ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/09 ޤަޟިއްޔާގެ ޙުކުމް
"ޑި
1
2009/HC-I-SH/09
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 09/HC
-
I
-
SH/2009
އިންތިޚާބީ ޝަކުވާކުރާ ފަރާތް:
* ނަން: އިބްރާހީމް ޖިހާދު
އައިޑީ ކާޑު ނަންބަރ: A024127
45
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެ
ތްރީއޭވިލާ
ނީމް
• އިންތިޚާބީ ޝަކުވާރައްދުވާ ފަރާތް:
*
* ނަން: ސިވިލް ސަރވިސް ކޮމިޝަން
އައިޑީ ކާޑުނަންބަރު.
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް: ގ. މެޕަލްލީފް
ރަޖިސްޓްރީ ތާރީޚް: 25 ޖުމާދަލްއޫލާ 1430 * ނިމުނު ތާރީޚް: 13 ޖުމާދަލްއާޚިރާ 1430
7 ޖޫން
20
2009
2009
ހައިކޯ
.ޚައި
2
209/HC-I-SH/09
ދަޢުވާގެ ޚުލާޞާ
ތްރީއޭވިލާ އިބްރާޙީމް ޖިހާދު އެމް.ޑީ.ޕީގެ ފަރާތުން ރައްޔިތުންގެ މަޖިލިސްގެ ފ. އަތޮޅު
ނިލަންދޫ ދާއިރާއަށް ކުރިމަތިލާފައިވަނިކޮށް، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ގެ 43 ވަނަ މާއްދާގެ
(ނ) އާއި އިންތިޚާބްތަކާއިބެހޭ އާއްމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ސިވިލް ސަރވިސް
ކޮމިޝަނުން ނެރެފައިވާ ބަޔާނުގެ ސަބަބުން އިބްރާހީމް ޖިހާދަށް ވޯޓުލީ ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް
އެކަށީގެންނުވާ އަސަރާއި ނުފޫޒު ފޯރާފައިވާކަމަށާއި އަދި އެބަޔާން އިންތިޚާބަށް އެކަށީގެންނުވާ ނުފޫޒާއި
އަސަރު ފޯރާގޮތަށް ސީދާ ފ. އަތޮޅުގެ ކައުންސިލަރ އިބްރާޙީމް ޚަލީލަށް އަމާޒުކޮށް ނެރުމުން އެބަޔާނުން
އިބްރާހީމް ޖިހާދަށް ވޯޓު ދޭންޖެހޭ މީހުން ބިރުވެރިކަމެއްގެ ތެރެއަށް ވައްދައި އިބްރާޙީމް ޖިހާދަށް
ލިބެންޖެހޭ ވޯޓު ލިބުމަށް ހުރަސްއެޅި އެ ބަޔާންގެ ސަބަބުން އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނުގެ 65
ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން އިންތިޚާބަށް އެކަށީގެންނުވާ ނުފޫޒާއި އަސަރު ފޯރައި އިބްރާހީމް
ޖިހާދަށް ލިބެންޖެހޭ ވޯޓު ނުލިބި އަދި އިންތިޚާބުގެ ނަތީޖާއަށް ބަދަލު އައިސްފައިވާކަމަށް
ނިލަންދޫ ދާއިރާގެ އިންތިޚާބް ބާޠިލްކޮށް އަލުން އިންތިޚާބު ބޭއްވުމުގެ ފުރުޞަތު ހޯދުމަށް އިބްރާހީމް
ޖިހާދުގެ ފަރާތުން ދަޢުވާ ކުރުމުން ބެލުނު މައްސަލައެކެވެ.
f
C
ވީމާ، 17 އެޕްރީލް 2009 ދުވަހު ފ. އަތޮޅު ކައުންސިލަރ އިބްރާހީމް ޚަލީލު ސިވިލް
ސަރވިސްގެ މުވައްޒަފުންނަށް އަމާޒުކޮށް ދެއްކިވާހަކައާއި ގުޅިގެން 23 އެޕްރީލް 2009 ދުވަހު
ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނަކީ ޚިދްމަތް ދިނުމުގައި
ވަކިފަރާތެއްގެ މަޞްލަޙަތަށް ބުރަނުވެ ޚިދްމަތުގައި ދެމިތިބުމަށާއި، ނުފޫޒާއި ބިރުވެރިކަމާއި ދެކޮޅަށް
މިނިވަންކަމާއެކު އެއްވެސްފަރާތަކަށް ޖެހިލުމެއް ވުމެއްނެތި، ހަމަހަމަގޮތެއްގައި ރައްޔިތުންނާއި
ސަރުކާރަށް ވަފާތެރިކަމާއި، އިޚްލާޞްތެރިކަމާއިއެކު ޚިދްމަތްކުރުމުގައި ދެމިތިބުމަށް ގޮވާލައި
މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށް މުވައްޒަފުންގެ ޙައްޤުތައް ނެގެހެއްޓުމަށް
ސިވިލް ސަރވިސް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްކަމާއި މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ
ދިވެހިން
އައިކް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓާ، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3328029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓާ: www.highcourt.gov.mv
3
2009HC-I-SH/09
ފަރާތްތަކުގެ ޢަމަލުތައް ކުށްވެރިކޮށް ވަޒީފާގެ ކަންތައް ހަމަޖެހިފައިވާގޮތް މުވައްޒަފުންނަށް އަންގާ،
މުވައްޒަފުންނަށް އެމީހުންގެ ވަޒީފާގެ ރައްކާތެރިކަން އޮތްގޮތް ހަނދާންކޮށްދިނުމުގެ ގޮތުން
ނެރެފައިވާ ނޫސްބަޔާނެއްކަން އެނގެން އޮތުމުން އެބަޔާނުގެ ސަބަބުން އެއްވެސް ކެންޑިޑޭޓެއްގެ
އިންތިޚާބީ ޙައްޤަކަށް ނޭދެވޭ އަސަރެއް ނުވަތަ ނުފޫޒެއް ފޯރާފައިވާކަމަށް ބެލޭނެ އެއްވެސް ސަބަބެއް
ނެތްކަމަށާއި، ޤާނޫނުގެ އިމުގެތެރެއިން ސިވިލް ސަރވިސް ކޮމިޝަނުން ޤާނޫނީ ގޮތުން ކޮށްފައިވާ
ޢަމަލެއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ފ. ނިލަންދޫ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓް
ތްރީއޭވިލާ އިބްރާހީމް ޖިހާދުގެ އިންތިޚާބަށް އެކަށީގެން ނުވާ ނުފޫޒާއި އަސަރު ފޯރާފައިވާކަމަށް
އިބްރާހީމް ޖިހާދު ބުނާބުނުން ޝަރީޢަތަށް ސާބިތުނުވާކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ali
(a
(4-2_
އާދަމް މުޙައްމަދު ޢަބްދު
އަޙްމަދު ޝަރީފު ޢަލީ
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
(ފަނޑިޔާރު)
އިޖްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ