ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/198 ޤަޟިއްޔާގެ ޙުކުމް
1
2006/HC-A/198
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
من الترانزيم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 198/HC-A/2006
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ ވަޙީދު ޢަބްދުއްރައްޒާޤް
ކާޑު ނަންބަރ: 058970
A
* ދާއިމީ އެޑްރެސް: ފިނިފެންމާގެރ.ކަނދޮޅުދޫ
މިހާރުގެ އެޑްރެސް:
އައިޑީ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
* އައިޑީކާޑް ނަންބަރު.
*
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ކުރެވުނުތާރީޚް: 24 ރަމަޟާން 1427
17 އޮކްޓޫބަރ 2006
ނިމުނު ތާރީޚް: 30 ޞަފަރު 1430
14 ފެބްރުއަރީ 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2006/MC/795 * ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ހުށަހެޅުނުތާރީޚް: 2006-05-10
ނިމުނު ތާރީޚް: 2006-07-04
*
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2
2006/HC-A/198
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މަދަނީކޯޓުގެ ކޯޓުގެ ނަންބަރު 2006/MC/795 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ގ.ވަށްފުށި، ޢަލީ ވަޙީދު ޢަބްދުއްރައްޒާޤް (އ.ކަނދޮޅުކުރި) ހުށަހަޅާފައިވެއެވެ.
795/MC/2006
Ouo
0
COCO CLOX
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީކޯޓުގެ ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ރިޕޯރޓަށާއި
އިސްތިއުނާފުކުރުމަށް ޢަލީ ވަޙީދު ޢަބްދުއްރައްޒާޤްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، ދަޢުވާ
ރައްދުވާ ފަރާތުން ދެއްކި ވާހަކައަށާއި، މަސްއަލައާއި ގުޅުންހުރި ލިޔުންތަކުގެމައްޗަށް ބަލާއިރު
އަންނަނިވިކަންތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ޢަލީ ވަޙީދު ޢަބްދުއްރައްޒާޤްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް އާއި ދެމެދު
ގެދޮރު އެޅުމާއިބެހޭތަކެތި ކްރެޑިޓަށް ދޫކުރުމާއިބެހޭގޮތުން 18 ސެޕްޓެމްބަރ 2000 ގައި އެގްރިމެންޓެއް
ކުރެވިފައިވާކަމާއި، މިއެގްރިމެންޓްގެ ދަށުން ޢަލީ ވަޙީދު ޢަބްދުއްރައްޒާޤްއަށް މުދާދޫކުރެވިފައިވާކަމާއި،
އެމުދަލުގެ އަގަށް ދައްކަންޖެހޭ ފައިސާގެ މިންވަރެއް ޢަލީ ވަޙީދު ޢަބްދުއްރައްޒާޤްއަށް ކަނޑައެޅިގެން
ނޭނގޭކަމަށާއި، ކޮންމެވެސްވަރެއްގެ ފައިސާއެއް ޢަލީ ވަޙީދު ޢަބްދުއްރައްޒާޤް ދައްކަންއޮތްކަމަށް ޤަބޫލު
ކުރާކަމަށް ބުނެފައިވާކަން.
(ށ) ޢަލީ ވަޙީދު ޢަބްދުއްރައްޒާޤް އެސް.ޓީ.އޯ އަށް ދައްކަންޖެހޭ ޢަދަދު ސާފުކޮށް ބެލުމަށް
ފުރުޞަތަކަށް އެދުމުން ތިންފަހަރެއްގެމަތިން އެފުރުޞަތު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުން
ދެވިފައިވާއިރު މިހާތަނަށް އެފަދަ ތަފްޞީލެއް ހުށަހަޅާފައިނުވާކަން
(ނ) މަދަނީކޯޓުގެ ކޯޓުގެ ނަންބަރު 2006/MC/795 ޤަޟިއްޔާ ނިންމެވުމުގައި ޢަލީ ވަޙީދު
ޢަބްދުއްރައްޒާޤްގެ ބަހެއް ލިބޭގޮތްވެފައިނުވަނީ ޢަލީ ވަޙީދު ޢަބްދުއްރައްޒާޤް ކޯޓަށް ޙާޟިރުނުވުމުގެ
ސަބަބުންކަން އެނގެންއޮންނަކަން.
(ރ) މަދަނީކޯޓުގެ ކޯޓުގެ ނަންބަރު
ނަންބަރު 2006/MC/795 ޤަޟިއްޔާ ޢަލީ ވަޙީދު
ޢަބްދުއްރައްޒާޤްގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެއްވިއިރު އެސްޓީއޯގެ ދަޢުވާ ޘާބިތުވާކަމަށް
ނިންމަވާފައިވަނީ ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށްކަމަށް ބަޔާންކޮށްފައިވާއިރު، އެރިޕޯރޓްގައި
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2006/HC-A/198
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
06
· 2
މ 04 ހ 0
ހުށަހެޅިފައިވާ ލިޔުންތަކުގެގޮތުގައި ލިޔެފައިވަނީ ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރިމެންޓާއި،
އައުޓްސްޓޭންޑިންގ ބިލުތައްކަމުގައިއޮތްއިރު، އެބުނާ ބިލުތަކެއް އެރިޕޯރޓްގައި ހިމެނިފައިނުވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓަށް އެސް.ޓީ.އޯގެ ފަރާތުން ހުށަހެޅި ބިލުތަކަކީ 28/11/2007 ގައި ތައްޔާރު
ކޮށްފައިވާ ބިލުތަކެއްކަން އެނގެންއޮތުމުން މިބިލުތަކަކީ އެމަސްއަލަ ނިމުނުފަހުން ތައްޔާރުކޮށްފައިވާ
ތަކެއްކަން އެނގެންއޮންނަކަން.
(ބ) ޢަލީ ވަޙީދު ޢަބްދުއްރައްޒާޤްއާއި އެސް.ޓީ.އޯ ޕަބްލިކް އާއި ދެމެދު 18 ސެޕްޓެމްބަރ
2000 ގައި ކުރެވިފައިވާ ގެދޮރުއެޅުމާއިބެހޭތަކެތި ކްރެޑިޓަށް ދޫކުރުމާއިބެހޭ އެގްރިމެންޓްގެ ދަށުން
މުޢާމަލާތް ހިނގާފައިވާކަން އެނގެންއޮތްކަމުގައިވިޔަސް އަދި ކްރެޑިޓަށް މުދާދޫކުރެވުނުކަމުގައިވިޔަސް،
އެމުދަލާއި ޙަވާލުވިފަރާތަކާއި، މުދާ ސީދާ ދޫކުރިފަރާތެއް އަދި މުދާ ޙަވާލުކުރި ސްލީޕް ނަންބަރެއް
ވިޔަސް އެނގެން ނެތްކަމާއި، ޝަރީޢަތަށް އެސް.ޓީ.އޯގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމުގައި ހުރި
މަޢުލޫމާތު ފުރިހަމަވެފައިނުވާހިނދު، އެލިޔުމަކީ ޝަރުޢީ ހަމަތަކުގެމަތިން މީހެއްގެ މައްޗަށް ކަމެއް
ޘާބިތުކުރަން ނުވަތަ އިލްޒާމެއް ކަނޑައެޅުމަށްއޮތް ހެއްކެއްކަމަށް ނުބެލެވޭކަން.
(ޅ) އިސްވެ ބަޔާންކުރެވުނުގޮތުގެމަތިން އެކަންކަންހުރުމުން، މަދަނީކޯޓުގެ ކޯޓުގެ ނަންބަރު
2006/MC/795 ޤަޟިއްޔާ އެކޯޓުން ބައްލަވައި ޙުކުމްކުރެއްވުމުގައި ޝަރުޢީހަމަތަކުގެމަތިން ކަމެއް
ޘާބިތުކުރުމަށް ޝަރުޢުގައި ހަމަޖެހިފައިވާ އުޞޫލަށް ފުރިހަމައަށް ރިޢާޔަތްކުރެވިފައިވާކަމަށް މިމަސްއަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭކަން.
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
4
2006/HC-A/198
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
02
ވީމާ، މަދަނީކޯޓުގެ ކޯޓުގެ ނަންބަރު 2006/MC/795 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް މިމަސްއަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤްވެވުނުހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް
އަލުން އެމަސްއަލަ ދަށުކޯޓަށް ހުށަހަޅައިފިނަމަ ޝަރުޢީހަމަތަކުގެމަތިން ބެލުމަށް އަންގާ ޙުކުމް
ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
.ޕީ
ޙަމީދު
އަޙްމަދު ޝަރީފު ޢަލީ
ފަނޑިޔާރު
އާދަމް މުޙައްމަދު ޢަބްދު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ
ސާކާޓް
ދިވެހިންޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv