިވާ ނުކުތާ
• ފުސްވަނަ ނުކުތާއަކީ، ކުދި ހިފައިގެން ދިޔުމުން ކުދި ބަލައި ނުގަންނަނީ ކަމަށް
އެކިދީފައިވާ މުޙައްމަދު ޔޫސުފްއަކީ ކުލީގެ ފައިސާ ހިފައިގެން ދިޔަ މީހެއް ނޫންކަމަށް ބުނުމާއި، ކުލީގެ
ދިވެހިރާއްޖޭގެ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2 *33
هلއވެ
لreގ
2010HC-A;140
ގޮތުގައި ދޭންޖެހޭ ފައިސާގެ އަދަދު އެންގިފައި ނުވުމުން މީނާގެ ހެކިބަހަކީ ފައިސާގެ މައްސަލަތަކުގައި
ޝަރުޢީ އުޞޫލުން ހެކި ލިބެންޖެހޭ މިންވަރަށް ލިބިފައިވާ ކާފީ ހެކިބަހެއް ނޫންކަން އެނގޭ ކަމަށްޓަކައި،
2009 ޖޫން މަހުން ފެށިގެން ކުލިދެއްކުން ހުއްޓިފައިވަނީ ކުއްޔާ ހަވާލުނުވާތީކަން ހެކިންގެ ހެކިބަހުން
ސާބިތުވާކަމަށް ޙުކުމުގައި ކަނޑައަޅާފައިވުމަކީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނުގެ 7 ވަނަ
މާއްދާގައި ބުނާ ފަދައިން ވަކިގޮތަކަށް ހެކި ލިބިފައިވުން ޤުރުޢާނުގައި ކަނަޑައެޅި ބަޔާންވެގެންވާ
މައްސަލައެއް ކަމަށްވާ މި ކުލީގެ ފައިސާގެ މައްސަލައިގައި މިޤާނޫނުގެ މިމާއްދާއާއި އަދި އިސްލާމީ
ޝަރީޢަތާއި ޚިލާފަށް އޮތް ކަނޑައެޅުމެއްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ
• ހަވަނަ ނުކުތާއަކީ، އެކި ފަހަރުމަތިން ފައިސާ ބަލައިގެންފައިވާކަމަށް އެލިޔުމުގައި
(އެޑްވާންސް ފައިސާއާއި ޙަވާލުވެފައިވާ ތަފްސީލް) ވާކަމާއި ފައިސާ ހަވާލުވި ފަރާތްކަމަށް އިބްރާޙީމް ޢަލީ
ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ލިޔުމުގެ ޖުމްލަ ޢަދަދަކީ -/128,003 ރުފިޔާކަމަށް އޮތް
ލިޔުމުގެ އެންމެ ތިރީ ފޮޅުވަތުގައި މަހަކު ދައްކަންޖެހޭ ކުލީގެ ފައިސާ -/1,833 ރުފިޔާ ލިޔެފައި އެވަނީ
އިބްރާޙީމް ޝަރީފް އަމިއްލައަށް ލިޔެފައިވާ ފޮޅުވަތެއްކަމާއި އެފޮޅުވަތާ ދިމާލުގައި އިބްރާޙީމް ޢަލީގެ ސޮއި
އާއި އިނގިލީގެ ނިޝާން ނެތްއިރު އެކަމަށް ނުބައްލަވާއި ޙުކުމެއް ކުރައްވާފައިވާކަމަށް ބުނެ
ހުށަހަޅާފައިވާ ނުކުތާ
އ ހ4 44
8.2010
• ހަތްވަނަ ނުކުތާއަކީ، ދެފަރާތް އެއްބަސްވެ ސޮއިކޮށްފައިވާ 2 އެގްރީމަންޓު
އޮތްއިރު، ފުރަތަމަ އެގްރިމެންޓްގައި މަހަކަށް ދައްކަންޖެހޭ ކުއްޔަކީ -/4,500 (ހަތަރުހާސް ފަސްސަތޭކަ)
ރުފިޔާކަމާއި އެޑްވާންސް ފައިސާ ކެނޑުމުން ދައްކަންޖެހެނީ މަހަކަށް -/3,375 (ތިންހާސް ތިންސަތޭކަ
ހަތްދިހަ ފަހެއް) ރުފިޔާކަމާއި، މީގެ 1 (އެކެއް) މަސް ފަހުން ކުރި ދެވަނަ އެގްރިމެންޓުގައި މަހަކަށް
-/2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާކަން އެންގެން އޮންނައިރު، މީގެ އިތުރު
އެގްރިމެންޓެއް ނެތުމުން ކުލި ދައްކަންޖެހެނީ މަހަކަށް -/2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާކަން
އެނގޭކަމާއި،
.އި، އެހެންކަމުން މިނޫން އަދަދަކަށް މަހުކުލި ދައްކަން އެއްބަސްވެފައިވާ އެއްބަސްވުމެއް
ނެއްކަމުން ތަންކުއްޔަށް ދީފައިވާ މުޅި މުއްދަތުގައި ކުލި ދައްކަންޖެހޭނީ މިރޭޓުންކަން ސާބިތުވާހިނދު،
މިނޫން ރޭޓަކަށް ކުލި ނަގައިދިނުމުގެ ޙައްޤު ޝަރީޢަތަށް ލިބިގެން ނުވާތީ، މަހަކަށް -/1,833 (އެއްހާސް
އަށްސަތޭކަ ތެއްތިރީސް) ރުފިޔާގެ ރޭޓުން ކުރި ބަލައިގަންނަކަމަށް ކަނޑައެޅި ކަނޑައެޅުމުގައި
އަދުލުވެރިކަމެއް .
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/1440
2168/MC/2009
9އ
3. މިމައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މ.މ.ދ. ދަފްތަރު
1766 އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ ވީސަންގެ އިބްރާހީމް ޝަރީފްގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުއީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ،
ކިމިއުލަސް އޭކިޔާ ގޯތީގައި ދެބުރިއަށް ހެދުމަށް
އޭރުހަމަޖެހިފައިވާ އިމާރާތުގެ ތިރީބުރި ރ. ޑީސަލްގެ އިބްރާހީމް ޝަރީފްއަށް ކުށްޔަށްދިނުމަށްޓަކައި
މ.މ.ދ. ދަފްތަރު 1766 އިބްރާހީމް ޢަލީއާއި ވީސަންގެ އިބްރާހީމް ޝަރީފްއާ ދެމެދު 28
ސެޕްޓެމްބަރ 2006 ގައި އެއްބަސްވުމެއް
ސްވުމެއްގައި ސޮއިކުރެވިފައިވާކަމާއި، މިއެއްބަސްވުމުގެ ދަށުން
ކުއްޔަށްދޭތަނުގެ ކުއްޔަކީ މަހަކު -/4,500 (ހަތަރުހާސް ފަސްސަތޭކަ) ރުފިޔާކަމަށް އެއްބަސްވުމުގެ 2
ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮންނަކަމާއި، އަދި އިސްވެދެންނެވުނު ކުލި ކޮންމެ މަހެއްގެ 10
(ދިހައެއް) ވަނަ ދުވަހުގެ ކުރިން ކުއްޔަށްދިން ފަރާތަށް ދައްކަންޖެހޭނެކަމަށް މިއެއްބަސްވުމުގެ 3 ވަނަ
ނަންބަރުގައި ބަޔާންކޮށްފައި އޮންނަކަމާއި، މިއެއްބަސްވުމުގެ ދަށުން ކުއްޔަށްދޭތަނުގެ ކުއްޔަކީ މަހަކު
-/4,500 (ހަތަރުހާސް ފަސްސަތޭކަ) ރުފިޔާކަމަށް އެއްބަސްވުމުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވީ
ނަމަވެސް، އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެޑްވާންސް ފައިސާ ދެއްކި
ޚަލާސްވަންދެން، ކޮންމެ މަހެއްގެ ކުރިން -/1,125 (އެގާރަސަތޭކަ ފަންސަވީސް) ރުފިޔާ ކެނޑުމަށްފަހު
ކުނީގެގޮތުގައި ދައްކަންޖެހޭނީ މަހަކު -/3,375 (ތިންހާސް ތިންސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާކަމަށް
މިއެއްބަސްވުމުގެ ()3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމާއި،
އިސްވެދެންނެވުނު ކުއްޔަށް
ޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން 29 އޮކްޓޫބަރ 2006 ގެ
ތާރީޚުގައި އިތުރު ލިޔުމެއް ލިޔެ މ.މ.ދ. ދަފްތަރު 1766 އިބްރާހީމް ޢަލީއާއި ވީސަންގެ އިބްރާހީމް
ޝަރީފްއާ ދެފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެންއޮންނަކަމާއި، މިލިޔުމަށް
ބަލާއިރު، ކުރިންދެންނެވުނު ސެޕްޓެމްބަރ 2006 ގައި މިދެފަރާތުން ސޮއިކޮށްފައިވާ
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެޑްވާންސް ފައިސާގެ އިތުރުން، އެޑްވާންސް ފައިސާގެ ގޮތުގައި
-/25,000 (ފަންސަވީސްހާސް) ރުފިޔާ އިބްރާހީމް ޝަރީފްގެ އަތުން އިބްރާހީމް އަލީ ނެގުމަށް
ވެފައިވާކަން އެނގޭކަމާއި، އަދި އެފައިސާ ލިބިއްޖެނަމަ ކުއްޔަށްދޭތަނުގެ ކުއްޔަކީ މަހަކު
Oxd
0
0) 9
28
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my
7
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/140
4 3 29
-/2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާކަމުގައި އިބްރާހީމް ޢަލީގެ ހިތުން ރުހުމުން ހަމަޖައްސާފައިވާކަން
އެލިޔުމުގެ 2 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމާއި،
މ.މ.ދ. ދަފްތަރު 1766 އިބްރާހީމް ޢަލީއާއި ހ. ވީސަންގެ އިބްރާހީމް ޝަރީފްއާ
ދެމެދު ވެވިފައިވާ އިސްވެދެންނެވުނު އެއްބަސްވުމާއި އެދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ލިޔުމަށް
ބަލާއިރު، އެއެއްބަސްވުމުގަ
ސްވުމުގައި ނުވަތަ ލިޔުމުގައި ހިމެނޭކަމަކާ، ދެފަރާތަކުންކުރެ ފަރާތަކުން
ޚިލާފުވެއްޖެނަމަ، ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުން
ވާލުމުގެ އިޚްތިޔާރު
ދެފަރާތުންކުރެ
އެއްވެސް ފަރާތަކަށް ދީފައިނުވާކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްވެދެންނެވުނު އެއްބަސްވުމުގައިވާ
ސްވުމުގައިއާއި ލިޔުމުގައި އެގޮތަށް
ކަނޑައެޅިފައި ހުރިކަމުގައިވީނަމަވެސް، އެލިޔުންތަކުގައި ބަޔާންކޮށްފައިވާ ވަރަށްވުރެ އިތުރަށް އިބްރާހީމް
ޝަރީފްގެ އަތުން އެޑްވާންސް ފައިސާ އިބްރާހީމް ޢަލީ ނަގާފައިވާކަން، މިމައްސަލައާ ގުޅިގެން ދަށުކޯޓަށް
ހުށަހެޅިފައިވާ "އެޑްވާންސް ފައިސާއާއި ޙަވާލުވެފައިވާ ތަފްސީލް" ލިޔުމަށް ބެލުމުން އެނގޭކަމާއި،
މިގޮތުން އެލިޔުމަށް ބަލާއިރު އެޑްވާންސް ފައިސާގެ ގޮތުގައި އެކިފަހަރުމަތިން ޖުމްލަ -/128,003
(އެއްލައްކަ އަށާވީސްހާސް ތިނެއް) ރުފިޔާ އިބްރާހީމް ޝަރީފްގެ އަތުން އިބްރާހީމް ޢަލީ ނަގާފައިވާކަން
އެނގެން އޮންނަކަމާއި، އެލިޔުމުގައިވާ ޢަދަދަށް އެޑްވާސްގެ ގޮތުގައި އިބްރާހީމް ޝަރީފްގެ އަތުން
ފައިސާ ނަގާފައިވާކަމަށް އިބްރާހީމް ޢަލީ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާކަމާއި،
އިބްރާހީމް ޢަލީއާއި އިބްރާހީމް ޝަރީފްގެ މެދުގައި ހިނގާފައިވާ ކުލީގެ މި
މުޢާމަލާތާގުޅިގެން އެދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުންތަކުގައި އެޑްވާންސް ފައިސާއާއި
ކުރިދެއްކުމާބެހޭގޮތުން ކަނޑައަޅާފައިވާ އުސޫލަށްބަލާއިރު، މިމުޢާމަލާތް ގުޅިގެން އިބްރާހީމް ޝަރީފްގެ
ންސްގެ ގޮތުގައި އިބްރާހީމް ޢަލީ ނަގާ ފައިސާއަކީ ކުއްޔަށްދޫކުރާ ތަނުގެ ކުލިން ކެނޑޭނެ
އެއްޗެއްކަމަށް ދެފަރާތުންވެސް އެއްބަސްވެފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން
އިސްވެދެންނެވިފައިވާ "އެޑްވާންސް ފައިސާއާއި ޙަވާލުވެފައިވާ ތަފްސީލް ލިޔުމުގައި އިބްރާހީމް ޢަލީ
ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި، އިބްރާހީމް ޝަރީފްގެ އަތުން އެޑްވާންސަށް ނަގާފައިވާ ފައިސާއަކީ
ކުއްޔަށްދޫކުރާ ތަނުގެ ކުލިން ކެނޑެންޖެހޭނެ ފައިސާއެއްކަމަށް ޤަބޫލުކުރެވޭކަމާއި،
4 2 2 4 8
t 8
1 2
މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، ކުރީގެ މުއްދަތަކީ ޖުމްލަ
48 މަސްދުވަސްކަމަށްވެފައި، އެމުއްދަތުގެ ތެރޭގައި ކުލީގެ ގޮތުގައި އިބްރާހީމް ޝަރީފް ދައްކަންޖެހޭ
" ޖުމްލަ ޢަދަދަކީ -/216,000 (ދެލައްކަ ސޯޅަހާސް) ރުފިޔާކަން އެނގެން އޮންނައިރު، އިސްވެދެންނެވުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް
www.highcourt.gov.my
8
ޤަޟިއްޔާ ނިމުނު ގޮތުގެ
2/10/HC-A140
މީލާދީ
ijޑ 0
2
4
2
"އަޑު ވަން
އުސޫލުން ހިސާބުކުރުމުން (ޖުމްލަ ކުދިން އެޑްވާންސް ފައިސާ ކެނޑުމުން) ކުލީގެ ގޮތުގައި ދައްކަންޖެހޭ
ޖުމްލަ ޢަދަދަކީ -/87,997 (އަށްޑިހަ ހަތްހާސް ނުވަސަތޭކަ ނުވަދިހަ ހަތެއް) ރުފިޔާކަން އެނގޭކަމާއި،
މިޢަދަދު ކުލީގެ މުއްދަތަށް ބަހާލުމުން، އިބްރާހީމް ޝަރީފް ދައްކަންޖެހޭ ކުލީގެ ޢަދަދަކީ ކޮންމެ
މަހަކަށް -/1,833 (އެއްހާސް އަށްސަތޭކަ ތެއްތިރީސް) ރުފިޔާކަން އެނގޭކަމާއި، އަދި އިސްވެދެންނެވުނު
ފައިސާއާއި ޙަވާލުވެފައިވާ ތަފްސީލް" ލިޔުމުގެ އެންމެ ތިރީ ފޮޅުވަތުގައި "މަހަކަށް
އިބްރާހީމް ޢަލީއަށް ދައްކަންޖެހޭ ކުލީގެ ފައިސާ -}1,833" ލިޔެފައިވާތަނާ ދިމާގައި އިބްރާހީމް ޢަލީ
ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިނެތުމަކީ އެތާނގައި ބަޔާކޮށްފައިވާ ޢަދަދަކީ އިބްރާހީމް ޢަލީއަށް
ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ޢަދަދު ނޫންކަމަށް ބަލަންޖެހޭނެ ސަބަބެއް ނޫންކަމާއި،
އަދި، 31 ޖެނުއަރީ 2010 ގައި އިބްރާހީމް ޢަލީގެ ފަރާތުން ދަށުކޯޓަށް
ހުށަހަޅާފައިވާ ބަޔާނަށާއި، 23 ޖޫން 2011 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ދީފައިވާ ބަޔާނަށް ބަލާއިރު،
މަހަކަށް -1,8331 (އެއްހާސް އަށްސަތޭކަ ތެއްތިރީސް) ރުފިޔާގެ ރޭޓުން އިބްރާހީމް ޝަރީފް ކުލި
ދައްކާފައިވާކަމަށާއި އަދި އެގޮތުގެމަތިން ދައްކާފައިވާ ކުލީގެ ފައިސާ އިބްރާހީމް ޢަލީ
ބަލައިގެންފައިވާކަމަށް އިބްރާހީމް ޢަލީ ބުނެފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން
އިސްވެދެންނެވުނު މުޢާމަލާތާ ގުޅިގެން މަހަކަށް -/1,833 (އެއްހާސް އަށްސަތޭކަ ތެއްތިރީސް) ރުފިޔާގެ
ރޭޓުން އިބްރާހީމް ޢަލީ ކުރި ބަލައިގެންފައިވާކަމަށް އިބްރާހީމް ޢަލީގެ އިޢުތިރާjބަސް ޝަރީޢަތަށް
ލިބިފައިވާކަމާއި، މަހަކަށް -/1,833 (އެއްހާސް އަށްސަތޭކަ ތެއްތިރީސް) ރުފިޔާގެ ރޭޓުން ކުލި
ދައްކާފައިވަނީ، 28 ސެޕްޓެމްބަރ 2006 ގައި މިދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމާއި އަދި 29
އޮކްޓޫބަރ 2006 ލިޔުމުގައި ބަޔާންކޮށްފައިވާ އެޑްވާންސް ފައިސާގެ އިތުރުން ވަރަށް ގިނަ ޢަދަދަކަށް
އެޑްވާސްގެ ގޮތުގައި އިބްރާހީމް ޢަލީ ފައިސާ ނަގާފައިވާތީ ޖުމްލަ ދައްކަންހެޖޭ ކުރިން އެޑްވާންސްއަށް
ދިން ފައިސާ އުނިކުރުމުން މަހަކަށް ޖެހެނީ -/1,833 (އެއްހާސް އަށްސަތޭކަ ތެއްތިރީސް) ރުފިޔާކަމަށް
ވާތީކަމަށް އިބްރާހީމް ޝަރީފް ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި، މިކަން
ނަފީކުރެވޭވަރުގެ ހެއްކެއް އިބްރާހީމް ޢަލީއަށް ދެއްކިފައިވުންކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެދެންނެވުނު ކުރީގެ މުޢާމަލާތުގައި ހިމެނޭ ކުލި
ހިފައިގެން ދިޔުމުން ކުދި ބަލައި ނުގަންނަނީ ކަމަށް ދަށުކޯޓުގައި ހެކިދީފައިވާ މުޙައްމަދު ޔޫސުފްއަކީ
ކުލީގެ ފައިސާ ހިފައިގެން ދިޔަ މީހެއް ނޫންކަމަށް ބުނެ، ކުލީގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ޢަދަދު
އެންގިފައި ނުވުމުން އޭނާގެ ހެކިބަހަކީ ފައިސާގެ މައްސަލަތަކުގައި ޝަރުޢީ އުޞޫލުން ހެކި
އައިއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
F)
2010/HC-A/40
2014 ކ އ ހވ
ބޭނުންވާނެކަމަށް
ޚާވާލުކޮށްފައިވާ -/16,500 (ސޯޅަހާސް ފަސްސަތޭކަ) ރުފިޔާއަކީ އިބްރާހީމް ޝަރީފް އެހާތަނަށް
ނިމުނު ގޮތުގެ
ލިބެންޖެހޭ މިންވަރަށް ލިބިފައިވާ ކާފީ ހެކިބަހެއް ނޫންކަން އެނގޭ ކަމަށާއި، އެހެންކަމުން 2009 ޖޫން
މަހުން ފެށިގެން ކުލިދެއްކުން ހުއްޓިފައިވަނީ ކުއްޔާ ހަވާލުނުވާތީކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށް
ދަށުކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވުމަކީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 7 ވަނަ
މާއްދާއާއި އިސްލާމީ ޝަރީޢަތާ ޚިލާފަށް އޮތް ކަނޑައެޅުމެއްކަމަށް ބުނެ އިބްރާހީމް ޢަލީ ހުށަހަޅާފައިވާ
ނުކުތާއަށް ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ބެލިއިރު، ވަކިގޮތަކަށް ހެކިލިބިފައިވުން
ކީރިތި ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންވާ ކަމެއްގައި މެނުވީ ހެކިދިނުމާއި ހެކި ހޯދުމުގައި
ޢަމަލުކުރަންވާނީ އެޤާނޫނުގައިވާ ގޮތުގެމަތިންކަމަށް ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 7
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ނަމަވެސް އިސްވެދެންނެވުނު ކުލީގެ މުޢާމަލާތާބެހޭ ކަންކަން
ސާބިތުކުރުމުގައި ދަށުކޯޓުން ބަލާފައިވާ ގޮތާ ޚިލާފަށް ވަކިގޮތަކަށް ހެކި ލިބެންޖެހޭނެކަމަށް ކީރިތި
ޤުރުއާނުގައި ބަޔާންކޮށްފައިވާކަން އިބްރާހީމް ޢަލީއަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މިމައްސަލައިގައި ހިމެނޭ ދެފަރާތުން އެއްބަސްވެ
ސޮއިކޮށްފައިވާ 2 އެއްބަސްވުމެއް އޮތްކަމާއި، ފުރަތަމަ އެއްބަސްވުމުގައި މަހަކަށް ދައްކަންޖެހޭ ކުއްޔަކީ
-/4,500 (ހަތަރުހާސް ފަސްސަތޭކަ) ރުފިޔާކަމާއި އެޑްވާންސް ފައިސާ ކެނޑުމުން ދައްކަންޖެހެނީ
މަހަކަށް -/3,375 (ތިންހާސް ތިންސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާކަމާއި، މީގެ 1 (އެކެއް) މަސް
ފަހުން ކުރި ދެވަނަ އެއްބަސްވުމުގައި މަހަކަށް ދައްކަންޖެހެނީ -/2,500 (ދެހާސް ފަސްސަތޭކަ)
ރުފިޔާކަން އެންގެން އޮންނައިރު، އަދި މީގެ އިތުރު އެއްބަސްވުމެއް ހެދިފައިނުވާއިރު،
މިއެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ކުއްޔަކީ މަހަކަށް -/2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާކަން
އެނގޭކަމަށް
މިމައްސަލަ ދަށުކޯޓަށް ހުށަހެޅި ބަލަމުން ދަނިކޮށް ދަޢުވާ ލިބޭ ފަރާތުގެ
ހައިސިއްޔަތުން އިބްރާހީމް ޝަރީފް އަޙްމަދު ޢަލީއާ ޙަވާލުކޮށްފައިވާ -/16,500 (ސޯޅަހާސް
ފަސްސަތޭކަ) ރުފިޔާއަކީ އިބްރާހީމް ޝަރީފް އެހާތަނަށް ނުދައްކަވާ ކުލީގެ ގޮތުގައި ދައްކަންޖެހޭ ހުރިހާ
ފައިސާ ކަމުގައި ޤަބޫލު ނުކުރާކަމަށް އިބްރާހީމް ޢަލީ ދަށުކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު،
އިސްވެދެންނެވުނު -/16,500 (ސޯޅަހާސް ފަސްސަތޭކަ) ރުފިޔާއަކީ މަހަކަށް -/1,833 (އެއްހާސް
އަތްސަތޭކަ ތެއްތިރީސް) ރުފިޔާގެ ރޭޓުން އެހާތަނަށް ދައްކަންޖެހޭ ކުލިކަމުގައި ޝަރީޢަތުން ބެލިބެލުމަކީ
އިންސާފާ ޚިލާފުކަމެއްކަމަށް ބުނެ އިބްރާހީމް ޢަލީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވީ ނަމަވެސް،
އިސްވެ ފާހަގަކުރެވުނު ނުކުތާތަ
ތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށްބަލާއިރު، މިމައްސަލަ ދަށުކޯޓަށް ހުށަހެޅި
ދަނިކޮށް ދައުވާ ލިބޭ ފަރާތުގެ ޙައިސިއްޔަތުން އިބްރާހީމް ޝަރީފް އަޙްމަދު ޢަލީއާ
ހއ 9 *ވ
ބަޔަކަށް
027/
ހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/140
އިބްރާހިމް
ނުދައްކަވާ ކުލީގެ ގޮތުގައި ދައްކަންޖެހޭ ހުރިހާ ފައިސާ ކަމުގައި ދަށުކޯޓުން ކަނޑައަޅާފައިވާ
ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް އެކޯޓުން ކޮށްފައިވާކަމެއް ކަމަށް ބެލެވެން
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
2009/MC/2768 ޤަޟިއްޔާގައި
ޝަރީފްގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް މިމައްސަލަބެލި ދިވެހިރާއްޖޭ ހައިކޯޓުގެ ފަނޑިޔާރުން
މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
އޑ
ނެތްކަމެވެ.
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2768 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ ތަނެއް އޮތްކަމަށް
ނުފެންނަކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC;2768 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ
ޢައްބާސް ޝަރީފް
،ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ޢަބްދުއްރައޫފް އިބްރާހީމް
(ފަނޑިޔާރު)
h
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv