ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/186 ޤަޟިއްޔާގެ ޙުކުމް
l
2017/HC-A/186
s
ހިރާއްޖޭ
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 186/HC
-
A/2017
އިސްތިއުނާފުކުރި ފަރާތް:
z ނަން: އަޙްމަދު ހާޝިމް
* ދާއިމީ އެޑްރެސް: ހުޅުމާލެ ފްލެޓް C7-2D/ ކ. ހުޅުމާލެ
ރަޖިސްޓްރީ ނަންބަރު: A057259 މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް C7-2D/ ކ. ހުޅުމާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އެޓާރނީ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
މިހާރުގެ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ތާރީޚް: 29 ޖުމާދަލްއާޚިރާ 1438 ނިމުނު ތާރީޚް: 27 ރަބީޢުލްއާޚިރު 1441
28 މާރޗް 2017
24 ނޮވެމްބަރ 2019
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2016/VTR/102
• ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް:05 ޖޫން 2016
ނިމުނު ތާރީޚް: 28 ޑިސެމްބަރ 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
އިސްފަނޑިޔާރު ޝުޖާޢު އުޘްމާން ފަނޑިޔާރު މުޙައްމަދު ނިޔާޒް
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2016/VTR/102 މައްސަލަ، އެޓްރައިބިއުނަލް
އިން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހުޅުމާލެ ފުލެޓް C7-2D، އަޙްމަދު
ހާޝިމް (އައިޑީ ކާޑު ނަންބަރު A057259) ގެ ފަރާތުން އެމައްސަލަ އިސްތިއު
ސްތިއުނާފުކޮށްދިނުމަށް އެދި
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ
ދިވެހި ދައުލަތް (ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
l) އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2016/VTR/102
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ މާލެ، ހުޅުމާލެ. ފްލެޓްނަންބަރު ޑީ-2-7ސީ،
އަޙްމަދު ހާޝިމް (ދިވެހި ރައޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A057259)، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ކޯޓު އޮފިސަރުގެ ވަޒީފާ އަދާކުރަމުންދަނިކޮށް، ޖުޑީޝަލް ޓްރޭނިންގ ސެންޓަރ (ޖޭ.ޓީ.ސީ) އަށް ކުރިން
ހިންގުމަކާއި ނުލައި، އަދި އޭނާގެ އެއްވެސް ރުހުމަކާއި ނުލައި ބަދަލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ގަރާރަކުން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއެއް ޤާއިމްކުރުމާ ގުޅިގެން އޭނާ ވަޒީފާ އަދާކުރަމުންދިޔަ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ
ސެންޓަރ (ޖޭ.ޓީ.ސީ) އުވާލައި، އެތަނުގެ އޮނިގަނޑުގައި ހުރި މަޤާމްތައް އުވާލުމަށް ނިންމުމާ ގުޅިގެން އަޙްމަދު
ހާޝިމް އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާތީ، އަޙްމަދު ހާޝިމްއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް
ނުބެލުމަށާއި، ވަޒީފާއިން ވަކިކުރިކަމަށް އެންގި ދުވަހުން ފެށިގެން އަލުން ވަޒީފާއަށް ނުކުތުމަށް އަންގާ ދުވަހާއި
ހަމައަށް ލިބެންޖެހޭ މުސާރައާއި، ޢިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ހޯދުމަށާއި، އަދި އަޙްމަދު ހާޝިމް
ވަޒީފާއަށް ނެރުމަށް އަމުރުކޮށްދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ދިވެހި ދައުލަތް)
ގެ މައްޗަށް ރައްދުވާގޮތަށް އަޙްމަދު ހާޝިމްގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި،
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
E
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/186
އެމައްސަލަ ބައްލަވައި ނިންމާފައިވާ ނިންމުމުގައި، "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި
މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އަޙްމަދު ހާޝިމް،
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ދައުލަތް) ގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގައި
ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާ މަސައްކަތްކުރަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ އުވާލުމާ ގުޅިގެން
09 މާރިޗު 2016 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާ އިޢާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރިކަން
އެންގި ދުވަހުން ފެށިގެން އަލުން ވަޒީފާއަށް ނިކުތުމަށް އަންގާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި
ޢިނާޔަތްތަކާއި އަދި އިތުރުގަޑީގެ ފައިސާ ހޯދުމަށްއެދި ހުށަހެޅި މިމައްސަލައިގައި، މައްސަލަ ހުށަހެޅި އަޙްމަދު
ހާޝިމް ވަޒީފާއިން ދޫކޮށްލާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި
156 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ދިވެހިރާއްޖޭގެ
ޖުޑީޝަލް އެކަޑަމީއެއް ޤާޢިމްކުރުމަށް ނިންމައި، ޝަރުޢީދާއިރާގައި މީގެ ކުރިން ރާވައި ހިންގަމުންދިޔަ ތައުލީމާއި
ތަމްރީން ދިނުމުގެ އެންމެހައި ޕްރޮގްރާމްތައް 01 ޑިސެންބަރު 2015 އިން ފެށިގެން ހިންގަމުންގެންދާނީ
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކަމުގައި ކަނޑައަޅާފައިވާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ އުވާލުމަށް ނިންމުމާ
ގުޅިގެން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ޤަވާޢިދުގައި
ބަޔާންކޮށްފައިވާ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވާތީ، މައްސަލަ
ހުށަހެޅި އަޙްމަދު ހާޝިމް އެދިފައިވާފަދަ އަމުރެއް ނެރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި މިމައްސަލަ
ނިންމައިފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
<< O
2) އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2016/VTR/102 މައްސަލަ ނިންމުމާއި ގުޅިގެން، ހުޅުމާލެ ފްލެޓް C7-2D، އަޙްމަދު ހާޝިމް ގެ ފަރާތުން
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން މައިގަނޑު އެއް ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ﷲ2
22 ތ ދ ތތ
ﷲ 0
3
9
02
/410/ޗއެޅު2
*އެ ނުކުތާއަކީ: ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2016/VTR/102 މައްސަލަ
ނިންމަވާފައިވަނީ، މައްސަލަ ހުށަހެޅި ލިޔުންތަކާއި ޓްރައިބިއުނަލްގެ އަޑުއެހުންތަކުގައި ދެއްކި ވާހަކަތަކާއި އެ
ހާޟިރުކުރި ހެކިންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް އެއްވެސް މިންވަރަކަށް
މެއްނެތި، ހުޅުމާލެ ފުލެޓް C7-2D، އަޙްމަދު ހާޝިމް (އައިޑީކާޑު ނަންބަރު A057259)
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ވަޒީފާއިން ވަކިކުރި
ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމް ނުކޮށް ވަޒީފާއާބެހޭ ޤާނޫނާއި
ބައިނަލްއަޤްވާމީ އުސޫލުތަކާއި ޚިލާފަށް ކަމަށްވާއިރު އަޙްމަދު ޙާޝިމް ވަޒީފާއިން ވަކިކުރިކުރުމަކީ ރަނގަޅު
މުމެއްކަން ވަޒީފާއާއިބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް
ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
24 2 2
ނިންމާވާ
3) ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2016/VTR/102 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި ހުޅުމާލެ
ފުލެޓް C7-2D، އަޙްމަދު ހާޝިމް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން
ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
އެންމެހައި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، މިޤަޟިއްޔާގެ
ޙުކުމަށް ވާޞިލުވުމަށް ރިޢާޔަތްކުރި ސަބަބުތަކާއިމެދު ފަނޑިޔާރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ.
ފުރަތަމަ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔާއި އެރައުޔު ބިނާކުރި ސަބަބުތައް؛
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައި ޤިވާ، ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2016/VTR/102 މައްސަލައަކީ، ހުޅުމާލެ، ފުލެޓްނަންބަރު ޑީ-2-7ސީ އަޙްމަދު ހާޝިމް އައި ޑިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
ނަންބަރު A057259)، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށުން (އެތަނުގެ ސެކްޝަނެއްގެ
ގޮތުގައި) ހިނގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގް ސެންޓަރ (ޖޭ.ޓީ.ސީ) އުވާލިކަމަށް ބުނެ، އަޙްމަދު ހާޝިމްއާއި
އެތަނުގައި މަސައްކަތް ކުރަމުންދިޔަ އެހެން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، އެގޮތަށް ޑިޕާޓްމަންޓް
އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ޢަމަލުކޮށް، އެ މުވައްޒަފުން ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ޤަރާރަކުން ޤާއިމުކޮށްފައިވާ މޯލްޑިވްސް ޖުޑިޝަލް އެކަޑަމީ (އެމް.ޖޭ.އޭ) ގެ ދަށަށް ޖޭ.ޓީ.ސީ އިން
ކުރަމުންދިޔަ މަސައްކަތް ބަދަލުވުމާ ގުޅިގެންކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން
ބުނެފައިވާކަމަށާއި، ނަމަވެސް ޖޭ.ޓީ.ސީ ގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން އެމް.ޖީ.އޭ އަށް ބަދަލުނުކޮށް،
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު 2016
/
05/DJA(32) (09 މާރޗް 2016)
"ވަޒީފާއިން ދޫކޮށްލިކަން ދަންނަވާ ޗިޓް" އިން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 96 ވަނަ
މާއްދާގެ (ށ) ގެ ދަށުން އަޙްމަދު ހާޝިމް އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރިކުރުމަކީ އެއީ ޒާތީގޮތުން
އަޅާފައިވާ ފިޔަވަޅެއްކަމަށާއި، އަޙްމަދު ހާޝިމް ވަޒީފާއިން ވަކިކޮށްފައިވަނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ
ގަވާއިދު 2011 ގައިވާ އިޖުރާއާތުތައް ފުރިހަމަނުކޮށްކަމަށާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަނުން އަޙްމަދު ހާޝިމް އަށް އެހެން ވަޒީފާއެއް ހަމަޖެއްސުމަށް އެކަށީގެންވާ މަސައްކަތެއް
ކުރުމަކާނުލައި ކަމަށްވާތީ، އެއީ ވަޒީފާއާއިބެހޭ ޤާނޫނާ ޚިލާފަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ ކަމެއްކަމަށްބުނެ، އަޙްމަދު ހާޝިމްއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް
ނުބެލުމަށާއި، އަދި ވަޒީފާއިން ވަކިކުރިކަމަށް ބުނާ ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަޖައްސައިދީ މަސައްކަތަށް
ނެރޭ ދުވަހާ ހަމައަށް އަޙްމަދު ހާޝިމްއަށް ލިބެންވާ މުސާރައާއި އިނާޔަތްތަކާއި، އިތުރު ގަޑީގެ ފައިސާވެސް
ހޯދުމުގެ އިތުރުން އަޙްމަދު ހާޝިމް ވަޒީފާއަށް ނެރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ
މައްޗަށް އަމުރުކޮށްދިނުން އެދި އަޙްމަދު ހާޝިމް ގެ ފަރާތުން ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް ހުށަހެޅި
24
މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
އެމައްސަލަ ބަލައި ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، އަޙްމަދު ހާޝިމް ވަޒީފާއިން
ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ދިވެހިރާއްޖޭގެ ޖުޑީޝަލް
އެކަޑަމީއެއް ޤާއިމްކުރުމަށް ނިންމައި، ޝަރުޢީ ދާއިރާގައި މީގެ ކުރިން ރާވައި ހިންގަމުންދިޔަ ތައުލީމާއި
ތަމްރީނު ދިނުމުގެ އެންމެހައި ޕްރޮގްރާމްތައް 01 ޑިސެންބަރު 2015 އިން ފެށިގެން ހިންގަމުންގެންދާނީ
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކަމުގައި ކަނޑައަޅާފައިވާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ އުވާލުމަށް ނިންމުމާ
ގުޅިގެން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ގަވާއިދުގައި
ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވާތީ، އަޙްމަދު
ހާޝިމްއެދިފައިވާފަދަ އަމުރެއް ނެރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެމަތިންކަން އެނގެން
އޮވެއެވެ.
އެ ސަބަބުގެ
(ނ) ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން،
މައްޗަށް ބިނާކޮށްކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، އެމުވައްޒަފަކު ހުށަހަޅާ
މައްސަލައެއްގައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށްދިނުމުން އެކަނި ނުފުދޭކަމާއި، ނަމަވެސް،
އެ މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދޭން ޖެހޭނެކަމާއި، އެކަން
ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއިން އެނގޭކަމާއި،
އަޙްމަދު ހާޝިމް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ޖަވާބުގައި ދިވެހި ދައުލަތް
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން) ގެ ފަރާތުން ބުނެފައިވަނީ، އަޙްމަދު ހާޝިމް ވަޒީފާއިން
ދޫކޮށްލާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖުޑީޝަލް އެކަޑަމީއެއް ގާއިމުކުރުމަށް ނިންމައި، ޝަރުޢީ
ދާއިރާގައި ހިންގަމުންދިޔަ ތަޢުލީމާއި ތަމްރީނުގެ އެއްމެހައި ޕްރޮގްރާމްތަކެއް 2015 ޑިސެމްބަރު 01 އިން
ފެށިގެން ޖުޑިޝަލް އެކަޑަމީއިން ހިންގާގޮތަށް ކަނޑައަޅައި، 08 މާރިޗް 2016 އިން ފެށިގެން ޖުޑިޝަލް
ޓްރޭނިންގ ސެންޓަރާއި އެ ސެންޓަރުގައި ހުރި މަގާމުތައް އުވާލުމަށް ނިންމުމާ ގުޅިގެން ކަމަތާތިއްޖޭއޭޓްވެއަރ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
میر کو مکمل کی
ތެރޭގައި އަޙްމަދު ހާޝިމް އަދާކުރަމުން ދިޔަ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ވަޒީފާވެސް
ހިމެނުނުކަމަށާއި، އަޙްމަދު ހާޝިމްއަށް ޝަރުޢީ ދާއިރާއިން އެކަށޭނަ އެހެން ވަޒީފާއެއް ހޯދައިދިނުމަށް
މަސައްކަތްކޮށްފައި ވީނަމަވެސް ޝަރުޢީ ދާއިރާގެ އެއްވެސް ކޯޓަކުން، ނުވަތަ އިދާރާއަކުން ވަޒީފާ
ހަމަޖައްސައިދެވެން ނެތުމުންނާއި، ޖުޑިޝަލް އެކަޑަމީއަށް، އަޙްމަދު ހާޝިމް ހިމެނޭގޮތުން، ވަކިކުރަން ނިންމި
މުވައްޒަފުން ބަދަލުކުރުމަކީ ކުރެވިދާނެކަމެއްކަމަށް ނުފެންތީކަމަށާއި، އެހެންކަމުން ޝަރުޢީ ދާއިރާގެ
މުވައްޒަފުންގެ ގަވާއިދުގެ 97 ވަނަ މާއްދާގައިވާ ފަދައިން، ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ހައްޤުވާ
އިނާޔަތްތައް ލިބިދިނުމަށްފަހު، 09 މާރިޗް 2016 ގައި އަޙްމަދު ހާޝިމް ވަޒީފާއިން ދޫކޮށްލާފައިވަނީކަމަށެވެ.
އަޙްމަދު ހާޝިމް ވަޒީފާއިން ދޫކޮށްލި ސަބަބުކަމުގައި ދިވެހި ދައުލަތް (ޑިޕާޓްމަންޓް އޮފް
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން) ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ޖަވާބުދާރީވެ ދައްކާފައިވާ
ވާހަކަތަކުގެ މައްޗަށާއި، ޖުޑީޝަލް ޓްރޭނިންގ ސެންޓަރާއި އެ ސެންޓަރުގައި ހުރި މަޤާމުތައް 08 މާރިޗް
އިން ފެށިގެން އުވާލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 06 މާރިޗް 2016 ގައި
ކޮށްފައިވާ އެ ޑިޕާޓްމަންޓުގެ ނަންބަރު 2016
/
28/A-198 އިޢުލާނަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން | ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016
/
05/DJA(32) (09 މާރިޗް
2016) "ވަޒިފާއިން ދޫކޮށްލިކަން ދަންނަވާ ޗިޓް" އަށް ބަލާއިރު، އަޙްމަދު ހާޝިމް ވަޒިފާއިން ދޫކޮށްލާފައިވަނީ
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން
ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ރިޑަންޑަންސީއަކީ ވަޒީފާދޭ ފަރާތުން ގެއްލުން ކުޑަކުރުމުގެ
ގޮތުން ނުވަތަ ހިންގާ ވިޔަފާރީގެ
ނަފާ އިތުރުކުރުމުގެ ގޮތުން ނުވަތަ ތަން ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ދޫކޮށްލަންޖެހުން ކަމާއި، މައިގަނޑު ގޮތެއްގައި މުވައްޒަފުން ރިޑަންޑަންޓް ކުރެވެނީ ތަނުގެ
މުވައްޒަފުން މަދުކުރުމަށާއި، ތަނުގެ އެފިޝެންސީ އިތުރުކޮށް ރަނގަޅު ނަތީޖާ ނެރުމަށާއި، ޚަރަދު ކުޑަކުރުމަށް
2016
402c
ކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ވާ
ބަ9އ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
xޑ
2 4 2 2
ހއ ހ ޑއ ދ ތ
2 ކތ ދ ތ7
2011/HC-A/89
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތުތައް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި 23
ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ރިޑަންޑަންސީއަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއްގެ ގޮތުގައި
ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިނުވާކަމާއި، ނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ
ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް ބަލަންޖެހޭކަމާއި،
ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އޮތް އެކަށީގެންވާ ސަބަބެއްކަމަށް
ބެލެވިދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައިވެސް
ކަނޑައަޅާފައިވާކަމާއި، ނަމަވެސް މި ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް
އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ކުންފުނީގެ ނުވަތަ އެ އިދާރާގެ ހެޔޮނިޔަތުގައި
ތޯއާއި، އަދި މިއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ވަޒީފާއިން، ބޭއިންސާފުން
ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން
ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި
(substantive fairness) އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލައި،
އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށްވެސް އިސްވެދިޔަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC-A/2011
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
ޢާންމު އުޞޫލެއްގެ ގޮތުން، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ވަޒީފާއިން
ވަކިކުރާ ޙާލަތުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، އެމުވައްޒަފު
ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ، ހެޔޮ ނިޔަތުގައި، އެކަށީގެންވާ ސަބަބެއް ނުވަތަ ސަބަބުތަކެއް
އޮވެގެން ނިންމާފައިވާ ނިންމުމެއްކަމުގައި ވާނަމަކަމާއި،
އަދި ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުއާނުގައި އިޖުރާއީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމުގޮތެއްގައި ބެލެވޭނީ، ރިޑަންޑަންސީގެ ތާވަތެއްކަމުން، އެ
4 22
2 20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
OXOO
ކުންފުނީގެ ނުވަތަ އެ އިދާރާއެއްގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން
ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން
ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއާތުތަކާއި
އުޞޫލުތަކަކީ ކޮބައިކަން ކުންފުނީގެ ނުވަތަ އެ އިދާރާގެ މުވައްޒަފުންނަށް ކުރިން އަންގާފައިވުމާއި،
ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވެނީ ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެންކަމަށް ވުމާއެކު،
ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް، އެޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ
އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިކަމާއި، މީގެއިތުރުން،
ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ކަނޑައެޅިފައިވާނަމަ،
އެއިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، ކުންފުނީގެ ނުވަތަ އެ އިދާރާގެ މުވައްޒަފުންނަށް
އެނގިފައިވާނަމަކަމާއި، މިކަންކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2011
ޤަޟިއްޔާގައިވެސް ކަނޑައަޅައި، ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
70 0.
<< O
(ނ) ތިންވަނަ ކަމަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ! ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 2016
/
05/DJA(32) (09 މާރިޗް 2016) "ވަޒިފާއިން ދޫކޮށްލިކަން ދަންނަވާ
ޗިޓް" އަށް ބަލާއިރު، އަޙްމަދު ހާޝިމް ވަޒީފާއިން ވަކިކޮށް ދޫކޮށްލާފައިވަނީ 09 މާރިޗް 2016 ގައިކަމާއި،
ވަޒީފާއިން ވަކިކުރި ސަބަބަކީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާގެ (ށ) ގެ
ދަށުންކަމަށް ބަޔާންކޮށްފައިވާއިރު،
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަވީބޭފައަށް ޝަރުޢީ ދާއިރާގެ
މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭ ހާލަތު ބަޔާންކުރާ މާއްދާއެއްކަމާއި،
ބަޔާންވެފައިވަނީ
ދުރު
iވ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
ކޯޓު ނުވަތަ އިދާރާއިން ކުރަމުން ގެންދިޔަ މަސައްކަތެއް އުނިވެގެން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން:
ޝަރުޢީ ދާއިރާގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނެއްގެ ސަބަބުން ކޯޓު ނުވަތަ އިދާރާއިން ކުރަމުންދިޔަ މަސައްކަތެއް އުނިވެގެންދިޔުމުގެ ސަބަބުން ކޯޓެއް
ނުވަތަ އިދާރާއެއް ނުވަތަ ކޯޓުން ނުވަތަ އިދާރާއިން ބައެއް އުވާލުމުން، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް
އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އިދާރާއަކުން ހޯދައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައިނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން
ދޫކޮށްލަން ޖެހުން." މިފަދައިންކަމާއި،
މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތަކީ ރިޑަންޑަންސީގެ ހަގީގީ ހާލަތަކަށް
ވާންޖެހޭނެކަމާއި، އެއީ މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްލުމަށް އަމާޒުކޮށް، އެ
މަޤްޞަދުގައި ކުރެވޭކަމަކަށް ވެގެންނުވާނެކަމާއި، އަޙްމަދު ހާޝިމް އާމެދު އަމަލުކުރެވިފައިވާގޮތުގެ މައްޗަށް
ބަލާއިރު، އަޙްމަދު ހާޝިމް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގައި ވަޒީފާ އަދާކުރަމުންދަނިކޮށް،
01 އޭޕްރީލް 2012 އިން ފެށިގެން އަޙްމަދު ހާޝިމް ޖުޑީޝަލް ޓްރޭނިންގ ސެންޓަރަށް ބަދަލުކޮށްފައިވާކަން
އަޙްމަދު ޙާޝިމް އަށް ދޫކޮށްފައިވާ ލިޔުމުން އެނގެން އޮންނަކަމާއި، ޖުޑިޝަލް ޓްރޭނިންގ ސެންޓަރުން
ކުރަމުން ދިޔަ މަސައްކަތް ކުރުމަށް ޖުޑީޝަލް އެކަޑަމީ އުފެދިފައިވަނިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުގައި ތިބި ވަކި މުވައްޒަފުންތަކެއް އެމީހުންގެ ރުހުމެއްނެތި އަދި ރަނގަޅު ސަބަބެއް
ބަޔާންކުރުމެއްނެތި ޖުޑިޝަލް ޓްރޭނިންގ ސެންޓަރަށް ބަދަލުކޮށް ދުވަސްކޮޅެއްފަހުން، ޖުޑީޝަލް ޓްރޭނިންގ
ސެންޓަރާއި، އަޙްމަދު ހާޝިމްގެ މަގާމު ހިމެނޭގޮތުން އެ ސެންޓަރުގައި ހުރި މަޤާމުތަކެއް އުވާލާފައިވަނީ،
ރިޑަންޑަންސީގެ ހަގީގީ ހާލަތެއްގައި، ރަނގަޅު ނިޔަތުގައިކަމާމެދު ސުވާލުއުފެދޭފަދަ ގޮތަކަށްކަން
ފާހަގަކުރެވޭކަމާއި،
އަދި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާގެ (ށ) އަށް
ބަލާއިރު، ޝަރުޢީ ދާއިރާގެ ހިންގުމުގެ ނިޒާމަށް ގެނެވޭ ބަދަލެއްގެ ސަބަބުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471)
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އިދާރާއަކުން ކުރަމުންދިޔަ މަސައްކަތެއް އުނިވެގެންދިޔުމުގެ ސަބަބުން އެ
ކޯޓެއް ނުވަތަ އެ އިދާރާއެއް ނުވަތަ އެ ކޯޓުން ނުވަތަ އެ އިދާރާއިން ބައެއް އުވާލަންޖެހޭ ޙާލަތުގައި، އެކަށޭނަ
އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ހޯދައިދިނުމަށް ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކުރަންޖެހޭނެކަމާއި، މުވައްޒަފަކު ވަޒީފާއިން
ދޫކޮށްލަން ޖެހޭނީ، ބަޔާންކުރެވިދިޔަގޮތުގެމަތިން، އެ މުވައްޒަފަށް އެހެން ވަޒީފާއެއް، ހޯދައިދިނުމަށް ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކުރުމުންވެސް ވަޒީފާއެއް
ހޯދައިނުދެވިއްޖެނަމަކަން ސާފުކޮށް އެނގޭކަމާއި،
އަދި ޝަރުޢީ ދާއިރާގެ އިދާރާތަކާއި ކޯޓުތަކުގެ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، އެއް
ވަޒީފާއިން އަނެއް ވަޒީފާއަށް މުވައްޒަފުން ބަދަލުކުރުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި، ވަޒީފާއިން ވަކިކުރުމުގެ
އެންމެހައި ކަންތައްތައް ކުރާ ފަރާތަކީ، ވަޒީފާއާބެހޭ ޤާނޫނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި
ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންކަން، ޝަރުޢީ ދާއިރާގެ
މުވައްޒަފުންގެ ގަވާއިދު 2011 ގެ 65 ވަނަ މާއްދާގެ (ހ) އާއި (ށ) އިން އެނގޭއިރު، ޖުޑިޝަލް އެކަޑަމީއަކީ
ސުޕްރީމް ކޯޓުގެ ޤަރާރަކުން އުފެއްދިތަނެއްކަމަށްވިޔަސް، އެ އެކަޑަމީއަކީވެސް ޝަރުޢީ ދާއިރާގެ
އިދާރާއެއްކަމުން، އެ އެކަޑަމީއަށްވެސް މުވައްޒަފުން ހަމަޖެއްސުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުގެ ކަމެއްކަން އެނގޭއިރު، އަދި ޖުޑިޝަލް އެކަޑަމީ އުފެދުނުފަހުން އެތަނުގެ މަގާމުތަކަށް
މީހުން ހޯދުމަށް އިޢުލާނުކޮށް، މުވައްޒަފުން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުންކަން އެނގޭކަމާއި، އެހެންކަމުން ޖުޑީޝަލް އެކަޑަމީއަކީ އެތަނަށް މުވައްޒަފުން
ހަމަޖެއްސުމުގެ ބާރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިފައިނެތް ދައުލަތުގެ ފަރާތުން
ފާހަގަކުރާފަދަ މުސްތަގިއްލު ތަނެއްކަމަށް ބެލެވެން ނެތްއިރު، ޖުޑީޝަލް ޓްރޭނިންގ ސެންޓަރު އުވާލައި އެތަނުގެ
މަޤާމުތަކެއް އުވާލައި، ވަކިކުރާ މުވައްޒަފުން، އަޙްމަދު ހާޝިމްވެސް ހިމެނޭގޮތުން
Oo
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
9
OU OO
OX
ހަމަޖެއްސެންނެތްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ ރަނގަޅު އަސާސެއްގެ
މައްޗަށް ބިނާކޮށްގެންކަން އެނގެންނެތްކަމާއި،
އަދި އަޙްމަދު ހާޝިމްހިމެނޭގޮތުން، ވަޒީފާއިން ދޫކޮށްލި މުވައްޒަފުން ދޫކޮށްލާފައިވަނީ އެ
މުވައްޒަފުންނަށް ޝަރުޢީ ދާއިރާގެ އިދާރާތަކާއި ކޯޓުތަކުން ވަޒީފާއެއް ހަމަޖައްސައިދެވޭތޯ އެކަށޭނަ މަސައްކަތެއް
ކުރުމަށްފަހުގައިކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ބުނެފައިވީނަމަވެސް،
ޝަރުޢީ ދާއިރާގައި ސުޕްރީމްކޯޓާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯތުތައް ހިމެނޭގޮތުން އެތައް
ކޯޓަކާއި އިދާރާތަކެއް ހުރިއިރު، ވަޒީފާ ހަމަޖެހޭތޯ ބެލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން
ސިޓީ ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށާއި ހުޅުމާލޭ މެޖިސްޓްރޭޓް
ކޯޓަށްކަން އެނގެންއޮތްއިރު، ހަމައެކަނި ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ސިޓީ ފޮނުވައި
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، އެއީ ޝަރުޢީ
ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބުނާ ފަދައިން ވަޒިފާއިން ދޫކޮށްލަންޖެހިފައިވާ
މުވައްޒަފަށް އެހެން ވަޒީފާއެއް ހޯދައިދިނުމަށް ކުރެވިފައިވާ "އެކަށީގެންވާ މަސައްކަތެއް ކަމަށް ނުބެލެވޭކަމާއި،
ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން މާލޭގައި، ސިވިލް ކޯޓު، ކުރިމިނަލް ކޯޓު،
ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓުވެސް އެބަހުރިކަމާއި، އަދި މާލެ ފިޔަވައި، މީހުން އުޅޭ
ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތައް ހުރިއިރު، މިއިން އެއްވެސް ތަނަކުން ވަޒީފާއެއް ހަމަޖެހޭތޯ ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަސައްކަތް ކޮށްފައި ނުވާކަން އެނގޭކަމެވެ.
(ތ) ހަތަރުވަނަ ކަމަކީ، އަޙްމަދު ހާ ޝިމް ވަޒީފާއިން ދޫކޮށްލާފައިވަނީ، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން ޖުޑީޝަލް އެކަޑަމީއެއް ޤާއިމުކުރުމަށް ނިންމައި، ޝަރުޢީ ދާއިރާގައި މީގެ ކުރިން ރާވައި
ހިންގަމުންދިޔަ ތައުލީމާއި ތަމްރީނު ދިނުމުގެ އެންމެހައި ޕްރޮގްރާމުތައް 01 ޑިސެންބަރު 2015 އިން ފެށިގެން
ހިންގަމުންގެންދާނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއިން ކަމުގައި ކަނޑައަޅާފައިވާތީ، ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ޓެސްޓް ގެ ވަލުމަ
6 0 0
Duc
މިމަށް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: p816471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
ނިންމުމާ ގުޅިގެން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ
ޤަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް ބުނެ އެކަން ދައުލަތުން (ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން) ސާބިތުކޮށްދީފައިވާކަމަށް ކަނޑައަޅައި، އަޙްމަދު ހާޝިމް އެދިފައިވާފަދަ
އަމުރެއް ނެރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
ރަނގަޅުނޫންކަން، އިސްވެ ފާހަގަކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަމަށް ބެލުމުން އެނގެން
އޮންނަކަމާއި،
އަދި އިސްވެ ފާހަގަ ކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށާއި އަޙްމަދު
ހާޝިމް އާމެދު އަމަލުކުރެވިފައިވާ ގޮތުގެ މައްޗަށް ބަލާއިރު، އަޙްމަދު ހާޝިމް ވަޒީފާއިން ދޫކޮށްލާފައިވަނީ،
ހަގީގީ ރިޑަންޑަންސީގެ ހާލަތެއްގައި، އިޖުރާއީ ޢަދުވެރިކަން ޤާއިމު ކުރެވިގެން، އެކަށީގެންވާ ސަބަބެއް އޮވެގެން
ހެޔޮ ނިޔަތުގައިކަމަށް ބެލެވެންނެތުމުން، އިސްތިއުނާފުކުރެވިފައިމިވާ، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2016/VTR/102 މައްސަލާގައި ނިންމާފައިވާ ނިންމުމަށް
އަށް ބަދަލުގެންނަންޖެހޭކަން ފާހަގަކުރެވޭކަމެވެ.
އެހެންކަމުން، އަހުރެން ދެކެނީ، އަޙްމަދު ހާޝިމް ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން
ދިޔަ ވަޒީފާ ނުވަތަ އެބާވަތުގެ އެކަށީގެންވާ އެހެން ވަޒީފާއެއްގައި އަޙްމަދު ހާޝިމް ބަހައްޓަންޖެހޭކަމަށާއި،
މިކަމުގެ ސަބަބުން އަޙްމަދު ހާޝިމް އަށް ލިބުނު ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ކަމާއި، މިގޮތުން
ސީދާ ލިބުނު ގެއްލުމުގެ ގޮތުގައި، ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަބުރާ ނެރޭ ދުވަހާއި
ހަމައަށް އޭނާ އޭރު ހުރި ވަޒީފާއިން ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން، އެމުއްދަތުގައި އޭނާ އެހެން
ވަޒީފާއެއް ނުވަތަ ވަޒީފާ ތަކެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އުނިކުރުމަށްފަހު، އަދި
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަޙްމަދު ހާޝިމްއަށް އެއްފަހަރާ ދެވޭ ޢިނާޔަތުގެ ގޮތުގައި
ލިބިދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީވާ މުއްދަތަށް މުސާރައާއި އިނާޔަތްތައް ލިބިދޭންޖެހޭނެކަމުގައެވެ.
» / ހދ
އޭނާއަށް
ޚަޢީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/186
ދެވަނަ ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން ގެ ރަޢުޔާއި އެރަޢުޔު ބިނާކުރި
ސަބަބުތައް
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފް ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާގެ
ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަށް ބަލާއިރު، މިމައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ،
އިސްތިއުނާފް ކުރާ ފަރާތް ވަޒީފާ އިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލު ވެރިކަން(substantive fairness }
އާއި އިޖުރާއީ ޢަދުލުވެރިކަން (procedural faimess) ޤާއިމް ކުރުމެއް ނެތި، އަމިއްލަ އަށް އުފެއްދި
ރިޓެންޑެންސީ (artificial redundency) އެއްގެ ދަށުންކަމަށާއި އެހެންކަމުން ވަޒީފާއިން ވަކިކުރި ކުރުމަކީ
އަންފެއަރ ޑިސްނީސަލް (unfair dismisal) އެއް ކަމަށްބަޔާން ކޮށް،
އެކަންކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު:2016/VTR/102 މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާތީ ކަން އެގެން
އޮވެއެވެ.
(ނ) ދެވަނަ ކަމަކީ، މިމައްސަލައަކީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން
ވިލިމާލޭގައި ހިންގަމުން ގެންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރު (ޖީ.ޓީ.ސީ) އުވާލައި، އެތަނުގައި
މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ މަޤާމުވެސް އުވާލުމާއި ގުޅިގެން، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގައި ހުރި އަޙްމަދު ހާޝިމްގެ މަޤާމު ގެއްލުމާއި
ގުޅިގެން އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައެއް ކަމާއި، އަޙްމަދު ހާޝިމް ވަޒީފާއިން
ދޫކޮށްލާފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ
ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ޖުޑީޝަލް އެކަޑަމީއެއް ޤާއިމް
ކުރުމަށް ނިންމައި، ޝަރުޢީ ދާއިރާގައި މީގެ ކުރިން ރާވާ ހިންގަމުންދިޔަ ތަޢުލީމާއި ތަމްރީނުގެ އެންމެހައި
ޕްރޮގްރާމްތައް 01 ޑިސެމްބަރު 2015 އިން ފެށިގެން ހިންގަމުން ގެންދާނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން
ކަމުގައި ކަނޑައަޅުއްވާފައިވާތީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޒީގޮތުން ވީ. ލިމާލޭގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{17/HC-A/186
ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ (ޖޭ.ޓީ.ސީ) 08 މާރޗް 2016 ވަނަ ދުވަހުން ފެށިގެން
އުވާލުމަށް ނިންމުމާއި ގުޅިގެންކަމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ބުނެފައިވާ ކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރާ އަޙްމަދު ހާޝިމް އަދާކުރަމުންދިޔަ ވަޒީފާއިން
ދޫކޮށްލަންޖެހުނު މައިގަނޑު ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި
156 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރީ ބާރުގެ ދަށުން ޖުޑީޝަލް
އެކަޑަމީއެއް ޤާއިމް ކޮށް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަމުން ދިޔަ ޖޭ.ޓީ.ސީ
އުވާލުމުން ޖޭ.ޓީ.ސީގެ މަޤާމުތައް އުވިގެން ދިއުމުން ކަމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ބަޔާންކޮށް
އެނުކުތާގައި ވާހަކަ ދައްކާފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައި
<
141. (ހ) ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް
ކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށު ކޯޓު ތަކަށެވެ.
(ށ) ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓެވެ. ސުޕްރީމް
ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަފަނޑިޔާރެވެ. ސުޕްރީމް ކޯޓުން ބަލާ ކޮންމެ
މައްސަލައެއް ނިންމާންވާނީ އެ އެސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އަޢުލަބިއްޔަތުންނެވެ.
(ނ) އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް،
ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެއެވެ.
(ރ) ކޯޓުތަކުގެ މިނިވަންކަން ރައްކާތެރި ކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު
ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ،
ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި،
ޤާނޫނާއި ޤަވާޢިދުތަކުގެ ޛަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ
އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް
އެހީތެރިވާންވާނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/186
UC OO
މިފަދައިން ކަމާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާއަށް ބަލާއިރު
އެމާއްދާގައި ބަޔާން ކޮށްފައިވަނީ،
ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި ކޯޓުތަކުން ކުރާ
އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރާހިންގުމާބެހޭ ޤަވާއިދު ހެދުމަކީ ކޯޓުތަކަށް
ލިބިގެންވާ ބާރެކެވެ.
މިފަދައިން ކަމާއި، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން (ރ) އާ ދެމެދު ބަޔާން ކޮށްފައިވާ
ނައްޞުތަކާއި، ޤާނޫނުއަސާސީގެ 156 ވަނަ މާއްދާގެ ނައް ޞަށް ބަލާއިރު ޤާނޫނު ފިޔަވައި، އެހެން އެއްވެސް
ފަރާތަކަށް އެއްވެސް މާނައެއްގައި އިދާރާއެއް އުފައްދައި އުވާލުމުގެ އިޚްތިޔާރެއް ބާރެއް ދީފައިވާކަން، ސީދާ އަދި
ނުސީދާ ކޮށްވެސް ފެންނާން ނެތްއިރު، ހުށަހެޅިފައިވާ މައްސަލައިގެ އަސްލު ބިނާވެގެން ގޮސްފައިވަނީ،
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހިންގަމުންއައި ޖޭ.ޓީ.ސީ އެއީ ވަކި އިދާރާއެއްގެ ގޮތުގައި
ބަލައި އެތަން އުވާލެވި ޖުޑީޝަލް އެކަޑަމީ'ގެ ނަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަލުން ވުޖޫދު ކުރުވި
އިދާރާއަކާ ގުޅިގެން ކަމަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ "އަމިއްލަ ވެރިކަން" ބިނާވަނީ ޤާނޫނުއަސާސީގެ
5 ވަނަ މާއްދާގައި ބަޔާން ކުރާ ޤާނޫނު ހެދުމުގެ ބާރު (legislative) އާއި ޤާނޫނުއަސާސީގެ 6 ވަނަ މާއްދާގައި
ބަޔާން ކޮށްފައިވާ ވެރިކަން ހިންގުމުގެ ބާރު (executive power) އާއި ޤާނޫނުއަސާސީގެ 7 ވަނަ މާއްދާގައި
ބަޔާން ކޮށްފައިވާ ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ބާރު (judicial power)
ގެ މައްޗަށް ކަމާއި،
"ސަރުކާރު" (government) އަކީ ހަމައެކަނި "ވެރިކަން ހިންގުމުގެ ބާރު" (executive power) ކަމަށް
ބުނުމަކީ ޤާނޫނީ އިޞްޠިލާޙުގައި ރަނގަޅު ގޮތެއް ނޫންކަމާއި، ނަމަވެސް އެއީ ބަޔާންވެދިޔަ ތިންބާރު ހިމެނިގެން
ކިޔާ ނަމެއް ކަމާއި، މިތިން ބާރު ސެޕަރޭޝަން އޮފް ޕަވަރސް (seperation of powers) ގެ އުޞޫލުގެ
މަތިން، ޤާނޫނުއަސާސީގައި ވަނީ ވަކިކޮށްފައި ކަމާއި ތިން ބާރަކީ މުސްތަޤިއްލު (independent) ތިން
1 ޤާނޫނު ނަންބަރު: 11/2010 (ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)އަށް 2 ވަނަ
2-21 (ހ) ގެ ގެދަށުން، ކުރިން ހިގަމުންއައި ޖުޑީޝަލް އެކެޑަމީ އުވި، އެ އެކަޑެމީގެ އިދާރީ މުވައްޒަފުންނާއި، މަކީ
ވަސީލަތްތަކާއި، އެންމެހައި
ޒިންމާތަކާއި ޙައްޤުތައް، ބަޔާންވެދިޔަ ޤާނޫނުގެ ދަށުން
އެޑްމިނިސްޓްރޭޝަނަށް ބަދަލު
ހުރިހާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3226471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
2 2 04
ބާރު ނަމަވެސް
މިއީ
މ 04
2
3
4
އަeއނއ
އިއްބާރުގެ މައްޗަށް ބަރޯސާވާ (interdependent) ތިން ބާރު ކަން މުޅި
ޤާނޫނުއަސާސީއަށް ބެލުމުން އެނގެން އޮންނައިރު، މިތިން ބާރަކީ ވަކިވަކި "ސަރުކާރު" ތަކެއް ނޫން ކަމާއި،
މިއިން ކޮންމެ ބާރަކުން އަމިއްލައަށް އެކިއެކި އިދާރާތައް އުފައްދައި އުވާލާންވެއްޖެނަމަ، ޤާނޫނު އަސާސީގެ 2
ވަނަ މާއްދާގައި ބަޔާން ކުރާ "ޔުނިޓަރީ" ދައުލަތެއްގެ ސިފަ ގެއްލިދާނެ ކަމާއި، އެހެންކަމުން، ޤާނޫނުއަސާސީގެ
141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ ދަށުން އެއްވެސް އިދާރާއެއް އުފެއްދުމަށް އެއްވެސް ފަރާތަކަށް
އިޚްތިޔާރެއް ނުވަތަ ބާރެއް ލިބިދޭ ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން ވަކާލާތު ކުރާނަމަ، އެކަން
ފަނޑިޔާރުންނަށް ޤަބޫލު ކުރެވޭ މިންވަރަށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައިވާ ތަރަހައިގެ މަތިން ބަޔާން
ކޮށްދެވެން ޖެހޭނެކަމާއި، ނަމަވެސް ބަންޑާރަ ނާއިބަކީ ހުށަހެޅިފައިވާ މައްސަލައިގެ ޚަޞްމެއްކަމަށް ބުނެ،
ބަންޑާރަ ނައިބުގެ ފަރާތުން އެކަމަށް ޖަވާބުދީފައި ނެތްކަމާއި، ބައެއް ޙާލަތުގައި، ބަންޑާރަ ނާއިބަކީ ހަމައެކަނި
ޚާއްޞަމެއްގެ ގޮތުގައި ކޯޓުގައި ތަމްސީލު ކުރާ ފަރާތެއްވެސް ނޫންކަމާއި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ
(ރ) ގެ ދަށުން، ސަރުކާރު ޝާމިލުނުވާ މައްސަލަތަކުގައިވެސް، ދައުލަތުގެ ނުވަތަ ޢާންމު މަސްލަޙަތެއް
ހިމެނޭނަމަ، ކޯޓުގެ ހުއްދައާއެކު ކޯޓަށް ޙާޟިރުވެ ވާހަކަ ދެއްކޭނެކަން އެނގެން އޮތްއިރު، ޤާނޫނުއަސާސީ އާއި
ޤާނޫނުގައި ސާފުކޮށް ކަނޑައަޅާ ބަޔާން ކޮށްފައިވާ ގޮތެއްގެ މަތިން މެނުވީ، ސަރުކާރުގެ އިދާރާއެއް އުފެއްދުމަށް
އެހެން އެއްވެސް ފަރާތަކަށް ބާރު ލިބިދޭކަމަށް އެއްވެސް ފަރާތަކުން ބުނާނަމަ، އެކަމަކީ އޭގައި ދައުލަތާއި
ސަރުކާރާއި އަދި ޢާންމު މަޞްލަޙަތު ހިމެނޭނެ މައްސަލައެއްކަމަށްވާއިރު، މިނުކުތާގައި ބަންޑާރަ ނައިބުގެ
ފަރާތުން ވަކި ވަޖާބެއް ދީފައި ނެތުމުން، މިމައްސަލަ ކުރިއަށް ގެންދެވިފައިވަނީ އެގޮތުގެ މަތިންކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފް ކުރާ އަޙްމަދު ހާޝިމް ވަޒީފާއިން ވަކިކުރެވުނީ އޭނާ
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި ހުއްޓާކަން
އެނގެން އޮތްއިރު، އަލަށް އުފެއްދި ޖުޑީޝަލް އެކަޑަމީ އިން އޭނާއަށް މަޤާމެއް ހަމަ ނުޖެއްސުނީ، ޖުޑީޝަލް
އެކަޑެމީއަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ވަކިން ޤާއިމް ކުރެވިފައިގެ އެނެއްކަމައްވާތީ
ކަމަށް ބުނެ، ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށް ބަލާއިރު، 06 އޮ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/186
"މިނިސްޓްރީ އޮފް ޖަސްޓިސް" އުވާލައްވައި "ޑިޕާޓްމަންޓް އޮފް ޖަސްޓިސް" ރައީސުލްޖުމްހޫރިއްޔާ
އުފައްދެވިކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 2008/24 (17 އޯގަސްޓް 2008) ދެންނެވުމުން
އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ސާދަވަނަ ބާބު (އިންތިޤާލީ
ކަންތައްތަކާބެހޭ ބާބު) ގެ 297 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ
މުއައްސަސާތައް މިޤާނޫނުއަސާސީގައި ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާގޮތަށް އުފެއްދެންދެން
މިޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާއިރު އުފައްދާފައިވާ ނުވަތަ ޤާއިމްކޮށްފައިވާ އެފަދަ މުއައްސަސާތައް
ދެމިހުންނާނެ ކަމަށް ބަޔާން ކޮށްފައި އޮތުމުން، "ޑިޕާރޓްމަންޓް އޮފް ޖަސްޓިސް" ބަޔާންވެދިޔަ މުއްދަތުގައި
ދެމިއޮތްކަން އެނގެން އޮންނަކަމާއި، ކޯޓުތައް ހިންގުމުގެ (administrative) ޤާނޫނުތައް ހެދުމުގެ ބާރު
ޤާނޫނުއަސާސީގެ 155 ވަނަ މާއްދާއިން ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށްކަމާއި، ޢަދުލު އިންޞާފު
ޤާއިމްކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާއި ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް
ލަފާދިނުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތު ތަކާއި ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަން
ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އިން އެނގެން އޮތުމާއެކު، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު
ޤާއިމުކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި، ހިންގައި ބެލެހެއްޓުމުގެ ގޮތުން، ޖުޑީޝަލް ސަރވިސް
ކޮމިޝަނުން ފަންނީ އެޑްމިނިސްޓްރޭޝަނެއް ޢައްޔަން ކުރަން ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް
ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އިން އެކަށަ އެޅުމާއި ގުޅިގެން، 04 ސެޕްޓެމްބަރު
2008 އިން ފެށިގެން، "ޑިޕާރޓްމަންޓް އޮފް ޖަސްޓިސް"، "ޑިޕާރޓްމަންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން"ގެ
ގޮތުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ދަށުން ހިންގަން ފެށުނުކަމާއި، ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު: 01/SC
-
RU/2008 (02 ޑިސެމްބަރު 2008) ރޫލިންގ ގެ ދަށުން، ބަޔާންވެދިޔަ ޤާނޫނުގެ
21 ވަނަ މާއްދާގެ (ބ) އަކީ ޢަމަލު ކުރެވެން ނެތް ބާޠިލް އަކުރެއް ކަމަށް ކަނޑައަޅައި، ޖުޑީޝަލް ސަރވިސް
ކޮމިޝަންގެ ދަށުގައި އޮތް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެވެ ކިޔާ އިދާރާ 02
ޑިސެމްބަރު 2008 އިން ފެށިގެން ހިނގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުޓިއްޖެއެ؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 133/8472
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/186
2 2x 2 x 04
ہی ہی کر گرم کرم کی
ގެ
މަތީން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެއިދާރާގެ މަސްއޫލުވެރިންނާ
ޙަވާލުކުރެވޭ މަސައްކަތާ ބެހޭ ގޮތުން އެފަރާތްތަކުން ޖަވާބުދާރީވާން ޖެހޭނީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
ކަމަށް ކަނޑައަޅައި، ބަޔާންވެދިޔަ ސުޕްރީމް ކޯޓުގެ ރޫލިންގެ ދަށުން، ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް
ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އުވާލެވިފައިވާ ކަމާއި، އަދި ބަޔާންވެދިޔަ ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދަށަށް ގެނެވިފައިވަނިކޮށް، ދެވަނަ ފަހަރަށް، ޤާނޫނު
ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 98 ވަނަ މާއްދާގެ ދަށުން، ޤާނޫނު ނަންބަރު:
10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އުވުނީކަމަށް ކަނޑައަޅައި،
ކޯޓުތަކުގެ ޤާނޫނުގެ 09 ވަނަ ބާބަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޚާއްޞަ ބާބެއްގެ
ގޮތުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު: 22/2010 ( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 90 ވަނަ
މާއްދާގެ (ހ)
ދަށުން، މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަންގެ ނަމުގައި އިދާރާއެއް އުފެދުނީ ކަމަށް ބަޔާންކޮށް، 04 އޮކްޓޯބަރ 2010ގައި،
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޤާނޫނެއްގެ ބެލެނިވެރިކަމުގެ ދަށަށް ދެވަނަ ފަހަރަށް
ގެނެވުނު ކަމާއި، ހަމައެއާއެކު، އެޤާނޫނުގެ 90 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެޤާނޫނަށް ޢަމަލުކުރަން
ފެށުމުގެ ކުރިން ހިނގަމުންއައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުވާލެވި، އެޑިޕާރޓްމަންޓުގެ
ހުރިހާ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެޑިޕާރޓްމަންޓުގެ އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި
ޙައްޤުތައް، މިޤާނޫނުގެ ދަށުން އުފެދުނު ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް
އެހިނދުންފެށިގެން ބަދަލުވީ ކަމަށް ބަޔާން ކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
02/SC
-
RU/2011 (14 މާރޗް 2011) ރޫލިންގ އިން، ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 90 ވަނަ މާއްދާއާއި 91 ވަނަ މާއްދާއާއި 92 ވަނަ މާއްދާއާއި 93 ވަނަ މާއްދާއާއި
94 ވަނަ މާއްދާ (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 09 ވަނަ ބާބު) އަކީ ޤާނޫނީ ގޮތުން ތަންފީޒުވުމުގެ ބާރު
ލިބިގެން ނުވާ އޭގެ ޒާތުގައިވެސް ބާޠިލު މާއްދާތަކެއް ކަމަށް ކަނޑައަޅައި، ޑިޕާރޓްމަންޓެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
هއ#
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
އެޑްމިނިސްޓްރޭޝަން ހިންގަމުންދާނީ ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް
ޢަމަލު ކުރަން ފެށުމުގެ ކުރިއެކޭ އެއްފަދައަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރޫލިންގ ނަންބަރު:
01/SC-
RU/2008 (04 ޛުލްޙިއްޖާ 02/1429 ޑިސެމްބަރު2008) އާއި އެރޫލިންގ އާ ޙަވާލާދީ،
އެރޫލިންގގެ ދަށުން ނެރެފައިވާ ސުޕްރީމްކޯޓުގެ ސަރކިއުލަ ނަންބަރު SC/2009
/
01 އަށް 1 ވަނަ އިސްލާޙު
ގެނައުމުގެ ސަރކިއުލަރ (17 ޝައްވާލް 06/1430 އޮކްޓޯބަރ 2009) ގައި ކަނޑައަޅާފައިވާ ގޮތުގެ
މަތިންކަމަށް ބަޔާންކޮށް،
ކޮށް، ޤާނޫނުގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށަށް ގެނެވިފައި އޮތުމުން،
މިޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ، ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް ސަރވިސް
ކޮމިޝަނުގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ބ) ދަށުން އުފެއްދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނޫންކަމާއި
އަދި އެއީ ޤާނޫނު ނަންބަރު: 22/2010 ( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 90 ވަނަ މާއްދާގެ (ހ)ގެ
ދަށުން އުފެއްދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނޫންކަމާއި އެއީ ބަޔާންވެދިޔަ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު:01/SC
-
RU/2008 (04 ޛުލްޙިއްޖާ 02/1429 ޑިސެމްބަރު2008)
އާއި އެރޫލިންގައި ބަޔާންކުރާ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމާއި، އޭރު އެއީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދަށުގައި އޮތް އިދާރާއެއްކަން ސާފުކޮށް އެނގޭއިރު، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އުފައްދައި، އެކުލަވާލާފައިވާ، "ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ހިންގުމާބެހޭ ޤަވާއިދު" ގެ 2 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހިނގަމުންދާނީ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން މިފަދައިން ބަޔާން ކޮށްފައި އޮތުމުން، ޖުޑީޝަލް އެކަޑެމީއަކީ،
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ވަކިން ޤާއިމް ކުރެވިފައިވާ ތަނެއްކަމަށް ބުނިނަމަވެސް
މިދެތަނަކީވެސް ސުޕްރީމް ކޯޓަށް ޖަވާބުދާރީވާންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤިޔާދަތުގެ ދަށުގައި
ގެނައުމުގެ ޤާނޫނުގެ
އޮފް
...O
&
2 ޤާނޫނު ނަންބަރު: 11/2010 (ޤާނޫނު ނަންބަރު:10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)އަށް 2 ވަނަ
އިޞްލާޙު ގެނެވި، ޤާނޫނު ނަންބަރު:10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 1-21(ހ)
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި އިދާރާއެއް އުފައްދާއި، އަދި އެމާއްދާގެ (ހ)ގެ ދަށުން، ކުރިން
އެޑްމިނިސްޓްރޭޝަން އުވާލެވިފައި ވާތީ، 03 ސެޕްޓެމްބަރު 2019 އިން ފެށިގެން ހިގަމުންދާ ޑިޕާރޓްމަންޓް
މިޤާނޫނުގެ ދަށުން އުފެދިފައިވާ އިދާރާއެއްކަން އެގެން
13
ސެޓްރޭޝަން"
އަކީ
k
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3471، ދިވެހި
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
OLC
އޮތް އެކޯޓުން އުފެއްދި އެއިދާރާކަމާއި، މިދެއިދާރާއަކީވެސް އެއިދާރާގެ ޒާތުގައި މިނިވަން މުސްތަޤިއްލު ބާރުތަކެއް
(autonomaus power) ލިބިދޭގޮތަށް އޮތް އިދާރާ ނޫންކަން އެނގެން އޮތުމުން، މިދެ އިދާރާގެ އިދާރީ
މުވައްޒަފުންނާއި ގުޅޭ ކަންކަމުގައި ވަޒީފާ ހަމަޖެއްސުމަށް ހުރަސް އޮތީ ޖުޑީޝަލް އެކަޑަމީއަކީ ޑިޕާރޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ވަކިން އޮތް އިދާރާއެއްކަމަށްވާތީ ކަމަށް ބުނެ ދައުލަތުން ދައްކާފައިވާ
ވާހަކަތަކުގައި ޤާނޫނީ އެއްވެސް ބުރަދަނެތް ނެތްކަމެވެ.
ބ) ފަސްވަނަ ކަމަކީ، ޖުޑީޝަލް އެކަޑަމީ އަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނާއި ވަކިން އުފެދިފައިވާ ތަނެއްކަމަށް ބުނެ ދައުލަތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން،
އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިޢުލާންތަކަށް ބެލިއިރު، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ޗާންސެލަރ އަކު ބޭނުންވެގެން 13 އޭޕްރީލް 2016ގައި އިޢުލާން ކޮށްފައިވާކަމާއި،
މިގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: SC;11;2015 ސަރކިއުލަރ އިން ޤާއިމު ކުރެއްވުމަށް
ކަނޑައެޅުއްވި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ވުޖޫދަށް އައުމާއި ގުޅިގެން އެ އެކަޑަމީގެ ތަންފީޒީ އިސް
މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ ޗާންސެލަރގެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް
އެފުރުޞަތު ހުޅުވާލާ ކަމަށް ބަޔާން ކޮށް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިޢުލާންކޮށް،
އެމަޤާމަށް އެދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމަށް އެދިފައިވާ ކަމާއި، މީގެ
އިތުރުން ޖުޑީޝަލް އެކަޑަމީ (ވިލިމާލެ) އަށް ޑިރެކްޓަރެއްގެ މަޤާމަށް މީހަކު ހޯދުމަށް 08 ފެބުރުއަރީ 2016ގައި
އިޢުލާން ކޮށްފައިވަނީވެސް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމާއި، އެމަޤާމުގެ މައިގަނޑު
މަސައްކަތުގެ ގޮތުގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި "ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުންގެ
ކަންތައްތައް ޑިޕާރޓްމަންޓުގެ ކަމާބެހޭ ސެކްޝަންތަކާއި ގުޅިގެން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ
އެއްގޮތަށް ހިންގައި ބެލެހެއްޓުން މިފަދައިން ބަޔާން ކޮށްފައި އޮތުމުން، ޖުޑީޝަލް އެކަޑަމީ އަކީ ޑިޕާރޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ވަކިން އުފައްދާފައިވާ މުސްތަޤިއްލު ތަނެއްކަމަށް އަގެއްބޭގޮތަށް
2 0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
ދައުލަތުން ދައްކާ ވާހަކަތަކަކީ ފެންނަން ހުރި ހަޤީޤަތްތަކުގައި އެހެން ކުލައެއް ޖެއްސުމަށް ބުނާ ބުނުމެއްކަން
އެނގެން އޮވެއެވެ.
(ޅ) ހަވަނަ ކަމަކީ، އިސްތިއުނާފުކުރާ އަޙްމަދު ހާޝިމް ވަޒީފާއިން ވީއްލުމުގެ ކުރިން ޝަރުޢީ
ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ފަދައިން އެކަށޭނަ އެހެން
ވަޒީފާއެއް ހޯދައިދިނުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މަސައްކަތް ކޮށްފައި
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ގުޅިގެން، އެކަން ނަފީކުރުމަށް ދައުލަތުން ހުށަހެޅި ޑިޕާރޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ދިވެހިރާއްޖޭގެ
ކޯޓަށް ފޮނުވުނު ނަންބަރު:
197
/
2016
/
39/A-198 (06 މާރޗް 2016) ސިޓީއާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވުނު ނަންބަރު:
95
/
2016
/
119/A-198 (06 މާރޗް 2016) ސިޓީ އާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ
ނަންބަރު:2015
/
17/A
/
21
-
HMC-198(06
މާރިޗް 2016)
ސިޓީތަކަށް ބެލިއިރު، އެސިޓީތަކުގެ
މައިގަނޑުގައި ބަޔާން ކޮށްފައިވަނީ؛
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ
ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ޖުޑީޝަލް އެކަޑަމީއެއް
ޤާއިމް ކޮށް އެއެކަޑަމީ ވުޖޫދަށް އައުމާއި ގުޅިގެން މިޑިޕާރޓްމަންޓުން ވިލިމާލޭގައި ހިންގަމުންދިޔަ
"ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ" 08 މާރޗް 2016 ދުވަހުން ފެށިގެން އުވާލުމަށް
ނިންމާފައިވާތީ، އެސެންޓަރުގައި މަސައްކަތް ކުރައްވާ މިޑިޕާރޓްމަންޓްގެ ތިރީގައި މިދަންނަވާ
މުވައްޒަފުންގެ ތެރެއިން އެއްވެސް މުވައްޒަފަކު ތިޔަ ކޯޓުގެ މަސައްކަތަށް ބޭނުންފުޅުވާނަމަ އެކަން
ވީއެންމެ އަވަހަކަށް މިޑިޕާޓްމަންޓަށް އަންގަވައި ދެއްވުން އެދެމެވެ.
އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު ރަޝީދު، ޔޫސުފް ސަޢީދު
ކޮމްޕިއުޓަރ ޓެކްނީޝަން އިސްމާއީލް ފާރިޝް.
އެޑްމިނިސްޓްރޭޓިވް އޮފިސަރ އިބްރާހިމް ޚާލިދު، އަޙްމަދު ހާޝިމް، އަބުދުﷲ ނާޝިދު.
މިޢިބާރާތް ކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވުނު ބަޔާންވެދިޔަ ސީޓީއާއި ގުޅިގެން ޖަވާބެއް
ހުށަހެޅިފައި އޮތް ކަން އެނގެން ނެތްކަމާއި ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޑްންގައިގަ
0
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
OLOO
ބަޔާންވެދިޔަ ސިޓީ އާއި ގުޅިގެން، ޖަވާބު ދީފައިވަނީ އެމުވައްޒަފުން ބޭނުން ނުވާކަމަށް ބުނެ ކަމާއި،
އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފެއްދި ފަދައިން، ހަމައެކަނި ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓަށް ސިޓީ ފޮނުވައި އެތަންތަނުން ޖަވާބެއް ހޯދުމަކީ އެއީ ބަޔާންވެދިޔަ ޤަވާޢިދުގެ 96 ވަނަ
މާއްދާގެ (ނ) ގައި ބުނާ "އެކަށީގެންވާ މަސައްކަތެއް" ކުރެވުނީތޯ ބަލާއިރު، މާލޭގައި، ސިވިލް ކޯޓު، ކުރިމިނަލް
ކޯޓް، ޖުވެނައިލް ކޯޓް އަދި ޑްރަގް ކޯޓު ޤާއިމުވެ ހިގަމުންދާ ކަމާއި، އަދި މާލެ ފިޔަވައި، މީހުން ދިރި އުޅޭ
ރަށްތަކުގައި މެޖިސްޓްރޭޓް އެތަކެއް ކޯޓެއް ހުރިއިރު، މިއިން އެއްވެސްތަނަކުން ވަޒީފާއެއް ހަމަޖެހޭތޯ މަސައްކަތް
ކޮށްފައި ނުވާކަމާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 96ވަނަ މާއްދާގެ (ށ) ގައި ބަޔާން
ކޮށްފައި އޮންނަކީ؟
ކޯޓު ނުވަތަ އިދާރާއިން ކުރަމުން ގެންދިޔަ މަސައްކަތެއް އުނިވެގެން މުވައްޒަފަކު ވަޒީފާއިން
ދޫކޮށްލަން ޖެހުން: ޝަރްޢީދާއިރާގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ސަބަބުން ކޯޓު ނުވަތަ އިދާރާއިން ކުރަމުންދިޔަ
މަސައްކަތެއް އުނިވެގެން ދިއުމުގެ ސަބަބުން ކޯޓެއް ނުވަތަ އިދާރާއެއް ނުވަތަ ކޯޓުން ނުވަތަ
އިދާރާއިން ބައެއް އުވާލުމުން، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ
ޝަރުޢީ ދާއިރާގެ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ،
މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން.”
މިފަދައިން ކަމާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއް
ކުރަންޖެހެނީ، އެކަށޭނެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އިދާރަކުން ހޯދުމަށް
ކަމަށްވާއިރު، ޖޭ.ޓީ.ސީ އުވާލެވުނީ އެތަނުން ކުރި މަސައްކަތްތައް ޖުޑީޝަލް އެކަޑެމީއިން ކުރާ ގޮތަށް
ހަމަޖެހުމުންކަމަށް ދައުލަތުން ބުނެފައިވާއިރު، ޖުޑީޝަލް އެކަޑަމީއަކީ އޭގެ ޒާތުގައި ޝަރުޢީ ދާއިރާގެ އިދާރާ
އެއް ނޫންކަން ދައުލަތަށް ބަޔާން ކޮށްދެވިފައި ނުވާއިރު، މިއާޚިލާފަށް ޖުޑީޝަލް އެކަޑަމީއަކީ ޝަރުޢީ ދާއިރާގެ
އިދާރާއެއް ކަމުގައި ހުށަހެޅުނު ލިޔުންތަކުންނާއި ޓްރައިބިއުނަލާއި އިސްތިއުނާފް މިމަޖިލީހުގައި ދެކެވުނު
ވާހަކަތަކުން އެނގެން އޮތްއިރު، ޖުޑީޝަލް އެކަޑަމީގެ މަޤާމަކަށް އަޙްމަދު ހާޝިމް ބަދަލު
2& 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/186
0x27
ބޭނުންވެގެން
2 0 0
OLC
އަދި ޝަރުޢީ އެއްވެސް ހުއްޖަތެއް ދައުލަތުން ބަޔާން ކޮށްދީފައި ނެތްއިރު، އަޙްމަދު ހާޝިމް ވަޒީފާއިން
ދޫކޮށްލިތާ ތިން މަސްދުވަހުގެ ތެރޭގައި، މާޅޮސް މަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓް އަށް 1 ކޯޓް
އޮފިސަރު ހޯދުމަށް 03 ޖުލައި 2016ގައި އިޢުލާނުކޮށްފައިވާ ކަމާއި، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ
މެޖިސްޓްރޭޓް ކޯޓަށް އޮފީސް އެސިސްޓެންޓަކު ބޭނުންވެގެން 13 ޖޫން 2016ގައި އިޢުލާން ކޮށްފައިވާ ކަމާއި،
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓަށް ކޯޓު އޮފިސަރަކު ބޭނުންވެގެން 19 އޭޕްރީލް 2016ގައި
އިޢުލާން ކޮށްފައިވާ ކަމާއި، ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު
17 މާރޗް 2016ގައި އިޢުލާން ކޮށްފައިވާ ކަމާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަންއަށް ކޯޓް އެޑްމިނިސްޓްރޭޓަރ އެއް ބޭނުންވެގެން 26 އޭޕްރީލް 2016ގައި އިޢުލާން
ކޮށްފައިވާ ކަމާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު
ބޭނުންވެގެން 18 އޭޕްރީލް 2016ގައި އިޢުލާން ކޮށްފައިވާ ކަމާއި، އަޙްމަދު ހާޝިމް ވަޒީފާއިން ދޫކޮށްލީ
09 މާރޗް 2016 ގައި ކަމާއި، ޖުޑީޝަލް އެކަޑަމީ އުފެއްދީ 31 އޮގަސްޓް 2015 ގައި ކަމާއި، ޖުޑީޝަލް
ޓްރެއިނިންގ ސެންޓަރުގެ މަޤާމުތައް ކަމަށް ބުނެ، އަޙްމަދު ހާޝިމްގެ މަޤާމް އުވާލަން ނިންމީ 06 މާރޗް
2016ގައި ކަން އެނގެން އޮތްއިރު، އަޙްމަދު ހާޝިމްއަށް އެކަށީގެންވާ ވަޒީފާއެއް ހޯދުމަށް ޑިޕާރޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަސައްކަތް ކުރިކަމަށް ބުނެ އެކަން ދެއްކުމަށް ހުށަހަޅާފައިވާ ސިޓީތަކަކީ،
ބަޔާން ވެދިޔަ ޙަޤީޤަތްތައް ނިވާ ކުރުމަށް ކޮށްފައިވާ މަސައްކަތެއްކަމަށް ނޫނީ ބެލެވެން ނެތްކަމާއި، އަޙްމަދު
ހާޝިމް މަޤާމުން ވަކި ކުރިއިރު، އޭނާއާ އެއްވެސް ވަރަކަށް ވާހަކަ ދައްކައި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަންގެ ފަރާތުން މަޝްވަރާއެއް ކުރެވިފައިވާކަން އެނގެން ނެތުމުން، މިނުކުތާގައި ދައުލަތުން
ދައްކާ ވާހަކަ ތަކަކީ، ފެންނާން ހުރި ޙަޤީޤަތްތަކާއި އިދިކޮޅު ވާހަކަތަކެއްކަން އެނގެން އޮވެއެވެ.
(ކ) ހަތްވަނަ ކަމަކީ، ޖޭ.ޓީ.ސީ އަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި
ވަކިން އުފެދިފައިވާ ވަކި އިދާރާއެއް ނޫންކަމާއި، އެތަނަކީ، ޑިޕާރޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަންގެ އެކިއެކި ސެކްޝަންތައް ހުންނަ ފަދައިން، ޖުޑީޝަލް ޓްރެއިރީނައްޖޭގެ ދިނުމަށް
02
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
25
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
22c ހއ
ގއށ
އެޑިޕާރޓްމަންޓްގެ ދަށުގައި އޮތް ޝެކްޝަނެއްކަމާއި، ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، އަޙްމަދު ހާޝިމްގެ
މަޤާމަކީ ޖޭ.ޓީ.ސީގައި އޮތް މަޤާމެއް ނޫންކަމާއި، އޭނާއަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި ހުރި މީހެއްކަމާއި އޭނާގެ މަޤާމު އޮތް
އޮފީހަކީ
ޑިޕާރޓްމަންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންކަނެ
ދޫކޮށްފައިވާ
ނަންބަރު 2016
/
05/DJA(32) (09 މާރޗް 2016) "ވަޒީފާއިން ދޫކޮށްލިކަން ދަންވަނާ ޗިޓް" އިން
ސާފުކޮށް އެނގެން އޮތްއިރު، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓަށް ފޮނުވުނު ނަންބަރު:197
/
2016
/
39/A-198 (06 މާރޗް 2016) ސިޓީއާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް
ފޮނުވުނު ނަންބަރު:195
/
2016
/
119/A-198 (06 މާރޗް 2016) ސިޓީ އާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް
ފޮނުވާފައިވާ ނަންބަރު:2015
/
17/A
/
21
-
HMC-198(06 މާރޗް 2016) ސިޓީގެ ޢިބާރާތުގައި ބަޔާން
ކޮށްފައިވަނީ، "އެސެންޓަރުގައި މަސައްކަތް ކުރައްވާ މިޑިޕާރޓްމަންޓްގެ ތިރީގައި މިދަންނަވާ މުވައްޒަފުން.."
މިފަދައިންކަމަށް ވާއިރު، އިސްތިއުނާފުކުރާ އަޙްމަދު ހާޝިމަކީ ޖޭ.ޓީ.ސީގެ މަޤާމެއްގައި ހުރި އެތަނުގެ
މުވައްޒަފެއްކަމަށް ދެއްކުމަށް ދައުލަތުން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމެވެ.
(އ) އަށްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި
156 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ކަމަށް ބަޔާން
ކޮށް ޖުޑީޝަލް އެކަޑަމީއެއް ޤާއިމް ކޮށް އެ އެކަޑަމީ ވުޖޫދަށް އައުމާއި ގުޅިގެން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން އިން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ 08 މާރޗް 2016
ދުވަހުން ފެށިގެން އުވާލުމަށް ނިންމާފައިވުމުން، ރިޑަންޑަންސީގެ ދަށުން، މުވައްޒަފުން މަޤާމުން ވަކި
ކުރަންޖެހޭނަމަ، އަދި ރިޑަންޑަންސީގައި ޢަމަލު ކުރަންޖެހޭގޮތް ޤާނޫނުގައި ކަނޑައަޅައި ބަޔާން ކޮށްފައި
ނެތްނަމަވެސް، އެކަން ކުރަންޖެހޭނީ އެކަށީގެންވާ ޢަދުލު ވެރި (just and fair) ގޮތަކަށް ކަމާއި، ދިމާވެފައިވާ
ޙާލަތަކީ ޙަޤީޤީ ރިޑަންޑެކް
އެއްތޯ ބަލަންޖެހޭ ކަމާއި، ގެނެވުނު ބަދަލާއި
ގުޅިގެން، ވަޒީފާއިން ދޫކޮށްލަންޖެހޭނެ މީހާ އަދާކުރަމުންދިޔަ ވަޒީފާއަކީ އިތުރު އެހެން އެޕްލްގެ ކުޑަ
"genuine redundancy"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/186
އަދާކުރަން ނުޖެހޭނެ ވަޒީފާއެއްތޯ؟ ވަޒީފާއިން ދޫކޮށްލަންޖެހޭ މީހުންނާއި މަޝްވަރާ ކުރުމުގެ ޤާނޫނީ ޒިންމާއެއް
އޮތްނަމަ އެކަން ކުރިތޯ؟ އަދި އެފަދަ ޒިންމާއެއް ނެތްނަމަވެސް، އެކަށީގެންވާ ޢަދުލުވެރި ގޮތަކަށް އެކަން
ގެންދިއުމުގެ ގޮތުން މަޝްވަރާކޮށް ވާނުވާ އަންގައި ދީފައިވޭތޯ؟ ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް އަލުން
ވަޒީފާއެއް ދިނުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިތޯ؟ މިކަންކަން ބެލިދާނެ ކަމާއި، ހަމައެހެންމެ،
ރިޑަންޑަންސީގެ ދަށުން ވަކިކުރަން ޚިޔާރު ކުރެވުނު މުވައްޒަފުން ކަނޑައެޅުނު ގޮތް ނުވަތަ redundancy
selection pool އެކުލަވާ ލެވުނު ގޮތް އެކަށީގެންވޭތޯ؟ މިގޮތުން، ރިޑެންޑެންސީގެ ދަށުން މުވައްޒަފުން ވަކި
ކުރާއިރު، މިހާރު އެވަޒީފާގައި ހުރި މީހާ ވަކިކުރަން ކޮންމެހެން ނުޖެހިދާނެ ކަމާއި، މިކަންކަމުގެ މައްޗަށް
ބަލާއިރު، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން އަޙްމަދު ހާޝިމް ވަޒީފާއިން
ވަކިކުރިއިރު، މިއިން އެއްވެސް ކަމެއް ބެލިފައިވާ ކަން އެނގެން ނެތްކަމެވެ.
(ކ) ނުވަ ވަނަ ކަމަކީ، މިމައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ދޫކޮށްލުމަށް
ނިންމާފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުގައި ބަޔާންކޮށްފައިވާ
ޙާލަތް މެދުވެރިވެގެން ކަމަށް ބެލެވޭތީ، އިސްތިއުނާފް ކުރާ ފަރާތް ވަޒީފާއިން ވީއްލުމަށް ނިންމާފައިވަނީ
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމް ކުރެވިގެންކަމަށް ވަޒީފާއާބެހޭ ޓްރައިބިނަލުން ނިންމާފައިވަނީ، މިމައްސަލައިގެ
ޙަޤީޤަތްތަކަށް ބެލުމެއްނެތިކަމާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޖޭ.ޓީ.ސީގެ މަޤާމުތައް
އުވާލުމަށް ކޮށްފައިވާ އިޢުލާނަށާއި، އިސްތިއުނާފުކުރާ ފަރާތަށް ވަޒީފާ ހަމަޖެހޭތޯ ފޮނުވި ސިޓީތަކަށާއި އަދި
ރިޑަންޑަންސީގެ ދަށުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރާނެ އިޖުރާއަތާއި
އުޞޫލު އަންގާފައިވާ ކަމަށާއި، އަދި ނޯޓިސް ދިނުމުގެ ބަދަލުގައި ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދީފައިވާތީ
ކަމަށް ބަޔާން ކޮށް އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ވެފައިވާ ކަމަށް ޓްރައިބިއުނަލުން ނިންމާފައިވާއިރު، އިސްވެ
ފާހަގަ ކުރެވުނު ނުކުތާތަކުން، އިޖުރާއީ ޢަދުވެރިކަން ޤާއިމު ކުރެވިފައި ނެތްކަމާއި، އަޙްމަދު ހާޝިމް ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނެތްކަން އެގައުއެ
22,
މިއެނގެން
އޮންނަކަމެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/186
22
(އ) ދިހަވަނަ ކަމަކީ، ބަޔާން ވެދިޔަ ކަންކަން އެހެން ހުރުމުން، އަޙްމަދު ހާޝިމަކީ އޭނާ
ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބަހައްޓަންޖެހޭ މީހެއްކަމާއި، އެއްވެސް ޙާލަތެއްގައި ވަޒީފާއިން
ވަކިވެފައިވާ މީހެއް ނޫންކަމާއި، އަޙްމަދު ހާޝިމް ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި
ބެހެއްޓެން ނެތްނަމަ، އެބާވަތުގެ ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބަހައް
ހައްޓަންޖެހޭކަމާއި، މިކަމުގެ
ސަބަބުން އަޙްމަދު ހާޝިމަށް ލިބުނު ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ކަމާއި، މިގޮތުން އޭނާއަށް ސީދާ ލިބުނު
ގެއްލުމުގެ ގޮތުގައި، ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަބުރާ ނެރޭ ދުވަހާއި ހަމައަށް އޭނާ
އޭރު ހުރި ވަޒީފާއިން ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން، އެމުއްދަތުގައި އޭނާ އެހެން ވަޒީފާއެއް ނުވަތަ
ވަޒީފާ ތަކެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އުނިކުރުމަށްފަހު، އަދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އަޙްމަދު ރާޝިމްއަށް އެއްފަހަރާ ދެވޭ ޢިނާޔަތުގެ ގޮތުގައި ލިބިދީފައިވާ ފައިސާ
އުނިކުރުމަށްފަހު ބާކީވާ މުއްދަތަށް މުސާރައާއި އިނާޔަތްތައް ލިބިދޭންޖެހޭނެކަމާއި، މިކޯޓުން އެކަން
ބެލުމަށްޓަކައި، އަޙްމަދު ހާޝިމްއަށް ބަޔާންވެދިޔަ މުއްދަތުގައި ވަޒީފާ އަދާކުރި ގޮތް މިކޯޓަށް ހުށަހެޅުމަށް
އެންގިފައިވީނަމަވެސް އެކަމަށް އިޖާބަ ދީފައި ނެތުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި މިކޯޓަށް ވަކި ޢަދަދެއް
ކަނޑައަޅާ ބަޔާން ކުރެވެންނެތްކަމެވެ.
މަތީގައިވާ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވެނީ ވަޒީފާއާއި ބެހޭ ޓްރައިބިނުލްގެ ނަންބަރު: 2016/VTR/102
މައްސަލަ ބާޠިލު ކުރަންޖެހޭ ކަމެވެ.
ދެންފަހެ، ބަޔާންވެ ދިޔަ ކަންކަން އެހެން ހުރުމުން، ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2016/VTR/102 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާޠިލުކޮށް، އިސްތިއުނާފުކުރާ ހުޅުމާލެ، ފުލެޓް ނަންބަރު ޑީ-2-7ސީ އަޙްމަދު ޙާގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ވާ
28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/186
ނަންބަރު: A057259) ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއިން ވަކި ކުރެވުނު އިރު
ހުރި ވަޒީގައި އަލުން ބެހެއްޓުމަށާއި ނޫނީ އަޙްމަދު ހާޝިމް ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާގައި ބެހެއްޓެން
ނެތްނަމަ، އޭނާ އެދޭނަމަ، އެވަޒީފާއާ ގުޅޭ ނުވަތަ އޭނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށާއި
އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި އަޙްމަދު ހާޝިމް ވަޒީފާއިން
ވަކިކުރި ދުވަހުންފެށިގެން އޭނާގެ ވަޒީފާ އަލުން އަނބުރާ އިޔާދަކުރެވޭ ދުވަހަކާއި ހަމައަށް، ވަޒީފާއިން ވަކި ކުރި
ދުވަހުން ފެށިގެން ވަޒީފާއަށް އަބުރާ ނެރޭ ދުވަހާއި ހަމައަށް އޭނާ އޭރު ހުރި ވަޒީފާއިން ލިބެމުންދިޔަ މުސާރަ
އާއި އިނާޔަތްތަކުން، އެމުއްދަތުގައި އޭނާ އެހެން ވަޒީފާއެއް ނުވަތަ ވަޒީފާ ތަކެއް އަދާކޮށްފައިވާނަމަ، ވަޒީފާ
އަދާކުރި މުއްދަތު އުނިކުރުމަށްފަހު، އަދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަޙްމަދު
ހާ ޝިމްއަށް އެއްފަހަރާ ދެވޭ ޢިނާޔަތުގެ ގޮތުގައި ލިބިދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީވާ މުއްދަތަށް
މުސާރައާއި އިނާޔަތްތައް އަޙްމަދު ހާޝިމްގެ ފަރާތުން ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުން، ހިސާބުކޮށް އަންނަ
މިންވަރެއްގެ ފައިސާ އޭނާއަށް ދިނުމަށާއި، އޭނާގެ ވަޒީފާގެ ކަންތައްތައް ސަރުކާރު ބަންދުނޫން 07 (ހަތެއް)
ދުވަހުގެ ތެރޭގައި ހަމަޖައްސާ އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް އެންގުމަށް ޤާނޫނު ނަންބަރު: 10/2008
(ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-21 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް،
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަމުރުކޮށްފީމެވެ.
2c4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv