ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/176 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/176
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 176/HC
-
A/2016
• އިސްތިއުނާފް ކުރި ފަރާތް:
* ނަން: ޤާސިމް ޢަބްދުލްކަރީމް
ދާއިމީ އެޑްރެސް: ނިކަގަސްދަށުގެ/ ޅ.ނައިފަރު
* އައި.ޑީ.ކާޑު ނަންބަރު: A038494
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު:
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 ރަޖަބު 1437 * ނިމުނު ތާރީޚް: 25 ރަޖަބު 14
21 އޭޕްރީލް 2016
02 މެއި 2016
:
• އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2016
/
2920/J
/
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހާމަކުރުން، ހުއްދަނޫން ގޮތުގައި
މަޢުލޫމާތު ހޯދުން، މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން)
އަމުރު ނެރުއްވި ތާރީޚް: 18 އޭޕްރީލް 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު.ޢަބްދުﷲދީދީ ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު: ޝުޖާޢު ޢުޘްމާން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: info@highcourt.gov.mv ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/176
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2920/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކުށްދިނުމަށްއެދި ޅ.ނައިފަރު ނިކަގަސްދަށުގެ ޤާސިމް ޢަބްދުލްކަރީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ރެވުނު
-1
1. ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
2920/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޅ.ނައިފަރު ނިކަގަސްދަށުގެ ޤާސިމް ޢަބްދުލްކަރީމުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2920/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެއަމުރަކީ،
ޤާސިމް ޢަބްދުލްކަރީމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހާމަކުރުން، ހުއްދަނޫން
ގޮތުގައި މަޢުލޫމާތު ހޯދުން، މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ މައްސަލައިގައި ޤާސިމް
ޢަބްދުލްކަރީމުގެ މައްޗަށް ތުހުމަތުކުރެވޭ ވަރުގެ ސަބަބުތަކެއް ހުރުމުން މުޖުތަމަޢުގެ ސަލާމަތަށްޓަކައި 2016
އޭޕްރީލް 18 ވަނަ ދުވަހުގެ 19:58 އިން ފެށިގެން 2016 މެއި 03 ވަނަ ދުވަހުގެ 19:57 ގެ ނިޔަލަށް
މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި
ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
އޭނާ
ccc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: info@highcourt.gov.mv ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/176
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2920/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ޤާސިމް ޢަބްދުލްކަރީމްގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޤާސިމް ޢަބްދުލްކަރީމުގެ ފަރާތުން
ހުށަހަޅާފައިވާ؛
• ފުރަތަމަ ނުކުތާއަކީ، ޤާސިމް ޢަބްދުލްކަރީމް ހައްޔަރު ކުރުމުގެ ކޯޓު އަމުރު ނެރެފައިވަނީ
ބޭންކިންގއާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 14/2010) 43 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށް ބުނާއިރު،
ޤާނޫނު ނަންބަރު 14/2010 ގެ ޤާނޫނަކީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނު އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ނޫނުކަމަށާއި، އެޤާނޫނުގެ 43 ވަނަ މާއްދާއެއް ނުވެސް
އޮންނަކަމަށާއި، ކޯޓު އަމުރު ނެރުމުގައި މައްސަލާގެ ބާވަތާއި ނުވެސް ގުޅޭ ޤާނޫނެއްގެ ދަށުން ކޯޓު އަމުރު
ނެރެފައިވާތީ، އޭނާ ހައް
ހައްޔަރުކުރީ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޤާނޫން
4 22
4.3
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި
ބަޔާންކުރާ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ އުޞޫލުތަކުގެތެރެއިން ބަންދުގައި ބަހައްޓައިގެން
މައްސަލަ ކުރިއަށް ގެންދެވޭ ޝަރުޠުތަކުގެ ތެރެއިން އެއްވެސް ޝަރުޠުތަކަށް ނުފެތޭއިރުވެސް ބަންދުގައި
ބެހެއްޓުމަށް އަމުރު ނެރެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް ބަންދުކުރީ ވަކި ޙާލަތަކާ ގުޅިގެން ކަމަށް
ބުނާއިރު، އެޙާލަތު ދެމިގެން ނުދާކަމަށް ބުނެ ހުށަހެޅި
433 ޑޑ
ނއބއފ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: info@highcourt.gov.mv ވެބްސައިޓް www.highcourt.gov.mv
4
2016/HC-A/176
0
ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނައާއި 53 ވަނަ
މާއްދާގައި ލިއްބައިދީފައިވާ ޤާނޫނީ ވަކީލުގެ ޙައްޤުން މަޙްރޫމްކޮށް، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ) އާ
ޚިލާފަށް ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2920/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޤާސިމް ޢަބްދުލްކަރީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ
ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
ކަންތައްeއ
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2920/J
/
MD-145 ކޯޓު
އަމުރަށް ބަލާއިރު، އެކޯޓު އަމުރަކީ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހާމަކުރުން، ހުއްދަނޫން ގޮތުގައި މަޢުލޫމާތު
ހޯދުން، މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލާކަމަށް ޅ.ނައިފަރު ނިކަގަސްދަށުގެ، ޤާސިމް
ޢަބްދުލްކަރީމުގެ މައްޗަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 143585/MF
"ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން ޤާސިމް ޢަބްދުލްކަރީމްގެ ބަންދުގެ މުއްދަތު
އިތުރުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 18 އެޕްރީލް 2016 ވަނަ ދުވަހުގެ 19:58 އިން
ފެށިގެން 03 މެއި 2016 ވަނަ ދުވަހުގެ 19:57 އަށް ޤާސިމް ޢަބްދުލްކަރީމް މިނިސްޓްރީ އޮފް ހޯމް
އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ނެރުއްވާފައިވާ އަމުރެއްކަމާއި އެގޮތަށް އެއަމުރު
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: info@highcourt.gov.mv ވެބްސައިޓް www.highcourt.gov.mv
5
2016/HC-A/176
ޖުތަމަޢުގެ
ނެރުއްވި ސަބަބަކީ، ޤާސިމް ޢަބްދުލްކަރީމްގެ މައްޗަށް ތުހުމަތުކުރެވޭވަރުގެ ސަބަބުތަކެއް ހުރުމުން މުޖުތަ
ސަލާމަތަށްޓަކައިކަން އެނގެން އޮންނައިރު،
އިސްތިއުނާފުކުރެވިފައި މިވާ ކޯޓު އަމުރަކީ، ޤާސިމް ޢަބްދުލްކަރީމް ހައްޔަރުކުރުމަށް ކްރިމިނަލް
ކޯޓުން ނެރުއްވާފައިވާ ހައްޔަރުކުރުމުގެ އަމުރެއްނޫންކަމާއި، މި އަމުރަކީ ޤާސިމް ޢަބްދުލްކަރީމުގެ ބަންދުގެ
މުއްދަތު އިތުރުކޮށްދެއްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގޭއިރު، އެއަމުރު ނެރެދެއްވުމަށް އެދި ކްރިމިނަލް
ކޯޓަށް ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 143585/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް
ހުށަހަޅާ ފޯމް" އަށް ބަލާއިރު، ޤާސިމް ޢަބްދުލްކަރީމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލާގައި
ހަވާލާދީފައިވަނީ، ބޭންކިންގއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/2010) ގެ 43 ވަނަ މާއްދާއަށްކަން
އޮޅުމެއްނެތި ސާފުކޮށް އެނގެން އޮންނަކަމެވެ
.
I
4 8
/37938ދ
4 275/22
4 s
ހމެކެވެ
ކުށް
(ނ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ
ފާހަގަ ކުރެވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު
ދުކުރުމުގައި،
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ ކުށުގެ
ނުރައްކާތެރިކަމަކީ ކޮބައި ކަމާއި، އަދި އެކުށް ތަޙުޤީޤު ކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި،
އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައި ކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައި ކަމާއި، ކުށުގެ ކުޑަބޮޑުމިނަކީ
ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައި ކަމާއި، ޝައްކު ކުރެވޭ މީހާ ފިލައި
ބިރު އޮތީ ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ހއ 232
4
ރއސ329
we
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: info@highcourt.gov.mv ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/176
(ނ) ތިންވަނަ ކަމަކީ: އިސްތިއުނާފު މިކުރެވޭ ކޯޓު އަމުރުގައި ޙަވާލާދީފައިވާ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު 143585/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް
ކުރުމަށް ހުށަހަޅާ ފޯމް"ގައި، ޤާސިމް
ޢަބްދުލްކަރީމް ބަންދުކުރި ހައްޔަރުކުރި މައްސަލައަކީ، ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފަކަށްހުރެ ބޭންކިންގ
އާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/2010) ގެ 43 ވަނަ މާއްދާއާއި ޚިލާފަށް އެބޭންކްގެ ހުއްދަނެތި
ކަސްޓަމަރެއްގެ އެކައުންޓެއްގެ ތަފްޞީލު ނަހަމަގޮތުގައި ބޭނުންކޮށް އެމުޢާމަލާތް ޢާއްމުންނަށް ހާމަކޮށްފައިވާ
ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމާއި، ޤާސިމް ޢަބްދުލްކަރީމް ބަންދުކުރި ސަބަބަކީ އެމައްސަލާގައި
ހެކިބަސް ދޭން ބަޔަކަށް ނުފޫޒު ފޯރުވަފާނެކަމަށް ފެންނާތީއާއި، މައްސަލައިގެ ތަޙުޤީޤަށް އިތުރަށް
ހޯދަންޖެހޭ ހެކިތައްކެއް ހުރުމުން މިހާރު ޤާސިމް ޢަބްދުލްކަރީމް ދޫކޮށްލައިފިނަމަ އެހެކި ނައްތާލައިފާނެކަމަށް
ފެންނާތީ އާއި އަދި މިހާރު މީނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ތެރޭގައި ހަމަނުޖެހުން އުފެދި މުޖުތަމައުގެ
ފަރުދުންގެ މެދުގައި ބޮޑު ފިތުނައެއް އުފެދިގެން ގޮސްދާނެ ކަމަކަށް ފެންނާތީއާއި އަދި މީނާ
ފިލައިފާނެކަމަށްޓަކައިކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ބިހޭ
(ށ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު
ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިދީފައިވާ ޙާލަތްތަކުގެ ތެރޭގައި، އެމީހަކާމެދު
ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ޙާޟިރު ނުވެދާނެކަމަށް، ނުވަތަ ފިލައިފާނެކަމަށް، ނުވަތަ ބަންދުން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ،
އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިދީފައިވާކަން އެނގެން އޮންނައިރު،
މައްސަލާގައި ޤާސިމް ޢަބްދުލްކަރީމް ބަންދުގައި އެޓުމަށް އަމުރު ކުރައްވާފައިވަނީ ޤާސިމް
އެ8/
ބިދޭއެޓްމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/176
ޢަބްދުލްކަރީމުގެ މައްޗަށް އެތުހުމަތުކުރެވޭ ވަރުގެ ސަބަބުތަކެއް ހުރުމުން މުޖުތަމަޢުގެ ސަލާމަތަށްޓަކައިކަން
އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޤާސިމް ޢަބްދުލްކަރީމުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީ
މިހާތަނަށް ނިމިފައިނުވާކަމަށާއި، ނިމޭނެ ދުވަހެއް ކަނޑައަޅައި ބުނަން ނޭނގޭކަމަށާއި، މި މައްސަލާގައި
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފެއްގެ ބަޔާނަކާއި ޤާސިމް ޢަބްދުލްކަރީމްގެ ބަޔާނެއް ނަގާފައިވާ ކަމަށާއި،
މިހާރު މި މައްސަލައިގެ ތަޙްޤީޤުގައި ކުރެވެމުންދަނީ ޓެކްނިކަލް މަސައްކަތްތަކެއްކަމަށް މައްސަލަ
ތަޙްޤީޤުކުރާ ފަރާތުން މި ކޯޓުގެ ޝަރީޢަތުގެ މަޖުލީހުގައި ބުނެފައިވާއިރު، ކުށެއްގެ ތަޙްޤީޤަށް މައްސަލައެއް
ހުށަހެޅުމުން ލަސްނުކޮށް އެމައްސަލައެއްގެ ތަޙްޤީޤު ނިންމަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 2
ވަނަ ކަމުގެ (އ) ގައި ބަޔާންކޮށްފައިވާކަން އެނގޭއިރު،
ފެއްގެ ތަޙްޤީޤު މަރުހަލާގައި މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި، އެކުށް ތަޙުޤީޤު
ކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައި ކަމާއި،
ކުށުގެ ތަބީޢަތަކީ ކޮބައި ކަން ބަލަންޖެހޭކަމަށް އިސްވެ ބުނެވުނު ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 9
ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، މި މައްސަލަ ތަޙްޤީޤުކުރުމުގައި ދަތިއުނދަގޫތަކެއް ހުރިކަމާއި، ގިނަ
ޢަދަދެއްގެ ބަޔަކާގުޅިފައިވާ މައްސަލައެއްކަމަށް ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާ ކަމަށް ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިހުރި ވާހަކަތަކުން އެނގެން އޮތުމުން
ތެމުން ޤާސިމް ޢަބްދުލްކަރީމް މިވަގުތު
ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: info@highcourt.gov.mv ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/176
(ޅ) ހަވަނަ ކަމަކީ، ޤާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ
ހޯދައި ލިބިގަތުމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ
މީހުންނަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކުގެ ތެރޭގައި، އެމާއްދާގެ (ށ) ގައި،
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެކަމަށާއި، އަދި
ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު އެ ހައްޔަރުކުރެވުނު ނުވަތަ ބަންދު ކުރެވުނު
މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެމީހަކަށް
ފަހިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ހައްޔަރާއި ނުވަތަ ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި
ހައްޔަރުގައި ނުވަތަ ބަންދުގައިވާ މީހާއަށް ނުވަތަ އޭނާގެ ވަކީލާއެކު ހާޒިރުކުރެވިފައިވާނަމަ އޭނާގެ ވަކީލަށް
ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދޭންވާނެކަމަށް ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާކަމާއި،
ޤާސިމް ޢަބްދުލްކަރީމުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރެވުމާއެކު،
ޤާސިމް ޢަބްދުލްކަރީމަށް ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ލިބިގެންވާކަން އަންގާފައިވާކަން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD088227 "ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އަށް
ބެލުމުން އެނގެންއޮންނަކަމާއި، އަދި އެއެންގުމާ ގުޅިގެން ޤާސިމް ޢަބްދުލްކަރީމް ވަކީލަކު ހަމަޖައްސައި އެކަން
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަން ޤަބޫލުކޮށްފައިވާކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ޤާސިމް ޢަބްދުލްކަރީމުގެ ބަންދާމެދު ގޮތެއް ނިންމުމުގެ
މަޖިލީސް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއާއި 53 ވަނަ މާއްދާއާއި، ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/176
6 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް، ޤާސިމް ޢަބްދުލްކަރީމުގެ ވަކީލު ކޯޓަށް ހާޒިރުވުމަށްފަހު ފޯނެއް ކުރުމަށް
ކޯޓު ދޮރުމަތީ ހުއްޓައި އޭނާގެ ވަކީލް މުއްދަތު މަޖިލީހަށް ނުވައްދައިކަމަށް ބުނެ ޤާސިމް ޢަބްދުލްކަރީމުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޤާސިމް ޢަބްދުލްކަރީމުގެ ބަންދުގެ މަޖިލީސް އޮންނާނެކަން
ވަކީލަށް އެންގިފައިވާކަމަށާއި، ޤާސިމް ޢަބްދުލްކަރީމުގެ ބަންދުގެ މަޖިލީސް ކުރިއަށް ގެންދިއުމުގެ ކުރިން،
ޤާސިމް ޢަބްދުލްކަރީމްގެ ވަކީލު އެމަޖިލީހުގައި ނެތުމުން، ވަކީލާނުލައި ކުރިއަށް ގެންދަން ބޭނުންތޯ ޤާސިމް
ޢަބްދުލްކަރީމާ ސުވާލުރިކަމަށާއި، އެގޮތުން އެމަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ޤާސިމް ޢަބްދުލްކަރީމް
ވަކީލާ ނުލައި އެމަޖިލިސް ކުރިއަށް ގެންދިއުމާމެދު އިޢުތިރާޝެއްނެތްކަމަށް ބުނުމާ ގުޅިގެންކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި، އަދި ޤާސިމް ޢަބްދުލްކަރީމެވެސް،
ބަންދުގެ އެމަޖިލިސް ވަކީލާ ނުލައި ކުރިއަށް ގެންދިއުމާމެދު އޭނާގެ މައްސަލައެއް ނެތްކަމަށް އައި.އޯ ގާތު
ބުނެފައިވާނެކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިޢުތިރާފުވެފައިވާކަމާއި، މިދެންނެވުނު ކަންކަމުގެ މައްޗަށް
ބަލާއިރު، ޤާސިމް ޢަބްދުލްކަރީމުގެ ބަންދާމެދު ގޮތެއް ކަނޑައަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާއާއި 53 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބަލާނެ ހަމައެއް
20 8
s 8ދޑ 2
ނޫންކަމެފަ.
ce O
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2920/J
/
MD-145 ކޯޓު އަމުރަކީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްފައިވާ މުގައި ބަލާނެތަނެއް ނެތްކަމުގައެވެ.
34¢34 ފ
2012/
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: info@highcourt.gov.mv ވެބްސައިޓް www.highcourt.gov.mv
10
2016/HC-A/16
• ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި
އިސްތިއުނާފުކުރެވިފައި މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2920/J
/
MD-145 ކޯޓު އަމުރަކީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: info@highcourt.gov.mv ވެބްސައިޓް www.highcourt.gov.mv