ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/287 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A287
1/2
0
"ޖެހިރާއްޖުގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 287/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން. އެޓަރނީ ޖެނެރަލްގެ އޮފީސް (މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ)
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޢަލީ އިބްރާހީމް
އެޑްރެސް: އދ.ފެންފުށި ފިނިވާގެ
އައި.ޑީ ނަންބަރު: A048946
މިހާރުގެ އެޑްރެސް: ފ.އިރުދަށުގެ
ބަދަލުގައި: އގ. އަޙްމަދު ޝަފީޤު ދާއިމީ އެޑްރެސް: ތޯއިފް/ ކ.މާލެ
އައި.ޑީ ނަންބަރު: 036898-A
ވަކީލު: އޏ.އަރީފް އަޙްމަދު ނަޞީރު * ދާއިމީ އެޑްރެސް: ބ.ދަރަވަންދޫ ނަސްފަރު
އައި.ޑީ ނަންބަރު: A048946
ރަޖިސްޓްރީ ތާރީޚް: 13 މުޙައްރަމު 1433 * ނިމުނު ތާރީޚް: 25 ރަބީޢުލްއައްވަލް 1434
08 ޑިސެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/1476
• ނިންމެވި ކޯޓް: ސިވިލް 2
މައްސަލައިގެ ބާވަތް: އަމުރެއް ނެރެދިނުމަށް އެދި
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢައްބާސް ޝަރީފު
06
ފެބުރުއަރީ
2013
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2011/HC-A/287
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1476 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އދ.ފެންފުށި ފިނިވާގެ ޢަލީ އިބްރާހީމްއެވެ.
ފާހަގަކުރެވުނު ނުކުތާތައް
8 8 2
އެންޑް
8
4 s
1- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1476 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "ލ.ކައްދޫގައި 200 އެނދުގެ ހޮޓަލެއް އެޅުމަށްޓަކައި ކ.އައިމާ އިބްރާހީމް
ޢަބްދުލްޢަޒީޒާއި މިނިސްޓްރީ އޮފް ޓޫރިޒަމް ސިވިލް އޭވިއޭޝަންއާއި ދެމެދު 14 ޖޫން 2007 ގައި
ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިފައިވާ އެންމެހާ ޙައްޤުތަކެއް
14 ޖޫން 2007 ވަނަ ދުވަހު އދ. ފެންފުށި ފިނިވާގެ ޢަލީ އިބްރާހީމަށް ވިއްކާފައި ވުމާއެކު އެއްބަސްވުން
އެސައިންކުރެވި އެއްބަސްވުމާއި އެއްގޮތަށް ކޮންސެޕްޓް ތައްޔާރުކޮށް ހުށަހަޅާ އެންވަޔަރަންމަންޓް އިންފެކްޓް
އެސެސްމެންޓް ހެދުމަށްޓަކާ ބާއްވަން ޖެހޭ ސްކޯޕިންގ މީޓިންގ ބާއްވާދެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގައި
ދަންނަވައިގެންވެސް ސްކޯޕިންގ މީޓިންގ ބޭއްވިފައިނުވާތީ އަދި އެއަށްފަހު އެތަކެއްފަހަރު މުޢާމަލާތް ކުރެވި
މިމައްސަލަ ޙައްލު ކުރެވިފައި ނުވާތީއާއި، މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރަންޖެހޭ ކަމެއް ނުކޮށްދިނުމުގެ
ސަބަބުންނާއި، އެއްބަސް
ބަސްވުމަށް ޢަމަލުކުރުމުގައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކޮށްދެއްވާފައިނުވާތީ، ޤާނޫނު
ނަންބަރު 4/91 (ކޮންޓްރެކްޓާއި ބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ޢަލީ އިބްރާހީމަށް ލިބިފައިވާ
މާލީ ގެއްލުމުގެ ބަދަލާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާއި ބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގެ
އެބަސްވުމަށް ޢަމަލު ކުރުމުގައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކޮށްދެއްވާފައި ނުވާތީ، އެކަން
ކޮށްދެއްވުމުގެ އަމުރެއް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ކުރުމަށާއި، އަދި މިޙާލަތުގައި މިނިސްޓްރީ އޮފް
ޓޫރިޒަމްއިން އެދިފައިވާ ކުއްޔާއި ޖޫރިމަނާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމުގައި
ކަނޑައަޅާދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ މައްޗަށް އދ.ފެންފުށި
ފިނިވާގެ ޢަލީ އިބްރާހީމްގެ ފަރާތުން ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި، ރީއްޖޭގެ
ދަށުން އެއްބަސްވުމަކީ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
888 ޖެ
3
2011/HC-A/287
ދިވެހިރާއްޖޭގެ ހައިކޯޓް
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކަށާއި
ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ލ.ކައްދޫގައި 200 އެނދުގެ ހޮޓަލެއް
އެޅުމަށްޓަކައި ކ.އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
(މިހާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ) އާއި ދެމެދު 14 ޖޫން 2007 ގައި
ސޮއިކުރެވިފައިވާ ލީސް އެގްރީމެންޓްގެ ދަށުން އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިފައިވާ
އެންމެހާ ޙައްޤުތަކެއް،
14 ޖޫން 2007 ވަނަ ދުވަހު، އދ.ފެންފުށީ ފިނިވާގެ ޢަލީ އިބްރާހީމަށް ވިއްކާލުމާއި ގުޅިގެން އެއްބަސްވުން
އެސައިން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންއާއި ދަޢުވާކުރާ ޢަލީ
އިބްރާހީމްއާއި ދެމެދު، 01 ޖުލައި 2008 ގައި ސޮއި ކުރެވިފައިވާ ޑީޑް އޮފް އެސައިމަންޓް ގެދަށުން،
ބަޔާންވެ ދިޔަ ލީސް އެގްރީމެންޓްގައި ގ.އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިދީފައިވާ ހުރިހާ ޙައްޤުތައް
ދަޢުވާކުރާ ޢަލީ އިބްރާހީމަށް ލިބިފައިވާކަމާއި، ބަޔާންވެދިޔަ ލީސް އެގްރީމެންޓަށް އިޞްލާޙެއް ގެނައުމުގެ
ގޮތުން ދަޢުވާކުރާ ޢަލީ އިބްރާހީމާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު
އެއްގައި ސޮއިކުރެވިފައިވާކަމާއި، ބަޔާންވެ ދިޔަ އެޑެންޑަމްގައި ދެފަރާތުން އެއްބަސްވެފައިވަނީ
ލީސް ކުލީގެ އެއްބަސްވުމަށް އިތުރުމާއްދާއެއްގެ ގޮތުގައި 2 ގެ (ބ) އިތުރު ކުރުމަށް ކަމާއި އަދި ބަޔާންވެ
ދިޔަ އެޑެންޑަމުން އެއްބަސްވުމަށް ގެނެވުނު އިޞްލާޙުގައިކުރިން މިއެގްރީމެންޓްގައި ހޮޓާއެޅުމަށް ހަމަޖެހިފައިވާ
ބިމުގެ ބަދަލުގައި އެހެން ބިމެއް ހަމަޖެހިފައިވާކަމާއި ފަހުން ހަމަޖެހުނު ބިމުގެ ސަރަޙައްދު ހިމެނެނީ އެބިމާ
އިންވެގެން އޮންނަ ފަޅު ހިއްކުމަށް ބިމަށް އިތުރުވެގެންދާ ބައިވެސް ހިމެނިގެންކަމާއި، ފަޅު ހިއްކުމަށް ހުއްދަ
ދެވޭނީ ކުއްޔަށް ހިފާ ފަރާތުން ފަޅު ހިއްކާނެ ގޮތުގެ ޕްރޮޕޯސަލެއް ހުށަހަޅައި އެޕްރޮޕޯސަލް ފާސްވުމުންކަމާއި
އަދި ބަޔާންވެދިޔަ ގޮތުގެ މަތިން ފަޅުން ބިން ހިއްކޭނީ ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ
ތިމާވެއްޓާއިބެހޭ ޤާނޫނު) ގެ 05 ވަނަ މާއްދާގައި ވާފަދައިން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކޮށް
ރިޕޯޓް (އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް) ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމަށްފަހު
އެކަމުގެ ހުއްދަ ލިބިގެންކަމާއި، އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ހެދެނީ އެކަ
"ޓާރމްސް އޮފް ރިފަރެންސް" ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއެކު ބާއްވާ ޖަލްސާ (ސްކޯޕިންގ މީޓިންގ)
އަކުން ނިންމައިގެން ކަމާއި، ބަޔާންވެދިޔަ ޖަލްސާ ނުބާއްވާ ޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް
ރިޕޯޓް ހަދައި ބިން ހިއްކާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެވެން ނެތްހިނދު އިސްވެ ދެންނެވުނު ސްކޯޕިންގ
މީޓިންގ ބޭއްވޭނެގޮތް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ފަރާތުން ހަމަޖައްސާދީފައިނުވާ
28
އެކަމާބެހޭ
2
8 ހދ ދ ތ ދ 2
2
އންވެ19
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2011/HC-A/287
ހިނދު، އަދި އެއްބަސްވުމަށް ގެނެވުނު އިޞްލާޙުގައި ބިމަށްގެނެވުނު ބަދަލާއި އެކު އެބިން ކުއްޔަށް ހިފި
ފަރާތާއި ޙަވާލު ކޮށްފައިވާކަން އެގެން ނެތުމުން ދަޢުވާކުރާ ޢަލީ އިބްރާހީމަށް މިއެގްރީމެންޓްގައި ހިމެނޭ ތަނުން
މަންފާ ލިބިގަނެ، އާމްދަނީ ލިބުމުގެ ފުރުޞަތު ގެއްލިފައި ވަނީ އެގްރީމެންޓްގެ ދަށުން މިނިސްޓްރީ އޮފް
ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ކޮށްދޭންޖެހޭ ކަމެއް ނުކޮށްދިނުމުގެ ސަބަބުންކަން ޝަރީޢަތަށް
ސާބިތުވާތީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓްއާއިބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ (1,2) ގެ
ދަށުން 9,769,277.00$US (ނުވަމިލިއަން ހަތްސަތޭކަ ފަސްދޮޅަސް ނުވަހާސް ދުއިސައްތަ ހަތްދިހަ ހަތެއް
އެމެރިކާ ޑޮލަރު) ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދަޢުވާކުރާ އދ. ފެންފުށި ފިނިވާގެ ޢަލީ އިބްރާހީމަށް
މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރއިން ދޭއްޖެހޭކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
ސާބިތުވެއްޖެ ކަމަށްކަނޑައަޅާ މިފައިސާ 9,769,277.00$US (ނުވަމިލިއަން ހަތްސަތޭކަ ފަސްދޮޅަސް
ނުވަހާސް ދުއިސައްތަ ހަތްދިހަ ހަތެއް އެމެރިކާ ޑޮލަރު) އާއި، މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ޤާނޫނީ
ވަކީލެއްގެ އެހީތެރިކަން ހޯދަން ޖެހުމުގެ ސަބަބުން ވަކީލު ފީގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް
އެދިފައިވާ ފައިސާގެ ތެރެއިން ޝަރީޢަތުން ނަގާދޭ -/2,700ރ. (ދެހާސް ހަތްސަތޭކަ ރުފިޔާ) ދަޢުވާކުރާ ޢަލީ
އިބްރާހީމަށް ލިބިދިނުމުގެ ގޮތުން 16 ޖުލައި 2011 މިދުވަހުން ފެށިގެން މީލާދީ 01 މަސްދުވަހުގެ ތެރޭގައި
ސިވިލް ކޯޓަށް ދެއްކުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ފަރާތުން ދެއްކުމަށާއި، އަދި
މި އެގްރީމެންޓްގެ ދަށުން ދަޢުވާކުރާ ފަރާތުން ހަދަންޖެހޭ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް
ހެދުމަށްޓަކައި އެކަމާބެހޭ "ޓާރމްސް އޮފް ރިފަރެންސް" ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއި އެކު ބާއްވާ ޖަލްސާ
ސްކޯޕިންގ މީޓިންގ" ބޭއްވޭނެ އިންތިޒާމް ލަސްނުކޮށް ހަމަޖައްސާދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް
އާރޓްސް އެންޑް ކަލްޗަރ އަށް އަންގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ފަރާތުން
ކޮށްދޭން ޖެހޭ ކަންކަން ފުރިހަމައަށް ނުކޮށްދީ އެގްރީމެންޓާއި ޚިލާފްވެ އެޚިލާފް ވުންމަތީ ދެމިތިބެ 2010
ފެބުރުއަރީ އަދި މެއިމަހުގެ ކުއާޓާއަށް ވާ މުޅި ކުލީގެ ފައިސާއާއި، އަދި 22 އޮގަސްޓް 2010 އާއި ހަމައަށްވާ
ޖޫރިމަނާގެ ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރގެ ފަރާތުން ދަޢުވާކުރާ ޢަލީ
އިބްރާހީމަށް ޤާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
ޑ 8
4 ·
އިނގޭން
OXO
02- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1476 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ ޖެނެރަލްގެ
އެނުކުތާތަކާއި
ވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އޮފީހުގެ ފަރާތުން 05 (ފަހެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2011/HC-A/287
(ހ) ފުރަތަމަ ނުކުތާއަކީ، "ސްކޯޕިންގ މީޓިންގ" އަކަށް އެދިފައިވާކަން މައްސަލަ ރައްދުވާ ފަރާތުން
ސާބިތުކޮށްދީފައިނުވާއިރު، އަދި "ސްކޯޕިންގ މީޓިންގ" އަކަށް އެދި އެންވަޔަރަންމަންޓް އިމްޕެކްޓް
އެސެސްމެންޓް ރެގިއުލޭޝަން (އީ.އައި.އޭ ރެގިއުލޭޝަން) ގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް
އިސްތިއުނާފު ރައްދުވާ ފަރާތުން ފުރިހަމަކޮށްފައިނުވާއިރު، ސްކޯޕިންގ މީޓީންގ" އަކަށް އިސްތިއުނާފު
ރައްދުވާ ފަރާތުން އެދިފައިވާކަމަށް ޝަރީޢަތުން ފާހަގަކުރައްވައި، އެކަމުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު
ކުރާ ފަރާތުން އެއްބަސްވުމާ ޚިލާފުވިކަމަށް ނިންމަވާފައިވާ ނިންމެވުމަކީ އެއްވެސް އަސާސެއްގެ މައްޗަށް
ބިނާކޮށް ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ
މަލިކުރަންޖެހޭ
ގޮތްކަމަށް
(ނ) ދެވަނަ ނުކުތާއަކީ، ބިން ހިއްކުމުގެ ޕްރޮޕޯސަލް ހުށަހެޅުމުގައި
ޝަރީޢަތުން ފާހަގަކުރައްވާފައިވަނީ، އީ.އައި.އޭ ރެގިއުލޭޝަންގެ 7 ވަނަ މާއްދާ އަދި އިސްތިއުނާފުކުރާ
ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު 1 ޖުލައި 2008 ވަނަ ދުވަހު ސޮއިކޮށްފައިވާ އެޑެންޑަމްގެ
2 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާގޮތާއި ޚިލާފު ގޮތަކަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ތިންވަނަ ނުކުތާއަކީ، އީ.އައި.އޭ ރެގިއުލޭޝަންގެ ދަށުން އެފަދަ "ސްކޯޕިންގ މީޓިންގ" އަކަށް
އެދޭ ފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކުރުމުން، "ސްކޯޕިންގ މީޓިންގ" ބާއްވައި ދިނުމަކީ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ ޛިންމާއެއްކަމަށްވާއިރު، އެޤަވާއިދާ ޚިލާފަށް
"ސްކޯޕިންގ މީޓިންގ" ބާއްވައި ދިނުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުގެ
ދިންމާއެއްކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށްބުނެ ހުށަހެޅިނުކުތާ
(ނ) ހަތަރުވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތާއި އިސްތިއުނާފުކުރާ ފަރާތާ ދެމެދު 1
ޖުލައި 2008 ވަނަ ދުވަހު ސޮއިކޮށްފައިވާ އެޑެންޑަމްގެ ދަށުން ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ބިން
އިސްތިއުނާފު ރައްދުވާ ފަރާތާއި ޙަވާލުކޮށްފައިވާއިރު، އެބިން ޙަވާލުނުކުރާ ކަމަށް ޝަރީޢަތުން ނިންމެވި
ނިންމެވުމަކީ، އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށްބުނެ ހުށަހެޅި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2011/HC-A/287
ބ) ފަސްވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިނުވާއިރު، ޤާނޫނު
ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ ޚިލާފަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި
ބުނެފައިވާ ފައިސާގެ ޢަދަދު ނަގާދީފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1476 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
CCCC
އެންޑް
28
ހ) ފުރަތަމަކަމަކީ، ލ.ކައްދޫގައި 200 އެނދުގެ ހޮޓަލެއް އަޅައި، ތަރައްޤީކޮށް، ހިންގުމަށް ލ.އަތޮޅު
ކައްދޫން ބިމެއް ކުއްޔަށް ދިނުމަށްޓަކައި، ގ.އައިމާ އިބްރާހިމް ޢަބްދުލްޢަޒީޒާއި މިނިސްޓްރީ އޮފް ޓުއަރިޒަމް
ސިވިލް އޭވިއޭޝަން އާއި ދެމެދު 14 ޖޫން 2007 ގައި ސޮއިކޮށްފައިވާ "ލީސް އެގްރީމެންޓް" ގެ
ދަށުން އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިދޭ އެންމެހާ ޙައްޤުތައް އދ.ފެން ފުށި/ ފިނިވާގެ ޢަލީ އިބްރާހީމްއަށް
ވިއްކާލުމުގެ ގޮތުން ޢަލީ އިބްރާހީމް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި
ދެމެދު 14 ޖޫން 2007 ވަނަ ދުވަހު "ޑީޑް އޮފް އެސައިންމަންޓް" އެއްގައި ސޮއިކޮށްފައިވާކަން އެނގެން
އޮންނަކަމާއި، މި "ޑީޑް އޮފް އެސައިންމަންޓް" ގެ ދަށުން އިޝާރާތް ކުރެވުނު ލީސް އެގްރީމެންޓުގައި
ގ.އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް ޢަލީ އިބްރާހީމް އަށް ބަދަލުވެގެން
ގޮސްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، ގ.އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް
އޭވިއޭޝަން އާއި ދެމެދު 14 ޖޫން 2007 ގައި ލ.ކައްދޫގައި 200 އެނދުގެ ހޮޓަލެއް އަޅައި،
ތަރައްޤީކޮށް، ހިންގުމަށް ލ.އަތޮޅު ކައްދޫން ބިމެއް ކުއްޔަށް ދިނުމުގެ ގޮތުން "ލީސް އެގްރީމެންޓެއް"
ކުރުމަށްފަހު އިސްވެ އިޝާރާތް ކުރެވެނު "ޑީޑް އޮފް އެސައިންމެންޓް" ދަށުން ގ.އައިމާ އިބްރާހީމް
ޢަބްދުލްޢަޒީޒަށް އެލީސް އެގްރީމެންޓުން ލިބިގެންދިޔަ އެންމެހާ ޙައްޤުތައް ޢަލީ އިބްރާހީމް އަށް
ނަޤުލުވެފައިވަނިކޮށް، ލީސް އެގްރީމެންޓަށް އަށް އިސްލާހެއް ގެނެވި، 01 ޖުލައި 2008 ގައި
ދތ ވ މ ގ 2
3
ބަޔާންކުރެވުނު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
2011/HC-A/287
J
އޮފް ލޭންޑް'
ޢަލީ އިބްރާހީމް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު "އެޑެންޑެމް"
އެއްގައި ސޮއިކޮށްފައިވާކަމާއި، މި "އެޑެންޑަމް" އަކީ "ލީސް އެގްރީމެންޓް" ގެ ދަށުން ދޫކުރެވިފައިވާ "ޕްލޮޓް
އަށް ބަދަލުގެނެސް އެއެގްރީމެންޓަށް އިތުރު މާއްދާއެއްގެ ގޮތުގައި 2 ގެ (B) އިތުރުކުރުމަށް
ވެފައިވާ އެއްބަސްވުމެއްކަން އެނގެން އޮންނަކަމާއި، ލީސް އެގްރީމެންޓަށް އަލަށް އިތުރު ކުރެވުނު
މާއްދާގައި ބަޔާން ކޮށްފައިވަނީ،
ހޮ
“The parties agree to make an amendment to the site plan attached to the
agreement as the seventh Schedule, by shifting the dry land as demarked in
the latter site plan to the effect that the base line demarking the plot of
land should now be shifted so that it shall now start from beyond the
existing road up to the shoreline. The lessee may recalm the lagoon opposite
the allocated dry land so that the total amount of Land allocated is 4.13
hectares. For the avoidance of doubt, reclamation shall be subject to the
approval of the proposal for reclamation submitted to the Lessor by the
Lessee. Upon the approval of the proposal for reclamation it shall be attached
to the agreement as a new Eighth Schedule “
ހދ ރ
99ވ
OXO
މިފަދައިން ކަމާއި، މިމާއްދާއަށް ބަލާއިރު، މި މާއްދާގައި ންކޮށްފައިވާ ގޮތުގެ މަތިން ފަޅު ހިއްކުމުގެ
ހުއްދަ ދެވޭނީ، ކުއްޔަށް ހިފާ ފަރާތުން ފަޅު ހިއްކާނެ ގޮތުގެ ޕްރޮޕޯސަލެއް ހުށަހަޅާ، އެޕްރޮޕޯސަލެއް ފާސްވުމުން
ކަން އެނގޭކަމެވެ.
އެންޑް
(ނ) ތިންވަނަކަމަކީ، 01 ޖުލައި 2008 ގައި ޢަލީ އިބްރާހީމް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް
ސިވިލް އޭވިއޭޝަން އާއި ދެމެދު ސޮއިކުރެވުނު "އެންޑެމް" އިން ލީސް އެގްރީމެންޓަށް އިތުރު
ކުރެވުނު އިސްވެ ބަޔާން
ބަޔާންކުރެވުނު މާއްދާއަށް ޢަލީ އިބްރާހީމް އަށް ޢަމަލުކުރެވެން އަންނަނީ، ބިން ހިއްކާނެ
ގޮތުގެ ޕްލޭނަށް އެއްބަސްވެވިގެން ކަމަށާއި، މިކަން ކުރެވެން އޮތީ އެންވަޔަ
ވަޔަރމެންޓް އިމްޕެކްޓް އެސެސްމެންޓް
ރިޕޯޓެއް ހެދިގެންކަމަށާއި، އެކަން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރއިން
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/287
ބާއްވަދޭން ޖެހޭ "ސްކޯޕިންގ މީޓިންގ" ބާއްވަދޭންޖެހޭކަމަށާއި، މި މީޓިންގ މިނިސްޓްރީ އޮފް ޓުއަރިޒަމް
އާރޓްސް އެންޑް ކަލްޗަރގެ ފަރާތުން ބާއްވަ ނުދިނުމަކީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް
ކަލްޗަރ އިން އެއްބަސްވުމާއި ޚިލާފަށް ކޮށްފައިވާކަމެއްކަމަށް ޢަލީ އިބްރާހީމްގެ ފަރާތުން ބުނެފާވާއިރު،
ސްކޯޕިންގ މީޓިންގ އަކަށް އެދިފައިވާކަން ޢަލީ އިބްރާހީމް އަށް ސިވިލް ކޯޓުގައި ސާބިތުކޮށްދެވިފައި
ނުވާކަމަށާއި، "ސްކޯޕިންގ މީޓިންގ" އަކަށް އެދި "އެންވަޔަރމަންޓް އިމްޕެކްޓް އެސެސްމަންޓް
ރެގިއުލޭޝަން" (އީ.އައި.އޭ ރެގިއުލޭޝަން) ގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއާތުތައް ޢަލީ އިބްރާހީމް
ފުރިހަމަ ކޮށްފައިނުވާކަމަށާއި، އީ.އައި.އޭ ރެގިއުލޭޝަންގެ ދަށުން އެފަދަ "ސްކޯޕިންގ މީޓިންގ" އަކަށް އެދޭ
ފަރާތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރުމުން، "ސްކޯޕިންގ މީޓިންގ" ބާއްވަ ދިނުމަކީ
މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ޒިންމާއެއް ނޫންކަމަށާއި އެއީ މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އެންވަޔަރމަންޓުގެ ޒިންމާއެއްކަމަށް ދައުލަތުގެ ފަރާތުން ފާހަގަކުރައްވާފައިވާކަން އެނގެން
އޮންނަ ކަމެވެ.
ހދ / 07
48 c 0
ޑ ހ 28ދ8
އެއްބަސްފެށް
(ރ) ހަތަރުވަނަކަމަކީ، ޢަލީ އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ބިނާކޮށްފައިވާ
މައިގަނޑު އަސާސަކީ، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ޢަލީ އިބްރާހީމް އާއި
ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކޮންސެޕްޓް ތައްޔާރުކޮށް ހުށަހަޅާ އެންވަޔަރމެންޓް
އެސެސްމަންޓް ހެދުމަށްޓަކައި ބާއްވަންޖެހޭ "ސްކޯޕިންގ މީޓިންގ" ބާއްވަ ދިނުމަށް މިނިސްޓްރީ އޮފް
ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރގައި ބުނެގެންވެސް "ސްކޯޕިންގ މީޓިންގ" ބާއްވާދީފައިނުވުމާއި، އަދި
އެއަށްފަހުވެސް އެތައްފަހަރަކު މުޢާމަލާތްކުރެވި މިމައްސަލަ ޙައްލު ކުރެވިފައިނުވާތީ، މިނިސްޓްރީ އޮފް
ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ކުރަން ޖެހޭ ކަމެއް ކޮށްނުދިނުމުގެ ސަބަބުން
ޢަމަލުކުރުމުގައި ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ ކަންކަން ކޮށްނުދީވާކަމަށް
ވާކަމަށް ބުނެ، ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާއި ބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ޢަލީ އިބްރާހީމް އަށް ލިބިފައިވާ މާލީ ގެއްލުމުގެ
ބަދަލާއި، ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން އެއްބަސްވުމަށް ޢަމަލުކުރުމުގައި
ސަރުކާރުން ކޮށްދޭންޖެހޭ
(ޖެހޭކަންކަން ކޮށްދިނުމުގެ އަމުރެއް މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް
ކަލްޗަރގެ މައްޗަށް ކޮށްދިނުމަށާއި، އަދި މިޙާލަތުގައި ކުއްޔާއި ޖޫރިމަނާގެ ފައިސާއަކީ ޢަލީ އިބްރާހިމްގެ
ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައިދިނުންކަން އަލީ އިބްރާހިމްގެ ފަރާތުން ސިވިލްކޯޓަށް
ހުށަހެޅި ދަޢުވާފޯމާއި ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/1476 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮންނައިރު،
7
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
9
2011/HC-A/287
OCOCOOX
ހު
COOCOOX
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާއި ބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަނީ
"ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއް ކުރުމުން ލިބުނު
ގެއްލުމަކަށް އެޢަމަލު ކުރި މީހަކު ބަދަލު ދޭން ޖެހޭނެއެވެ. މިފަދައިން ކަމާއި މިހެންކަމުން ކޮންޓްރެކްޓާބެހޭ
ޤާނޫނުގެ މާއްދާގެ ދަށުން ބަދަލުނަގައިދިނުމަށް ކަނޑައެޅިފައިވާ ސީދާ ގެއްލުމުގެ ބަދަލާއި، ކޮންޓްރެކްޓާއި
ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ބަދަލު ނަގައި
ދިނުމުގެ ކުރިން ކޮންޓްރެކްޓެއްގެ ބައިވެރިޔަކު ކޮންޓްރެކްޓާއި ޚިލާފަށް ކުރީ ކޮން ޢަމަލެއްކަން އަދި
ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ ކުރިކަމަށް ބުނާ އެޢަމަލަކީ ޙަޤީޤަތުގައިވެސް
ކޮންޓްރެކްޓުގެ ދަށުން އެބައިވެރިއަކަށް ކުރުން ލާޒިމް ޢަމަލެއްކަން ނުވަތަ ނޫންކަން ބަލާ ކަށަވަރު
ކުރަންޖެހޭނެކަމާއި،
ކޮންޓްރެކްޓާއި
ޚިލާފަށް
09
ދީ ތ ގ ޏ ސ ޑ
می پر مسرت م
coccus
މިގޮތުން މިމައްސަލައާއި ގުޅިގެން ދީފައިވާ ބަޔާންތަކާއި ލިޔުންތަކާއި ސިވިލް ކޯޓުގެ ޝަރީޢަތް
ނިންމުމުގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށްބަލާއިރު، މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް
ކަލްޗަރ އިން އެއްބަސްވުމާއި ޚިލާފަށް ކުޑަ ޢަމަލެއްގެ ގޮތުގައި ޢަލީ އިބްރާހިމްގެ ފަރާތުން ފާހަގަކޮށްފައިވަނީ
ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކޮންސެޕްޓް ތައްޔާރުކުރުމަށް ހުށަހަޅަން ބޭނުންވާ
އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު ހެދުމަށްޓަކައި ބާއްވަންޖެހޭ ސްކޯޕިންގ މީޓިންގ ބާއްވަ
ދިނުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރގައި އެދުމުން އެމީޓިންގ ބާއްވަ ނުދިނުންކަން
އެނގޭއިރު، އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު (އީ.އައި.އޭ ރިޕޯޓު) ހެދުމަށްޓަކައި
"ސްކޯޕިންގ މީޓިންގ" އަކީ އެމީޓިންގ ބާއްވަދިނުމަށް ޢަލީ އިބްރާހިމްގެ ފަރާތުން
އެދޭއެދުމެއްނެތި އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން
ކޮށްދިނުން ލާޒިމުކުރާކަމެއްކަން
އެއްބަސްވުމުގެ މާއްދާއަކީ ކޮބައިކަން ޢަލީ އިބްރާހިމްއަށް
ބަޔާންކޮށްދެވިފައިނުވާކަން އެނގެންއޮންނަކަމާއި އަދި މިފަދަ މީޓިންގ އެއް މިނިސްޓްރީ އޮފް ޓުއަރިޒަމް
އާރޓްސް އެންޑް ކަލްޗަރ އިން ބާއްވަދޭންޖެހޭކަމަށް ބަޔާންކުރާ އެއްބަސްވުމުގެ އެއްވެސް މާއްދާއެއް
ފެނަންނެތްކަން އެނގޭއިރު އެއީ ޤާނޫނީ ގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރާއި
މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަންވެސް އެނގެންނެތްކަމާއި، އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމަންޓް
ރިޕޯޓު (އީ.އައި.އޭ) ހެދުމަށްޓަކައި އެއްވެސް ފަރާތަކުން ބޭނުންވެއްޖެނަމަ ކަން ކުރަންޖެހޭ ގޮތްތަކާއި
އިޖުރާއާތުތައް ބަޔާންކޮށްދިނުމަށް އެކުލަވާލެވިފައިވާ "އެންވަޔަރމެންޓް
ރެގިއުލޭޝަން"ގެ ނަމުގައި އޮންނަ ޤަވާޢިދަކަށް 2007 ވަނަ އަހަރުގެ ތެރޭގައި ޢަމަލުކުރަން
ށ =ތ 4
ه0ކށްދާ
COXO
44
a,
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
2011/HC-A/287
ecc
8
- c etc UO
އެއް
4
مع پیکر مر سراسر
އެނގޭއިރު އެޤަވާޢިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން
"އެންވަޔަރމަންޓަލް އިމްޕެކްޓް
އެސެސްމެންޓް" އެއް ހެދުމަށް ބޭނުންވެއްޖެނަމަ، އެކަމަށް އެދި ހުށަހަޅަންޖެހޭނީ ފޯމަކުންކަމަށާއި، އެފޯމާއިއެކު
ޕްރޮޖެކްޓް ބްރީފިންގ އެއް ހުށައަޅަންޖެހޭނެކަމަށާއި މިގޮތުން ހުށަހަޅަންޖެހޭ ފޯމާއި އެކު ޕްރޮޖެކްޓް ބްރީފިންގ
ހުށަހެޅުމުން މަސައްކަތު 5 ދުވަހުގެ ތެރޭގައި "ސްކޯޕިންގ މީޓިންގ" އެއް
އެނގެން އޮތް އިރު، އެންވަޔަރމަންޓަލް އިމްޕެކްޓް އެސެސްމެންޓް" ހެދުމަށްޓަކައި ބާއްވަންޖެހޭ "ސްކޯޕިންގ
މީޓިންގ" ބާއްވަދިނުމަކީ އެކަމަށްއެދޭ ފަރާތަކުން އިޝާރާތްކުރެވުނު ޤަވާޢިދުގައިވާ އިޖުރާއާތުތަކުގައިވާ ގޮތުގެ
މަތިން ހުށަހެޅުމުން ކޮށްދޭންޖެހޭކަމެއްކަން އެނގޭއިރު، މިކަމަކީ މިނިސްޓްރީ އޮފް ހައުސިންގެ އެންޑް
އެންވަޔަރމަންޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއްކަން އެނގެން އޮންނަކަމާއި،
4. 03
މިމައްސަލައާއި ގުޅިގެން ޢަލީ އިބްރާހިމްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ލިޔެކިޔުންތަކާއި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، "އެންވަޔަރމަންޓް އިމްޕެކްޓް އެސެސްމަންޓް ރެގިއުލޭޝަން
(އީ.އައި.އޭ ރެގިއުލޭޝަން) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާއި އެއްގޮތަށް ޢަލީ
އިބްރާހިމްގެ ފަރާތުން "ސްކޯޕިންގ މީޓިންގ" އެއް ބާއްވަދިނުމަށް އެދުނުކަން ސާބިތުކޮށްދެވޭ ފަދަ އެއްވެސް
ހެއްކެއް ހުށަހަޅާފައިވާކަން އެނގެންނެތްއިރު، "ސްކޯޕިންގ މީޓިންގ" އެއް ބާއްވަދިނުމަކީ ޢަލީ އިބްރާހީމް
އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލްއޭވިއޭޝަން އާއިދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން
މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރގެ މައްޗަށް ލާޒިމްކަމެއްކަން އެނގޭ އެއްވެސް
މާއްދާއެއް އެއްބަސްވުމުގައި ހިމެނިފައިނެތުމުންނާއި، އަދި މިކަން އިންތިޒާމުކޮށްދިނުމަކީ ޤާނޫނީ ގޮތުންވެސް
މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއި މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަން އެނގެން
މިމައްސަލައާއި ގުޅިގެން ޢަލީ އިބްރާހިމްގެ ފަރާތުން ޙަވާލާދެމުންދާ "ސްކޯޕިންގ މީޓިންގ"
ނުބޭއްވި ދިއުމަކީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއި ޢަލީ އިބްރާހިމް އާއި ދެމެދު
ވެފައިވާ އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް ކަލްޗަރއިން ކޮށްދޭންޖެހޭ
ނުކޮށްދިނުންކަމުގައި
33 ތ
ނ_2
eނޑު
ދ26
CC Occcc
ޏ ސ ވ މ ·
ބލުނންކަމެވެ.
(ބ) ފަސްވަނަކަމަކީ، ދެފަރާތެއްގެ ދެމެދުގައިވެވިފައިވާ އެއްބަސް
ބަސްވުމަކަށް ބެލުމުން އެއް
އެއްބަސްވުމުގެ
ބައިވެރިންގެ ނިޔަތަކީ އެއްބަސްވުމުގައި ވަކި ކަމެއް ހިމެނުންކަމަށް ބަލަންޖެހޭ ޙާލަތެއް އަތުވެއްޖެނަމަ، މިފަދަ
ޙާލަތްތަކުގައި އެއީ އެއްބަސްވުމުގެ މަޤްސަދުން ދޭހަވާ މާއްދާތަކެއްކަމަށް ބަލައި އެމާއްދާތައް އެއްބަސްވުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/287
44
ތެރެއަށް އެތެރެކުރަންޖެހޭކަމަށާއި، މިގޮތުން މިފަދަ މާއްދާތައް އެތެރެކުރުމުގައި "ބިޒްނަސް އެފިކަސީ"
(މުޢާމަލާތަށް މަގު ފަހިކޮށްދިނުން)ގެ މިންގަނޑަށް ބަލަންޖެހޭކަމަށާއި، މިގޮތުން އެއްބަސްވުމަށް މާއްދާއެއް
އިތުރުކުރެވޭ ޙާލަތުގައި ބަލަންޖެހޭ އެންމެ މުހިއްމު ކަންތައްތަކަކީ އެކަމަކީ އާދަވެފައިވާ ކަމަކަށްވޭތޯ އާއި،
އެކަމަކީ ޔަޤީންކަމެއްތޯއާ
ތޯއާއި، އެކަމަކީ އެކަށީގެންވާ (ރީޒަނަބަލް) ކަމެއްތޯއާއި އެކަމަކީ ޤާނޫނު ހަދާ ފަރާތްތަކުގެ
ނިޔަތާއި ޚިލާފުނޫންކަމެއްތޯ ބެލުންކަމަށާއި، މި ގޮތުން އެއްބަސްވުމުގައި ކަމެއް ކުރުމަށް ސަރީޙަ ބަހުން
ބަޔާންކޮށްފައިނެތް ޙާލަތުގައި ބަލަންޖެހޭނީ މިކަން ޢާއްމުކޮށް ކުރަމުން އަންނަ ގޮތަށްކަމަށާއި މިގޮތުން
އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު ހެދުމަށްޓަކައި ބާއްވަންޖެހޭ "ސްކޯޕިންގ މީޓިންގ"
ބޭއްވުމުގެ އިންތިޒާމް ހަމަޖައްސާދީ އެމީޓިންގ ވިލަރެސް ކުރުމަކީ މީގެ ކުރިންވެސް މިނިސްޓްރީ އޮފް
ޓުއަރިޒަމް އިން ކޮށްދެމުން އަންނަކަމެއްކަން އެމިނިސްޓްރީން ޢަމަލީގޮތުން މިކަން ކުރަމުން އަންނަގޮތަށް
ބެލުމުން އެނގޭކަމަށް ސިވިލްކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ މާއްދާގެ (ބ) ގައި
ފާހަގަކުރައްވާފައި އޮތްނަމަވެސް، ކުރިން ޢަމަލުކުރަމުންދިޔަ ގޮތަކީ ޤާނޫނީ ގޮތުން
ސައްޙަނޫން
މުގައިވާނަމަ އެކަމަކީ އެކަން ތަކުރާރު ކުރަން ޖެހޭ ކަމުގެ މައްޗަށް އޮތް ޤާނޫނީ ޙުއްޖަތެއްކަމުގައި
ނުބެލެވޭނެކަމާއި، އެއްބަސްވުމުގައި ސަރީޙަކޮށް ކަމެއް ބަޔާންކޮށްފައި ނެތް ޙާލަތުގައި އެކަމެއް ކުރަންޖެހޭނީ
ކަމާއިބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެކަމެއްކުރުމަށްޓަކައި ކަނޑައެޅިފައިވާ އިޖުރާއާތުތަކުގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމާއި، އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމަންޓް ހެދުމަށްޓަކައި ބާއްވަންޖެހޭ
"ސްކޯޕިންގ މީޓިންގ" އެއް ބޭއްވޭނީ އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުން ކަން
އީ.އައި.އޭ ރެގިއުލޭޝަންގެ 7 ވަނަ މާއްދާގައި ޞަރީޙަ ބަހުން ބަޔާންކޮށްފައި ވަނިކޮށް އެމާއްދާގައި
ބަޔާންވެގެންވާ އިޖުރާއާތާއި ހުށަހަޅަންޖެހޭ ފޯމާއި ލިޔުންތައް ހުށަހެޅިކަން ޢަލީ އިބްރާހީމް އަށް
ސާބިތުކޮށްދެވިފައިނުވާއިރު، އީ.އައި.އޭ ރެގިއުލޭޝަންގެ 7 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިޖުރާއަތާއި
ޚިލާފު ގޮތަކަށް އެކަމަށް އެދި ހުށަހަޅާ ފޯމެއްނެތި މީގެ ކުރިން މިފަދަ "ސްކޯޕިންގ މީޓިންގެ" އެއް
މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން އިންތިޒާމުކޮށްދީފައިވާކަން އެނގޭ އެއްވެސް
ޢަލީ އިބްރާހީމްގެ
ބްރާހީމްގެ ފަރާތުން ސިވިލްކޯޓަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމެވެ.
1 91 8 ce
ޤަވާ
.eއކ
2
8 ހދ
އައެޤީeށް
25 26
(ޅ) ހަވަނަކަމަކީ، 01 ޖުލައި 2008 ގައި ޢަލީ އިބްރާހިމް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް
ސިވިލްއޭވިއޭޝަން އާއި ދެމެދު ސޮއިކުރެވުނު "އެޑެންޑެމް" އިން ލީސް އެގްރީމެންޓަށް އިތުރު ކުރެވުނު
ޝާރާތްކުރެވުނު މާއްދާއަށް ބަލާއިރު، އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަޅު ހިއްކުމުގެ
އިސްވެ އި
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
(ވެހިރާއްޖެ
12
2011/HC-A/287
ހުއްދަ ދެވޭނީ، ކުއްޔަށް ހިފާ ފަރާތުން ފަޅު ހިއްކާނެ ގޮތުގެ ޕްރޮޕޯސަލެއް ހުށަހަޅާ، އެޕްރޮޕޯސަލެއް
ފާސްވުމުން ކަން އެނގެން އޮންނަކަމާއި، ފަޅުހިއްކާނެ ޕްރޮޕޯސަލްއެއް ހުށަހަޅާ އެޕްރޮޕޯސަލްއަށް ހުއްދައެއް
ހޯދުމަކީ ޢަލީ އިބްރާހީމްގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާއެއްކަން އެނގެން އޮންނަކަމާއި، މިފަދަ ޕްރޮޕޯސަލް
އެއް ހުށަހަޅާފައިނުވާކަން އަލީ އިބްރާހީމް ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތް އިރު، މިފަދަ
ޕްރޮޕޯސަލްއެއް ހުށަނޭޅުނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން އަދާކުރަންޖެހޭ
ޒިންމާއެއް އަދާނުކުރުމުންކަމަށް ޢަލީ އިބްރާހީމް ބުނާބުނުން އިސްވެ ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް
ބެލުމުން ސާބިތުވާން ނެތުމުން، އެއްބަސްވުމަށް ގެނެވުނު އިސްލާޙުގައި ބިމަށް ގެނެވުނު ބަދަލާއިއެކު ޢަލީ
އިބްރާހީމަށް މިއެއްބަސްވުމުގައި ހިމެނޭ ތަނުން މަންފާ ލިބިގަނެ، އާމްދަނީ ލިބުމުގެ ފުރުޞަތު ގެއްލިފައި ވަނީ
އެގްރީމެންޓްގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ކޮށްދޭންޖެހޭ
ކަމެއް
ނުކޮށްދިނުމުގެ ސަބަބުންކަން ޝަރީޢަތަށް ސާބިތުވާން ނެތްކަން އެނގޭކަމެވެ.
ucou ox
cccc
(އ) ހަތްވަނަކަމަކީ، ޤަވާޢިދެއްގެ ދަށުން ކަނޑައެޅިގެން ދައުލަތުގެ ވަކި މުއައްސަސާއަކާއި
ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތެއްގެ ދަށުން އަދާކުރަން ޖެހޭ ޒިންމާއެއް އެއީ އެހެން މުއައްސަސާއެއްގެ
މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތައް ތަންދޭ ކަމެއް
ނޫންކަމާއި، އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ހެދުމަށްޓަކައި ބާއްވަންޖެހޭ "ސްކޯޕިންގ
މީޓިންގ" ބާއްވަދިނުމަކީ އީ.އައި.އޭ ރެގިއުލޭޝަންގެ ދަށުން އެކަމަށް އެދޭ ފަރާތަކުން ފުރިހަމަ ކުރަންޖެހޭ
އިޖުރާއާތުތައް ފުރިހަމަކުރުމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރމަންޓުން އަދާކުރަންޖެހޭ
ޒިންމާއެއްކަން އެ ރެގިއުލޭޝަން އަށް ބެލުމުން އެނގެން އޮންނައިރު، އެންވަޔަރމެންޓް އިމްޕެކްޓް
އެސެސްމަންޓް ރިޕޯޓު ހެދުމަށްޓަކައި އެކަމާއިބެހޭ ގޮތުން ބާއްވާ ޖަލްސާ (ސްކޯޕިންގ މީޓިންގ) ބޭއްވުމުގެ
އިންތިޒާމަކީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ކޮށްދޭންޖެހޭނެ ކަމެއްކަމަށް
ކަނޑައެޅޭނެ ހަމައެއްނުވާކަން އެނގޭކަމެވެ.
CUCOU OX
4
(ވ) ނުވަވަނަކަމަކީ، ކުއްޔަށް ގެންދާ ތަކެތީގެ ކުއްޔާގުޅޭ މައްސަލަތަކުގައި ފިޔަވައި އެހެނިހެން
މައްސަލަތަކުގައި ޤާނޫނީ ވަކީލުންގެ ފީ މައްސަލައިގައި ހިމެނޭ އަނެއް ޙަސްމުންގެ އަތުން ނަގައިދިނުމާއިބެހޭ
ގޮތުން މިހާތަނަށް އެކުލަވާލެވިފައިވާ ޤާނޫނެއް ނުވަތަ ޤަވާއިދެއް ނެތް ހިނދު، މައްސަލާގައި ހިމެޓޭޓްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/287
ދެޚަޞްމުންގެ ފަރާތުން މިފަދަ ޚަރަދުތަކާއި ގުޅޭ ގޮތުން ކުރިން ވަކިގޮތަކަށް އެއްބަސްވެފައިނުވާނަމަ، ޤާނޫނީ
ވަކީލުގެ ފީ އަކީ މައްސަލާގައި ހިމެނޭ އަނެއް ޚަސްމުގެ އަތުން ނަގައިދެވިދާނެ ފީ އެއް ނޫންކަމަށް މީގެ
ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މިކޯޓުގެ ނަންބަރު 348/HC
-
A/2009 ޤަޟިއްޔާއިން
ކަނޑައަޅާފައިވާ އުސޫލަށް ތާއީދުކުރެވޭ ކަމާއި، ޢަލީ އިބްރާހީމް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދެމެދު
އެއްބަސްވުން އެކުލަވާލެވުނު އިރު މިފަދަ ޚަރަދުތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ކަނޑައަޅާފައިވާކަން
އެނގެން ނެތް ހިނދު، މި އެއްބަސްވުމާއި ގުޅޭ މައްސަލަ ހުށަހެޅުމަށް ޢަލީ އިބްރާހީމް ގެ ފަރާތުން ޤާނޫނީ
އަށް ކުރި ޚަރަދަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަން އެނގޭކަމެވެ.
ced
ވަކީލުގެ ފީ
ވީމާ، އިސްވެފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ލ.ކައްދޫގައި 200 އެނދުގެ
ހޮޓަލެއް އެޅުމަށްޓަކައި ކ.އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް
އޭވިއޭޝަން (މިހާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ) އާއި ދެމެދު 14 ޖޫން
2007 ގައި ސޮއިކުރެވިފައިވާ ލީސް އެގްރީމެންޓްގެ ދަށުން އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިފައިވާ އެންމެހާ
ޙައްޤުތަކެއް 14 ޖޫން 2007 ވަނަ ދުވަހު އދ.ފެންފުށީ ފިނިވާގެ ޢަލީ އިބްރާހީމަށް ވިއްކާލުމާއި ގުޅިގެން
އެއްބަސްވުން އެސައިން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންއާއި
ދަޢުވާކުރާ ޢަލީ އިބްރާހީމްއާއި ދެމެދު 01 ޖުލައި 2008 ގައި ސޮއި ކުރެވިފައިވާ ޑީޑް އޮފް
އެސައިމަންޓް ގެދަށުން ބަޔާންވެ ދިޔަ ލީސް އެގްރީމެންޓްގައި ގ.އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒަށް
ލިބިދީފައިވާ ހުރިހާ ޙައްޤުތައް ޢަލީ އިބްރާހީމަށް ލިބިދިނުމަށްފަހު، ބަޔާންވެދިޔަ ލީސް އެގްރީމެންޓަށް
އިޞްލާޙެއް ގެނައުމުގެ ގޮތުން ދަޢުވާކުރާ ޢަލީ އިބްރާހީމާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް
އޭވިއޭޝަން އާއި ދެމެދު ސޮއިކުރެވުނު "އެޑެންޑަމުން އެއްބަސްވުމަށް އިސްލާހެއް ގެނެވުމަށްފަހު،
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ޢަލީ
އިބްރާހީމް ބުނާ ބުނުން ޝަރީޢަތަށް ސާބިތުވާންނެތުމު
ބިތުވާންނެތުމުން، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓްއާއި ބެހޭ
t I
OOOO
28
doc
ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ނ) ގެ (1,2) ގައިވާ ފަދަ ބަދަލެއް ޢަލީ އިބްރާހީމް އަށް
ނަގައިދެވޭނެތަނެއްނެތްކަމާއި، މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން
ޖެހުމުގެ ސަބަބުން ވަކީލު ފީގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީވެސް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިޒާއްޖެ
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/287
ނަގައިދެވެންނެތް ފައިސާއެއްކަމާއި، އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް ހެދުމަށްޓަކައި
އެކަމާބެހޭ ގޮތުން ބާއްވާ "ސްކޯޕިންގ މީޓިންގ" ބޭއްވޭނެ އިންތިޒާމް ހަމަޖައްސާދިނުމަކީ މިނިސްޓްރީ އޮފް
ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން އުފުލަންޖެހޭ ޒިންމާއެއް ނޫންކަން އެނގޭ ހިނދު، އެފަދަ
މީޓިންގ އެއް ބޭއްވުމަށް
ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ކަލްޗަރ ގެ މައްޗަށް އަމުރުކުރަން ޖެހޭނެ
ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/1476 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ބާޠިލުކުރަންޖެހޭ ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވެއެވެ.
4
ޙުކުމް:
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ސިވިލްކޯޓުގެ ނަންބަރު
2010/Cv-C/1476 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv