ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/106 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/106
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 106/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
: އައިޑީ ކާޑު ނަންބަރ:
* ދާއިމީ އެޑްރެސް: ..ވެލާނާގެ/ށ.މާލެ
މިހާރުގެ
އެޑްރެސް: ..ވެލާނާގެކި.މާލެ
*
*
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ކ.ގުރައިދޫ ކައުންސިލްގެ އިދާރާ
އައިޑީ ކާޑު ނަންބަރު.
ދާއިމީ އެޑްރެސް: ކ.ގުރައިދޫ ކައުންސިލްގެ އިދާރާ
މިހާރުގެ އެޑްރެސް: ކ.ގުރައިދޫ ކައުންސިލްގެ އިދާރާ
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ޖުމާދަލްއާޚިރާ 1435 * ނިމުނު ތާރީޚް: 21 ޝައުބާން 1435
17 އޭޕްރީލް 2014
19 ޖޫން 2014
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2014
/
01/H
-
13
-
C
ނިންމެވިކޯޓް: ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 2014-03-30 ނިމުނު ތާރީޚް: 2014-04-07
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން އަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
20j4/HC-A/106
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H
-
13
-
C ކޯޓު އަމުރު އެކޯޓުން
ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ބަންޑާރަ ނައިބުގެ އޮފީހުގެ
(މޯލްޑިވްސް ޕޮލިސް ސަރވިސް) ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ.ގުރައިދޫ ކައުންސިލްގެ އިދާރާއެވެ.
CC
ވެސް
0
އިސްތިއުނާފް މިކުރެވޭ ކ.ގުރައިދޫ މެޖިސްޓްރޭޓް
ކޯޓުގެ
ނަންބަރު 2014
/
01/H
-
13
-
C ކޯޓު އަމުރަށް ބެލިއިރު، އެއަމުރަކީ ދިވެހިސަރުކާރުން އެމް.ޓީ.ސީ.ސީ އާއި
ޙަވާލުކޮށްގެން ކ.ގުރައިދޫގައި ހަދަމުން ގެންދާ ބަނދަރުގެ މަސައްކަތަށް ކޮންނަންވާ ތަނުގައި
ކ.ގުރައިދޫސިލިންކޯ އިބްރާހީމް ޖަމާލުގެ ބައުވެ ހަލާކުވެފައިވާ ބޯޓަކާއި ހަރުގެއެއް ހުރެގެން އެމަސައްކަތަށް
ހުރަސް އެޅިފައިވާތީ، އެކަން ޙައްލުކޮށްދިނުމަށް އެކުންފުނީގެ ފަރާތުން ކ.ގުރައިދޫ ކައުންސިލްގައި
އެދުނުހިނދު، އެއުޅަނދާއި ހަރުގެ އެތަނުން ނަގާ ބިންސާފުކުރުމަށް އިބްރާހީމް ޖަމާލަށް އެންގުމަށްޓަކައި
ކައުންސިލް އިދާރާއަށް އޭނާ ހާޒިރުކުރުމަށް މަސައްކަތްކޮށް ހާޒިރުވެފައި ނުވާކަމަށްބުނެ، އެބޯޓާއި ހަރުގެ
އެތަނުން ނެގުމުގެ އަމުރަކަށްއެދި ކ.ގުރައިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކާ
ގުޅިގެން ނެރުއްވާފައިވާ އަމުރެއްކަމަށް އެއަމުރުގައި ބަޔާންކޮށްފައިވާކަމާއި،
މިގޮތުން އެ އަމުރުގައި، "ދިވެހި ސަރުކާރުން އެމް.ޓީސީސީ އަށް ޙަވާލުކުރައްވައިގެން
ހަދަމުންގެންދާ ބަނދަރުގެ މަސައްކަތް ކުރަންބެލިއިރު، އެބަނދަރު ކޮންނަންވާތަނުގައި ކ.ގުރައިދޫ ސިލިންކޯ
އިބްރާހީމް ޖަމާލުގެ ބައުވެ، ހަލާކުވެފައިވާ ބޯޓެއް އެހެލާފައި ހުރެގެން އެބަނދަރު ނުކޮނެވިގެން އެބޯޓު އެތަނުން
ހައްދަވައިދެއްވުންއެދި އެމް.ޓީ.ސީ.ސީގެ ފަރާތުން ކ.ގުރައިދޫ ކައުންސިލްގެ އިދާރާގައި
އެދިވަޑައިގަތުމުން 2014 ފެބްރުއަރީ 25 ވަނަ ދުވަހުން ފެށިގެން ކ.ކުރައިދޫ ކައުންސިލްގެ އިދާރާއަށް އެޑީޖޭގެ
4 22
ކޯޑިޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20j4/HC-A/106
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިބްރާހީމް ޖަމާލު ގެނެސް އެބޯޓު އެތަނުން ނަގަން އަންގަންވެގެން އުޅެ އުޅެ އަދި މިހާތަނަށް ދިޔައިރުވެސް އެ
އިބްރާހީމް ޖަމާލު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެފައިނުވާތީއާއި،
ބޯޓު ބޭލުމުގެ އަމުރަކަށްއެދި ކ.ގުރައިދޫ ކައުންސިލްގެ އިދާރާއިން މި ކޯޓަށް
ހުށަހަޅުއްވާފައިވާ މައްސަލަ ހިންގުމަށްޓަކައި މި ކޯޓަށް ޙާޟިރުވުމަށް މި ކޯޓުގެ ނަންބަރު 2014/120
(31/03/2014) ކޯޓަށް ޙާޟިރުވުމުގެ އަމުރު އިބްރާހީމް ޖަމާލް އާއި ޙަވާލުކުރަން ދިޔުމުން އެ އަމުރާއި
ހަވާލުނުވެ، މި ކޯޓަށް ވެސް ނުކިޔަމަންތެރިވެ ޙާސިޟިރުނުވުމާއި،
އެމް.ޓީ.ސީ.ސީ އިން ކުރަމުންގެންދާ
މު
މަސައްކަތަށް ވަރަށް ބޮޑަށް ދަތިވާތީއާއި، މިކަމަކީ
މުޅި ގުރައިދޫ ރައްޔިތުންނާ ގުޅިލާމެހިފައިވާ މުސައްކަތަކަށްވާތީ، ކައުންސިލްގެއިދާރާ އަށާއި، މި ރަށުގެ
ރައްޔިތުންނަށާއި، އެމް.ޓީ.ސީ.ސީ އަށް ދަތިނުވާނޭ ގޮތުގެ މަތިން ކ.ގުރައިދޫ، ސިލިންކާ، އިބްރާހީމް ޖަމާލުގެ
ބޯޓާއި އެ ބޯޓު އެހެލާފައިހުރި ހަރުގެ ބިމުން، މި އަމުރު ނެރޭވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި
ނަގާ އެބިން ސާފުކޮށް ކައުންސިލްގެ އިދާރާއަށް ދެއްކުމަށް އިބްރާހީމް ޖަމާލް އަށް އަންގާ އަމުރުކުރަމެވެ.
އަދި މިވަގުތު ތެރޭގައި މި އަމުރާ އެއްގޮތަށް އިބްރާހީމް ޖަމާލް އަމަލުނުކޮށްފިނަމަ،
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބޯޓު ބޭލުމާއި، ހަރުގެ ރޫޅާލުމުގެ ތެރޭގައި ނުވަތަ އޭގެފަހުންވިޔަސް
އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް ދައުލަތުން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ޒިންމާ
ވާންނުޖެހޭނެ ކަމަށް ކަނޑައަޅައި، އެވަގުތު ހަމަވުމުން އެ ބޯޓާއި، ބޯޓު އެހެލާފައިވާ ހަރުގެ 7 (ހަތެއް)
ދުވަހުގެ ތެރޭގައި އެތަނުން ނަގާ އެބިން ސާފުކޮށް ކ.ގުރައިދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސް އަށް އަންގާ އަމުރު ކުރަމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
-13-H ކޯޓު އަމުރާއި ގުޅިގެން ބަންޑާރަ ނައިބު (މޯލްޑިވްސް ޕޮލިސް ސަރވިސް) ގެ އޮފީހުގެ
ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
2014
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
20j4/HC-A/106
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ފުރަތަމަ ނުކުތާއަކީ: ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H
-
13
-
C
ކޯޓު އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރީޢަތްކުރުމުގެ އިޖުރާއާތާ ޚިލާފަށްކަމަށްބުނެ ފާހަގަކޮށްފައިވާ
مرمر مرمرم
* ދެވަނަ ނުކުތާއަކީ: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
RU/2010
ރޫލިންގ ގައި ބަޔާންކޮށްފައިވާ ޝަރީއަތްކުރުމާބެހޭ އުޞޫލުތަކަށް ބަލާއިރު، ޝަރީޢަތުން ނެރޭ އަމުރުތައް
ދެބަސްވުމަށް ނިމުމެއް ގެނެވޭނޭ ފަދަ ގޮތަކަށް ކަމަށްވާއިރު، ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2014
/
01/H
-
13
-
C އަމުރު ނެރުއްވާފައިވަނީ އެ އުސޫލާ ޚިލާފަށްކަމަށްބުނެ ފާހަގަކޮށްފައިވާ
4 2
ނުކުތާއެވެ.
އލވނތއތކއ
4 22
ތިންވަނަ ނުކުތާއަކީ: ޝަރީޢަތުން ނެރޭ އަމުރުތަކަކީ ޤާނޫނީ ގޮތުން ތަންފީޛު ކުރެވޭފަދަ
.ރަކަށްވާންޖެހޭއިރު، ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H
-
13
-
C އަމުރު
ދުއްވާފައިވަނީ، އެ އަމުރު ތަންފީޛު ކުރުމަށް ޤާނޫނީގޮތުން ހުރަސް
ހުރިއިރުވެސް
އެކަންކަމަށް ރިޢާޔަތްކުރުމެއް ނެތި ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H
-
13
-
C
އަމުރު ނެރުއްވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
މިމައްސަލައާއި ގުޅިގެން ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
01/H
-
13
-
C ކޯޓު އަމުރަށާއި، އެ އަމުރު އިސްތިއުނާފު ކުރުމަށް ބަންޑާރަ ނައިބު
މޯލްޑިވްސް ޕޮލިސް ސަރވިސް) ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅިގެން
ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ޝަރުޢީ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރު
ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތަކާއި ފުރިހަމަކުރަންޖެހޭ އިޖްރާއާދު
03
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20j4/HC-A/106
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަކަކީ ކޮބައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:21/SC
-
A/2012 ޤަޟިއްޔާގައި ވަރަށް
ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާކަމާއި، އެގޮތުން؛ ވަގުތީ އަމުރަށް އެދޭ ފަރާތަކީ، ޤާނޫނީގޮތުން ޙިމާޔަތް
ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި
ޤާއިމްވެފައިވާ ފަރާތަކަށްވުމާއި، އެފަދަ އަމުރެއް ނެރުމަކާނުލާ އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން
ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް ނުވަތަ ގެއްލުމެއްގެ އިޙްތިމާލު ވުޖޫދުވެފައި އޮތުމާއި، ވަގުތީ
އަމުރަށް އެދިފައިވާ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަ (Capacity) ނުވަތަ ޙައިޘިއްޔަތު
ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއް ކަމުގައިވުން ހިމެނޭކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޤަޟިއްޔާއިން
އެނގެން އޮންނައިރު،
ބަޔާންވެދިޔަފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ޤާއިމުވެގެންވާ
ކަމުގައި ބެލެވޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ޙިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް އޮތުމުގެ އިތުރުން،
ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢު ތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ވާކަމުގެ އިޙްތިމާލު
ޤާއިމުވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢު ތަކަކަށް ވާންވާނެކަމާއި،
ހުށަހެޅިފައިވާ މައުޟޫޢީ ދަޢުވާ އާދައިގެ އިޖްރާއާތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު
ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކީ ވަގުތީ އަމުރަށް އެދޭ ފަރާތް
ކުރިމަތިލާންޖެހުމުގެ އިޙްތިމާލު ވުޖޫދުވެފައިވުން ހިމެނޭކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: ވަގުތީ އަމުރު ނެރުމުގައި ފުރިހަމަ ވާންޖެހޭ އިސްވެ ބަޔާންކުރެވުނު
އެންމެހައި ކަންކަމުގެ އަލީގައި، ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H
-
13
-
C ކޯޓު
އަމުރަށް ބަލާއިރު، އެ އަމުރަކީ ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާއާއި ގުޅިގެން ނެރުއްވާފައިވާ އަމުރެއްކަމަށް އެއަމުރުގައި ބަޔާންކޮށްފައިވާތީ، އެކޯޓުގެ ނަންބަރު
2014/H
-
13
-
C/22 ޤަޟިއްޔާގެ މައުޟޫއަކީ ކޮބައިކަން ދެނެގަތުމުގެ ގޮތުން، ކ.ގުރައިދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014/H-13-C/22 ޤަޟިއްޔާ ހުށަހެޅި ފަރާތުން އެކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ފޯމާ
22/H-13-C/2014
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j4/HC-A/106
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
44
އެފޯމާއެކު ހުށަހަޅާފައިވާ އެހެނިހެން ލިޔެކިއުންތަކާއި، އެޤަޟިއްޔާއާއި ގުޅިގެން އެޤަޟިއްޔާ ރައްދުވާ ފަރާތް
އެކޯޓަށް ހާޒިރުވުމަށް އަންގާ ފޮނުވާފައިވާ ކޯޓަށް ހާޒިރުވުމުގެ އަމުރުތަކުގެ ކޮޕީއާއި، އެފަރާތުގެ ޣައިރު
ހާޒިރުގައި ކ.ގުރައިދޫ ކޯޓުން ނެރުއްވާފައިވާ އިސްތިއުނާފް މިކުރެވޭ ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
01/H
-
13
-
C އަމުރު ނެރުމުގެކުރިން އަޅުއްވާފައިވާ ފިޔަވަޅުތައް ސާފުކޮށް އެނގޭނޭ ލިޔުންތައް
ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވައިދިނުންއެދި މިކޯޓުގެ ނަންބަރު: 3
/
2014
/
37-B-95 (12 މެއި 2014) ގެ
ސިޓީއިން ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގައި ދެންނެވުމުން، އެކޯޓުގެ ނަންބަރު: 2014
/
220/H
-
13
-
C
(27 މެއި 2014) ގެ ފެކްސް މެސެޖާއެކު ފޮނުއްވާފައިވާ ލިޔުންތަކުގެ ތެރޭގައި، މާލެއަތޮޅު ގުރައިދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H
-
13
-
C/22 ޤަޟިއްޔާ ހުށަހެޅި ފަރާތުން އެކޯޓަށް ހުށަހަޅާފައިވާ
ދަޢުވާ ފޯމް ހިމަނާފައި ނުވާކަމާއި، އޭގެ ބަދަލުގައި ހިމަނާފައިވަނީ ކ.ގުރައިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން
ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ "ވަގުތީ އަމުރަށްއެދޭ ފޯމް" އެއް ކަމާއި، މިސަބަބަށްޓަކައި މިކޯޓުގެ
ނަންބަރު:2014
/
03/B3
/
H13C-95 (02 ޖޫން 2014) ގެ ސިޓީއިން އެކަންވެފައިވާގޮތެއް ސާފުކޮށް
ދިނުމަށް ދެންނެވުމުން، ކ.ގުރައިދޫ ކޯޓުގެ ނަންބަރު 2014
/
232/H
-
13
-
C (03 ޖޫން 2014) ފެކްސް
މެސެޖް އިން ޖަވާބުދީފައިވާކަމާއި، އެގޮތުން ކ.ގުރައިދޫ ކައުންސިލްގެ ފަރާތުން އެކޯޓަށް ހުށަހަޅާފައިވަނީ
"ވަގުތީ އަމުރަށް އެދޭ ފޯމް" އެއް ކަމަށާއި، އެފޯމް ހުށަހެޅުމުގެ ކުރިން މައުޟޫޢީ ދަޢުވާއެއް
ހުށަހަޅާފައިނުވާކަމަށާއި، ކ.ގުރައިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި "ވަގުތީ އަމުރަށް އެދޭ ފޯމް"
ހުށަހެޅުމުން ޤަޟިއްޔާ ނަންބަރެއް ދިނުމަށްފަހު، އެކޯޓުގެ ނަންބަރު 2014
/
01/H
-
13
-
C އަމުރު
ނެރެފައިވަނީ ކަމަށް ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްވެ ދެކުރެވު ފެކްސް މެސެޖްގައި
ޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ
3.2- ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ
ތައްތައް މިހާރު
އިންތިޒާމްކުރެވި ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު، ކޮންމެ ގިންތިއެއްގެ ކޯޓަކަށްވެސް މައުޟޫޢީ ދަޢުވާއެއް
ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު އެކަންކުރުމުގެ މަގު ފަހިކުރުމުގެ ގޮތުން ބީޓީގެ
98ޑމޭ 7
ބަޔާންކުރެވުން
CU O
ޝަ8/8/
2
. ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
20j4/HC-A/106
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޯމް ތަޢާރަފް ކުރެވި އެފޯމްތަކުގެ ދަރިއްޔާއިން އެދަޢުވާތަކާ މައްސަލަތައް
ބަލައިގަންނަ ގޮތަށް އިންތިޒާމް ހަމަޖެހިފައިވާކަމާއި، އަދި އެފަދަ މައުޟޫޢީ ދަޢުވާތަކާ ނުވަތަ މައްސަލަތަކާ
ގުޅިގެން ވަގުތީ ފިޔަވަޅު ނުވަތަ ވަގުތީ އަމުރުތައް ނެރެދިނުމަށް އެދެމުންދާތީ، އެކަމުގެ އިންތިޒާމްތައްވެސް
ވަނީ ޝަރުޢީ ކޯޓުތަކުގައި ހަމަޖެހި ޤާއިމްކުރެވިފައި ކަމާއި، ޝަރުޢީ ކޯޓަކަށް މައުޟޫޢީ ދަޢުވާއެއް ނުވަތަ
މައްސަލައެއް ހުށަހެޅިފައިނުވާ ޙާލު، ޙިމާޔަތްކުރަންޖެހޭ ޤާނޫނީ ޙައްޤެއް އޮތްކަމަށް ދެކިގެން ވަގުތީ ފިޔަވަޅެއް
އަޅައިދިނުމަށް ނުވަތަ ވަގުތީ އަމުރެއް ނެރެދިނުމަށް އެއްވެސް ކޯޓެއްގައި އެއްވެސް ފަރާތަކަށް އެދުމުގެ
އެއްވެސް ސިފައެއް ނުވަތަ ޙައްޘިއްޔަތެއް ލިބިފައި އޮވެދާނެކަމަށް ޤަބޫލުކުރަންޖެހޭ ޤާނޫނީ އަޞްލެއް ނުވަތަ
ޤާނޫނީ ޤާޢިދާއެއް ވުޖޫދުވެފައި ނުވާނެކަމާއި، ހަމައެފަދައިން ޝަރީޢަތުން ފައިޞަލް ކުރަންޖެހޭ މައުޟޫޢީ
ދަޢުވާއެއްގެ ނުވަތަ މައްސަލައެއް ކޯޓަށް ހުށަހެޅިފައި ނުވާ ޙާލު، އެފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް ނުވަތަ
ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެއްވެސް ފަރާތަކުން ކޯޓުގައި އެދުނު ކަމުގައިވިޔަސް، އެހުށަހެޅުން ކޯޓުން
ބަލައިގަނެވިގެން ނުވާނެކަމާއި، އަދި އެފަދަ ހުށަހެޅުމެއް އެއީ ޤާނޫނީގޮތުން ބަލައިގަންނަންޖެހޭ ހުށަހެޅުމެއް
ކަމުގައި ބަލައި، ކޯޓަށް ހުށަހެޅޭ މައުޟޫޢީ ދަޢުވާތަކެކޭ އެއްފަދައަކުން އެފަދަ ހުށަހެޅުންތަކަށް ޤަޟިއްޔާ
ނަންބަރު ދޭނަމަ، އެކަންވާނީ ކޯޓުގެ ޢާންމު އިޖްރާއާތުތަކާ ކަނޑައެޅިގެން ޚިލާފު، އަދި އެޢަމަލެއްގެ ސަބަބުން
ކޯޓުގެ ތަފާސް ހިސާބަށް އޮޅުންއަރާ، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޙަޤީޤަތް އޮޅިގެންދާފަދަ ޣައިރު
ޒިންމާދާރު ޢަމަލަކަށް ކަމާއި،
ދައުލަތުން އިސްތިއުނާފް ކޮށްފައިވާ ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
01/H
-
13
-
C އަމުރަށާއި، އެއަމުރު ނެރުއްވުމުގައި އެކޯޓުން ތަބާވެފައިވާ އިޖްރާއާތުތަކަށް ބަލާއިރު،
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން އެއަމުރު ނެރުމުގެ ކުރިން، އެއަމުރާ ގުޅޭ މައުޟޫޢީ ދަޢުވާއެއް އެކޯޓަށް
ހުށަހެޅިފައި ނުވާކަމަށް ކ.ގުރައިދޫ ކޯޓުގެ ނަންބަރު 20/H
-
13
-
C
03 ޖޫން 2014) ފެކްސް
މެސެޖްގައި ސާފުބަހުން ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން އެއަމުރު
ނެރުއްވާފައި އެވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:21/SC
-
A/2012 ޤަޟިއްޔާގައި އެފަލައްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-A/106
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަމުރުތައް ނެރުއްވުމުގައި ތަބާވާންޖެހޭނެ ކަމަށް ބަޔާންކުރައްވާފައިވާ އުޞޫލުތަކާ ޤާނޫނީ އިޖްރާއާތުތަކާ
އެއްގޮތަށް ކަމަށް ބެލެ
4c
2 ހއ
ބެލެވެން
އެގޮތުން ވަގުތީ އަމުރަށް އެދި ހުށަހެޅި ފަރާތަކީ އެކަމުގެ ޙައިޘިއްޔަތު އޮތް ފަރާތެއްކަން
ނުވަތަ ނޫންކަން ކަނޑައެޅުމާއި، ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ އެފަރާތުގެ މައުޟޫޢީ ޙައްޤެއް ނުވަތަ
ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު އޮތް ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، މިދެ ޝަރުޠު
އެއްފަރާތްކުރުމަށްފަހު، ހުށަހެޅިފައިވާ އަދި ފައިޞަލާ ކުރަންޖެހިފައިވާ މައުޟޫޢީ ދަޢުވާއެއް ނުވަތަ
މައްސަލައެއް އެކޯޓުގައި ވުޖޫދުވެފައިނެތް ޙާލު، އެފަދަ ޤަޟިއްޔާއެ އެކޯޓަށް ހުށަހެޅިފައިވާކަމަށް
ޤަބޫލުކުރަންޖެހޭފަދަ ގޮތަކަށް ޤަޟިއްޔާ ނަންބަރެއް އުފަންކުރުވައި، އެއަމުރު ނެރެފައި އެވަނީ އެޤަޟިއްޔާ
އާއި ގުޅިގެންކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ، ޙަޤީޤަތެއް ނޫންކަން ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ބަހުން
އެނގެން އޮތުމުން، އެސަބަބަށްޓަކައި އެކަނިވެސް، ދައުލަތުން އިސްތިއުނާފްކޮށްފައިވާ ކ.ގުރައިދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014
/
01/H
-
13
-
C އަމުރަކީ ބާޠިލްކުރަންޖެހޭ އަމުރެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިޤަޟިއްޔާބެލި ހުރިހާ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2014
/
01/H
-
13
-
C އަމުރަކީ އެފަދަ އަމުރުތައް ނެރުމުގައި ޤާނޫނީގޮތުން ތަބާވާންޖެހޭ އަދި
ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުމެއްނެތި ނެރުއްވާފައިވާ އަމުރެއްކަމުގައި
އެކަމުގައިވާތީ، އެއަމުރު
ބާޠިލްކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv