ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/44 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 44/HC
-
A/2016
އިސްތިއުނާފުކުރި ފަރާތް:
* ނަން: އިކްރާމުއްރަޙްމާން
އައި.ޑީ ކާޑު ނަންބަރު: A334016
1
ފ ދ ތ ގތ ކ
ދާއިމީ އެޑްރެސް: ހ. ނޫރަންމާގެއާގެ / ކ. މާލެ
މިހާރުގެ އެޑްރެސް:
P ހ އ ސ ޑ 4 ·
ނޫރަންމާގެއާގެ
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
:
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ޖެނުއަރީ 2015
ނިމުނު ތާރީޚް: 21 ނޮވެމްބަރު 2017
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Jv-C/17
ނިންމެވިކޯޓް: ޖުވެނައިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކެނެބިސް ޓްރެފިކްކުރުން
ހުށަހެޅުނުތާރީޚު: 17 ޖޫން 2015
0
ނިމުނު ތާރީޚް: 15 ނޮވެމްބަރު 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ޖެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ޖުވުމުން،
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/44
« ދ ތ ލ ގ 2
4
ދަޢުވާގެ ޚުލާޞާ
މިއީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ނޫރަންމާގެއާގެ| ކ.މާލެ
ކްރާމުއްރަޙްމާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
އިކްރާމުއްރަޙްމާން ކުރި މިއިސްތިޢުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
(ދިވެހި ދައުލަތް) އެވެ.
ރެވުނު ނުކުތާތައް:
ދ 4
2 * 2
, 82 834
هނންކޮށް
401 ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv-C/17 ޤަޟިއްޔާއަކީ، ހ. ނޫރަންމާގެއާގެ/ ކ.މާލެ
އިކްރާމުއްރަޙްމާންއާއި، ސާނީވިލާ/ ކ. މާލެ މަރްޔަމް ނަތާޝާ ޙަސަން، 19 ފެބްރުއަރީ 2015 ދުވަހު
20:20 އެހައިކަންހާއިރު، ހ. ޒާ ގެސްޓްހައުސްގައި މަސްތުވާތަކެތި އެތަކެތި ގެންގުޅެ، އެތަކެތީގެ
ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުންނަށް މަޢުލޫމާތު ލިބުނު ގެސްޓް
ހައުސްއަށް ގޮސް އެތަނުގެ ދެވަނަ ފަންގިފިލާގައި ހުރި 302 ނަންބަރު ކޮޓަރި ކައިރީގައި ތިއްބައި، އެކޮޓަރީގެ
އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން ފުލުހުންގެ ބެލުމުގެ ދަށަށް
ގެންގޮސް، ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކޮޓަރި ބަލައި ފާސްކުރިއިރު، އެކޮޓަރީގައި ހުރި އެނދުގެ
ދަށުގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން ފެނުނު 88 (އަށްޑިހަ އަށެއް) ރަބަރު ޕެކެޓްގައި، 46.1242
ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަހްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން،
.ކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ
ކުށުގެ ދަޢުވާއެއްކަމާއިގެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
1/
#
އދމއނތމނއއ
1)
ބޭނުންކުށި
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ [ދެންފަހެ،
ނޫރަންމާގެއާގެ
ރަޙްމާން ސާނީވިލާ/ ކ. މާލެ މަރްޔަމް ނަތާޝާ ޙަސަން، 19 ފެބްރުއަރީ 2015 ދުވަހު
20:20 އެހައިކަންހާއިރު، ޒާ ގެސްޓްހައުސްގައި މަސްތުވާތަކެތި އެތަކެތި ގެންގުޅެ، އެތަކެތީގެ
ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުން މަޢުލޫމާތު ލިބުނު ގެސްޓް
ހައުސްއަށް ގޮސް އެތަނުގެ ދެވަނަ ފަންގިފިލާގައި ހުރި 302 ނަންބަރު ކޮޓަރި ކައިރީގައި ތިއްބައި، އެކޮޓަރީގެ
އެތެރެއިން ދޮރު ހުޅުވުމުން، އިކްރާމުއްރަޙްމާންއާއި މަރް ނަތާޝާ ޙަސަން ފުލުހުންގެ ބެލުމުގެ ދަށަށް
ގެންގޮސް، ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކޮޓަރި ބަލައި ފާސްކުރިއިރު، އެކޮޓަރީގައި ހުރި އެނދުގެ
ދަށުގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން ފެނުނު 88 (އަށްޑިހަ އަށެއް) ރަބަރު ޕެކެޓްގައި، 46.1242
ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަހްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން،
އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ
ދައުލަތުން ކޮށްފައިވާކަމާއި،
ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ މިދަޢުވާއަށް އިންކާރުކުރާ ކަމަށާއި، ހ. ޒާ
ގެސްޓް ހައުސްއިން ކޮޓަރިއެއް ކުއްޔަށް ހިފާފައިނުވާނެކަމަށާއި އަދި ކުށުގެ ވެށިން ފެނުނު މަސްތުވާތަކެއްޗަށް
އެ ފަރާތްތަކުން ޒިންމާވާން ނުޖެހޭނެކަމަށް ދަޢުވާލިބުނު އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން
ޝަރީޢަތުގައި ބުނެފައިވާކަމާއި،
ދައުލަތުން
ކެނެބިސް ޓްރެފިކް ކުރުމުގެ މިދަޢުވާއަށް ދަޢުވާލިބުނު
އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން އިންކާރު ކޮށްފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން ހ. ޒާ
ގެސްޓްހައުސް ބަލައި ފާސްކުރަން ދިޔަ ފުލުހުންގެ ހެކިބަހުން، ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި
އެތެރެއިން ހުޅުވިއިރު، އެކޮޓަރީގައި ތިބީ އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަންކަމާއި، އަދި
ކުށުގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
44
މިދެކުދިން ތިބި ކޮޓަރި ބަލާ ފާސްކުރިއިރު، އެކޮޓަރީގެ އެނދުގެ ދަށުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ
88 (އައްޑިހަ އަށެއް) ރަބަރު ޕެކެޓް ފެނިފައިވާކަން އެނގޭތީއާއި، ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު
ކޮޓަރި ކުއްޔަށް ހިފާފައިވަނީ، މުޙައްމަދު އިޝްފާން ކިޔާ މީހެއްގެ ލައިސަންސް ކާރޑް ބޭނުންކޮށްގެން
ކަމަށްވީނަމަވެސް، މި ޙާދިސާ ހިނގި ދުވަސްވަރު، އޭނާގެ ލައިސަންސް ކާރޑް ގެއްލިފައިވާކަމަށާއި، އޭނާގެ
ނަމުގައި ގެސްޓް ހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ހިފާފައިނުވާނެކަމަށާއި އަދި އޭނާގެ ލައިސަންސް ކާރޑް
އެއްވެސް މީހަކަށް ދީފައި ނުވާނެކަމަށް ބުނެ މުޙައްމަދު އިޝްފާނު ޝަރީޢަތުގައި ހެކިބަސް ދީފައިވާކަމުންނާއި،
ހިނގައިދިޔަ ޙާދިސާގައި ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށް ދޫކުރި ނަޒުމުލް ޙުސައިން
(މީމެންސިންގް، ޑާކާ، ބަނގްލަދޭޝް، ޕާސްޕޯޓް ނަންބަރު F0843715) މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ
ބަޔާނުގައި، މި ކޮޓަރި ކުއްޔަށް ހިފަންއައީ، ފިރިހެނަކާއި އަންހެނެއްކަމަށާއި، ކޮޓަރި ކުއްޔަށް ހިފީ
ލައިސަންސް ކާރޑެއް ބޭނުންކޮށްގެން ކަމަށާއި، އަދި އޭގެ ތެރެއިން ފިރިހެންމީހާ ފައިސާ ދިނުމުން، އެ
ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރީގެ ތަޅުދަނޑި އެމީހާއާ ޙަވާލުކުރިކަމަށާއި، އަދި އެދެމީހުން
ފާހަގަކުރުމަށް، ފުލުހުން އޭނާއަށް ދެއްކި ފޮޓޯތަކުން އެ ކޮޓަރި ކުއްޔަށް ހިފަންއައީ އިކްރާމުއްރަޙްމާންއާއި
މަރްޔަމް ނަތާޝާ ޙަސަންކަމަށް ބުނެފައިވާތީއާއި، އަދި މިބަޔާނުގެ ޞައްޙަކަމުގެ މައްޗަށް ބަޔާން އަޑުއެހި
މީހުންގެ ހައިޘިއްޔަތުން، ޕޮލިސް ލާންސްކޯޕްރަލް މަމްނޫން މުޙައްމަދު (ސނ:4147) އާއި، ޕޮލިސް
ލާންސްކޯޕްރަލް އަޙްމަދު މަމްނޫން ޢަލީ (ސނ:3594) ހެކިބަސް އަދާކޮށްފައިވާތީއާއި، އަދި މި ބަޔާނުގައިވާ
އެއްޗެއް ނަޒުމުލް ޙުސައިނަށް ކިޔާދީ އޭނާވެސް މިބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާނެކަމަށް
މި ޙާދިސާ ހިނގި
ދުވަސްވަރު، ހ. ޒާ ގެސްޓްހައުސް ކުއްޔަށް ހިފައިގެން ހިންގަމުންއައި ސ. މަރަދޫ ފޭދޫ(
ޔެލޯހައުސް، މުޙައްމަދު ފަތުޙީ ޝަރީޢަތުގައި ބުނެފައިވާތީއާއި،
ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށް ހިފާފައި ނުވާނެކަމަށާއި، އެކޮޓަރިން
ފެނުނު ތަކެއްޗަށް ޒިންމާވާން ނުޖެހޭނެކަމަށް ދަޢުވާލިބުނު އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/44
ކުއްޔަށް
24
ދ
ޝަރީޢަތުގައި ބުނެފައިވީނަމަވެސް، މަރްޔަމް ނަތާޝާ ޙަސަން އޭނާގެ ބެލެނިވެރިޔާގެ ޙާޟިރުގައި މައްސަލައިގެ
ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، 19 ފެބްރުއަރީ 2015 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
އިކްރާމުއްރަޙްމާނާއެކު އުޅެފައިވާކަމަށް ބުނެފައިވާތީއާއި، އަދި އޭގެ ފަހުން އިކްރާމުއްރަޙްމާން އެ ކޮޓަރީގެ
ތަޅުދަނޑި އޭނާގެ އަތަށް ދިނުމުން، އެކޮޓަރިއަށް ގޮސް ފެންވަރާ ހެދިކަމަށް ބުނެފައިވާތީއާއި، ފުލުހުން ކޯޓު
އަމުރެއްގެ ދަށުން ކޮޓަރި ބަލާފާސްކުރަން ދިޔައިރު، އެކޮޓަރީގައި މިދެކުދިންތިބި ތިބުމުންނާއި އަދި ކޮޓަރި
ކުއްޔަށް ދޫކުރިފަރާތުގެ ބަހުންނާއި، . ޒާ ގެސްޓްހައުސްއިން ކޮޓަރި ކުއްޔަށް ދޫކުރާއިރު ނޯޓުކުރާ ފޮތުގައި
މަރްޔަމް ނަތާޝާ ޙަސަންގެ ފޯނު ނަންބަރު އޮތުމުން، މިކޮޓަރި އެހެން މީހަކުކަން ސާބިތުކޮށް
ނުދެވޭހާހިނދަކު މިކޮޓަރި ކުއްޔަށް ހިފާފައިވަނީ މިދެކުދިން ބައިވެރިވެގެންކަން ޝަރުޢީ ހަމަތަކުން
ސާބިތުވާކަމަށާއި އަދި
ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށްދިނީ
ސާފުކުރުމަށްފަހު ޤާނޫނާއި ޚިލާފު އެއްވެސް އެއްޗެއް ހުރިތޯ ބެލުމަށްފަހުގައިކަން ކޮޓަރި ކުއްޔަށް ދިން
ފަރާތުގެ ބަހުން އެނގޭއިރު، އަދި ކޮޓަރި ކުއްޔަށް ދިނުމަށްފަހު ގެސްޓް ހައުސްގެ ސްޓާފަކަށްވެސް އަދި ބޭރުން
އަންނަ މީހަކަށްވެސް ކޮޓަރި ކުއްޔަށް ހިފާ ފަރާތުގެ އިޒުނައާއި ނުލައި ކޮޓަރިއަށް ވަދެ ނިކުމެ ނުހެދޭނެމަކަށް
ގެސްޓް ހައުސް ހިންގާ ފަރާތުން ބުނެފައިވާތީއާއި އަދި މިމައްސަލައިގައި އިކްރާމުއްރަޙްމާނުގެ ކުޑަކަމުދާތަކެތި
ތަޙްލީލުކުރިއިރު، ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަން ތަޙްލީލު ރިޕޯޓުން އެނގެން އޮންނާތީ، މިކޮޓަރި ކުއްޔަށް
ހިފިފަހުން މި ދެކުދިން ފިޔަވާ އެހެން މީހަކު އެކޮޓަރިއަށް ވަތްކަން އެނގެން ނެތުމާއި، އެހެން ގޮތަކަށް
ސާބިތު ނުވާހާހިނދަކު ނުވަތަ އެތަކެއްޗަށް އެހެން މީހަކު ޒިންމާ ނުވާހާ ހިނދަކު، ހ. ޒާ ގެސްޓްހައުސްގެ
302 ނަންބަރު ކޮޓަރިން ފެނުނު ތަކެއްޗަކީ މި ދެކުދިންގެ ޒިޔާރަތުގެ ދަށުގައި ހުރި މިދެކުދިން ގެންގުޅުނު
ތަކެތިކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަމާއި، އަދި ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުންނާއި، އަދި މި ޤާނޫނުގެ 141 ވަނަ
މާއްދާގެ (ރ) އަށް ބެލުމުންވެސް، މިއީ މިދެކުދިންގެ އަތުގައި ނުވަތަ ޒިޔާރަތުގެ ދަށުގައި ހުރި ތަކެތިކަމަށް
1
R
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
ބަލަންޖެހޭކަމާއި، ފުލުހުން ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ބަލައި ފާސްކުރަން ދިޔައިރު،
އެކޮޓަރި ތެރޭގައި ތިބީ އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަންކަމަށްވެފައި، އަދި ހެކިންގެ
ހެކިބަހަށާއި މަރްޔަމް ނަތާޝާ ޙަސަން އޭނާގެ ބެލެނިވެރިޔާގެ ޙާޟިރުގައި ތަޙްޤީޤަށް ދީފައިވާ ބަޔާނުންވެސް،
މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ، މިދެކުދިންގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްކަން އެނގޭތީ، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 109/HC
-
A/2014 ޤަޟިއްޔާގައިވާ މަޢުނަވީ ޙިޔާޒަތުގެ ޙާލަތުވެސް މިމައްސަލާގައި
މެދުވެރިވެފައިވާކަމަށް ބަލަންޖެހޭތީވެ، ހިނގައި ދިޔަ ޙާދިސާގައި ޒާ ގެސްޓްހައުސްގެ 302 ނަންބަރު
ކޮޓަރިން ފެނުނު ތަކެތީގެ މުޠުލަޤު މަސްއޫލިއްޔަތު މިދެކުދިން ހަމަހަމަ ގޮތެއްގައި އުފުލަންޖެހޭނެކަމަށް
ޝަރީޢަތުން ދެކޭތީވެއާއި، އަދި
ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 88
ރަބަރު ޕެކެޓްގައިހުރި ތަކެތި ތަޙްލީލު ކުރިއިރު، އޭގެ ބަރުދަނުގައި 46.1242 ގްރާމް ކެނެބިސް ހުރިކަމަށް
އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީއާއި އަދި ލެބޯޓްރީ ތަޙްލީލު ރިޕޯޓުގެ ޞައްޙަކަމުގެ މައްޗަށް އެރިޕޯޓު
ތައްޔާރުކުރި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ރަމީޒް (ސނ..2279) ހެކިބަސް އަދާކޮށްފައިވާތީ،
ދައުލަތުން
މާލެ، އިކްރާމުއްރަޙްމާންއާއި، މއ.ސާނީވިލާ/ ކ. މާލެ މަރްޔަމް ނަތާޝާ
ޙަސަންގެ މައްޗަށް ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ހެކިންގެ ހެކިބަހުންނާއި، ޝަރީޢަތަށް
ހުށަހެޅުނު ޤަރީނާތަކުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ
އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
މިޙާދިސާ ހިނގިއިރު، ދަޢުވާލިބުނު ނޫރަންމާގެއާގެ{
ކ. މާލެ އިކްރާމުއްރަޙްމާންއާއި،
މއ.ސާނީވިލާ/ ކ. މާލެ މަރްޔަމް ނަތާޝާ ޙަސަންއަކީ، މީލާދީގޮތުން ޢުމުރުން 18 އަހަރު ނުފުރޭ ޤާނޫނީ
ގޮތުން ކުޑަކުދިންކަމަށް ވާތީ، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤްކޮށް، އިންސާފުކޮށް އަދަބު
ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު“ ގެ 17 ވަނަ މާއްދާގެ (ހ) އާއި އަދި އެމާއްދާގެ (ބ) ގެ 01 ވަނަ
4 2 2 4 82 8
ރނމަޤާއެޤީ
#
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ޢިބާންމަޤާއުގެ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
މާލެ
ނަންބަރާއި 02 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން،
އިކްރާމުއްރަޙްމާންއާއި، ސާނީވިލާ . މާލެ މަރްޔަމް ނަތާޝާ ޙަސަންއާ ދެކުދިންކުރެ ކޮންމެ ކުއްޖަކު،
16 (ސޯޅަ) އަހަރާއި، 08 (އަށެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި އަދި މިދެކުދިންކުރެ ކޮންމެ
ކުއްޖަކު 66,666.66 (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) އިން
ޖޫރިމަނާ ކުރުމަށް ޙުކުމްކޮށް، މިފައިސާ މިއަދުން ފެށިގެން 01 (އެއްމަސް) ދުވަހުގެ ތެރޭގައި ޖުވެނައިލް
ކޯޓަށް ދެއްކުމަށް ހ. ނޫރަންމާގެއާގެ މާލެ އިކްރާމުއްރަޙްމާންއާއި، ސާނީވިލާ މާލެ މަރްޔަމް
ނަތާޝާ ޙަސަންއަށް އަންގައި، އަދި
”ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ ތަޙްޤީޤްކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި
އަމަލުކުރާނެ ގޮތުގެ ޤަވާޢިދު ގެ 17 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ކުށްކުރާ ކުދިން ބޭތިއްބުމަށް
ޤާއިމްކޮށްފައިވާ އިޞްލާޙީ މަރުކަޒެއް (ޖުވެނައިލް ޑިޓެންޝަން ސެންޓަރ) ގައި ޙުކުމުގެ މުއްދަތަށް ދަޢުވާ
ލިބުނު ނޫރަންމާގެއާގެ މާލެ އިކްރާމުއްރަޙްމާންއާއި، ސާނީވިލާ މާލެ މަރްޔަމް ނަތާޝާ
ޙަސަން ބޭތިއްބުމަށް އަމުރުކޮށް މިޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
12
.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިކްރާމު
ރާމުއްރަޙްމާންގެ ފަރާތުން 05 (ފަހެއް) ނުކުތާ ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
40ހ، 0ޗާބެހޭ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/44
E 4
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ޤާނޫނާ
ޚިލާފަށް ފުލުހުން ހޯދާފައިވާ ހެކިތަކާއި ބަޔާންތައް ޝަރީޢަތަށް ބަލައިގަނެ އެހެކިތަކުގެ މައްޗަށް ކުށް ސާބިތުވާ
ކަމަށް ނިންމާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: މަސްތުވާތަކެތި ތަޙްލީލު ކުރުމަށް ޔޫ.އެން.އޯ.ޑީ.ސީން ކަނޑައަޅުއްވާފައިވާ
މިންގަނޑާއި އެ މިންގަނޑު ބައްލަވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 323/HC
-
A/2014
ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނަ ހަމައާ ޚިލާފަށް ތަޙްލީލުކޮށްފައިވާ ތަކެތި، މަސްތުވާތަކެތި ކަމަށް
ބައްލަވައި، އެތަކެތީގެ ނަތީޖާގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-A/2012
ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 106/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާ
ފައިވާފަދައިން ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްކަމަށް ކަށަވަރުނުވާހިނދު ކުށް ސާބިތުވާކަމަށް
ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 24/SC-A/2010 ޤަޟިއްޔާ އާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 20/HC
-
A/2008 އާއި، 265/HC
-
A/2009 ޤަޟިއްޔާއާއި އަދި
141 ވަނަ މާއްދާގައި ޙިޔާޒަތު މާނަކޮށްފައިވާ ހަމައާ ޚިލާފަށް ޢިޔާޒަތު
ކަނޑައަޅުއްވައި ކުށް ސާބިތުވާކަމަށް ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަ ކުރި
• ހަތަރުވަނަ ނުކުތާއަކީ: އެކެއްގެ އަތުގައި ހުރި މަސްތުވާތަކެތި އަނެކެއްގެ އަތުން ފެނުނީ ކަމަށް
ބަލަން ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 215/HC
-
A/2014 ޤަޟިއްޔާގައި ކަނޑައަޅުއް
އުޅުއްވާފައިވާ ހަމައާއި ޚިލާފަށް ކުށް
ސާބިތުވާކަމަށް ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީހެކި ހޯދިގޮތާއި ހެކިންގެ ހެކިބަހުގައި އަދި ޝަރީޢަތަށް ހުށަހެޅުނު ބަޔާންތަކާއި
ލިޔުންތަކުގައި ގިނަ ޝައްކުތަކެއް ހުއްޓައި، އަދި ކުށް ކުރިކަމާމެދު ގިނަ ޝައްކުތަކެއް އުފެދިފައިވަނިކޮށް،
ޤާނޫނުގެ
ނު4ޑ 2
ނމގއ.
COCC
¢ ¢
0
R
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/44
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ () ގެ ދަށުން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ކުށް
ސާބިތުވާކަމަށް ނިންމާފައިވާ ކަމަށް ބުނެ ފާހަގަ ކުރި .
499 ސ ޑ
ކިތައވެ.
1
03- ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv-C/17 ޤަޟިއްޔާއާއި، އިކްރާމުއްރަޙްމާންގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން
ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) 19 ފެބްރުއަރީ 2015 ދުވަހު 20:20 އެހައިކަންހާއިރު، ޒާ ގެސްޓްހައުސްގައި
މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ
ގުޅިގެން، ފުލުހުންނަށް މަޢުލޫމާތު ލިބުނު ގެސްޓް ހައުސްއަށް ގޮސް އެތަނުގެ ދެވަނަ ފަންގިފިލާގައި ހުރި
302 ނަންބަރު ކޮޓަރި ކައިރީގައި ތިއްބައި، އެކޮޓަރީގެ އެތެރެއިން ދޮރު ހުޅުވުމުން، އިކްރާމުއްރަޙްމާންއާއި
މަރްޔަމް ނަތާޝާ ޙަސަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން
އެކޮޓަރި ބަލައި ފާސްކުރިއިރު، އެކޮޓަރީގައި ހުރި އެނދުގެ ދަށުގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން ފެނުނު
88 (އަށްޑިހަ އަށެއް) ރަބަރު ޕެކެޓްގައި، 46.1242 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު
ތިން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ)
އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ހ. ނޫރަންމާގެއާގެ މާލެ، އިކްރާމުއްރަޙްމާންގެ މައްޗަށް ކެނެބިސް
ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާކަމާއި؛
ދައުލަތުން އިކްރާމުއްރަޙްމާންގެ މައްޗަށް ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ
އިކްރާމުއްރަޙްމާންގެ މައްޗަށް ސާބިތުވެ، 16 (ސޯޅަ) އަހަރާއި، 08 (އަށެއް) މަސްދުވަހުގެ މުއްދަތަށް
ޖުލަށްލުމަށާއި އަދި 66,666.66 (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި)
ރިޕޯޓުން
އދ8 9
20
ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
އިން ޖޫރިމަނާ ކުރުމަށް ޙުކުމްކޮށް، އެފައިސާ 01 (އެއްމަސް ދުވަހުގެ ތެރޭގައި ޖުވެނައިލް ކޯޓަށް ދެއްކުމަށް
އަންގައި ޖުވެނައިލް ކޯޓުގެ ނަންބަ
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން
އެނގެންއޮވެއެވެ.
ނަންބަރު
އ ހ(
17/Jv-C/2015
(ށ) ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ޤާނޫނާ ޚިލާފަށް ފުލުހުން
ހޯދާފައިވާ ހެކިތަކާއި ބަޔާންތައް ޝަރީޢަތަށް ބަލައިގަނެ އެހެކިތަކުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް
ނިންމާފައިވާ ކަމަށް ބުނެ،
ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv-C/17 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް،
އިކްރާމުއްރަޙްމާންގެ ފަރާތުން ފާހަގަ ކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
އިސްވެ އިޝާރާތްކުރެވުނު އިސްތިއުނާޕީ ނުކުތާއާ ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން އެނުކުތާގައި
ތިންކަމެއް ފާހަގަ ކޮށްފައިވާކަމާއި، އެއީ،
ފުލުހުން ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ބަލައި ފާސްކޮށްފައިވަނީ ކޯޓުއަމުރެ
ނެތިކަމާއި،
އިކްރާމުއްރަޙްމާން، ފުލުހުން ހައްޔަރުކޮށްފައިވަނީ ކުށެއްކުރަން ހުއްޓާ ފެނިގެން ނޫންކަމާއި އަދި؟
ކުށް ސާބިތު ކުރުމުގައި، ނަޒްމުލް ޙުސައިން އާއި، މަރްޔަމް ނަތާޝާ ޙަސަންގެ ބަޔާނަށް ޝަރީޢަތުން
ދެއްވާފައިވާއިރު، އެދެމީހުންގެ ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ފާހަގަކޮށްފައިވާ
ނުކުތާތައް ކަމާއި؛
ފުލުހުން ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ބަލައި ފާސްކޮށްފައިވަނީ ކޯޓުއަމުރެއް
ނެތިކަމަށް ބުނެ، ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގައި، ގޯތި ގެދޮރާއި މީހުން ދިރިއުޅޭ
ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަން ކަމާއި، އަދި ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، މީހެއްގެ މުދަލަކަށް،
ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެމުދަލެއް ނުވަތަ އެމީހަކު ސަލާމަތްކުރުމަށްޓަކައި ނުވަތަ
8722
ބަޔާން
RE
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2016/HC-A/44
ދ ސ ޑ ވ މ އގ ދދވ
مگر سرس مسمار
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޯޓު އަމުރަކުން ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި
އަލްޓްކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން ކުށެއްގެ ތުހުމަތުގައި
ތަންތަން ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާކަމާއި، ބަލައި ފާސްކުރުމުގައި ފުލުހުން
ޢަމަލުކުރާނެ ގޮތުގެ އިޖުރާޢަތުތައް، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ
"ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި، އިޚްތިޔާރުތަކުގެ ބޭނުން ހިފުމާބެހޭ ޤަވާއިދު ގައި
ބަޔާންކޮށްފައިވާ ކަމާއި، އެޤަވާޢިދުގެ 9 ވަނަ މާއްދާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރުމަށް
ދާއިރު، އެތަނުގެ ވެރި ފަރާތް ޙާޟިރުވެ ނެތްނަމަވެސް އެތަނުގެ ވެރި ފަރާތުން އުފުލަންޖެހޭ ޒިންމާތަކާ
އެވާލުވެވޭ މީހެއް އެތަނުގައި ހުރި ނަމަ، އެމީހަކަށް ކޯޓު އަމުރު ދެއްކުމަށްފަހު އެފަރާތެއްގެ ޙާޒިރުގައި
އެތަން ބަލައި ފާސްކުރެވިދާނެކަން އެނގެން އޮންނަކަމާއި؛
ފުލުހުން، ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ބަލައި ފާސްކޮށްފައިވަނީ، ކުރިމިނަލް ކޯޓުގެ
ނަންބަރު 2015
/
134/J
(
BFD-145 ކޯޓު އަމުރުގެ ދަށުންކަން އެނގެން އޮންނަކަމާއި، އެގޮތުން،
އެއަމުރުގައި ބަލައި ފާސްކުރަން ބޭނުންވާ ތަނުގެ ގޮތުގައި އެ އަމުރުގައި ބަޔާންކޮށްފައިވަނީ، ”ކ. މާލެ/ ހ.ޒާ
ގެސްޓްހައުސްގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވޭ ތަންތަން، މިފަދައިންކަން އެނގެން
އދި ގ ޏ ސ ޑ
Coc
= 4 އދ
އޮންނަކަމާއިގެ
15 /
އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ހާދިސާ
ހިނގިތަނަށް ދިޔަ ފުލުހުން ހ.ޒާ ގެސްޓްހައުސްގެ ކައުންޓަރުގައި، އެވަގުތު އިން ފަރާތަށް ކޯޓު އަމުރު
ދައްކާފައިވާކަން އެނގެން އޮންނަކަމާއި، ކޯޓު އަމުރަކީ މުޅި ގެސްޓްހައުސް ބަލައި ފާސްކުރުމަށް ދޫކޮށްފައިވާ
އަމުރަކަށްވާއިރު، ގެސްޓް ހައުސްގެ ކޮންމެ ކޮޓަރިއަކަށް ވަނުމުގެ ކުރިން ކޯޓު އަމުރު ދެއްކުން
ލާޒިމްނޫންކަމާއި، އަދި ގެސްޓް ހައުސްގެ ކައުންޓަރުގައި އިންނަ ފަރާތަކީ ގެސްޓް ހައުސްގެ ވެރި ފަރާތުން
އެހިރާއްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
ގެސްޓް ހައުސްގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތަކަށް ވާހިނދު، ގެސްޓްހައުސް
ބަލައި ފާސްކުރުމަށްޓަކައި ގެސްޓްހައުސްގެ ކައުންޓަރުގައި އިންނަ ފަރާތަށް ކޯޓު އަމުރު ދައްކައި އެތަން ބަލައި
ފާސްކުރުމުގެ ކަންތައްތައް އަމުރުގައި ވާގޮތުގެ މަތިން ކުރިއަށް ގެންދިޔުމުގެ ޤާނޫނީ ބާރު ފުލުހުންނަށް
ލިބިގެންވާކަމާއި، އެހެނީ، ގެސްޓްހައުސްގެ ވެރި ފަރާތް އަންނަންދެން ފުލުހުން އެތާ މަޑުކޮށްފިނަމަ،
ތުހުމަތުކުރެވޭ ފަރާތްތައް ފިލުމާއި، ހެކި ނައްތާލުމުގެ އިޙުތިމާލު އެޙާލަތުގައި ފަހިވެގެން ދާނެކަމީ
ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމާއި، އެހެންކަމުން އެފަދަ ޙާލަތެއްގައި ފުލުހުން ޢަމަލުކޮށްފައިވަނީ ފުލުހުންގެ
ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި، މުޖުތަމަޢުގެ ސަލާމަތާއި، މަޞްލަޙަތަށްޓަކައި ޢަމަލުކުރަންޖެހޭ އަދި
ޢަމަލު ކުރަމުންދާ ޢާންމު އުޞޫލުގެ ދަށުންކަން އެނގެން އޮންނަކަމާއިގެ
އިސްވެ އިޝާރާތްކުރެވުނު ފަދައިން، ގެސްޓްހައުސްގެ ކޮންމެ ކޮޓަރިއެއް ބަލައި ފާސްކުރުމުގެ ކުރިން
ކޯޓު އަމުރު ދެއްކުން ލާޒިމް ނުވިކަމުގައިވިޔަސް، ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ހެކިބަހަށް ބަލާއިރު،
ލ.ކޯޕްރަލް މުންޛަރު މޫސާ (ސނ3750) ގެ ހެކިބަހުގައި ހ.ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިއަށް
ދިޔަ ފުލުހުންގެ ތެރެއިން މީހެއްގެ އަތުގައި ކޯޓު އަމުރު އޮންނާނެކަމަށާއި
އަށާއި، ލ.ކޯޕްރަލް އަޙްމަދު ނައުޝާދު
(ސނ.4687) އާއި، ލ.ކޯޕްރަލް ޙުސައިން ވަޙީދު (ސނ.2873) ހެކިބަހުގައި ގެސްޓްހައުސްގެ 302
ކޮޓަރި ބަލައި ފާސްކުރުމުގެ ކުރިން އެކޮޓަރީގައި ތިބި ފަރާތްތަކަށް ކޯޓު އަމުރު ދައްކާފައިވާކަމަށް
ބުނެފައިވާކަން، އެފަރާތްތަކުން ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުން އެނގެން އޮންނާތީ، ފުލުހުން ހ. ޒާ
ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ބަލައި ފާސްކޮށްފައިވަނީ އިސްވެ އިޝާރާތްކުރެވިފައިވާ ކުރިމިނަލް
ކޯޓުގެ ނަންބަރު 2015
/
134/J
(
BFD-145 ކޯޓު އަމުރުން ބާރުލިބިގެންކަން އެނގެން އޮންނަކަމާއިގެ
ކްރާމުއްރަޙްމާން ފުލުހުން ހައްޔަރުކޮށްފައިވަނީ
ހުއްޓާ ފެނިގެން
ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު؛
ނަން@އ
8.28 29
b ވ މ ގތ
ބުނެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި، ހައްޔަރުކުރާ މީހަކު ކުށެއް
ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް
ކުރާންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން ނުވަތަ ކޯޓުގެ
އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެކަމަށް
ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު މިކުރެވޭ މައްސަލައިގައި، ފުލުހުން އިކްރާމުއްރަޙްމާން ހައްޔަރުކޮށްފައިވަނީ،
އިކްރާމުއްރަޙްމާން އެވަތު ހުރި، ހ.ޒާ ގެސްޓްހައުސްގެ 302 ކޮޓަރިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި
ފެނިފައިވުމުންކަމާއިގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 07/SC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުޞޫލުގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ އިސްތިސްނާއެއް ނެތި މުޠުލަޤު
މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަމަށްވެފައި، އިކްރާމުއްރަޙްމާން ހައްޔަރުކުރެވުނު ތަން ކަމުގައިވާ، ހ.ޒާ
ގެސްޓްހައުސްގެ 302 ކޮޓަރިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނުމަކީ އިކްރާމުއްރަޙްމާން މަސްތުވާތަކެތި
ޓްރެފިކްކުރަނީކަމަށް، ނުވަތަ ޓްރެފިކްކުރަން އުޅޭކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ އެކަށީގެންވާ
ސަބަބުތަކެއްކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ކަމާއި، އެޙާލަތުގައި ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމަށް
ކޯޓު އަމުރެއް އޮތުން ލާޒިމް ނޫންކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއިން
އެނގެން އޮންނާތީ،
ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިން ފުލުހުން އިކްރާމުއްރަޙްމާން
ހައްޔަރުކޮށްފައިވަނީ ކުށެއްކުރަން ހުއްޓާ ފެނިގެން ނޫންކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަން
އެނގެން އޮންނަކަމާއިގެ
މައްޗަށް ކުށް ސާބިތު ކުރުމުގައި، ނަޒްމުލް ޙުސައިންއާއި، މަރްޔަމް ނަތާޝާ
ޙަސަންގެ ބަޔާނަށް ޝަރީޢަތުން ބުރަދަން ދެއްވާފައިވާއިރު، އެދެމީހުންގެ ބަޔާން ހޯދާފައިވަނީ ޤާނޫނާ
ޚިލާފަށްކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާތައް ޝަރީޢަތުން ނަޒަރުކުރިއިރު؟
4 / މ އ ދވ 4 ޑ
2442
/
24ނޤީ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
އދ މ އ ވ2 02
އިހރ19
ނަޒްމުލް ޙުސައިންއާއި، މަރްޔަމް ނަތާޝާ ޙަސަންގެ ބަޔާން ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް
ހަމުއްރަޙްމާން ފާހަގަކުރި ނުކުތާއަކީ، މައްސަލައިގެ އައި.އޯ ޕޮލިސް ސާރޖެންޓް
ޢަބްދުލްޤާދިރު (ސނ. 3163) ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގެ މައްޗަށް ބިނާކޮށް ފާހަގަކުރި
ނުކުތާއެއްކަން އެނގެން އޮންނައިރު، ޕޮލިސް ސާރޖެންޓް ޢަބްދުލްވައްޙާބް ޢަބްދުލްޤާދިރު (ސނ. 3163)
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގެ ކޮން ޢިބާރާތަކުން ކިހިނެއްކަން، ނަޒްމުލް ޙުސައިންއާއި، މަރްޔަމް
ނަތާޝާ ޙަސަންގެ ބަޔާނަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ބަޔާނެއްކަން، ޝަރީޢަތަށް ސާފުކޮށްދީފައި ނުވާކަމާއި،
އެއާ ޚިލާފަށް، ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17 ޤަޟިއްޔާއާއި ގުޅިގެން، 2015 އޯގަސްޓް 17
ވަނަ ދުވަހު ޕޮލިސް ސާރޖަންޓް ޢަބްދުލްވައްޙާބު ޢަބްދުލްޤާދިރު (ސނ. 3163) ޖުވެނައި ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ މުޅި ބަޔާނަށް ނަޒަރު ކުރުމުން، ނަޒްމުލް ޙުސައިންއާއި، މަރްޔަމް ނަތާޝާ ޙަސަންގެ
ބަޔާން ތަޙްޤީޤަށް ހޯދާފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމާއި، އަދި އެ ދެ ބަޔާނަކީވެސް ޤާނޫނީގޮތުން
ސައްޙަ، ޝަރީޢަތުން އެމައްޗަށް ބުރަދަން ދެވިދާނެ ބަޔާންތަކެއްކަން އެނގެން އޮންނަކަމާއިގެ
އެހެންކަމުން، ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv-C/17 ޤަޟިއްޔާގައި
މައްޗަށް ޝަރީޢަތުން ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ޤާނޫނާ ޚިލާފަށް ފުލުހުން ހޯދާފައިވާ ހެކިތަކާއި ބަޔާންތަކުގެ
ކަމަށް ކަނޑައަޅާނެ ޝަރުޢީ ޤާނޫނީ ހަމައެއްނެތްކަން އެނގެއެވެ.
(ނ) "މަސްތުވާތަކެތި ތަޙްލީލު ކުރުމަށް ޔޫ.އެން.އޯ.ޑީ.ސީން ކަނޑައަޅުއްވާފައިވާ މިންގަނޑާއި އެ
މިންގަނޑު ބައްލަވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 323/HC-A/2014 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައި އޮންނަ ހަމައާ ޚިލާފަށް ތަޙްލީލުކޮށްފައިވާ ތަކެތި، މަސްތުވާތަކެތި ކަމަށް ބައްލަވައި،
އެތަކެތީގެ ނަތީޖާގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާއާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 106/HC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން
ލ ލ ގތ ކތ ދ ތ ه
އިކުރުމެއެރަޙްމަންގެ
މައްޗަށް
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
(4ދ8
ންކުeއަށް
ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްކަމަށް ކަށަވަރުނުވާހިނދު، ކުށް ސާބިތުވާކަމަށް ނިންމަވާފައިވާ
ކަމަށް ބުނެ، ފާހަގަކޮށްފައިވާ ޝަރީޢަތުން ނަޒަރުކުރިއިރު؟
ޔޫ.އެން.އޯ.ޑީ.ސީ (United Nation office on Drugs and Crime) މެނުއަލްގައި
މައިގަނޑު ދެގޮތަކުން ކެނަބިސް ދެނެގަނެވޭނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، އެދެގޮތަކީ، ފިޒިކަލް
އެގްޒަމިނޭޝަން (މެކްރޮސްކޯޕިކް ނުވަތަ މައިކްރޮސްކޯޕިކް ބޭރުފުށުގެ ސިފަތަކަށް ބަލައި، ކެނެބިސްގެ
ބާވަތްތައް ދެނެގަތުން) އާއި، ކެމިކަލް އެގްޒަމިނޭޝަން (ސައިންޓިފިކް ތަޙުލީލުތަކުގެ އަލީގައި ކެނެބިސްގެ
ބާވަތް ދެނެގަތުން) ކަން އެނގެން އޮންނަކަމާއިގެ
ޔޫ.އެން.އޯ.ޑީ.ސީ އިން ކަނޑައަޅާފައިވާ މިންގަނޑާއި، އެމިންގަނޑަށް ބައްލަވައި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 323/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ މެޝިނުން ތަޙުލީލުކުރެވޭ
ބާވަތުގެ ތަކެތި މެޝިނުން ސައިންޓިފިކް އުޞޫލުން ތަޙުލީލުކުރުމަށާއި، ހަމައެކަނި ފިޒިކަލް އެޕެއަރެންސްއަށް
ބަލައި ތަޙުލީލުކުރެވޭ ތަކެތި އެގޮތަށް ތަޙުލީލުކުރެވުނު ސަބަބު ތަޙުލީލް ރިޕޯޓުގައި ބަޔާންކުރަންވާނެކަމަށާއި،
ތަޙުލީލުކުރެވުނު ތަކެތީގެ އެއްގޮތް ސިފަތަކާއި، ތަފާތު ސިފަތައް އެނގޭނެހެން
މިހެން ތަޙުލީލުކުރާ ފަރާތުން ފޮޓޯ
ރިޕޯޓެއް އެޓޭޗްކުރަން ޖެހޭނެކަމަށާއި، ފޮޓޯ ރިޕޯޓެއް އޮތުން ލާޒިމްވާނީ ހަމައެކަނި ފިޒިކަލް އެގްޒަމިނޭޝަންގެ
މައްޗަށް ބުރަވެ، ކެނެބިސްގެ ބާވަތް ދެނެގަނެފައިވާނަމަކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 323/HC
-
A/2014 ޤަޟިއްޔާގެ ވާޤިޢާއަށާއި، އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުޞޫލަށް ބެލުމުން އެނގެން އޮންނަކަމާއިގެ
އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ޖުވެނައިލް ކޯޓުގެ ޝަރީޢަތަށް
ހުށަހަޅާފައިވާ ނަންބަރު 2015
/
0511/K
(
e
)
/
DR މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓްއާ ގުޅިގެން، ތަޙުލީލުކުރި
ފަރާތްކަމަށްވާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ރަމީޒު (ނ.2279) ޖުވެނައިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް 2015 ޖުލައި 16 ވަނަ ދުވަހު، ދީފައިވާ ހެކިބަހަށް ބަލާއިރު، މި މައްސަލައިގައި
Occu
z
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
ޑޑ 8
31
0
އދނީ
ފެނިފައިވާ 88 (އަށްޑިހަ އަށެއް) ރަބަރު ޕެކެޓުގައި ހުރީ ކެނެބިސްކަމަށް ނިންމާފައިވަނީ ހަމައެކަނި ފިޒިކަލް
އެގްޒަމިނޭޝަނުން ނޫންކަމާއި، ތަޙުލީލުކުރުމަށް އޮންނަ އިޖުރާއަތުތަކާ އެއްގޮތަށް ޖީސީއެމްއެސް މެތަޑް އިން
ތަޙުލީލުކުރެވިފައިވާކަމާއި، އަދި ހުރިހާ ޓެސްޓްތަކެއްވެސް ހަދާފައިވަނީ ޔޫ.އެން.އޯ.ޑީ.ސީ މެނުއަލްގައި
ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ބުނެ ހެކިބަސް ދީފައިވާކަން އެނގެން އޮންނަކަމާއިގެ
މި މައްސަލައިގައި މަސްތުވާތަކެތީގެ މެޝިން ރިޕޯޓު، ތަޙުލީލު ރިޕޯޓާ އެޓޭޗް ކުރެވިފައިވާކަމާއި،
ހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 323/HC
-
A/2014 ޤަޟިއްޔާގައި ބަޔާންކުރާ ފަދަ ފޮޓޯ
ރިޕޯޓެއް އޮތުމަކީ މި މައްސަލައިގައި މަސްތުވާތަކެތި ތަޙުލީލުކުރުމަށް ބޭނުންކޮށްފައިވާ ގޮތަށް ބަލާއިރު
ކޮންމެހެން ފުރިހަމަވާންޖެހޭކަމެއް ނޫންކަމާއި، ތަޙުލީލުކުރުމަށާއި މަސްތުވާތަކެތީގެ ބަރުދަން ބެލުމަށް
ބޭނުންކުރެވިފައިވަނީ ޔޫ.އެން.އޯ.ޑީ.ސީ އާއި، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ މިންގަނޑުތައް ކަން
ތަޙުލީލުކުރި ފަރާތުގެ ހެކިބަހުގައި ބުނެފައިވާތީ، މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތި
ތަޙުލީލުކުރުމުގައި ތަބާވެފައިވާ އިޖްރާއަތާއި، އެތަޙުލީލުގެ މައްޗަށް ތައްޔާރުކޮށްފައިވާ މަސްތުވާތަކެތީގެ ތަޙުލީލު
ރިޕޯޓުގެ ޝަރުޢިއްޔަތާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް އޮތްކަމަށް ޝަރީޢަތުން ނުދެކޭތީ،
އިކްރާމުއްރަޙްމާންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި
ޤަރީނާތަކެއްގެ މައްޗަށް ބުރަވެކަން އެނގެއެވެ.
(ށ) ”ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 24/SC-A/2010 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 20/HC-A/2008 އާއި 265/HC
-
A/2009 ޤަޟިއްޔާއާއި އަދި މަސްތުވާތަކެއްޗާބެހޭ
ޤާނޫނުގެ 141 ވަނަ މާއްދާގައި ޙިޔާޒަތު މާނަކޮށްފައިވާ ހަމައާއި ޚިލާފަށް ޢިޔާޒަތު ކަނޑައަޅުއްވައި ކުށް
ސާބިތުވާކަމަށް ނިންމަވާފައިވާ ކަމަށް ބުނެ، ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -SC/2010
24/A ޤަޟިއްޔާއާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 202/HC-A/2008
ޤަޟިއްޔާއާއި،
443
cu.
R
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/44
265/HC-A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަކީ، އެކަކަށްވުރެ ގިނަ މީހުން ދިރިއުޅޭ
ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވީނަމަވެސް، އިތުރު ހެއްކާއި ޤަރީނާއާ ނުލައި، އެކޮޓަރިއެއްގައި
ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަކިމިވެނި މީހެއްގެ މައްޗަށް ތުހުމަތުކުރެވި، އެކަމުގެ ޒިންމާ ހަމައެކަނި
އެފަރާތުން އުފުލަންޖެހޭ ގޮތްވުމަކީ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، އެކަން ބިނާކުރާނެ ޝަރުޢީ އަދި
ޤާނޫނީ އުޞޫލެއް ނެތްނަމަ، ވަކި މީހަކު އެތަނަކުން ފެންނަ އެއްޗަކަށް ޒިންމާނުކުރުވޭނެ ކަމުގެ އުޞޫލުކަން
އެނގެން އޮންނަކަމާއިގެ
މައްޗަށް ދެކި
ދިވެހިރާއްޖޭގެ ހައިކޯޓުގެ 265/HC
-
A/2009 ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު،
މަސްތުވާތަކެތި ފެނުނު ކޮޓަރި ނުވަތަ ފާޚާނާއަކީ ހަމައެކަނި އެމައްސަލައިގައި ތުހުމަތުކުރެވުނު އަޝްރަފް
ޢަބްދުއްރަޙީމްއަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއެއްކަމުގެ ނުވަތަ ފާޚަނާއެއްކަމުގެ
ލިބިފައިނުވާއިރު، އެކޮޓަރިއަކީ އަޝްރަފް ޢަބްދުއްރަޙީމްގެ ބައްޕަގެ ކޮޓަރިކަން އެނގެން އޮތުމުގެ އިތުރުން،
މަސްތުވާތަކެތި އަޝްރަފް ޢަބްދުއްރަޙީމް ހުރި ފާޚާނާއިން ފެނުން ފިޔަވައި، އެތަކެއްޗާ އަޝްރަފް
ޢަބްދުއްރަޙީމްއާ ގުޅުވާލެވޭނެ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ލިބިފައި ނުވުމާއި، ހަމައެހެންމެ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 202/HC-A/2008 ޤަޟިއްޔާގައި މައްސަލަ ސާބިތުކުރުމަށް ހުށަހެޅުނު
ހެކިޤަރީނާއަށް ނަޒަރުކުރާއިރު، އެމައްސަލައިގައި ތުހުމަތުކުރެވޭ އިސްމާޢީލު ޝިފާޒުގެ ދަބަހުން މަސްތުވާތަކެތި
ފެނިފައިވާއިރު، އެދަބަސް ހުރި ކޮޓަރިއަކީ އިސްމާޢީލް ޝިފާޒުގެ ކޮޓަރިއަކަށް ނުވާތީ އާއި، އެކޮޓަރިއަށް
ފުލުހުން ދިޔައިރު އިސްމާޢީލް ޝިފާޒު ނިދާފް އޮތުމުންނާއި، އެވަގުތު އެކޮޓަރީގައި އިތުރު ބަޔަކު ތިބުމުން،
އެމީހުންނަށްވެސް އިސްމާޢީލް ޝިފާޒުގެ ދަބަހަށް މަސްތުވާތަކެތި ލުމުގެ ފުރުޞަތު އޮތްކަން
ފާހަގަކޮށްފައިވާކަން އެނގެން އޮންނައިރުގެ
އިސްވެ އިޝާރާތްކުރެވުނު ދެ ޤަޟިއްޔާއާ ޚިލާފަށް، އިސްތިއުނާފްކުރެވިފައި މިވާ މައްސަލައިގައި
.އްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން ތިބި ކޮޓަރިން މަސްތުވާތަކެތި ފެނުމުގެ އިތުރުން،
އިrއރ
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
އެތަކެއްޗަކީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި އެމީހުންނަށް އެނގިގެން އެތަނުގައި ހުރި ތަކެތިކަން ހާމަކޮށްދޭ
ހެއްކާއި ޤަރީނާ ދައުލަތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއިގެ
އެގޮތުން، މަސްތުވާތަކެތި ފެނިފައިވާ ހ.ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށް
ހިފާފައިވަނީ އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން ކަމާއި، ކޮޓަރި ކުއްޔަށް ދޫކުރުމުގެ ކުރިން
ކޮޓަރި ސާފުކޮށްފައިވާނެކަމަށް މިމައްސަލައާ ގުޅިގެން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ، ހާދިސާ
ހިނގިއިރު ހ.ޒާ ގެސްޓްހައުސްގައި މަސައްކަތްކުރާ ފަރާތެއްކަމަށްވާ ބަންގްލަދޭޝްގެ، ނަޒުމުލް ޙުސައިންގެ
ބަޔާނަށް ބެލުމުން އެނގެން އޮންނާތީ އާއި، އެމީހެއްގެ ނަމުގައި ކޮޓަރި ކުއްޔަށް ހިފާފައިވާ ފަރާތްކަމުގައިވާ
މ.ގޯލްޑްމެޝަރ، މުޙައްމަދު އިޝްފާން ޝަރީޢަތުގައި ހެކިބަސް ދެމުން، މުޙައްމަދު އިޝްފާންގެ ލައިސަންސް
ކާރޑް ޖެނުއަރީ 2015 ގެ ފަހުކޮޅުގައި ގެއްލިފައިވާކަމަށާއި، ލައިސަންސް ކާރޑް ގެއްލުމުން އެކަން ކަމާބެހޭ
ފަރާތަށް އަންގާފައިވާނެކަމަށާއި، އައު ކާރޑެއް ހައްދާފައިވާނެކަމަށް ބުނެ ހެކިބަސް ދީފައިވާކަމާއި، ޒާ
ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ހިފާފައިވަނީ، އެހެންމީހެއްގެ ލައިސަންސް ކާރޑެއް
ކަމުގައި ވީނަމަވެސް، ކޮޓަރި ކުއްޔަށް ހިފާ ފަރާތުގެ ފޯނު ނަންބަރެއްގެ ގޮތުގައި
ގެސްޓްހައުސްގެ ލޮގްފޮތުގައި ނޯޓުކޮށްފައި އޮތީ މަރްޔަމް ނަތާޝާ ޙަސަންގެ ފޯނު ނަންބަރުކަން އެނގެން
އޮންނަކަމާއިގެ
މީގެ އިތުރުން، މައްސަލައާ ގުޅިގެން، ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެބިސް ދީފައިވާ ހެކިވެރި
ކަމަށްވާ ސ.މަރަދޫފޭދޫ، ޔެލޯހައުސް މުޙައްމަދު ފަތުޙީގެ ހެކިބަހުގައި ހ.ޒާ ގެސްޓްހައުސްގެ ރޫމްތައް ކުއްޔަށް
ދިނުމުގެ ކުރިން އެނދުގެ ގޮދަޑި ނަގާ ސާފުކުރާކަމަށް ބުނެ ހެކިބަސް އަދާކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
މި މައްސަލައިގައި ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހެކިބަހަށް ނަޒަރުކުރާއިރު، 19 ފެބްރުއަރީ
2015 ދުވަހުރޭ ކޯޓު އަމުރެއްގެ ދަށުން ހ.ޒާ ގެސްޓްހައުސްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް
ކުއްޔަށް
COCO
ބޭނުންކޮށްގެން
* 8 އ ހ4
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
19 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ބަލައި ފާސްކުރުމަށް ގޮސް، ހ.ޒާ ގެސްޓްހައުސްގެ 302
ނަންބަރު ކޮޓަރީގެ ދޮރުމަތީގައި ފުލުހުން މަޑުކޮށްގެން ތިއްބައި، އެކޮޓަރީގެ އެތެރެއިން އިކްރާމުއްރަޙުމާން ދޮރު
ހުޅުވި އިރު، އެކޮޓަރީގައި އިކްރާމުއްރަޙުމާން އާއި، މަރްޔަމް ނަތާޝާ ޙަސަން ތިބިކަމާއި، މިދެކުދިންގެ
އަންނައުނާއި، ގެންގުޅޭ އެހެނިހެން ސާމާނު އެކޮޓަރިން ފެނިފައިވާކަން ހެކިންގެ ބަހުން އެނގޭތީ، ހ. ޒާ
ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށް ހިފާފައިވަނީ، އިކްރާމުއްރަޙުމާން އާއި މަރްޔަމް ނަތާޝާ
ޙަސަންކަން އެނގެން އޮންނަކަމާއި، ކުއްޔަށް ދޫކޮށްފައި ހުންނަ މުއްދަތުގައި ކޮޓަރިއަށް އިތުރު ބަޔަކު ވަދެ
ނުހަދާކަމާއި، ކޮޓަރި ކުއްޔަށް ދޫކުރުމުގެ ކުރިން އެނދުގެ ތަންދޮށަށް ދަންދެން ސާފުކޮށްފައިވާކަން ހެކިންގެ
ބަހުން އެނގެން އޮންނާތީ، އެކޮޓަރިއާއި، އެކޮޓަރިއަށް އެތެރެކުރެވޭ ތަކެތީގެ
ފުރިހަމަ ކޮންޓްރޯލް
އިކްރާމުއްރަޙުމާން އާއި، މަރްޔަމް ނަތާޝާ ޙަސަންއަށް ލިބިގެންވާކަން އެނގޭކަމާއި،
މި މައްސަލައިގައި އިކްރާމުއްރަޙްމާންގެ ކުޑަކަމުދާތަކެތި ތަޙުލީލުކުރެވުނުއިރު، ހ.ޒާ ގެސްޓްހައުސްގެ
ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ބާވަތް ކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވްވެފައިވާތީ އާއި،
ބަލައި ފާސްކުރެވުނުއިރު، އެތަކެއްޗާގުޅޭ ގޮތުން ސުވާލުކުރުމުން، އެވަގުތު އެތަކެތީގެ ޒިންމާ އިކްރާމުއްރަޙުމާން
ނަގާފައިވާތީއާއި، ތަކެތީގެ ޒިންމާ އެވަގުތު އިކްރާމުއްރަޙުމާން ނަގާފައިވަނީ މަޖްބޫރީ ޙާލަތެއްގައި
ހުރެގެންކަމަށް ތަޙްޤީޤު މަރުޙަލާގައިވެސް ދަށު ކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައިވެސް އިކްރާމުއްރަޙުމާން
ބުނެފައިނުވާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާ (ޤާނޫނު
ނަންބަރު 37/2015 (ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު
302 ނަންބަރު
ގެނައުމުގެ ޤާނޫނު) އިން ނަންބަރު ތަރުތީބުކުރެވިފައި ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 143 ވަނަ މާއްދާ)
ގެ (ހ) އަދި (ޅ) ގެ ދަށުން، ހ.ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިން ފެނުނު ކެނަބިސް ހުރި 88
(އަށްޑިހަ އަށެއް، ރަބަރު ޕެކެޓަކީ އިކްރާމުއްރަޙުމާންގެ އަތުން ފެނުނު، އިކްރާމުއްރަޙުމާންގެ ޙިޔާޒަތުގެ
ދަށުގައި ހުރި ތަކެތިކަން ސާބިތުވާކަން އެނގެން އޮންނަކަމާއިގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
20 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާ (ޤާނޫނު ނަންބަރު
37/2015 (ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ
ޤާނޫނު) އިން ނަންބަރު ތަރުތީބުކުރެވިފައި ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 143 ވަނަ މާއްދާ) އަށް
ބަލާއިރު، މީހެއްގެ ކޮންޓްރޯލްގައި ހުންނަ ތަނަކުން މަސްތުވާތަކެތި ފެނުމާއި، މީހެއްގެ އަތުގައި ހުރީކަމަށް
މާނަކުރެވިދާނެ އެހެން ގޮތަކަށްވެސް މަސްތުވާތަކެތި ހުރެއްޖެކަމަށް ވާނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ
ހިނދަކު މީހާގެ އަތުގައި މަސްތުވާއެއް
ތުވާއެއްޗެއް ހުރީކަމުގައި ބެލެވޭނެކަމަށް އެމާއްދާގެ (ރ) އަދި (ޅ) ގައި
ބަޔާންކޮށްފައިވާކަމާއިގެ
އިކްރާމުއްރަޙުމާންއާއި، މަރްޔަމް ނަތާޝާ ޙަސަންގެ ޙިޔާޒަތުގެ ދަށުން ފެނުނު މަސްތުވާތަކެތީގެ
ޒިންމާ އުފުލާނެ އެހެން ފަރާތެއް ތަޙްޤީޤުގައިވެސް، އަދި ޝަރީޢަތުގައިވެސް އިކްރާމުއްރަޙުމާންއާއި، މަރްޔަމް
ނަތާޝާ ޙަސަންއަށް ދެއްކިފައިނުވާތީއާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ
އިސްތިސްނާއެއްނެތި، މުޠުލަޤު މަސްއޫލިއްޔަތު އުފުލަން ޖެހޭ ކުށެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 08/SC-A/2008 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި، ޤާނޫނު ނަންބަރު 17/2011
(މަސް
ޤާނޫނު) ގެ 17 ވަނަ މާއްދާއާއި، 142 (ޤާނޫނު ނަންބަރު 37/2015 (ޤާނޫނު
17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން
ނަންބަރު ތަރުތީބުކުރެވިފައި ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 144 ވަނަ މާއްދާ) ވަނަ މާއްދާއާއި، 137
ކމ ދޑ 8ތ * 4
.ސްފާތަކެއްނުވޭހޭ
ނަންބަރު:
ވަނަ މާއްދާގެ (ބ) (ޤާނޫނު ނަންބަރު 37/2015 (ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ނަންބަރު ތަރުތީބުކުރެވިފައި ގޮތަށް އައިސްފައިވާ
ބަދަލާ ގުޅިގެން 139 ވަނަ މާއްދާ) ވަނަ މާއްދާ އަށް ބެލުމުން 14 (ސާދަ) ގްރާމްއަށް އަށްވުރެ ގިނައިން
އަތުން ކެނެބިސް ފެނުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ ”ޤާނޫނީ ޤަރީނާ، އެއްކަން
އެނގެން އޮންނާތީ، އިކްރާ ރަޙުމާން އާއި މަރްޔަމް ނަތާޝާ ޙަސަންގެ އަތުން ފެނުނު މަސްތުވާތަކެތީގެ
މީހެއްގެ
z
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
21 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
ޒިންމާ، ޤާނޫނީގޮތުން އިކްރާމުއްރަޙުމާންއާއި މަރްޔަމް ނަތާޝާ ޙަސަން ފުރިހަމައަށް އަދި ހަމަހަމައަށް ނަގަން
ޖެހޭނެކަން އެނގެއެވެ.
:އެކެއްގެ
(ނ) އަތުގައި ހުރި މަސްތުވާތަކެތި އަނެކެއްގެ އަތުން ފެނުނީ ކަމަށް ބަލަން ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 215/HC-A/2014 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމައާ ޚިލާފަށް ކުށް ސާބިތުވާކަމަށް
ނިންމަވާފައިވާ ކަމަށް ބުނެ، ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރު ކުރިއިރު؛
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ (ޤާނޫނު
ނަންބަރު 37/2015 (ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު
ގެނައުމުގެ ޤާނޫނު) އިން ނަންބަރު ތަރުތީބުކުރެވިފައި ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 146 ވަނަ މާއްދާ)
ގައި އެކަކަށްވުރެ ގިނަމީހުންނަށް އެނގިގެން، އެމީހުންގެ ރުހުމާއެކު، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި
މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައި ވަކިވަކިން މަސްތުވާތަކެތި އެ އަދަދަށް ހުރީ
ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
ދަށުން މަސްތުވާތަކެތި އަތުގައި ހުރުމަށް ނުވަތަ މަސްތުވާތަކެތި އަތުގައި ހުރިކަމަށް ބެލެވޭ ޙާލަތްތަކާއި،
ޑައިމޯފިން ޓްރެފިކްކުރުމާ މިއީ ތަފާތު ކުށްތަކެއްކަމާއި، އަދި އެޤާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ
ކުށް ސާބިތުވުމަށްޓަކައި ކޮންމެހެން މަސްތުވާތަކެތި އަތުގައި ހުރުމުގެ ކުށް ސާބިތުވުން ލާޒިމް ނުވާކަން
ޤާނޫނުގެ މާއްދާތަކުން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 221/HC
-
A/2013
ޤަޟިއްޔާގައި ބަޔާންކޮށްފައި ވާކަން އެނގެން އޮންނަކަމާއިގެ
ކޮންމެ މައްސަލައަކީ ތަފާތު ވާޤިޢާތަކެއްގެ މައްޗަށް ބިނާވާ މައްސަލައެއްކަމާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 215/HC
-
A/2014 ޤަޟިއްޔާގައި، އެމައްސަލައިގައި ބެލުނު ޙާދިސާ ހިނގާ ދިޔަގޮތަށް
ބަލާއިރު، ދަޢުވާލިބޭ އެކެއްގެ އަތުގައި މަސްތުވާތަކެތި ހުރިކަން އަނެކާއަށް ނޭނގުމުގެ ފުރުޞަތު އޮތްކަމަށް
cut O
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
22 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
ނިންމަވާފައިވަނީ، ދެމީހަކު އެއްތަނެއްގައި އެއްވަގުތެއްގައި ތިބިނަމަވެސް، އެކަކުގެ އަތުގައި މަސްތުވާތަކެތި
ހުއްޓައި ފުލުހުންނަށް ފެނިފައިވާތީއާއި، އެތަކެތި އުކާލަނިކޮށް ފުލުހުންނަށް ފެނިފައިވީނަމަވެސް، ދެންހުރި
ފަރާތުގެ އަތުގައި އެތަކެތި ހުއްޓައި ފުލުހުންނަށް ފެނިފައިނުވާތީކަމާއި، އެތަކެއްޗަކީ އުކާލި ފަރާތުގެ އަތުގައި
ހުރިތަކެތި ކަމުގައިވީހިނދު، އެތަކެތި އުކާލިފަރާތުގެ ޒިޔާރަތުގެ ދަށުގައި ހުރި އެތަކެއްޗަކީ، އެތަނުގައި
އެވަގުތުހުރި އަނެއް މީހާގެ ބެލުމުގެދަށުގައި ނުވަތަ އޭނާއަށް އެނގިގެންކަމެއް އެމައްސަލައިގައި ހުށަހަޅާފައިވާ
ހެކިންގެ ބަހުން އެނގެން ނެތްކަމާއި؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 215/HC
-
A/2014 ޤަޟިއްޔާއާ ޚިލާފަށް، އިސްތިއުނާފު
ކުރެވިފައި މިވާ މައްސަލައިގައި، ހ.ޒާ ގެސްޓްހައުސްގެ 302 ކޮޓަރިން ފެނުނު މަސްތުވާތަކެތި އެތަނުގައި
ހުރީ އިކްރާމު
ރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަނަށް އެނގިގެން، އެފަރާތުގެ ރުހުމުގައިކަން، އިސްވެ
ނުކުތާތަކުން އެނގެން އޮންނާތީ، އެކެއްގެ އަތުގައި ހުރި މަސްތުވާތަކެތި އަނެކެއްގެ އަތުން
ފެނުނީ ކަމަށް ބަލަން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ
އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 215/HC
-
A/2014 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމައާ
ޚިލާފަށް އިކްރާމުއްރަޙްމާންގެ މައްޗަށް ކުށް ސާބިތުވާކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން
38 ޑ 3
3
0ނކުން
އެ 25
4
(ޅ) ” ހެކި ހޯދިގޮތާއި ހެކިންގެ ހެކިބަހުގައި އަދި ޝަރީޢަތަށް ހުށަހެޅުނު ބަޔާންތަކާއި ލިޔުންތަކުގައި
ގިނަ ޝައްކުތަކެއް ހުއްޓައި، އަދި ކުށް ކުރިކަމާމެދު ގިނަ ޝައްކުތަކެއް އުފެދިފައިވަނިކޮށް، ޤާނޫނުއަސާސީގެ
51 ވަނަ މާއްދާގެ () ގެ ދަށުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވާކަމަށް ނިންމާފައިވާ
ކަމަށް ބުނެ، ފާހަގަ ކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
އިސްވެ ބަޔާންވެ ދިޔަ ނުކުތާތަކުގައި، މައްސަލައާ ގުޅިގެން ދައުލަތުން ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހަޅާފައިވާ އެންމެހާ ހެކިތަކާއި ބަޔާންތަކާއި އަދި ޤަރީނާތަކުގެ މައްޗަށް ނަޒަރުކުރުމުން،
R
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
23 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/44
ދައުލަތުން އިކްރާމު
ކުރުމުއްރަޙްމާންގެ މައްޗަށް ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އިކްރާމުއްރަޙްމާންގެ
މައްޗަށް ސާބިތުވެފައިވަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާ ޖިނާއި ކުށުގެ ދަޢުވާތައް ސާބިތުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ކަމަށް ބެލެވޭނެ
ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަން އެނގެން އޮވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި، ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން،
ޖުވެނައިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް، އިކްރާމުއްރަޙްމާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ނަޒަރުކޮށް،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
"17}Jv-C/2015
0
ce o
0
ހ2 4
2
3
2
ބަޔަނޭކެރެވެން
ދެންފަހެ، އިސްވެ މިކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަ
ވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ
ދަށުން، ހ. ނޫރަންމާގެއާގެ/ މާލެ އިކްރާމުއްރަޙްމާންގެ މައްޗަށް ދައުލަތުން ކުޅަ ކެނަބިސް ޓްރެފިކް ކުރުމުގެ
ކުށުގެ ދަޢުވާ، އިކްރާމުއްރަޙްމާންގެ މައްޗަށް ސާބިތުވެ، 16 (ސޯޅަ) އަހަރާއި، 08 (އަށެއް) މަސްދުވަހުގެ
މުއްދަތަށް ޖަލަށްލުމަށާއި، 66,666.66 (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް
ހަލާރި) އިން ޖޫރިމަނާ ކުރައްވައި، އެފައިސާ 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ޖުވެނައިލް ކޯޓަށް
ދެއްކުމަށް އަންގަވައި ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ނެތްކަމަށް
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ