ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/275 ޤަޟިއްޔާގެ ޙުކުމް
ދިވެހިރާއްޖޭގެ ހައިކޯ
1
2012/HC-A/275
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 275/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
* ނަން ޢަބްދުﷲ މާޒިން
ކާޑު ނަންބަރު: A333534
)
ދާއިމީ އެޑްރެސް: މ.ލިޔާއާގެ/ މާލެ
މިހާރުގެ އެޑްރެސް: ޑީ.ޕީ.އާރު.އެސް ބެލުމުގެ ދަށުގައި
*
އައިޑީ
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
IF
އ ހ328ދ
ޖަމްދުލިއެވ
1434
ރަޖިސްޓްރީ ތާރީޚް: 04 ޛުލްޤައިދާ 1433
20 ސެޕްޓެމްބަރ 2012
، ނިމުނު ތާރީޚް: 02 ޖުމާ
މާރޗް 2013
14
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު
ނަންބަރު: 2012/Cr
-
C/201
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: މަޤުބޫލު ސަބަބެއްނެތި ޢާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުން.
0
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޔޫސުފު ޙުސައިން، ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/275
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/201 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ.ލިޔާއާގެ ޢަބްދު
މާޒިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
CCCO
cc
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/201 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ޢަބްދުﷲ މާޒިން، 08 ފެބުރުއަރީ 2012 ދުވަހުގެ 16:10
އެހައިކަންހާއިރު، ޕޮލިސް ކޮމާންޑް ސެންޓަރުން ގުޅައި އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ހިންގި މާރާމާރީއަކާއި ގުޅިގެން
އަނިޔާ ލިބުނު މީހަކު އޮތްކަމުގެ މަޢުލޫމާތު ދިނުމުން ފުލުހުން އެތަނަށް ދިޔައިރު، މީނާ އެތަނުގައި ހުރިތަން
ފެނިގެން، މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާފާސްކުރުމުގެ ގޮތުން، މީނާ ލައިގެންހުރި ޖީންސްގެ
ޖީބުގައިހުރި އެއްޗެހި ނަގައި ބެލިއިރު، ނެގި އެއްޗެހިތަކުގެ ތެރެއިން ފެނުނު ގާތްގަނޑަކަށް 05 އިންޗި
ހުންނަވަރުގެ މުށިކުލައިގެ މުއްގަނޑުލީ ވަޅިއެއް ފެނިފައިވާތީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) އާ
ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ޢަބްދުﷲ މާޒިންގެ މައްޗަށް މަޤުބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި
ތޫނު އެއްޗެއް ގެންގުޅު
ގުޅުމުގެ ކުށުގެ ދަޢުވާކުރުމުން" ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މ.ލިޔާއާގެ ޢަބްދުﷲ މާޒިންގެ މައްޗަށް ދައުލަތުން
ކުޅަ މަޤުބޫލު ސަބަބެއްނެތި ޢާއްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ ޝަރީއަތުންބެލިއިރު،
2012 ފެބުރުއަރީ 08 ވަނަ ދުވަހުގެ 16:00 ހާއިރު، ޢަބްދުﷲ މާޒިން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ތެރޭގައި
ހުއްޓާ ޢާއްމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާއި ގުޅިގެން ޢަބްދުﷲ މާޒިން ހުއްޓުވާ ޢަބްދު
މާޒިންގެ ހަށިގަނޑު ބަލާފާސްކުރިއިރު، ޢަބްދުﷲ މާޒިން ލައިގެންހުރި ޖިންސުގެ ޖީބުން، ތިލައިގައި 5 އިންޗި
ހުންނަވަރުގެ ވަޅިއެއް ފެނިފައިވާކަން ޢަބްދުﷲ މާޒިން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭއިރު،
އެވަޅި ގެންގުޅެފައިވަނީ ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި
ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރުގައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/275
ބަޔާންކޮށްފައިވާ މަޤުބޫލު ސަބަބެއް އޮވެގެންކަން ޝަރީޢަތަށް ސާބިތުނުވާތީއާއި، މިވަޅި ގެންގުޅެން ޖެހުނު
ސަބަބެއްކަމަށް ޢަބްދުﷲ މާޒިން ބުނާ ސަބަބަކީ، ޢަބްދުﷲ މާޒިންގެ ބައްޕައާއި އެވަޅި ޙަވާލުކުރުންކަން
ޢަބްދުﷲ މާޒިންގެ ބަހުން އެނގޭއިރު، އެވަގުތު ޢަބްދުﷲ މާޒިންގެ ބައްޕަ ހުރީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި
ނޫންކަން ޢަބްދުﷲ މާޒިންގެ ބަހުން އެނގޭކަމާއި، އޭ.ޑީ.ކޭ ހޮސްޕިޓަލުން ޢަބްދުﷲ މާޒިން ދިޔަ ބޭނުމަކީ
ރޮދިކޮށަންކަމަށް ޢަބްދުﷲ މާޒިން ބުނާއިރު، ޢަބްދުﷲ މާޒިންގެ ވަކީލު، ޢަބްދުﷲ މާޒިން އޭ.ޑީ.ކޭ
ހޮސްޕިޓަލަށް ދިޔައީ އެތަނުގައި މީހުން ގިނަވެގެން އުޅޭތީ ވެގެން އުޅޭގޮތެއް ބަލާލުމަށްކަމަށް ބުނުމުން
ޢަބްދުﷲ މާޒިންގެ ވާހަކައާއި ވަކީލުގެ ވާހަކަ ދިމާނުވާކަން އެނގޭކަމާއި، އަދި ޢަބްދުﷲ މާޒިންއާއި އެވަޅި
ޙަވާލުކުރިކަމަށް ބުނާ ފަރާތުން އެވަޅި ޢަބްދުﷲ މާޒިންއާއި ޙަވާލުކުރީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ތެރެއިން
ނޫންކަމާއި، އެވަޅި ޙަވާލުކުރީ ޓްރޭޑް ސެންޓަރުކައިރިންކަން އެވަޅި ޙަވާލުކުރިކަމަށް ޢަބްދުﷲ މާޒިން ބުނާ
ގދ. ރަތަފަންދޫ ޑޭލައިޓް ޢަލީ ޒާހިރުގެ ބަހުން އެނގެން އޮތުމާއި، އެވަޅި ޢަބްދުﷲ މާޒިންއާ ޙަވާލުކުރުމާއި،
ޢަބްދުﷲ މާޒިން އޭ.ޑީ.ކޭ ހޮސްޕިޓަލަށް ދިއުމާ ދެމެދު އެވަޅިއާ ނުލާ ޢަބްދުﷲ މާޒިންއަށް އެ ހޮސްޕިޓަލަށް
ނުދެވޭވަރުގެ ސަބަބެއް މެދުވެރިވެފައިވާކަން އެނގެން ނެތުމުން، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި،
ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) ގެ
ދަށުން މަޤުބޫލު ސަބަބެއްނެތި ޢާއްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުން މާލެ/ މ.ލިޔާއާގެ ޢަބްދު
މާޒިން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 03 ވަނަ
މާއްދާގެ (ނ) ގެ ދަށުން 06 (ހައެއް) މަސްދުވަހަށް، އަދި ޢަބްދުﷲ މާޒިން ތޫނު އެއްޗެއް ގެންގުޅެފައިވަނީ
ޞިއްޙީ ޚިދުމަތްދޭ ތަނެއްގައި ކަމަށްވާތީ، ބުނެވިދިޔަ މާއްދާގެ (ރ) ގެ ދަށުން 01 (އެކެއް) އަހަރު ދުވަހަށް،
އެކު ޖުމްލަ 01 (އެކެއް) އަހަރާއި، 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް، މާލެ މ.ލިޔާއާގެ ޢަބްދު
މާޒިން ޖަލަށްލުމަށް ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/201 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި މ.ލިޔާއާގެ ޢަބްދުﷲ މާޒިންގެ
ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ޑ 4
22
8
20
(ހ) ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/201 ޤަޟިއްޔާގެ ޙުކުމުގައި
އެވަޅި ގެންގުޅެފައިވަނީ ޤާނޫނު ނަންބަރު 17/2010 ޤާނޫނުގެ 03 ވަނަ މާއްދާގެ (ބ) ގެ 01
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/275
O OCCX
ނަންބަރާއި 02 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަޤުބޫލު ސަބަބެއް
އޮވެގެންކަން ޝަރީޢަތަށް
ސާބިތުނުވާތީކަމަށް ބަޔާންކޮށްފައިވާއިރު މިވަޅި ގެންގުޅެންޖެހުނު ސަބަބު ޢަބްދުﷲ މާޒިން ބަޔާންކޮށްދީ އެކަމުގެ
މައްޗަށް ހެކިދީފައިވާ ޢަލީ ޒާހިރުގެ ހެކިބަހަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ނ) ދެވަނަ ނުކުތާއަކީ، ޙުކުމްގައި ޢަބްދުﷲ މާޒިންގެ ވާހަކައާއި ޢަބްދުﷲ މާޒިންގެ ވަކީލުގެ
ވާހަކައާއި ދިމާނުވާކަން އެނގޭކަމަށް ބަޔާންކުރައްވާފައިވާއިރު ވަކީލުގެ ވާހަކައަށްވުރެ ބޮޑަށް ޢަބްދުﷲ މާޒިންގެ
އިޤުރާރަށް ޝަރީޢަތުން ރިޢާޔަތްކުރައްވަން ޖެހޭނެކަމީ ޝަރުޢީ އަދި ޤާނޫނީ ހަމަތައްކަމަށް ޢަބްދު
މާޒިންއަށް ޤަބޫލުކުރެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
ނއތުމާއި،
(ނ) ތިންވަނަ ނުކުތާއަކީ، ޢަބްދުﷲ މާޒިންއާއި އެވަޅި ޙަވާލުކުރީ އޭ.ޑީ.ކޭ ހޮސްޕިޓަލުންނޫންކަމާއި،
އެވަޅި ޙަވާލުކުރީ ޓްރޭޑް ސެންޓަރުކައިރިންކަން ވަޅި ޙަވާލުކުރިކަމަށް ބުނާ ޢަލީ ޒާހިރުގެ ބަހުން
އެނގެންއޮތު ޢަބްދުﷲ މާޒިން އެވަޅިއާނުލާ އެހޮސްޕިޓަލަށް ނުދެވޭވަރުގެ ސަބަބެއް މެދުވެރިވެފައިވާކަން
އެނގެންނެތްކަމަށް ޙުކުމުގައި ބަޔާންކޮށްފައިވާއިރު ޢަބްދުﷲ މާޒިންގެ ބައްޕައާއި ޙަވާލުކުރުމަށް ދިން ވަޅިއެއް
ބައްޕައާއި ޙަވާލުކުރުމުގެ ކުރިން ޢަބްދުﷲ މާޒިން އަތުގައި ފަހާފައިހުރި ތަނެއްގެ ރޮދިކޮށަން ނުވަތަ ޞިއްޙީ
ބޭނުމަކަށްޓަކައި އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަނުމަކީ 17/2010 ޤާނޫނާއި ޚިލާފު ކަމެއްކަމަށް ޝަރުޢީ އަދި
ޤާނޫނީ އެއްވެސް ހަމައަކުން ބެލެވެންނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ދ) ހަތަރުވަނަ ނުކުތާއަކީ، ވަޅި ޙަވާލުކުރިފަރާތުން ވަކި ވަޤުތެއްގެ ކުރިން ރައްދުނުކޮށްފިނަމަ އެއީ
މަޤުބޫލު ސަބަބެއް ނެތި ގެންގުޅުނު ވަޅިއެއްކަމަށް ސާބިތުވާ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމާއި، އަދި
އެވަޅި ފުލުހުންނަށް ފެނިފައިވަނީވެސް ގިނަ ވަޤުތުތަކެއް ނުވަނީސްކަމާއި، އެވަޅި ހިފައިގެން އޭ.ޑީ.ކޭއަށް
ޢަބްދުﷲ މާޒިން ދިޔަކަމަށް ޤާޟީ ފާހަގަކުރެއްވިއަސް އެއީ މަޤުބޫލު ސަބަބެއްނޫންކަމާއި، ދައުލަތުން ކުރި
ދައުވާގައި ޙަވާލާދީފައިނުވާ ދަށުން އިތުރު އަދަބެއް ދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
3
4 2 2 499
ރެކުތައެއްގެ
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/201 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ
ނުޖެހޭ ކަމަށްބުނެ މ.ލިޔާއާގެ ޢަބްދުﷲ މާޒިންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
އެކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ ރާއްޖޭގެ
ކި އއ ވހއ
ވާހަކަ#ކ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/275
8
24 25
(ހ) ފުރަތަމަ ކަމަކީ، ޢަބްދުﷲ މާޒިންގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާ އުފުލާފައިވަނީ ޤާނޫނު
ނަންބަރު 17/2010 (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ
ޤާނޫނުގެ) ގެ 3 ވަނަ މާއްދާއާއި ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން މަޤުބޫލު ސަބަބެއްނެތި ޢާއްމު
ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާކަމާއި، މި ދަޢުވާ އަށް ޢަބްދުﷲ މާޒިން ކްރިމިނަލް
ކޯޓުގައި އިންކާރުކޮށްފައިވާކަން އެނގޭއިރު، މިދަޢުވާ ޢަބްދުﷲ މާޒިންގެ މައްޗަށް ކޮށްފައިވަނީ 8 ފެބުރުއަރީ
2012 ދުވަހުގެ ހަވީރު 16:10 ހާއިރު، ޕޮލިސް ކޮމާންޑް ސެންޓަރުން ގުޅައި އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ހިންގި
މާރާމާރީއަކާއި ގުޅިގެން އަނިޔާ ލިބުނު މީހަކު އޮތްކަމުގެ މަޢުލޫމާތު ދިނުމުން ފުލުހުން އެތަނަށް ދިޔައިރު،
މީނާ އެތަނުގައި ހުރިތަން ފެނިގެން، މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީނާ ބަލައިފާސްކުރުމުގެ
ގޮތުން، މީނާ ލައިގެން ހުރި ޖިންސްގެ ޖީބުގައި ހުރި އެއްޗެހި ނަގައި ބެލިއިރު، ނެގި އެއްޗެހިތަކުގެ ތެރެއިން
ފެނުނު ގާތްގަނޑަކަށް 35 އިންޗި ހުންނަ ވަރުގެ މުށިކުލައިގެ މުށިގަނޑުލީ ވަޅިއެއް ފެނިފައިވާތީ އެކަމުގެ
މައްޗަށްކަން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
1
(ނ) ދެވަނަކަމަކީ، މަޤުބޫލު ސަބަބެއްނެތި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު
އެއްޗެއް ޢާއްމު ތަނެއްގައި ގެންގުޅުމަކީ ކުށެއްކަމަށް ޤާނޫނު ނަންބަރު 17/2010 (ބިރު ދެއްކުމާއި
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ) ގެ 3 ވަނަ މާއްދާގައި
އޮންނަކަމާއި، މި
މާއްދާގެ ބޭނުމަށްޓަކައި މަޤުބޫލު ސަބަބެއް ކަމުގައި ބެލެވޭނީ މަސައްކަތު ބޭނުމަށް
ނުވަތަ ޢާއްމު ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި އެ އެއްޗެއް ގެންގުޅޭ ޙާލަތުގައި ކަމަށް
އެމާއްދާގައި (ބ) ގައި އޮންނައިރު، މި ޤާނޫނުގައި "ތޫނު
ތޫނު އެއްޗެއް" ކަމަށް ބުނެފައިވާ މާނައިގެ ތެރޭގައި
އެއްވެސް ބާވަތެއްގެ
ވަޅިއެއް، ކަނޑިއާއި ޚަންޖަރު، ރޭޒަރު ތިލައާއި، ކަޓަރާއި، ހަތަރު ތިލައާއި، ކަތިވަޅި
އާއި، ފުރޯއާއި،ކޯރާޑިއާއި މުޅޯ އަދި ތޫނު ކޮށްފައި، ނުވަތަ ކޮޅު ފެއްސާފައި ހުންނަ ދަގަނޑާއި ދަނޑިއާއި
ލަކުޑިއާއި އެނޫންވެސް އެފަދަ ތަކެތި ހިމެނޭކަން އެ ޤާނޫނުގެ 10 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމެވެ.
ޒ
(ށ) ހަތަރުވަނަ ކަމަކީ، 08 ފެބުރުއަރީ 2012 ވަނަ ދުވަހު ފުލުހުން ޢަބްދުﷲ މާޒިން ބަލާ
ފާސްކުރިކުރުމުގައި މީނާގެ ޖީބުން ވަޅިއެއް ފެނިފައިވާކަމާއި، އެވަގުތު ޢަބްދުﷲ މާޒިން ހުރީ އޭ.ޑީ.ކޭ
ހޮސްޕިޓަލުގެ ތެރޭގައި ކަމަށް ޢަބްދުﷲ މާޒިންގެ ފަރާތުން 24 އޭޕްރީލް 2012 ވަނަ ދުވަހު ކްރިމިނަލް
ކޯޓަށް ދީފައިވާ ބަޔާނުގައި އެއްބަސްވެފައިވާކަން އެނގެން އޮތުމުން ޢަބްދުﷲ މާޒިންގެ ޖީބުން ފެނުނު މިވަޅި
ޢާއްމު ތަނެއްގައި ގެންގުޅެފައިވަނީ ޤާނޫނު ނަންބަރު 17/2010 (ބިރު ދެއްކުމާއި
ދީ 4
3
ނުރައް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
=ންނަކަމެވެ.
6
2012/HC-A/275
ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގައިވާފަދަ "މަޤުބޫލު ސަބަބެއް އޮވެގެންކަން
ސާބިތުކޮށްދިނުމަކީ ޢަބްދުﷲ މާޒިންގެ ފަރާތުން އުފުލަން ޖެހޭ ބުރައެއްކަން އެނގޭކަމާއި، ޢަބްދުﷲ މާޒިންގެ
ޖީބުން ފެނުނު ވަޅިއަކީ އޭނާގެ ބައްޕައާއި ޙަވާލުކުރުމަށް އެހެން މީހަކު ދިން ވަޅިއެއްކަމަށާއި، އެވަޅި
ހިފައިގެން ޢަބްދުﷲ މާޒިން އޭ.ޑީ.ކޭ ހޮސްޕިޓަލަށް ދިޔައީ، ޢަބްދުﷲ މާޒިންގެ އަތް ފަހާފައި އޮތުމުގެ
ސަބަބުން ރޮދިކޮށަންކަމަށް ޢަބްދުﷲ މާޒިން ބުނެފައިވާއިރު، ޢަބްދުﷲ މާޒިން މިވަޅި ހިފައިގެން އޭ.ޑީ.ކޭ
ހޮސްޕިޓަލުގެ ތެރެއަށް ދިޔަކަމަށް އޭނާ ބުނާ ބޭނުމަކީ، ޤާނޫނު ނަންބަރު 17/2010 (ބިރު ދެއްކުމާއި
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ
މަޤުބޫލު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެއް ނޫންކަން ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު
އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގެ (1) އަދި (2) އަށް ބެލުމުން އެނގެން
(ބ) ފަސްވަނަކަމަކީ، އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ތެރެއަށް ޢަބްދުﷲ މާޒިން ވަޅި ހިފައިގެން ދާންޖެހުނު
ބަޔާންކޮށްދީ އެކަމުގެ މައްޗަށް ހެކި ދީފައިވާ ގދ. ރަތަފަންދޫ ޑޭލައިޓް ޢަލީ ޒާހިރު ގެ ހެކިބަހަށް
ކްރިމިނަލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ޢަބްދުﷲ މާޒިންގެ ފަރާތުން ބުނެފައިވާއިރު، ޢަބްދުﷲ މާޒިންގެ
ފަރާތުން ހެއްކެއް ގޮތުގައި ހުށަހަޅާފައިވާ ގދ.ރަތަފަންދޫ ޑޭލައިޓު ޢަލީ ޒާހިރުގެ ހެކިބަސް ނަގައިދިނުމަށް
ޢަބްދުﷲ މާޒިން އެދިފައިވަނީ، ދަޢުވާގައި ހިމެނޭ ވަޅި ޢަބްދުﷲ މާޒިން އާއި ޙަވާލުކުރީ ޢަލީ ޒާހިރު ކަމާއި
އަދި އެވަޅި އަކީ ޢަބްދުﷲ މާޒިންގެ ބައްޕައާއި ޙަވާލުކުރުމަށް ޢަލީ ޒާހިރު ދިން ވަޅިއެއްކަން ސާބިތުކުރުމުގެ
ގޮތުންކަން ޢަބްދުﷲ މާޒިން ގެ ފަރާތުން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާންތަކުން އެނގެން އޮތް އިރު ޢަލީ
ޒާހިރުގެ ފަރާތުން ކްރިމިނަލް ކޯޓަށް ދީފައިވާ ހެކި ބަހުގައި މިމައްސަލާގައި ޙަވާލާދެވޭ ވަޅި އަކީ ހުޅުވާ ލެއްޖޭ
ވަޅިއެއްކަން ޢަލީ ޒާހިރަށް ނޭނގޭކަމަށް ބުނެފައިވާކަން އެނގޭކަމަށާއި، އެވަޅީގެ ތިލައިގެ ކުލައަކީ ސިލްވަރ
ކުލައިގެ ތިލައެއްކަމަށް ބުނާއިރު، އެވަޅިގެ ތިލައިގެ ކުލައަކީ އެއީ ނޫންކަމަށާއި އަދި އެވަޅި ޢަލީ ޒާހިރުގެ
ފަރާތުން ޢަބްދުﷲ މާޒިން އާއި ޙަވާލު ކުރި ވަގުތު ސީދާ ހަނދާންނެތްކަމަށާއި ހަނދާންވާ ގޮތުގައި އެއީ
އެދުވަހުގެ ހަވީރު 4:30 އާއި 5:00 އާއި ދެމެދުގެ ވަގުތެއްކަމަށް ޢަލީ ޒާހިރު ބުނާއިރު، ފުލުހުން ޢަބްދު
މާޒިން ހުއްޓުވާ ބަލާފާސްކޮށްފައިވަނީ އެދުވަހުގެ 16:10 ގައިކަން އެނގޭކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮންނަކަމާއި، މިހެންކަމުން ޢަބްދު
މާޒިންގެ ފަރާތުން ހުށަހެޅި ހެކީގެ ހެކިބަހުގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރު
ރިޢާޔަތްކޮށް އެހެކިބަސް ވަޒަންކޮށްފައިވާކަން އެނގޭކަމާއި، އަދި ޢަބްދުﷲ މާޒިންގެ ފަރާތުން ހުށަހެލި އިއްގެ
COC
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2012/HC-A/275
ހެކިބަސް އިސްވެ އިޝާރާތްކުރެވުނު ފަދައިން ހުރުމުން ޢަލީ ޒާހިރުގެ މިހެކިބަހުގެ ސައްޙަކަމާއި މެދު ސުވާލު
އުފެދޭކަން އެނގޭކަމެވެ.
44
(ކ) ހަވަނަކަމަކީ، 08 ފެބުރުއަރީ 2012 ވަނަ ދުވަހު ޢަބްދުﷲ މާޒިންގެ ޖީބުން ފެނުނު ވަޅިއަކީ
އޭނާގެ ބައްޕައާއި ޙަވާލުކުރަން މީހަކު ދީފައިވާ ވަޅިއެއްކަމަށާއި، އެވަޅި އޮތީ ޢަބްދުﷲ މާޒިންގެ ޖީބުގައި
ކަމަށާއި، އެވަޅީގެ ބޭނުން ނަހަމަ ގޮތުގައި ހިފާފާވާކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ، މިވަޅި ޢަބްދު
މާޒިންގެ އަތުގައި އޮވެގެން އޭނާ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަނުމަކީ އެއްވެސް ޙާލެއްގައި ޤާނޫނު ނަންބަރު
17/2010 ގެ ދަށުން ކުށްވެރިވާންޖެހޭނެ ސަބަބެއް ނޫންކަމަށް ޢަބްދުﷲ މާޒިން ބުނާ ބުނުމަށް ބަލާއިރު،
ވަޅިއެއް ހިފައިގެން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ތެރެއަށް ވަތްކަމަށް ޢަބްދުﷲ މާޒިންގެ އަމިއްލަ އިޢުތިރާފުން
ޝަރީޢަތަށް ސާބިތުވާން އޮތް އިރު، ޢަބްދުﷲ މާޒިން މި ވަޅި ގެންގުޅެފައިވަނީ ޤާނޫނު ނަންބަރު 17/2010
(ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ
(ބ) ގައި ބުނާ " މަޤުބޫލު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެއް އޮވެގެންކަން ޝަރީޢަތަށް ސާބިތުކުރެވޭ
މިންވަރުގެ ހެކި ދެއްކިފައިނުވާކަމާއި، ޢަބްދުﷲ މާޒިންގެ ޖީބުން ފެނުނު މިވަޅިއަކީ އޭނާގެ ބައްޕައާއި
ޙަވާލުކުރަން މީހަކު ދިން ވަޅިއެއްކަމަށް ބުނިނަމަވެސް، އެވަގުތު ޢަބްދުﷲ މާޒިންގެ ބައްޕަ ހުރީ އޭ.ޑީ.ކޭ
ހޮސްޕިޓަލުގެ ތެރޭގައި ކަން ޢަބްދުﷲ މާޒިން އަށް ސާބިތުކޮށްދެވިފައިނެތްކަން އެނގޭކަމާއި، ޤާނޫނު ނަންބަރު
17/2010 (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ
ދަށުން ތޫނު އެއްޗެއް ޢާއްމު ތަންތަނުގައި ގެންގުޅުން ކުށަކަށްވަނީ ހަމައެކަނި އެތަކެތީގެ ބޭނުން ނަހަމަ
ގޮތުގައި ހިފާ ޙާލަތުގައި އެކަނި ނޫންކަމާއި، މި ދަޢުވާގައި ހިމެނޭ ވަޅި ފެނިފައިވަނީ ޢަބްދުﷲ މާޒިންގެ
ޙިޔާޒަތުގެ ދަށުގައި ވަނިކޮށްކަން އެނގޭއިރު، މި ވަޅި ޢަބްދުﷲ މާޒިންގެ ބެލުމުގެ ދަށުގައި އޮތް އޮތުމަކީ
އެވަޅީގެ ބޭނުން ކޮންމެ ވަގުތެއްގައިވެސް ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އޮތް
ކަމެއްކަމުގައި ބެލެވިދާފަދަ ކަމެއްކަމާއި، މިހެންކަމުން އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ތެރޭގައި ޢަބްދުﷲ މާޒިން
ވަނިކޮށް އޭނާ ބަލާ ފާސްކުރިކުރުމުގައި އޭނާގެ ޖީބުން ފެނުނު ވަޅިއަކީ، މަޤުބޫލު ސަބަބެއް އޮވެގެން އޭނާ
ގެންގުޅެފައިވާ ވަޅިއެއްކަން ޝަރީޢަތަށް ސާބިތުވާން ނެތުމުން، ހޮސްޕިޓަލްގެ ތެރޭގައި ވަނިކޮށް ޢަބްދު
މާޒިންގެ ޖީބުން ވަޅިއެއް ފެނުނު ފެނުމަކީ ޤާނޫނު ނަންބަރު 17/2010 (ބިރު ދެއްކުމާއި ނުރައްކާތެރި
ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ދަށުން ޢަބްދުﷲ މާޒިން ކުށްވެރިވާނެ ކަމެއްކަން
އެޤާނޫނަށް ބެލުމުން އެނގެން އޮންނަކަމެވެ.
6 24
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/275
(އ) ހަތްވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ޢަބްދުﷲ މާޒިންގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާ
އުފުލާފައިވަނީ ޤާނޫނު ނަންބަރު 17/2010 (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި
ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުންކަމާއި
އަދި ޢަބްދުﷲ މާޒިންގެ މައްޗަށް އަދަބު ކަނޑައެޅިފައިވަނީވެސް ޢަބްދުﷲ މާޒިންގެ މައްޗަށް ދައުލަތުގެ
ފަރާތުން އުފުލި ދަޢުވާގެ މައްޗަށް ބިނާކޮށްގެންކަން އެނގެން އޮތް އިރު، މަޤުބޫލު ސަބަބެއްނެތި، އެއްވެސް
ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ގެންގުޅެފައިވަނީ ޢާއްމު ތަންތަނުގެ ތެރެއިން
ސްކޫލުތަކާއި ސިއްޙީ ޚިދުމަތް ދޭ ތަންތަނާއި މިސްކިތްތަކާއި ދައުލަތުގެ ޢިމާރާތްތަކާއި އެކިއެކި ޙަފުލާތަކާއި
ތަފާތު މުނާސަބަތުތަކާ ގުޅިގެން މީހުން އެއްވެއުޅޭ ތަންތަނާއި ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ބާއްވާ
ތަންތަނުގައާއި ޢާއްމު ދަތުރު ފަތުރުކުރާ ބަސް، ފެރީފަދަ ގިނަ މީހުން ދަތުރުކުރާ އުޅަނދުފަހަރުގައި ކަމުގައި
ވާނަމަ، ޝާރާތްކުރެވުނު ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބުނާ އަދަބުގެ ތެރެއަށް 1 (އެކެއް)
އަހަރުދުވަހާއި 3 (ތިނެއް) އަހަރު ދުވަހާދެމެދުގެ މުއްދަތެއްގެ ޢުޤޫބާތް އިތުރުކުރެވޭނެ ކަމަށް އޮންނަކަމާއި،
ޢަބްދުﷲ މާޒިންގެ އަތުން ވަޅިއެއް ފެނިފައިވަނީ ސިއްޙީ ޚިދުމަތް ދޭ ތަނަކުން ކަމަށްވެފައި، މިވަޅި އޭނާ
މިގުޅެފައިވަނީ މަޤުބޫލު ސަބަބެއް އޮވެގެން ކަން ޝަރީޢަތަށް ސާބިތުވާން ނެތުމުން، ޤާނޫނު ނަންބަރު
17/2010 (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 3
ވަނަ މާއްދާގެ (ނ) ގައި ބުނާ އަދަބުގެ ތެރެއަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ ޢުޤޫބާތް
އިތުރުކުރުމަކީ ދައުލަތުން ކުރި ދައުވާގައި ޙަވާލާދީފައިނުވާ ނުކުތާއެއްގެ ދަށުން އިތުރު އަދަބެއް ދިނުން
ނޫންކަން އެނގޭކަމެވެ.
6
8
29 އ
CCX
ވީމާ، އިސްވެ ދިޔަ ސަބަބުތައް މިހެން ހުރުމުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/201 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމް އިސްތިއުނާފުކުރު ޢަބްދުﷲ މާޒިންގެ ފަރާތުން ހުށަހެޅި
ތަކުގެ މައްޗަށް ބިނާކޮށް،
އެޤަޟިއްޔާގައި ކުރައްވަފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް
ފެންނަން ނެތްކަމަށެވެ.
ގެ 4
333
2
(ކެރެމަށް
433ދ
ތަކުr
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިންބޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2012/HC-A/275
ޙުކުމް
ހުރުމުން،
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/201
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޢަބްދުﷲ މާޒިންގެ ފަރާތުން ހުށަހެޅި
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި
ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤު ވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/201 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv