ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/141 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/141
سامنا مریم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤުވެހިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 141/HC
-
A/2007
ދަޢުވާކުރާ ފަރާތް:
• ނަން: ޙަސަން އާދަމް
އައި.ޑީ.ކާޑް ނަންބަރ: A066655
ދާއިމީ އެޑްރެސް: ގ. ފެމޯރާގެ
* މިހާރުގެ
އެޑްރެސް: ގ. ފެމޯރާގެ
1
ދަޢުވާލިބުނު ފަރާތް:
ނަން: ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑގެ ފަރާތުން މުޙައްމަދު ރިޔާޒު
އައި.ޑީ.ކާޑް ނަންބަރު: A023333 ދާއިމީ އެޑްރެސް: މއ. ޑޭޒީވިލާ
މިހާރުގެ އެޑްރެސް: މއ. ޑޭޒީވިލާ
*
* ނިމުނު ތާރީޚް: 05 ރަބީޢުލްއާޚިރު 1431
ހުށަހެޅި ތާރީޚް: 08 ރަޖަބު 1431
22 ޖުލައި 2007
21
2010
• އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2006/MC/654
• ނިންމެވި ފަރާތް: މަދަނީކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
• ހުށަހެޅި ތާރީޚް: 11.04.2006
ނިމުނު ތާރީޚް: 02.05.2007
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/141
މިއީ، މަދަނީކޯޓުގެ ނަންބަރ 2006/MC/654 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ފެމޯރާގެ ޙަސަން އާދަމްގެ ފަރާތުން ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
141/HC
-
A/2007 ޤަޟިއްޔާއެވެ.
ޙަސަން އާދަމްގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ލައިކޯ
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑ އެވެ.
ފާހަގަކުރެވުނު ނުކުތާ
cu o
މަދަނީކޯޓުގެ ނަންބަރު 2006/MC/654 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި އިސްތިއުނާފު ކުރުމަށް
ޙަސަން އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ބެހޭގޮތުން ދެފަރާތުން ދެއްކި
ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ގ. ފިމޯރާގެ ޙަސަން އާދަމް އާއި ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި
ދެމެދު 11 އެޕްރީލް 2005 ގައި ސޮއިކުރެވި ދެފަރާތުން އެއްބަސްވެފައިވާ އެގްރިމެންޓުގެ ދަށުން
ގ. ހެރިޓޭޖްގައި 4 ބުރި ޢިމާރާތުގެ ފައުންޑޭޝަން އެޅުމާއި ގްރައުންޑް ފްލޯއާއި ފުރަތަމަ ޝީޓް
އެޅުމުގެ މަސައްކަތް -/227700 (ދެލައްކަ ހަތާވީސްހާސް ހަތްސަތޭކަ) ރުފިޔާގެ އަގަށް ކުރުމަށް
ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދެވިފައިވާ މުއްދަތަކީ 90 ދުވަސްކަމާއި މުއްދަތު
ފަހަނަޅާގޮސް މަސައްކަތް ނުނިމިގެން އެފަރާތުން މަސައްކަތް އަތުލައި އެހެންފަރާތަކަށް އެމަސައްކަތް
ޙަސަން އާދަމް ޙަވާލުކޮށްފައިވުމުން އެގްރިމެންޓުގެ 8 ވަނަ މާއްދާގެ (ނ) އާއި 11 ވަނަ މާއްދާގެ
(ރ) ގެ ދަށުން ޙަސަން އާދަމް އަށް ލައިކޯ ކޮންސްޓްރަކްޝަންގެ ފަރާތުން ފައިސާ ލިބެންޖެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
0) 0 0 0
ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/141
ސަބަބެއް ކަމަށްވެފައިވަނީ މަސައިކަތުގެ އަގުދިނުމުގެ ގޮތުންނާއި އެޑްވާންސްގެ ގޮތުގައި އެކުޖުމްލު
-/182445 (އެއްލައްކަ އަށްޑިހަ ދެހާސް ހަތަރުސަތޭކަ ސާޅީސް ފަސްރުފިޔާ) ދެވިފައިވާއިރު
އެމިންވަރަށް ލައިކޯ ކޮންސްޓްރަކްޝަންގެ ފަރާތުން މަސައްކަތް ކޮށްފައި ނުވުމާއި
އަގުގެ %0.05 ލިކުއިޑޭޓެޑް ޑެމޭޖްގެ ގޮތުގައި ކަނޑައެޅިފައި އޮތް އޮތުންކަން
0
4
2 ހ ކމ
ކިތަމްދީވހކ
3 44 0 0
0c4
د مع مرام و
އެނގެއެވެ.
(ށ) ޙަސަން އާދަމް އާއި ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި
ދެމެދު ވެފައިވާ އެއްބަސްވުމުގައި ޙަސަން އާދަމްގެ ދަޢުވާ ބިނާކުރި 8 ވަނަ މާއްދާގެ (ނ) އާއި
ލައިކޯ ކޮންސްޓްރަކްޝަން އިން ޚިލާފުވެ މުއްދަތަށް މަސައްކަތް ނުނިންމާ އިތުރަށް ހިނގާފައިވާ
މިވަސްތަކާއިމެދު ބަލާއިރު އެގްރިމެންޓުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން މުއްދަތަށް މަސައްކަތް
ނުފެށުމާއި މަސައްކަތް ހުއްޓާލާފައި ހުރުމުގެ އެއްބަސްވުމާއި ޚިލާފަށް މަސައްކަތް ގެންދާނަމަ 15
ދުވަހަށްފަހު އެގްރިމެންޓު ބާތިލުކުރުމުގެ އިޚްތިޔާރު ޙަސަން އާދަމް އަށް އޮތްއިރު އެއިޚްތިޔާރުގެ
ބޭނުން ޙަސަން އާދަމް ކޮށްފައި ނުވާކަމާއި އެއާއި ޚިލާފަށް ޙަސަން އާދަމްގެ ފަރާތުން
ރުހުންލިބިގެން މުއްދަތު އިތުރުކުރެވިގެން ގޮސްފައިވާކަން އެނގެން އޮތުމުން އެގްރިމެންޓުގެ 8 ވަނަ
މާއްދާގެ (ނ) ގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖް ހޯދުމަށް ޙަސަން އާދަމް ހުށަހަޅާފައިވަނީ
ކޮންޓްރެކްޓުގެ އުޞޫލުތައް ބަޔާންކުރާގޮތަށްކަމަށް ބެލެން ނެތްކަން.
(ނ) މަސައްކަތް ވަކި ކުރެވުނުއިރު ނުނިމިވަނީ އެސްޓިމޭޓުގެ 3 ވަނަ ނަންބަރުގައިވާ
ގްރައުންޑް ފްލޯގެ މަސައްކަތް ކަމަށްވާއިރު ގްރައުންޑް ފްލޯގެ މަސައްކަތް ލައިކޯ ކޮންސްޓްރަކްޝަން
އިން ކޮށްފައިވަނީ %5 ކަމަށާއި އެހެންކަމުން އެމަސައްކަތުގެ އަގުގެ %30 އަށް -/
19395ރ.
(ނަވާރަހާސް ތިންސަތޭކަ ނުވަދިހަ ފަހެއް) ރުފިޔާ ދެވިފައިވާއިރު ކޮށްފައިވާ މަސައްކަތަށް ކަނޑާ
ބާކީވާ 16162
/
50ރ. (ސޯޅަހާސް އެއްސަތޭކަ ފަސްދޮޅަސް ދެރުފިޔާ ފަންސާސްލާރި) ރުފިޔާ
ޙަސަން އާދަމް އަށް ލިބެންޖެހޭ ކަމަށް ޙަސަން އާދަމް ބުނެފައިވުމުން އެމަސައްކަތް ޝަރުޢީ
އަގުކޮމިޓީގެ ފަރާތުން ބަލާ އަގުކުރިއިރު ގްރައުންޑް ފްލޯގައި ކުރެވިފައިވަނީ %5 މަސައްކަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/141
ނޫންކަމާއި ގްރައުންޑް ފްލޯ ކޮމްޕްލީޓް ކުރުމަށް ކުރެވިފައިވާ ޚަރަދާއި މަސައްކަތުގެ އަގު
-/
64660ރ. (ފަސްދޮޅަސް ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް) ރުފިޔާވަރު ޖެހޭނެކަމަށް
އަގުކޮމިޓީގެ އަގުރިޕޯޓުގައި 5 މެމްބަރުން ސޮއިކުރައްވާފައިވުމުން ޝަރުޢީ ހަމަތަކުގެ މަތިން
ދެފަރާތުން މަސައްކަތުގެ މިންވަރާއި އަގާއިމެދު ޚިލާފު އުފެދޭ މިފަދަޙާލަތުގައި ޝަރީޢަތުގެ ފަރާތުން
ކަނޑައަޅާ ޚަބީރުން ނުވަތަ އެކަމުގެ ފަންނު ލިބިފައިވާ ފަރާތަކުން ޝަރީޢަތަށް ހުށަހަޅާ ރިޕޯޓަކީ
ޝަރީޢަތަށް ޤަބޫލުކުރެވޭ ލިޔުމަކަށްވާއިރު އެމައްޗަށް ޝަރުޢީ މައްސަލަތައް ޙައްލުކުރެވޭކަމާއި
ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދޭ ކަންތައްތައް މިގޮތުން ޝަރީޢަތުން ނިންމަމުންދާ އުޞޫލު
އޮންނަކަން،
(ރ) އިސްވެ ބަޔާންކުރެވުނު ކަންތައް ބަޔާންކުރެވިދިޔަ ގޮތުގެމަތިން ހުރުމުން މަދަނީކޯޓުގެ
ނަންބަރު 2006/MC/654 ޤަޟިއްޔާ މިނިފައިވަނީ ޢަދުލު އިންޞާފާއި އެގްރިމެންޓުގެ
އުޞޫލުތަކާއި ޚިލާފަށް އަދި ޤާޟީއަށް ލިބިވަޑައިގެންފައިވާ މަޢްލޫމާތު ކުޑަވެގެން ވަކި ފަރާތަކުން
ދެއްކި ވާހަކައަށް ބެލުމެއްނެތިކަމަށް ޙަސަން އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގައި އެވާ
ވާހަކައަކީ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކުރެވިފައިވާ
މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ނުކުރެވޭކަން،
އ ހ މ 04 އ ހވ
ވެހކއއކމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/141
ޙުކުމް:
ވީމާ މަދަނީކޯޓުގެ ނަންބަރު 2006/MC/654 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަކަށް ބަލާނެ ތަނެއް އޮތްކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭތީ، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
(.
އަޙްމަދު ޝަރީފު ޢަލީ
ފަނޑިޔާރު
ޙަމިދު
އާދަމް މުޙައްމަދު ޢަބްދު
ފަނޑިޔާރު
-ގ
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv