ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/158 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/358
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 158/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަލީ ޚާލިދު
އައިޑީ ކާޑު ނަންބަރު: A054248
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 5105
*މިހާރުގެ އެޑްރެސް: މއ.ޑަންކާހައުސް/ ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ކާޑުނަންބަ
ދާއިމީ އެޑްރެސް: ހ.ވެލާނާގެ |ކ.މާލެ
ވަރުގެ އެޑްރެސް: ފ.ވެލާނާގެ{ ކ.މާލެ
ބާރު: -
• ރަޖިސްޓްރީ ތާރީޚް: 13 ޝަޢުބާން 1436
11 ޖޫން
ނިމުނު ތާރީޚް: 08 ޖުމާދަލްއާޚިރާ 1437
2014
1 މާރޗް
2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2394 ޤަޟިއްޔާ
• ނިންމެވި ކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ކުލީގެ ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް: 19.12.2013
، ނިމުނު ތާރީޚް: 12.02.2014
ދިވެހިރާއްޖޭގެ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/158
ދައުވާގެ
މިއީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2394 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދަފްތަރު
ނަންބަރު 5105 | ކ.މާލެ، ޢަލީ ޚާލިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޜަރީއެވެ.
ހު
ފާހަގަކުރެވުނު ނުކުތާތައް:
(1
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2394 ޤަޟިއްޔާއަކީ،
ދަފްތަރު ނަންބަރު 5105 ( މ.ލައިޓް ޝެޑޯ ) މާލެ، ޢަލީ ޚާލިދު (ދިވެރި ރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A054248) އާ ދެމެދު 29 ޖުލައި 2007 ދުވަހު މ.ގޯވިންޑްވިލާ (ޅ.ލައިޓް ޝެޑޯ) ގައި ސްޓޫޑިއޯ
ހުރި ބައި ކުއްޔަށްދިނުމަށް އެއްބަސްވެފައިވާ މުއްދަތު 31 މާރޗް 2012 ގެ ނިޔަލަށް ހަމަވިއިރުވެސް ކުލީގެ
ގޮތުގައި ދައްކަންޖެހި ނުދައްކައި -/202,220ރ. (ދެލައްކަ ދެހާސް ދުއިސައްތަ ވިހިރުފިޔާ) އޮންނަކަމަށާއި،
ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން ޖޫރިމަނާގެ
ގޮތުގައި 409,394
/
39ރ. (ހަތަރު ލައްކަ ނުވަހާސް ތިންސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ތިރީސްނުވަ ލާރި)
އަރާފައިވާކަމަށާއި، އެކު ޖުމްލަ 611,614
/
39ރ. (ހަލައްކަ އެގާރަހާސް ހަސަތޭކަ ސާދަރުފިޔާ ތިރީސްނުވަ
ލާރި) އެކީ އެއްފަހަރާ ޝަރީޢަތް މެދުވެރިކޮށް ޢަލީ ޚާލިދުގެ އަތުން ލިބިގަތުމަށްޓަކައި ދަޢުލަތުން ދަޢުވާކުރުމުން
ބެލުނު މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމާފައިވަނީ "ދެންފަހެ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި،
ދަފްތަރު ނަންބަރު: 5105 (މ.ލައިޓް ޝެޑޯ | މާލެ ޢަލީ ޚާލިދު (ދ.ރ ކާޑު ނަންބަރު: A054248) ޢާއްޖޭގެ
ދެމެދު 29 ޖުލައި 2007 ވަނަ ދުވަހު މ.ގޯވިންޑްވިލާ (ލައިޓް ޝެޑޯ) ގައި ސްޓޫޑިއޯ ހުރިބައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް irif [email protected] ވެބްސައިޓް www.highcourt.gov.mv
941ނ5
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/358
އެއްބަސްވެފައިވާ މުއްދަތު 31 މާރޗް 2012 ގެ ނިޔަލަށް ހަމަވިއިރުވެސް ކުލީގެ ގޮތުގައި ދައްކަންޖެހި
ނުދައްކައި -/202,220ރ. (ދެލައްކަ ދެހާސް ދުއިސައްތަ ވިހިރުފިޔާ) އޮންނަކަމަށާއި، ކުލި ދައްކަންޖެހޭ
މުއްދަތުގައި ކުލި ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ 05 ވަނަ މާއްދާގެ ދަށުން ޖޫރިމަނާގެ ގޮތުގައި
409,394
/
39ރ. (ހަތަރުލައްކަ ނުވަހާސް ތިންސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ތިރީސްނުވަ ލާރި)
އަރާފައިވާކަމަށާއި، އެކު ޖުމްލަ 611,614
/
39ރ. (ހަލައްކަ އެގާރަހާސް ހަސަތޭކަ ސާދަރުފިޔާ ތިރީސްނުވަލާރި)
އެކީ އެއްފަހަރާ ޝަރީޢަތް މެދުވެރިކޮށް ޢަލީ ޚާލިދުގެ އަތުން ލިބިގަތުމަށްޓަކައި ދަޢުލަތުން ދަޢުވާކޮށްފައި
ވާހިނދު،
ދަޢުވާލިބޭ ޢަލީ ޚާލިދު ދަޢުވާއަށް އިންކާރުކޮށް ދަޢުވާގެ ޚުލާސާގައިވާ ވާހަކަތަކަކީ ޙަޤީޤަތާ
ޚިލާފް ވާހަކަތަކެއްކަމުގައި ބުނެ ޢަލީ ޚާލިދު ދައްކަންޖެހޭ ކުލި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް
ދައްކަމުން ގެންގޮސްފައިވާނެ ކަމަށާއި، އެއިން އެއްވެސް ފަހަރަކު ކުރި ބަލައިގެންފައި ދޭ ރަސީދެއްނުދޭކަމަށާއި،
ބައެއް މަސްމަހު ކުލި ނުދައްކާކަމަށް ދަޢުލަތުން ހުށަހަޅާފައިވާ ސްޓޭޓްމަންޓުގައިވާއިރު، އަދި އެގްރީމަންޓުގެ 05
ވަނަ މާއްދާގައި ކަނޑައެޅިފައިވާ މުއްދަތުގައި ކުލި ނުދައްކައިފިނަމަ ކުލި ބަލައިގަނެވޭނީ ޖޫރިމަނާއް
އެކުގައިކަމަށް ބަޔާންކޮށްފައި އޮތްއިރު، ޖޫރިމަނާ ނުލައި ކުނި ބަލައިގެންފައިވާކަމުގައި ދަޢުލަތުން ހުށަހަޅާފައިވާ
ސްޓޭޓްމަންޓުން ދައްކާ ކަމަށާއި، އަދި ޢަލީ ޚާލިދު ކުލި ދެއްކިއިރު ޖޫރިމަނާ ކޮށްފައިނުވާކަމަށާއި، އެއްވެސް
މަހެއްގެ ކުލި ނުދައްކާ ނޯންނާނެތީ މި ދަޢުވާއަކީ ޙައްޤުނޫން ދަޢުވާއެއްކަމަށް ކަނޑައަޅައި ދެއްވުމަށް އެދޭކަމަށް
ޢަލީ ޚާލިދު ބުނެފައިވާއިރު،
8 0 4
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރޭ ޛަރީއާއި، ޢަލީ ޚާލިދުއާ ދެމެދު 29 ޖުލައި 2007
ވަނަ ދުވަހު މ. ގޯވިންޑްވިލާ (މ. ލައިޓް ޝެޑޯ) ގައި ސްޓޫޑިއޯ ހުރިބައި ކުއްޔަށްދިނުމަށް އެއްބަސްވެފައިވާކަން
ދެފަރާތުގެ މެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުން އެނގެންއޮންނަކަމާއި، އެ
އެއްބަސްވުމުގެ
ދަށުން
މ.ގޯވިންޑްވިލާ (ޅ.ލައިޓް ޝެޑޯ) ގައި ސްޓޫޑިއޯ ހުރިބައި 01 އޯގަސްޓް 2007 އިން ފެށިގެން 31 މާރޗް
2012 އަށް މަހަކު -/10,111 (ދިހަހާސް އެއްސަތޭކަ އެގާރަ ރުފިޔާ)
ގެ ކުއްޔަކަށް މިނިސްޓްރީ
ފިނޭންސް އެންޑް ޓްރެ ދަރީން ކުއްޔަށް ދީފައިވާކަން ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުންނާއި، ދެފަރާތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2014/HC-A/358
8
84 އ ވ 62
ع ع ع ن
COCOCOOX
ޝަރުތުތަކާ
ބަހުން ޝަރީޢަތަށް އެނގެންއޮންނަކަމާއި،ކުލި ލިބުން ލަސްވެގެން 10 ޖެނުއަރީ 2010 އިން ފެށިގެން ޖޫރިމަނާ
އަރަމުން ދިޔުމުގެ ސަބަބުން 31 މާރޗް 2012 ގެ ނިޔަލަށް 409,394
/
39ރ. (ހަތަރު ލައްކަ ނުވަހާސް
ތިންސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ތިރީސްނުވަ ލާރި) ޖޫރިމަނާގެ ގޮތުގައި އަރާފައިވާކަން ދަޢުލަތުން
ހުށަހަޅާފައިވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ޢަލީ ޚާލިދު ކުލި ދެއްކިގޮތުގެ
އެނގެން އޮންނަކަމާއި، އަދި އޯގަސްޓް 2010 އިން ފެށިގެން ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކައި
-/202,220ރ. (ދެލައްކަ ދެހާސް ދުއިސައްތަ ވިހިރުފިޔާ) ވާކަން ބުނެވިދިޔަ ސްޓޭޓްމަންޓުން
އެނގެންއޮންނަކަމާއި، ކޮންޓްރެކްޓެއްގެ ދަށުން ލާޒިމްވާކަންކަން ކުރަންވާނީ ކޮންޓްރެކްޓުގެ
އެއްގޮތްވާގޮތުގެ މަތީން ކަމަށާއި، އެއާއި ޚިލާފަށް ޢަމަލުކުރެވޭނީ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ ލުޔެއް
ދީފިނަމަކަން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއިން އެނގެންއޮންނަ
ހިނދު، ކުލި ދައްކާފައިވާކަން އެނގޭނޭ އެއްވެސް ހެއްކެއް ޤަރީނާއެއް ޢަލީ ޚާލިދު ޝަރީޢަތަށް ހުށަހަޅާފައި
ނުވާހިނދު، އެއްބަސްވުމުގެ 5 ވަނަ މާއްދާއާ އެއްގޮ ކުލި ނުދައްކައިގެން ތަންހުސްކުރުމަށް ދަޢުލަތުން ޢަލީ
ޚާލިދު އަށް އަންގާފައި ނުވުމަކީ ނުވަތަ ޖޫރިމަނާ ނުލައި ކުނި ބަލައިގަންނަންނަމުން ދިއުމަކީ ޢަލީ ޚާލިދަށް
ދެވިފައިވާ ލުޔެއްކަމަށާއި، އަދި މި ޙާލަތުގައި ޢަލީ ޚާލިދު ދަޢުލަތަށް ދައްކަންޖެހޭ ކުލި ދައްކާފައިވާކަން
އަންގައިދޭ ހުއްޖަތަކަށް ނުވުމުގެ އިތުރުން ޖޫރިމަނާ ލިބިގަތުމުގެ ޙައްޤު ދަޢުލަތުން ދޫކޮށްލިކަމުގެ ވެސް
ހުއްޖަތެއް ނޫންކަމާއި، އެއްބަސްވުމުގެ 05 ވަނަ މައްދާގައި ކުލި ނުދައްކާ ލައްވާ ދުވަސްތަކަށް ޖޫރިމަނާ
ވާނެކަން އެނގެންއޮވެފައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 92/HC-A/2009 ޤަޟިއްޔާގައި ވެސް
ޖޫރިމަނާ ފައިސާ ނަގާދީފައިވާކަމާއި،
ގޯވިންޑްވިލާ (މ. ލައިޓް ޝެޑޯ) ގައި ސްޓޫޑިއޯ ހުރިބައި ކުއްޔަށް ދިނުމަށް
އެއްބަސްވެފައިވާ މުއްދަތު 31 މާރޗް 2012 ގެ ނިޔަލަށް ހަމަވިއިރުވެސް ކުލީގެ ގޮތުގައި ދައްކަންޖެހި
ނުދައްކައި އޮންނަ -/
202,220ރ. (ދެލައްކަ ދެހާސް ދުއިސައްތަ ވިހިރުފިޔާ) އާއި، ކުލި ދައްކަންޖެހޭ
މުއްދަތުގައި ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ
409,394
/
39ރ. (ހަތަރު ލައްކަ ނުވަހާސް ތިންސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ތިރީސްނުވަ ލާރި)
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/358
ޖުމްލަ 611,614
/
39ރ. (ހަލައްކަ އެގާރަހާސް ހަސަތޭކަ ސާދަރުފިޔާ ތިރީސްނުވަ ލާރި) އަކީ ޢަލީ ޚާލިދުގެ
ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، މި
ފައިސާ ދެއްކުމަށްޓަކައި މިއަދު 12 ފެބްރުއަރީ 2014 އިން ފެށިގެން ގިނަވެގެން 06 ފެށިގެން (ހައެއް) މަސް
ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެން އެ މަހަކަށް ޖެހޭވަރު މި ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ޢަލީ
ޚާލިދަށް އަންގައި ޙުކުމްކޮށް" މައްސަލަ ނިންމާފައިވާކަން އިސްވެ ބުނެވުނު މައްސަލާގެ މައްސަލަ ނިމުނުގޮތުގެ
ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމެވެ.
(2
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2394 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު ނަންބަރު 5105 / ކ.މާލެ، ޢަލީ ޚާލިދުގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ހ52 2 ހއ
އަދާކުރުމަށް
ފުރަތަމަ ނުކުތާއަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީއާ ދެމެދު 29
ޖުލައި 2007މ. ގައި ލިޔެ ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން މ. ގޯވިންޑްވިލާ (ޅ.ލައިޓް ޝެޑޯ) ޢަލީ
ޚާލިދުއަށް ކުއްޔަށްދިނީ އެގޭގެ ވެރިފަރާތަށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލޯނެއް އަދާނުކޮށް އޮވެގެން އެ ލޯނު
ކަމަށްވެފައި، ކުލީގެ ގޮތުގައި ޢަލީ ޚާލިދު ދައްކަންޖެހޭކަމަށް ދަޢުވާކުރާ ފަރާތުން ބުނާ އަދަދު
ޖެހިފައިނުވާކަން 6 ފެބްރުއަރީ 2014މ. ގައި ޢަލީ ޚާލިދު ޝަރީޢަތަށް ބަޔާނާއެކު ހުށަހެޅި (2011މ. ގެ
ޑިސެމްބަރު މަހުގެ ކުލި ދެއްކި) ރިސިޕްޓުން އެނގޭ ސާބިތުވާއިރު، އަދި އެތަނުގެ ކުލި އެ މިނިސްޓްރީއަށް ޢަލީ
ޚާލިދު ދައްކާފައިވާކަން އެ މިނިސްޓްރީގެ ފަރާތުން ހުށަހެޅި ޑިއުޑޭޓަށާއި ޕެއިޑް ޑޭޓަށް ބެލުމުން އެނގި
ކަށަވަރުވާއިރު، ކުލި ދައްކާފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނުވާކަމަށް ޝަރީއަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރި ނުކުތާތަކުގެ 6 ވަނަ ނުކުތާގައި ފާހަގަކޮށްފައިއޮތްއޮތުން ރަނގަޅު ނޫންކަމަށްވީ
ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/358
0 31
422 ވ 82
ދެވަނަ ނުކުތާއަކީ، ދައުލަތުގެ ފަރާތުން ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު ޖޫރިމަނާ
ނެގިދާނެކަމަށް އެއްބަސްވުމުގައި އޮތް ޙާލަތު ދައުލަތުން ށްފައިވާކަން ޤާނޫނީ ހަމަތަކުން ބެލެން އޮތްއިރު އެ
ޖޫރިމަނާ ނަގަން ކަނޑައަޅާފައިވާ ކަނޑައެޅުން ރަނގަޅުނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2394 ޤަޟިއްޔާއަށާއި، މި
މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
22
22 ހއ
ކަންބައެeއ
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާދިޔަ ގޮތަށް ރިޢާޔަތްކުރިއިރު،
މ. ލައިޓްޝެޑޯ ސްޓޫޑިއޯ ހުރި ބައި ކުއްޔަށް ދޫކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެ ޛަރީއާއި ދަފްތަރު ނަންބަރު 5105 / ކ.މާލެ، ޢަލީ ޚާލިދުއާ ދެމެދު އެއްބަސްވުމެއްވެފަ
އެއްބަސްވުމެއްވެފައިވާކަން މިނިސްޓްރީ
އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 2007
/
8/J
/
AGR-13 މ. ލައިޓް ޝެޑޯގައި ( ސުޓޫޑިއޯ ހުރި
ދެބުރި ޢިމާރާތް) ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމެއްވެފައިވާކަމާއި، ބުނެވުނު އެއްބަސްވުމަކީ، މ. ލައިޓްޝެޑޯ
ޢަބްދުއްލަޠީފް ޙަސަންފުޅު ސަރުކާރުން ނަގާފައިވާ ލޯނު އަދާނުކުރެވި އޮއްވައި ޢަބްދުއްލަޠީފް ޙަސަންފުޅު
ނިޔާވުމާއި ގުޅިގެން އެ ލޯނު ސަރުކާރަށް ދެއްކުމަށްޓަކައި ލޯނު ނެގިއިރު މޯގޭޖްކުރި ލައިޓްޝެޑޯ ސްޓޫޑިއޯ
ހުރި ބައި މަދަނީ ކޯޓުގެ ނަންބަރު 2001/MC/1195 (17/10/2005) ޤަޟިއްޔާއިން ބުނެވުނު ލޯނަށް
ރަހުނުކުރެވިފައިވާ ތަންތަނުން މ.ގޯވިންޑްވިލާ (މ.ލައިޓްޝެޑޯ) ގައި ސްޓޯޑިއޯ ހުރި ބައި ކުއްޔަށް
ދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ޙަވާލުކުރާގޮތަށް ނިންމުމުން، އެ ފައިސާ ހޯދުމަށް
ވެވުނު އެއްބަސްވުމެއްކަން އިސްވެ ބުނެވުނު އެއްބަސްވުމަށް ބެލުމުން އެނގެންއޮންނަކަމާއި،
ބުނެވުނު އެއްބަސްވުމުގެ 1 ވަނަ މާއްދާއަށް ބަލާއިރު، ކުއްޔަށްދޫކުރި މުއްދަތަކީ 4 އަހަރާއި 8
މަސް (1 އޯގަސްޓް 2007 ން 31 މާރޗް 2012 ގެ ނިޔަލަށް) ކަމަށާއި، ކުއްޔަށްދޫކުރި މުއްދަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
4
,ދިވެހިރާއްޅޭ
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ކާކުގެ
1
2014/HC-A/358
2 ހއ
ދ
އިސްވެ ބުނެވުނު
ފެށޭދުވަހަކީ 1 އޯގަސްޓް 2007 ގައިކަމަށް ބުނެވުނު އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
ޢިމާރާތުގެ ކުއްޔަކީ މަހަކު -/10,111 ރުފިޔާ (ދިހަހާސް އެއްސަތޭކަ އެގާރަ ރުފިޔާ) ކަމަށް އެ އެއްބަސްވުމުގެ
3 ވަނަ މައްދާގައި ބަޔާންކޮށްފައިވާކަމާއި، އަދި
ހިފިފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 1 މަހުގެ ކުއްޔަށްވާ
ރަށްވާ ފައިސާއާއި އިތުރު 1 މަހުގެ ފައިސާ އެ
އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަންވާނެކަމަށާއި، އޭގެ ފަހުން ކޮންމެ މަހެއްގެ ކުލި އެ މަހެއްގެ 10
ވަނަ ދުވަހުގެ ކުރިން ދައްކަންވާނެކަމަށާއި، ބުނެވުނު މުއްދަތުގައި ކުލި ނުދައްކައިފިނަމަ ދެން ކުލި
ބަލައިގަނެވޭނީ ކުލި ދައްކަންޖެހޭ މުއްދަތު ފާއިތުވެގެން ހިނގާ ކޮންމެ ދުވަހަކަށް މަހުކުލީގެ %0.5 (ޕޮއިންޓް
ފަހެއް ޕަސެންޓް) ޖޫރިމަނާއާއި އެކުގައިކަމަށާއި، އަދި އެ މަހުގެ 15 ގެ ކުރިން ކުލި ނުދައްކައިފިނަމަ އެ
ދުވަހުގެ ނިޔަލަށް ޢިމާރާތް ހުސްކޮށް ކުއްޔަށް ދޫކުރި ފަރާތާއި ތަން ޙަވާލުކުރަންވާނެކަމަށް
މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ބުނެވުނު އެއްބަސްވުމާއި އެއްގޮތަށް ޢަލީ ޚާލިދުގެ ފަރާތުން ކުލި ދައްކާފައިނުވާތީ، އެކަން ޢަލީ
ޚާލިދުއަށް އަންގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޢަލީ ޚާލިދު އަށް ސިޓީ ފޮނުވާފައިވާކަން
ފާހަގަކުރެވޭކަމާއި، އެގޮތުން، އެ މިނިސްޓްރީގެ ނަންބަރު 2012
/
95/DA
/
INDIV-13 (02 އެޕްރީލް
2012) ސިޓީގައި އެ މިނިސްޓްރީގެ ރެކޯޑްތައް ދައްކާގޮތުގައި އެއްބަސްވުމުގައިވާގޮތުގެ މަތިން ލޯނު
ޚަލާސްކުރުމުގެ ގޮތުން ޤަވާޢިދުން އެމީހަކަށް ދައްކަންޖެހޭ ފައިސާ އެމަހަކަށް ދައްކަމުން ގެންގޮސްފައިނުވާތީ،
ލޯނު ޚަލާޞްވެފައިނުވާކަމަށާއި، އެއްބަސްވުމުގައިވާގޮތުން ފައިސާ ދައްކާ ނިންމަންޖެހޭ އެންމެ ފަހު ތާރީޚަކީ 31
މާރޗް 2012 ކަމަށާއި، އެ ފައިސާ ދައްކާތޯ 30 އޭޕްރީލް 2012 ގެ ނިޔަލަށް ބަލައި، އެ ތާރީޚްގެ ނިޔަލަށް
ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސް ނުކޮށްފިނަމަ މައްސަލަ ޝަރީޢަތަށް ހުށަހަޅާނެކަން އަންގައި ޢަލީ ޚާލިދުއަށް
ސިޓީ ފޮނުވާފައިވާކަން ފާހަގަކުރެވޭކަމާއި،
ޢަލީ ޚާލިދުގެ ފަރާތުން ބުނެވުނު އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާކަމަށް ބުނެ
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2394 ޤަޟިއްޔާގައި، ކުލީގެ ގޮތުގައި ލިބެންޖެހޭ
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2014/HC-A/358
ހި29
ފައިސާއާއި، ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ
ހޯދުމަށް ދައުލަތުން ދަޢުވާކޮށްފައިވާކަމާއި،
އިސްވެ ބުނެވުނު ޤަޟިއްޔާގެ ޙުކުމުގައި ދެ ފަރާތް ދެމެދު ވެވުނު އެއްބަސްވުމުގެ
ކުލީގެ ގޮތުގައި ދައްކަންޖެހި ނުދެއްކިވާ ފައިސާއާއި، ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދެއްކުމުގެ ސަބަބުން
އެއްބަސްވުމުގެ ދަށުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށް ޢަލީ ޚާލިދުއަށް އަންގައި ޙުކުމްކޮށްފައިވާކަން އެ
ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެންއޮންނަކަމެވެ.
4 ހއ 7 8ޑ 8
/0ރނވަސް
(ނ) ދެވަނަ ކަމަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ޛަރީއާއި ޢަލީ ޚާލިދުއާ ދެމެދު
29 ޖުލައި 2007 ގައި މ.ގޯވިންޑްވިލާ (ޅ.ލައިޓް ޝެޑޯ) ގައި ސްޓޯޑިއޯ ހުރި ބައި ކުއްޔަށް ދިނުމަށް ވެފައިވާ
އެއްބަސްވުމަށް
އެއްބަސްވާކަމާއި، ނަމަވެސް ޚުޞޫމަތް އުފެދިފައިވަނީ އެއްބަސްވުމުގައިވާ
ފަދައިން ޢަލީ ޚާލިދުގެ ފަރާތުން ކުލި ދައްކާފައިވުމާއި މެދުކަމާއި،
ޢަލީ ޚާލިދުގެ ފަރާތުން ދެފަރާތްދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދައްކަމުން ގޮސްފައިވާކަމަށާއި، އެއްބަސްވުމުގެ މުއްދަތު
ހަމަވަންދެން ޤަވާޢިދުން ކުލި ދެއްކިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު،
ދަށު ކޯޓުގެ ޝަރީޢަތުގައިވެސް އެ ފަދައިން ވާހަކަދައްކާފައިވާކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި "...ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި
ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި
ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން
ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން
ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea} ޘާބިތުކުރުމުގެ މަސްއޫލިއްޔަތު
އުފުލަންޖެހޭ ފަރާތަކީ އެ "ދަފްއެއް ކުރާ ފަރާތް..." ކަމަށް ކަނޑައަޅުއްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2014/HC-A/358
ހުށަހެޅިފައިމިވާ މައްސަލާގައި، ދެ ފަރާތްދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޢަލީ ޚާލިދުއަށް
މ.ގޯވިންޑްވިލާ (ޅ.ލައިޓް ޝެޑޯ) ގައި ސްޓޫޑިއޯ ހުރި ބައި ކުއްޔަށްދީފައިވާކަން އެނގެންއޮންނައިރު، ބުނެވުނު
އެއްބަސްވުމުގައި ކުލި ދައްކަންޖެހޭ ގޮތާއި، ކުލި ނުދައްކައިފިނަމަ ދެން ޢަމަލުކުރެވޭނެ ގޮތްތަކުގެ ތަފްޞީލް
ކަނޑައެޅި ބަޔާންކޮށްފައިވާކަން އެނގެންއޮންނަކަމާއި،
ދެފަރާތްދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކުވެސް މިނިސްޓްރީ އޮފް ފިނޭންސް
އެންޑް ޓްރެޜަރީއަށް ކުލި ދައްކާފައިވާކަމަށާއި، އެއިން އެއްވެސް ފަހަރަކު ކުލި ބަލައިގެންފައި ރިސިޕްޓެއް
(ރަސީދެއް) ދީފައިނުވާކަމަށް ޢަލީ ޚާލިދުގެ ފަރާތުން ދަށުކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވީނަމަވެސް، މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް
ޢަލީ ޚާލިދުގެ ފަރާތުން ކުލިދެއްކިގޮތުގެ ސްޓޭޓްމަންޓަށް ބަލާއިރު، 01 ޖެނުއަރީ 2010 ން ފެށިގެން ޢަލީ
ޚާލިދުގެ ފަރާތުން އެއްބަސްވުމުގައިވާ ފަދައިން ކުލި ދައްކާފައިނުވާތީ ޖޫރިމަނާ އަރަމުން އައިސްފައިވާކަން
ފާހަގަކުރެވޭކަމާއި، އަދި ޖުލައި 2010 ން ފެށިގެން ފެބްރުއަރީ 2012 ގެ ނިޔަލަށް ކުލި ދައްކާފައިނުވާކަން
އިޝާރާތްކުރެވުނު ސްޓޭޓްމަންޓަށް ބެލުމުން އެނގެންއޮންނައިރު، ބުނެވުނު ދުވަސްތަކަށް ކުލި ނުދެއްކުމުގެ
ސަބަބުން ޖޫރިމަނާ އަރަމުން އައިސްފައިވާކަން އެނގޭކަމާއި،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ޢަލީ ޚާލިދުގެ ފަރާތުން ކުލިދެއްކިގޮތުގެ
ސްޓޭޓްމަންޓަށް ބެލުމުން ޢަލީ ޚާލިދުގެ ފަރާތުން ކުލި ދައްކާފައިވާކަން އެނގޭކަމަށާއި، ބުނެވުނު ސްޓޭޓްމަންޓްގެ
"ޑިއު ޑޭޓް" ކޮލަމްއަށާއި "ޕެއިޑް ޑޭޓް" ކޮލަމަށް ބެލުމުން ބަރާބަރަށް ތާރީޚު ޖަހާފައިވުމުން ކުލި ހަމައަށް
ދައްކާފައިވާކަން ސާބިތުވާކަމަށް ޢަލީ ޚާލިދުގެ ފަރާތުން ބުނެފައިވީނަމަވެސް، 2010 ޖުލައި މަހުން ފެށިގެން
ޢަލީ ޚާލިދުގެ ފަރާތުން ކުލި ދައްކާފައިނުވާކަމަށާއި، "ޕެއިޑް ޑޭޓް" ކޮލަމް ގައި ޖުލައި 2010 ން ފެށިގެން
ޖަހާފައިވަނީ އެއްބަސްވުން ނިމުނު ތާރީޚްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި،
ޢަލީ ޚާލިދުގެ ފަރާތުން އެއްބަސްވުމުގައިވާގޮތަށް ކުލި ދައްކަމުން އައިސްފައިވާކަމަށް
ބުނެފައިވީނަމަވެސް، ކުލި ދެއްކިކަމާމެދު ޚިލާފު އުފެދިފައިވާ އެއްވެސް މަހަކަށް ކުލި ދެއްކިކަމުގެ ރިސިޕްޓެއް
ހުށަހަޅާފައިނުވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ހުރިހާ މަހަކަށްވެސް ކުލި ދައްކާފައިވާނެކަ
ނިކަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/358
OcOC
ބުނުން ފިޔަވައި، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ޢަލީ ޚާލިދުގެ ފަރާތުން އިތުރު އެވެސް
ޤަރީނާއެއް ހުށަހަޅާފައިނުވާކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2394 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނުކުތާގައި ކުލި ދައްކާފައިވާކަން އެނގޭނެ
އެއްވެސް ހެއްކެއް ޤަރީނާއެއް ޢަލީ ޚާލިދުގެ ފަރާތުން ހުށަހަޅާފައިނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އަދި
ޝަރުޢީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
· 4
COCOOX
OcOOX
ޝަރުތުތަކާއި
ޑ 8
83
922 ·
އެއެ 0310ގ
އެ
އަމަލުކުރަން
(ނ) ތިންވަނަ ކަމަކީ، ދައުލަތުގެ ފަރާތުން ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު ޖޫރިމަނާ
ނެގިދާނެކަމަށް އެއްބަސްވު
ސްވުމުގައި އޮތް ޙާލަތު ދައުލަތުން ދޫކޮށްފައިވާކަން ޤާނޫނީ ހަމަތަކުން ބެލެން އޮތްއިރު އެ
ޖޫރިމަނާ ނަގަން ކަނޑައަޅާފައިވާ ކަނޑައެޅުން ރަނގަޅުނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
ގައި ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ
ރުތުތަކާއި
މަތިންކަމަށާއި، އެއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ،
ނެޓްރެކްޓެއްގެ އަނެއް
ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާކަމަކަށް ދުލެއްދީފިނަމަކަމަށާއި، ނުވަތަ ކޮންމެވެސް އެހެންގޮތަކަށް
ރަން އެއްބަސްވެއްޖެނަމަކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ޢަލީ ޚާލިދުއާ ދެމެދު
(ސުޓޫޑިއޯ ހުރި ދެބުރި ޢިމާރާތް ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމުގެ 5 ވަނަ މާއްދާގައި، ކޮންމެ މަހެއްގެ
ކުލި އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަންވާނެކަމަށާއި، ބުނެވުނު މުއްދަތުގައި ކުލި ނުދައްކައިފިނަމަ
ދެން ކުލި ބަލައިގަނެވޭނީ ކުލި ދައްކަންޖެހޭ މުއްދަތު ފާއިތުވެގެން ހިނގާ ކޮންމެ ދުވަހަކަށް މަހުކުލީގެ %0.5
ޕޮއިންޓް ފަހެއް ޕަސެންޓް) ޖޫރިމަނާއާއި އެކުގައިކަމަށާއި، އަދި މަހުގެ 15 ގެ ކުރިން ކުލި ނުދައްކައިފިނަމަ
އެ ދުވަހުގެ ނިޔަލަށް ޢިމާރާތް ހުސްކޮށް ކުއްޔަށް ދޫކުރި ފަރާތާއި ތަން ޙަވާލުކުރަންވާނެކަމަށް އިސްވެ ބުނެވުނު
މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެންއޮތްނަމަވެސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް
ޚާލިދުގެ ފަރާތުން ކުލިދެއްކިގޮތުގެ ސްޓޭޓްމަންޓަށް ބަލާއިރު، 2010 ޖެނުއަރީ މަހުގެ ކުލި ޢަލީ ޚާލިދު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ލައިޓްޝެޑޯ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/358
ފަރާތުން ދައްކާފައިވަނީ އެ އަހަރުގެ ފެބްރުއަރީ މަހުގައިކަމާއި، އަދި ފެބްރުއަރީ މަހުގެ ކުލި ޖޫންމަހު
ދައްކާފައިވާކަން އެނގެންއޮން.
ހިގެންއޮންނައިރު، މާރޗް މަހުގެ ކުލި ދައްކާފައިވަނީ ޖުލައި މަހުގައިކަމާއި، އަދި އޭޕްރީލް
މަހުގެ ކުލި އެ އަހަރުގެ ސެޕްޓެމްބަރު މަހު ދައްކާފައިވާކަން އެނގެންއޮންނައިރު، މެއި މަހު ކުލި ދައްކާފައިވަނީ
2011 ވަނަ އަހަރުގެ މާރޗް މަހުގައިކަމާއި، އަދި 2010 ޖޫން މަހުގެ ކުލި ދައްކާފައިވަނީ 2011 ގެ
ޑިސެމްބަރުގައިކަން ފާހަގަކުރެވެންއޮންނައިރު، އިޝާރާތްކުރެވޭ ސްޓޭޓްމަންޓްގެ "ރިމާކްސް" ކޮލަމްގައި ބުނެވުނު
މަސްތަކަށް ކުލި ދައްކާފައިވާކަމަށާއި، ޖޫރިމަނާ ދައްކާފައިނުވާކަމަށް ފާހަގަކޮށްފައިވާކަމާއި،
އިސްވެ ފާހަގަކުރެވުނު މަސްތަކަށް ޖޫރިމަނާއާ ނުލައި ކުލި ބަލައިގަތުމަކީ ޖޫރިމަނާ
ދޫކޮށްލިކަމުގައި ބެލެވޭނެ ހެއްކެއްކަމަށް ޢަލީ ޚާލިދުގެ ފަރާތުން ބުނެފައިވީނަމަވެސް، އެއްބަސްވުމުގައި
ބަޔާންކޮށްފައިވާގޮތުގެ އިތުރަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީރާ ޢަލީ ޚާލިދުއް ދެމެދު ޖޫރިމަން
ދެއްކުމާގުޅޭގޮތުން އެއްވެސް ދުލެއް ދިނުމަށް ނުވަތަ އެހެން ގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވެފައިނުވާކަމަށް
ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އެ ފަދައިން އެއްބަސްވެފައިވާކަމުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ޢަލީ
ޚާލިދުގެ ފަރާތުން ހުށަހަޅާފައިނުވާކަމާއި،
ކޮންމެ މަހެއްގެ 10 ކުރިން އެ މަހެއް ކުލި ދެއްކުމަށް އެނގުމަށްފަހު، ކުލި ނުދައްކައިފިނަމަ،
މަހުގެ 10 ގެ ފަހުން ޖޫރިމަނާ ނަގާގޮތަށް ކަނޑައެޅުމަށްފަހު 15 ގެ ފަހުން ކުލި ނުދައްކައިފިނަމަ ޢިމާރާތް
ހުސްކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިއޮތުމުން، މަހުގެ 10 އާއި 15 އާއި ދެމެދު ކަނޑައެޅިފައިއޮތްގޮތް މަހުގެ
15 ގެ ފަހުން ބާޠިލްވެގެންދާނެކަމަށާއި، ރިބާ އުޞޫލުން ޖޫރިމަނާ ނަގާގޮތަށް ހަމަޖެހިފައިވާކަމަށް ޢަލީ ޚާލިދުގެ
ފަރާތުން ފާހަގަކޮށްފައިވާއިރު، ދެ ފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 5 ވަނަ މާއްދާއަށް ބެލުމުން ކޮންމެ
މަހެއްގެ ކުލި އެ މަހެއްގެ 10 ގެ ކުރިން ދެއްކުމަށާއި، އަދި ބުނެވުނު މުއްދަތުގައި ކުލި ނުދައްކައިފިނަމަ ކުލި
ދައްކަންޖެހޭ މުއްދަތު ފާއިތުވެގެން ހިނގާ ކޮންމެ ދުވަހަކަށް މަހުކުލީގެ %0.5 (ޕޮއިންޓް ފަހެއް އިންސައްތަ)
ދެއްކުމަށާއި، އަދި އެ މަހުގެ 15 ކުރިން ކުލި ނުދައްކައިފިނަމަ އެ ދުވަހުގެ ނިޔަލަށް ޢިމާރާތް
ކުރަންވާނެކަމާމެދު ޢަލީ ޚާލިދުގެ ފަރާތުން އެއްބަސްވެފައިވާކަން އެނގެންއޮންނައިރު،
ހު8.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޙުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: irif [email protected] ވެބްސައިޓް www.highcourt.gov.mv
12
2014/HC-A/358
994 9
م ممن
46ހ 8 97ޑ
އެ329
ދަށުން އަދާ ކުރަންޖެހޭ އިލްތިޒާމްތައް
8
3
2
c
އެއްބަސްވުމަޤީ
އެއބަ29+
|
އެއްބައިވެރިޔާކަމަށްވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަދާކުރުމުން، އެ
ދަށުން
ޢަލީ ޚާލިދުއަށް ލިބެންޖެހޭ މަންފާތައް ލިބިގަތުމަށްފަހު، ޢަލީ ޚާލިދުގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ
އިލްތިޒާމްތަކާ ހަމައަށް އައުމުން ބުނެވުނު އެއްބަސްވުމުގެ ދަށުން ޖޫރިމަނާ ނަގާފައިވަނީ ރިބާގެ އުޞޫލުންކަމަށް
ބުނެ ޢަލީ ޚާލިދުގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކުން އެއްކިބާނުވެވޭނެކަމާއި، އަދި ކުލި ނުދެއްކުމުގެ
ސަބަބުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ތަން ހުސް ކުރުމަށް އަންގާފައިނުވުމަކީ ދެފަރާތް
ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިދޭ ޖޫރިމަނާ
ލިބިގަތުމުގެ ޙައްޤު ދޫކޮށްލީކަމުގައި ނުވަތަ (waive) ކުރީކަމުގައި ބެލެވެން އޮތް ޙުއްޖަތެއްނޫންކަމާއި،
ންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2394 ޤަޟިއްޔާގައި ޢަލީ ޚާލިދުގެ
ފަރާތުން ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޜަރީއަށް ދެއްކުމަށް ކަނޑައަޅާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަން ޢަލީ ޚާލިދުއަށް
ދެއްކިފައިނުވާކަމެވެ.
2
25 ހ22
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއިއެކު އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/2394 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އެއްބަސްވެވުނެވެ.
8c8c4 އ 01
ތަނެއްނެތްކަމަށް
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
13
2014/HC-A/158
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/2394 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދަފްތަރު ނަންބަރު 5105 | ކ.މާލެ، ޢަލީ
ޚާލިދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ތަނެއްނެތްކަ ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
» 4 އދ
ބންއެން200ނ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv