ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/70 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/7
ޤަޟިއްޔާ ނިމުނު
އޭގެ ޚުލާޞާ
بسم ابن المراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރު: 70/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢާއިޝަތު ސުޒުމާ
: ދާއިމީ އެޑްރެސް: ހ.ހުދުހުދުމަންޒިލް / މާލެ
* އައި.ޑީ.ކާޑް ނަންބަރު A063068
މިހާރުގެ އެޑްރެސް: ރޯހައުސްމަށި 1 | ހުޅުމާލެ
އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: މުމްތާޒް އާޞިމް
، ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 8323 | މާލެ
*
މިހާރުގެ އެޑްރެސް: ހުޅުމާލެ ކޮރަލްވިލް C2 1D
ނިމުނު ތާރީޚް: 10 އޮކްޓޯބަރު 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް:
18 ޖަނަވަރީ 2015
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ:
ނަންބަރު 2011/Cv-C/1259
ނިންމި ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 09 ޖޫން 2011
ނިމުނު ތާރީޚް: 18 އޮގަސްޓް 2014
މައްސަލަ ބެއްލެވި ފަނޑިޔާރުން:
އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު
ގޮތުގެ ޚުލާޞާ
2{15/HC-A/1[
.ދައުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1259 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހ.ހުދުހުދާމަންޒިލް| ޢާއިޝަތު ސުޒުމާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 8323، މާލެ! މުމްތާޒު
ޢާޞިމްއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1259 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ 21 ނޮވެމްބަރ 2006 ގައި، ހ.ހުދުހުދުމަންޒިލް ޢާއިޝަތު ސުޒީމާ އާއި
ދަފްތަރު ނަންބަރު 8323،މާލެ! މުމްތާޒް ޢާޞިމް އާ ވެފައިވާ އެއްބަސްވުމާ ޢާއިޝަތު ސުޒުމާ ޚިލާފްވެ،
މުމްތާޒް ޢާޞިމް އާއި، މުމްތާޒް އާޞިމްގެ ޢާއިލާގެ މީހުން ހުޅުމާލެ ރޯހައުސް "މަށި 1" އިން ނުކުތުމަށް
އަންގާފައިވާތީ، އެއްބަސްވުމުގެ ދަށުން ހުޅުމާލެ ރޯހައުސް "މަށި 1" އަށް މުމްތާޒް ޢާޞިމްއާއި، މުމްތާޒް
ޢާޞިމްގެ އާއިލާގެ ފަރާތުން ދައްކާފައިވާ ފައިސާ 5،49724
/
06ރ (ފަސްލައްކަ ސާޅީސް ނުވަހާސް
ހަތްސަތޭކަ ސައުވީސް ރުފިޔާ | ހަލާރި) ޢާއިޝަތު ސުޒުމާގެ އަތުން އެއްފަހަރާ ހޯދުމަށް އެދި މުމްތާޒް
ޢާޞިމް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ ޢާއިޝަތު ސުޒީމާ އާއި މުމްތާޒު ޢާޞިމް އާއި ދެމެދު
އާއިޝަތު ސުޒުމާ އަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިއްކާ ހުޅުމާލެ އިންފާރުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު
ގޮތުގެ ޚުލާޞާ
2{15/HC-A/13
2
ގުޅިފައިހުންނަ (ރޯހައުސް) "މަށި 1"އަށް ޑައުންޕޭމަންޓަށްވާ ފައިސާ ދެއްކުމަށާއި، އަދި ދިގު މުއްދަތަކަށް
ބަހާލެވިގެން ދައްކަންޖެހޭ ޕޭމަންޓްތަކަށް ފައިސާ ދެއްކުމަށް އެއްބަސްވުމެއްވެފައިވާކަން ޢާއިޝަތު ސުޒުމާ އާއި
މުމްތާޒު ޢާޞިމް އާ ދެމެދު ވެފައިވާ އެއްބަސްވުމުންނާއި އެއެގްރިމެންޓްގައި ސޮއި ކޮށްފައިވާ ހެކިންގެ ބަހުން
ޘާބިތުވާ ކަމާއި، ދެންނެވުނު އެއްބަސްވުމުގެ ދަށުން އާއިޝަތު ސުޒުމާގެ މައްޗަށް ލާޒިމްކުރި އިލްތިޒާމްތައް
އަދާކޮށްފައިނުވާކަން ދެފަރާތުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް
ކަނޑައަޅައި،
ޢާއިޝަތު ސުޒީމާ އާއި މުމްތާޒު ޢާޞިމް އާއި ދެމެދު ޢާއިޝަތު ސުޒުމާއަށް ހުޅުމާލެ
ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިއްކާ ހުޅުމާލެ އިންފާރުން ގުޅިފައިހުންނަ (ރޯހައުސް) "މަށި 1" އަށް
ޑައުންޕޭމަންޓްއަށްވާ ފައިސާ ދެއްކުމަށާއި، އަދި ދިގުމުއްދަތަކަށް ބަހާލެވިގެން ދައްކަންޖެހޭ ޕޭމަންޓްތަކަށް
ފައިސާ ދެއްކުމަށް އެއްބަސްވުމެއްވެފައިވާކަން ޢާއިޝަތު ސުޒީމާ އާއި މުމްތާޒް ޢާޞިމް އާއި ދެމެދު ވެފައިވާ
އެއްބަސްވުމުންނާއި އެއެގްރިމަންޓްގައި ސޮއިކޮށްފައިވާ ހެކިންގެ ބަހުން ޘާބިތުވާކަމާއި، ދެންނެވުނު
އެއްބަސްވުމުގެ ދަށުން އާއިޝަތު ސުޒުމާގެ މައްޗަށް ލާޒިމްކުރި އިލްތިޒާމްތައް އަދާކޮށްފައިނުވާކަން ދެފަރާތުގެ
ބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި،
އާއިޝަތު ސުޒީމާ އާއި މުމްތާޒް ޢާޞިމް އާއި ދެމެދު އާއިޝަތު ސުޒުމާއަށް ހުޅުމާލެ
ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިއްކާ ހުޅުމާލެ އިންފާރުން ގުޅިފައިހުންނަ (ރޯހައުސް) "މަށި 1" އަށް
ފައިސާ ދެއްކުމަށާއި، އަދި ދިގު މުއްދަތަކަށް ބަހާލެވިގެން ދައްކަންޖެހޭ ޕޭމަންޓްތަކަށް
ފައިސާ ޕޭމަންޓްތައް ދެއްކުމަށް ވެފައިވާ އެއްބަސްވުމު ދަށުން ޚަރަދު ކޮށްފައިވާކަމަށް ދަޢުވާކުރާ ފަރާތުން
ބުނެފައިވާ ޢަދަދު ކަމުގައިވާ 549,724
/
06ރ (ފަސްލައްކަ ސާޅީސް ނުވަހާސް ހަތްސަތޭކަ ސައުވީސް ރުފިޔާ
, ހަލާރި) އާ މެދު ދަޢުވާލިބޭ ފަރާތުން އިންކާރުކޮށްފައިނުވާތީ، މިފައިސާ އަކީ އާއިޝަތު ސުޒުމާ، މުމްތާޒް
ޢާޞިމްއަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މިފައިސާ މިއަދުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ
ހ2 0 &4ހ ތތ 8
2 سر عروس و
دم کی
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{15/HC-A/1[
ތެރޭގައި އެމަހަކަށް ޖެހޭވަރަށްވުރެ މަދުނޫން އަދަދަކަށް ފައިސާ ސިވިލް ކޯޓަށް ދައްކައި މިދަރަނި
ޚަލާސްކުރުމަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
-2
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1259 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ދަފްތަރު ނަންބަރު 8323 | މުމްތާޒު ޢާޞިމްގެ ފަރާތުން 1 (އެކެއް)، އެއްނުކުތާ ހުށަހަޅައި އެނުކުތާއާއި
ގުޅިގެން ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި ނުކުތާއަކީ، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ޝަރީޢަތަށް
ހުށަހެޅިފައިނުވާ ހެއްކާއި ޤަރީނާ ބޭނުންކޮށްގެށް އަދި މައްސަލައިގެ ޚަޞްމުންނަށް މައްސަލައިގައި ހެއްކާއި
ރީނާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ލިބިދީފައިނުވާ، ހެކި އަދި ނުވަތަ ޤަރީނާ ބޭނު ކުށްގެން މައްސަލަ
ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
-3
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1259 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހ.ހުދުހުދާ މަންޒިލް / ޢާއިޝަތު ސުޒުމާގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެ ނުކުތާއާއި ގުޅޭ ގޮތުން
ޢާއިޝަތު ސުޒުމާގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާރައްދުވާ ދަފްތަރު ނަންބަރު 8323 | މުމްތާޒު
ޢާޞިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ
ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
0
<< O
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ
2{15/HC-A/13
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1259
ޤަޟިއްޔާއަކީ
ހ.ހުދުހުދުމަންޒިލް / މާލެ ޢާއިޝަތު ސުޒީމާ އާއި ދަފްތަރު ނަންބަރު 8323 | މާލެ، މުމްތާޒް ޢާޞިމް އާ
ދެމެދު 21 ނޮވެމްބަރ 2006 ގައި، ވެފައިވާ އެއްބަސްވުމާ ޢާއިޝަތު ސުޒުމާ ޚިލާފްވެ، މުމްތާޒް ޢާޞިމް
އާއި، މުމްތާޒް ޢާޞިމްގެ ޢާއިލާގެ މީހުން ހުޅުމާލެ ރޯހައުސް "މަށި 1" އިން ނުކުތުމަށް އަންގާފައިވާތީ،
އެއްބަސްވުމުގެ ދަށުން ހުޅުމާލެ ރޯހައުސް "މަށި 1" އަށް މުމްތާޒް ޢާޞިމްއާއި، މުމްތާޒް ޢާ އާއިލާގެ
ފަރާތުން ދައްކާފައިވާ ފައިސާ 5,49724
/
06ރ (ފަސްލައްކަ ސާޅީސް ނުވަހާސް ހަތްސަތޭކަ ސައުވީސް
ރުފިޔާ | ހަލާރި) ޢާއިޝަތު ނުޒުމާގެ އަތުން އެއްފަހަރާ ހޯދުމަށް އެދި މުމްތާޒް ޢާޞިމް ދަޢުވާ ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެއްކަން އެންގެން އޮންނަކަމެވެ.
ހ 0
2
2
4
2 ހ
,ބަސްވުމެއް
(ށ) ދެވަނަ ކަމަކީ: ހ.ހުދުހުދާ މަންޒިލް / ޢާއިޝަތު ސުޒީމާ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް
ކޯޕަރޭޝަނާއި ދެމެދު 18 ޑިސެމްބަރ 2006 ދުވަހު ނަންބަރު 06
/
313/HDC
/
RHS އެއްބަސްވުމުގެ
ދަށުން ހުޅުމާލޭ އިންފާރުން ގުޅިފައި ހުންނަގެ (ރޯހައުސް) ވިއްކުމަށް އެއްބަސް ފައިވާ ކަމާއި،
މިއެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާ ގޭގެ އަގުއަދާކުރުމުގައި ޢާއިޝަތު ސުޒުމާއަށް ޒަމާނަތު (ގެރެންޓީ) ދޭ
ފަރާތަކީ މުމްތާޒް ޢާޞިމް ކަމާއި، ރޯހައުސް ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ 1,127,400ރ (އެގާރަ
ލައްކަ ހަތާވީސް ހާސް ހަތަރު ސަތޭކަ ދިވެހި ރުފިޔާ) ކަމާއި، ޑައުންޕޭމަންޓްގެ ގޮތުގައި 225,480ރ
(ދެލައްކަ ފަންސަވީސް ހާސް ހަތަރު ސަތޭކަ އައްޑިހަ ދިވެހި ރުފިޔާ) އެއްބަސްވުމުގެ ސޮއި ކުރުމުގެ ކުރިން
ދައްކާފައިވާކަން އެއްބަސްވުމުގެ 6 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޢާއިޝަތު ސުޒުމާއަށް HDC (ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން)
އިން ވިއްކާ ހުޅުމާލެ އިންފާރުން ގުޅިފައިހުންނަ (ރޯހައުސް) "މަށި 1" އށް ޑައުން ޕޭމަންޓަށްވާ ފައިސާ
ދެއްކުމަށާއި، އަދި ދިގުމުއްދަތަކަށް ބަހާލައިގެން ދައްކަންޖެހޭ ފައިސާގެ ޕޭވްމަންޓްތައް ދެއްކުމަށް،
ޒަމާނަތު (ގެރެންޓީ) ދޭފަރާތް ކަމުގައިވާ މުމްތާޒް އާސިމް އާއި ޢާއިޝަތު ސުޒީމާ އާ ދެމެދު
•.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2{15/HC-A/13
ޤަޟިއްޔާ ނިމުނު
sގެ ޚުލާޞާ
ދ ޏ އ ސ ޑ &2
کر مار سمی
21 ނޮވެމްބަރ 2006 ގައި އެއްބަސްވުމެއްވެފައިވާ ކަމާއި، އެއެއްބަސްވުމުގައި ހުޅުމާލޭ އިންފާރުން ގުޅިފާ
ހުންނަގެ (ރޯހައުސް) "މަށި 1" އަށް ޑައުންޕޭމަންޓަށްވާ ފައިސާ ދެއްކުމަށާއި އަދި މުއްދަތަކަށް ބަހާލެވިގެން
ޕޭމަންޓް ތަކަށް ދައްކަންޖެހޭ ފައިސާ ދައްކާދިނުމަށް މުމްތާޒް އާސިމްގެ ފަރާތުން
އެއްބަސްވެފައިވަނީ އެއްބަސްވުމުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާގައިވާ ޝަރުތުތަކަށް އެއްބަސްވެގެންވާ
ކަމާއި، މިގޮތުން އެއްބަސްވުމުގެ 1 ވަނަ މާއްދާގައިވަނީ މުމްތާޒް އާސިމް އާއި ޢާއިޝަތު ސުޒުމާއަކީ
ރޯހައުސް މަށި 1 ހަވާލުކުރިއިރު، ކައިވެނީގެ ގޮތުން ގުޅިފައިވާ ދެމީހުން ކަމުގައިވިޔަސް، މިފައިސާ މުމްތާޒް
ދައްކަނީ، މުމްތާޒް އާސިމްގެ ބައްޕަ އާދަމް ޔޫސުފް އާއި އާއިލާގެ މީހުންގެ އަތުން ލިބިގެން ކަމުގައި ވުމާއެކު
މުމްތާޒް އާސިމްއާއި، މުމްތާޒު އާސިމްގެ ބައްޕަ އާއި މަންމަ އާއި ދަރިން އަދި އެއްބަނޑު އެއްބައްފާ
އަޚުންނާއި އުޚްތުން ހުޅުމާލެ ރޯހައުސް "މަށި 1" ގައި އުމުރު ދުވަހަށް އެމީހުން ބައިތިއްބުމަށް އެއްބަސްވާ
ކަމާއި، އަދި އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންވެދިޔަ މީހުން ނުވަތަ އެމީހުންގެ ތެރެއިން އެއްވެސް
މީހަކު ހުޅުމާލެ ރޯހައުސް "މަށި 1" އިން ނެރޭނަމަ ރޯހައުސްއަށް ޑައުންޕޭމަންޓަށް ދައްކާފައިވާ ފައިސާއާއި،
އަދި ގޭގެ އަގުގެ ތެރެއިން މަހުންމަހަށް މުމްތާޒް ޢާޞިމް ދައްކާފައިވާ ފައިސާއާއި އަދި މިގޭ އަގު އަދާކުރަން
މުމްތާޒް އާސިމްގެ ފަރާތުން މަހުންމަހަށް ދައްކަމުންގެންދާ ފައިސާއާއި މިއެންމެހާ ފައިސާ އެއްފަހަރާ
ދިނުމަށްފަހުގައި ނޫނީ ބަޔާންވެދިޔަ ނުވަތަ އެއިން އެކަކުވިޔަސް މީގެއަކުން ނުނެރެވޭނެކަމަށް އެއެއްބަސްވުމުގެ
2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އެއެއްބަސްވުމުގައި މުމްތާޒް އާސިމްއާއި ޢާއިޝަތު ސުޒުމާއާ
ދެމީހުން ސޮއި ކޮށްފައިވާކަމާއި، އަދި ހެކިވެރިންގެ ގޮތުގައި މާލެހިޔާ 2-8/16 | އިހްސާން ޙުސައިން އަދު
ހ.މިނީގާރޑަން | މުޙައްމަދު ޔާސިރު ސޮއި ކޮށްފައިވާކަން އެނގެން އޮންނަ
ފެނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ހުޅުމާލެއިން ހ.ހުދުހުދާ މަންޒިލް | ޢާއިޝަތު ސުޒުމާއަށް
ލިބިފައިވާ ރޯހައުސް "މަށި 01" އަށް ޢާއިޝަތު ސުޒީމާގެ ފިރިމީހާ ދަފްތަރު ނަންބަރު 8323
(ހދ.ވައިކަރަދޫ، މަލާޒް)! މުމްތާޒު ޢާޞިމްގެ އާއިލާ ވައްދައި އެތަނުގެ މިލްކުވެރިކަން އެމީހުންގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު
ورک تشر
2{15/HC-A/13
ގްރައުންޑް
ނަމަށް ބަދަލުކުރުމަށްޓަކައި، އާއިޝަތު ސުޒުމާއަށް އެނގުމަކާނުލައި ޢާއިޝަތު ސުޒުމާގެ ނަމުގައި ސޮއިކޮށް
އެޗްޑީސީއަށް ސިޓީލައި އެއިމާރާތުން އާއިޝަތު ސުޒުމާ ނެރެ އޭނާގެ ބާރު ކަނޑުވާލާފައިވާތީ، މިރޯހައުސް
މަށި 01 ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އާއިޝަތު ސުޒުމާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްދެއްވުމަށް
އެދި މުމްތާޒް ޢާޞިމްގެ މައްޗަށް ޢާއިޝަތު ސުޒުމާ ދަޢުވާކުރުމުން ސިވިލް ކޯޓުގެ ނަންބަރު
2008/MC/1187 ޤަޟިއްޔާގައި ބެލެވުނު މައްސަލައިގައި ހުޅުމާލެ ރޯހައުސް މަށި 01 ގެ
ފްލޯރގެ ތަޅުދަނޑި ޢާއިޝަތު ސުމީމާއާއި ހަވާލުކޮށްފައިވުމާއެކު، އެޗް.ޑީ.ސީ އާއި ދެމެދު ވެފައިވާ ވިއްކުމުގެ
އެއްބަސްވުމުގައިވާ (ހުޅުމާލޭން އިންފާރު ގުޅިފައި ހުންނަގެ (ރޯހައުސް) ވިއްކުމުގެ އެއްބަސްވުން) ފަދައިން
މިރޯހައުސްވަނީ ދަޢުވާކުރާ އާއިޝަތު ސުޒުމާގެ ނަމުގައިކަމުން މި ރޯހައުސްއަކީ ޤާނޫނީ އަދި ޝަރުޢީ
ހަމަތަކުގެމަތިން ހ.ހުދުހުދާމަންޒިލް ; ޢާއިޝަތު ސުޒުމާގެ ކޮންޓްރޯލްގައި ހުރިތަނެއްނޫންކަން ޝަރީޢަތަށް
ޘާބިތުނުވާކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
04
) ފަސްވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2008/MC/1187 ޤަޟިއްޔާއަށް ބަލާއިރު
މިޤަޟިއްޔާގައި ޢާއިޝަތު ސުޒުމާގެ ފަރާތުން އެދިފައިވަނީ ހުޅުމާލޭ ރޯހައުސް މަށި 01 ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން އާއިޝަތު ސުޒުމާގެ ކޮންޓްރޯލްގެދަށަށް ގެނެސްދިނުމަށް އެދިކަމާއި، އެހެންނަމަވެސް
މިމައްސަލައިގައި ހުށަހެޅިފައިވާ ބަޔާންތަކަށް ބަލާއިރު، މިމައްސަލައިގެ ތެރޭގައި ޢާއިޝަތު ސުޖުމާ އާއި
މުމްތާޒް އާސިމް އާއި ދެމެދު ޢާއިޝަތު ސުޒުމާއަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ވިއްކާ ހުޅުމާލެ
އިންފާރުން ގުޅިފައި ހުންނަ (ރޯހައުސް) "މަށި 1" އަށް ޑައުންޕޭމަންޓްއަށް ފައިސާ ދެއްކުމަށާއި، އަދި
ދިގުމުއްދަތަށް ބަހާލައިގެން ދައްކަންޖެހޭ ޕޭމަންޓްތަކަށް ފައިސާ ދެއްކުމަށް 21 ނޮވެމްބަރ 2006 ދެވަފއިވާ
ވާހަކަ
ދެކެވިފައިވާކަމާއި، ޢާއިޝަތު ސުޒުމާގެ ފަރާތުން މިފަދަ އެއްބަސްވުމެއް
ވެފައިނުވާނެކަމާއި، އެއެއްބަސްވުމުގައި އޭނާ ސޮއިކޮށްފައިވެސް ނުވާނެކަމާއި، އެއްބަސްވުމުގެ ސައްޙަކަން
ބަލައިދިނުމަށް އެދިފައިވުމުން، އެއްބަސްވުމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މާލޭހިޔާ 2-8/
16/
އިހްސާން ޙުސައިން އާއި ހ.މިނީގާރޑަން : މުޙައްމަދު ޔާސިރު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ހެކިބަސް
427 0 2 04
هوم کر
990
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު
2015/HC-A/10
ސަބަބެއް
ނަގާފައިވާކަމާއި، މިގޮތުން ޢާއިޝަތު ސުޒީމާ އާއި މުމްތާޒް ޢާޞިމްއާ ދެމެދު ހުޅުމާލެ ރޯހައުސް "މަށި 01"
އަށް ޑައުންޕޭމަންޓަށްވާ ފައިސާ ދެއްކުމަށާއި، ދިގު މުއްދަތަށް ބަހާލައިގެން ދައްކަން ޖެހޭ ފައިސާ
ދެއްކުމަށްޓަކައި އެގްރީމެންޓްއެއްކަން ކުރެވުނުކަން ދެމީހުންނަށްވެސް އެނގޭ ކަމާއި، އެގްރީމަންޓްގައި
ޢާއިޝަތު ސުޒުމާއާއި މުމްތާޒް އާސިމް ސޮއިކޮށްފައިވަނީ އެދެމީހުންގެ ޙާޟިރުގައިކަމަށް މުޙައްމަދު ޔާސިރު
އަދި އިޙްސާން ޙުސައިން ބުނެފައިވާކަން މިދެމީހުންގެ ހެކިބަހަށް ބެލުމުން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާގައި ނެގިފައިވާ ބަޔާންތަކާ ވާހަކަތަކަކީ މި ޤަޟިއްޔާގައިވެސް ހުށަހެޅިފައިވާ
މައުޟޫއާގުޅުންހުރި ބަޔާންތަކެއްކަމަށްވުމުން އެޤަޟިއްޔާއާއި އެޤަޟިއްޔާގައި ހުށަހެޅިފައިވާ ހެކިތައް
އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގައި ޝަރީޢަތުން ބޭނުންކުރުމަށް ހުރަސްއެޅޭފަދަ ޝަރުއީ އަދި ޤާނޫނީ
ޤަޟިއްޔާ އިސްތިއުނާފުކުރާ ޢާއިޝަތު ސުޒުމާގެ ފަރާތުން ދެއްކިފައިނުވާކަން އެނގޭކަމާއި،
ހުޅުމާލެ ރޯހައުސް "މަށި 1" އަށް ޑައުންޕޭމަންޓް ދެއްކުމަށާއި އަދި މަހުންމަހަށް ދައްކަންޖެހޭ
ފައިސާ މުމްތާޒް ޢާޞިމް ދައްކައި ދިނުމަށާއި އަދި އޭގެ މުޤާބިލުގައި މުމްތާޒް ޢާޞިމްއާ އޭނާގެ އާއިލާއާއި
އާއިލާގެ މީހުން މިދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިސްވެ ބުނެވިދިޔަ އެއްބަސްވުމުގައިވާ ގޮތުގެމަތިން
އެރޯހައުސްގައި ދިރިއުޅެވޭނެކަމަށް ޢާއިޝަތު ސުޒީމާ އެއްބަސްވެފައިވާކަން އެނގޭއިރު، އެއެއްބަސްވުމާ
ޚިލާފަށް ޢަމަލުކުރުމަކީ އެކަމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތަކަށް އޭގެ ފަރުވާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު
ލިބިގެންވާ ކަމެއްކަން އެނގޭއިރު، މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ރޫޅާލުމަށް ބޭނުންވެއްޖެ
ޙާލަތެއްގައި ޢަމަލުކުރެވޭ
ކުރެވޭނެ ކަމަށް އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ރޯހައުސް އިން
އެއްވެސް މީހެއް ނެރެވޭނީ މުމްތާޒް ޢާޞިމްގެ ފަރާތުން ޑައުންޕޭމަންޓްއަށްވާ ފައިސާއާއި، އަދި ގޭގެ އަގުގެ
ތެރެއިން މަހުންމަހަށް ދައްކާފައިވާ ފައިސާއާއި އަދި މިގޭގެ އަގު އަދާކުރަން މުމްތާޒް ޢާޞިމްގެ ފަރާތުން
ދައްކަމުންގެންދާ ފައިސާއާ މިއެންމެހާ ފައިސާ އެއްފަހަރާ ދިނުމުންކަން އެއެއްބަސްވުމުގެ 2 ވަނަ މާއްދާއިން
ސާފުކޮށް އެނގެން އޮންނައިރު،
4 22
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
2{15/HC-A/1[
مرد شهور
ޤަޟިއްޔާ ނިމުނު
ޢާއިޝަތު ސުޒީމާ އާއި މުމްތާޒް ޢާޞިމްއާއި ދެމެދު ހުޅުމާލެ ރޯހައުސް "މަށި 01" އަށް
ޑައުންޕޭމަންޓަށްވާ ފައިސާ ދެއްކުމަށާއި، ދިގު މުއްދަތަށް ބަހާލައިގެން ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި
ވެފައިވާ އެއްބަސްވުމުގެ ދަށުން މުމްތާޒް ޢާޞިމްވަނީ ޑައުންޕޭމަންޓްއަށްވާ ފައިސާ ދައްކާފައިކަމާއި، އަދި
މަހުންމަހަށް ދައްކަންޖެހޭ ފައިސާވެސް މުމްތާޒް ޢާޞިމްގެ ފަރާތުން އައީ ދައްކަމުންކަމާއި، މިގޮތުން މުމްތާޒް
ޢާޞިމްގެ ފަރާތުން ޚަރަދުކޮށްފައިވާކަމަށް ބުނާ 5،49724
/
06ރ (ފަސްލައްކަ ސާޅީސް ނުވަހާސް ހަތްސަތޭކަ
ސައުވީސް ރުފިޔާ ހަލާރި) އަދަދަށް ޢާއިޝަތު ސުޒުމާގެ ފަރާތުން އިންކާރުކޮށްފައިނުވާކަން އެނގެން އޮތުމުން
ހުޅުމާލެ ރޯހައުސް "މަށި 01" އިން މުމްތާޒް ޢާޞިމާ އޭނާގެ ޢާއިލާގެ މީހުން ނެރެވޭނީ އެތަނަށް މުމްތާޒް
ޢާޞިމުގެ ފަރާތުން ކޮށްފައިވާ ޚަރަދު އެއްފަހަރާ ލިބިދިނުމަށްފަހުގައިކަން އެއްވެސް ދެބަސްވުމެއްނެތި ސާފުކޮށް
އެނގެން އޮންނަކަމެވެ.
އެހެންކަމުން، މި ޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/1259 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހ.ހުދުހުދާމަންޒިލް : ޢާއިޝަތު ނުޒުމާގެ
ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
OX
27
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު،
ސިވިލް ކޯޓުގެ
ނަންބަރު 2011/Cv-C/1259 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ރ.ހުދުހުމާމަންޒިލް / ޢާއިޝަތު ސުޒީމާގެ
ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
<< O
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv