ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/35 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/35/
بمدارس بالاسیم
w
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 35/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑް
ކޮމްޕެނީ ރެޖިސްޓްރޭޝަން ނަންބަރު: 37
/
89-C
ދާއިމީ އެޑްރެސް: މ.ނަރުގިސް މާލެ
* މިހާރުގެ އެޑްރެސް: މ.ވީޒާ/ މާލެ
*
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް
* ކޮމްޕެނީ ރެޖިސްޓްރޭޝަން ނަންބަރު: 198401111G
އެޑްރެސް: 18 ޓްއަރސް ވިއުލޫޕް{ ސިންގަޕޫރު
މިހާރުގެ އެޑްރެސް: 18 ޓްއަރސް ވިއުލޫޕްސިންގަޕޫރު
k
ނިމުނު ތާރީޚް: 06 މާރިޗު 2017
0
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ޖަނަވަރީ 2015
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ:
ނަންބަރު 2012/Cv
-
C/864
ނިންމީ ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 14 މެއި 2012
0
* ނިމުނު ތާރީޚް: 14 ސެޕްޓެމްބަރު 2014
0
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް،
އިސްފަނޑިޔާރު އަބްދުﷲދީދީ
ފަނޑިޔާރު އަބްދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
2
2015/HC-A/35
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
•ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/864 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/864 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ އުތުރުގަ އައިލެންޑް ރިޒޯޓުގައި މެކޭނިކަލް އެންޑް އިލެކްޓްރިކަލް
މަސައްކަތް ކުރުމަށްޓަކައި އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެފް އެންޑް ޕީ ވޯލްޑް
ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑާ ދެމެދު 05 އޯގަސްޓް 2009 ގައި ވެފައިވާ އެއްބަސްވުމުގެ
ދަށުން ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައިވާ މަސައްކަތްތައް އޮންސަން
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށް ނިންމާފައި ވާއިރު، އެ
މަސައްކަތްތަކަށް
އެއްބަސްވެފައިވާ ޖުމްލަ އަގުގެ ތެރެއިން ބާކީ ނުލިބިވާކަމަށް ބުނާ 397,488.16$US (ތިންލައްކަ ނުވަދިހަ
ހަތްހާސް ހަތަރު ސަތޭކަ އަށްޑިހަ އަށެއް ޕޮއިންޓް އެކެއް ހައެއް. ޔޫ. އެސް. ޑޮލަރު) ހޯދުމަށް އެދި އެފް
ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އޮންސަން އިންޖިނިއަރިންގ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ ދެންފަހެ އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް
ރިޢާޔަތްކުރާ އިރު، އަތުރުގަ އައިލެންޑް ރިޒޯޓުގައި މެކޭނިކަލް އެންޑް އިލެކްޓްރިކަލް މަސައްކަތް ކުރުމަށްޓަކާއި
އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް
އެންޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނމުނު ގޮތުގެ ޚުލާޞާ
2015/HC-A/35
I
ލިމިޓެޑާ ދެމެދު 05 އޯގަސްޓް 2009 ގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ހިނދު، އެ އެއްބަސްވުމުގެ
ދަށުން އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަތުރުގަ އައިލެންޑް ރިޒޯޓުގައި މަސައްކަތް
ކޮށްފައި ވާކަން އެފް އެންޑް ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ އިޢުތިރާފުން އެނގެން
އޮވެފައި، ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ އީ-މެއިލްތަކަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމުގެ ދަށުން މަސައްކަތުގެ އަގުގެ ގޮތުގައި އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް އެފް
އެންޑް
ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޭންޖެހޭ ފައިސާ އެއްކޮށް ނުދި
ހިފަހައްޓާފައި ވަނީ ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކުރެވިފައިވާ މަސައްކަތުގެ
ސްކޯޕްގެ ތެރޭގައި ހިމެނޭ އެއްވެސް މަސައްކަތެއް ނުނިންމައި އޮތުމުގެ ސަބަބުން ނޫންކަމާއި، އޭގެ ބަދަލުގައި،
ފައިސާ އެއްކޮށް ނުދީ ހިފަހައްޓާފައި ވަނީ ދޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ކޮށްފައިވާ މަސައްކަތުގައި "އުނި" ކަންތައްތަކެއް ހުރިކަމަށް ބުނެ އެފަދަ ސަބަބުތަކަކާ ގުޅުވައިގެންކަމުގައި
ބެލެވެން އޮތުމާއެކު، އެޙާލަތުގައި އެފަދަ އުނިކަމެއް ހުރިނަމަ އެ އުނިކަމެއް މެދުވެރި ވެފައިވަނީ އޮންސަން
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތް ކޮށްފައިވާ ގޮތުންކަން ސާބިތު ކޮށްދިނުމަކީ އެފް
ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއް ކަމުގައި ވާއިރު، އެފަދަ
އުނިކަމެއް ހުރިނަމަ އެ އުނިކަމެއް މެދުވެރިވެފައި ވަނީ ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން މަސައްކަތްކޮށްފައިވާ ގޮތަކުންކަން ސާބިތުކޮށް ދެވޭވަރުގެ އެއްވެސް ހެއްކެއް އެފް އެންޑް
ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިނުވާތީއާއި، މީގެ އިތުރުން، ކޮށްފައިވާ
މަސައްކަތްތަކަށް ދިމާވާ "އުނި ކަންތައްތަކުގެ ޒިންމާގެ މުއްދަތު ވެސް ހަމަވެ، މިހާރު އެތައް ދުވަހެއް
ފާއިތުވެ ގޮސްފައި ވާއިރު، އެ ޒިންމާގެ ބަދަލުގައި ހިފެހެއްޓުމަށް އެއްބަސްވުން ހުއްދަކުރާ %5 ފައިސާ
ހިފެހެއްޓުމުގެ ޙައްޤުވެސް އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން
މިހާރު ފިލައި ގޮސްފައިވާތީ،
ޑ 8
4
ޕީ ވޯލްޑް
ޖޯއީކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނމުނު ގޮތުގެ ޚުލާޞާ
2015/HC-A/35
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް
ލިމިޓެޑާއި ޙަވާލުކުރެވިފައިވާ މަސައްކަތުގެ އަގު ކަމުގައި ދެފަރާތުން އެއްބަސްވެފައިވާ ޖުމްލަ އަގު ކަމުގައިވާ
US
$
1,791,243.93 (އެއްމިލިއަން ހަތްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ސާޅީސް ތިނެއް ޕޮއިންޓް
ނުވައެއް ތިނެއް ޔޫ.އެސް ޑޮލަރުގެ ތެރެއިން ލިބިފައިވާކަމަށް އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ބުނާ 1,599,234.49$US (އެއްމިލިއަން ފަސްލައްކަ ނުވަދިހަނުވަ ހާސް ދުއިސައްތަ
ތިރީސް ހަތަރެއް ޕޮއިންޓް ހަތަރެއް ނުވައެއް ޔޫ.އެސް ޑޮލަރު) ކެންޑުމުން ބާކީވާ 192,009.44$US
(އެއްލައްކަ ނުވަދިހަ ދެހާސް ނުވައެއް ޕޮއިންޓް ހަތަރެއް ޔޫ.އެސް ޑޮލަރު) އަކީ އޮންސަން އިންޖިނިއަރިންގ
ޕްރައިވެޓް ލިމިޓެޑަށް އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ
ފައިސާއެއް ކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
މި ފައިސާ އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދު (14
ސެޕްޓެންބަރު 2014) ން ފެށިގެން 05 (ފަހެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެމަހަކަށް
ޖެހޭ މިންވަރު، ޔޫ.އެސް ޑޮލަރުން ނުވަތަ އެއަދަދަށްވާ ދިވެހި ފައިސާއިން މި ކޯޓަށް ދައްކައި ޚަލާސް ކުރުމަށް
އެފް އެންޑް ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑަށް އަންގަވައި،
އަދި ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ދަޢުވާގައި ވޭރިއޭޝަންގެ ގޮތުގައި
ނަގައިދިނުމަށް އެދިފައިވާ 11,524.73$US (އެގާރަހާސް ފަސްސަތޭކަ ސައުވީސް ޕޮއިންޓް ހަތެއް ތިނެއް
ޔޫ.އެސް ޑޮލަރު) އަކީ އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާ ފަދަ
މަރާމާތުތަކަކަށް ނުވަތަ ބަދަލު ގެނައުމުގެ މަސައްކަތްތަކަކަށް ދެފަރާތުން އެއްބަސްވެފައިވާ އަގެއް ކަން، ނުވަތަ
އެފަދަ މަރާމާތު ތަކެއް ނުވަތަ ބަދަލު ތަކެއް ގެނައުމުގެ މަސައްކަތް ތަކެއް އެއަގަށް ދެފަރާތުން އެއްބަސްވެގެން
ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި
ނުވާތީ، ވޭރިއޭޝަންގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 11,524.73$US (އެގާރަހާސްފަސްސަތޭކަ
ސައުވީސް ޕޮއިންޓް ހަތެއް ތިނެއް ޔޫ.އެސް ޑޮލަރު) އެފް އެންޑް ވޯލްޑް ސްޕޯޓިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
5
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/35
ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ނަގައިދެވޭނެ ތަނެއް
ނެތްކަން އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/864 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 03 (ތިނެއް) ނުކުތާ
ހުށަހަޅައި، އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި ނުކުތާތަކަކީ:-
ދީ
ވޯލްޑް
88
(ހ) ފުރަތަމަ ނުކުތާއަކީ: އަތުރުގަ އައިލެންޑް ރިޒޯޓުގައި މެކޭނިކަލް އެންޑް އިލެކްޓްރިކަލް
މަސައްކަތް ކުރުމަށްޓަކައި އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެފް އެންޑް
ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 05 އޯގަސްޓް 2009 ގައި ވެފައިވާ އެއްބަސްވުމާއި
އެއްގޮތަށް އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވަނީ
މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ހިމެނޭ މަސައްކަތް ނުނިމި އޮތުމުގެ ސަބަބުން ނޫންކަމަށް ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/864 ޤަޟިއްޔާއިން ކަނޑައަޅުއްވާފައި ވަނީ އެފް އެންޑް ޕީ
ވޯލްޑްސް ސްޕޯޓިންގ
އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑްއިން ދެއްކި ވާހަކަތަކަށާއި ހުށަހެޅި ލިޔެކިޔުންތަކަށް ރިޢާޔަތް ކުރެއްވުމަކާ
ނުލާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ އިސްވެ ދެންނެވި އެއްބަސްވުމުގެ ދަށުން އޮންސަން އިންޖިނިއަރިންގ
ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތުގެ އުނިކަމެއް ހުރިކަމަށް އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް
ހޮޓެލް ޕްރައިވެޓް ލިމިޓެޑުން ސާބިތުކޮށްދީފައި ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 8842012
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
6
2015/HC-A/35
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުން
ދެއްކި ވާހަކަތަކަށާއި ހުށަހެޅި ލިޔުންތަކަށް ރިޢާޔަތް ކުރެއްވުމެއް ނެތި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/864 ޤަޟިއްޔާއިން
ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާ ސާބިތުކުރުމުގެ ޒިންމާ އެފް އެންޑް
ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުން އުފުލަންޖެހޭ ގޮތަށް އެ މައްސަލަ ނިންމަވާފައިވުމަކީ
މަދަނީ މައްސަލަ ބައްލަވާ މިންގަނޑާއި ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
3- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/864 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ
ނުކުތާތަކާއި ގުޅޭ ގޮތުން އެކުންފުނީގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ ޔޮންސަން
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
ވޯލްޑް
(ހ) ފުރަތަމަ ކަމަކީ: އަތުރުގަ އައިލެންޑް ރިޒޯޓުގައި މެކޭނިކަލް އެންޑް އިލެކްޓްރިކަލް
މަސައްކަތް ކުރުމަށްޓަކައި އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެފް އެންޑް
ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑާ ދެމެދު 05 އޯގަސްޓް 2009 ގައި ވެފައިވާ އެއްބަސްރު
އެ ވާ
ދަށުން އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައިވާ މަސައްކަތްތައް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/35
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށް ނިންމާފައިވާއިރު، އެ މަސައްކަތަށް އެއްބަސްވެފައިވާ
ޖުމްލަ އަގުގެ ތެރެއިން ބާކީ ނުލިބިވާކަމަށް ބުނާ 397,488.16$US (ތިންލައްކަ ނުވަދިހަ ހަތްހާސް ހަތަރު
ސަތޭކަ އަށްޑިހަ އަށެއް ޕޮއިންޓް އެކެއް ހައެއް ޔޫ.އެސް ޑޮލަރު) ހޯދުމަށް އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ
އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދަޢުވާ ކޮށްފައިވާކަން އެންގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: އަތުރު އައިލެންޑް ރިޒޯޓުގައި މެކޭނިކަލް އެންޑް އިލެކްޓްރިކަލް
މަސައްކަތްތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އެ މަސައްކަތްތައް ކޮށްދިނުމަށްޓަކައި އެފް އެންޑް ޕީ ވޯލްޑް
ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑާއި ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ދެމެދު
5 އޯގަސްޓް 2009 ގައި ލެޓަރ އޮފް އެވޯޑް ގައި ސޮއި ކޮށްފައިވާކަމާއި، މި ލިޔުމަށް ބަލާއިރު، އެ
ކޮންޓްރެކްޓްގައި ބުނާ މަސައްކަތުގެ ތެރޭގައި ހިމެނެނީ މެކޭނިކަލް އެންޑް އިލެކްޓްރިކަލް މަސައްކަތްތަކަށް
ބޭނުންވާ ސާމާނު ސަޕްލައިކޮށްދިނުމާއި އިންސްޓޯލްކުރުން ކަމާއި، ރާއްޖޭގައި މި މަސައްކަތްތައް ކުރުމަށް
ޤާނޫނުން ލާޒިމުކުރާ ފެންވަރަށް ސްޕެސިފިކޭޝަން ހުންނަންވާނެކަމަށާއި
މިއެއްބަސްވުން ފެށޭ ތާރީޚްއަކީ މި ލެޓަރ އޮފް އެވޯޑްގައި ސޮއި ކުރި ތާރީޚް ކަމުގައިވާ
5 އޯގަސްޓް 2009 ކަން އެނގޭކަމާއި، އަދި 01 ޑިސެމްބަރު 2009 ގެ ނިޔަލަށް ރަށުތެރޭގެ މަސައްކަތްތައް
ކޮށް ނިންމަން ވާނެކަމަށާއި، ވޯޓަރ ވިލާތައް 2010 ޖެނުއަރީގެ ނިޔަލަށް ނިންމަންވާނެކަމަށާއި، ޔޮންސަން
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފުރިހަމަކުރެވިފައިވާ "ޝޭޕް ޑްރޮވިންގްސް" ތައް އެފް އެންޑް
ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑަށް އެޕްރޫވް ކުރުމަށްޓަކައި އެއްބަސްވުމުގެ
ބަސްވުމުގެ ސޮއިކުރާތާ
2 ހަފްތާ ތެރޭ ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައި ވާކަމާއި،
އިސްވެ ބުނެވި ދިޔަ މަސައްކަތުގެ އަގަކީ 1,791,243.90$US (އެއް މިލިއަން ހަތް ލައްކަ
ނުވަދިހަ އެއްހާސް ދުއިސައްތަ ސާޅީސް ތިނެއް ޕޮއިންޓް ނުވައެއް ތިނެއް ޔޫ.އެސް ޑޮލަރު) ކަމަށާ
އޮފް އެވޯރޑްގައި ސޮއި ކުރާތާ 7 ދުވަހުގެ ތެރޭގައި މެއިން ޕްލާންޓްސްގެ އެޑްވާންސްގެ ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
8
2015/HC-A/35
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަގުގެ %20 ދޭންވާނެކަ
ހިނެކަމަށާއި، ލެޓަރ އޮފް އެވަރޑްގައި ސޮއި ކުރާތާ 01 މަސް ފަހުން އެމް އެންޑް
ސަރވިސަސް، އިންފްރާސްޓްރަކްޗަރ އެންޑް ބިލްޑިންގ ސަރވިސްގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި
އެއްބަސްވި އަގުގެ އަނެއް %20 ދޭންވާނެކަމަށާއި، އެއްބަސްވި އަގުގެ %60 ޝިޕިންގް ޑޮކިއުމަންޓްސް އަށް
ދޭންވާނެކަމަށާއި، %15 އިންޓަލޭޝަން ހަދާތާ 30 ދުވަހުގެ ތެރޭގައި ދޭންވާނެކަމަށާއި، އެއްބަސްވުމުގެ
ދަށުން ކޮށްފައިވާ މަސައްކަތައް ދިމާވާ "އުނި ކަންތައްތަކުގެ ޒިންމާގެ ބަދަލުގައި ހިފެހެއްޓުމަށް އެއްބަސްވުން
ހުއްދަކުރަނީ %5 ފައިސާކަމާއި، އެ ފައިސާ ދޭނީ ކޮށްފައިވާ މަސައްކަތްތަކަށް ދިމާވާ އުނި ކަންތައްތައް
ރަނގަޅު ކުރުމުން ނުވަތަ އެއް އަހަރު ދުވަހުގެ "ޑިފެކްޓް ލައިބިލިޓީ" މުއްދަތަށް ފަހުގައިކަން އެ ލެޓަރ އޮފް
Occ
14
އެވަރޑްއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން 05 އޮގަސްޓް 2009 ދުވަހުގެ ކުރެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތުގެ އަގަކީ
US
$
1,791,243.93 (އެއް މިލިއަން ހަތް ލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ސާޅީސް ތިނެއް ޕޮއިންޓް
ނުވައެއް ތިނެއް ޔޫ.އެސް ޑޮލަރު) ބަޔާންކޮށްފައި އޮންނަކަމާއި، މި ޢަދަދުގެ ތެރެއަށް 11,524.73$US
(އެގާރަހާސް ފަސް ސަތޭކަ ސައުވީސް ޕޮއިންޓް ހަތެއް ތިނެއް ޔޫ.އެސް ޑޮލަރު) ވޭރިއޭޝަންގެ ގޮތުގައި
އިތުރުކޮށްފައިވަކަމަށާއި، މިގޮތުން މި ދެ ޢަދަދު އެއްކޮށްލުމުން މަސައްކަތުގެ ޖުމްލަ ޖެހޭ ފައިސާގެ ތެރެއިން
US
$
1,599,234.49 (އެއް މިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ތިރީސް ހަތަރެއް ޕޮއިންޓް
ހަތަރެއް ނުވައެއް ޔޫ.އެސް ޑޮލަރު) ލިބިފައިވަކަމަށާއި، ބާކީ ނުލިބިވަނީ 397,488.16$US (ތިންލައްކަ
ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ އަށްޑިހަ އަށެއް ޕޮއިންޓް އެކެއް ހައެއް ޔޫ.އެސް ޑޮލަރު) ކަމަށް އޮންސަން
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި، މިޢަދަދުގެ ތެރެއަށް
އިތުރުކޮށްފައިވާ ވޭރިއޭޝަން ފައިސާއަކީ މަސައްކަތް ފުރިހަމަ ކުރުމަށް ފަހު އަދި އެކަން ތިންވަނަ ޚަބަރެއްގެ
ކިބައިން އެންޑޯޒް ކުރުމަށްފަހު ވެސް ތަކެއްޗާއި މަސައްކަތައް އެފް އެންޑް
ވޯލްޑް ސްޕޯޓިންޖެއްޔާން
ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތީން ކުރެވިފައިވާ އެކިއެކި މަރާމަތާއި ބަދަލު ގެނައުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/35
ޕީ ވޯލްޑް
ނިސްބަތްވާ، އެކަމުގެ ޚަރަދެއްގެ ގޮތުގައި އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ކުރިމަތިވެފައިވާ
ގެއްލުމެއްކަމަށާއި، އެ މައްސައްކަތް ހުއްޓާލަން ޖެހުނީ އެއްބަސްވުމުގެ ދަށުން ދެއްކުން އެފް އެންޑް
ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑަށް ލާޒިމް ފައިސާގެ ބާކީ އަދާކުރާނޭ އެއްވެސް
އީރާން އެއްވެސް ގޮތެއް ދެފަރާތުގެ
މަޝްވަރާއިން ފަހިނުވުމުންކަމަށާއި، އެފައިސާއަކީ (Good Faith) ގެ އުސޫލުން އެއްބަސްވުމުގެ ބޭރުން
އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑަށް ކޮށްދީފައިވާ މަސައްކަތެއްކަމަށާއި،
އެހެންނަމަވެސް ވޭރިއޭޝަންގެ ގޮތުގައި އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރު
ކޮށްފައިވާ ފައިސާއަކީ ކޮން ކަމަކާ ގުޅިގެން އިތުރުކުރި ވޭރިއޭޝަނެއް ކަމެއް އަދި ކިހިނެއްވި ވޭރިއޭޝަންއެއް
ކަމެއް އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑަށް ނޭނގޭކަމަށް އެފަރާތުން
ބުނެފައި އޮންނަކަމާއި،
3 36 37
ދެފަރާތް ދެމެދު ވެފައިވާ
އެއްބަސްވުމުގެ ދަށުން ހަވާލުކުރެވުނު މަސައްކަތް ޔޮންސަން
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފުރިހަމަ ކޮށްފައި ނުވާކަމާއި، އެފަރާތުން އެދިފައިވާ
US
$
397,488.16 (ތިންލައްކަ ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ އަށްޑިހަ އަށެއް ޕޮއިންޓް އެކެއް ހައެއް
ޔޫ.އެސް ޑޮލަރު) އަކީ އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ންމާވާންޖެހޭ ޚަރަދެއް ނޫންކަމަށާއި،
މިގޮތުން އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ދަތުރުގަ އައިލެންޑް ރިޒޯޓުގައި
ވޯޓަރ ވިލާ ޖެޓީގެ މަސައްކަތްތަކެއް ކުރިއިރު އެޖެޓީގެ ދަށުގައިވާ އިލެކްޓްރިސިޓީ ސަޕްލައި ކޭބަލްތައް
ހަރުކުރުމަށް ބޭނުންކޮށްފައިވަނީ ފެންވަރު ދަށް، ދަބަރު ޖަހާ ދަގަނޑު ބްރެކެޓެއް ކަމަށްވާތީ، އެބްރެކެޓްތަކުގައި
ދަބަރު ޖަހާފައިވާކަމަށާއި، އޭގެ ސަބަބުން އިލެކްޓްރިސިޓީ ސަޕްލައި ކޭބަލް ހަލާކުވެފައިވާކަމަށާއި، އެއްބައި
ކޭބަލް އެލިފައިވާކަމަށާއި، އޭގެ ސަބަބުން ލޮނު ފެނުގައި ޖެހިއްޖެނަމަ، ޝޯޓް ސަރކިޓްވެ، ކަރަންޓުގައި
ޖެހުމުގެ ފުރުޞަތު އޮތްކަމަށާއި، ރަނގަޅަށް އިންސްޓޯލްކޮށްފައި ނެތުމުގެ ސަބަބުން އެއްބައި ކޭބަލް
ހަލާކުވެފައިވާކަމަށާއި، ޑިސްޓްރިބިއުޝަން ބޯޑުތަކުގައި ކޭބަލްތައް ހަރުކޮށް، ނަންބަރު ޖަހާފައިވަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/35
ކަމާއިބެހޭ އިދާރާއިން ހުއްދަ ދީފައިވާ ގޮތަށް ނޫންކަމަށާއި އަދި ކޭބަލްތައް ކަލަރ ކޯޑުތައް އެކިތަންތާ އެކި
ގޮތްގޮތަށް ހުރުމަކީ ހުއްދަ ކުރެވޭ ކަމެއް ނޫންކަމަށާއި، އަދި ޕައިޕް ނުވަތަ ހޮޅިތައް ހަރުކުރުމަށް ދަބަރު
ޖަހާފައިވާ މެޓީރިއަލްތައް ބޭނުންކޮށްފައިވާ ކަމަށާއި އަދި އެ ހަރުކޮށްފައިވަނީ ހުންނަން ޖެހޭގޮތަށް ބާރަށް
ނޫންކަމަށާއި، ހޮޅިތައް ހިފެހެއްޓުމަށް ބޭނުންކޮށްފައިވާ ބްރެކްޓްތައް ހުރީ ރަނގަޅަށް ނޫންކަމަށާއި، އެއްބައި
ހޮޅިތައް ހަރުކުރުމުގައި މޮހޮރު ވެސް ބޭނުންކޮށްފައިވާކަމަށާއި، މީގެ އިތުރުން ޖެޓީގެ ދަށުގައިވާ ޓޮއިލެޓް
ކަލެކްޝަން ޓޭންކަށް ބޮޑު ދިޔައިގައި ލޮނު އެޅުމާއި، ރާޅު ޖަހާއިރު އެޓޭކް ގުޑުން ފަދަ ކަންކަމުން އެޓޭންކް
ރަނގަޅަށް މަސައްކަތް ނުކޮށް ރަށުތެރެއަށް ވެސް ބައެއް ފަހަރު ވަސް ދުވުން ފަދަ ކަންކަން ކު،
ކުރިމަތިވެފައިވާ
ކަމަށާއި، މީގެ އިތުރުން ވެސް އެތައް މައްސަލައެއް ފާހަގަވެ ރަނގަޅު ކުރަންޖެހުނުކަމަށް އެފް އެންޑް
ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ދޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ރިޒޯޓްގައި މަސައްކަތްތަކެއް ނުކުރާކަމަކަށް އެއްވެސް ހާލެއްގައި އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް
ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނުބުނާކަމާއި، އެފަރާތުން އަބަދުވެސް ބުނަމުން އައީ ޔޮންސަން
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފުރިހަމަ މަސައްކަތެއް ކޮށްފައިނުވާކަމަށް ކަމާއި، މިކަމުގެ
ސަބަބުން ރިޒޯޓަށް އެތައް ގެއްލުންތަކެއް ވި ކަމާއި، އަދި މިކަންތައްތައް ރަނގަޅު ކުރުމަށް އެހެން ފަރާތަކާއި
މަސައްކަތް ހަވާ
ހަވާލުކުރަން
ކުރަން ޖެހުނުކަމާއި، އެއްބަސްވުމާއި އެއްގޮތަށް އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް
ލިމިޓެޑުން މަސައްކަތް ފުރިހަމަ ނުކުރާ ނަމަ، ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ހަމަވި ނަމަވެސް އެފަރާތަށް
ނުނިންމާ މަސައްކަތްތަކަށް ފައިސާ ދިނުން އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް
ލިމިޓެޑަށް ލާޒިމުކަމަކަށް އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުން ނުދެކޭ
ކަމަށް ބަޔާންކޮށްފައި އޮންނައިރު،
ދެފަރާތުން ބަދަލު ކުރެވުނު އީމެއިލްތަކަށް ބަލާއިރު، މަސައްކަތްނިމި އެތަކެތީ
ސެޓިފިކޭޝަންސް ޕްރޮސެސް ފުރިހަމަކޮށް، ޑިފެކްޓްސް ލައިބިލިޓީ މުއްދަތު ފަހަނައަޅައި ގޮސްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
11
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/35/
މަރާމާތެއް ކުރަންޖެހިފައިވާ ނަމަ، އިސްތިއުނާފް ރައްދުވާ ފަރާތަށް ލިބެންޖެހޭ ފައިސާ ލިބުމުގެ ކުރިން
އެކަމެއް ކުރުމަށް އިޢުތިރާޟްކުރާ ކަމުގައި އިސްތިއުނާފްކުރާ ފަރާތަށް އިސްތިއުނާފް ރައްދުވާ ފަރާތުން
އަންގާފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުން 15 ޖޫން 2011 ވަނަ ދުވަހު އޮންސަން އިންޖިނިއަރިންގ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވުނު އިމެއިލްއަށް ބަލާއިރު، އެސް.ޓީ.ޕީގެ ކަންތައްތަކާބެހޭ ޚަބަރާއެކު
އަތުރުގަ އައިލެންޑް ރިޒޯޓަށް ގޮސް ބެލިއިރު ނުބައިވަސް ދުވަނީ އެސް.ޓީ.ޕީ ޕްލާންޓުގެ ބަދަލުގައި ގްރީސް
ޓްރެޕުން ކަމާއި، ގްރީސް ޓްރެޕް ބަރާބަރަށް ބެލެހެއްޓުމަކީ ރިޒޯޓުގެ ޒިންމާއެއް ކަމާއި، މީގެ އިތުރުން
ދެފަރާތުގެ ޙާޟިރުގައި ކޮށްފައިވާ އިންސްޕެކްޓް ރިޕޯޓުގައި އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ޝަކުވާތަކަކީ އެދުވަސްވަރުގެ އާދަޔާ ޚިލާފަށް މޫސުމް ގޯސްވެ
ގުދުރަތީ ގޮތުން ހިނގާފައިވާ ކަންތައްތަކެއްކަމަށް
އެކަމަށް އެރިޕޯޓުގައި ފާހަގަ ކޮށްފައިވާކަމާއި، މީގެ އިތުރުން،
ފާހަގަކުރާ ވަޔަރކުރުމާއި ހޮޅިލުމުގެ މައްސަލަތަކަކީ ޖެޓީގެ ދަށް ފަރާތުގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި
ހިމެނޭ ކަންތައްތަކެއް ކަމަށް ދެކޭކަމާއި، އެއީ ފަރުމާ ކުރުމާބެހޭ ކަމެއްކަމަށް އޮންސަން އިންޖިނިއަރިންގ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އީމެއިލްގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމާއި،
4 22
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ އަކުރުގަ އައިލެންޑް ރިޒޯޓް ހުޅުވުމަށް 2009
ވަނަ އަހަރު ކޮންމެހެން ބޭނުންވި އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ސާމާނު ސަޕްލައިކޮށް އެތަކެތި އިސްޓޯލް
ކުރުމުގެ އެއްބަސްވުމެއް ކަމާއި، އެއްބަސްވުމާ އެއްގޮތަށް އަތުރުގަ އައިލެންޑް ރިޒޯޓުގެ މަސައްކަތް ނިމި
2010 ވަނަ އަހަރުންސުރެއް ފަށައިގެން ރިޒޯޓް އައީ ރަގަޅަށް އޮޕަރޭޓްކުރަމުން ކަމާއި، އެފް އެންޑް ޕީ ވޯލްޑް
ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ޝަކުވާތައް ނިސްބަތް ކުރެވެނީ
ކުރެވިފައިވާ މަސައްކަތްތަކަށް އެދުވަސްވަރު އާދަޔާ ޚިލާފަށް މޫސުމް ގޯސްވުމުގެ ސަބަބުން ޤުދުރަތީ ގޮތުން
ލިބިފައިވާ ގެއްލުން ކަމުގައި އެތަޙްޤީޤު ރިޕޯޓުން އެނގުނުކަމާއި، މިކަންތައް ދެފަރާތުން ބަދަލު ކުރެވުނު
އީމެއިލްތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/35
ޒިންމާގެ ބަދަލުގައި ހިފެހެއްޓުމަށް އެއްބަސްވުން ހުއްދަކުރަނީ %5 ފައިސާކަން އެނގެން އޮންސައްބައި"
މީގެ އިތުރުން މަސައްކަތް ނިމި ތަކެތީގެ ސެޓިފިކޭޝަންސް ޕްރޮސެސް ފުރިހަމަކޮށް،
ޑިފެކްޓްސް ލައިބިލިޓީ މުއްދަތު ފަހަނައަޅައި ގޮސްފައިވާ ކަމާއި، މަރާމާތެއް ކުރަންޖެހިފައި ވާނަމަ، އޮންސަން
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ލިބުމުގެ ކުރިން އެކަމެއް ކުރުމަށް އިޢުތިރާޟް ކުރާ
ކަމުގައި އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑަށް އެފަރާތުން އަންގާފައިވާ ކަން
މިދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ އީމެއިލްތަކަށް ބެލުމުން އެނގެން އޮންކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެފް އެންޑް
ވޯލްޑްސް ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 05 އޮގަސްޓް 2009 ދުވަހު ވެވުނު
އެއްބަސްވުމުގެ ދަށުން ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވަނީ އަތުރުގަ
އައިލެންޑް ރިޒޯޓު ހުޅުވުމަށް ކޮންމެހެން ބޭނުންތެރި ޝަރޫރީ މެކޭނިކަލް އެންޑް އިލެކްޓްރިކް،މަސައްކަތް ތައް
ކަމާއި، މިގޮތުން އޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ މަސައްކަތުގައި
"ޑިފެކްޓްސް" ހުރުމުން ތިންވަނަ ފަރާތެއްގެ އެހީއާއެކު މަސައްކަތް ނިންމާފައިވާކަމަށް އެފް އެންޑް ޕީ ވޯލްޑް
ސްޕޯޓިންގ އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު، ތިންވަނަ ފަރާތެއްގެ އެހީއާއެކީ
މަސައްކަތް ފުރިހަމަ ކުރިކަމެއް ނުވަތަ ނުނިމި ހުރި މަސައްކަތަށް ހެދީ ކިހިނެއް ކަމެއް، ރިޒޯޓު ނުހުޅުވުނު
ކަމެއް ސާބިތުކޮށްދިނުމަށްޓަކައި އެއްވެސް ހެއްކެއް އިސްތިއުނާފްކުރާ ފަރާތުން ދަށު ކޯޓުގައި ހުށަހަޅާފައިވާކަން
ލިޔުންތަކަށް ބެލުމުން އެނގެން ނެތްކަމާއި،
އެއްބަސްވުމުގެ ދަށުން ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް، މަސައްކަތުގެ
80
% ފައިސާ ލިބިފައިވާކަން އެނގެން އޮންނަކަމާއި، މިހާރު ނުލިބިވަނީ ބާކީ %20 ވާ ފައިސާކަމާއި،
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތައް ދިމާވާ "އުނި" ކަންތައްތަކުގެ
Doc
COC
OCOC
އެއްބަސްވުމުގެ ބާކީ %5 އަށް ވާ ފައިސާ ދޭނީ ކޮށްފައިވާ މަސައްކަތްތަކަށް ދިމާވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/35
ރަނގަޅުކުރުމުން ނުވަތަ އެއްއަހަރު ދުވަހުގެ "ޑިފެކްޓް ލައިބިލިޓީ" މުއްދަތަށްފަހުކަން މި ލެޓަރ އޮފް
އެވަރޑްއަށް ބެލުމުން އެނގެން އޮންނައިރު، މިހާރު އެމުއްދަތު ހަމަވެފައިވާކަން އެނގެން އޮންނަކަމެވެ.
.ވެސްދ
ހެންކަމުން،
މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2012/Cv-C/864 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެފް އެންޑް ޕީ ވޯލްޑް ސްޕޯޓިންގ
އެންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް
cu o
ނެތް ކަމަށެވެ.
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/864 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެފް އެންޑް ވޯލްޑް ސްޕޯޓިންގ އެންޑް
ހޮޓެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް
ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ޚި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv