ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/257 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/257
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
C
ހިރާއްޖޭގެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 257/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑް
* ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ އ.ގ. ހުސައިން ނާޝިދު
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުހައްމަދު ނިޔާޒް
* ދާއިމީ އެޑްރެސް: ގްރިންގެ/ ގދ. ގައްދޫ
* އައި.ޑީ.ކާޑް ނަންބަރ: A101616
މިހާރުގެ އެޑްރެސް: މއ. ސެލީޓާ
ވަކީލު: އޗ.އާދަމް އާޞިފް ތުނޑި.ވުޑްލޭންޑް ލ.ގަން
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 ޝައްވާލް 1433
01 ސެޕްޓެމްބަރ2012
ނިމުނު ތާރީޚް:25 ޝައްވާލް 1433
12 ސެޕްޓެމްބަރ 2012
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2012
/
7331/J
(
MD-145
ނިންމިކޯޓް: ކްރިމިނަލް ކޯޓު
އަމުރުގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް: 28 އޯގަސްޓް 2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން،ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2012/HC-A/257
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދައުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7331(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު ކުރުމަށް
އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާފަރާތަކީ ގދ. ގައްދޫ | ގްރިންގެ މުޙައްމަދު ނިޔާޒު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A101616) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1- ކްރިމިނަލްކޯޓުގެ ނަންބަރު 2012/7331(J(MD-145 ކޯޓުއަމުރަކީ މުޙައްމަދު ނިޔާޒުގެ
މައްޗަށް ތުޙުމަތު ކުރެވިފައިވާ ޖަމާޢަތް ހަދައިގެން ބިރުދެއްކުމަށް ފަހު ފޭރުމުގެ މައްސަލައިގައި، އޭނާ
އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ޝަރުޠުކޮށް، 28 އޮގަސްޓް 2012 ވަނަ ދުވަހުގެ
19:55 ގައި މުޙައްމަދު ނިޔާޒު ބަންދުން ދޫކޮށްލުމަށް ކުރައްވާފައިވާ އަމުރެއްކަން އެއަމުރުން
އެނގެން އޮވެއެވެ.
2- ކްރިމިނަލްކޯޓުގެ ނަންބަރު 2012/7331(J/MD-145 ކޯޓުއަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން 01 (އެކެއް) ނުކުތާއެއް ހުށައަޅާ އެނުކުތާ އާ
ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ އިސްވެ ދެންނެވުނު އަމުރުގައި މުޙައްމަދު ނިޔާޒުގެ މައްޗަށް
ތުޙުމަތު ކުރެވިފައިވާ ޖަމާޢައް ހަދައިގެން ބިރުދެއްކުމަށްފަހު ފޭރުމުގެ މައްސަލައިގައި އިތުރަށް
ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ފާހަގަކުރައްވައި، މުޙައްމަދު ނިޔާޒު ބަންދުން ދޫކޮށްލުމަށް 28
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{012/HC-A/257
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އޯގަސްޓް 2012 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ ޤާނޫނު އަސާސީގެ 49 ވަނަ
މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައި ކުށްކުރަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު
ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތް ނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ
3. ކްރިމިނަލްކޯޓުގެ ނަންބަރު 2012/7331(J
(
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤު ކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫން ކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށް ވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި " ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު " ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުން ކުރެ ސަބަބެއް އޮތްތޯ ކަމާއި، އެއިން ސަބަބެއް
އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރުލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ
48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
440 4
05
0
(ށ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި " ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު"
ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2012/HC-A/257
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް، ނުވަތަ
ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެ ކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި
ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިވެގެންވާކަން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކު ކުރެވޭ ކުށުގެ ނުރައްކާތެރި ކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަ ބޮޑު މިނަކީ ކޮބައި
ކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކު ކުރެވޭ މީހާ ފިލައި
ބިރު އޮތީ ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާ ކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު
ސްޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަމެވެ.
ހ 0
2
492
ރއސ 329
ހ ށ 30 ފ 0
2
4 އ ހވ
و مرا ترک مراسم
44
0)
IF
(ނ) ތިންވަނަ ކަމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރަމުންދާ ތަޙްޤީޤައް
ނިންމުމަށްފަހު އެމައްސަލައެއްގައި ހިމެނޭ ފަރާތެއް ބަންދުގައި ބެހެއްޓުމާމެދު ޝަރީޢަތުން ޢަމަލުކުރާނެ
ގޮތް ބަޔާންކޮށްފައިވަނީ " ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 12 ވަނަ މާއްދާގެ (ހ) ގައި ކަމާއި،
މިގޮތުން ބަލާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ނިންމުމުގެ ޤަވާޢިދު ގެ 12 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވަނީ، މައްސަލައިގެ ތަޙްޤީޤު ނިމުމުން، ޝަރީޢަތުން މައްސަލަ ނިންމެންދެން އެމީހަކު
ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓޭނީ އެމީހެއްގެ މައްޗަށް ދަޢުވާ އުފުލޭވަރަށް ހެއްކާއި ޤަރީނާ
ހުރުމާއެކު، އެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބު
0 **
کر مرمر
ހ( 20
4
ބނނވރކ
ސަބަބެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2012/HC-A/257
* އ ހ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އޮތްނަމަ ކަމާއި، އެއިން ސަބަބެއް ނެތްކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ އެޤަވާޢިދުގެ 8 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން އެމީހަކު ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށް ކަމާއި،
" ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހެއްގެ ބަންދުގެ
މުއްދަތު އިތުރުކުރުމުގައި އެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ
ސަބަބެއް އޮތްތޯ ފަނޑިޔާރު ބަލަންޖެހޭއިރު، އަދި އިސްވެދެންނެވިފައިވާ ފަދައިން، އެމާއްދާގައި
ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ
ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ
މާއްދާއަށް ބެލުމުން އެނގެން އޮންނައިރު، މިފަދަ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް
ހުށަހެޅޭއިރު އެމައްސަލައަކާ ގުޅިގެން ހުށަހެޅޭ ހެއްކާއި ޤަރީނާތައް ބަލައި ވަޒަންކުރެއްވުމަށްފަހު
އެމައްސަލައެއް ބައްލަވާ ފަނޑިޔާރަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އިންނާއި 49
ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، އެމީހަކު ބަންދުގައި ބަހައްޓަން ޖެހޭކަމަށް
ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގައާއި
" ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު " ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްކަމާމެދު ނުވަތަ ނެތްކަމާމެދު އެފަނޑިޔާރަކު ނިންމަވާ
ނިންމެވުމަކީ، އެނިންމެވުމެއް އެފަނޑިޔާރަކު ނިންމަވާފައިވަނީ އެފަނޑިޔާރަށް ލިބިފައިވާ،
އިސްވެދެންވިފައިވާ ބާރާއި އިޚްތިޔާރުގެ ބޭރުންކަމަށް، އެމައްސަލައެއް އިސްތިއުނާފުކުރާ ފަރާތަކުން
ސާބިތުކޮށް ނުދެވޭހާ ހިނދަކު، އިސްތިއުނާފް ކޯޓަކުން ބަދަލު ގެނެވޭނޭ ނިންމުމެއްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެއްވެސް ފަނޑިޔާރަކަށް
ޤަބޫލުނުކުރެވޭ ކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ކޯޓުއަމުރަށް ބަލާއިރު، އެއަމުރު
ރައްދުވާ މުޙައްމަދު ނިޔާޒު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގައި އެމައްސަލަ ބެއްލެވި ޤާޟީ
ނިންމަވާފައިވަނީ، މުޙައްމަދު ނިޔާޒު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް ނުވަތަ ޙާލަތެޕޯރއްޖޭގެ ހި2
02
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{012/HC-A/257
05e2
Oxuc
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އޮތްކަމަށް ފެނިވަޑައިނުގަންނަވާތީކަން އެނގޭކަމާއި، އަދި މިގޮތަށް ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި، " ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު " ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި
ބެހެއްޓުމާމެދު ކަނޑައެޅިފައިވާ އުޞޫލަށް ރިޢާޔަށް ނުކުރައްވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނި ނަމަވެސް، މުޙައްމަދު ނިޔާޒުގެ
ބަންދުގެ މުއްދަތު އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް
ހުށަހަޅާފައިވާ އެސަރވިސްގެ ނަންބަރު 077584/MF " ބަންދުގެ މުއްދަތު އިތުރު ކުރުމަށް
ހުށަހަޅާ ފޯމް" ގައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާއި، އޭނާއާ އިދިކޮޅަށް ލިބިފައިވާ
ހެއްކާއި، އޭނާ ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ސަބަބު ވަރަށް ތަފްސީލުކޮށް ލިޔެފައި އޮތް ހިނދު،
އަދި މިކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ކްރިމިނަލް ކޯޓަށް ހާޒިރުވީ އޮފިސަރަށް ލިބިދީފައިވާއިރު، ކްރިމިނަލް ކޯޓުން މިއަމުރު ނެރުއްވުމުގައި
ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސްޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި
ބަޔާންކުރައްވާފައިވާ، އިސްވެދެންނެވިފައިވާ ކަންކަން، މިއަމުރު ނެރުއްވިއިރު ވަޒަންކުރައްވާފައި
ނުވާކަމަށް ޝަރީޢަތުން ބަލަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް ހުށަހެޅިފައިނުވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކޯޓުއަމުރަށް ބަލާއިރު، އެއަމުރުގެ
ދަށުން މުޙައްމަދު ނިޔާޒް ދޫކޮށްލާފައިވަނީ ޝަރުޠުތަކެއް ކޮށްފައިކަން އެނގޭކަމާއި، މިގޮތުން،
މުޙައްމަދު ނިޔާޒް ދޫކޮށްލާފައިވަނީ 2 (ދޭއް) ޝަރުތެއް ކުރެއްވުމަށްފަހުގައިކަމާއި އެއީ،
"ރޭގަނޑު 09:00 ން ހެނދުނު 08:00 އާއި ދެމެދު ގެއިން ބޭރަށް ނުނިކުތުން"، އާއި
"ހެކިބަސްދޭން އެއްވެސް
އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވުމަށް
މަސައްކަ
އެޤަވާޢިދުގައިވާ ގޮތުގެމަތިން މީހަކު ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު އަމުރުނެރޭއިރު
ޝަރުތުތަކާއެކު އެމީހަކު ދޫކޮށްލުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމަށް "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު"
ގެ 9 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުގެމަތިން ފަނޑިޔާރަށް ކުރެވިދާނެ 4
(ހަތަރެއް) ޝަރުތެއް އެއަކުރުގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން ޝަރުތުކުރުމުގައި އެއަކުރުގައި
07
04 0
މީހަކަށް
11 09 9»
ކަމާއި
0)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2{12/HC-A/257
ތު
ހ 2
0 ހ
ބަޔާންކށފައވެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޝަރުޠުތަކުގެ ތެރެއިން ޝަރުތެއް ނުވަތަ ޝަރުޠުތަކެއް ކުރުމުގެ ރުވެސް
ފަނޑިޔާރަށް ލިބިގެންވާކަމާއި، އެއަކުރުގައި ބަޔާންކޮށްފައިވާ 4 (ހަތަރެއް) ޝަރުޠަކީ:
1. ރަށުން ބޭރަށް ފުރައިގެން ނުދިޔުން: އާއި
ހ. ރަށުގެ ވަކި ސަރަޙައްދަކަށް ނުދިޔުން: އާއި
3. ކަނޑައެޅޭ ވަކި ދުވަސްތަކެއްގެ ވަކި ގަޑިއެގައި ވަކި ތަނަކަށް ޙާޟިރުވެ ސޮއިކުރުން؛
އާއި
4. އުޅޭ އެ
އުޅޭ އެޑްރެހާއި ފޯނު
ފޯނުނަންބަރު ބަi
ބަދަލުވެއްޖެނަމަ .ނޑައެޅޭ ވަކި އިދާރާއަކަށް އެންގުން
ONO
އިސްވެދެންނެވިފައިވާ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) ފަރުމާކުރެވިފައިވާ
ގޮތުން، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައިވާ ގޮތުގެމަތިން މީހަކު ބަންދުން ދޫކޮށްލުމަށް އަމުރުކުރުމުގައި،
އެއަކުރުގެ ދަށުން ޝަރުތެއް ނުވަތަ ޝަރުޠުތަކެއް ކުރުމަށްފަހު ދޫކޮށްލާނަމަ ފަނޑިޔާރަށް ކުރެވޭނީ
އެއަކުރުގައި ބަޔާންކޮށްފައިވާ 4 (ހަތަރެއް) ޝަރުޠުގެ ތެރޭގައި ހިމެނޭ ޝަރުތެއް ނުވަތަ ޝަރުޠުތަކެއް
ކަމާއި، އަދި މިގޮތުގެމަތިން ޝަރުތު ކަނޑައެޅުމުގައި، ޢާންމު އުސޫލެއްގެ ގޮތުން، އެ 4 (ހަތަރެއް)
ޝަރުޠުގެ ތެރެއަށް ފެތޭ ކޮންމެ ޝަރުތެއް ކުރުމުގެ ބާރު ފަނޑިޔާރަށް ލިބިފައިވާކަމާއި،
މިގޮތުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި މުޙައްމަދު ނިޔާޒް ދޫކޮށްލުމުގައި
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރައްވާފައިވާ ޝަރުޠުތަކަށް ބަލާއިރު، އެއިގެތެރެއިން ފުރަތަމަ
ޝަރުޠަކީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާ
ޝަރުޠުގެ ތެރެއަށް ފެތޭ ޝަރުތެއްކަމާއި، މުޙައްމަދު ނިޔާޒްގެ މައްޗަށް ކޮށްފައިވާ ދެވަނަ ޝަރުޠަކީ
ކަނޑައެޅިގެން "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު "
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ޝަރުޠުތަކުންކުރެ އެއްވެސް ޝަރުތެއްގެ ތެރެއަށް ފެތޭ ޝަރުތެއް ނޫންކަމަށްވީނަމަވެސް، ހެކި
ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރުމަކީ އެމީހަކު
ބަންދުގައި ބަހައްޓަންޖެހޭކަމަށް ޤާނޫނުއަސާސީ ގެ 49 ވަނަ މާއްދާއާއި
4 0421
"ساسور
مرسی مرگ می
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471"
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2{012/HC-A/257
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
7 ވަނަ މާއްދާގެ (ހ) ގައިވެސް ބަޔާންކޮށްފައިވާ ޙާލަތެއްކަމުން، އެފަދަ ޝަރުތެއް ކުރުމަކީ އެކަމުގެ
ސަބަބުން އެމީހަކު ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭފަދަ ސަބަބެއް ނެތްކަމަށް ފަނޑިޔާރަށް ފެންނަ
ޙާލަތުތަކުގައި ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމާ ނިންމުމުގެ
ޞައްޙަކަން ގެއްލިގެންދާނޭ ސަބަބެއް ނޫންކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/7331(J
(
MD-145 ކޯޓުއަމުރަކީ ބަދަލުގެންނަންޖެހޭ އަމުރެއްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުފެނުނެވެ.
/
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7331(J
/
MD-145 ކޯޓުއަމުރަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއްވިއަސް ނެތްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/7331(JMD-145 ކޯޓުއަމުރަށް ތާއީދުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv