ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/308 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/338
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم اقم التمر السیسم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 308/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
#
ނަން: އާމިނަތު ހުސައިން
، ދާއިމީ އެޑްރެސް: އަލިވާގެ / ނ. މާފަރު
އައިޑެންޓިޓީ ކާޑު ނަންބަރު: A201065
މިހާރުގެ އެޑްރެސް: މއ.
. ބަޑިފަސްގަނޑުދޮށުގެ/ މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ނޮވެމްބަރު 2012
ނިމުނު ތާރީޚް: 25 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު މައްސަލަ:
4 ނަންބަރު: 2012
/
382/VTR
/
INDIV-200
ޓްރައިބިއުނަލް : ވަޒީފާއާބެހޭ ޓްރައިބިއުނަލް
ނިންމެވި ތާރީޚް: 24 ޖުލައި 2012
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖްލިސްގެ
ހައިކޯ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢައްބާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
2012/HC-A/308
هي في مسرح
ނިމުނު
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012
/
382/VTR
/
INDIV-200 (24
ޖުލައި 2012) ނިންމުން، އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ކަމަށްބުނެ، އެނިންމުން އިސްތިއުނާފުކުރުމަށް ނ. މާފަރު އަލިވާގޭ އާމިނަތު ޙުސައިނުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
22 / 2
C
ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012
/
382/VTR
/
INDIV-200 (24
ޖުލައި 2012 ނިންމުން އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި
ޚިލާފަށްކަމަށްބުނެ، އެނިންމުން އިސްތިއުނާފުކުރުމަށް ނ. މާފަރު އަލިވާގޭ އާމިނަތު ޙުސައިނުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012
/
382/VTR
/
INDIV-200 (24
ޖުލައި 2012) ނިންމުމަށް ބެލިއިރު އެނިންމުމަކީ ނ. މާފަރު އަލިވާގޭ އާމިނަތު ޙުސައިން
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A201065) މިލަދުންމަޑުލު ދެކުނުބުރީ މާފަރު
މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުން 31 ޑިސެމްބަރު 2011 ގައި
ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާ އަލުން އަނބުރާ ހޯދުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނަށް ރައްދުވާ ގޮތަށް، 19 ޖުލައި 2012 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅުއްވި މައްސަލަ (ނަންބަރު 2012/VTR/137) އަކީ އެމައްސަލައިގައި އާމިނަތު ޙުސައިން
ހުށަހެޅުއްވި، އެންމެހައި ލިޔެކިޔުންތައް ބަލައި ދިރާސާކުރިއިރު، ޤާނޫނު ނަންބަރު 242008@ގެ
2 0 0
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
#
2012/HC-A/308
ޤަޟިއްޔާ ނިމުނު
کی مرکی
(ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރާއިރު، ވަޒީފާއިން ވަކިކުރި ތާރީޚުން
ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާ މައްސަލައެއް ކަމުން، ބުނެވިދިޔަ
މައްސަލައަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދެވެން ނެތް މައްސަލައެއް ކަމަށްވާތީ އާމިނަތު ޙުސައިން
ހުށަހަޅުއްވާފައިވާ މައްސަލަ ބެލެން ނެތްކަމަށް ކަނޑައަޅުއްވައި، ނިންމަވާފައިވާ ނިންމުމެއްކަން އެނގެން
kތ ގދ 4 |
އޮންނަކަމެވެ.
3- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012
/
382/VTR
/
INDIV-200 (24
ޖުލައި 2012) ނިންމުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ
އެނިންމުން އިސްތިއުނާފުކުރުމަށް ނ. މާފަރު އަލިވާގޭ އާމިނަތު ޙުސައިނުގެ ފަރާތުން އަންނަނިވި ނުކުތާ
ހުށަހަޅައި އެނުކުތާއާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
OU OO
މިގޮތުން ހުށަހެޅި ނުކުތާއަކީ މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓުގެ
ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުން 31 ޑިސެމްބަރު 2011 ގައި ނ. މާފަރު، އަލިވާގޭ
އާމިނަތު ޙުސައިން ވަކިކޮށްފައިވާތީ، އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ހިނދު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްނުކޮށް،
އަދި މައްސަލައިގެ އަސްލަށާއި، މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްނުކޮށް، ނުބެލޭނެ
މައްސަލައެއްކަމަށް ނިންމާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
44
=32
2{12/HC-A/308
4 ޤަޟިއްޔާ ނިމުނު ގޮ
می هرکی
4 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012
/
382/VTR
/
INDIV-200 (24
ޖުލައި 2012) ނިންމުން އިސްތިއުނާފުކުރުމަށް އާމިނަތު ޙުސައިނުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި
އެނުކުތާއާ ގުޅޭ ގޮތުން އާމިނަތު ޙުސައިނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012
/
382/VTR
/
INDIV-200
ނިންމުމަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މާފަރު އަލިވާގޭ އާމިނަތު ޙުސައިން، 15 ސެޕްޓެމްބަރު
2008 އިން ފެށިގެން މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އެޑްމިނިސްޓްރޭޓިވް
އޮފިސަރ މަޤާމުގެ ވަޒީފާ އަދާކުރަމުން ގޮސް، އޭނާ ވަޒީފާ އަދާކުރާތާ 15 ސެޕްޓެމްބަރު 2010 އަށް 2
(ދޭއް) އަހަރު ހަމަވެފައިވާތީ އޭނާގެ ވަޒީފާއާއި މެދު ގޮތެއް ނިންމައިދިނުމަށް މިލަދުންމަޑުލު ދެކުނުބުރީ
މާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 198
/
2011
/
62/D
-
8
-
MC (29 އޯގަސްޓް 2011) ސިޓީން
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ދެންނެވުމުން، މަޤާމުތަކަށް މީހުން ހަމަޖެއްސޭނީ
މަޤާމު ހުސްވުމުން އިޢުލާން ކުރުމުން އެކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ މެދުގައި އިންޓަރވިއުކޮށް
މީހުން ހޮވުމަށްފަހުގައި ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު
2011
/
3554/A-198 (22 ސެޕްޓެމްބަރު 2011) ފެކްސް މެސެޖުން މިލަދުންމަޑުލު ދެކުނުބުރީ މާފަރު
މެޖިސްޓްރޭޓް ކޯޓަށް އަންގާފައިވާކަން އެނގޭކަމާއި،
ecoo
އަދި އާމިނަތު ޙުސައިން ވަޒީފާއިން ދޫކޮށްލާފައިވަނީ 31 ޑިސެމްބަރު 2011 ގައި ކަމާއި
އޭނާ ވަޒީފާއިން ދޫކޮށްލާފައިވަނީ، ވަގުތީ ގޮތުން ގެންގުޅޭ މުވައްޒަފުން ދޫކޮށްލުމަށްފަހު ދާއިމީ މުވައްޙަފެޓްގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 516471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
443
2{12/HC-A/308
ޤަޟިއްޔާ ނިމުނު 1
کی مرگی
ދެވެ
9ލ0
ހުވާކޮށް
އިޢުލާން ކުރުމަށް
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު
2011
/
4073/A-198 (26 އޮކްޓޯބަރު 2011) ފެކްސް މެސެޖުން އެންގެވުމާ ގުޅިގެންކަމަށް
މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/D8MC
-
HR (31
ޑިސެމްބަރު 2017) ވަގުތީ މުވައްޒަފުން ވަޒީފާއިން ދޫކޮށްލިކަން އަންގާ ލިޔުމަށް ބެލުމުން އެނގެން
OU OO
އޮންނަކަމެވެ
3
(ނ) ދެވަނަ ކަމަކީ: 31 ޑިސެމްބަރު 2011 ގައި އާމިނަތު ހުސައިން ވަޒީފާއިން
ދޫކޮށްލުމާ ގުޅިގެން އާމިނަތު ޙުސައިން އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ 19
ޖުލައި 2012 ގައިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012
/
382/VTR
/
INDIV-200
ނިންމުމަށް ބެލުމުން އެނގޭކަމާއި، މީހަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތިކަމުގައި
ވަޒީފާއަދާކުރި މީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 3 (ތިނެއް) މަސް
ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމަށް
ޤާނޫނުނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
އަދި ވަޒީފާއާއި ބެހޭ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ، ވަޒީފާއާ ގުޅޭ
މައްސަލައެއް ނުވަތަ ޚިލާފެއް، އުފެދުނު ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެމައްސަލަ
ޓްރައިބިއުނަލަށް ހުށަހަޅަންވާނެ ކަމަށާއި، އެމުއްދަތު ފާއިތުވުމަށްފަހު ހުށަހެޅޭ މައްސަލައެއް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ބަލައެއް ނުގަނެވޭ
ނެވޭނެ ކަމަށާއި، އެމުއްދަތުގައި މައްސަލަ ހުށަހެޅިފައި ނުވާ ސަބަބު
ޔާންކޮށް ހުށަހަޅާ މައްސަލައެއްގައި، އެސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ފެންނަނަމަ އެކަމަށް ރިޢާޔަތްކޮށް، އެމައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ބަޔާން
ލިބިގެންވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި
ބަޔާންކޮށްފައިވާކަން އެންގެން އޮންނަކަމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{12/HC-A/308
6 ޤަޟިއްޔާ ނިމުނު ގޮ
و مری
ދެވެ
Puc
ދ ތ ލ 0
2
2 4ހ2
ގަންނަ
(ނ) ތިންވަނަ ކަމަކީ، ޤާނޫނަކުން ޤާއިމްކުރެވިފައިވާ ޝަރުޢީ ކޯޓަކަށް ނުވަތަ
ޓްރައިބިއުނަލަކަށް ހުށަހެޅޭ މައްސަލައެއްގެ ޝަރީޢަތް އެތަނެއްގައި ހިންގޭނީ އެމައްސަލައަކީ އެތަނަކުން
ބެލުމުގެ އިޚްތިޞާޞް އެތަނަކަށް ލިބިގެންވާ މައްސަލައެއް ކަމުގައި ވާނަމަކަން އެނގޭކަމާއި، މިގޮތުން
ޝަރުޢީ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހެޅޭ މައްސަލައެއް ބަލައި ގަތުމުގައި، އެމައްސަލައަކީ
އެތަނަކުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްތޯއާއި، އެމައްސަލައިގައި ޝަރީޢަތުން ބަލަންޖެހޭ
ކަމެއް އޮތްތޯއާއި، މައްސަލަ ހުށަހެޅި ފަރާތަށް މައްސަލައިގައި ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވޭތޯއާއި،
މައްސަލަ ރައްދުވާފަރާތަކީ އެމައްސަލަ ރައްދުކުރެވޭނެ ފަރާތެއްތޯއާއި، އެމައްސަލަ ހުށަހެޅުމަށް ޤާނޫނުގައި
ނުވަތަ ޤަވާޢިދެއްގައި ވަކި މުއްދަތެއް ކަނޑައެޅިފައިވޭތޯ ބަލަންވާނެކަމާއި، މިގޮތުން މައްސަލައެއް
ބަލައިގަތުމުގައި ފުރަތަމަ ބަލަންޖެހޭ ކަންތައްތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށްފައިވާނަމަ
އެމައްސަލައެއް ބަލައިގަ ނެކަމާއި، ނަމަވެސް އެއިންކަމެއް ނުވަތަ ކަންތައްތަކެއް ފުރިހަމަނުވާނަމަ،
އެކަމެއް އިޞްލާހުކުރުމަށް އެންގުމާއި އަދި އެމައްސަލަ ބަލައިގަނެ ޝަރީޢަތެއް ހިންގުމަށް ހުރަސްއަޅާފަދަ
ސަބަބެއް މެދުވެރިވެފައިވާނަމަ އެމައްސަލައެއް ބަލައި ނުގަނެ އަނބުރާ ރައްދުކުރުމުގެ ބާރު، އެކޯޓަށް
ނުވަތަ އެޓްރައިބިއުނަލަކަށް ލިބިގެން ވާކަން އެނގޭއިރު، ނ. މާފަރު އަލިވާގޭ އާމިނަތު ޙުސައިން
މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ މަޤާމުން
ވަކިކޮށްފައިވަނީ 31 ޑިސެމްބަރު 2011 ގައި ކަމާއި، އެމައްސަލަ އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް
ހުށަހަޅާފައިވަނީ 19 ޖުލައި 2012 ގައި ކަން ހުށަހެޅިފައިވާ ލިޔުންތަކާއި އާމިނަތު ޙުސައިންގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގޭކަމާއި،
ވަޒީފާއާ ބެހޭ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ
އެމައްސަލައެއް އުފެދުނު ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަސް ފާއިތުވުމުގެ ކުރިން އެކަމުގެ ޝަކުވާ
ހުށަހެޅުންކަން ޤާނޫނުނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 މާއްދާގެ (ހ) އާއި، ވަޒީފާއާބެ
ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭތީ، އާމިނަތު ޙުސައިނުގެ
3
އްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{12/HC-A/308
7 ޤަޟިއްޔާ ނިމުނު 1
ވެ
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 19 ޖުލައި 2012 ގައި ހުށަހަޅާފައިވާ މައްސަލައަކީ އެމުއްދަތު ފާއިތުވީ
ފަހުން ހުށަހަޅާފައިވާ މައްސަލައަކަށްވާތީ އެސަބަބަށްޓަކައި އެމައްސަލަ ބަލައި ނުގަތުމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2012
/
382/VTR
/
INDIV-200 (24 ޖުލައި 2012) އިން ނިންމަވާފައިވާ
ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަމާއްދާގެ (ހ) އާއި (ށ) އާ ޚިލާފަށް
ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް އޮތްކަމަށް ނުފެންނަކަމެވެ.
377
:34
ދެންފަހެ އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން ބަޔާން
ކުރެވުނު ގޮތަށް ހުރުމާއެކު، ނ. މާފަރު އަލިވާގޭ އާމިނަތު ޙުސައިން 19 ޖުލައި 2012 ގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި (ނަންބަރު 2012/VTR/137) މައްސަލައަކީ އެޓްރައިބިއުނަލުން ބެލެން ނެތް
މައްސަލައެއްކަމަށް އެޓްރައިބިއުނަލުގެ ނަންބަރު 2012
/
382/VTR
/
INDIV-200 (24 ޖުލައި
2012) ގެ "ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުމުން" ކަނޑައަޅުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް މިޤަޟިއްޔާ ބެލި
އެއްގޮތަށް ކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv