ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-02/03 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2{15/HC-A-02/03
ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 02
/
03-HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 15
/
1983-C
* ދާއިމީ އެޑްރެސް: ފަސްމީރު ބިލްޑިންގ (6 ވަނަ ފަންގިފިލާ)
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން:- ޢަބްދުﷲ ޝަޒްމީލް
އައިޑީ ކާޑު ނަންބަރު: A304132
* ދާއިމީ އެޑްރެސް: ދުނގެތިމާގެ ސ.ހިތަދޫ
:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ރަބީޢުލްއާޚިރު 1436 *ނިމުނު ތާރީޚް: 18 ރަބީޢުލްއައްވަލް 1439
18 ފެބްރުއަރީ 2015
06 ޑިސެމްބަރު 2017
0
ތަޙްލީލު ކުރެވުނު ޤާޟިއްޔާ ނަންބަރު: 37/SC
-
A/2013
• ނިންމެވި ކޯޓް: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• މައްސަލަބެވި ފަނޑިޔާރުންގެ މަޖިލީސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު އިސްފަނޑިޔާރު ޢަބްދުﷲ ދީދީ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A-{2/03
کی مری
ދެލީ
• ދަޢުވާގެ ޚުލާޞާ
<<
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/116 މައްސަލަ އެ
ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ކްރައުން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި ހައިކޯޓުގެ
ނަންބަރު 182/HC
-
A/2012 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
37/SC
-
A/2013 ޤަޟިއްޔާއިން، އެ މައްސަލަ ދިވެހިރާއްގެ ހައިކޯޓަށް ތަޙްލީލުކުރުމުން މިކޯޓުން ބެލި
ގަޟިއްޔާއެކެވެ.
ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ ސ. ހިތަދޫ | ދުނގެތިމާގެ، ޢަބްދުﷲ ޝަޒްމީލްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/116 މައްސަލައަކީ،
ސ.ހިތަދޫ ! ދުގެތިމާގެ ޢަބްދުﷲ ޝަޒްމީލު، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައި ވަޒީފާ
އަދާކުރަމުން ދަނިކޮށް، މަޤާމުން ރިޑަންޑަންޓްވިކަމަށް ބުނެ، 04 ޖޫން 2011 ގައި ވަޒީފާއިން
ވަކިކުރުމާއި ގުޅިގެން، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ދެކޭތީ،
އެމައްސަލަ ބަލައި ދިނުމަށް އެދި، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށަހެޅުމުން
ބަލާފައިވާ މައްސަލައެއްކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެ މައްސަލަ ނިންމާފައިވަނީ، "ދެންފަހެ، ވަޒީފާއާބެހޭ
ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްވެސް ގަވާއިދެއްގައިވެސް 'ރިޑަންޑަންސީ' ގެ ޙާލަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ހ-04
3 3
4 * 32
3 ޤަޟިއް
ނިމުނު
2{15/HC-A-02/03
کی مرگی
ދެވެ
ބަޔާންކޮށްފައި
މެދުވެރިވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ
ނެތްނަމަވެސް، މުވައްޒަފަކާއި ވަޒީފާ ދޭ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ ގުޅުމަކީ ވަޒީފާ ދޭފަރާތެއްގެ
ޙާލަތަށާއި، ބޭނުންތަކަށް ބިނާވެ ވުޖޫދަށް އަންނަ ގުޅުމެއްކަމުން ވަޒީފާ ދޭފަރާތެއްގެ ޙާލަތައް އަންނަ
ބަދަލުތަކެއްގެ ސަބަބުން މުވައްޒަފަކު އަދާކުރަމުންދިޔަ ވަޒީފާއެއް ނެތިދާފަދަ ޙާލަތެއް މެދުވެރިވުމަކީ
އެކަށީގެންވާ ކަމެއްކަމަށް ބުރަވެވޭތީ، އެފަދަ ޙާލަތެއް މެދުވެރިވެގެން އިންސާފުވެރިގޮތަކަށް މުވައްޒަފަކު
ވަޒީފާއިން ވަކިކޮށްފައިވާނަމަ އެނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެން
މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި އޮތްއޮތުމެއްކަމަށް ދެކޭހިނދު، ޢަބްދުﷲ ޝަޒްމީލް ވަޒީފާއިން
ވަކިކޮށްފައިވަނީ، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިންގުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު
ކުރިއަށްވުރެ މަދުކޮށް ރިޑަންޑަންސީ އިޢުލާން ކުރުމާ ގުޅިގެންކަމަށް މައްސަލަ ރައްދުވި ފަރާތުން
ބުނާއިރު، ޢަބްދުﷲ ޝަޒްމީލު ވަޒީފާއިން ވަކިކުރި މަރުހަލާގައި މުވައްޒަފުން މަދުކުރަންޖެހޭތޯ ވަޒަންކޮށް
މައްސަލަ ރައްދުވި ކުންފުނިން ބަލާފައިވާ ގޮތެއް އެނގެން ނެތުމާއި، ރިޑަންޑަންސީ އިޢުލާންކުރިކަމަށް
ބުނާއިރު އެޙާލަތުގައި މުވައްޒަފުންނާ މެދު ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައިވާކަން އެނގެން
ނެތުމާއި، ޢަބްދުﷲ ޝަޒުމީލް "ޑިއު ޕްރޮސެސް" އެއްގެ ތެރެއިން އިންސާފުވެރިގޮތަކަށް ވަޒީފާއިން
ވަކިކޮށްފައިވާކަން އެނގެން ނެތުމުން، ޢަބްދުﷲ ޝަޒްމީލު ވަޒީފާއިން ވަކިކުރި ސަބަބުކަމަށް މައްސަލަ
ރައްދުވި ފަރާތުން ހުށަހެޅި ކަންކަން ސާބިތުކޮށްދެވިފައިވާކަމަށް ބުރަވެވެން ނެތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ
27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޢަބްދުﷲ ޝަޒްމީލު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ
ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ރިޢާޔަތްކޮށް، ޢަބްދުﷲ ޝަޒްމީލު ކުރިން އަދާކުރަމުންދިޔަ
ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި
ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މިމައްސަލަ ނިމުނު ދުވަހާ ހަމައަށް،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
8
2{015/HC-A-42/33
ޤަޟިއްޔާ ނިމުނު ގޮތުގެ
ދެވެ
މުސާރައާއި އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން ވަކިކުރިއިރު ދީފައިވާ
37573.47 (ތިރީސް ހަތްހާސް ފައްސަތޭކަ ހަތްދިހަ ތިނެއް ޕޮއިންޓް ހަތަރެއް ހަތެއް) ރުފިޔާ
އުނިކުރުމަށްފަހު ބާކީ ދޭންޖެހޭ މިންވަރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުން
ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޢަބްދުﷲ ޝަޒްމީލަށް ޚަލާޞްކުރުމަށްފަހު، އެކަން 3
(ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް ކްރައުން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް އަންގައި" މައްސަލަ ނިންމަވާފައިވާކަން އެ މައްސަލާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.
ބަޔާނެކެރެވެން
02- އިސްވެ.
ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2011/VTR/93 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު
ކުރުމަށް 4 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މައްސަލައާގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކުންނާއި،
ދައްކާފައިވާ ވާހަކަތަކުން މައްސަލަ ބެއްލެވި މަޖިލީހަށް ފާހަގަ ކުރެވުނު ނުކުތާތަކުގެ ތެރެއިން 15
ވަނަ ނަންބަރާއި 25 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބިނާކޮށް މައްސަލާގައި ގޮތެއް
ކަނޑައަޅުއްވާފައިވާއިރު، އެ ނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން 18 ޑިސެމްބަރު 2011
ވަނަ ދުވަހުގެ ޝަރީޢަތުގެ އަޑުއެހުމުގައި ވާހަކަ ދައްކާފައިވާކަމާއި، އަދި އެކަންކަމަށް އިސްތިއުނާފު
ރައްދުވާ ފަރާތްތަކުން އެއްވެސް މިންވަރަކަށް އިންކާރުކޮށްފައިނުވާއިރު، އެކަންކަމާ ގުޅިގެން މައްސަލަ
ބެއްލެވި މަޖިލީހުގެ މެންބަރުން އެއްވެސް މިންވަރަކަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
8
ޤަޟިއްޔާ ނިމުނު
2015/HC-A-{32/33
می هرکی
ދެވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލަ ނިންމެވިއިރު
އިސްތިއުނާފުކުރާ ފަރާތުން "ޑިއު ޕްރޮސެސް އެއް ނުވަތަ އިޖުރާޢަތުތަކެއް ފުރިހަމަ ނުކުރާކަމަށް
ކަނޑައަޅުއްވާފައިވާއިރު، ފުރިހަމަކުރަންޖެހޭ "ޑިއު ޕްރޮސެސް" އަކީ ކޮބައިކަން އެއްވެސް ޤާނޫނީ
ނައްސަކުން އެނގެން ނެތްކަމާއި، މައްސަލާގައި ކަންހިނގާފައިވާގޮތް
ގޮތް ސާފުކުރުމުގެ ގޮތުން މައްސަލަ
ބެއްލެވި މަޖިލީހުން ވަކިކަންކަން ސާފުކުރެއްވުމުގެ ގޮތުން ސުވާލުކުރެއްވިއިރު، "ޑިއު ޕްރޮސެސް" އާ
ގުޅިގެން އެއްވެސް ސުވާލެއް ކުރައްވާފައިނުވާކަމާއި، ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައިވެސް
ކަނޑައެޅިގެން ބަޔާންކޮށްފައިނުވާކަމެއް ކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ލާޒިމުކޮށްފައިވާކަމަށް ބުނެ
ހުށަހަޅާފައިވާ ނުކުތާ.
ތިންވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލާގައި ގޮތެއް
ކަނޑައެޅުއްވުމުގައި ރިޢާޔަތްކުރައްވަފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 2009/VTR/109
މައްސަލާގައި، އެކުންފުންޏެއްގެ އޮނިގަޑުގައި ނުހިމެނޭ މަޤާމެއް ދިނުމަށް އެކުންފުންޏަކަށް އަމުރު
ކުރުމަކީ ޙައްލެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވެފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2011/VTR/116 މައްސަލައިން ހުށަހެޅި ބައްލަވާފައިވާ މައްސަލާގައި އިސްތިއުނާފުކުރާ
ފަރާތުން އެކުންފުނި ރީސްޓްރަކްޗަރ ކުރުމަށްފަހު އެ ކުންފުނީގެ އޮނިގަނޑުން އުނިކުރެވިފައިވާ
މަޤާމުތައް އަނބުރާ ދިނުމަށް އަމުރުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ
ހަތަރުވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލާގައި ގޮތެއް
ކަނޑައެޅުއްވުމުގައި ރިޢާޔަތްކުރައްވާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR;249
މައްސަލާގައި، މައްސަލައިގައި ގޮތެއް ކަނޑައަޅާއިރު ވަކިކުރި ވަޒީފާނޫން އެހެން ވަޒީފާއެއްގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
#
2{015/HC-A-{23
ޤަޟިއްޔާ ނިމުނު
އުޅޭކަމަށްވާތީ އަލުން އަނބުރާ ވަކިކުރެވުނު ވަޒީފާ ދޭން އެންގުމަކީ ޢަދުލުވެރިގޮތެއް ނޫންކަމަށް
ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/116
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/116 މައްސަލައިގެ
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ކްރައުން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ
ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
<< o
2012/HC-A/182
(ހ) ފުރަތަމަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/116
މައްސަލަ އެ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ،
ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން
ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވާފައިވާ ނަންބަރު
ޤަޟިއްޔާގެ ޙުކުމް
ބާޠިލުކުރައްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 37/SC
-
A/2013 ޤަޟިއްޔާއިން، އެ
މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބެލުމަށް ތަޙްލީލުކުރައްވާފައިވާ ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 182/HC
-
A/2012 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު،
އެޙުކުމުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/116 މައްސަލައިގައި އެޓްރައިބުނަލުން
ނިންމަވާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށް އެމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
83
2015/HC-A-{32/33
کی عمری
c42
ޤަޟިއްޔާ ނިމުނު
ނަންބަރު 2011/VTR/116 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް
ހިތަދޫ ގެ ދުނގެތިމާގެ، ޢަބްދުﷲ ޝަޒްމީލު ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން
ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ ޙާލަތުމެދުވެރިވެގެން
ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ފުރިހަމައަށް ޤާއިމުނުކޮށްކަމަށްވުމާއެކު، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން
ހިތަދޫދުގެތިމާގެ، ޢަބްދުﷲ ޝަޒްމީލަށް ނަގައިދެންޖެހޭ މާލީ ބަދަލުގެ މިންވަރު، އެފަދަ މައްސަލަތަކުގައި
ނަގައިދެވޭ މާލީ ބަދަލުގެ މިންވަރު ކަނޑައެޅުމާ ބެހޭގޮތުން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ
ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުމަށާއި، ރިޑަންޑަންސީގެ ޙާލަތުގައި ވަކިކުރާ
މުވައްޒަފުންނަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ އެހެނިހެން މާލީ އިނާޔަތްތައް ކްރައުން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ޢަބްދުﷲ ޝަޒްމީލުއަށް ލިބިދީފައިވޭތޯ ބަލާ، އޭގެތެރެއިން އިނާޔަތެއް
އެނާއަށް ލިބިދީފައިނުވާނަމަ އެއިނާޔަތެއް އޭނާއަށް ލިބިދިނުމުގެގޮތުން، އެ މައްސަލަ ވަޒީފާއާބެހޭ
ޓްރައިބިއުނަލްއިން އަލުން ބަލައި ފައިސަލާކުރަނިވި ނިންމުމެއް ނިންމުމަށް، ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ނ) ގެ ދަށުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް
ތަރްތީލުކޮށް ޙުކުމްކުރައްވާފައިވާކަން އެނގެންއޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2012/HC-A/182
ޤަޟިއްޔާގެ
ޙުކުމް
<<
ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށް ބުނެ އެޤަޟިއްޔާގައި އިސްތިއުނާފު
ރައްދުވި ޢަބްދުﷲ ޝަޒްމީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، އެކޯޓުން
އެކޯޓުގެ ނަންބަރު 37/SC-A/2013 ޤަޟިއްޔާގެ
ޙުކުމަށް ބަލާއިރު، އެޙުކުމުގައި
ބަޔާންކުރައްވާފައިވަނީ، "އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ޝަރުޢީ
0އޅާފައެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2015/HC-A-{32/33
ޤަޟިއްޔާ ނިމުނު 1
کی عمری
ދެވެ
ex 4
އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
182/HC
-
A;2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ އިސްވެ ބަޔާންކުރެވިދިޔަ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ކުރައްވާފައިވާ ޙުކުމެއް ނޫންކަން އެނގެން އޮންނާތީ، އިސްވެ
މިއިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށާއި
އައްޤުނޫށް
2012/HC-A/12
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 182/HC
-
A/2012
ޤަޟިއްޔާއަކީ،
ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ) ގެ 18 ވަނަ މާއްދާގެ (ނ) ގެ ދަށުން
ހައިކޯޓަށް އެޤަޟިއްޔާގެ މައްސަލަ އަލުން ފޮނުވައި، ހައިކޯޓުގެ މައްސަލަ ބެލުމުގެ އިޖުރާއާތުގެ ތެރެއިން
އެކޯޓުން އެޤަޟިއްޔާގެ މައްސަލަ އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭގޮތަށް އޮތް
މައްސަލައަކަށް ވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 182/HC
-
A/2012 ޤަޟިއްޔާގެ މައްސަލަ،
ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި، ފައިޞަލާކުރަނިވި ނިންމުމަކުން އެ ކޯޓުން އެމައްސަލަ
ނިންމުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ) ގެ 18 ވަނަ
މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ ތަޙްލީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.] މިފަދައިންކަން އެނގެން
އޮންނަކަމާއި،
"ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައަކީ،
އެމައްސަލައިގައި ކަންހިނގާފައިވާގޮތް އަލުން ބެލުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ޓްރައިބިއުނަލްއަށް ތަޙްވީލުކުރުމުގެ
އެއްވެސް އަސާސެއްނެތް މައްސަލައެއްލަން އެނގެން އޮތްއިރުވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން، އެކޯޓުގެ
ނަންބަރު 182/HC
-
A/2012 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ފައިޞަލާކުރަނިވި ޙުކުމެއް ކުރެއްވުމަކާ
106/VTR/2011
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު
9
23
¢ ¢3
2015/HC-A-02/03
ދެވެ
ނުލައި ކަމަށްވުމާއެކު، ހައިކޯޓުގެ ނަންބަރު 182/HC
-
A/2012 ޤަޟިއްޔާގެ މައްސަލައަކީ، ހައިކޯޓުގެ
މައްސަލަތައް ބެލުމުގެ އިޖުރާއާތުގެ ތެރެއިން އެ ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށްފައިވާ ފަރާތުގެ
އިސްތިއުނާފް ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން ފައިޞަލާކުރަނިވި ނިންމުމެއް އެ ކޯޓުން ނިންމަންޖެހޭ
މައްސަލައެއްކަން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ
(ށ) އަށް ރިޢާޔަތްކޮށް ބެލުމުން އެނގެންއޮތުމުން މިމައްސަލައަކީ، މިމައްސަލައިގައި ހުށަހެޅިފައިވާ
ވާޤިޢާތަކާއި މައްސަލައާގުޅޭ އެންމެހައިކަންކަމާއި އަދި ޤާނޫނީ ނުކުތާތައް ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން
ބަލައި ވަޒަންކޮށް މައްސަލައިގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭގޮތަށް އޮތް
މައްސަލައެއްކަން ސާފުކޮށް އެނގެން އޮންނަކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
37/SC
-
A/2013 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ނަންބަރުގެ (ހ) ގައި
ބަޔާންކުރައްވާފައިވާކަން އެނގެން އޮވެއެވެ.
ޑު
އަޅުނ.."
6
ވަނަ
ހ2
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 182/IIC
-
A/2012
ޤަޟިއްޔާގެ ދަށުން ބެލުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/116 މައްސަލަ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 37/SC
-
A/2013 ޤަޟިއްޔާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް
ތަޙްވީލުކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02
:
03-HC
-
A;2015 ޤަޟިއްޔާގައި
ބެލިފައިމިވާ މައްސަލައާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02
/
01-HC
-
A/2015 އާއި ނަންބަރު
02
/
02-HC
-
A/2015 ޤަޟިއްޔާގައި ހިމެނޭ 3 (ތިނެއް) މައްސަލަ އިސްތިއުނާފުކުރަމުން އެކުންފުނީގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ”އިސްތިއުނާފުކުރުމަށް އެދޭ މައްސަލަ ނިމިފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ފެންނަ ނުކުތާތައް“ އާއި އެނުކުތާތަކުގެ ތަފްސީލުތައް
އިތުރުން، މިދެންނެވުނު 3 (ތިނެއް) މައްސަލަވެސް ބިނާވެފައިވަނީ އެއް ޙަޤީޤަތްތަކެއްގެ
މައްޗަށްކަމަށްވެފައި، މިތިން މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުގެ ބަދަލުގައި އަދި ވަކީލުގެ
<<
23 2x 22
އެއްގޮތެވުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{015/HC-A-{23
10 ޤަޟިއްޔާ ނިމުނު "
کی مرگی
=32
ގޮތުގައިވެސް، އަދި އެމައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަދަލުގައި އަދި ވަކީލުގެ
ގޮތުގައިވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވެފައިވަނީ އެއްފަރާތަކެއްކަމަށްވުމާއެކު، މިތިން މައްސަލައާ
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެކުއެކީގައި 3
OLC
މައްސަލަ އެއްކޮށްނެވެ .
(ނ) ތިންވަނަ ކަމަކީ، ހިތަދޫ ! ދުނގެތިމާ ގެ، ޢަބްދުﷲ ޝަޒްމީލު، ކޮންރަޑް
މޯލްޑިވްސް ރަންގަލި އައިލެންޑްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާގެ މަޤާމު ރިޑަންޑަންޓްވިކަމަށް
ބުނެ، 04 ޖޫން 2011 ގައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ދެކޭތީ، އެމައްސަލަ ބަލައި ދިނުމަށްއެދި، ކްރައުން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް 10 ޖުލައި 2011 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި
މައްސަލައިގައި،
ޢަބްދުﷲ ޝަޒްމީލު ވަޒީފާއިން ވަކިކުރި ސަބަބުކަމަށް މައްސަލަ ރައްދުވި ފަރާތުން
ހުށަހެޅި ކަންކަން ސާބިތުކޮށްދެވިފައިވާކަމަށް ބުރަވެވެން ނެތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް ޢަބްދުﷲ ޝަޒްމީލު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ
(1) ވަނަ ނަންބަރު ރިޢާޔަތްކޮށް، ޢަބްދުﷲ ޝަޒްމީލު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން
ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ
ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މިމައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި
އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން ވަކިކުރިއިރު ދީފައިވާ 37573.47
(ތިރީސް ހަތްހާސް ފައްސަތޭކަ ހަތްދިހަ ތިނެއް ޕޮއިންޓް ހަތަރެއް ހަތެއް) ރުފިޔާ އުނިކުރުމަށްފަހު ބާކީ
ދޭންޖެހޭ މިންވަރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
24 23 22
2015/HC-A-{32/33
ޤަޟިއްޔާ ނިމުނު "
ތެރޭގައި އެކީ އެއްފަހަރާ ޢަބްދުﷲ ޝަޒްމީލަށް ދާ ޚަލާޞްކުރުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ
ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
އަންގައި އަމުރުކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ނިންމާފައިވާކަން އެމައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
116/VTR/2011
24 2 /
0 0 0 2 **
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާއާއި، 28 ވަނަ މާއްދާއަށް ބަލާއިރު މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް
އޮވެގެން، ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިންކަން އެނގެން އޮންނަކަމާއި، މުވައްޒަފަކު ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި، މިމައްސަލައިގައި ޢަބްދުﷲ ޝަޒްމީލް
ވަޒީފާއިން ވަކިކުރި ސަބަބު ވަޒީފާއިން ވަކިކުރިކަން އަންގާލިޔުމުން އެނގެން އޮންނަކަމާއި،
އެލިޔުމަށް ބަލާއިރު، ވަޒީފާއިން ވަކިކޮށްފައިވަނީ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ 32 ވޯޓަރ ވިލާއާއި، 08 ޑިލަކްސް ވިލާ 15 މެއި 2011
ން 31 އޮކްޓޯބަރު 2011 ގެ ނިޔަލަށް ބަންދުކުރުމާގުޅިގެން، އެމުއްދަތަށް ރިޒޯޓުގެ އޮކިއުޕެންސީ
ދަށްވާނެކަމަށް ލަފާކޮށް، އޭނާ އަދާކުރަމުން ދިޔަ މަޤާމު އުވާލުމާ ގުޅިގެންކަން އެނގެން އޮންނަކަމާއި،
މިމައްސަލައިގައި ޢަބްދުﷲ ޝަޒްމީލް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި
އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ އެކުންފުންޏަށް ރިޑަންޑަންސީގެ
ޙާލަތު މެދުވެރިވެގެން، ރިޑަންޑަންސީއަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
ބަޔާންކޮށްފައިވާފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ ދަށުން އަދި އެޤާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ
ދިނުމަށްފަހުކަމާއި،
ހއދގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12 ޤަޟިއްޔާ ނިމު
ނިމުނު
2015/HC-A-{32333
ދެވެ
19
ރިޑަންޑަންސީއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ
"އެކަށީގެންވާ. ސަބަބެއްތޯ ބަލާއިރު، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނި ތަކުގައި،
އެކުންފުނިތައް ހަރުދަނާކޮށް، ނަފާ އިތުރުވާނޭ ގޮތެއްގެމަތިން ހިންގުމަށްޓަކައި ނުވަތަ ކުންފުނި
ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެކުންފުންޏަކުން
ދޫކޮށްލަންޖެހޭފަދަ ޙާލަތެއް (ރިޑަންޑަންސީގެ ޙާލަތު) މެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން ޖެހޭކަމަށާއި، އަދި
މިފަދަ ޙާލަތެއްގައި މުވައްޒަފުން މަދުކުރެވެން ނޯންނަނަމަ އެކަމަކީ އެފަދަ ކުންފުނިތަކުގެ ވިޔަފާރިއަށް
ހުރަސްތަކެއް މެދުވެރިވެ، ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް އަތުވެދާނެފަދަ ސަބަބެއްކަމުގައި
ޤަބޫލުކުރަން ޖެހޭކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ
ޤަވާޢިދެއްގައިވެސް ރިޑަންޑަންސީއާ ގުޅޭގޮތުން ވަކި އުސޫލެއް ޤާއިމުކޮށްފައި ނުވިނަމަވެސް، އަދި
ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމުގައި ބަޔާންކޮށްފައި
ނެތްނަމަވެސް، ވިޔަފާރީގެ ނަފާ ހޯދުމަށް ހިންގޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ނުވަތަ ކުންފުނީގެ
މާލީ ޙާލަތު ދަށްވުންފަދަ ކަމެއް މެދުވެރިވެގެން ކުންފުނީގެ މުވައްޒަފަކު ދޫކޮށްލަންޖެހިއްޖެނަމަ ނުވަތަ
މަދުކުރަންޖެހިއްޖެނަމަ، އެފަދަ ޙާލަތުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ
ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްއޮތް އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެކަމަށާއި،
ނަމަވެސް މި ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް
މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ހެޔޮނިޔަތުގައި ތޯއާއި، އަދި އެއީ ވަކި މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ
ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fainess) އިޖްރާއީ
ޢަދުލުވެރިކަން (procedural faimess) ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށް
0
2 20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
, s:
2015/HC-A-{32333
13 ޤަޟިއްޔާ ނިމުނު
کی مرکی
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން
224x
194
(ބ) ފަސްވަނަ ކަމަކީ، އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ
މަސައްކަތެއްކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ)
އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމާއި، ޤާނޫނުއަސާސީގައި ކަނޑައެޅި
ބަޔާންވެފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނޭ ގޮތުގެމަތިން،
ކޮންމެ މީހަކަށްމެ ލިބިގެންވާކަން އެޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިނދު، އަދި އެފަދަ އެއްވެސް
ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ
ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ،
މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް
ޤަބޫލުކުރެވޭ މިންވަރަކަށްކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން،
ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި
މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކަށް
ރިޢާޔަތްކޮށް އެއުސޫލުތައް ނަގަހައްޓަންވާނެކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ
މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނޭކަމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
މިކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިފައިވާ ވަޒީފާއަދާކުރުމާއި
މަސައްކަތްކުރުމުގެ ޙައްޤު، ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މާނަކުރަންވާނީ އަދި ލިބިދޭންވާނީ
ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން އެޙައްޤު ލިބިދިނުމުގައި ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކުރެވި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14 ޤަޟިއްޔާ
2{15/HC-A-02/03
ففي من سی کی مرکی
3,2
« O<<
2 22 22
އެއުޞޫލުތައް ނެގެހެއްޓޭނޭގޮތެއްގެ މަތިންކަމާއި،
ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްކުރުމާއި ވަޒީފާއަދާކުރުމުގެ ޙައްޤުގެ
އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ، ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތިން،
މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ނުވަތަ
ހަނިކުރެވިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްވުރެ އިތުރުނުވާނޭ ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނަކުންކަމަށްވެފައި، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް
ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އެޤާނޫނުގައި ރިޑަންޑަންސީއާ ބެހޭގޮތުން ވަކި ޚާއްޞަ އުޞޫލުތަކެއް ކަނޑައެޅި ބަޔާންވެފައިނުވާ ހިނދު،
އަދި ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު އަދާކުރަމުން ގެންދާ ވަޒީފާއިން އޭނާ
ވަކިކުރުމަކީ، ޤާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިދޭ ވަޒީފާ އަދާކުރުމުގެ ޙައްޤުން
މިންވަރެއް ހިފެހެއްޓިގެންދާނެ ނުވަތަ ހަނިވެގެންދާނެ ކަމެއްކަމަށްވީ ހިނދު، ރިޑަންޑަންސީގެ ޙާލަތު
މެދުވެރިވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންގެ ޙައްޤުތައް މާނަކުރުމުގައްޔާއި ލިބިދިނުމުގައި،
ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން އެޙައްޤު ލިބިދިނުމުގައި ޤަބޫލުކުރާ އުޞޫލުތަކަށް، ކޯޓުތަކުންނާއި
ޓްރައިބިއުނަލްތަކުން، ރިޢާޔަތްކޮށް އެއުޞޫލުތައް ނަގަހައްޓަންވާނޭކަމާއި،
މިގޮތުން ބަލާއިރު، ވިޔަފާރިއަށް ނުވަތަ އިޤްތިޞާދަށް ކުރިމަތިވާ ޚާއްޞަ ޙާލަތްތަކުގައި،
ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ބޭނުމުގައި ނުވަތަ ކުންފުންޏަށް ނަފާ އިތުރުވާނެގޮތެއް
ހޯދުމަށްޓަކައި ކުންފުނި ރީސްޓްރަކްޗަރ ކުރާކުރުމުގައި، ރިޑަންޑަންޓްވާ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާކުރުން ޢަދުލުވެރިކުރުވުމަށްޓަކައި ނުވަތަ ވަޒީފާދޭ
ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން
(procedural faimess) ޤާއިމުކުރުމަށްޓަކައި އެކުންފުންޏަކުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ
OLOX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު
2015/HC-A-02/03
ميم ممب
އަޅަންޖެހޭ ފިޔަވަޅުތަކެއް، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ
މުޖްތަމަޢުތަކުން ޢަމަލުކުރަމުންދާ ޤާނޫނުތަކުގައާއި، އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން
(އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި
ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ފަދަ ކަމާގުޅޭ
ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި،
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަކިކުރާ މުވައްޒަފުންނާމެދު ޢަމަލުކުރާނޭ ވަކި
ޚާއްޞަ އުޞޫލެއް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައި ނުވިނަމަވެސް، މުވައްޒަފަކު ވަޒީފާއިން
ވަކިކުރާކުރުން، ޢަދުލުވެރިކުރުވުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭކަމަށް،
އިޝާރާތްކުރެވުނު ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތައްކަމަށް ދުނިޔެ ޤަބޫލުކުރާ ޤައުމުތަކުގައި
ޤާއިމުކޮށްފައިވާފަދަ އުޞޫލުތަކެއް، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތް
ކުރުމަށްޓަކައި ހެދިފައިވާ، ވަޒީފާއާބެހޭ ޤާނޫނުގައިވެސް އެކުލެވިފައިވާކަމާއި، އެހެންކަމުން، އެ ޤާނޫނު
ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ ކޮންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރުމަށް ފަހުގައިކަން އެނގެއެވެ.
2011/HC-A/134
(ލ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ހިމެނޭ މައްސަލަފަދަ، ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ
މައްސަލަތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެ ގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު
2015/HC-A-02/03
کی عمر
ދެވެ
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި
އިޖްރާއާތަކަށް ވުންކަން އެނގެން އޮންނަކަމާއި
އިސްވެ އިޝާރާތްކުރެވިފައިވާފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން
ޢަމަލުކުރަމުންދާ ޤާނޫނުތަކުގައާއި، ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާ
އުޞޫލުތަކުގެ އަލީގައި، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ވަޒީފާއާބެހޭ ޤާނޫނަށް ނަޒަރުކުރާއިރު،
ޢާންމު އުސޫލެއްގެ ގޮތުން، ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމުގައި މައުޟޫޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުން
ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވެފައިވާ އިޤްތިޞާދީ
(economic} ސަބަބުތަކަށްޓަކައި، ކުންފުނިން ހެޔޮނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް
ވާނަމަކަމާއި،
ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ކުންފުންޏަށް ދިމާވެފައިވާ
އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން
ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ކުންފުނީގެ މުވައްޒަފުންގެ
ތެރެއިން ބަޔަކު ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުޞޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ
އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވޭނީ، ރިޑަންޑަންސީއަކީ
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް
ބަލައިގެންކަމަށް ވުމާއެކު، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް، އެޤާނޫނުގެ 22 ވަނަ
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
-04 ހއ9
44 238 33
2015/HC-A-{2/03
17 ޤަޟިއްޔާ ނިމުނު
کی مرگی
ދެ
މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި
ފައިސާ ދީފައިވާނަމަކަމާއި،
އޭގެއިތުރުން، ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ
ޢިނާޔަތްތަކެއް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެގޮތާއި މިންގަނޑުތައް
ކުރިން ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެންގިފައިވާނަމަކަން އެނގެއެވެ.
(ކ) ހަތްވަނަ ކަމަކީ، އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2011/VTR/116 މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޢަބްދުﷲ ޝަޒްމީލު
ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި
ވަކިކޮށްފައިވަނީ އެކުންފުންޏަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން، ރިޑަންޑަންސީއަކީ ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެކަށީގެންވާ
ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އަދި އެޤާނޫނުގެ 25 ވަނަ މާއްދާގައިވާ
ގޮތުގެމަތިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހުގައިކަން އެނގެން އޮންނަކަމާއި،
އިސްވެ ބަޔާންވެދިޔަ ފަދައިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި
މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން procedural)
(fairness ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 89/HC
-
A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، މިމައްސަލައިގައި
އިސްތިއުނާފު ރައްދުވާ އަބްދުﷲ ޝަޒްމީލް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން
ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ، މައުޟޫޢީ ޢަދުލުވެރިކަމާއި substantive)
(fairness އިޖްރާއީ ޢަދުލުވެރިކަން (procedural fainess) ޤާއިމުކޮށްފައިތޯ ނުވަތަ ނޫންތޯ
ބަލާއިރު،
497
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8, q3
2015/HC-A-{3233
کی عمری
ދެވެ
Puc
18 ޤަޟިއްޔާ ނިމުނު ގޮ
މަޢުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އެހެންކަމުން މިމައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން
(substantive fairness) ފުރިހަމަ ވެފައިވާކަމަށް ބެލެވޭނީ، މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ
އަބްދުﷲ ޝަޒްމީލް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން
ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ ދަށުން ކަމަށްވާއިރު، ހަޤީޤަތުގައިވެސް އެފަދަ ޙާލަތެއް
މެދުވެރިވެފައިވޭތޯ
އިވޭތޯއާއި، އެކަން ކޮށްފައިވަނީ ހެޔޮނިޔަތުގައި ތޯއާއި، އަދި އެއީ ވަކި މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ
ނޫންތޯކަމަށްވާއިރު، އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން
ހިންގާ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑް ރިޒޯޓަށް ހަމަ ޙަޤީޤަތުގައިވެސް ރިޑަންޑަންސީގެ ޙާލަތު
މެދުވެރި ވެފައިވޭތޯ ނުވަތަ ނޫންތޯ ބަލާއިރު؟
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޝަޒްމީލް ކޮންރަޑް މޯލްޑިވްސް
ރަންގަލި އައިލަންޑްގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ
ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑް ރިޒޯޓުގެ 32 ވޯޓަރ ވިލާއާއި، 08 ޑިލަކްސް ވިލާ 2011 މެއި
15 ވަނަ ދުވަހުން ފެށިގެން 2011 އޮކްޓޯބަރު 31 ގެ ނިޔަލަށް ބަންދުކުރަން ނިންމުމާއި ގުޅިގެން، އެ
މުއްދަތުގައި ރިޒޯޓުގެ އޮކިއުޕެންސީ ދަށްވާނެކަމަށް ލަފާކޮށް، އެފަރާތް އަދާކުރަމުންދިޔަ މަޤާމު އުވާލުމާ
ގުޅިގެންކަން، ނުވަތަ މަޤާމު ރިޑަންޑަންޓްވުމާއި ގުޅިގެންކަން، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
އެނގެން އޮންނަކަމާއި،
”ރިޑަންޑަންސީ ގެ ޙާލަތުތަކަކީ ނުވަތަ ”ރިޑަންޑަންސީ، އިޢުލާނުކުރަންޖެހޭ ފަދަ
ޙާލަތުތަކަކީ ކޮބައިކަން ޤާނޫނީ ނައްސުން އެނގެން ނެތްއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިންނާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ބައެއް މައްސަލަތަކުގައި، "ރިޑަންޑަންސީ، އާއި ގުޅޭގޮތުން ނިންމުންތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
19
44 235
=32
2{015/HC-A-{23
ޤަޟިއްޔާ ނިމުނު
09
02 ﷲ0
އެޓްލެޓްޗއް
ނިންމާފައިވާކަމާއި، ކޮންމެ މައްސަލައަކީވެސް ތަފާތު މައްސަލައެއްކަމާއި، ރިޑަންޑަންސީގެ ޙާލަތުތަކަކީ
ކޮބައިކަން ޤާނޫނީ ނައްސުން އެނގެން ނެތްއިރު، ކޮންމެ މައްސަލައެއްގައިވެސް ހުށަހެޅިފައިވާ މަޢުލޫމާތުގެ
އަލީގައި އެކަމެއް މެދުވެރިވި ގޮތަށް ބަލައި، ޙަޤީޤަތުގައިވެސް މުވައްޒަފުންތަކެއް ރިޑަންޑަންޓް ކުރަންޖެހޭ
ފަދަ ޙާލަތެއް މެދުވެރިވިތޯ ބަލަންޖެހޭ ކަމާއި، އިސްތިއުނާފު ލިކުރެވޭ މައްސަލައަށް ނަޒަރުކުރާއިރު،
ހިނގަމުންދާ ވިޔަފާރިއެއްގައި، މަރާމާތުތަކެއް ކުރަން ނުވަތަ އެނޫންވެސް އެހެން
ބޭނުމަކަށްޓަކައި، އެތަނަކުން ދޭ ޚިދުމަތް ވަގުތީގޮތުން މަޑުޖައްސާލާ ނުވަތަ ވަގުތީ ގޮތުން ހުއްޓާލާ ކޮންމެ
ޙާލަތަކީ، މުވައްޒަފުން ރިޑަންޑަންޓްކުރަންޖެހޭ ނުވަތަ ހުއްދަވާ ޙާލަތުތަކެއްކަމަށް ބުރަވެވެން ނެތްކަމާއި،
ރިޒޯޓެއް ހިންގުމުގެ ތެރޭގައި އެ ރިޒޯޓަކުން ދޭ ޚިދުމަތާއި ގުޅިގެން، އެ ރިޒޯޓުގައި ހުންނަ އިމާރާތްތައް
މަރާމާތު ކުރުމަށްޓަކައި،
ކޮޓަރިތައް ބަންދުކުރުމާއި، އެކަމާއި ގުޅިގެން އެހެން
ބަންދުކުރުންފަދަ ކަންކަމަކީ ވިޔަފާރިކުރުމުގެ ތެރޭގައި މެދުވެރިވާނެ ޢާންމު ޙާލަތުތަކެއްކަމާއި، އެހެންކަމުން
އެފަދަ ކޮންމެ ޙާލަތަކީ ރިޑަންޑަންސީއެއް އިޢުލާނުކުރެވިދާނެ ޙާލަތެއްނޫންކަމާއި،
ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ކޮންރަޑް މޯލްޑިވްސް ރަންގަލި
އައިލަންޑް ރިޒޯޓުގެ 32 ވޯޓަރ ވިލާއާއި، 08 ޑިލަކްސް ވިލް މަރާމާތު ކުރުމަށްޓަކައި ވަގުތީ ގޮތުން
ބަންދުކުރަން ނިންމާފައިވަނީ، 05 (ފަހެއް) މަސްދުވަހާއި 15 (ފަނަރަ) ދުވަހުގެ މުއްދަތައް ކަމުގައި
ވީހިނދު، އެކަމާއި ގުޅިގެން ރިޒޯޓުން ވަކިކުރި މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި، އެ މުވައްޒަފުންނާ
ވާހަކަ ދެކެވި މަޝަވަރާކޮށް، ކުރިމަތިވާންއުޅޭ ޙާލަތު އެފަރާތަކަށް އަންގައިދީ އެ ފަރާތްތައް ވަޒީފާއިން
ވަކިކުރުމުގެ ބަދަލުގައި، ދެފަރާތުގެވެސް (ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާފަރާތް) މަޞްލަޙަތު
ހިމާޔަތްކުރެވޭނެ ގޮތެއްގެ މަތިން، އެހެން ގޮތްތަކެއްވެސް ކަނޑައެޅިދާނެކަން އެނގޭކަމާއި،
އެގޮތުން، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި މުސާރަ ނުހިނގާ ޗުއްޓީއެއް
އެމުއްދަތުގައި ދިނުމާއި، ނުވަތަ މުސާރައިގެ ދެބައިކުޅަ އެއްބައި ދޭގޮތަށް ޗުއްޓީދިނުމާއި، އަދި މިނޫންވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20 ޤަޟިއްޔާ ނިމުނު "
2015/HC-A-{32333
ދެވެ
އެފަދަ އެހެން ގޮތަކަށް، އެކަން ހަމަޖެއްސިދާނެކަން އެނގެން އޮންނާތީ، ކްރައުން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ދަށުން ހިންގާ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑް ރިޒޯޓުގެ 32 ވޯޓަރ ވިލާއާއި، 08
ޑިލަކްސް ވިލާ ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން، ޢަބްދުﷲ ޝަޒްމީ ވަޒީފާއިން ވަކިކޮށްފައިވަނީ،
ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާ ދޭ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން
(substantive fairness) ޤާއިމުކުރުމަށްފަހުގައި ކަން ބެލެވެން ނެތްކަން އެނގެންއޮންކަމާއި،
އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުންކަން
އެނގެން އޮންނަކަމާއި، އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި
ކަނޑައެޅޭނީ ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވާ ކުންފުނިން، ރިޑަންޑަންސީގެ ސަބަބުން އެކުންފުނީގެ
ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި އަންނަނިވި އިޖްރާއީ ފިޔަވަޅުތައް އަޅާފައިވާނަމަކަމާއި،
4 3 24
1. ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި
މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ
މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުން؛ އަދި
2. ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުއައްޒަފުންނަށް
ކުރިއާލާ އަންގާފައިވުން: އަދި
3. ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ
މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ
ބަދަލުގައި ފައިސާ ދީފައިވުން؛ އަދި
24 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44 35 33
2{15/HC-A-02/03
21 ޤަޟިއްޔާ ނިމުނު "
کی عمری
ދެ
4. ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ދިނުމަށް
ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން
ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެންގިފައިވުން ކަމާއިޑް
މިގޮތުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު،
ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑް ރިޒޯޓުގެ
32 ވޯޓަރ ވިލާއާއި، 08 ޑިލަކްސް ވިލާ 2011 މެއި 15 ވަނަ ދުވަހުން ފެށިގެން 2011 އޮކްޓޯބަރު
31 ގެ ނިޔަލަށް ބަންދުކުރަން ނިންމުމާއި ގުޅިގެން، ރިޑަންޑަންސީގެ ޙާލަތު އެކުންފުންޏަށް
ކުރިމަތިވެފައިވާ ކަމަށްބަލައި، އެކުންފުނީގައި ވަޒީފާއަދާކުރަމުން ގެންދިޔަ މުވައްޒަފުންގެ ތެރެއިން
ރިޑަންޑަންސީގެ ސަބަބުން މުވައްޒަފުންތަކެއް ވަކިކުރުމަށް އެކުންފުނިން ނިންމުމަށްފަހު އެކަން، ކޮންރަޑް
މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާ އަދާކުރަމުން ގެންދިޔަ މުވައްޒަފުންނަށް އެންގުމަށްޓަކައި
"ނޯޓިސް އޮފް ޕްރޮޕޯސްޑް ރިޑަންޑަންސީސް“ ގެ ނަމުގައި ނޯޓިހެއް ނެރެފައިވާކަމާއި، ނަމަވެސް
މިމައްސަލައާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މިދެންނެވުނު
ނޯޓިހުގެ ކޮޕީއަށް ބަލާއިރު، އެ ނޯޓިސް ނެރެފައިވާ ތާރީޚެއް އެނގެން ނެތްކަމާއި، އެނޯޓިސް ނެރެފައިވަނީ
މުވައްޒަފުން ވަޒީފާއިން ވަކިކުރެވުނު ދުވަހުގެ ކުރީދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައިކަމަށް ޢަބްދު
ޝަޒްމީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، މިކަމަށް
އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ވަރަކަށް އިންކާރުކޮށްފައިނުވާކަމާއި، އެހެންކަމުން ރިޑަންޑަންސީގެ
ސަބަބުން ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާ އަދާކުރަމުން ގެންދިޔަ މުވައްޒަފުންގެ
ތެރެއިން ބަޔަކު ވަޒީފާއިން ވަކިކުރަން ޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ
އެންގިފައިވާކަމަށް ބެލެވެން ނެތްކަމާއި،
އަދި، ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
22
23
83
ޤަޟިއްޔާ ނިމުނު
2{015/HC-A-{23
Puc
22 |
ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް
ކުރިއާލާ އަންގާފައިވޭތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން، ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން
ވަކިކޮށްފައިވާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާނީ އެކަމަށްޓަކައި އެކުންފުނިން ކަނޑައެޅި އުސޫލެއްގެ
ދަށުންކަމަށާއި، އެ އުސޫލާބެހޭ ތަފްސީލު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް، 18 ޑިސެމްބަރު 2011 ގައި
ދީފައިވާނޭ ކަމަށާއި، އަދި ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން ވަކިކުރި މުވައްޒަފުން ކަނޑައެޅުމުގައި
އެކުންފުނިން ބޭނުންކުރި އުސޫލުކަމަށް ބަޔާންކޮށް ތަފާތު 8 (އަށެއް) ކަމެއް، އިސްތިއުނާފުކުރާ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހަޅާފައިވާކަމާއި، އެހެންނަމަވެސް، މިދެންނެވި އުސޫލުތައް ކުންފުނީގެ
މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވާކަން އެނގެން ނެތްކަމާއި،
މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މިމައްސަލާގައި
އިސްތިއުނާފު ރައްދުވާ ފަރާތް ޢަބްދުﷲ ޝަޒްމީލް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008
ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން، ޢަބްދުﷲ ޝަޒްމީލުއަށް ދޭންޖެހޭ ނޯޓިސްގެ
ބަދަލުގައި ފައިސާއާއި، ރިޑަންޑަންސީ ޕޭމަންޓެއްގެ ގޮތުގައި އިތުރު 2 (ދޭއް) މަސްދުވަހުގެ މުސާރައާ
އެއްވަރުގެ އިނާޔަތެއް ޢަބްދުﷲ ޝަޒްމީލުއަށް ދީފައިވާކަން އެނގޭކަމާއި، އެހެންނަމަވެސް ރިޑަންޑަންސީ
ޕްމަންޓްގެ ގޮތުގައި ޢަބްދުﷲ ޝަޒްމީލުއަށް ލިބިދީފައިވާ، އިސްވެދެންނެވުނު ޢިނާޔަތްތައް ލިބިދެވޭނެ
ގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، އަބްދުﷲ ޝަޒްމީލްއަށް އެންގިފައިވާކަން އެންގެން ނެތްކަމާއި،
މިކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ޢަބްދުﷲ ޝަޒްމީލު ކޮންރަޑް މޯލްޑިވްސް
ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 2011 ޖޫން 04 ވަނަ ދުވަހު
ވަކިކުރެވިފައިވަނީ، އެފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން ޤާއިމުކުރަންޖެހޭ
އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަން ބެލެވެން ނެތްކަން އެނގެންއޮވެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
2 22 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
42 0x0 21
4 * *3
=32
2{015/HC-A-{23
23 ޤަޟިއްޔާ ނިމުނު "
کی مرگی
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/116 މައްސަލަގައި، ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް މަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
އަތޮކުމަށް
ހުކުމް:
2
3
34
3
ބަޔާންކުރެވުނީ
04x4
می کرتی
/2 2 232
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި
ކަންކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައިގައި،
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި،
/9އކޮk
106/VTR/2011
/ ބ 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv