ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/340 ޤަޟިއްޔާގެ ޙުކުމް
9
1
2016/HC-A/34
ޤަޟިއްޔާ ނިމުނު
އޭގެ ޚުލާޞާ
بم از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:340/HC
-
A/2016
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ފިރާޤް
- އައިޑެންޓިޓީ ކާޑު ނަންބަރު.A053352
* ދާއިމީ އެޑްރެސް: މ.މެރީލޮޖް(މާލެ
މިހާރުގެ އެޑްރެސް: ބަނޑޭރިކޮށި ނަންބަރު 195/L-2/މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ)
LE
* ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް،
ހ.ވެލާނާގެ ބިލްޑިންގ(މާލެ
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް،
ހ.ވެލާނާ ބިލްޑިންގ(މާލެ
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 އޮގަސްޓް 2016 ނިމުނު ތާރީޚް: 23 މޭ 2017
• އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ:
ނަންބަރު 2014/Cv
-
C/24477
ނިންމި ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ބަދަލު ހޯދުމުގެ މައްސަލަ
ހުށަހެޅި ތާރީޚް: 17 ޑިސެމްބަރ 2014
' ނިމުނު ތާރީޚް: 26 އޭޕްރީލް 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަލީ ·
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2{16/HC-A/340
ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނިމުނު
.ދައުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2477 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ.މެރީލޮޖް!މުޙައްމަދު ފިރާޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި
ޤަޟިއްޔާގައި، ދަޢުވާރައްދުވަނީ
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީ) ގެ މައްޗަށެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2477 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ މުޙައްމަދު ފިރާޤް އަމިއްލަ ޚަރަދުގައި ގެދޮރު އަޅައިގެން ދިރިއުޅުމަށް
08 މާރިޗް 1989 ގައި ދޫކޮށްފައިވާ ބަނޑޭރިކޮށި ނަންބަރު 195/L-12މާލެ ގައި މުޙައްމަދު ފިރާޤް
ޒަމާނުއްސުރެ ހޯދާފައިވާ ފައިސާއިން އެކަށީގެންވާ ފެންވަރުގެ ގެއެއް ބިނާކޮށް އެގޭގައި ދިރިއުޅެމުން ދަނިކޮށް،
އެބިން މުޙައްމަދު ފިރާޤްގެ އަތުން ވަކިކުރުމުގައި ސަރުކާރުން ޢަމަލުކޮށްފައިވާ އުސޫލާ ޚިލާފަށް އަދި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ) އިން ކޮންމެ ދިވެހި ރައްޔިތަކަށް
ކަށަވަރުކޮށްދީފައިވާ ބޯހިޔާވަހިކަމުގެ ޙައްޤު ނިގުޅައިގަންނަ ގޮތަށް ބަނޑޭރިކޮށި ނަންބަރު 195/L-12މާލެ
ހުސްކުރުމަށް މުޙައްމަދު ފިރާޤަށް އަންގާފައިވާތީ، އެއެންގުން އެންގުމުގެ ގޮތުން ފޮނުވާފައިވާ މޯލްޑިވްސް
ނޭޝަނަލް ޑިފެންސް ފޯސްގެ ނަންބަރު 2014
/
122/MNDF
-
1
-
J1
-
W (21 އޮކްޓޯބަރ 2014
ސިޓީއާއި ނަންބަރު 2014
/
517/MNDF
-
J1
-
W (27 ނޮވެމްބަރ 2014) ގެ ސިޓީގައިވާ ކަ
މައިކް
20
ކަMe
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2{16/HC-A/340
ޤަޟިއްޔާ ނިމުނު
ގޮތުގެ ޚުލު
OXO
422647
އަވާނެއެވެ.
ބާޠިލްކޮށް ދެއްވުން އެދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (ދައުލަތް) ގެ މައްޗަށް މ.މެރީލޮޖް1
މުޙައްމަދު
މެދު ފިރާޤް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ ދަޢުވާކުރާ ފަރާތަކީ ސިފައިންގެ ވަޒީފާއިން 06 ޑިސެމްބަރު
1994 އިން ފެށިގެން ވަކިކުރެވިފައިވާ ފަރާތެއް ކަމާއި، ބަނޑޭރި ކޮށިން ދަޢުވާކުރާ ފަރާތާ ޙަވާލުކޮށްފައިވާ
ބިމާއި ފުލެޓަކީ ދަޢުވާކުރާ ފަރާތް ސިފައިންގެ ވަޒީފާއަދާކުރަމުން ދިޔަ ދުވަސްވަރު ދަޢުވާކުރާ ފަރާތާއި
އެފަރާތުގެ އަނބިންނާއި ދަރިންނާއި މައިންބަފައިންނާއި އެއްބަނޑުއެއްބަފާ މީހުން ދިރިއުޅުމަށްޓަކައި ދީފައިވާ
ބިމާއި ފުލެޓެއް ކަމާއި، ބަނޑޭރިކޮށިން "ބިން ހަވާލުކުރެވޭ މީހަކު ސިފައިންގެ ވަޒީފާއިން ވަކިވެއްޖެނަމަ،
ނުވަތަ ވަކިކުރެވިއްޖެނަމަ، އެބިމެއް އަނބުރާ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް
މިފައިން ޞަރީޙަ ބަހުން ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ދެމެދު 08 މާރިޗް 1989
ގައި ސޮއިކޮށްފައިވާ "ދިރިއުޅުމަށް ޙަވާލުކުރެވޭ ބިމާބެހޭ އެގްރީމަންޓްގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައި
އޮންނާތީ، ދަޢުވާކުރާ ފަރާތް ސިފައިންގެ ވަޒީފާއިން ވަކިކުރެވިފައިވާ ތާރީޚުން ފެށިގެން ބަނޑޭރި ކޮށި
ނަންބަރު 195/L-2 ފުލެޓުން ބޯހިޔާވަހިކަން ހޯދުމުގެ ޙައްޤު ދަޢުވާކުރާ ފަރާތަށް ލިބިގެންނުވާކަން
ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ،
ބަނޑޭރި ކޮށިން ދަޢުވާކުރާ ފަރާތާ ޙަވާލުކޮށްފައިވާ ބަނޑޭރިކޮށި ނަންބަރު 195/L-2
ފުލެޓް ކޮށި، 2014 އޮކްޓޯބަރ 21 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހުސްކޮށް، ފުލެޓްގެ
ތަޅުދަނޑި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ހެޑްކްއޯރޓާޑް ޙަވާލުކުރުމަށާއި އަދި
މިމުއްދަތުގެ ތެރޭގައި ފްލެޓްގެ ތަޅުދަނޑި ދަޢުވާލިބޭ ފަރާތާއި ޙަވާލުނުކޮށްފި ނަމަ، އެފަރާތަށް ލިބިގެންވާ
އިޚްތިޔާރާއި ބާރުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް، އިސްވެ އިޝާރާތް ކުރެވުނު ފުލެޓް
ހުސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނަންބަރު
2014
/
122/MNDF
-
1
-
J1
-
W (21 އޮކްޓޯބަރ 2014) ގެ ސިޓީއާއި މޯލްޑިވްސް ނޭޝަނަލް
ފޯސްގެ ނަންބަރު 2014
/
517/MNDF
-
J1
-
W (27 ނޮވެމްބަރ 2014) ގެ ސިޓީން ދަޢުވާކު
ޢަޢީބޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2 22
ޤަޟިއްޔާ ނިމުނު
2016HC-A/340
کم 3
އަންގާފައިވާ އެންގުން ބާޠިލްކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވައި ކަން އެނގެން
އޮންނަކަމެވެ.
023
2- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2477 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ.މެރީލޮޖް/ މުޙައްމަދު ފިރާޤުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި، އެނުކުތާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާއަކީ:-
ނުކުތާއަކީ: ބަނޑޭރިކޮށި ނަންބަރު 195/L-12މާލެ ފުލެޓް، މިނިސްޓްރީ އޮފް ޑިފެންސް
އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބޭނުމަށް މުޙައްމަދު ފިރާޤުގެ އަތުން ނެގޭނީ އެބިމުގައި މުޙައްމަދު ފިރާޤް
މަގުމަތިވިޔަ ނުދިނުމަށްޓަކައި މުޙައްމަދު ފިރާޤް ކޮށްފައިވާ ޢިމާރާތަށް ދޭންޖެހޭ ޝަރުޢީ ބަދަލު
ދިނުމަށްފަހުގައި ކަމަށްވެފައި މިއީ މީގެ ކުރިން ވެސް މިދެފަރާތުގެ ދެމެދުގައި ފުލެޓް މުޙައްމަދު ފިރާޤުގެ
ކިބައިން ވަކިކުރާނަމަ، ވަކިކުރުމުގައި ޢަމަލުކުރާނެ އުޞޫލުގެ ގޮތުގައި ހަމަޖެހިފައިވަނިކޮށް ވެސް ސިވިލް
ކޯޓުން މައްސަލަ ނިންމެވުމުގައި މިޢުޞޫލަށް ރިޢާޔަތް ކުރައްވާފައި ނުވުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އިން މުޙައްމަދު ފިރާޤަށް ކަށަވަރުކޮށްދީފައިވާ އިންޞާފުވެރިކަން
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ
ހިޔާވަހިކަމުގެ ޙައްޤު ގެއްލިގެންދާ ގޮތަށް މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
3- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2477 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ.މެރީލޮޖް މުޙައްމަދު ފިރާޤުގެ ފަރާތުން ހުށަހެޅި ނުކުތާއަކަށާއި، އެ ނުކުތާއާ ގުޅޭ ގޮތުން މުޙައްމަދު ފިރާޤުގެ
ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް)
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ *
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
23
2016HC-A/340
ޤަޟިއްޔާ ނިމުނު
ޚުލާސާ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ބަނޑޭރިކޮށި ނަންބަރު 195/L-2 ފުލެޓް/ބިމަކީ މ.މެރީލޮޖް(މުޙައްމަދު
ފިރާޤު އަމިއްލަ ޚަރަދުގައި ޢިމާރާތް ކޮށް ދިރިއުޅުމަށް 08 ޚާރިޗް 1989 ގައި ދޫކޮށްފައިވާ ފުލެޓް!ބިމެއް
ކަމާއި، އެގޮތަށް އެތަން މުޙައްމަދު ފިރާޤަށް ދީފައިވަނީ މުޙައްމަދު ފިރާޤަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި
ހުރި މީހަކަށް ވާތީކަމާއި، މުޙައްމަދު ފިރާޤް ދިވެހި ސިފައިންގެ ވަޒީފާއިން ވަކިވެފައިވަނީ 06 ޑިސެމްބަރު
1994 ގައި ކަމާއި އޭނާ ވަކިވުމުން އެތަން އަގުކޮށް އެއަގު މުޙައްމަދު ފިރާޤަށް ދިނުމަށް ފަހު، މުޙައްމަދު
ފިރާޤް އެފައިސާ އަނބުރާ އެމް.އެން.ޑީ.އެފްއަށް ދައްކާފައިވާ ކަމާއި، މުޙައްމަދު ފިރާޤް ސިފައިންގެ ވަޒީފާއިން
ވަކިވި ފަހުންވެސް އެތަނުގައި ދިރިއުޅެމުން ގެންދިޔައީ މުޙައްމަދު ފިރާޤު އާ އޭނާގެ ޢާއިލާ ކަން އެނގޭއިރު،
މުޙައްމަދު ފިރާޤަށް ދޫކޮށްފައިވާ ބަނޑޭރިކޮށި ނަންބަރު 195/L-2 ފުލެޓް/ބިން ހުސްކޮށް އެތަން މޯލްޑިވްސް
ނޭޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ޔުނިޓާ ޙަވާލުކުރުމަށް އެމް.އެން.ޑީއެފްއިން މުޙައްމަދު ފިރާޤަށް
އަންގާފައިވަނީ އޭނާ ސިފައިންގެ ވަޒީފާއިން ވަކިވިތާ 20 (ވިހި) އަހަރު ފަހުންކަން މި މައްސަލައިގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ބަނޑޭރިކޮށި ނަންބަރު 195/L-2 ފުލެޓް/ބިން މ.މެރީލޮޖް (މުޙައްމަދު
ފިރާޤާ ޙަވާލުކުރުމަށް އޭނާއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ދެމެދު ވެވިފައިވާ އެއްބަސްވުމަށް
ބަލާއިރު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ޙަވާލުކުރެވޭ ބިމަކީ، އެމީހަކު
ސިފައިން ގޭގައި ޚިދުމަތް ކުރާހާދުވަހަކަށް އެމީހަކަށް ދޫކުރެވިފައިވާ ސަރުކާރުގެ ބިމެއް
ޙަވާލުކުރެވޭ މީހަކު ސިފައިންގެ ވަޒީފާއިން ވަކިވެއްޖެނަމަ، ނުވަތަ ވަކިކުރައްވައިފިނަމަ، އެބިން އަނބުރާ
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް އަތުލެވޭނެ ކަމަށާއި މިގޮތުން
ވަކިކުރައްވައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2 32
33
2{016/HC-A/340
ޤަޟިއްޔާ ނިމުނު
އެމީހަކު އެބިމެއްގައި ދިރިއުޅުމަށް ހޯދާފައިވާ ތަކެތި އެމީހަކަށް ލިބޭނެ ކަމަށާއި، އަދި އެމީހަކު މަރުވިކަމުގައި
ވީނަމަވެސް ޢަމަލުކުރެވޭނީ މިއުޞޫލުގެ މަތިންކަން އެއެއްބަސްވުމުގެ 1 އަދި 10 ވަނަ މާއްދާއަށް ބެލުމުން
އެނގޭއިރު، މި މައްސަލަ އިސްތިއުނާފުކުރާ މ.މެރީލޮޖް މުޙައްމަދު ފިރާޤް ސިފައިންގެ ވަޒީފާއިން 06
ޑިސެމްބަރު 1994 ގައި ވަކިވިފަހުން ވެސް އޭނާއަށް ސިފައިންގެ ވަޒީފާގައި ހުރިއިރު، ޙަވާލުކޮށްފައިވާ
ބިމުގައި އޭނާއަށް ހުރެވިފައި ވަނީ އެއިރު ސިފައިންގެ އެންމެ މަތީ ވެރިޔާ އެގޮތަށް ހަމަޖައްސަވައި ދެއްވުމުން
ކަމަށާއި، އަދި އޭގެ ފަހުން އައި ވެރިކަންތަކުގައި ވެސް މުޙައްމަދު ފިރާޤް އެތަނުގައި އުޅެވޭ ގޮތަށް
ހަމަޖައްސައި ދީފައިވުމުން އެތަނުގައި ހުރެވުނީ ކަމަށާއި، މުޙައްމަދު ފިރާޤުގެ އަތުން އެތަން އަތުލެވޭ ނަމަ އެ
ތަނަށް މުޙައްމަދު ފިރާޤް ކޮށްފައިވާ ޢިމާރާތުގެ ބަދަލު ލިބިދިނުމަށް އެދޭ ކަމަށާއި އަދި އެއީ އެފަދަ ބިން
އަތުލުމުގައި އެމް.އެން.ޑީ.އެފްއިން ޢަމަލުކުރަމުން އަންނަ ގޮތްކަމަށް މުޙައްމަދު ފިރާޤުގެ ފަރާތުން
ބުނެފައިވާކަމާއި، އަދި މުޙައްމަދު ފިރާޤް 06 ޑިސެމްބަރު 1994 ގައި ސިފައިންގެ ވަޒީފާއިން ވަކިވުމުން
އެތަނުގެ އަގުކޮށް
މަގުކޮށް 77,383.89ރ (ހަތްދިހަ ހަތް ހާސް ތިން ސަތޭކަ އައްޑިހަތިން ރުފިޔާ އައްޑިހަނުވަ ލާރި)
މުޙައްމަދު ފިރާޤަށް ދީފައިވާކަމާއި، ނަމަވެސް، މުޙައްމަދު ފިރާޤް އެބިމުގައި ދިރިއުޅެވޭނެ ގޮތަށް ހަމަޖެހުމުން
އެފައިސާ އަނބުރާ އެމް.އެން.ޑީ.އެފް.އަށް މުޙައްމަދު ފިރާޤް ދައްކާފައިވާކަމަށް މުޙައްމަދު ފިރާގުގެ ފަރާތުން
ބުނާކަމާއި އަދި އެގޮތަށް މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގޭކަމާއި، ދެވަނަ ފަހަރަށް
އެތަނުގައި މުޙައްމަދު ފިރާޤް ދިރިއުޅުމަށް ވަކި އެއްބަސްވުމެއް ވެވިފައިނުވާތީ، އެބިމަކީ އެމް.އެން.ޑީ.އެފް.ގެ
ޙަވާލުގައިވާ ބިމެއް ކަމަށްވެފައި އެބިން މުޙައްމަދު ފިރާޤަށް ދެވަނަ ފަހަރަށް ދޫކޮށްފައިވަނީ ސިފައިންގެ އެންމެ
މަތީވެރިޔާ އެގޮތަށް ހަމަޖައްސަވައި ދެއްވުމުން ކަމަށް މުޙައްމަދު ފިރާޤުގެ ފަރާތުން ބުނާއިރު، އަދި
ސިފައިންގެ ވަޒީފާއިން މުޙައްމަދު ފިރާޤު ވަކިވި ފަހުން އެ ތަނުގައި އޭނާއަށް ހުރެވިފައިވަނީ މުޙައްމަދު ފިރާޤު
ދިރިއުޅުމަށް އެތަން ހަމަޖައްސައި ދީފައިވުމުންކަން ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވޭ ކަމާއި، އަދި އެނޫން
އެހެންގޮތަކަށް އެކަން ހިނގާފައިވާ ކަމުގެ އެކެއް އަދި ޤަރީނާއެއްވިޔަސް ދައުލަތުގެ
މައްސަލައިގައި ހުށަހެޅިފައި ނެތުމުން މ.މެރީލޮޖްމުޙައްމަދު ފިރާޤް ދިރިއުޅެމުން ގެންދާ ބަނ؟
404
ހއކއ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު
ورد في
2016/HC-A/34
04 04
195/L-2 ފުލެޓް/ބިން މުޙައްމަދު ފިރާޤްގެ އަތުން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭނީ އެފަދަ ބިން އަތުލުމުގައި
އެފްއިން ޢަމަލުކުރަމުން އަންނަ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ކަމަށް ޤަޟިއްޔާ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ކަމެވެ.
Coo
(ނ) ތިންވަނަ ކަމަކީ: އެމް.އެން.ޑީ.އެފް އިން ބަނޑޭރިކޮށި ނަންބަރު 1195-2 ފުލެޓް ބިން
ހުސްކުރުމަށް އަންގައި މ.މެރީލޮޖް މުޙައްމަދު ފިރާޤަށް އެމް.އެން.ޑީ.އެފްގެ އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒްއިން ދެ
ސިޓީއެއް ފޮނުވާފައިވާ ކަމާއި، އެގޮތުން 21 އޮކްޓޯބަރ 2014 ގައި ފޮނުވާފައިވާ އެހެޑްކްއޯޓަރޒްގެ ނަންބަރު
2014
/
122/MNDF
-
1
-
J1
-
W ސިޓީގައި، މުޙައްމަދު ފިރާޤް އަކީ 1994 ޑިސެމްބަރ 06 ވަނަ ދުވަހުން
ފެށިގެން ސިފައިންގެ ވަޒީފާއިން ވަކިވެފައިވާ ފަރާތަކަށްވާތީ، ގަވާއިދު ނަންބަރު 101
MNDF
-
SR
ސިފައިންގެ އާންމު ގަވާއިދުގެ 17 ވަނަ ބާބުގެ 30 އަދި 31 ވަނަ މާއްދާގެ ދަށުން ހުސްކުރަންޖެހޭ
ފުލެޓް|ކޮށް
ކޮށްޓެއް ކަމުން، 2014 އޮކްޓޯބަރ 23 ވަނަ ދުވަހުން ފެށިގެން 15 ދުވަސްތެރޭގައި ބަނޑޭރިކޮށި
ނަންބަރު 195/L-2 ފްލެޓް ކޮށި ހުސްކޮށް ފްލެޓްގެ ތަޅުދަނޑި ގެ ހެޑް ކުއާރޓަޒްއާ ހަވާލުކުރުމަށް
އަންގާފައިވާ ކަމާއި އަދި 2 ނޮވެމްބަރު ގެ ތާރީޚުގައި ފޮނުވާފައިވާ ނަންބަރު
2014
/
517/MNDF
-
J1
-
W ސިޓީގައި ވަނީ، އިސްވެ ބަޔާންކުރެވުނު ސިޓީގައި އަންގާފައިވާ ގޮތަށް
2014 ނޮވެމްބަރ 06 ވަނަ ދުވަހުގެ ކުރިން މުޙައްމަދު ފިރާޤާއި އެމް.އެން.ޑީ.އެފް ބަނޑޭރިކޮށިން
ޙަވާލުކޮށްފައިވާ L1195-2 ނަންބަރު ފުލެޓް ކޮށި ހުސްކޮށް، އެފުލެޓް ކޮށީގެ ތަޅުދަނޑި އެމް.އެން.ޑީ.އެފް އާ
ޙަވާލުކޮށްފައިނުވާތީ، އެސިޓީގައި ބަޔާންކޮށްފައިވާ ފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން
މުޙައްމަދު ފިރާޤް އާ ޙަވާލުކޮށްފައިވާ ފުލެޓް/ކޮށި ހުސްކުރުމުގެ ކަންތައްތައް އެމް.އެން.ޑީ.އެފްގެ އިންޓެގްރޭޓެޑް
ހެޑްކުއޯޓަރޒް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެގޮތަށް ބަނޑޭރިކޮށި 195/L-2
ފުލެޓް ކޮށި ހުސްކުރާއިރު، މުޙައްމަދު ފިރާޤް ބަނޑޭރި ކޮށި 195/L-2 ފުލެޓް(ކޮށީގައި ބަހައްޓާފަޢީވާ
ތަކެއްޗަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެގެއްލުމަށް
އްލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް
2014
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު
ترقی اور
2016/HC-A/34{
ޒިންމާ ނުނަގާނެ ކަމަށް އަންގާފައިވާކަމާއި އެގޮތަށް މުޙައްމަދު ފިރާޤަށް އަންގާފައިވަނީ އެތަނުގައި ހުރި
މުޙައްމަދު ފިރާޤުގެ ތަކެއްޗަށް ބަދަލު އަގު ހަމަނުޖައްސައިކަން އެނގެން އޮންނަކަމެވެ.
0) 9
(ހ) ހަތަރުވަނަ ކަމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤަކީ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަމާއި
ނަމަވެސް، ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތަކަކީ ދައުލަތުގެ ތަނަވަސްކަމާއި
ކުޅަދާނަކަން ހުރި މިންވަރަކަށް އެ ޙައްޤުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން
މަސައްކަތްކުރަންޖެހޭ ޙައްޤުތަކެއްކަމާއި އެޙައްޤުތަކުގެ ތެރޭގައި، ހިޔާވަހިކަން ލިބުމުގެ ޙައްޤު ހިމެނިފައިވާއިރު،
މި މައްސަލައިގައި އެމް.އެން.ޑީ.އެފްއާ ޙަވާލުކުރުމަށް މުޙައްމަދު ފިރާޤަށް އަންގާފައިވާ ފުލެޓްބިމަކީ ސިފައިންގެ
ވަޒީފާގައި އުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ގޮތުން ދޫކުރެވިފައިވާ ފުލެޓް ބިމެއް ކަމާއި، އެ
ފުލެޓް!ބިމަކީ ސިފައިންގެ ވަޒީފާއިން ވަކިކުރެވޭ ނުވަތަ ވަކިވާ ޙާލަތުގައި އަތުލެވޭނެ ބިމެއް ކަން އެފަދަ ބިން
ޙަވާލުކުރުމުގެ ގޮތުން ވެވޭ އެއްބަސްވުމަށް ބެލުމުން އެނގެން އޮތަތީ، މުޙައްމަދު ފިރާޤް ސިފައިންގެ
ވަޒީފާގައިހުރި އިރު، އެފަރާތާއި އެފަރާތުގެ ޢާއިލާ ދިރިއުޅުމަށްޓަކައި ޙަވާލުކުރެވޭ ފުލެޓް ބިން، އެފަރާތް
ސިފައިންގެ ވަޒީފާއިން ވަކިވުމުން ނުވަތަ ވަކިކުރެވުމުން އަތުލުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ހިޔާވަހިކަމުގެ ޙައްޤު ލިބިނުދިނުންކަމަށް މާނަ
ކުރެވޭނެ ޙާލަތެއް ނޫން ކަމަށް މި ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ
ފަނޑިޔާރުންނަށް ވެސް އެއްބަސްވެވިފައިވެއެވެ.
އެހެންކަމުން، ފީ ޤާ އްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް
ކޯޓުގެ ނަންބަރު 2014/Cv
-
C{2477 ޤަޟިއްޔާގައި އެމް.އެން.ޑީ.އެފް.އިން ބަނޑޭރި ކޮށި ތަނަވަސްގެ
195/L ފުލެޓް ބިން ހުސްކުރުމަށް އަންގައި މުޙައްމަދު ފިރާޤަށް ފޮނުވާފައިވާ ދެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
2{16/HC-A/340
ޤަޟިއްޔާ ނިމުނު "
r 3
އެންގުމަކީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބަނޑޭރިކޮށިން ޙަވާލުކޮށްފައިވާ ފުލެޓްބިން އަނބުރާ
އަތުލުމުގައި ޢަމަލުކުރަމުން އަންނަ އުޞޫލުން އެފުލެޓް/ބިން ޙަވާލުކޮށްފައިވާ މ.މެރީލޮޖް މުޙައްމަދު ފިރާޤަށް
ބަދަލު ދިނުމެއް ނެތި އަންގާފައިވާ އެންގުމެއް ކަމުގައިވާތީ، އެގޮތަށް ބަދަލު ދިނުމެއް ނެތި އެތަން ހުސް
ކުރުމަށް މުޙައްމަދު ފިރާޤަށް އަންގާފައިވާ އިސްވެ ބުނެވުނު ދެ އެންގުމުގައި އަންގާފައިވާ އެންގުން ބާޠިލް
ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމުގައިނުވާތީ، އެ ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
...
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2014/Cv
-
C/2477 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް އެގޮތުގެ މަތިން ޙުކުމް ކޮށްފިމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv