ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/151 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/151
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 151/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
ޝަނަން: އިބްރާހީމް އިޛްހާން
އައިޑީ ކާޑު ނަންބަރ 007329-A
ދާއިމީ އެޑްރެސް: ގ.ނަޝާތުވިލް
މިހާރުގެ އެޑްރެސް:ގ.ފެންފިނި
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފާޠިމަތު ދީދީ
އައިޑީ ކާޑު ނަންބަރ A018739
ދާއިމީ އެޑްރެސް: ކެކުރިގެ/ ސ.ހިތަދޫ
މިހާރުގެ އެޑްރެސް: ކެކުރި ސ.ހިތަދޫ
1432
ރަޖިސްޓްރީކުރެވުނު ތާރީޚް: 18ރަޖަބް
20 ޖޫން
ނިމުނު ތާރީޚް: 10 ޝަޢުބާން 1432
11 ޖުލައި
2011
2011
ބައިސްތިއުނާފުކު
އުނާފުކުރެވުނުޤަޟިއްޔާނަންބަރު: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު s2C
-
B1
/
2011
/
11
(15 ޖޫން 2011) ވަގުތީ އަމުރު
ޤަޟިއްޔާގެ
ނިއްޔާގެ ބާވަތް: ވަގުތީ އަމުރު
ނިންމެވިކޯޓް: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓް
ތާރީޚް: 15 ޖޫން 2011
ޓެސްޓްގެ ޚަޖީ
*
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުދުޖުހިނގުން، ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011/HC-A15]
• ދަޢުވާގެ ޚުލާޞާ
ރައީ،
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C
-
B1
/
2011
/
12 (15 ޖޫން
2011) ވަގުތީ އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެއަމުރު
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ގ.ނަޝާތުވިލާ އިބްރާހީމް އިދްހާނު
(އައިޑީކާޑުނަންބަރު 007329-A) ސ.ހިތަދޫ ކެކުރިގެ ފާތިމަތު ދީދީގެ މައްޗަށް ހުށަހަޅާފައިވާ
އިސްތިއުނާފީ ދަޢުވާއެކެވެ.
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް އިބްރާހީމް އިޛްހާނުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި އަދި މިމައްސަލާގައި ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށާއި
ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C
-
B1
/
2011
/
12 ގެ ވަގުތީ އަމުރުން
ގ.ނަޝާތުވިލާ އިބްރާހީމް އިޛްހާންއާއި ސ.ހިތަދޫ ފެމޯރާގެ ޢާއިޝަތު އަޙްމަދު ދީދީއާއި ދެމީހުންނަށް
ލިބިފައިވާ ދަރިފުޅު އާމިނަތު އީޝާ އިޛްހާން (5 އަހަރު) ދިކުއްޖާގެ މަންމަ ޢާއިޝަތު އަޙްމަދު ދީދީއާ
ޙަވާލު ކުރުމަށްޓަކައި ހ.އިޝާޒް 3 ވަނަ ފަންގިފިލާގައި އުޅޭ ސ.ހިތަދޫ ކަޅުވަކަރުގެ ރިފްޤުތު ސަލީމް އާ
ޙަވާލު ކުރުމަށް ކުއްޖާގެ ބައްޕަ އިބްރާހީމް އިދްހާންއަށް އަމުރުކުރައްވާފައިވާއިރު ކުއްޖާ ބެލުމުގެ ޤާނޫނީ
އަދި ޝަރުޢީ ވިލާޔަތު ކުއްޖާގެ ބައްޕައަށްވެސް ލިބިގެންވާއިރު ޙަޟާނަތުގެ ވިލާޔަތުގެ ދަށުން ކުއްޖާ
ވަކިފަރާތަކަށް ޝަރީޢަތުން ނަގައި ދިނުމަށް ޙުކުމެއް ކުރައްވާފައި ނެތްޙާލު އަދި ސ.ހިތަދޫ މެޖިސްޓްރޭޓް
ކޯޓަށް ހުށަހެޅިފައިވާ ކުއްޖާގެ ޙަޟާނަތުގެ މައްސަލަ ނިމުމުގެ ކުރިން ކުއްޖާގެ ބައްޕަގެ އަތުން ކުއްޖާ
ނަގަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޢިޝާރާތް ކުރެވުނު ވަގުތީ
އަމުރުގައި ބަޔާންކޮށްފައިނެތި ކުއްޖާ ބެލުމުގެ ވިލާޔަތު އޮތްކަން އެގެން ނެތް ފަރާތަކާ ކުއްޖާ ޙަވާލު
ކުރުމަށް ކުއްޖާގެ ބައްޕައަށް އަމުރުކޮށްފައިވާ އަމުރުކުރުމަކީ އެކަމުގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން
ރިޢާޔަތް ކުރަންޖެހޭ މަސްލަޙަތާ ޚިލާފު ކަމެއްކަން އެގެއެވެ.
(ނ)
ޢާއިލާއާއި ބެހޭ ޤާނޫނުގެ
40 ވަނަ މާއްދާގެ (ހ) ގައި މި ޤާނޫނުގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުއްޖެއްގެ ޙަޟާނަތު ޙަވާލުކުރުން އެންމެ އިސްވެގެންވަނީ އެކުއްޖެއްގެ
މިހިރެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން ދީޤުގެ 3ވަނަދޮރޯނީ، މްވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
،ގައި
3
2011}IIC-151
¢ ¢ ¢¢
މަންމައާ ކަމަށާއި އަދި އެމާއްދާގެ (ށ) ގައި ކުއްޖެއްގެ ޙަޟާނަތު ޙަވާލުކުރުމަށް މިޤާނޫނުގެ 41 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް މަންމަގެ ކިބައިގައި ނެތްކަމަށް ޤާޟީއަށް ފެނިއްޖެނަމަ،
ޙަޟާނަތުގެ ޙައްޤު ޙަވާލުކުރާނޭ ފަރާތެއް ކޯޓުން ކަނޑައަޅަންވާނީ، މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި
ބަޔާންކޮށްފައިވާ މީސްމީހުންގެ ތެރެއިން ބަޔާންކޮށްފައިވާ ތަރުތީބަށް އިސްކަންދީގެން ކަމަށާއި އަދި
އެމާއްދާގެ (ނ) ގައި އަންހެން ކުއްޖެއްގެ ޙަޟާނަތު ޙަވާލުކުރަނީ ފިރިހެނަކާނަމަ، އެމީހާ ވާންވާނީ
އެކުއްޖާއާ ކާވެނި ޙަރާމްފިރިހެނަކަށް ކަމަށާއި އަދި އެމާއްދާގެ (ރ) ގައި ކުއްޖާގެ ޙަޟާނަތު
ޙަވާލުކުރުމުގައި، ތިމާގެ ކަމުގެ ދަރައިޖައިގެ ގޮތުން ހަމަހަމަ އެކަކަށްވުރެ ގިނަ ބަޔަކު ތިބިނަމަ،
އެކުއްޖާގެ ޙަޟާނަތު ޙަވާލުކުރަންވާނީ އެބައެއްގެ ތެރެއިން އެކުއްޖަކަށް އެންމެ އޯގާތެރިކަމަށް ފެންނަ އަދި
އެންމެ އަޚުލާޤު ރަނގަޅު މީހަކާ ކަމަށާއި އަދި އެމާއްދާގެ (ބ) ގައި މިމާއްދާގައިވާ ގޮތުގެ މަތިން ކުއްޖާގެ
ޙަޟާނަތު ޙަވާލުކުރުމުގައި ޢަމަލުކުރަންވާނީ، ކުއްޖާގެ މަސްލަޙަތަށް އޮތް އެންމެ ރަނގަޅު ގޮތަކަށް
ކަމަށާއި މިގޮތަށް ބަޔާން ކޮށްފައި އޮތުމުން ކުއްޖާގެ ޙަޟާނަތުގެ ޙައްޤު ޝަރީޢަތުން ވަކި ފަރާތަކާ ޙަވާދު
ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން އެގެން އޮތް އިރު އަދި އެކަންކަމަށް
ޝަރީޢަތުން ރިޢާޔަތް ކުރަން ޖެހޭއިރު އަދި ޢާއިލާ އާއި ބެހޭ ގަވައިދުގެ 71 ވަނަ މާއްދާގައި ކުއްޖާގެ
ޙަޟާނަތު ޙަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަންދޭންޖެހޭ ތަރުތީބު ބަޔާން ކޮށްފައިވާއިރު އަދި
އޭގެ ތެރޭގައި ތިންވަނައަށް ކުއްޖާގެ ބައްޕަވެސް ހިމެނިފައިވާއިރު
OX
·
44
އަދި އާއިލާއާ ގަވައިދުގެ 72 ވަނަ މާއްދާގައި ކުއްޖާގެ ޙަޟާނަތުގެ ތަރުތީބުން
އެންމެ އިސްކަން ދެވޭ މީހާ އާ ކުއްޖާގެ ޙަޟާނަތު ޙަވާލު ކޮށްފިނަމަ ކުއްޖާގެ މަސްލަޙަތަށް އުނިކަމެއް
އަންނާނޭ ކަމަށް ބެލެވޭ ޤަރީނާ ތަކެއް ހުރިނަމަ، ކުއްޖާގެ މަސްލަޙަތަށް ރިޢާޔަތްކޮށް ޙަޟާނަތުގައި
އިސްކަންދެވިފައިވާ ތަރުތީބުގެ މަތީން ކުއްޖާގެ ޙަޟާނަތު އެހެން ފަރާތަކާ ޙަވާލު ކުރެވިދާނެއެވެ." މިގޮތަށް
ބަޔާންކޮށްފައިވާއިރު އިސްވެބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތް ކުރެވިފައިވާކަން އެގެން ނެތި ކުއްޖާގެ
ޙަޟާނަތުގެ ޙައްޤު ޝަރީޢަތުން ވަކިފަރާތަކަށް ކަނޑައަޅައި ދިނުމުގެ ކުރިން ކުއްޖާ ބެލުމުގެ ވިލާޔަތު
ލިބިއޮތްކަން އެގެން ނެތް ފަރާތަކާ ކުއްޖާ ޙަވާލު ކުރުމަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
S2C
-
B1
/
2011
/
12 ގެ ވަގުތީ އަމުރުން ކުއްޖާގެ ބައްޕައަށް އަމުރުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތަށް ކަމަށް ބެލޭނެ ތަނެއް ނެތްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒުހިނގުން،ތީޅުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471 (
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-A/151
ވީމާ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C
-
B1
/
2011
/
12 ގެ ވަގުތީ އަމުރަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނެރެފައިވާ ވަގުތީ އަމުރެއްކަމަށް މިމައްސަލަ ބެވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލެއް ނުކުރެވެއެވެ.
ޙުކުމް
9 8ދه
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންތައްތައް އެގޮތުގެ މަތީން ހުރުމާއެކު ސ.ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C
-
B1
/
2011
/
12 ވަގުތީ އަމުރަކީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާ
ނެރެފައިވާ އަމުރެއްކަމަށް ބެލޭނޭ ތަނެއްނެތުމާއެކު ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
S2C
-
B1
/
2011
/
12 ވަގުތީ އަމުރު މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ބާޠިލް ކޮށްފީމެވެ.
މިޤާޟިއްޔާ ބަލާ ޙުކުމް ކުރީ
ޔޫސުފު ޙުސައިން
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯ! ޤާވެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv