ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/515 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/5115
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
• ޤަޟިއްޔާ ނަންބަރު: 515/HC-A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: މުޙައްމަދު ރަފީޤު ދާއިމީ އެޑްރެސް: ދަފްރަތު. ނަންބަރު ރސ 14787 މާލެ
* އައި.ޑީ.ކާޑު ނަންބަރު: A059017 މިހާރުގެ އެޑްރެސް: ގ.އެތުމާވިލާ މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 01 ޞަފަރު 1438 * ނިމުނު ތާރީޚް: 22 ޞަފަރު 1438
01 ނޮވެމްބަރ 2016
22 ނޮވެމްބަރ 2016
• އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2016
/
7424/J
/
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން ބަނގުރާ
ގެންގުޅުން)
އަމުރު ނެރުއްވި ތާރީޚު: 23 އޮކްޓޯބަރ 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲދީދީ ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/5115
ދަޢުވާގެ ޚުލާޞާ
81 ހ2
ނަން
މިއީ، ކްރިމިނަލް ކޯޓުގެ
ދެބަރު 2016
/
7424/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މާލެ ދަފްތަރު ނަންބަރު ރސ
4787
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ
މުޙައްމަދު ރަފީޤުއެވެ.
01.3
40
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7424/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
0 =ހ2 2
2
އއ 63
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7424/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެއަމުރަކީ،
މުޙައްމަދު ރަފީޤުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރުމާއި
ބަނގުރާ ގެންގުޅުމުގެ މައްސަލައިގައި ކޯޓަށް ހާޟިރުނުވެދާނެ ކަމަށްޓަކައި 2016 އޮކްޓޯބަރ 30 ވަނަ
ދުވަހުގެ 15:19 އިން ފެށިގެން 2016 ނޮވެމްބަރ 14 ވަނަ ދުވަހުގެ 15:18 ގެ ނިޔަލަށް މުޙައްމަދު
ރަފީޤު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން
އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/515
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7424/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ!
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7424/J
/
MD-145 ކޯޓު އަމުރަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ
(ހ) އާއި 12 ވަނަ މާއްދާގެ (ނ) ގައި ކުށްކުށަށް
މީހުން ބަންދުގައި ބެހެއްޓުމާމެދު
ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
46 391 3 1
020ކ ރ
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9
ވަނަ ނުކުތާގައި
ޔާންކޮށްފައިވާ އުޞޫލުތަކަށް
ރިޢާޔަތްކުރެއްވުމަކާނުލައި ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ބަޔާނ
CC
0
• ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި ”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ތަބާވާންވާނެ، ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން
އަމުރު ނެރުއްވިއިރު، އެއުޞޫލަށް ރިޢާޔަތް ނުކުރައްވައި އަމުރު ނެރުއްވާފައިވާކަމަށް ބުނެ
ހުށަހެޅި
ނުކުތާއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/515
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7424/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން
ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި؛
20
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/515
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް
މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި،
އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމެވެ.
4 ¢
ހއ.8
މައިޗަށް
ه(0 =އ
38
3233
(ނ) ދެވަނަ ކަމަކީ، މިއިސްތިއުނާފުކުރެވޭ މައްސަލާގައި މުޙައްމަދު ރަފީޤުގެ
ތުހުމަތުކުރެވިފައިވަނީ، މަސްތުވާތަކެތި އެތަކެތީގެ ވިޔަފާރިކުރުމާއި ބަނގުރާ
ތުހުމަތުކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 151516/MF [ބަންދުގެ މުއްދަތު އިތުރުކުރުމަށް
ހުށަހަޅާ ފޯމް” އިން އެނގެން އޮންނަކަމާއި،
ކުށެއްގެ ތުހުމަތުކުރެވިގެން ތަޙްޤީޤު ކުރެވެމުންދާ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ
މީހެއް ކަމާއި، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
ބައްލަވަން ޖެހޭނީ ތުހުމަތުކުރެވިފައިވާ މީހެއްގެ ފަރުދީ މަޞްލަޙަތަށް އެކަނި ނޫންކަމާއި، ކުށުގެ ތުހުމަތުގައިވާ
މީހެއްގެ ފަރުދީ މަސްލަޙަތު ޙިމާޔަތްކުރުމާއެކު މުޖުތަމަޢުގެ ޖަމާޢީ މަސްލަޙަތަށްވެސް ބެލި، މުޖުތަމަޢުގެ ޖަމާޢީ
މަޞްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް
ކުރެވެންވާނެކަން އެނގޭކަމެވެ.
ދިއެހިރާއްޖޭގެ
، ދިވެހިވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/5115
ޑ 83
82
ބޭނުންކޮސް
(ނ) ތިންވަނަ ކަމަކީ، މުޙައްމަދު ރަފީޤުގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ، މަސްތުވާތަކެތި
ދެކޮށް އެތަކެތީގެ ވިޔަފާރިކުރުމާއި ބަނގުރާ ގެންގުޅުމުގެ ތުހުމަތުކަން އެނގެން އޮންނައިރު،
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން
މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ
ކުށްތަކެއްކަމާއި، އެގޮތުން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ
މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ)
އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއްކަމާއި މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ
ޖިނާޔަތުގެ ކުށެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 10/SC-A/2016 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާފައިވާ ކަމާއިގެ
UCO
އެގޮތުން ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7424/J
/
MD-145 ކޯޓު އަމުރުގެ ދަށުން
މުޙައްމަދު ރަފީޤު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ ކޯޓަށް ހާޟިރުނުވެދާނެ
ކަމަށްޓަކައިކަން އެނގެން އޮންނައިރު، މުޙައްމަދު ރަފީޤު ހައްޔަރުކުރެވިފައިވަނީ، 2016 އޯގަސްޓް 30 ވަނަ
ދުވަހުގެ 21:00 ހާއިރު، މުޙައްމަދު ރަފީޤުއާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ
ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި،
އެތުމާވިލާ ކޯޓު އަމުރެއްގެ ދަށުން
ބަލާފާސްކުރުމުން ގ.އެތުމާވިލާގޭގެ ތެރެއިން ގިނައަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ މައްސަލައިގައިކަމާއި،
އެމައްސަލައިގެ ހެކި ޤަރީނާގެ ގޮތުގައި، ސީނަށް ދިޔަފުލުހުން ބުނާ ބުނުމާއި، މުޙައްމަދު ރަފީޤުގެ އަތުން
ބަރުދަނުގައި 26.7175 ގްރާމު ހުރި ޓެޓްރާހައިޑްރޯ ކެނެބިނޯލް ފެނިފައިވުމާއި، އަދި އޭނާގެ އޮފީސް ތެރެއިން
ގިނައަދަދެއްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗިއްސާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެހި
ފެނިފައިވުމާއި، އަދި އެއޮފީސް ތެރޭގައި ހުރި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފުޅިއަކުން
މުޙައްމަދު ރަފީޤުގެ ފިންގަރޕްރިންޓް ލިބިފައިވުމުގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތި ތަޙްލީލުކުރުމުން
4
ދިޖެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/515
ބަންދުގެ
ކެނެބިސްއަށް ޕޮޒިޓިވްވެފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 151516/MF
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް“ އަށް ބެލުމުން އެނގެންއޮންނައިރު،
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ބާވަތުން
މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ
ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާ އެޤަޟިއްޔާގައި ތުހުމަތުކުރެވިފައިވާ ފަރާތް
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާކަން
އެނގެން އޮންނަކަމާއި،
އެހެންކަމުން އިސްވެދެންނެވުނު އެންމެހައި ކަންކަމަށާއި، މުޙައްމަދު ރަފީޤުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ މައްސަލައިގެ ޒާތް ބާވަތާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ
ހެކިތަކަށް ރިޢާޔަތްކޮށް ބަލާއިރު، މުޙައްމަދު ރަފީޤު ބަންދުގައި ބަހައްޓަންވާނީ މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައިކަން އެނގޭކަމެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބެލުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2016
/
7424/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2016/HC-A/515
ޙުކުމް
ދޗު 8
9
94
3
ބަޔާންކުރަން
6 98 6
ހނއއ
ދެންފަހެ، އިސްވެ
މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
7424/J
/
MD-145 ކޯޓު އަމުރު ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް، 2016 ނޮވެމްބަރ 22 ވަނަ ދުވަހުގެ 13:50 އިން ފެށިގެން 15
(ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި މާލެ| ދަފްތަރު.
ނަންބަރު ރސ 4787 މުޙައްމަދު ރަފީޤް ބަންދުކޮށްފައި ބެހެއްޓުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ
ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
ޑިހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv